ނައިލް ވާހަކަ ދެއްކިއަޑުއިވި ޝާޔަންއަށް ބަލާލެވުނީ ދެލޯބޮޑުކޮށްލަމުންނެވެ. ޝާޔަން އަތުން ވަގުތުން މާބޮޑި ދޫވެގެން ތިރިއަށް ވެއްޓުނު އިރުގައި ފަހަތަށް ދެތިން ފިޔަވަޅު އަޅައިލެވުނެވެ. އެއިވިގެން ދިޔައީ ނައިލްގެ އަޑެއްނޫނެވެ. ޝާޔަންއަށް ހަމަ ގައިމުވެސް ނައިލްގެ އަޑެއް ނޯޅޭނެއެވެ. ޝާޔަންއަށް ދެންމެ އެ އިވުނު އަޑަކީ މީގެ ކުރިން އިވިފައިވާ އަޑެއްހެން ހެންވެސް ހީވިއެވެ. އެހެންކަމުން ސިކުނޑިއަށް ބާރުލަމުން ވިސްނާލީ އެއަޑާއި މެދުގައެވެ. އެއީ ކާކުގެ އަޑެއްކަން ޝާޔަންއަށް އިނގުނު ހިނދު ދެލޯބޮޑު ކޮށްލެވުނެވެ. ”އާރަވް….” ޝާޔަންއަށް […]
ހަވީރުގެ ހިތްފަސޭހަ ވަގުތެކެވެ.ސާލިނީ އިނީ ރަށުގެ އުތުރުފަރާތުގެ ބަގީޗާތެރޭގައި ހުރި އުނދޯއްޔެއްގައި އިށީނދެލައިގެން ކޮންމެވެސް ކަމަކާ ވިސްނާށެވެ.ސިއްސައިގެން ދިޔައީ އެންމެ ގާތް ރަޙްމަތްތެރިޔާ ރީޝާ އައިސް ސާލިނީގެ ކޮނޑުގައި އަތްބާއްވާލުމުންނެވެ.ދެކުދިން ވާހަކަ ދައްކާލުމަށް ކުޑައިރުކޮޅަކު ތިބުމަށްފަހު ހިނަގައިގަތީ ރަށުގެ އުތުރު ފަރާތުގެ ތުޑިޔާދިމާލަށެވެ.ވަކިހިސާބަކަށް ދިޔަތަނާ ކުރިމަށްޗަށް އައިސް ހުއްޓުނީ ކޮލެޖްގެ ޕިރިންސިޕަލްގެ ދަރިފުޅު ޒިޔާންއެވެ. ރީޝާ: އޭ ޒިޔާން ސާލިނީއާ ބައްދަލުކުރަންދޯ! ޒިޔާން: ދެން މިހާ އިރުއޮއްސުން ރީތި ހަނދުވަރުދޭ ތުނޑީގައި ސާލިނީ ނޫން ކާކާ ބައްދަލުކުރާނީ؟ […]
”ޔާން ދޭބަލަ” އިޝާ އަޔާން އިން ސޯފައިގެ އަނެ އްފަރާތުގައި އިށީންނަމުން ބުނެލިއެވެ.އޭރު ފާތިމަ ފެން ބޯށޭ ކިޔާފަ ބަދިގެއަށް ދިޔައެވެ. ”މިހާރު ދޮންބެދައްތަ އަށް ހީވަނީ ވަރަށް އަވަހަށް އިޔާންވެ ސް…” އިޔާންއާ ދިމާލަ އެއް ލޯ މަރާލަމުން ބުނެެ ލިއެވެ. ފޯނަށް ގެއްލިފައި އިން އިޔާން އިޝާއަށް ބަލާލިއެވެ.”ނޫން.. އަހަރެން ނޫޅެން..އަދި” އިޝާއާ ދިމާލަ ބަލާލަމުން އިޔާން ބުނެލިއެވެ.”އެެހެންވިއިރު ތި ފޯނުނލިބިދާނެތަ ބަލާލަން… ” އިޝާ ބުނެލި އެވެ. ބިރުން އިނދެ އިޔާން އިޝާއަށް […]
ވަގުތުން އިޝާގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. ”ހޫމް މިހާރު މާ ލަސްވެއްޖެ ހިނގާ ނިދަން” އަޔާން ބުނެލިއެވެ. އަދި ގޮސް ލައިޓްތަށް ނިންވާލިއެވެ.” މިރޭ ނިދުމުގެ ކުރިން އަހަރެން އިޝާ އާ ސުވާލެށް ކޮށްލަން ބޭނުން.. ސުހޭލް އެއީ ކާކު.؟ މި ބުނީ އިޝާއަށް… ” އަޔާން ބުނެ ލި އެއްޗަކުން އިޝާ އަވަހަށް އަޔާންއަށް ނަޒަރެށް ދިނެވެ. ”އެކްސް އެއް” އިޝާ ބުނެލިއެވެ.”ފުލް ސްޓޯރީ ކިޔައިދެވިދާނެތަ؟” އެހެން ބުނުމުން އިޝާ އެ ހާދިޘާ […]
ބަޔަކު މައްޗަށް އައީ، އަހަރެން، ރީޝާ، ކޮއްޅަށް ނެގޭތޯ އުޅެނިކޮށެވެ. ބާރުއަޑާއި އެކު، އިހުސާސްވީ، ފަލަމަސްގަނޑަށް އެރި ވޭނެވެ. ދެން މުޅިތަން ކަޅުވިކަން ހަނދާންހުއްޓެވެ. އެއިރުވެސް، މުޅިތާ ހިފާލާފައި ވަނީ އެ ބޭހެއްގެ ވަހެވެ. ………… ފަނޑު ނޫއަލީގެ ތެރެއަށް ލޯ ހުޅުވާލެވުމުން، ފުރަތަމަ ހީވީ، ހޮސްޕިޓަލުގައި، އެނދުމަތި ކޮށްފައި އޮވެވުނު ހެނެވެ. ނަމަވެސް،މާ ގިނައިރެއް ނުވެ، ވަށައިގެން ހުރި ތަންތަން ފެނުނެވެ. ކުޑަގޮޅިއެއް ނޫނަކަސް، އެއީ ޖަލުގެ ސެލްއެއްކަން އެނގުނީ، ހުރި ދޮރުގެ ގޮތުންނާއި، ކައިރީގައި […]
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއަށް އަލްވަދާއުކީ ވަގުތެވެ. ގޮނޑުދޮށަށް ރާޅު ބީއްސާލާއަޑު ރީތިކޮށް އިވެމުން ދިޔައެވެ. މި ހިތްގައިމު މާހައުލުގެ ހަމަހިމޭންކަން ނައްތާލީ ގޮނޑުދޮށުގައި އިން ޒުވާނާގެ އަޑުންނެވެ.މޫދާ ކުރިމަތިލައިގެން ރުއްބުރިއެއް މަތީ އިށީންދެގެން އިން ޒުވާނާ ގިޓާ ގައި އަތް ހިންގާލިއެވެ. އެއީ އަސަރާއި ހިތްދަތިކަމުން ފުރިގެންވި ރާގެކެވެ. އިރުކޮޅެށް ފަހުން ގިޓާގެ ރާގާއި އެއްވަރަށް އެ ފިރިހެންވަންތަ އަޑުން ހިތްދަތިކަމާއި ވޭނުން ފުރިގެންވި އަޑުން ލަވަ ކިޔަން ފެށިއެވެ . “އާހުން..ލޭ ކަރުނައިން […]
ފަތިހުގެ ހިތްގައިމު ހަމަހިމޭން ކަން މަތީ ބަންގީގެ މޫރިތި އާޔަތްތައް އިވެމުންދިޔައެވެ. ތަނަވަސް ބޮޑު ކޮޓަރިއެއްގައި އަރާމު ނިންޖެއްގައި ނިދާފައިއޮތް އަންހެން ކުއްޖާގެ އެދޮން މޫނުން ފެންނަމުންދަނީ މައުސޫމުކަމެވެ. ގަދަ ފިޔާތޮށިކުލަ އަރާާ ތުންފަތުގައި ވާ ފުރިހަމަ ހިނިތުންވުމުން އެރީތިކަން އިންތިހާއަށް އިތުރުކޮށްދެއެވެ. ބަންގިގޮވާނިމި އިރުކޮޅެއް ވިތަނާ ކާރީ ބާވާފައި އޮތް ފޯނުން އެލަރމްވާާން ފެށުމުން ނިދާފައިއޮތް ކިއާރާއަށް ހޭލެވުނެވެ. ކަންނެތް ކަމާއެކު ލޯހޮޅުވާލުމަށްފަހު ފޯނު ނަގާ އެލާރމް ކަޑާލިއެވެ. ހަށިގަނޑު ސީދާކޮށްލަމުން ކޮޓަރިތެރެޔަށް ވަށާގެން ނަޒަރެއް […]
“ގޮސް އޭނަ ގައިގައި ބައްދަބަލަ…” ހައިޒަލް ނައިނާގެ އަތް ހަށިގަނޑާއި ވަކިކޮށްލަމުން ބުނެލި ބަހުން ނައިނާގެ މޫނުގައި އެތިފަހަރެއްޖެހިފަދައެވެ. “ހައި…” ނައިނާ މަޑުމަޑުން ކިޔާލިއިރު ހައިޒަލް ފަސްއެނބުރި ބަލާލުމާއިއެކު ނައިނާގެ ލޮލަށް ބޮޑިވަމުންއައި ކަރުނަތައް ފެނި ހިތް ކަފަކޮޅެއްހާ މަޑުވެގެން އަންނާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އޭނަގެ ރުޅިގަނޑު ނައިނާއަށް ބޭލުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެރީތި ލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތައް ފުހެލަދޭން އަތްއުފުލާލައިފައިވެސް ހައިޒަލް އަތްމުށްކަވާލަމުން އަތް ތިރިކޮށްލިއެވެ. ހައިޒަލް ވަގުތުން ނައިނާއަށް ފަސްދިންއިރު ސިކުނޑީގައި […]
އިއާން އެމަލުގައި އޭނަގެ ތުންފަތުގައި ޖައްސާ ބޮސްދިނުމަށްފަހު މިންހާގެ ތުނި ތުންފަތުގައި އެމަލުން ފިރުމާލިއެވެ. ލަދުން މިންހާގެ މޫނަށް ޖަންބުކުލަ ވެރިވިއިރު އިއާން ދިއްކޮށްލި މަލުގައި ހިފަމުން އަވަހަށް ދުރުވެލިއެވެ. އެވަގުތު އިއާން މިންހާގެ އަތުގައި ހިފަހައްޓާ އެއަތަށް ބޮސްދިން ގޮތުން މިންހާގެ ހަށިގަނޑުގައިވި ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ. ލޯބީގެ ދުނިޔޭގައި ވަގުތު ހޭދަކުރަމުންދިޔަ ދެމީހުނަށް ސިޓިންރޫމުން ބޭރަށް ނުކުމެވެން ހުންނަ ދޮރު ހުޅުވުނު އަޑުއިވި ސިހިފައި ދުރުވެލެވުނެވެ. އޭރު ފޯނެއްގައި ހުރެ މާހިލް ބޭރަށް ނުކުންނަނީއެވެ. […]