Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއުފެއްދުންތެރި ލިޔުންލޯބި

ޑައިރީ 1

venom Level 210 Stories
April 16, 2019 3 Mins Read
6 Comments

ކޮންމެ މީހަކަށް ވެސް އުފާވެރި ކަމާއި ހިތާމަ ވެރިކަން އާދެއެވެ . އުފަލުން ގޮސް އުޅެވޭ ނޫޅެވޭ ގޮތް ވެސް ނޭންގެއެވެ . ނަމަވެސް ހިތާމަ ވެރި ކަމެއް ދިމާ ވެއްޖެ ނަމަ އެ މީހަކީ ދުނިޔެ މަތީގައި ވަރަށް ވެސް އެކަނި ވެރިއެކެވެ . އެއްވެސް މީހެއްގެ އަޅާލުމެއް ނެއް މީހެއް ކަހަލަ އެވެ . އަދި ދުނިޔެ މަތިން ފޫހި ކުރުވައެވެ . މި ވާހަކަ އަކީ ހަޤީޤީ ހާދިސާ އަކަށް ބިނާ ކޮށްފައިވާ ވާހަކައެކެވެ . މި ވާހަކައިން އިބްރަތެއް ހާސިލް ކޮށް ރަގަޅު ގޮތުގައި އުޅުން ރަގަޅުވާނެއެވެ .

*******************************************************

” 15  ޑިސެމްބަރ 1997 ( ހޯމަ ) ދުވަހަކީ އަހަރެން ގެ އާއިލާ އަށް ވަރަށް ވެސް އުފާވެރި ދުވަހަކަށެވެ . އެއީ އަލަތު ދަރިޔެއް އެ ކުޑަ އާއިލާ އަށް ލިބުނީމައެވެ . އެކި ފަރާތް ފަރާތުން އެ އުފާވެރި ހަފްލާގައި ބައިވެރި ވެގެން ދިޔައެވެ / އެކަކު އަތުން އަނެ ކަކު އަތުން އަހަރެން އުފުލާ ހަދައެވެ .

އަހަރެން މަންމަ ބުނާ ގޮތުން އަހަރެން އުފަން ވީއިރު ވެސްް އަހަރެންނަކީ ވަރަށް ވެސް ހަމުގެ ކުލަ އަލި ކުއްޖެއް ކަމަށެވެ .އެކި މީސް މީހުން އަހަރެންގެ މަންމަ ކިޔައެވެ . މިއީ ހަމަ ކަލޭ ދަރި އެއް ހެއްޔެވެ ؟ ކަލޭމެން 2 މީހުން ގެ ދަރި އެއް ހެއްޔެވެ . އަހަރުމެން ދުވަހަކުވެސް މިކަހަލަ ދޮން ކުއްޖަކުވެސް ނުދެކެމެވެ . ބުރު ސޫރަ ރީތި ކުއްޖެއް ނުދެކެމެވެ . ލޮލުގެ ކަޅި ރަވައި ގެ ކުލަ އަކީ މަޑު މުށި ކުލައެކެވެ . ބޮލުގައި ހުންނަ އިސްތަށި ހުންނަނީ މަޑު މުށި ކުލާގައެވެ .

ކޮންމެ ދުވަހަކުވެސް އަހަރެން ގެ މަންމަ ކާރިޔަށް ދެވެނީ ގާތް ގަޑަކަށް 3 ގަޑީ ރު ފަހުންނެއެވެ . ސަބަބަކަށް ވަނީ އަހަރެން އުރައިގެން އެހެން މީހުން ގެންގުޅެއެވެ . އަހަރެން މަންމަ ކާރީގައި އޮވެވެނީ އެންމެ 1 ގަޑީރެއެވެ . ދެން އެހެން މީހުން ގެ މުށުގައި އޮވެ ނިދޭ ތަން އާދެއެވެ . އެހެން މީހުންގެ ނާނާއިން ނިދެއެވެ .

އަހަރެން އާއިލާ ގައި ވެސް ހުންނަނީ އަހަރެން އެކަންޏެއެވެ . އިތުރު އެކަކު ވެސް ނުހުރެއެވެ . އެއްބަނޑު އެއްބަފާ ބޭބެ އަކު ވެސް ނުހުރެއެވެ . ކޮއްކޮ އެއްވެސް ނުހުރެއެވެ . އެހެން ކަމުން އަހަރެންނަށް އެ އެންމެން ގެ ލޯބި ލބޭތީ އަހަރެން ވަރަށް އުފާ ކުރަމެއެވެ .

އަހަރެންގެ އާއިލާ އަށް ކުއްލި ސިހުމެއް ގެނެއީ އަހަރެން ނަށް ފިޓް ޖެހުނީމައެވެ . ވާނުވާ ނޭންގިފައި އެއް ދިމާލަކަށް ބަލަން އޮވެވޭ ކަމެއެވެ . ނިދިން ހޭ ލެވޭއިރު ވެސް އޮންނަނީ އެހެން ވެފައެވެ. މިވަނީ ކީއްބާއެވެ . އަހަރެންގެ މަންމަ މާޔޫސް ކަންމަތީގައި އުޅެމުން ދެއެވެ . އެއް ގޮތެއް ހަދާފައި އަނެއް ގޮތެއް ހަދައި އުޅެއެވެ . އޭރު އަހަރެންގެ ބައްޕަ ގެ ލޮއިތްބެއް ނުލިބެއެވެ . ބައްޕަ އެއީ ނެން މީހެއް ކަހަލައެވެ . ދުނިޔޭގައި ހުއްޓަސް  އެއީ ނެއް މީހެކެވެ .

ދުވަސް ތަކަކަށް ފަހު ވެސް އެކަން ރަގަޅުވެގެން ދިޔައެވެ . އަހަރެންގެ މަންމަ އެކަމަށް ﷲ އަށް ހަމްދު ކުރެއެވެ . އޭގެ ފަހުން އަހަރެންގެ ބައްޕަ ގެ ލޯބި ލިބެމުން ދެއެވެ . ރޯލާ ކޮންމެ ފަހަރަކު އަހަރެން އުރާލާ ހަދާލައެވެ .

އަހަރެން ފުރާ ވަރަށް އެޅުމުން އަހަރެންނަށް އެހެން މާހައުލަކަށް ނިކުމެވި އެހެން އެކުވެރިން ތަކެއް ލިބިގެން ދިޔައެވެ . އެކި ގޮތް ގޮތުން އަހަރެންނަށް ފުރައްސާރަ ކުރަމުން ދިޔައެވެ . ނަމަވެސް އަހަރެން އެކަން ކަމައިގެން ނޫޅެމެވެ .

2018 ވަނަ އަހަރަކީ އަހަރެން ގެ ދިރިއުޅުން އެއްކޮށް ބަދަލު ކޮށް ލި އަހަރެއެވެ . އެއީ އަހަރެން ނޭންގި ހުއްޓައި ހަޔާތަށް އައި އަންހެން ކުއްޖެއްގެ ސަބަބުންނެވެ .  އަހަރެން އެ އަންހެން ކުއްޖާ އާ އެކު ވަރަށް ވެސް ލޯބިން އުޅެމުން ދިޔާމެއެވެ . އެކި ރޭ ރޭ އަހަރުމެން 2 މީހުން ހަދު ބަލަން ދަމެއެވެ . އަދި 2 މީހުން އެއްކޮށް ސަކަރާތް ޖަހަމެއެވެ . ވަރަށް ވެސް އުފަލުން އުޅެމުން ދިޔާމެއެވެ .  ” .

ލުޔޫން އަށް ހަމަ ހޭވެރި ކަން ލިބުނީ ކޮޓަރިން ބޭރުން މީހަކު ގޮވާ އަޑަށެވެ .   ލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ކޯތާ ފަތަށް ފާއްދާލިއެވެ .  އަވަސް ވެ ގަތީ އެ ޑައިރީ ފޮރުވޭ ތޯއެވެ . އަދި ފޭދުނު ކަރުނަ ތައް ފުހެލެވޭ ތޯއެވެ . ކޮޓަރިން ބޭރުން އެ މީހަކު ގޮވަމުން ދެއެވެ . ކޮޓަރި ދޮރު ހުޅުވުމަށެވެ .

ލަރާ : އޭ ހާދާ ލަހޭ … ކޮން ކަމެއް ތި ކުރަނީ .. ދޮރު ހުޅުވަބަލަ . ތަޅުލައިގެން ކީއް ތި ކުރަނީ …..

ލުޔޫން : އާ ….. އާ …. މިހުޅުވަނީ …

ކޮޓަރި ހުޅުވާފިއެވެ . ލަރާ އާއި ލުޔޫން އަކީ ސްކޫލް ދުވަސް ވަރު އެއް ކިލާހެއްގައި އުޅުނު 2 އެކުވެރިންނެވެ . ސްކޫލް ވެސް ނިމިގެން ދިޔައީ އެއްކޮށެއެވެ .  ލުޔޫން ގެ ހުރިހާ ވާހަކަ އެއް ކަހަލަ ގޮތަކަށް ލަރާ އަށް އިގެއެވެ އަދި މޫނަށް އަންނަ ކުލަ ވަރު ލަރާ ވަނީ ދަސް ކޮށްފައެވެ .

ކޮޓަރި އަށް ވަދެ ކޮޓަރި ތަޅުލުމަށް ފަހު ލަރާ ވާހަކަ ދައްކަން ފެށިއެވެ .

ލަރާ : ލުޔޫން ! ކަމެއް ގޯސް ވީ ތަ ؟

ލުޔޫން : އުހު … ކަމެއް ގޯހެއް ނުވޭ …

ލަރާ އަހަންނަށް ފޮރުވަން ނޫޅެބަލަ . ލުޔޫން ގެ ލޮލުން އެބަ ފާހަގަ ވޭ ކޮންމެ ވެސް ކަމެއް ސިއްރު ކުރަން އުޅޭ ކަން

2 ވަނަ ބަޔަށް އިންތިޒާރު ކޮށްލަވާ

Share Article

Follow Me Written By

venom

Level 210 Stories

Other Articles

Previous

ސިއްރު..2

Next

މިވާވަރު އަންގާހިތްވޭ 10

Next
April 16, 2019

މިވާވަރު އަންގާހިތްވޭ 10

Previews
April 16, 2019

ސިއްރު..2

6 Comments!

  1. Rukaa says:
    April 16, 2019 at 12:47 pm

    varah reethi maashaa allah??….
    when next part????

  2. jiji says:
    April 16, 2019 at 12:47 pm

    jiji ah v v faahaga kurevey venom long story eh vejjiyya haha nujehey gothah nimmaakan..Assu beynumaky reethi koh dheyha vaagothah story liyumehnun dhw…So correct ur mistakes nd go forward?

  3. Ibsha says:
    April 17, 2019 at 8:10 am

    ?

  4. Pari says:
    April 21, 2019 at 10:39 pm

    Haadha kurey?

  5. Axooru says:
    June 23, 2019 at 10:46 am

    Varah kure vaahaka eh

  6. Mala says:
    July 4, 2019 at 8:00 am

    އޯސަމް ސްޓޯރީ މޭން?

Comments are closed.



All Right Reserved!