ގާތުގައި ނުވިޔަސް ލޯބިން ވާހަކަަަަަަަައިގެ ބައިތައް ދުވަސްތަކެއް ވަންދެން ޕަޕްލިޝް ނުކުރެވިފައިވާތީ މިވާހަކަ ކިޔާ ހުރިހާ ކިޔުންތެރިންގެ ކިބައިން އަޅުގަނޑު ނިހާޔަތަަށްް މާފަށް އެދެމެވެ. އަޅުގަނޑު ކިޔެވުމުގެ ކަންތަކަށް އިސްކަމެއް ދިނުމަށް ޓަކައި ވާހަކަ ވަގުތުކޮޅަކަށް ހުއްޓާލި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފަރުވާތެރިކަމާއެކު ވާހަކަ ގެނެސްދޭނަމެވެ. ވާހަކަ ވަގުތު ކޮޅަކަށް ހުއްޓާލެވުނު ވާހަކަ ކިޔުންތެރިންނަށް ނޭނގިފައި ވާތީ އެކަމަށްވެސް ކިޔުންތެރިނގެ ކިބައިން އަޅުގަނޑު މާފަށް އެދެމެވެ. މިވާހަކައިގެ ދެން ހުރި ބައިތަކަށް ކިޔުންތެރިން އިންތިޒާރު ކުރާނެ […]
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އެނދުގައި އޮށޯވެލައިގެން އޮތް ކިއާރާގެ ސިކުޑީގައިވަނީ މިޔަދު ހިނގާފައިވާ ކަންތައްތަކެވެ. ލަވާގެ ޒަރީއާއިން ދެނެގަނެވުނު ކައިޒަންގެ ހާލެވެ. ކައިޒަންގެ ލޮލުން ފެނިގެން ދިޔަ ލޯތްބެވެ. ” ކައިޒަން އަހަރެންދެކެ ލޯބިވަނީ ހެއްޔެވެ؟ ކައިޒަންގެ ދުލުން ބޭރު ކުރި ބަސްތައް އެއީ އަހަރެންނަށް ބުނެދިން އެއްޗެހި ހެއްޔެވެ؟ ” ކިއާރާގެ ސިކުނޑި ފުރިފައިވީ މިކަހަލައެތައް ސުވާލަކުންނެވެ. މިއަދު ކައިޒަންގެ އަމަލުތައް ހުރި ގޮތުންވަނީ ކިއާރާގެ ހިތައް އެތައް އަސަރެއް ކޮށްފައިއެވެ. ހިޔާލުތަކުގެ ދުނީގައި އޮތް […]
އެކަކުއަނެއްކަކުގެ ލޮލަށް ގެއްލިފައިތިބި ދެމީހުން ލީޝް އަދި ޝިރާހްގެ ހުނުމުގެ އަޑަށް ސިއްސައިގެން ގޮސް ހުނުމުގައި ތިބި ދެމީހުންގެ މޫނަށް ބަލައިލިއެވެ. ހުރެވުނުގޮތް ރޭކާލުމުން ދެމީހުން ދެމީހުންގެ މޫނަށް ބަލައިލެވުނެވެ. އަދި އެކަކު އަނެއްކަކާ ދުރުވެލައި ހަމަޖެހިލިއެވެ. ” ސޮރީ..” ގަތް ލަދުން ކިއާރާ މައާފަށް އެދުމަށް ފަހު އެތަނުން ހުނުމުގައި ހުރި ލީޝްގެ އަތުގައި ހިފާ ބާރު ހިނގުމެއްގައި އެތަނުން ދިޔައެވެ. ކިއާރާއާއި ވީ ދިމާލަށް ބަލަން ހުރެފައި ޒިޔާންއަށް އޭނާގެ ބޮލަށް އަތް ހިނގާލެވުނެވެ. […]
ނާހިލް ކިއާރާއަށް ގޮވުމުން އެ ޒުވާނާ ފަސް އެންބުރި ކިއާރާއާއި ވީ ދިމާ ބަލާލިއެވެ. ކުރިމަތިން ކިއާރާއަށް ފެނިގެން ދިޔަ ސޫރައިގެ ސަބަބުން ކިއާރާ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ކިއާރާގެ މޫނުމަތިން ލަދުވެތިކަން ފެންނަމުން ދިޔައެވެ. ކިއާރާފެނި އެ ޒުވާނާގެ ތުންފަތައް ހިނިތުންވުމެއް ވެރިވެގެން ދިޔައިރު ފެހި ކުލައިގެ ކަޅިއެއް ލިބިފައިވި ދެލޮލުގެ ތޫނު ނަޒަރު ކިއާރާއަށް އަމާޒުވެފައި ވިއެވެ. އެ ޒުވާނާގެ ނަޒަރު ކިއާރާއަށް ހުއްޓިފައި ހުރުމުން ކިއާރާއަށް އުނދަގޫވާގޮތެއް ވިއެވެ. ” އާދެބަލަ […]
އެނދުގައި އޮށޯވެލާގެން އޮތް ޒިޔާން ގެ މޫނު މަތިން ކަމަކަށް ވިސް ނަން އޮތްކަން ހާމަވެގެން ދެއެވެ. ” އެ ލޮލުގެ ނަޒަރު… އެ ފަން އިސްތަށިގަނޑު … އަލިކަންގަދަ ހަންގަނޑެއް…. އަސްލުވެސް ރީތިކަމުގެ ރާނީއެއް… ވަރަށްވެސް ފުރިހަމަ…” މިފަދަ ހިޔާލުތަކުން ޒިޔާންގެ ސިކުންޑި ފުރާލެވިފައި ވީއިރު އެ ދެލޮލުގެ ނިދި ވަނީ އެ ދެލޮލާ ވަރަށް ދުރުގައެވެ. އެ ފުރަތަމަ ބައްދަލުވުމުންވެސް ޒިޔާންގެ ހިތުގައި އެ ސޫރަ ފަވާލެވިފައިވެއެވެ. ” ޒިޔާން ނުނިދަންތަ..” ކޮޓަރިޔަށް ވަދެގެން […]
ހަވީރުގެ ވަގުތުު ކޮންމެ ދުވަހަަކުވެސް އެކުގައި ބޭރަށް ނުކުމެ އުޅުމަކީ ކައިޒަންއާއި ނާހިލްގެ އާދަ އެކެވެ. ކައިޒަންއާއި ނާހިލް އަތިރިމަތީގައި ހުރި ބޮޑުގަހެއްގެ ހިޔަލުގައި ބަހައްޓާފައިވާ ޖޯލިތަކުން ޖޯއްޔެއްގައި އިށީންދެއިނެވެ. ނާހިލް ހުއްޓުމެއް ނެތި ވާހަކަދައްކަމުން ދިޔައިރު ކައިޒަންގެ ނަޒަރު ހުއްޓިފައިވަނީ އޮމާން ކަންމަތީ ވިދުމެއް އެކުލެވިގެންވީ މޫދަށެވެ. އެއްލި ކަޅިއަކުން ކައިޒަންގެ ލޮލުގައި އަޅައިގަނި މަންޒަރައް ބަލަން ކައަޒަންއަށް އިނެވުނެވެ. ރާޅުތައް އައިސް ދޮންވެލިގަނޑުގައި ބީހެމުން ދިޔައިރު އެރާޅުތަކާއެކު ސަމާސާކުރަމުން ދިޔަ ކުއްޖާގެ ސޫރަޔަށް ގެއްލިފައި […]
ފަތިހުގެ ހިތްގައިމު ހަމަހިމޭން ކަން މަތީ ބަންގީގެ މޫރިތި އާޔަތްތައް އިވެމުންދިޔައެވެ. ތަނަވަސް ބޮޑު ކޮޓަރިއެއްގައި އަރާމު ނިންޖެއްގައި ނިދާފައިއޮތް އަންހެން ކުއްޖާގެ އެދޮން މޫނުން ފެންނަމުންދަނީ މައުސޫމުކަމެވެ. ގަދަ ފިޔާތޮށިކުލަ އަރާާ ތުންފަތުގައި ވާ ފުރިހަމަ ހިނިތުންވުމުން އެރީތިކަން އިންތިހާއަށް އިތުރުކޮށްދެއެވެ. ބަންގިގޮވާނިމި އިރުކޮޅެއް ވިތަނާ ކާރީ ބާވާފައި އޮތް ފޯނުން އެލަރމްވާާން ފެށުމުން ނިދާފައިއޮތް ކިއާރާއަށް ހޭލެވުނެވެ. ކަންނެތް ކަމާއެކު ލޯހޮޅުވާލުމަށްފަހު ފޯނު ނަގާ އެލާރމް ކަޑާލިއެވެ. ހަށިގަނޑު ސީދާކޮށްލަމުން ކޮޓަރިތެރެޔަށް ވަށާގެން ނަޒަރެއް […]
ހަގީގީ ލޯބި ކާމިޔާބުވަނީ އަދި ނަސީބުވަނީވެސް މަދުބަޔަކަށެވެ. އެ ލޯތްބާއެކު މުޅި ދިރިއުޅުން އެކަކު އަނެއްކަކާއެކު ދިރިއުޅުމާއި އެލޯބީގެ ފޮނިކަން މަތީ ވެވޭ ވައުދުތައް ފުއްދުމުގައި ގިނަބަޔަކު ނާކާާމިޔާބު ވެފާވާއިރު އެކަން ކާމިޔާބުކުރެވެނީ ހާހަކުން މީހަކަށޭ ބުނާ ބުނުން ދޮގަކަށް ނުވާނެއެވެ. ކާމިޔާބު ލޯތްބެއް ނުލިބުމުގެ ސަބަބުން ގިނަ މީހުން ދެކެނީ ލޯތްބަކީ އޭގެ ޒާތުގަ ހިތި ވޭނީ އަސަރުތަކެއް ކުރާއެއްޗެއްގެ ގޮތުގައިއެވެ. “ގާތުގައި ނުވިޔަސް ލޯބިން” މިއީ ކުޑައިރުންސުރެއް ގާތް ދެރަހުމަތްތެރިންކަމުގައި ވާ ކައިޒަން އަދި […]