ޓެސްޓް ގާތްވަމުން ދިޔަ ވަރަކަަށް އެކްސްޓްރާ ކްލާސްތައްވެސް ނަގާލެއް އިތުރުވިއެވެ. ކޮންމެ ރެއަކުހެން ކޮންމެސް އެއްމާދާއެއްގެ އިތުރު ގަޑި އޮވެއެވެ. ރޭގަނޑު އަށަކުން ފެށިގެން ދިހައެއް ޖަހަންދެކަށް ކޮންމެ ރެއަކުވެސް އެކްސްޓްރާ ކްލާސް އޮވެއެވެ. އެކްސްޓްރާ ކްލާސް ނިންމާފައި ގެއަށް އައި ރައިހާނާ ހުރީ ވަރުބަލިވެގެން ހަލާކުވާން ކައިރިވެފައެވެ. ދުވާލުގަޑީވެސް އެދުވަހު ގިނަ ވަގުތު ހޭދަކިރީ ސްކޫލްގައެވެ. ރައިހާނާ ބޭނުންވީ ކުޑަ ގޮތަކަށް ފެންވަރާލައިގެން އަވަހަށް ނިދާށެވެ. ނިދަން އެނދުގައި އޮށޯތްތަނުން ފޯނަށް މެސެންޖާއިން މެސެޖެއްއައެވެ. ކަންނެއްކަމާއެކު […]
އޭގެ އަނެއްދުވަހު ތާރާ ކޮލެޖަށްގޮސް ކުލާހަށް ވަތް އިރުގައި ފެނުނު މަންޒަރަކުން ތާރާގެ ދަތްކުނޑި ވިކިގެންދިޔައެވެ. ނައިލް ގޮނޑީގައި އިށީންދެގެން އިން އިރުގައި ނައިލްގެ ކުރިމަތީގައި އިންމޭޒު މަތީ ކިއާރާ އިށީންދެގެން އިން އިރުގައި ނައިލްގެ އަތް ވަނީ ކިއާރާގެ ފަލަމަސް ގަޑުމަތީގައި ބޭއްވިފައެވެ. ކިއާރާ ލަދުރަކި ގޮތަކަށް ހެމުން ދިޔައިރު ނައިލް އިނީ ކިއާރާއަށް ނަޒަރު ހުއްޓައިލައިގެން ހިނިތުންވެފައެވެ. ނައިލްއަކީ ކިއާރާއަށް ވަރަށް ކަމުދާ ކުއްޖަކަށް ވުމުން ނައިލް އެގޮތަށް އިނުމުން ކިއާރާ ފޮނިވާނެވަރު ހިތަށް […]
އިރުގެ އޭގެ ވާޖިބު އަދާކުރުމަށް ފަހު ދުނިޔެއާ ޢަލްވަދާއު ކިޔައިފިއެވެ. އޮއްސިގެން ދިޔަ ދޯދިތަކުގެ ދަޅަ ލޮނުގަނޑަށް ހިނދިގެން ދިޔައީ އުފާވެރި ރޭނގަޑަކަށް ދުނިޔެ މަރުޙަބާ ކިޔަމުންނެވެ. ގޮނޑުދޮށަށް ބިންދަމުން ދިޔަ ރާޅުތަކަށް އައިހަމް އަށް ގެއްލިފައި ހުރެވުނެވެ. އައިހަމް ގެ މޫނުމަތިން ފެންނަ ހުރީ ހިތްދަތިކަމާ މާޔޫސްކަމެވެ. ދުނިޔެއަށް ވެރިވެފައިވާ އަނދިރި ކަމަށް ވުރެން އައިހަމްގެ ޙަޔާތަށް ވެރިވެފައިވާ އަނދިރިކަން މާބޮޑެވެ. ގޮނޑުދޮށުގައި ހަރަކާތްތެރިވަމުން ދިޔަ ދޫނިސޫފާސޫފީގެ ނަޒަރު ހުއްޓިފައިވަނީ އައިހަމް އަށެވެ. އެއެއްޗެހީގައި ބުއްދިއެއް […]
ނައުޝާއަށް ނިދަން އޮތްއިރުވެސް ވިސްނެނީ ޒިދާން ބުނި ބަސްތަކެވެ.”އަހަރެން ނައުޝާއާ ކައިވެެނި ކުރަން ޖެހުނީ މަންމަ ބަލިވެ އުޅޭތީވެ…. ނައުޝާއަށް އެހެންވީމަ ދާން ޖެހޭނީ ރަށަށް…” ޒިދާންގެ މި ބަސްތަށް ނައުޝާގެ ކަންފަތުގައި ގުގުމާލިއެވެ. ދެލޮލުން ކަރުނަ އަންނަން ފެށީ އިހްތިޔާރަކާ ނުލައެވެ. ނައުޝާ މިވާހަކަތަށް އެލީޝާ އަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟އެލީޝާ ކިހާ ދެރަ ވާނެ ހެއްޔެވެ؟ އެކަނިވެރިވާނެ ހެއްޔެވެ ؟ ނައުޝާގެ ސިކުނޑި މިކަން ކަމާމެދު ފިކުރު ކޮށް ސުމަކަށް ދިޔައިރުވެސް ހަދާނެގޮތެއް ނޭނގުނެވެ. […]
=މީގެ ގަޑިއިރެއް ކުރިން = ކިޔާން އޭޑީކޭ ހޮސްޕިޓަލަށް ވަނީ އޭނާ އީއްޔެ ހެދި ޓެސްޓުގެ ރިޕޯޓް ނެގުމަށްފަހު ޑޮކްޓަރައް ދައްކާށެވެ. ޑޮކްޓަރަށް ދާ ވާހަކަ ގޭމިހުން ކައިރި ބުނެފިނަމަ ހާސްވެދާނެތީވެ އޮފީހަށް މުހިއްމު ކަމަކަށް ދާންޖެހުނީއޭ ކިޔާފަ އޮޅުވާާލިއެވެ. ކިޔާން ޑޮކްޓަރަށް ދައްކަން ޖެހުނީ މިހާރަކަށް އައިސް ވަރަށް ގަދައަށް ބޮލުގަ އަބަދު ރިއްސާތީވެއެވެ. އަދި އިތުރުއެހެން އުދަނގޫތަކެއްވެސް ދިމާވާތީވެއެވެ. ރިޕޯޓް ނަގައިގެން ކިޔާން މިސްރާބުޖެހީ އޭނާ ދައްކަން ދާންޖެހޭ ޑޮކްޓަރުގެ ކޮޓަރިއާ ދިމާލަށެވެ. ކިޔާން […]
ހަމްޒާގެ ސިކުނޑިއަށް ބާރު ކުރަމުން ދިޔައެވެ. އެއްފަޅިން އަންޖަލްގެ ލޯބި ގަބޫލުކުރަން ބާރު އަޅަމުން ދިޔައެވެ. އޭނާ ލޯބިވާ މީހަކަށްވުރެ އޭނާދެކެ ލޯބިވާ މީހެއް ހަޔާތަށް ގެނައުމުން މާއުފާވެރިވާނެކަމަަށް ވިސްނައިދެމުން ދިޔައެވެ. ސިކުނޑީގެ އަނެއް ފަޅި ބުނަމުން ދިޔައީ އަންޖަލްގެ ލޯބި ގަބޫލުކޮށްފިނަމަ އެއީ ހެދޭ ބޮޑު ގޯހެއްކަމަށެވެ. ފަހަރުގައި އޭނާއަަށް އަންޖަލްދެކެ ލޯބިނުވެވި އެ މައުސޫމް ކުއްޖާގެ ހަޔާތް ބަރުބާދުކޮށްލެވުދާނެއެވެ. ހަމްޒާ ގޮތެއް ނިންމިއެވެ. އޭނާ އެވަނީ ލޮތްބަަށް ފެންބޮވައިގަނެފައެވެ. ރައިހާނާ މަތިން ހަނދާން ނައްތާލުމަށްޓަކައި […]
ސިކުނޑިއަށް ލުއެއް ހޯދުމަށްޓަކައި ދެލޯ މަރާފައި ފުންކޮށް ނޭވައިލާން ފެށިއެވެ. “ހަމްޒާ” ހަމްޒާއަށް ދެލޯ ހުޅުވާލެވުނީ އެންމެ އަޑު އަހަން ބޭނުންނުވާ އަޑު ކަންފަތުގައި ޖެހުމުންނެވެ. ދެބުމަ ގޮށް ޖަހާލަމުން ހަމްޒާ ބަލާލިއެވެ. ކުރިމަތީގައި ހުރީ ލީމް ނޫން ދެވަނަ މީހެއް ނޫނެވެ. އެމޫނު މަތިން ހިތާމަ ނޫން އެއްޗެއް ނުފެނެއެވެ. ހަމްޒާ ޖިންސުން ވެލި ފޮޅާލަމުން ތެދުވިއެވެ. ލީމް ގެ މޫނު މަތީގައިވި ހިތާމައިގެ އަސަރުފެނި މި ފަހަރު އެ ހިތަށް އަސަރުތަކެއް ކޮށްފިއެވެ. “ހަމްޒާ. […]
އަޝްރާ ދިޔުމުން ނާއިލް އޭނަގެ ގޮނޑީގައި ބުރަކަށި ޖައްސާލާ ދެލޯ މަރާލިއެވެ. ޚުދު އޭނައަށްވެސް މިކުރެވޭ އިހުސާސްތަކެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނައަށް ބޮޑު ބަދަލެއް ގެނުވައިފިކަމެވެ. ތާއަބަދުމެ އޭނަގެ ދެލޯ އެދި ހޯދަނީ އަޝްރާގެ ރީތި ސޫރައެވެ. ހިނިތުންވެފައިވި އެރީތި މޫނު ފެނުމުން އޭނަގެ ހިތަށް ފިިނިކަމެއް ލިބެއެވެ. އަޝްރާއާއެކު ވަގުތު ހޭދަކުރުމަށް އޭނަގެ ހިތް އެދެއެވެ. އޭނައާއެކު ސަމާސާކޮށް ހަދާލުމުން ހިތަށް އުފާވެރިކަން ލިބެއެވެ. އަބަދުމެ ކަހަލަ ގޮތަކަށް އޭނަގެ ހިތާއި ސިކުނޑީގައި ވަނީ […]
އެކުވެރިޔާއަށްޓަކައި އަންޖަލް އުފާ ކުރާއިރު އޭނާއަށްޓަކައި ރައިހާނާއާ ވިޝާހްވީ ގުރުބާނީގެ ހިލަމެއްވެސް އަންޖަލްއަކަށް ނުވެއެވެ. އޭނާ ހީކޮށްގެން ހުރީ ރައިހާނާއާ ވިޝާހް ތިބީ އުފަލުން ކަމަށެވެ. އޭނާއަށް ނޭންގުނު ކަމާކީ އެދެކުދިންނަށްޓަކައި އޭނާ އުފާ ކުރާއިރު އެދެކުދިން އެ މުޅި ރޭ ހޭދަކުރަމުން ދިޔައީ ކަރުނައިގެ ތެރޭގައިކަމެވެ. ވިޝާހްއާ ރައިހާނާގެ ހިތް ވަނީ ކުދި ކުދިވެފައި ކަމެވެ. ********* އަތިރިމަތީ ދޮންވެލިގަނޑު މަތީ އިށީންދެލައިގެން ސާދަ ވަރަކަަށް އަހަރުގެ ފިރިހެން ކުއްޖެއްހުއްޓެވެ. އެކުއްޖާގެ ހަމުގެ ކުލަ އައްޔެވެ. […]