ހިތް އެދެޔޭ ކައިރީ ހުރެލުން 1

- by - 62- May 14, 2019

ޝަބްނަމްގެ މުތީތަކުން ފެހި ގަސްތަކުގެ ފަތްތަށް ޖަރީކުރެވިފައެވެ. އެ މުތީތަށް ވިދާ ބަބުޅަމުން ދިޔަނަމަވެސް ކަޅު ބޯ ވިލާތަކުން އުޑު ފޮރުވާލީ އިރުގެ ވިދުމާއި އަލިކަމުގެ ފުރިހަމަކަން ކަނޑުވާލާފައެވެ. މާގަސްތަކާއި ހިޔާދޭ ބޮޑެތިގަސްތަށްވެސް ބާރު ވައިރޯޅީތަކުގެ އަމުރަށް ކިޔަމަންވެ އެއް ރާގަކަށް ފަދައިން ދެކޮޅަށް ހެލެނީ ނެށުންތެރިންގެ މަސަތްކަތް ތަމްސީލް ކޮށްދެމުންނެވެ. ހުޅުމާލޭގެ ހިތްގައިމު ތާރު އަޅާފައިވާ މަގުތަކުގައި ދުއްވާ އެއްޗެއް މަދުންނަމަވެސް ފެންނަމުން ދިޔައެވެ. ބޮޑެތި ބަސްތަށް އޭގެ ދަތުރު ހުއްޓާނުލާ ކުރަމުން ގެންދިޔައީ އެއް އަޑުން މޫސުމަކާ މޫސުމެކޭ ކިޔަމުންނެވެ.

ބަހުގެ ސީޓުގައި ލެނގިލަމުން ޔާއިން ހެޑްފޯނު ޖަހައިލިއެވެ. ދަތުރު ކުރަމުން ދިޔަ މަންޒިލާ ކައިރިވެފައި ވީނަމަވެސް އަމިއްލަ ނަފްސާއެކު ހޭދަކޮށްލަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނަގާލާކަށް ޔާއިންގެ ހިތް އެއްބަހެއް ނުވިއެވެ. ބަސް ތެރޭގައި މީހުން މަދުވުމުން ހެޑްފޯނުގެ ސްޕީކަރުން އިވެމުން ގެންދިޔަ ހިތްގައިމު މިއުޒިކްގެ އަޑު އޭނާގެ ސިކުނޑި ޙިސޯރުކޮށްލައިފިއެވެ.

***************************************
“މަންމާ.” ގޭގެ މައިދޮރު ހުޅުވާލަމުން ދެތިން ފަހަރު ޔާއިން ގޮވާލިއެވެ. ބޮޑެތި ސޯފާތަކާއި ޓީވީއެއްގެ އިތުރަށް މާބަލް ޓައިލްސާއި ޗާންދަލިއާރ ތަކުން ޒީނަތެރި ކުރެވިފައިވާ ފަޅު އެހެނަސް ޝާހީ ސިޓިންގެ ރޫމުގައި ޔާއިންގެ އަޑު ވަރަށް ބާރަށް ގުގުމާލިއެވެ. މަންމަ އާރިފާގެ ހިލަމެއް ނުވުމުން ޔާއިން މޫނަށް ގޮތެއް ހަދާލިއެވެ. މަންމަ ކައިރި ނުބުނެ މާލެ އާދެވުމުން އޭނާގެ އިސްތިގުބާލުގައި މަންމަ ގޭގެގައި ނުހުންނާނެކަން ރޭކާލުމުން ބޮޑު ކަޅު ސުއިޓްކޭހާއެކު ސިޓިން ރޫމުގެ ކަނެއްގައި ހުރި ސިޑީޣެ ހަރުފަތަށް ޔާއިން ގިރާކުރަން ފެށިއެވެ. އެއަތުން މާ ބަރުނޫން ސުއިޓް ކޭސް އުފުލާލައިގެން ހުރި އިރު އަނެއް އަތުން ފޯނާ ކުޅެމުން ގެންދިޔައެވެ.

ޔާއިން ގެ ކޮޓަރިއަށް އެކަނި ހަމަޖެހިފައިވާ ފަސްވަނަ ފްލޯރއަށް އެރެވުމުން ހަމަޖެހުމުގެ ނޭވާއަކާއެކު ހިފާއްޓައިގެން ހުރި ސުއިޓްކޭސް އޭނާ ބިންމަތީގައި ބަހައްޓާލިއެވެ. ކޮޓަރި ދޮރުގެ ކަނާތްފަރާތަށް ވާގޮތަށް ބޮޑު ސޯފާއަކާއި ޓީވީއެއް ބަހައްޓާލާފައި ހުއްޓެވެ. އަލުން ފޯނުން ކުރަމުން ގެންދިޔަ މަސަތްކަތާ މަސްއޫލުވަމުން ސޯފާއާ ދިމާލަށް ޔާއިން މިސްރާބުޖެހިއެވެ. އެވަގުތު ވެގެން ދިޔައީ ޔާއިން ކޮޓަރިން ނިކުތް ޒުވާނާވެސް އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެ ސޯފާކައިރީގައި ހުރި ސިޑިއާ ދިމާލަށް ހިނގާގަތް ވަގުތަށެވެ. ދެމީހުންގެ ފިޔަަވަޅުތަށް ސީދާވެފައި ވީނަމަވެސް ނަޒަރުތަށް ހިލަމެއް ނުވިއެވެ. ސޯފާ ކުރިމަތީގައި ކައިލީ ހުއްޓިލިއެވެ. އޭނާގެ ތުންފަތް މައްޗަށް ވެރިވެފައިވީ އެންމެ ރީތި ލުއި ހިނިތުންވުމެކެވެ. ފޯނު ތެރޭގައި ހިތާ ސިކުނޑި ވީ ފަަދައެވެ. ޔާއިންގެ ހާލަކީވެސް އެއީއެެވެ. ބަލާނުލާ އޭނާ ސޯފާއަށް ވެއްޓިގަންނަ ދިޔައެވެ. އިތުރު ހަށިގަނޑަކާއެކު ސޯފާއަށް ގުޅައަކަށް ޖެހުމުން ޔާއިންއަށް ލޯ މަރާ ތަގުޅިކޮށްލެވުނެވެ. ޔާއިންގެ ގައިދޮށުގައި އޮތް ކައިލީ ސިހިގެން ދިޔަނަމަވެސް އޭނާއަށް ދެވަނަ ފަހަރަށް ނޭފަތް ދަމާލަން މަޖުބޫރުވީ ގައިމަތީގައި އޮތް ފިރިހެން ސޮރުގެ ގައިން ދުވި ފިރިހެންވަންތަ ސެންޓުން އެހިތް މަސްތުކޮށްލާ ސިކުނޑި ތާޒާ ކޮށްލުމުންނެވެ. ޔާއިންގެ މެދުހަށީގައި ކައިލީގެ ހިމަ ދެތަށް ވަށާލެެވިފައި ވީއިރު ޔާއިންގެ ފޯނު އަޮތް އަތް ނޫން އަނެއް އަތް އޮތީ ކައިލީގެ ބޯ ދަށުގައެވެ. އޭނާގެ އިހުމާލުން ސޯފާ މައްޗަށް ވައްޓާލެވުނު ކާކުތޯ ބަލާލުމަށްޓަކައި ޔާއިން ބޯ ހިއްލާލިއެވެ. މޫނާ ޖެހޭ ނުޖެހޭ ހިސާބުން ފެނުން ކަޅުކަން ގަދަ ލޮލުގެ ތެރެއަށް ގެނބޭކަށް ސިކުންުތުކޮޅެއްވެސް ނުނެގިއެވެ. ކަޅުކަންގަދަ ބޯ ބުމައެކެވެ. ހިމަ ނޭފަތަކާއި ބޮޑު އެހެންނަމަވެސް ތުނި ތުންފަތެކެވެ. ބޯ އެސްފިޔަތަކުން ނިވާކުރެވިފައިވާ ލޮލާއެކު އެއީ ހަމަ ކުޅަދުންވަންތަ ކަމުގެ ދެވަނައެއް ނުވާ ފުރިހަމަ މިސާލެކެވެ.

ހޫނު އަވަސް ނޭވާތަށް އިހްސާސްވާހާ ކައިރީގައި އޮތް ޒުވާނާގެ މޫނުގައި ފިރުމާލަން ކައިލީގެ ހިތް އެދެންފެށީ އޭނާގެ އިޙްތިޔާރުން ބޭރުގައެވެ. އެއީ އޮމާން ސާފު ދޮން މޫނެކެވެ. ސިނގެރޭޓުގެ އެއްވެސް އަސަރެއް ނެތް ފިޔާތޮށި ތުނި ތުންފަތެކެވެ. ފުޅާ ބޯ ބުމައަކާއި ހެޒެލް ދެލޮލެެވެ. ފަން ހެޔޮވަރުވަރަކަށް ކޮށާފައިވާ ކަޅު އިސްތަށިގަނޑުގެ ތަން ތަން ކޮޅުގައި ބްލޮންޑު ކުލަޖައްސާފައިވާގޮތް އިތުރަށް ފުރިހަމައެެވެ. ހިތްތަށް ފިދާވާފަދަ ދިގު ފިރިހެންވަންތަ ހަށިގަނޑެކެވެ. އެހެންނަމަވެސް މިއީ ބީރައްޓެހިން ކަން ހަނދާކޮށްލެވުނު ހިނދު ލަދުން ކައިލީ ދުރަށްދާން ތެޅިގަތެވެ.

ނަމަވެސް މޫސުން ގޯސްވެފައި ވިއްސާރަ ދުވަހަކަށްވުމުން ވާރޭ ބޯ ކޮށްލައި ވިލާތަށް އެކުވެ ޖަހާލި ބާރު ހޮނުގުގުރިއާކު ކައިލީގެ އަނގައިން ތޫލި ހަޅޭކެއްގެ އަޑު ނިކުތެވެ. ދެލޯ މަރައި ތަގުޅިކޮށްލަމުން ޔާއިން މެދު ހަށީގައި އޭނާއަށް ބައްދައި ގަނެވުނެވެ. އެ އަންހެން ކުއްޖާގެ މައުސޫމު ކަމުން ޔާއިންގެ ހިތް މަޑު ކަފަކޮޅަކަށް ވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް މި ކުރެވުނީ ކީއްކަން ރޭކާލުމުން ޔާއިން ފުންމައިން ތެދުވެ ބޯ ކަހައިގަތެވެ. “ސޮރީ..” ސުއިޓް ކޭސް ހިފައިގެން ކޮޓަރިއާ ދިމާލަށް ދާން ހިނގައިގަންނަމުން ޔާއިން ބުނެލިއެެވެ. “އަމްމް އެ އޯކޭވާނެ..ކައި އައްވެސް ނުބަލާ ހުރެވުނީމަ ވީގޮތް.” ހިތްއަވަސްވެފައި ހުރިވަރުން އަމިއްލަ ނަން ކިޔުނީ އެއްތަންކޮޅު ދޫކޮށްލައިފައި ކަމެއްވެސް ކައިލީއަކަށް ނޭނގުނެވެ. އަޅައިގެން ހުރި ކަޅު ގޮށް ޖެހި ބުރުގާ ރީތިކޮށްލާފައި ބައްޓަމަށް ހިފިފައިހުރި އަބާޔާގެ ފަސްބައި ހިއްލާލަމުން އޭނާ ސިޑިން ފައިބައިގެން ދިޔައީ އެހިތް ތެޅުމުން ދިޔަ އަވަސް މިނާ އެއްވަރެއްގައި ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ކޮޓަރިތެރެއަށް ވަދެ ދޮރުގައި ލެނގިގަންނަމުން ޔާއިންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކަނާއަތުން މޭގައި އަތް ޖައްސާލެވުނީ އެ ހިތުގެ ހިނގުން އިހްސާސްކޮށްލަން އެދެވުމުންނެވެ. “ކައި އޯ..ހޫ އިޒް ޝީ. އަދި އަލަށްވެސް ނުފެންނަ ކުއްޖެއް. ކާކުބާ؟” ޖަވާބު ދޭނޭ ފަރާތެއް ނެންނަމަވެސް ޔާއިންގެ ހިތް ތަކުރާރުކޮށް ސުވާލު އުފެއްދިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން އެނދުމައްޗަށް ވެއްޓިގަތީ ފޮށި ހުރިތާނގައި ބަހައްޓާފައެވެ އެނދުމައްޗަށް ވެއްޓިގަނެވުނު އިރުވެސް އޭނާގެ ސިކުނޑި ގުޅިފައިވަނީ ދެންމެ ފެނުނު މައުސޫމް ކުއްޖާގެ ތަސްވީރާއެވެ. .ޙިޔާލުތަކުގައި އޮވެ ދެލޯ މެރިގެން ގޮސް ނިދީގެ ހިތްގައިމު މާހައުލަކަށް ގެނބެވުނު އިރުވެސް ނޭނގުނެވެ.

******************************************

“ކަލޭ ކައިރީ އެއްކަމެއްވެސް ކުރަން ބުނާނެކަމެއް ނެތް ބުނާގޮތާ އިދިކޮޅަށްވެސް ވިއްޔަކުރަނީ. އަޅެ މަ ކިޔާ އެއްޗެހި ތި ބީރު ކަންފަތަށް ނީވެނީތަ. ސިޓިންގް ރޫމު ސާފުކުރާށޭ މަށަށް ބުނެވުނީ އިއްޔެ އެއް ނޫންތަ.” އަޑުގައި ހުރި ބާރެއްލާފައި އާރިފާ ހަޅޭއްލަވަމުން ގެންދިޔައިރު އިސްޖަހާލި ގޮތަށް އިސް އުފުލާލަން ނުކެރިފައި ކައިލީ ހުއްޓެވެ. އެއް އަތުން ބާރަށް ފިހިގަނޑުގައި ހިފާއްޓާލެވުނު އިރު އޭނާގެ ލޮލަށް ބޮނޑިވަމުން ދިޔަ ކަރުނަތަށް ހިފައްޓަން ކުރި ބުރަ މަސަތްކަތުގެ އަސަރު އަތުގައި ހުރި ނާރުތަކަށްވެސް ކުރިއެވެ. “ދައްތަ އިއްޔެ ބުނުއްވީމެއް ނޫންތޯ ބޭބެ މާލެ ވަޑައިގަންނަވާއިރު ގޭތެރޭގެ މަންޒަރު ހުތުރުވާނެތީ އެއްވެސް ނޯކަރެއް ގޭތެރޭގައި ސާފުކުރުމުގެ މަސަތްކަތް ކުރިޔަށް ގެންދިޔުމުގައި ނޫޅުމަށް.” ތުރުތުރު ލަމުން ދިޔަ އަޑަކުން ކައިލީއަށް ބުނެވުނެވެ. “ހަމަ އެއްޗެކޭ ބުނާއިރަށް ދެބަސް އެބަ ކިޔައެއްނު. ބޭބެ އައީ ރޭގައޭ މިހާރު މީ މިރެއޭ ސައްވީސް ގަޑިއިރު ވަންދެން ބޭބެ ނުހުންނާނެ ދޯ ސިޓިންގް ރޫމުގެ މަންޒަރު އޮބްޒާވް ކުރާކަށް. ދޭ ހަމަ މިހާރު ދޭ. މިރޭ ނުވަ ގަޑި ބައިގަ އެންމެން ކާން ފޭބުމުގެ ކުރިން މި ސިޓިންގް ރޫމުގެ ހުރިހާ ތަނެއް ފޮޅާ..”

“މަންމާ..” ހަޅޭއްލަވަމުން ދިޔަ އަރީފާގެ ވާހަކަ މެދު ކަނޑާލީ އޭނާއަށް ވުރެ ބާރު ފިރިހެން އަޑަކުން ޒުވާނަކު ގޮވާލުމުންނެވެ. ދުވެފައި އައިސް ފަހަތުން އޭނާގެ ހަށިގަނޑުގައި މީހަކު ދެއަތް ވަށާލުމުންނެވެ. ފަސް އެނބުރި ބަލާލިއިރު އަރީފާގެ މޫނުމަތީ ކުލަވަރު ވަގުތުން ބަދަލުވިއެވެ. އޭނާގެ ލޮލަށް ޖަމާވީ އުފާވެރިކަމުގެ ކަރުނައެވެ. ފަސް އަހަރަށްފަހު ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ހެޔޮހާލުގައި ފެނުމުން އެ ހިތަށް ވެރިވީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. “ދަރިފުޅާ..މަންމަގެ ޔާން..” ޔާއިން ކަރުަގައި އަރީފާ އޮޅުލައިގަތެވެ. ޔާއިންވެސް ހިނިގަނޑެއް ޖަހާލަމުން ކުޑަކޮށް ގުދުވެލާފައި މަންމަގެ ކޮނޑުގައި މޫނު ފޮރުވާލިއެވެ.

އަރީފާ އޭނާ ގައިން ދޫނުކޮށްލުމުން ބުދެއްހެން ޔާއިން ހުންނަ ޖެހުނެވެ. މަންމަގެ ބުރުގަލުގައި މޫނު ޖައްސާލައިގެން އޮތުމަށް ފަހު މޫނު ހިއްލާލަމުން ކުރިމަތިން ފެނުނު މަންޒަރަށް އޭނާ ބަލާލިއެވެ. ފިހިގަނޑާއެކު ކުނިކަހަން ގުދުވެ އޮތް އަންހެން ކުއްޖާއެއީ ކޮންމެވެސް ތާކުން ފެނުނު ކުއްޖެކޭ އެހިތް ބުންޏެވެ. ކަކުލާއަހަމައަށް އަރާ ކަޅުކުލައިގެ ޑޫޑްލައާރޓް ހަދާފައިވާ ހުދު ހެދުމުގައި ޓުކުރީގެ ބައްޓަން މިލްކުކޮށްފައިވާ އެ ޒުވާނާގެ ހަށިގަނޑު ވަރަށް ފުރިހަމައެވެ. ދެ އަރިމަތީންނާއި މެދުން އެހެދުން ފަޅާފައި ހުރުމުން އޭނާ ލައިގެން ހުރި ނޫކުލައިގެން ބާރު ޖިންސުން މާ ހިމަ ނޫން ފައި ވަރަށް ރީއްޗަށް ހާމަވެއެވެ. އަޅައިގެން ހުރި ގޮށްޖެހި ބުރުގާ މޫނުމައްޗަށް ވެއްޓިފައި އޮތުމުން އޭނާގެ މޫނު ޔާއިންއަށް މާ ރީއްޗަށް އިނގޭގޮތް ނުވީއެވެ.

ނަމަވެސް މީހަކު މާވަރަކަށް ބަލާހެން ހީވެގެން ކައިލީ ބޯ ހިއްލާލިއެވެ. ކައިލީގެ ނަޒަރު ސީދާވީ އޭނާއަށް ފުރަގަސްދީގެން ހުރި އަރީފާ ގައިގައި ހިފާއްޓާލައިގެން ހުރި ޔާއިންއާއެވެ. “ކައި..” މިއަދު މެންދުރު އިވެގެން ދިޔަ ހިތްގައިމު މިއުޒިކީ އަޑު ޔާއިންގެ ކަންފަތުގައި ގުގުމާލުމުން އޭނާގެ ހަނދާން އާވާން ފެށިއެވެ. ދެމީހުންވެސް ހުއްޓުން އަރާފައި ތިބިއިރު ކައިލީގެ އެސްފިޔަތަށް ފޫ އަޅުވާލާފައި ކޯތާފަތް މަތީ ދެމެމުން ދިޔަ ކަރުނައިގެ ރޮގުން ޔާއިންގެ ހިތުގައި ސުވާލުމާކު ޖެހުނެވެ. ޔާއިންގެ ހިތަށް ކުޑަ ގުޑުމެއް އެރިއިރު ކައިލީގެ އެ މައުސޫމް ހިތުަގައިވި ޒަޙަމް ދެނެގަތުމަށް ޝައުގުވެރިވިއެވެ. ޔާއިންގެ ދެބުމަ ކައިރިވުމުން ކައިލީއަށް އިސްޖަހާލެވުނެވެ. ކުރަން ހުރި މަސަތްކަތައިގެން މަސްއޫލުވީ އާރީފާ ދެކެ ގަންނަ ބިރެއްގެ ސަބަބުންނެވެ.

“އޭ މަންމަ ކިޔާ އެއްޗެއް އެބަ އަޑުއިވޭތަ.” ޔާއިންގެ މޭގައި ކުޑަކޮށް ޖަހާލަމުން އާރިފާ ބުނެލިއެވެ. ޔާއިންގެ ނަޒަރު ހުއްޓިފައިވީ ކާކަށްކަން އެނގުމުން ހިތް ނުތަނަވަސްވެ ހަމަނުޖެހޭ ގޮތެއް ވިއެވެ. ދެލޮލުގެ ކޮއެފަދައިން ބަލާބޮޑު ކުރި ފިރިހެން ދަރި ކައިލީގެ އަވައިގައި ޖެހޭކަން ނޭދެވުނެވެ. “ކައިލީ ތި މަސަތްކަތް ބަހައްޓާފަ އިހަށް އާދޭ ކާން ހަދަން އިރުކޮޅަކުން އެންމެން ފައިބާނެ ކާން.” އާރިފާ ރުންކުރު ގޮތަކަށް ބުނެލަމުން ޔާއިންގެ އަތުގައި ހިފައިގެން ކާމޭޒާ ދިމާލަށް މިސްރާބުޖެހިއެވެ. ކައިލީއަށް ނަޒަރެއް ދެމުން އޭނާގެ މަންމައަށް ޔާއިން ބަލާލިއެވެ. “އެ ކާކު މަންމާ.” ހިތް އެދެމުން ދިޔަ ސުވާލު އޭނާއަށް ކޮށްލެވުނެވެ. “އެއީ ނޯކަރެއްނު އޭނާ ކުރަން ހުރި މަސަތްކަތުން ނޭނގޭތަ މޮޔަ ކުއްޖާ..” ޔާއިންގެ އިސްތަށިގަނޑު ހާވާލަމުން ރަހަތަފާތުކޮށްލަން އާރިފާ ހިނިގަނޑެއް ޖަހާލިއެވެ. “މިގޭގަ ދިވެހި ނޯކަރުން ނުގެންގުޅޭތާ ވިހި ވަރަކަށް އަހަރު ވީ ވިއްޔަ.” ގޮނޑި ދަމާލާފައި އިށީނަމުން ޔާއިން ބުންޏެވެ. ” ހަނދާން އެބަހުރި ދޯ އަދިވެސް ލީޒާދައްތަ..ޔާއިންއަށް އެންމެ ހަތަރު އަހަރުގަ މިގޭގަ އުޅުން.” އާރިފާ އެއްސެވެ. ކުޑައިރުގެ އުފާވެރި ހަނދާންތަށް އާވުމުން ޔާއިންއަށް އެއްމިޔަކުން ހިނިތުންވެވުނެވެ.

“ދޮންބޭ އޯ މައިގޯޑޫޫޫޫ..” ގޭގެ މައިދޮރު ހުޅުވާފައިވަތް ޔާޝާއަށް އޭނާއަށް ވުރެ ހަތަރު އަހަރު ބޮޑު ދޮންބެ ފެނުމުން އުފަލުގެ ކޮޅެއްނެތެވެ. ގައިގައި ހުރި ބާރެއް ލާފައި ދުއްވައިގަތް ގޮތަށް އައިސް ބައްދައިގަތީ ޔާއިންގެ ކަރުގައެވެ. ޔާއިންގެ މޫނު މޮޑެގަތް އިރު އޭނާއަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. “އަޅޭ ނުވެސް ބުނެ ދޯ އައީ މި ކަލޯ.” ފަހަތުން އައި ޔާއިންއަށް ވުރެ ފަސް އަހަރު ބޮޑު އުމުރުން ނަވާވީސް އަހަރު ނަމަވެސް ޅަ ބޭރުފުށުގެ ސިފަތަކެއް ލިބިފައި ޔަލްވީ ޔާއިންގެ އިސްތަށިގަނޑު ހާވާލިއެވެ. ކާން ހަމަޖެހިފައިވާ ގަޑިއަށް ސިޑިން ފައިބައިގެން އައި އެ ހުރިހާ ކުދިންގެ ބައްޕަ ޔަޒްދާންވެސް އޭނާގެ ފިރިހެން ދަރި ދުވަސްގަނޑަކަށް ފަހު ފެނުމުން ވަރަށް އުފާކުރިއެެވެ. ކާމޭޒު ކައިރިއަށް ފަސް މީހުންގެ އެ އާއިލާ ހަމަވީއިރު ނޯކަރުންގެ ބުަރަ މަސަތްކަތުން ނަން ހުސްކޮށް ތައްޔާރު ކޮށްފައިވާ ކާއެއްޗެހި މޭޒުމަތީގައި އަތުރާލެވުނެވެ. އެންމެންވެސް ކާއެއްޗެހީގެ މީރު ރަހަ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަމުން ދިޔައިރު ޔާއިން ނަޒަރު އެންމެ ހިނދުކޮޅަކުވެސް ކައިލީއާ ވަކިނުވެއެވެ. އިސްޖަހައިގެން ހުރެ ފެން ތަށިތަކަށް ފެން އަޅައި ޖޫސްތަށިތަކަށް ޖޫސް އަޅަމުން ގެންދިޔައިރު އެ ދޮން މޫނު މާ ރީތިކޮށް ނުފެނުމުން ޔާއިން ހިސާބަކަށް މާޔޫސްވިއެވެ.

ޔާއިންގެ ފަހަތުގައި ހުއްޓިލަމުން ބިއްލޫރި ތައްޓަށް ޖޫސްއަޅަން ދިމާކޮށްލި ކައިލީގެ އަތަށް ކުޑަ ގުޑުމެއް އެރުމުން ޖޫސް ޖަގުގެ ކޮޅުން ޖޫސްވެރުނީ ޔާއިންގެ ހުދު ސޯޓު ބުރިއަށެވެ. ކައިލީގެ ދެލޯ ބޮޑުވިއެވެ. ދެއަތް މައްޗަށް އުފުލާލެވުނު އިރު އޭނާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެން ފެށިއެވެ. މި މަންޒަރު ޔާއިންއަށް ވުރެ ކުރިން އަރީފާގެ ލޮލުގައި އަޅައިގަތެވެ. “ހަމަ އެއްކަމެއް ނުކުރެވެނިއްޔޭ ދޯ.” ރުޅިއައިސްފާ އަރީފާ އެއްޗެހި ގޮވައިގަތެވެ. އެއްފަހަރު ސޯޓަށް ބަލާލަމުން އަނެއްފަހަރު ކައިލީގެ މޫނަށާއި މަންމަގެ މޫނަށް ބަލާލިއެވެ. “އެ ރަނގަޅުވާނޭ މަންމާ ފެން ފޮދެއް ޖަހާލަނިކޮށް ފިލާނެއެއްނު. ” ހިތުގެ އެދެމާ އެއްކޮޅަށް ނުސީދާކޮށް ޔާއިންއަށް ކައިލީ ދިފާޢުކުރެވުނެވެ. “ހޫން..ހުދު ސޯޓެކޭ ތީ ދެން ކައިލީ ދޭ ތި ޖޫސްފުޅި ބަހައްޓާފަ ސިޓިންގް ރޫމްކަހަން.” ޔާއިންގެ ވާހަކަތަކުން ހިސާބަކަށް ހުުތްވުމުން އެ ރުޅިވެސް އަރީފާ ބޭލީ ކައިލީއަށެވެ. މާޢަފަށް އެދެމުން ބަދިގެއާ ދިމާލަށް ކައިލީ ހިނގާގަތް އިރު ސޯޓު ދޮވުމުގެ ބަހަނާގައި ޔާއިންވެސް ބަދިގެއާ ދިމާލަށް ހިނގައިގަތެވެ.

ކައިލީ ފްރިޖް ކައިރީގައި ހުއްޓުނު އިރު ސިންކާ ކައިރިވެލާފަ އިސްކޫރު ދޫކޮށް ސޯޓުގައި ފެން އުނގުޅަން ފެށިއެވެ. އޭނާ އުޅުނު ހާލުގެ ގޮތުން އެއީ މިއިން ދުވަހަކުވެސް އަމިއްލަޔަށް އެއްޗެއް ދޮވުނު މީހެއްހެއް ހިޔެއްނުވެއެވެ. ކިތަންމެ ދެރަވެފައި ހުރިނަމަވެސް ޔާއިންއަށް ވަށްކަޅިން ބަލަމުން ދިޔަ ކައިލީ ހިނިގަނޑު ހިފާއްޓާލަން ޖެހުނެވެ. އޭނާގެ ލުއި ހުނުން މަޑުން ނަމަވެސް ޔާއިންއަށް އިވުނެވެ. އެއްފައި ހިއްލާލައިން ސޯޓަށް ބަލަހައްޓައިގެން ހުރުމަށްފަހު ޔާއިން އިސްއުފުލާލަމުން ކައިލީއަށް ބަލާލިއެވެ. ނޭނގެ ކަމަށް ހަދާފައި ވަގުތުން ކައިލީ ދުރުބަލާލިއެވެ. “އަހައްހް ސޮރީ ފީލްވާ މީހުން އުޅޭގޮތް ދޯ..” އިސްނަގައި ޔާއިން ވާހާކަދެއްކިއެވެ. “ނޯ އަސްލުވެސް ސޮރީއޭ..” ނިޔަފަތި ތަކާ ކުޅެމުން ލަދުރަކި ގޮތަކަށް ކައިލީ ބުންޏެވެ. “އަސްލުވެސް ސޮރީވިއްޔާ އާދޭ މިތަން ދޮވެދޭން.” ލާނެއް ގޮތަކަށް ހީލަމުން ޔާއިން ބުނެލީ ނުބައި ނިޔަތެއްގައިހެން ކައިލީއަށް ހީވެއެވެ. ތުންދަމާލާފައި ދެބުމަ ގޮށްޖަހާލަމުން ދުރަށްދާން އޭނާ ހިނގައިގަތެވެ. ނަމަވެސް ޔާއިންޔާ ފަސްމުށިގަނޑު ދުރަށްނުދެވެނީސް ކައިލީގެ އުޅަނބޮށީގައި ހިފާ އޭނާޔާ ދިމާލަށް ކައިލީ ދަމައިގަތެވެ. ލުކެއް ޖެހިފަދައިން އައިސް ޔާއިންގެ މޭގައި މޫނު ޖެހުނު ކައިލީ ހިނދުކޮޅަކަށް މަޑުޖެހުނެވެ.

(ނުނިމޭ)

 

62

You may also like...

40 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Wow! Masha Allah vrh reethi… 😊😊😊Keep it up…. First story dhw… First story a bslaafa Hama vrh perfect… 👏👏👏 Hope to c the story regularly …

    ⚠Report!
    1. Awwn thank you so much 😘 ur the first commenter dhw ur comment thankolheh lahun publish after jiji 😂 yess first stry…so sweet ❤❤💜💜💜💛 dhedhuvahun ehdhuvahu will upload insha allah 💕💕💕

      ⚠Report!
  2. Wow dear🥰🤩😍😘…feshun vvv rythi…really interesting🥀🌷🌺🤭🧡❣..ibaaraiy kohlaafa hurileh fashuvi kan dhw..Masha Allah..plc
    Mi story nunihma medhu kandaa nulahche dear…nd cover pic vv salhi inge🙂🤩👍🏻🧁..I really luw it…nd sis ge age kihaa vareh thr..don’t mind just ahaaly…hope next part avahah up vaane kamah..luw yuh so much🦚❤🧡💛🖤💜💙💚
    Gudd nyyt

    ⚠Report!
    1. Awwwwwwh darlinnn ❤❤ Thank you so much I never expected the first comment to be so long colourful motivation n sweet 😘😍😘 thee hama vrh bodu hihvareh insha allah story nimendhen genesdheynan 💋💋 glad you liked the cover pic too 😄 sis ge age dhw public place eh veema hahthahaaves ekm I can say scwl kujje mee 😂next part day after tmr or sooner im trying insha allah I’m hoping to see you soon too 💜💜💜 nytxx 💛

      ⚠Report!
  3. Assalam alaikum alll 💜💜💜 I hope you all like this first part of my first stry to this site..mistakes huriyya faahaga kohdhinumakee alhuganduge vrh bodu edhumeh 💕💕😄 Komme dhedhuvahun ehdhuvahu mi stry upload kohlla dheynan insha allah😊 ur opinions r always welcome . Also it’s a bit late but RAMDAN KAREEM to all my muslim bothers and sisters out there during this holy month may Allah have mercy upon you all forgive all your sins and bless you with love n happiness till the very end of ur lives 💛💛❤ gud nyt luvs

    ⚠Report!
  4. Omg.. this is awesome stry. Feshun v salhi.. ooh ina ah vec cover pic v salhi.. jiji bunihenn.. waiting for the nxt prt…

    ⚠Report!
    1. Eheh alheyy..thank you so so much ❤❤ glad u both liked it 😁💕 next part day after tmr or sooner insha allah 😘

      ⚠Report!
    2. Neyge yey mashakah..dhn sis men ehn kiyaathan fenunyma kiyany…I saw u guys ge comment ehnve inguny..hehe..rulhi aeethr dear🙄😔

      ⚠Report!
    3. Nope.. rulhi aadheveyne thr jiji dheke… Dhoonii.. inaa rulhi eh naadhe.. hama ahaaly.. kitty kanthakey.. naahil aky kitty gengulhey kuhjjeh.. not mine..😜😜😜

      ⚠Report!
    4. mi meehunge personal vaahakayaa chat thah mulhi esfiyaiga private koh vakin chat kuraane gotheh hama netheetha dhen nethas mikahala site thakuga gavaidhaa thikan kurun maa reehcheh noon emmen kiyaairuves kahaairu vaku thohttey ves hithah naaraa

      ⚠Report!
  5. Is that girl fictionally flawless or saima’s corner in the cover pic??? Btw story👌

    ⚠Report!
    1. It’s saimascorner 😊 vahtharu kamun vakikuran undhagoo dhw 😁 n thanks alot dear ❤😘

      ⚠Report!
    1. Owwwh dear ..thank you so much 😘😘 it means alot to me💜💜❤❤💛💕

      ⚠Report!
    1. Thanks alot 💜💜 wyym is a part of my username liyaane username eh neygigenn miulhenyy mihaaru snowflake ey ves jehijje 😂💕❄

      ⚠Report!
    2. Ma hee kuree assu ves e wym kamashey!!! Haha😂magey badhunaseebu k ah fenuneema

      ⚠Report!
    3. Hamtii thy girl eh thr..hehe..don’t 😋😎😂mind ingey..Ahaaly hama dhn

      ⚠Report!
  6. Umm vrh salhi feshun.. maa sha allah.. kuriyah huri bai kon irakun? And miiga meendha cover pic hedhi app eh buneladhyfaanantha writer?

    ⚠Report!
    1. awwn thank you very much ❤💝💞💞💗💕 miadhu haveeru submit kohllin 2nd ☺☺😍😍 yeah cover pic hedhi blend me photo blender / mixer & mirror photo kiyaa app akun theres alot of apps ehn kiyaa and this app is made by SignitiveSoft Inc.

      ⚠Report!
  7. Snowflakes snowflakes, falling down ❄ falling falling to the ground ❄❄❄❄ ❄❄ ❄❄❄❄❄ Can you catch them on your nose?🌬🌬❄❄ Will they fall and touch your toes?🌬🌬🌬🌬🌬Snowflakes snowflakes falling down falling falling to the ground ❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄❄

    ⚠Report!
    1. i’d catch them on my nose and make them touch my toes if only it snows in maldives 😎😂💙💙 raajein beyrah dhen dhaa faharakun snow ga thikanthah kohlaanan ingey 😏😏🎉🎉💙💙

      ⚠Report!
  8. 😍😍😍😍Masha Allah varah reethi fashumeh hop varah reethi vaane kamah dhenhuri part thah vx 🙂🙂🙂🙂and good luck for the next part dear 💕💖💗💝💞💟❤️💙💚💛💜

    ⚠Report!
    1. awwnn thanks alot sis ❤❤❤❤❤ insha allah axee ge thi expectations aa eh hama kureveytho will try 😚😍😍😍🌠🌠🌠💞 💕💕💜💜💛💛

      ⚠Report!
    2. awwnn thanks alot sis ❤❤❤❤❤ insha allah axee ge thi expectations aa eh hama kureveytho will try 😚😍😍😍🌠🌠🌠💞 💕💕💜💜💛💛

      ⚠Report!
  9. Dear miadhu mii 16 ehnu…adhivec up eh nuvey🙁…Plc upload soon inge..btw mii hama jiji inge..kurin log out vefa comment kuriyac🤩😋🤣

    ⚠Report!
    1. Yeah I submited that part 28 hours ago which is 15th may ge haveeru 4 kanhaairu now waiting till admin Will publish 😊

      ⚠Report!
    1. Alheyyyyyy darlin so sweet 😘😘 Thank you so much ❤ yes mihaaru submit kohlaifin 😊 *that mihaaru is from one day ago*😂 waitin till its published 💜💜

      ⚠Report!
  10. Ebunaaheh lakka hiyy gaamey avahah aneh bai plx. N anehbai laane vaki date eh n time ves beynun dear plx. I love this story alot

    ⚠Report!

Leave a Reply

Your email address will not be published.