ހުދާ އަވަސް އަވަހަށް ފޯން ނަގާ ބަލާލި އިރު ގުޅަނީ ނިހާލްއެވެ. “ނިހާލް!” ހުދާއަށް ގޮވާލެވުނެވެ. “ބެލްކަނީ ދޮރު ހުޅުވާލަބަލަ، އަހަންނޭ” ނިހާލް އެހެން ބުނުމާއެކު ނަދާގެ އަތުން ދޫކޮށްލާފައި ގޮސް އެ ދޮރު ހުޅުވިއެވެ. އަދި ނިހާލްއަށް އެތެރެއަށް ނުވަދެވެނީސް ނިހާލް ގައިގައި ބައްދާލިއެވެ. “ހުދާ…” ނިހާލް ހުދާ ގޮވައިގެން އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. “ދޮންތަބޭ، ކިހިނެއް…؟” ބެލްކަނީގެ ދޮރަށް އިޝާރާތް ކޮށްލަމުން ނަދާ ކުރަން ފެށި ސުވާލު ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. “ކޮޓަރި […]
“ރޭ ދަންވަންދެން ކަލޭ ވާހަކަދައްކީ ކާކާ؟” ހިލްމީގެ ސުވާލުން އަހަރެން ހާސްވިއެވެ. އަނެއްކާ އަސްލާންގެ އަޑު އިވުނުބާއޭ ހިތަށްއެރިއެވެ. ******************************* “ނިދީގަ ކަމަށް ވާނީ.” އަހަރެން އޮޅުވައިލީމެވެ. ހިލްމީ އިތުރު އެއްޗެކޭ ނުބުނެއެވެ. “ކި..ކިހިނެތްވީ؟” ކަރުން އަޑު ނުކުތީ ކިރިޔާއެވެ. އަހަރެންގެ ގޮވުމަށް އިޖާބަދީ، ގާތަށް އައި އަސްލާންގެ މޫނުމަތީވީ ޒަހަމުތައް ފެނިފައި ހިތުގައި ތޫނު އެއްޗަކުން އެޅުނުފަދަ އިހުސާސެއް ކުރެވުނެވެ. “މީ…މީ ރައްޓެއްސަކާ ކުޑަ މައްސަލައެއް ޖެހިގެން… އަރާރުންވެފަ…” އަސްލާންގެ ތުންފަތަށް ވެރިކުރި މަސްނޫއީ ހިނިތުންވުން އަހަންނަކަށް […]
“އެއީ ކައެ ގަސްދުގަ ކުރި ކަމެއްނު..” ކޮފީތަށީގައި ތުންޖަހާލިތަނާ އަފްޒަލް ބުނެލި އެއްޗަކުން، އަހަރެންނަށް ހީވީ މީހަކު ކަރަންޓު ޝޮކެއް ދިންހެނެވެ. ހޫނު ކޮފީތަށި ގަޔަށް ވެރުމުން، ވީ އުނދަގޫ، ބޮޑު ކަމަކަށް ނުވީވެސް އެހެންވެއެވެ. “ޒަރީރު ނެތްނަމަ ފައްކާކޮށް އޭނަ ބެދުނީސް.. ރުކާން އަފީފް ދަރިޔަކަސް މާ ބާރެއް ނުހުންނާނެ… އިނގެއެއްނު، އޭނަ ކުޑަކޮށް ގަމާރުވެސް ވާނެ…. ޒަރީރް، އޮތް ތަނަކުން ހެކި ހޯދައިގެން މާޒިން ސަލާމަތް ކޮށްފިވިއްޔަ..” ޖިހާން ވާހަކަ ދައްކަމުން ދިޔަ އިރު […]
” އަމް ސޮރީ” އެންމެ ފަހުން ނީނދެވިގެން އީޝަލް ބުނެލިއެވެ. ޝާން ކޮންކަމަކާ ތޯ އަހާފަދަ ގޮތަކަށް އެއް ބުމަ އަރުވައިލިއެވެ. ” ޢެއީ…… ތިއްތި ކަންތަށްކުރި ގޮތުން ، އަމް ރިއަލީ ސޮރީ. އަހަންނަކަށް އަސްލު ވެސް ނޭނގޭ ތިއްތި މިހާބޮޑު ލަނޑެއް އެލީ އަށް ދޭނެކަމަށް……. ކުރިން އެގުން ނަަމަ އައި ވުޑް ހެވް ދަން ސަމްތިންގް…..” އީޝަލް ދެރަވެލައިފައި ބުނެލިއެވެ. ” އިޓްސް އޯކެ އެއީ އީޝަލް ގެ ފޯލްޓެއް ނޫނެއް ނުން […]
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ރަށުގެ އެއްފަތުގައި ހުރި ގޭގައި މޫރިތިވި ކީރިތި ޤުރުޢާންގެ އަޔާތްތަށް ކިޔަވަމުން ދިޔައީ ނުހަނު ފަރިތަކަމާއި، ތަޖްވީދުގެ ހަމަތކަށެވެ. ސޫރަތަކަށްފަހު ސޫރަތެއް ކިޔަވަމުން ދިޔައެވެ. ޤުރުޢާން ކިޔެވުމަށް މަސްއޫލްވެފައި އިން ޝާޒްލީން ސިހުނީ ޢިޝާ ނަމާދު ބަންގި ގޮވުމުން ނެވެ. ”ޝާޒް ދަރިފުޅާ ނަމާދަށް” ޝާޒްލީންގެ މަންމަ ޝާޒްލީންއަށް ގޮވަން ފެށިއެވެ.”މަންމާ މި ދަނީ.” ޝާޒްލީން ޖަވާބު ދިނެވެ. ރަށުގެ އެއްފަރާތެއްގައި ގޭ ހުރުމުގެ ސަބަބުން ގެއަށް ބަންގި ގޮވާ އަޑު އިވެނީ […]
“މަގޭ ދަރިފުޅަށް ކިހިނެއްވީ؟ އާމިރު މި ސުވާލު މަންމައާއި ކުރިއިރު ވެސް އާމިރުގެ ހިތް ތެޅޭ އަޑުއިވެއެވެ. “ދަރިފުޅު އޮތީ މަރުވެފަ” އައިމިނަ އުންދަގުލުން ބުނެލިއެވެ. އައިމިނަގެ އަޑުއިވުމާއި އެކު އާމިރު އަށް ބާރަށް ރޯންފެށުނެވެ. “ތިހެނެއް ނުވާނެ. އަހަރެންގެ ދަރިފުޅު އަހަރެން ބޭނުން” އާމިރު ރޮމުން ވާހަކަ ދެއްކިއެވެ. އާމިރު އިނީ ބަލިމީހުނަށް ޒިޔާރަތް ކުރަން އަންނަ މީހުން ތިބޭ ކޮޓަރީގެ ގޮނޑިއެއްގައި އިށީންދެގެންނެވެ. ދަރިފުޅު މަރުވި ޙަބަރު ލިބުނު ފަހުން މިހާރު ދުވަސް ކޮޅެއްވެއްޖެއެވެ. އެދުވަހު އާމިރުގެ މަންމަ އާމިރުގެ މޫނު މަތީ ވަރަށް ބާރަށް ޖެހިއެވެ. އައިޝާގެ ފަހަތުން ނުކުންނަން ދަމުން ވައި އަޑަކުން އަލީވެސް ބުނެލީ “ތި ކަހަލަ ނުަލަފާ މީހެއްގެ ކިބައިން އުންމީދު ކުރެވޭނީ ވެސް ތިކަހަލަ ނުބައި އަމަލެކެވެ” އާމިރު ވަނީ ހިތާމައިން ހަދާނެ ގޮތް ހުސްވެފައެވެ. ކޮންމެ ފަހަރަކު ވެސް އާމިރުގެ ގޭ މީހަކު ހޮސްޕިޓަލަށް އަޔަސް ޑޮކްޓަރު ކައިރިން ނަތާގެ ހާލު އަހާލުމަށް ފަހު ދަނީއެވެ. އާމިރު އަކީ އެތާ އިންމީހެއް ކަންވެސް ނުދަނެއެވެ. ދުވަހަކު ވެސް އާމިރު އަދި މިވަރަށް އެކަނިވެރި އެއްނުވެއެވެ. އާމިރުގެ ކިރިޔާވެސް އުންމީދަކީ ނަތާއެވެ. އެކަމަކު ނަތާ އެވަނީ އާމިރުގެ އަޑު ނުއިވޭހާ ދުރުގައެވެ. އާމިރު ގެ އެތަށް މަސަތްކަތަކާ ބިރު ދެއްކުމުންވެސް ޑޮކްޓަރުން ވަނީ އާމިރު އަށް ނަތާގެ ހާލު ފެނުމުން ކެއްނުވާނެ ކަމަށް ބުނެފައެވެ. ނަތާގެ ހާލު ގޯސް ކަމުން އެމީހުން ނަތާ ބާއްވަނީ ހޭނަށް ތާފައެވެ. ސަބަބަކީ އެތަކެއް ހޮޅިތަކަކާ މެޝިން ތަކެއްގެ އެހީގައި ނަތާ އޮތުމުންނެވެ. “އާމިރު” މީހަކު ގޮވާލި އަޑަށް އާމިރު ސިހިފައި ބަލާލީ އެފަލުންނެވެ. ސަބަބަކީ މި ހުރިހާ ދުވަހުވެސް ޑޮކްޓަރުން ފިޔަވާ އިތުރު އެއްވެސް މީހެއް އާމިރު އަށް ގޮވާފާއި ނުވުމުން އާމިރު އުންމީދު ކުރީ އުފާވެރި ޙަބަރަކާއިގެން ޑޮކްޓަރު އައީ ކަމަށެވެ. އާމިރުގެ ހިތްވަރު އެލުނީ ކުރިމަތިން ނަތާގެ މަންމަ އާއި ބައްޕަ ފެނުމުންނެވެ. “އޭނާ އަށް ކިހިނެއްވީ”؟ އާމިރު ވިސްނާލިއެވެ. އަދިވެސް ނަތާގެ މަންމަ ނަތާގެ ނަމުންވެސް ގޮވަން އިންކާރުކުރުމުން ނެވެ. މިކަމުގެ ސަބަބުން އާމިރު އަނެއްކާ ވެސް އަމެއްލަ ނަފްސު ކުއްވެރި ކުރިއެވެ. “ކާރު އެކްސިޑެންޓެއް ވީ” އާމިރު ބުނެލިއެވެ. “އޭނާ ދުނިޔޭގައި ހުންނާނެތަ؟” “އަދި ނޭންގެ އެއްޗެއް ބުނާކަށް. ޑޮކްޓަރުން އަހަރެން ގެ އެފަދަ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭ” އާމިރު ދެރަވެލާފައި ބުނެލިއެވެ. “އޭނަ ދިރި ހުރުމުގެ އެއްވެސް ބޭނުމެއް ނެއް” ނަތާގެ މަންމަ ރަހުމު ކުޑަ ގޮތަކަށް ބުނެލިއެވެ. ނަތާގެ ބައްޕަ ނަތާގެ މަންމަ އަށް ބަލާލީ ރުޅިވެރިކަމާއެކުގައެވެ. ނަތާގެ މަންމަ މިފަދަ ގޮތަކަށް ވާހަކަދެއްކުމުން އެއްޗެކޭ ބުނުމަށް އަނގަ ހުޅުވާލިތަނާ އާމިރު ވާހަކަ ފެށިއެވެ. “އޭނާ އެއްވެސް މީހަކަށް ކަމެއް ގޯސް ކޮށެއް ނުކުރޭ. އެއީ ތި މިހުންގެ ދަރިފުޅެއްނު؟” އާމިރު ސުވާލު ކުރިއެވެ. “މިހާރު އެއީ އަހަރެންގެ ދަރިއެއްނޫން” ނަތާގެ މަންމަ ޖަވާބުދިނެވެ. އަދިވެސް ނަތާގެ ކުށެއް ނެއްކަމަށް ނަތާގެ މަންމަ ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. “މަންމަ މެނަށް ގުޅާފަ އަހަރެން ދެއްކި އެއްވެސް ވާހަކަ އަކީ ތެދެއްނޫން” އާމިރު މަސައްކަތް ކުރީ ތެދު ހާމަ ކުރެވޭތޯ އެވެ. “މިހާރު ކޮންދޮގެއް ތި ހަދަނީ؟ އޭނަ އެއީ ފައިސާ އަށް އުޅޭ އަންހެނެއް. އޭނަ އެއީ ވަފާތެރި އެއްނޫން އެއީ ފާފަ ވެރިއެއް. އަހަރެންގެ ދަރިއެއްނޫނޭ އެއީކީ” ހިތްވަރު ކޮއްގެން ހުހްޓާވެސް ނަތާގެ މަންމަ ކެއްނުކުރެވިގެން ހުރިހާ އެއްޗެއްކިޔާލިއެވެ. ކިޔާ ނިމުނު އިރު ވަނީ ކުޑަ ކަކޫ މައްޗަށް ތިރިވެފައެވެ. ބާރު ބާރަށް ގިސްލަމުން ރޮމުން ދިޔައެވެ. ނަތާގެ ބައްޕަ ބެލީ ނަތާގެ މަންމަ ހަމައަކަށް އެޅުވޭތޯއެވެ. “އަހަރެންގެ ދަރިފުޅު ހޭ އެރުމުން އަހަރެމެން އެނބުރި ދާނީ އޭނާ ގޮވައިގެން” ރުޅިވެރި ކަމާއި އެކީ އާމިރު އަށް ބަލާލަމުން ނަތާގެ ބައްޕަ ބުނެލިއެވެ. “ކަލޭމެން ހީ ކުރަނީ ކިހިނެއްތަ؟ އަހަންނަށް އިންގޭ ނަތާގެ އެ ހާލުގެ ޒިންމާ އުފުލަން ޖެހޭނީ އަހަރެން ކަން. އެކަމަކު މި ކަމުގަ ކަލޭމެންގެ ވެސް އިހުމާލު ނުވާކަމަށް ނުހަދާ. ނަތާ ގެ ހިތް ކުދިކުދި ވި އެ ދުވަހު ކަލޭމެން ނަތާ އާއި ދިމާލަށް ނަތާ އަކީ ކަލޭމެންގެ ދަރިއެއްނޫނޭ ބުނުމުން. އަހަރެން މީ އެންމެ ރަހުމު ކުޑަ މީހާ އެކަމަކު އަހަރެންގެ ވެސް ހިތް ފަޅާއިގެން ދާހާ ވަރުވި އެދުވަހު ނަތާ ރުއި މަންޒަރު ފެނި” އާމިރު މިހެން ބުނުމުން ނަތާގެ މަންމަގެ ރުއިން އިތުރަށް ގަދަވެގެންދިޔަ އެވަގުތަކީ ޑޮކްޓާރު އެ ކޮޓަރި އަށް ވަދެގެން އައި ވަޤުތެވެ. ޑޮކްޓަރު ފެނުމާއި އެކު އާމިރު ދުވެފައި ޑޮކްޓަރުގެ ކައިރިއަށް ދިޔައެވެ. ފަހަތުން ނަތާގެ މަންމަ އައި ބައްޕަވެސް ދިޔައެވެ. “ނަތާގެ ހަލު ރަންގަޅު ވަމުން އަންނަނީ އެހެންވެ އަހަރެމެންގެ ޓީމުން ނިންމައިފިން ނަތާ ހޭ އަރުވަން ބޭސް ފެށުމަށް. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ނަތާ އެއްކޮށް ރަންގަޅު ވާނެ. ނަތާ ވަރަށް ހިތްވަރުގަދަ މި ހުރިހާ ކަމެއްގެ ތެރޭގައިވެސް ނަތާގެ ހަށިގަނޑު ރަނގަޅު ވުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ނަތާ ރަނގަޅު ވުމަށް ނަތާގެ އުންމީދު” ޑޮކްޓަރު ބުނެލިއެވެ. މިހެން ޑޮކްޓަރު ބުނި ކަމުގައިވިޔަސް މި ހުރިހާ ވެސް ކަމަކީ ﷲ ގެ ކުޅަދުން ވަންތަކަމާ އޯގާވަންތަ ކަން ކަމަށް އާމިރު ހިތުގެ އަޑިން ޤަބޫލު ކުރެއެވެ. އާމިރު ހުރީ އުފަކުން ފޮޅިފައެވެ. ލޮލުން ކަރުނަ ހިލިފައި ވާހިރު ހިތުގައި އޮތީ ﷲ އަށް ހަމްދެވެ. “އަހަންނަށް ނަތާގެ ކައިރިއަށް ވަދެވިދާނެތަ؟” އާމިރު އަވަހަށް ސުވާލު ކޮއްލިއެވެ. “އަވަހަށް ވަދޭ، އެކަމަކު ފަހަރަކު މީހަކު” ޑޮކްޓަރުގެ ވާހަކަ ނުނިމެނިސް އާމިރު ދުއްވައިގަތީ ނަތާ އޮތް ކޮޓަރި އާއި ދިމާލަށެވެ. އެކަމަކު އާމިރުގެ ހަލުވި ފިޔަވަޅު ތަކަށް ބަދަލު އައީ ނަތާ އޮތް ހާލު ފެނުމުންނެވެ. ނަތާގެ އެނދު ކައިރީ ހުރި ގޮނޑީގައި ހިފާ ލެވުނީ ހަމަ ކިރިޔާއެވެ. އާމިރުގެ ދެ ފައިން ބާރު ދޫވެގެން ދިޔައެވެ. ނަތާގެ އޮތީ ހިކި އަނަރޫފަ ވެފައެވެ. ނަތާ މި ދުވަސް ތަކުގައި އުޅުނީ ނުކައި ބާވައެވެ. ނޫނީ އާމިރު މެންގޭގައި އުޅުނު އިރުވެސް ނަތާ ހިކުނީ ބާވައެވެ؟ މައްސަލަ ޖެހުނު ފަހުން ނަތާ އާއި ދިމާލަށް ރުހުމާއި އެކު އާމިރު ނުބަލައެވެ. އާމިރު ދެ ލޯ މަރާލިއެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ސިހިފައި ލޯހުޅުވާ ލެވުނީ ދޮރުން މީހަކު ވަނުމުންނެވެ. ނަތާގެ ބައްޕަ މަޑު ހިނގު މެއްގައި ނަތާ އޮތް އެނދުގެ ކައިރިއަށް ހުއްޓުނެވެ. ނަތާ އަށް ފަރުވާތެރި ކަމާ އެކު ބަލާލިއެވެ. އާމިރު އާއި ނަތާ ހަވާލު ކުރިއިރު ނަތާ ހުރީ މިހެނެއް ނޫނެވެ. މޫނުގެ އެކި ހިސާބު ތަކުގައި އެތަކެއް ލަކުނެއް ހުއްޓެވެ. މިއިން ކޮންމެ ލަކުނަކާއިއެކު ހާދިސާ އެއްވާނެކަން ނަތާ ގެ ބައްޕަ ދަނެއެވެ. މީ އޭނާ އެންމެ ލޯބިވީ ދަރިފުޅުގެ ސިފަޔާއި ވައްތަރު ކަށި ގަނޑެކެވެ. ނަތާގެ ބައްޕަ އަށް އިންގެ އެވެ ނަތާ އަށް ލިބިފައިވާ ކޮންމެ އަނިޔާ އެއް ނުފެންނާނެކަން. މީ އަދި ހަމަ އެކަނި ބޭރުފުށުގެ އަނިޔާތަކެވެ. އެތެރެ އޮންނާނީ ކިހިނެއްބާއެވެ. ނަތާގެ ބައްޕަ އަށް ރޮވުނީ ދަރިފުޅުގެ ހާލު ފެނިފައެވެ. އަނގަ އާއީ ނޭފަތާ މުޅި މީހާ ވަނީ ހޮޅި ތަކުން ފުރާލެވިފައެވެ. އެނދުގެ ވަށާއިގެން ވަނީ އެކި އަޑުކިޔާ މެޝިނުތަކެވެ. “ނަތާ މަގޭ ލޯބި ދަރިފުޅާ! ބައްޕަ އަށް މާފް ކޮއްދީ ދަރިފުޅުގެ އެއްވެސް ވާހަކަ އެއް ޤަބޫލު ނުކުރެވުނީ. މީ އެންމެ ނުލަފާ ބައްޕަ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ އަނިޔާ ވެރި ބައްޕަ” ނަތާގެ ބައްޕަ ރޮމުން ނަތާ އާއި ވާހަކަ ދެއްކި އެވެ. “ބައްޕަ އަންނާނަން މާދަމާ މަންމަ ބޭރުގައި ރޮއެރޮއެ ހަލާކު ވަނީ. މަންމަ ބަލި ވެދާނެ” ނަތާގެ ބައްޕަ ގުދުވެލާ ނަތާގެ ބޮލުގައި ބޮސްދިނެވެ. ދޮރުން ނުކުތުމުގެ ކުރިން އާމިރު އާއި ދިމާލަށް އެނބުރި ލަމުން ބުނެލިއެވެ. ” އަންހެނަކު ހޮސްޕިޓަލުގެ އެނދުގައި އޮންނަން ޖެހޭނީ ދަރިއަކު ވިހެއުމަށް ފަހު. ކަލޭ އަހަރެންގެ ދަރިފުޅަށް ހިމާޔަތެއް ނުދިން. އަހަރެން އުންމީދު ކުރަން އަހަރެންގެ ދަރިފުޅު ކަލެއަށް އަދި އަހަރެމެން އެކަކަށް ވެސް މާފް ނުދޭނެ ކަމަށް. އަަހަރެމެން އެކަކަށވެސްަް ނަތާގެ މާފް ހައްގެއްނޫން.”
ސްކޫލަށް ދެދުވަހު ހަމްޒާ ސަލާން ބުންޏެވެ. އެދެދުވަހު ރައިހަނާގެ މޫނު ނުފެނުމުން ހަމްޒާގެ ހިތް އާދަޔާ ޚިލާފަށް ވަނީ ނުތަނަވަސްވެފައެވެ. އެދެދުވަހު އަންޖަލް އޭނާގެ ހާލު ބަލަން އަންނައިރު ރައިހާނާ އާދޭތޯ ހިތާހިތުން ދުޢާ ކޮށްލެވެއެވެ. ހަވީރުގެ ވަގުތެވެ. ގޭގައި އޮންނަން ޖެހުމުން ހަމްޒާ އޮތީ ފޫހިވެފައެވެ. ލިއާވެސް އެގަޑީ މިރާޝްއާ އެކީ ވީ ބޭރަށް ގޮހެވެ. އެނދުގައި އޮށޯވެލައިގެން ފޯނާ ކުޅެން ހަމްޒާ އޮތެވެ. “ޕިސްޕިސް. ރެސްޓް ކުރަން ބުނީމަ ފޯނާދޯ ކުޅެނީ” ހަމްޒާ ކޮޓަރިއަށް […]
ރަށުގެ އެއްފަރާތެއްގައި ހުންނަ ގެއެކެވެ.މި ގެއަކީ ގަސްގިނަ ބޯ ޖަންގައްޔެއްގައި ހުންނަ ގެއެކެވެ. މި ގޭގައި ދިރުއުޅެނީ ޝާޒްލީންއާއި އޭނާގެ މަންމައެވެ. މި ގެއަށް ކޮންމެއްސް ވަރެށްގެ ބިރވެރިކަން ވެރި ވެފައިވެއެވެ. އެއީ ގޭތެރެ މާ ފަޅު ކަމަށް ވާތީީވެެ އެކަމަށް ވެސް ވެދާނެއެވެ. އާނއެކެވެ. ވަރަށް އަވަހަށް ގެނެސްދެނީ އިންތިޒާރު ކޮށްލައްވާ. !
މޫސުމް ގޯސް ރެއަކަށްވާތީ މަގުތައް އޮތީ ފުދޭވަރަކަށް ހިމޭންކޮށެވެ. ނައިނާ މަގުތައް ކަޑައްތުކުރަމުން ގޮސް އަނދިރިގޯޅިގަނޑަކަށް ވަނުމާއިއެކު ފަހަތުން ފިޔަވަޅުތަކެއްގެ އަޑުއިވިފައި ފަސްއެނބުރި ބަލާލިއެވެ. ހުސްކޮށްވާ ގޯޅިތެރެއަށް ނަޒަރެއް ހިންގާލަމުން ނައިނާގެ ފިޔަވަޅުތައް އިތުރަށް ބާރުކޮށްލިއެވެ. ގޯޅީ ނިމޭ ހިސާބަށް ދެވުނުތަނާ އައިނައިތަނެއް ނޭނގި ފަހަތުން އައި މީހަކު ނައިނާގެ ހަށިގަނޑުގައި މީހަކު ހިފަހެއްޓިއެވެ. ނައިނާވަގުތުން ގަދަހަދާލުމާއިއެކު އެ މީހަކު ނައިނާއަށް ގުޑުނުލެވޭނެފަދައިން ނައިނާގެ ހަށިގަނޑު އެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. އެއާއިއެކު ނައިނާ އަނގަމަތީ ރުމާލެއް އަޅާލަމުން […]