ލޯބީގެ އިންތިޒާރުގައި

- by - 30- June 9, 2019

ހަވީރުގެ ހިތްފަސޭހަ ވަގުތެކެވެ.ސާލިނީ އިނީ ރަށުގެ އުތުރުފަރާތުގެ ބަގީޗާތެރޭގައި ހުރި އުނދޯއްޔެއްގައި އިށީނދެލައިގެން ކޮންމެވެސް ކަމަކާ ވިސްނާށެވެ.ސިއްސައިގެން ދިޔައީ އެންމެ ގާތް ރަޙްމަތްތެރިޔާ ރީޝާ އައިސް ސާލިނީގެ ކޮނޑުގައި އަތްބާއްވާލުމުންނެވެ.ދެކުދިން ވާހަކަ ދައްކާލުމަށް ކުޑައިރުކޮޅަކު ތިބުމަށްފަހު ހިނަގައިގަތީ ރަށުގެ އުތުރު ފަރާތުގެ ތުޑިޔާދިމާލަށެވެ.ވަކިހިސާބަކަށް ދިޔަތަނާ ކުރިމަށްޗަށް އައިސް ހުއްޓުނީ ކޮލެޖްގެ ޕިރިންސިޕަލްގެ ދަރިފުޅު ޒިޔާންއެވެ.

ރީޝާ: އޭ ޒިޔާން ސާލިނީއާ ބައްދަލުކުރަންދޯ!

ޒިޔާން: ދެން މިހާ އިރުއޮއްސުން ރީތި ހަނދުވަރުދޭ ތުނޑީގައި ސާލިނީ ނޫން ކާކާ ބައްދަލުކުރާނީ؟

ރީޝާ: ސާބަހޭ ޒިޔާން. ލޯބިވާވަރު ދޯ. ތިދެ ލޯބިވެރިންނަށް ދައުވަތު އަރުވަމުން އަހަރެން މި ގޮސްލީ.

އެހެން ބުނުމާ އެކީ ރީޝާ ދުއްވައިގަތެވެ.ރީޝާ ދިޔުމުން ސާލިނީގެ މޫނު ރަތްވިޔެވެ.ލަދުގަތެވެ.ޒިޔާންކުރިމަތީ ގައި ހުރުމުން ކުރަންވީ ކަމެން ނޭނގޭހާއެވެ.ސާލިނީ ދިޔުމަށް އަނެއް ފަރާތަށް އެބުނުވަގުތު ކައްސައިލައިގެން ވެއްޓެން ދިޔައެވެ.ނަމަވެސް ސާލިނީ ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން ސާލިނީގެ އުނަގަނޑުގައި ހިފެހެއްޓިއެވެ.ސާލިނީ މަޑުނަޑުން ދެލޯ ހުޅުވާލިއެވެ.ސާލިނީއަށް އެންމެ ފުރަތަމަވެސް ފުނުނީ ޒިޔާންގެ އަޅިކުލަގަދަ ދެލޮލެވެ.ހަންއޮމާން ރީތި މޫނެވެ.ސާލިނީ އަވަހަށް ތެދުވިއެވެ.

ޒިޔާން އާއި މުހާތަބުކޮށް ސާލިނީ ބުންޏެވެ.”ހިނގާ މިހެންނުތިބެ ހިނގާލަންދާން”ސާލިނީ މިހެންބުނުމުން ޒިޔާން އުފަލުން ފޮޅުނެވެ.ސަބަބަކަށްވީ ކޮންމެ ދުވަހަކު ސާލިނީގެ އިންތިޒާރުގައި ހުންނައިރު ލަދުން އެ މޫނު ދައްކާނުލާކަމެވެ.

ޒިޔާން:މައްސަލައެއް ނެތް،އަވަހަށް ހިނގާ!ވަރަށް އުފާވެއްޖެ.

ދެމީހުން އެއްވަރެއްގެ ހިނގުމެއްގައި ތަންތަން ބަލަމުން ދިޔައެވެ.ކުއްލިއަކަށް ސާލިނީ ސިއްސައިގެން ދިޔައީ ޒިޔާން އޭނާގެ އަތުގައި ހިފައިލުމުންނެވެ.ސާލިނީ ވަގުތުން ފިނިވިޔެވެ.
ޒިޔާން:ސާލިނީ އަހަރެންދެކެ ރުޅިއަޔަސް އަހަރެން ސާލިނީދެކެ…………..

އެހާހަމައިން ސާލިނީ ޒިޔާންގެ ތުންފަތް މަތީ އަތްއަޅާ ޒިޔާން ބުނަން އުޅުނު އެތި ހުއްޓުވިއެވެ.އަދި ސާލިނީ އެ ޖުމްލަ ފުރިހަމަކޮށްލުމަށްޓަކައި “ވަރަށް ލޯބިވޭ”. އެހެން ބުނުމަށްފަހު އުފާވެރިކަމުގެ ކަރުނަތަށް އޮހެންފެށިއެވެ.ކުޑައިރުކޮޅަކަށްފަހު ދެމީހުންނަށް ބޭއިޙްތިޔާރުގައި ބަލައިލެވުނީ ރިންގުވަމުންދިޔަ ޒިޔާންގެ ފޯނަށެވެ.ޒިޔާން ފޮނުބަލައިލިއިރު “މޯމް” ޖަހައިފައިއިން ނަންބަރުން މަންމަ ގުޅަނީއެވެ.ޒިޔާން ފޯނުނެނގިއެވެ.އަދި މަންމައާއި ވާހަކަދެއްކުމަށްފަހު ފޯނު ބޭއްވިއެވެ.

ސާލިނީ:ޒިޔާން ކީކޭތަ މަންމަބުނީ؟

ޒިޔާން:މަންމަ ބުނީ އަވަހަށް ގެއަށް ދުރުވާށޭ،އިރުއޮއްސި ރަތްވިލާން ފަށައިފިޔޯ.

ސާލިނީ:ސާބަސް ޒިޔާންއަށް ހަމަ!މަންމަ އެހެން ބުނީމަތަ ތިހާ ދެރަވެފަ ތިހުންނަނީ. އެހެން ނުނަސް ބަންދު ދެދުވަހަށްފަހު ކޮލެޖުންދިމާވާނެ އެންނުން. ދެން ގޮސްލީ އިނގޭ. ޓޭކްކެޔާ.
އެހެން ބުނުމަށްފަހު ސާލިނީ ގެއަށްދާން ދުއްވާގަތެވެ.ޒިޔާން ސާލިނީ ގެއްލެންދެން ކަޅިޖަހައިނުލާ ބަލައިގެން ހުއްޓެވެ.
އޭގެ ދެދުވަސް ފަހެވެ.ސާލިނީ ކޮލެޖަށްވަނީ ޒިޔާން ދުށުމުގެ އިންތިޒާރުގައެވެ.އިންތިޒާރުކުރަން ހުންނަތާ ވަރަށް ގިނައިރު ފަހެވެ.ރީޝާ، ސާލިނީ ކައިރިޔަށް އައިސް މަނޑުކޮށްލުމަށްފަހު ސިޓީއެއް ސާލިނީ އަތަށްދިއްކޮލިއެވެ.
ރީޝާ:ސާލިނީ މި ސިޓީ ރަގަނޅަށް ކިޔާލާތި. މިއީ ޒިޔާން ދިން ސިޓީއެއް.
ސާލިނީގެ ހިތްތެޅިލިއެވެ.ހިތުގެ ވިންދު އަވަސްވިކަހަލައެވެ.ރީޝާ އެތަނުން ދިޔުމުން ސާލިނީ ސިޓީ ކިޔާލުމަށްޓަކައި ސިޓީ ހުޅުވާލިއެވެ.އަދި ސިޓީ ކިޔާލިއެވެ.
” ލޯބިވާ ސާލިނީ.އަހަރެން ސާލިނީގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން.އަހަރެން ކުއްލިގޮތަކަށް މެލޭޝިޔާއަށް ބަދަލުވާންޖެހުނީ ބައްޕަގެ ކުއްލިވަކިވުމާއި ގުޅިގެން
ލޯބިވާ ލޯބިވެރިޔާ! އަހަރެން ސާލިނީ ކިތަންމެ ދުރުގައި ހުއްޓަސް އަހަރެންގެ ހިތުގައި އަބަދުވެސްވާނީ ތިނަން.މި ސިކުނޑީގައިވާނީ ތިހަނދާންތަށް.މި ލޮލުގައި ވާނީ ތި ރީތި ތަސްވީރު.އަހަރެންގެ ހިތްތިނޫން ދެވަނަ މީހަކަށް ދޭން އެއްބަހެއް ނުވާނަން. މި ހިތަކީ ސާލިނީގެ މިލްކެއް. މީ އަހަރެންގެ ވަޢުދެއް.”
ސާލިނީ ލޯ މަރާލީ ވަރަށްވެސް އަސަރުގަދަ ހިތަކާއި އެކު ލޯބިވެރިޔާގެ ހަނދާން އާކޮށްލަމުންނެވެ.

30

dheema Hassan

My name is Mariyam Dheema Hassan. i am from GDH.Thinadhoo. i am a student of class grade 8. i love writting stories espesially love stories. i hope you all will give me support on this. special thanks to my mom and dad plus my brother.

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. it’s good… u have the talent… but u can improve… than kolheh maana fun koh jumlathah liyefa sifa kurun gina kohlan v… dhn full stop jahaafa space eh dhuukohfa next jumla fashaany… eh bondi akah huryma kiyan vrh undhagoo… n myhun bunaa ethi dialogue gothah genaumah vure koma koalhi eh therey liyelaafa behehtyma maa kiyaa hiy vaane… n one more thing… myhunge ihsaas thah thankolheh bodah genesdhinyma reader ah vx feel vaane e ihsaas… so mi kahala mistakes eba huri… rangalhu kohlaane kamah ummeedhu kuran… wish u all the best… good luck!

    ⚠Report!
    1. thank u very much. mistakes than ragalhu kuraa nan insha allh.
      thigothan comment dheythee varan happy vey

      ⚠Report!

Leave a Reply

Your email address will not be published.