އައިރާ (4….ވަނަ ބައި)
**************************************
ފަތިސްވެ ދުނިޔެ މައްޗަށް އިރުދައްކާލުމާއެކު ޒިހާދު ފުރަން ރެޑީ ވަމުން ގެނަދިޔައެވެ. ރެޑީވެ ނިމުމާއެކު އޭނަގެ އެއްޗިތި ޕެކްކޮއްފައިވާ ދަބަސް ކޮނޑުގަ އަޅުވާލިއެވެ.ފުރުމުގެ ކުރިން ލުއި އެއްޗެއް ކާލުމުގެ ނިޔަތުގައި ބަދިގެއަށް ޒިހާދު ދިޔައެވެ. އޭރު ބަދިގޭގަ ޒަވާ ވެސް އުޅެއެވެ.”ދަރިފުޅު ހާދަ އަވަހަކަށް ހޭލީ.” ޒިހާދު ބުނެލިއެވެ.” ހޫމް..ބައްޕަ ފުރާ ވާހަކަ ބުނީމަ އަވަހަށް ހޭލީ. މިހާރު މިހުރީ ސޭންޑްވިޗް ހަދާނިމިފަ.ކާގެން އިނގޭ ފުރަން ވާނީ”ޒަވާ ތަށިމަތި ރެޑީ ކުރަމުން ބުނެލިއެވެ.”ހޫމް. ބައްޕައަށް ކަޅުސައި ތައްޓެއް ހަދާލަ ދީބަލަ” ޒިހާދު އެދުނެއެވެ. ޒަވާ ކަޅުސައިތައްޓެއް ހަދާގެން ގެނެސް ޒިހާދު އަތައް ދިނެއެވެ.”ބައްޕާ އަވަހަށް އަންނާތި އިނގޭ.” ޒަވާ ބުނެލިއެވެ.” ހެހެހެ. ބައްޕަ އަންނާނަމޭ. ދަރިފުޅު ވާނެ ބައްސްއަހާގެން އުޅޭތި. 3 ދުވަސް ތެރޭގަ ބައްޕަ އެނބުރި އަންނާނަން” ޒިހާދު ހިނިތުންވެލަމުން ބުނެލިއެވެ.” ބައްޕަ ދިޔާމަ އަޅުގަނޑު ވަރަށް ދެރަވޭ.” ޒަވާ ބުނެިއެވެ. ޒިހާދު އެއަކަށް ޖަވާބެއް ނުދެއެވެ.
ޒިހާދު ސައިބޯނިމުން ޒަވާ ސަލާން ކޮއްލިއެވެ.ޒިހާދު ހިނގައިގަތީ ޒަވީން ކޮޓަރިއާއި ދިމާލަށެވެ. ޒަވީން ކޮޓަރިއާއި ހަމައަށް އާދެވުމާއެކު އެ ކޮޓަރިގައި ޓަކި ދިނެއެވެ. އެހެންނަސް ޒަވިން އެއް ކޮޓަރިއެއް ނުހުޅުވިއެވެ.”ދަރިފުޅާ ޒަވީން. ބައްޕަ މިދަނި ފުރަން. ދަރިފުޅު ޒަވާ ބަލަހަށްޓާތި.”ޒިޙަދު ބުނެލިއެވެ. “ޒަވާ ދަރިފުޅާ ތިއްތިބެ ކާރި ބުނާތި ބައްޕަ ފުރި ވާހަކަ. ދެކުދިން ބަސްއަހާގެން އުޅޭތި. ބައްޕަ ދެން މި ދިއައީ އިނގޭ” ޒަވާ ބޮލުގައި ފިރުމާލަމުން ޒިހާދު ބުނެލިއެވެ. އަދި އެތަނުން ދިޔައެވެ.
ޓެކްސީއަކަށް އަރާގެން ޒިހާދު ދިޔައީ އޭނަގެ އަމިއްލަ ލާނޗް އޮތް ސަތަޙައްދަށެއެވެ. ޓެކްސީ ޑްރަރިވަރަށް ލާރި ދެއްކުމަށް ފަހު ޒިހާދު ގޮސް ލާންޗަށް އަރާ ހަމަޖެހިލިއެވެ. އެއާއެކު ލާނޗް ނައްޓާލިއެވެ.
އެހެންދުވަސް ދުވަހާއި ޙިލާފަށް މިއަދު ކަނޑުގެ އޮއިވަރު ނިކަން ބާރެއެވެ.އެހެންކަމުން ލާންޗް ކަނޑުގެ ލޮނުގަނޑުގައި ވަރަށް ގަދައަށް ތަޅުވަން ފެށިއެވެ. ލާންޗު ވަކި ހިސާބަކަށް ދެވުނު އިރަށް މޫސުން ގޯސްވެ ކުއްލިއަކަށް ބޯކޮށް ވިއްސާރަ އޮއްސާލިއެވެ. މިހެންކަމުން ލާންޗު މާބޮޑަށް ކަނޑުގައި ތަޅުވަން ފެށުމުން އިންޖީނު އެތެރެއްށް ފެންވަދުނެއެވެ. އިތުރަށް ލާނޗު ދުއްވާފިނަމަ ލޯންޗަށް ގެއްލުމެއް ލިބިދާނެތީ ލާންޗު އޮތް ސަތަޙައްދާއި ކާރީގައި ފެންނަން އޮތް މީހުން އުޅޭ ރަށަކަށް ލާންޗު ޖެއްސިއެވެ.”ބޭބޭ ވަރަށް ދެރަ. އިންޖީނު އެތެރެއަށް ލޮނުފެން ވަދެފަ އެވަނީ. ދެތިން ދުވަހު ބޭބެ މަޑުކޮއްލަން އަޅުގަނޑަށް ފެންނަނީ. ވީހާސް އަވަހަކަށް އިންޖީނަށް ދިމާވެފައިވާ މައްސަލަ އަޅުގަނޑުމެން ރަނގަޅު ކުރާނަން” އެތަނުން ފަޅުވެރިއަކު ބުނެލިއެވެ. ޒިހާދު އެކަން ޤަބޫލުކުރިއެވެ. ކޮނޑުގައި އަޅުވާލައިގެން ހުރި ދަބަހާއެކު ރަށަށް ޒިހާދު ފޭބިއެވެ. ޒިހާދު ވަށައިގެން މުޅިތަނަށް ނަޒަރު ހިންގާލިއެވެ. ހަމަހިމޭން އަމާން ރަށެކެއެވެ. ރަށުގެ ކޮންމެ ދިމާލަކުން ވެސް ފެންނަނީ ފެހިކަންގަދަ ގަސްތަކެއެވެ. ޒިހާދު ހިގައިގަތީ ކުރިމަތީގައި އިށީންނަ ގޮތަށް ވަށް ބުރުތަކެއްހެން ރާނާފައިވާ ސިމެންތި ބުރުތަކާއި ދިމާލަށެއެވެ. އެތަނަށް އަރާ ހަމަވުމުން އެތާ ބުރުމަތީ ޖައްސާލިއެވެ. އަދި އޭނަ އަތުގައި އަޅާފައިވާ މޫނު ބޮޑު ގަޑިއަށް ބަލާލިއެވެ.ގަޑިން ހެދުނު ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. ޒިހާދު އުޑާ ދިމާލަށް ބަލާލިއެވެ. އުޑުމަތި އޮތީ ބަނަކޮށެއެވެ. ޖެހިލާ ވައިރޯޅި ވެސް އެހާ ބާރެއެވެ. ރުޅިއައިސް ރަތްވެފައިވާ ކަޅު ވިލާތަށް ވަނީ އިރުގެ އަލިގަދަ ބޮކިވެސް މުޅިންހެން ފޮރުވާލަދީފައެވެ. އެ ވިލާތަށް އައިސްފައިވާ ގަދަ ރުޅީގެ ސަބަބުން ހީވަނީ ދެންމެހެން ވިއްސާރަ އޮއްސާލަފާނެހެންނެއެވެ. ޒިހާދު ހަދާނެ ގޮތް ހުސްވިއެވެ. މީއީ ދުވަހައެއްގެ ކޮޅުންވެސް އޭނަ އައި ރަށެއް ނޫނެއެވެ. އެންމެ ކުޑަމިނުން އެއީ ކޮން ރަށެއްކަމެއް ވެސް އޭނައަކަށް އިނގެނީކީ ނޫނެއެވެ. ނުވިތާކަށް ޒިހާދު ދަންނަ މީހެއްހާ ހިސާބުވެސް އެ ރަށުގައި އުޅޭ ކަމެއް ނޫޅޭ ކަމެއް ޒިހާދަށް އިނގެނީކީ ނޫނެއެވެ. އޭނަ ވަކި ދާނީ ކޮންތާކަށްހެއްޔެއެވެ؟
“މިއަދަކު ދެން ކަނޑުމަހެއް ނުއެއްބޭނޭނެ. ދެތިން ކުޑަ ފަރުމަހެއް މި ލިބުނީ. މިއަދަށް މީގެން ފުއްދާލާނި. އަނެއްކާވެސް މާދަން މޫސުން ރަނގަޅިއްޔާ ކަނޑު މަހެއް ބާނަން ދާނީ ދޯ އަޙައްމަދުބޭ” ފަޒީލް އަހައްމަދުބެއަށް ދޯ ދެމުން ބުނެލިއެވެ.”އާން ކޮއެފުޅާ. ލިބުނު ފަރުމަސްކޮޅުން މިއަދު ލޮނުކަން ފުއްދާލާ. މިއަދު މޫސުން އެހާ ގޯސްކޮއް މިއޮތީ.” އަޙައްމަދުބެ ބޮއްކުރާ ބަނދަރާއި ގާތް ކުރަމުން ބުނެލިއެވެ. ފަޒީލް ފަރުމަސް ލާފައި އޮތް ކުޑަ ބާލިދި ގަނޑު އަތަށް ލާގެން ރަށުތެރެއަށް ފޭބިއެވެ. ކުއްލިއަކަށް ވައިބާރު ކޮއްލިއެވެ.އެއާއިއެކު ބިންމަތީ ހުރި ވެއްޔާއި ހިކިފަތްރަށް އެއްވެސް ރަޙުމެއްނެތި މައްޗައް އަރާގެން ދިޔައެވެ.ފަޒީލް ލޯ މަރާލީއެ އެ އެއްޗިތި ލޮލަށް ވަނުނަ ނުދިނުމަށްޓަކައެވެ.ކުޑައިރުކޮޅެއް ވުމުން ފަޒީލް ލޯ ހުޅުވާލާފައި ބަލާލިއެވެ. އެއްލިކަޅިން ފަޒީލައަށް ބުރުމަތީ އިށިންދިލައިގެން އިން މެދުއުމުރުގެ ފިރެހެނެއް ލޮލުގައި އަޅަގަތުނެއެވެ.ލާފައިވާ ގަމީހާއި ފަޓުލޫނުގެ ސަބަބުން އެއީ އާދައިގެ މީހެއް ނޫންކަން އިނގެއެވެ. އެއީ ރަށުން ބޭރު ބީރައްޓެހި މީހެއްކަނަ ފަޒީލްއަށް އިނގުނެއެވެ. އޭނަގެ މޫނު މަތިން ހާސްކަމާއި ކަންބޮޑުން ފެންނަން ހުއްޓެއްވެ. ފަޒީލް ހިނގައިގަތީ އެމީހާއި ދިމާލަށެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.



Me first dhw dear??…mi part vec v rythi…ekm kudhi kudhi mistakes eba huri..but vv bodah improve vefa vaakan faahaga kurevey..good job dear???hope next will be uploaded soon!!!
thanks jiji. varah ufaavey mistake rangalhukuran bunaathii. varah faahaga kurevey writers ah support kuraa kujeh gothuga. abadhuves thihen vaane kamah umeedhu kuran. mistake jehifa huri thanthan bunelaadheeba next time i will correct those. good nyte.
V salhi haadha kurey
thanks dear. sorry test duvaskolhu v ma buxy v. inshaa Allah next part dhigu kohlaa dheynan. onece again thanks 4 supporting me. good nyte
Mi part vs vrh rythi… jiji buni gothah mistakes eba huri knmes varakah… Keep it up!
thanks dear. mistake hunna thanthan bunelaadheeba. varah ufaavey rangalhu kuran bunaathy. thanks 4 supporting me. good nyte.
Wow so nice vvv reethi ehn parts ekey eh gotah kudhi kudhi typing miastakes ebahuri e mistakes rangalhu kohleema hama baraabaru vaane gd luck.
thanks [email protected] ufaavey mistake faahaga kohlan bunyma. thanks 4 supporting me. i knw typing mistake hurikan. eiee alah dhivehi type kuraathy akuruthakah ehaa faritha eh nuvaane. vaahaka type kuri furathama dhuvahu ves 4 hrs 33 mins ehaavaru time dhiya akuruthah hoadhan ulhegen. mihaaru komeves varakah ok. next time i will correct those. inshaa Allah. good nyte
Gud night hehe its owk dear liyan feshyma mistake improve vamun daanee,???
okk. adhives ol ga dhw. nidhan dhey avahah.
???layaaly ge exams nimuneetha
noon. next week ga nimeyniii. wht about u ib@
i mean ib@
Iba ge exams nimmije mi month may 1 ga gd luck on your exams
??❤Hws it?..I mean ur exam
thanks. ib@.
Good hi jiji exam s kihineh kon irakun nimeny exams
oh! it’s good… but some mistakes are there… silly mistakes I guess… hey I think fazeel will take him to his house and help him… and for a reward, he’ll ask to let Aira stay at their house and study at Male’… and Aira will fall love in that rude and mean boy…. Zivan i guess…
thanks. next i will correct those mistakes inshaa Allah
let’s see dhw aira n zivaan ah vaagotheh.
Yaa eem…thy hama jiji ah vec hyvi goiy..dhn neyge dhw???
jiji higaa dhw vaagotheh balamaa.
Nice… vvvv salhi….
thaks ishy.
Varah reethi vaane hen heeve keep it up
hingaa dhw vaagoi balamaa
This is the first story I have read in a long while.. Kim so-hyun ge pic eh inyma aa story name attractive vyma kiyaaly.. I like it.. Looking forward to read this story to itx end.. And good luck on your exams
thanks. kim so-hyun aky ge fan eh tha thee
Kim so-hyun ge fan eh kameh neynge.. But let’s see if I become your fan..
oh. thanks dear
Haadha kureyyyy…… story salhi ekm warah kiyaa hithun huttaa nimuny plxxxx dhigukohlaba n awahah next part up kohdheeba
next part dhigu kuran. miadhu liye nimaafa fonuvaanan. 2 days fahun site ah stry abadhu ves up vefa innany.