”ނޫން ސުހޭލްްެގެ ވައިފް.”އެވަގުތު އިޝާގެ އަތުން ފޯނު ވެއްްޓުނެވެ. އިޝާއަށް ލިބުނީ ކުއްލި ޝޮކެކެ ވެ. ދެވަނަ ފަހަރަށް އިޝާ ފޯނު ނަގައި ސުހޭލްގެ ނަމްބަރަށް ގުޅާލިއެވެ.”އިޝާ އައެމް ސޮރީ އަސްލު ވަރަށް ދެރަވެފަ މި ކަންތައް ކުރީ.. އައެމް ސޮރީ އިޝާއަށް އަހަރެން ބޭނުން ހުރިހައި ވާހަކައެށް ކި ޔާދޭން އެހެންވެ މިރޭ މި ގަޑީގަ ރެއިންބޯ ގާރޑެ ން ރެސްޓޯރެންޓަށް އާދެވިދާނެތަ؟.” މިފަހަރު ވާހަކަ ދެއްކީ ސުހޭލްއެވެ. އިޝާ ވެސް އޯކޭ އޭ ބުނެ […]
އަހަރެންނަށް ހޭލެވުނީ އިރުގެ ދޯދިތައް މޫނަށް އެޅުމުންނެވެ. ރޭގެ ކަންތަކާއި، އޮވެވުން ތަން ހަނދާން ވުމުން، މީހަކު ބުރަކަށީގައި ސައްޕެއް ޖެހިހެން ތެދުވީމެވެ. “އާހް… ދެން ޗުއްޓީ ދުވަސްދުވަހުވެސް މިހާ އަވަހަށް މީހުން ހޭލަން ޖެހޭތަ؟” އަހަރެންނަށް ގޯސްވީ، ތިރީގައި ކުޅެން ތިބި ދެތިން މީހުންނެވެ. އިށީނުމުން، އެމީހުންނަށް ރީތިކޮށް އަހަރެން ފެންނާނެއެވެ. މާ ގިނައިރެއް ނުވެ، އެކަކަށް ފެނި ބާކީ މީހުންނަށް އޭނަ، އަހަރެން ދައްކާލިއެވެ. ދެތުންފަތް ފޭ ކުރެވޭނެ އެންމެ ބޮޑަކަށް ފޭކުރުމަށް ފަހު […]
“އެއީ ދެން މިއަދު އެކަނި އަންނަހިއްވީ!” ހަގީގަތަކީ ރައިހާނާގެ ޚިޔާލުތައް އޭނާގެ ސިކުނޑީގައި ގަދަވާން ފެށުމާއެކު ލީމް މަތިން އޭނާ ހަނދާންނެތުނީއެވެ. އެދުވަހު އެންމެ ފަހަރަކުވެސް ލީމްއަށް ގުޅާނުކި ތާގައި މެސެޖެއްވެސް ކޮށްނުލައެވެ. ލީމްގެ މެސެޖެއް އައި ތޯ ފޯނުބަލާވެސް ނުލައެވެ. ރައިހާނާ ހަމްޒާއަށް ޖެއްސީ ކޮންކަހަލަ ސިހުރެއްކަމެއްވެސް ނޭންގެއެވެ. ރައިހާނާ ފެނުނީންސުރެ ރައިހާނާ ނޫން މީހަކާ މެދު އޭނާއަކަށް ނުވިސްނެއެވެ. ހުވަފެނުގައިވެސް ހޭލާ ހުންނައިރުވެސް ފެންނަނީ ރައިހާނާއެވެ. އެކަމާ ހަމްޒާ ގާތަށް ރުޅި އަންނަގޮތްވެސް ވެއްޖެއެވެ. […]
“ހެއި ކަމްލާ..” ނަޝާގެ މައުސޫމްކަމުން އޭނާގެ އަވައިގަ ޖެހިގެން އައި މިކާލްއަށް އެވަރުންވެސް ގޮވާލަން ކެރުނީ ކަމްލާއަށެވެ. “މިވަރުން ދަންޏާ ކަމްލާ ހީކުރާނީ އަހަރެން އޭނަޔާ އަޅައިގަނެގެން އުޅެނީޔޭ.. އާގް.. އެކަމަކު ދެންމީދަ މަންޖެއަށްވެސް ވަކި ގޮވާލާކަށް މަށަކަށް ނުކެރޭނެ..” ހިތަށް ވެރިވެގެން ދިޔަ ވަސްވާސްތަކާއެކު މިކާލް ހަމަ ރަނގަޅަށްވެސް ރަކިވާގޮތް ވިއެވެ. ނަމަވެސް އެކަން ނުދައްކާން ވާހަކ އޮޅުވާލިއެވެ. “ދުވަން ނިކުމެއުޅެނިކޮށް ދެކުދީން މިދިމާއަށް އައިތަން ފެނުނީމަ ހިތަށްއެރީ މިހާހެނދުނާ ކީއްކުރަނީބާއޭ..؟” ހަގީގަތުގަވެސް މިކާލް ހުރީ […]
މިއަދު އެ ހިތްވަރު ނެތުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެެވުނެވެ. ކިތަންމެ ހިތްވަރު ބޭނުން ވި ޔަސް މިއަދަު އެ ފުރުސަތު އަހަރެން ގައަކު ނެތެވެ. ސުޙޭލުގެ ހިތުގައި ބައިވަރު މިކަހަލަ ޝަ ކުވާތަށް އުފެދިފައިވެއެވެ. ކިތަންމެ ލޯބިވިޔަސް އެކަން ވާކަށް ނެތެވެ. ހިނގާ ދިޔަ އެކްސިޓޑެންޓާ ގުޅިގެން އެއްވެސް މީހަކު ކެޑޭޓުކޭމްޕު ކުރިއަށް ގެންދާކަށް ބޭނުމެށް ނުވިއެވެ. އެހެން ކަމުން އެ ކޭމްޕް ކެންސަލް ވެގެން ދިޔައެވެ. ”ޒިޔާން… އަހަންނަށް މި ވަނީ ކީއްތަ.. އަބދު […]
އޮފީސް ނިއްމާފައި ގެއަށްް ވަދެގެން ދިޔަ އަޔާންގެ މޫނުމަތިން ރުޅިވެރިކަން އިންތިހާއަށް ފެންނަމުން ދިޔައެވެ. އަޔާންް ސިޑިން އަރައިގެން ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ޓައީ ނައްޓާލައި ލައިގެންްހުރި ގަމީސް ބޭލުމަށްފަހު އެނދު މައްޗަށް އެއްލައިލިއެވެ. އަޔާންގެ ކަސްރަތީ ހަށިގަނޑުގައި ދާތިކިތަށް ވިދަވިދާ ހުއްޓެވެ. ކޮޓަރީގައި ހުރި މޭޒެއްމަތީ ބަހައްޓާފައި ހުރި ޑާރޓު ތަކުން ޑާރޓެއް ނަގައި ޑާރޓު ބޯޑާއި ދިމާލަށް އެއްލިއެވެ. ޑާރޓްް ގޮސް ޑާރޓު ބޯޑުގައި ހަރުކޮށްފައި އިން ޒޯޔާގެ ފުޓޮއަށް ޖެހުނެވެ. އަޔާން ޑާރޓު ބޯޑާއި ގާތްވެލައި ޒޯޔާގެ […]
އަހަރެންނަށް އެނދުގައި ޖައްސާލެވުނު އިރު ފަތިހު ހަތަރުގަޑި ބައިވަނީއެވެ. ފަތިސްނަމާދުކޮށްގެން ނިދަން، އަހަރެން، ފޯނު ބަލައިލީމެވެ. ހައިރާންވީ ދުވަހަކުވެސް ނާންނަ ވަރަށް މެސެޖު އައިސްފައި ހުރުމުންނެވެ. ދަންނަ އެންމެންހެން މެސެޖުކޮށްފައި ހުރި އިރު، ނުދަންނަ މީހުންގެ ޓެކްސްޓް މެސެޖުތައްވެސް މަދެއް ނޫނެވެ. ބަޔަކު މީހުން މީ އަހަރެންގެ އުފަންދުވަހޭ ސޯޝަލް މީޑިއާގައި ޖެހީ ހެއްޔެވެ؟ ވީ ގޮތެއް ހިތަށް އަރުވާލަންވެސް މަށަކަށް ނޭންގުނެވެ. “އީދް މުބާރިކް” “ހެޕީ އީދް” ނަމާދުން އައިސް މެސެޖުތައް ކިޔަންފެށީމެވެ. އާނއެކެވެ. ޢީދެވެ. […]
ނަދާއާ އެކީ އެތެރެއަށް ވަދެ ނަދާއަށް ވުރެ ކުރިން އަޔާޒް ކޮޓަރިއަށް ވަނެވެ. ލަސްލަހުން ނަދާ ގޮސް ކޮޓަރިއަށް ވަން އިރު އަޔާޒް ވީ ފާހާނާގައެވެ. ހަދާނެ ގޮތެއް ނޭނގިފައި ނަދާ ހުއްޓާ އަޔާޒް ނިކުތް ގޮތަށް ދިޔައީ ކޮޓަރިން ބޭރަށެވެ. “އަޔާ—” އަޔާޒްގެ ފަހަތުން ނިކުމެ ނަދާ ގޮވާލިއެވެ. “އަންނާނަން…” ނަދާއާ ދިމާއަށް ބަލާނުލާ، ނަދާ ބުނާ އެއްޗެއް އަޑު އަހަން މަޑުވެސް ކޮށްނުލާ އަޔާޒް ގެއިން ނިކުތެވެ. އަލުން ކޮޓަރިއަށް ވަދެ އެއްފަރާތުގައި ހުރި […]
ހައިޒަލްގެ ނަޒަރު ޓެރެސްއާއި ހަމަވިވަގުތުކޮޅު ކަޅު އެއްޗެހީގައި މޫނު ނިވާކޮށްގެން ހުރި ޒުވާނާ އަވަސް ހަރަކާތަކާއިއެކު ކޮންމެވެސް އެއްޗެއް ތިރިއަށް ދޫކޮށްލާމުން ވަގުތުން ނިވާވިއެވެ. ހައިޒަލްގެ ނަޒަރު ވަގުތުން ޓެރެސްއިން ތިރިއަށް ދަތުރުކޮށްލިއިރު ވައިކަފައިފައި ނައިނާއާއި ދިމާލަށް ވެއްޓެމުން އައި ތޫނު ބިއްލޫރިގަނޑު ފެނިފައި ހައިޒަލްގެ މެޔަށް ފެންއެއްޗެއް އަޅާލެވުނު ފަދައެވެ. ހިނދުކޮޅަކަށް ގަނޑުވެފައި ދުއްވައިގަންނަންވެސް ނޭނގިފައި ހުރެވުނުއިރު ސިކުނޑި ދިން ބިރުވެރި އިންޒާރާއިއެކު ދެވަނަސިކުންތުގައި ފަޔަށް ލެވުނުހާ ބާރެއްލައިފައި ގޮސް ނައިނާގެ ކުރިމަތީ ހުރަހަކަށްވަމުން ހުއްޓުނެވެ. […]