Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

އައިހަމް – އެޕިސޯޑް 2

ShaYan YoOsuf Level 110 Stories
May 13, 2019 4 Mins Read
7 Comments

​ބާއްޖަވެރި ޙަޔާތަކަށް އެދި މިދެލޯބިވެރިންގެ ދަތުރު އަވަސް މުސްތަޤުބަލެއްގައި މަންޒިލަކަށް ބަދަރު ކުރާނެކަމުގެ ފޮނި އިޙްސާސް ކުރަމުން ދަނީ ހަނދުވަރުގެ އަލިކަން ފަދައިންއެވެ.

“ މިތާ ސޮއި ކޮއްލާ…. މިރޭ ޕޭޕަންޓް ކަންތަށް ހަމަޖެހޭނެ… “ އިރުޝާމް އަށް ޝުކުރު އަދާކުރަމުން، އުބެއިދު އެގްރީމަންޓް ހުށައަޅަމުން ބުންޏެވެ. މާލޭގައި ހުންނަ ކައިލްގެ ގޯތިން އިރުޝާމް އަށް ވީ ބައި މިހާރު އެވަނީ އެހެންފަރާތަކަށް ކުއްޔަ ދޫކުރެވިފައެވެ. އެތަނުން ލިބޭ ކުލި އިރުޝާމްގެ އައްމިލަ ވިޔަފާރީގެ ތެރެޔަށް އިތުރު ކުރެެެއެވެ. ޝަބީއްޔަތުގެ މިލްކީޔާތުން އިރުޝާމް އެއްވެސް ޙަރަދެއް ކުރާކަށް ބޭނުމެއް ނުވެއެވެ. ކައިލް ފަދައިން އިރުޝާމް ވެސް ބޭނުންވަނީ އަމިއްލަ މަސައްކަތުން ހޯދާ މުއްސަނދިކަމެވެ. އެއީ އެ ޢާއިލާގައި ކައިލްގެ އެންމެ ހަރުދަނާ ޝަޙުސީޔަތު ދެމެހެއްޓުމަށްޓަކައެވެ. މިއާ ޙިލާފަށް ޝަބީއްޔަތުގެ އެހެން ދަރިން ތަފާތެވެ. އެއީ ޝަބީއްޔަތު ބޭނުންވާ ގޮތްވެސްމެއެވެ.

ހަވީރުގެ ސައި ތައްޔާރުކުރުމަށްފަހު ޝިނާ މިއަދު ވަރަށް އަވަހަށް ގެޔަށް ހިނގައްޖެވެ. އޭރު ރޯމާ ސިޓިންރޫމްގައި އަވަދިނެތި ހަރަކާތްތެރިވަމުން ދެއެވެ. މިރޭ ފަހަރެއްގައި ނާދެވިދާނެ ވާހަކަ ޝަބީއްޔަތަށް މެސެޖަކުން އެންގުމަށް ފަހު ޝިނާ ގެޔަށް ދިޔައީ އޭނާގެ އެކުވެރި ނާޝް ވަރަށް ބޮޑަށް ހިތާމަކުރާކަން އިނގިގެންނެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން އައިހަމް ޝީނާ އަށް ގުޅައި ނާޝްއާ ދިމާވި ވާހަކަ ބުންޏެވެ. “ ދެންމެ ނާޝް އައި “ ޝީނާ ގެޔަށް އައުމުން ފައިރޫޒާ ބުންޏެވެ. “ އާނ އިނގޭ “ ވަރުބަލި ކަމާއެކު ކޮޓަރިއަށް ވަންނަމުން ޝީނާ ބުންޏެވެ. މާ ބުރަކޮށް މަސައްކަތް ކުރެވޭ ކަމުގެ އިޙުސާސެއް ޝީނާ އަށް ކުރެވެން ފެށިއެވެ. ނަމަވެސް ޝީނާ އެކަމަކާ މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އެއީ އައިހަމްގެ ޙިދުމަތުގައި އޭނާގެ މަސައްކަތުގެ އަގު އުފުލިފައިވާލެއް ބޮޑުކަމުންނެވެ. “ ދެން އެހާވަރަށް ނުވިސްނަބަލަ… މީޓް މީ ޓުނައިޓް… “ ނާޝް އަށް ފޯނުން ނަސޭޙަތްތެރި ވަމުން ޝީނާ ބުންޏެވެ. 

ގޭތެރޭގައި ކުރަންޖެހޭ މަސައްކަތްތަށް ކޮށް ނިންމާލުމަށްފަހު ޝިނާ ނާޝްގެ ގެޔަށް ދިޔައެވެ. “ އޭ ދެން ހުއްޓާލަބަ….ކިހިނެއްތަ ވީ…. “ ވެގެން އުޅޭގޮތް ހޯދަމަށްޓަކައި ނާޝްގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތަށް ފޮހެލަމުން އެއްސެވެ. “ ނަބީގެ ގޮތް ޝީއަށް ވެސް އިނގެއެއްނު…. އޭނާ ބޭނުމެއް ނުވޭ އަހަންނާ މެރީ ކުރާކަށް… ރީޒަނެއްވެސް ނުބުނޭ…. އެއީ ގޮތެއްނޫން ދޯ…. “ ގިސްލާ ރޮމުން ނާޝް ވާހަކަދަށްކަން ފެށިއެވެ. ނާޝްގެ ވާހަކަތަކަށް ޝީނާ ވަރަށް އަސަރާއެކު ސަމާލުކަން ދެމުންދިޔައެވެ. “ އަސްލު ވަރަށް ދެރަ. ތިހާ ބޮޑެތި ކަންތަަށްތަކެއް ނިންމާފަ ދެން ކީއްވެ ބާ… “ ނާޝްގެ އެ ހިތާމައިގައި ބައިވެރިވަމުން ޝީނާ ސުވާލު އުފެއްދިއެވެ. “ ނާޝްގެ އާދޭހަކީ ނަބީ އޭނާގެ ޙަޔާތަށް އެނބުރި އައުމެވެ. ގާތް ރައްޓެއްސަކު މިފަދަ ބޮޑު ހިތާމައެއްގައި އުޅެމުން އަންނަކަން އިނގުމުން ޝީނާ ވަރަށް ބޮޑަށް މާޔޫސް ވިއެވެ. “ ތިކަމުގައި އަހަރެންނަށް ވެވުނުނު އެންމެ ބޮޑު ހެލްޕެއް ވާނަން… އިންޝާﷲ ރަނގަޅުވާނެ…. ބޭރަށް ނުކުމެލާ މީހުންނާ ވާހަކަ ދައްކާލީމާ ތި ނުތަނަވަސް ޙިޔާލުތަކަށް ލުޔެއް ލިބޭނެ… “ ނާޝް އަށް ހިތްވަރުދެމުން ޝިނާ ވާހަކަ ދެއްކިއެވެ. 

ވަރަށް ދަންވިފަހުން ޝީނާ އައިހަމްގެ ގެޔަށް އެރޭ ދިޔައެވެ. އޭރު އައިހަމް ހުރީ ޝީނާގެ އިންތިޒާރުގައި ގޯތިތެރޭގައެވެ. “ ޕޮއް “ ގަސްގަނޑުގެ ތެރެއިން އައިހަމް ނުކުމެ ޝިނާ ސިއްސުވާލިއެވެ. “ ކިހިނެއްވީ ޝީ ?… “ ހައިރާންކަމާއެކު އައިހަމް ސުވާލު ކުރިއެވެ. “ އޭނ… ނާޝް އޯކޭތަ ? “ ޝީނާގެ މޫނުމަތިން ހިނިތުންވުން ފަނޑުވެފައި ހުރުމުން އިތުރަށް އައިހަމް އަށް ހައިރާންކަން ލިބުނެވެ. އުނދޯލީގައި އިށީންނަމުން ނާޝްގެ ސިޓުއޭޝަން ޝީނާ ކިޔައިދޭން ފެށިއެވެ. “ ތީ ވަރަށް ދެރަކޮށްވީ ކަމެއް. އެހާވަރަށް ނުވިސްނާ އަދި އޯކޭ ވާނޭ “ ޝީނާގެ އަތުގައި ހިފާލަމުން އައިހަމް ޙަމްދަރުދީ ވިއެވެ. މާޔޫސް ކަމާއެކުވެސް ޝީނާގެ ހިތުގައި ނާޝް ކުރަމުންދާފަދަ ހިތާމައެއް ކުރަންޖެހިދާނެ ކަމުގައި ކުއްހީޔެއް މަޑުމަޑުން ކުރެވެން ފެށިއެވެ. ސަބަބަކީ ނާޝް ފަދައިން ޝީނާ އަކީވެސް ގަމުގައި ނިކަމެތި ފަޤީރު މީހެއްކަމުގައި ވާތީއެވެ. އެފަފަ ހިތާމަޔަކަށް ފުރަގަސްދޭ ޙާލު ޝިނާގެ އާދޭސް އައިހަމް އަށް އޭނާގެ ލޮލުން ކުރަމުން ދިޔައެވެ. ކަރުނައިން ފޯވެފައިވާ އެދޮލުގެ އާދޭހަކީ އައިހަމް ޝީނާއާ ވަކިނުވުމެވެ. އައިހަމް ގެ ލޮލަށް ބަލަން ނުހުރެ ޝީނާ ވަރަށް ބާރަށް އައިހަމްގެ ގައިގައި ބައްދާލިއެވެ. އައިހަމްގެ ފިރުމުންތަކުން ޝީނާގެ ހިތް އިތުރަަށް ރޮއްވާލިއެވެ. އެއީ އެފިރުމުންތަކަށް ޝީނާގެ ހިތް މުޅިއުމުރު އެދޭތީއެވެ.

އަހަރުގެ އެންމެމާތް މަސްކަމުގައިވާ ބަރަކާތްތެރި ރަމަޞާން މަސް ބޯމަތިވެއްޖެވެ. ބުރަތަކާ ތަކުލީފުތަކަށް ލުޔެއް ގެނުވާނެ މިމަހަށް ޝަބީއްޔަތުގެ ޢާއިލާ ވަނީ ވަރަށްބޮޑަށް ތައްޔާރު ވެފައެވެ. ރޯދައިގެ ކުރިން ޝަބީއްޔަތު މެލޭޝިޔަރ އަށް ކުރަން ހަމަޖެހިފައިވާ ދަތުރުގެ ތައްޔާރީތަކަށް އިރުޝާމް ހަހުލުވެރިވަމުން ދިޔައެވެ. މިދަތުރަކީ ޕެލެސް އަށް ބޮޑު ފަޅުކަމެއް ގެނުވާނެ ދަތުރެއްކަމުގައި ވާނެއެވެ. ސަބަބަކީ މިދަތުރުގައި ޝަބީއްޔަތާއެކު އިރުޝާމްގެ އިތުރުން ރޯމާއާ އޭނާގެ އަންހެން ދަރިފުޅު ޒޯޔާވެސް ބައިވެރި ވާނެތީއެވެ. “ މޯނިންގެ ފްލައިޓުން މާލެ ދަން. އެރޭ ޑިޕަރޗާ އޮތީވެސް….. މޯމް އަންނަ ދެން ދަރިފުޅުވާނެ އަލްޔާ ދޮންތިއަށް ބަލަން… “ އައިހަމް އަށް ވަސީޔަޢަތް ކުރަމުން ޝަބީއްޔަތު ބުންޏެވެ. އޭރު އައިހަމް އަލްޔާގެ ފިލާވަޅުތަށް ބުނެދެމުން ދިޔައެވެ. “ އެންޑް ދޮންތި ވާނެ ދޮންބެ ގަޑިންގަޑިޔަށް ކައި ތޯ ބަލަން އިނގޭ…. “ ސަމާސާ ރާގަކަށް އަލްޔާގެ ކޮލަށް ބޮސްދެމުން ޝަބީއްޔަތު ބުންޏެވެ. ޝަބީއްޔަތު އެނބުރި އަންނަދެން ފަރުވާތެރިކަމާއެކު ޕެލެސްގެ ހުރިހާ ކަމެއްގައި ހަރަކާތްތެރި ވާނެކަމުގެ ފުރިހަމަ ޔަޤީންކަން އައިހަމް އޭނާގެ ލޯބިވާ މަންމައަށް ދިނެވެ.

ހަވީރު މާލޭގައި މަޑު ކުރުމަށްފަހު އެރޭ ޝަބީއްޔަތުމެން މެލޭޝިއަރއަށް ފުރިއެވެ. ކައިލް ޕެލެސް ފަޅުވެއްޖެވެ. ޝިފްލާއާ އޭނާގެ ފިރިހެން ދަރިފުޅު ކައްކައި ކަނީ ވަކިންނެވެ. އައިހަމް ގިނަ ވަޤުތު ހޭދަކުރަނީ ޝީނާއާއެކު ބޭރުގައެވެ. ބޮޑު ދައިތަ ޝިފްލާގެ ފިއްތުންތަކަށް ޖަދަލު ހެދުމަކީ އައިހަމް މާގަޔާވާ ސިފައެއް ނޫނެނެވެ. “ ޝީއަށް ހީވެދާނެ ތިއްތަ އެއީ ވަރަށް ހިތްހެޔޮ މީހެކޭ… އަސްލު އެހެނެއްނޫން…. މޯމްއެސް އެހާ ޑިޕެންޑުވާ މީހެއް ނޫން އެއީ….. ޖިނާސްއާ އަހަރެމެން ވަރަށް ތަފާތު ކުރާނެ…. މޯމް ދިޔަފަހުން ވަކިން ކައްކަނީ ވެސް… “ މަސްލަހަތު ގޯސްވެދާނެތީ މޯމް އަށް އަހަރެން ކަންތަށްތަށް ސިއްރު ކުރަނީ އަސްލު….. “ ބޮޑު ދައިތަ ޝިފްލާގެ ހަޤީޤަތް ހާމަކުރަމުން އައިހަމް ޝީނާ އަށް ކިޔައިދެމުން ދިޔައެވެ. “ އާނ… ރޭގަ ތިކަހަލަ އެއްޗެއް ފީލްވިޔޭ…. އަލްޔާ އަށް ކާންހަދަން ވެގެން ބަދިގެޔަށް ދިޔައިރު އެކަށްޗެއްވެސް ނެތް…. ނިކުމެގެން އައިރު ތިއްތައާ ދިމާވި…. ނުކައްކަންހޭ އެހީމާ ބުނި ބަލިވެ އުޅޭ ވާހަކަ… އެކަމު އިނގޭތަ އަހަރެން އަލްޔާ އަށް ގޮވަން ރޫމުން ނިކުތް އިރު ތިއްތައާ ޖިނާސް އިން ކާން…. ޖިނާސް ހުރި ފާޑަކަށް ބަލަހައްޓައިގެން ވެސް…… “ ޝިފްލާގެ މިޒާޖަށް ނުރުހުންފާޅު ކުރަމުން ޝީނާ އައިހަމްއާ އެއްބައިވިއެވެ. ޝީނާ ގަޑިން ގަޑިއަށް މިހާރު ކައްކައެވެ. ޝިފްލާގެ ގުޅުންތެރިކަން ކުޑަވުމުގެ ސަބަބުން ޝީނާ އަށް ދިޔައީ ތަކުލީފުތަށް ކުރިމަތިވަމުންނެވެ. ނަމަވެސް އައިހަމްގެ އެހީތެރިކަމާއި މަދަދުވެރިކަމުގެ ސަބަބުން ޝީނާގެ ތަކުލީފުތަށް ފަސޭހަ ވެގެންދިޔައެވެ.

“ މާދަމާ ޒޯޔާ ގޮވައިގެން އިރުޝާމް ދާނެ…. ރޯމާ ވާނެ މަށާއެކީ ޝޮޕިންއަށް ދާން… “ ޒޯޔާ ޑޮކްޓަރަށް ދެއްކުމަށްޓަމައި އެޕޮއިމަންޓް ހަމަޖެހިފައިވާ ކަން ރޯމާ އަށް އަންގަމުން ޝަބީއްޔަތު ބުންޏެވެ. ލަންޗު ނެގުމަށްޓަކައި ހޮޓެލް ތިރީގައި ހުންނަ ރެސްޓޯރެންޓުގައި ޝަބީއްޔަތުމެން ފޯރިމަރަމުން ދިޔައެވެ. މިދަތުރަކީ ޝަބީއްޔަތަށް ވަރަށް އެހެންކަލަހަ ތަޖުރިބާއެއް ކުރަންޖެހުނު ދަތުރަކަށް ވެއްޖެއެވެ. ޝަބީއްޔަތު ދާ ކޮންމެ ދިމާލަކުންވެސް ފެންނަނީ ޢާއިލީ އުފާވެރިކަމެކެވެ. ޢާއިލާގެ ހަޤީޤީ މޭވާގެ ފޮނިކަމެކެވެ. ޝަބީއްޔަތު ފަދަ ކޮންމެ އަންހެނެއްގެ އުނގުގައި ތުއްތު ކުދިން ހިނިތުންވާ މަންޒަރެވެ. އަދި އެކުދިންގެ މަންމައިން މާމައަށް ކުރަމުންދާ ސަމާސާތަކެވެ. ކޮންމެޔަކަސް މިމަންޒަރުތަކަށް ޝަބީއްޔަތުގެ ޝައުގުވެރިކަން ހުއްޓިގެން ދިޔައެވެ. ހަމަ ޔަޤީނުންވެސް ޝަބީއްޔަތުގެ މިދަތުރު އެނާގެ ޙަޔާތް ބަދަލު ކޮއްލުމުގައި އެހީވާނެއެވެ.

– ނުނިމޭ –

* ތިންވަނަ އެޕިސޯޑަށް އިންތިޒާރު ކޮއްލައްވާ !

* ލޯބީގެ ސިލްސިލާ ވާހަކަ “ އައިހަމް “ ކޮންމެ ބުދަ އަދި ހޮނިހިރު ދުވަހެއްގައި.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaYan YoOsuf

Level 110 Stories

writer since 2010 “ love all, trust few, forgive once “

Other Articles

aira
Previous

އައިރާ (4….ވަނަ ބައި)

Next

ސިއްރު ސިއްރުން ލޯބިވެވިއްޖޭ….4

Next
May 13, 2019

ސިއްރު ސިއްރުން ލޯބިވެވިއްޖޭ….4

Previews
May 13, 2019

އައިރާ (4….ވަނަ ބައި)

aira

7 Comments!

  1. Ibsha says:
    May 13, 2019 at 11:33 pm

    Varah reethi

    1. ShaYan YoOsuf says:
      May 18, 2019 at 2:48 pm

      thanks ❤️❤️

  2. Annaya says:
    May 15, 2019 at 11:45 am

    salhi???

    1. ShaYan YoOsuf says:
      May 18, 2019 at 2:48 pm

      thanks ❤️❤️

  3. Unknown says:
    May 15, 2019 at 4:33 pm

    I don’t read dhivehi stories usually,cause I don’t like the usual dhivehi love stories. But I gotta say this impressed me. I really liked the starting. Hope the next part will be interesting as the last two

    1. ShaYan YoOsuf says:
      May 18, 2019 at 2:47 pm

      awwwwn thank you so much ❤️❤️❤️
      in sha allah i’ll try my best ?

  4. A.S.Cain says:
    May 19, 2019 at 10:58 pm

    salhi vaahaka!

Comments are closed.

Next Episodeއައިހަމް – އެޕިސޯޑް 3←


All Right Reserved!