Skip to content
އެސްފިޔަ

ނާއިންސާފް 9

ބަޔަކު މައްޗަށް އައީ، އަހަރެން، ރީޝާ، ކޮއްޅަށް ނެގޭތޯ އުޅެނިކޮށެވެ. ބާރުއަޑާއި އެކު، އިހުސާސްވީ، ފަލަމަސްގަނޑަށް އެރި ވޭނެވެ. ދެން މުޅިތަން ކަޅުވިކަން ހަނދާންހުއްޓެވެ. އެއިރުވެސް، މުޅިތާ ހިފާލާފައި ވަނީ އެ ބޭހެއްގެ ވަހެވެ.

…………

ފަނޑު ނޫއަލީގެ ތެރެއަށް ލޯ ހުޅުވާލެވުމުން، ފުރަތަމަ ހީވީ، ހޮސްޕިޓަލުގައި، އެނދުމަތި ކޮށްފައި އޮވެވުނު ހެނެވެ. ނަމަވެސް،މާ ގިނައިރެއް ނުވެ، ވަށައިގެން ހުރި ތަންތަން ފެނުނެވެ. ކުޑަގޮޅިއެއް ނޫނަކަސް، އެއީ ޖަލުގެ ސެލްއެއްކަން އެނގުނީ، ހުރި ދޮރުގެ ގޮތުންނާއި، ކައިރީގައި ތިބި މީހުންގެ ސަބަބުންނެވެ. ޔުނީފޯރމްގައި ތިބި ތިން އޮފިސަރުން، މިނިކާ ޖަނަވާރަކަށް ބަލާހެން، އަހަރެންނާއި ދިމާއަށް ބަލަމުން ދިޔައިރު، ވެގެން އުޅޭ ގޮތެއް، ކުޑަކޮށްވެސް އަހަރެންނަކަށް ނޭންގުނެވެ.

“މަ މިތާ ކީއްކުރަނީ؟” ހިތުގައި އޮތް ސުވާލު، ސިކުންތެއްވެސް، މަޑުނުކޮށް، އެހީމެވެ.

“މިތާ ކީތް ކުރަނީ ހޭ؟ ކަލެއަށް ކުރެވުނު ކަންތައް ކުޑަކަމަށް އަދި އެހެން އެބަ އަހައެއްނު. އަޖައިބު ފަހެ މީހަކު ނުވާނެ؟” އަހަރެންނާއި ގާތްވެލަމުން، އެކަކު ބުނިއިރު، ދެން ތިބި މީހުންވެސް މަލާމާތް ކުރާ ފަދަގޮތަކަށް ހެމުން ދިޔައެވެ.

މަޑުމަޑުން ތެދުވެ ފަޑީގައި ލެނގިލީމެވެ. ފަލަމަސްގަނޑުގައި ހުރި ތަދު އިހުސާސް ވެގެން ދިޔައީ އެވަގުތެވެ. ރަޖާގަނޑު ނަގާފައި ބަލައިލިއިރު، ބޮޑު ބޭސްގަނޑެއް އަޅާފައި ވީނަމަވެސް، ވަޒަން އެރީކަން ދެނެގަނެވުނެވެ.

ސުވާލުގެ ނަޒަރަކުން އެމީހުންނަށް ބަލައިލުމުންވެސް، އެދެވޭ ޖަވާބެއް ނުލިބުނު ތާންގައި، އެމީހުން އަޅާވެސް ނުލިއެވެ.

ހާސްކަމާއިއެކު ޒަރީރް ސަރ ވަދެގެން އައީ އެވަގުތެވެ.

“މާޒިން…..  ކިހިނެތްވީ؟” އަތަށް ލިބިފައިހުރި ޒަޚަމް ބަލަމުން، ޒަރީރް އެހެން ބުނި އިރު، ކަމެއްވީކަން އެނގުނު ކަމަށްވެސް ނުހެދިއެވެ. މހާއިރު ވީ އިރު ވޯގޮތް އެނގެން ޖެހޭނެ ނޫންހެއްޔެވެ.

“ޒިހާންގެ ދަރިއެއް ކަމަކު، ސާފު ހެކި ފެންނަން އޮއްވަ، ތިހެން ތިހެނެއް ކަންތަކެއް ނުކުރެވޭނެ.” ޒަރީރް ސަރ އާއި އެކު، ދާން ހިނގައިގަތް ތަނާހެން، އިތުރު މީހަކު އައިސް އެހެން ބުނުމުން އަހަރެން އިތުރަށް ރުޅި ގަދަވިއެވެ.

“މިތާ މި ވާނުވާ މަށަށްވެސް އަންގާލައިގެން އުޅުނީމަދޯ” ނުހުރެވިގެން މަ ބުނީމެވެ. އަހަރެން މިތަނަށް ގެނެސް ވީ ކީތްކަންވެސް މީހަކު ކިޔައިދިނީކީ ވެސް ނޫނެވެ.

“ކަލެއަށް ހީވަނީތަ ކަލެއަށް ކުރެވުނީ ވަރަށް މޮޅުކަމެކޭ؟ އެ މައުސޫމް ކުއްޖާ އަދިވެސް ހޭވެސް ނާރާ. ނަސީބެއްނު މަރުނުވިކަން” ވަރަށް ރުޅި އައިސްފައި ހުރެ އެމީހާ އަހަރެންނާއި މުޚާތަބު ކުރި އިރު، މި މީހުން މި ދައްކާ ވާހަކައެއް ހަމަޖެހޭ ކަމަކަށްވެސް އަހަރެންނަކަށް ނުފެނުނެވެ.

އަހަރެން ކާކަށް ކީތް ކުރީ ހެއްޔެވެ. އަނެއްކާ ޖިހާންމެން މީހަކަށް ކަމެއްވީހެއްޔެވެ. ނޫނީ ލައިބްރަރީގައި ހިނގި ކަމުން، އެއްކަލަ މައުސޫމް އީންއަށް ހަރޓްއެޓޭކެއް ޖެހުނީހެއްޔެވެ.

އެމީހާ ބުނި އެއްޗަކަށް އަޅާލުމެއް ނެތި، ޒަރީރް ސަރ އަހަރެން ގޮވައިގެން ނިކުންނަން ދިޔައެވެ. އެވަގުތު އިތުރު ހުރަހަކާ ދިމާ ނުވި ނަމަވެސް، ފަސޭހަޔަކުން އެތަނަކުން ނުނިކުމެވުނެވެ. ތަދު ފޮރުވޭތޯ މަސައްކަތް ކުރަމުން، އަހަރެން ރީތިކޮށް ހިނގޭތޯ އުޅުނީމެވެ. ނަމަވެސް އަޅާ ކޮންމެ ފިޔަވަޅަކާއި އެކު، އަޅަމުން ދިޔަ ވޭން އިތުރު ވަމުން ދިޔައެވެ.

އެތައް ބަޔަކާއި ވާހަކަ ދެއްކުމަށް ފަހު، ޕޮލިސް ސްޓޭޝަނުން، އަހަރެންނަށް ނުކުމުވުނު އިރު ހައެއް ޖަހާ ބޮޑުވެއްޖެއެވެ. އެތާ ނިދާލެވުނުކަން ހަމަ ނަސީބެވެ.

އަހަރެން ރީޝާއަށް ގޮތެއް ނަހަދާ ކަން އެނގުނު ނަމަވެސް، އެ މީހުން އަހަރެން ދޫކުރާކަށް ބެނުމެއް ނުވިއެވެ. ވަރަށް ވިސްނާފައި އެ މީހުން އަހަރެން ކުރި ކުށެއް ހޯދިއެވެ. އެފަދަ ވިހަ ބޭހެއް ބޭނުން ކުރުމުގެ ކުށުގައި ޖޫރިމަނާ ކުރިއެވެ. އަހަރެންނަށް ބޮޑު ނޫނަކަސް އެއަދަދަށް މީހުން ކިޔާނީ ބޮޑޭއެވެ.

ވަމުން ދިޔަ ތަދާއި މެދު ދޮގު ހަދާފައި، އަހަރެން ދިޔައީ، ރީޝާ އޮތް ޙާލެއް ދެކިލަން، އައިޖީއެމް އެޗަށެވެ. އެއިރު އެތަނުގައި، ޖިހާން އާއި ރުކާންވެސް ހުއްޓެވެ. އަހަރެން ފެނުމުން، ރުކާން އަހަރެން ކައިރިއަށް އައިސް ކިހިނެއްތޯ އަހާލާ ހެދިނަމަވެސް، ޖިހާން އިސްޖަހާލީއެވެ.

ޖިހާން އެއިރު އެހެން ކަންތައް ކުރީ، ބިރުގެ ސަބަބުން ކަމަށް ވެދާނެއެވެ. ނަމަވެސް، ފަހުންވެސް، މަޢާފަށް އެދުމުގެ ބަދަލުގައި، އަހަރެންނާއި ދުރުވާން މަސައްކަތް ކުރުމުން، އަހަރެންނަށް ވަރަށް އުނދަގޫ ވިއެވެ.

ރީޝާގެ ޢާއިލާ އެއްވެސް މީހަކު ނެތް އިރު، އެއް އަތުގައި ހިފާއްޓާލައިގެން ޝައިލާ އިނެވެ. އަނެއް ފަރާތުގައި، ލުހާ އޭނާގެ ބޭބެއާއި ވާހަކަދައްކަން އިން އިރު، އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ، ރީޝާ ހޭ އަރާނެ އިރަކަށެވެ. ލުހާގެ ބޭބެ، ޑޮކްޓަރ ލާޝީން، ދޭތެރެ ދޭތެރެއިން ވިންދާއި، ނޭވާ ޗެކުކުރަމުން ދިޔައިރު، އެހެން އެންމެން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ރީޝާގެ ފަރާތުން އިޝާރާތެއް ފެނުނީ، ބާރަށް ދުވެފައި އައި ރާހިލް އެތެރެއަށް ވަން ގަޑީގައެވެ. އޭޑީކޭ ގައި ޑިޔުޓީގައި ހުއްޓާ، ރާހިލް އަށް އެ ޚަބަރު ލިބުމުން، އެއައީއެވެ.

އެއިރުވެސް ރީޝާ، ލޯ ނުހުޅުވާތީ، އަހަރެން ގޮސް، ރާހިލް ގެ ގައިގައި ބައްދާލީމެވެ. އޭނައަށް ކޮށްފައިވާ އަސަރު ނުހަނު ބޮޑެވެ. ހުރި ހަމައެކަނި ކޮއްކޮ ވީމަ ވާނީވެސް އެހެންނެވެ. މީހަކު މޝްކާއަށް ގޮތެއް ހަދައިފިނަމަ އެއަށްވުރެ ބޮޑުވަރު އަހަރެންނަށް ވާނެކަން ޔަގީނެވެ.

މާ ގިނައިރެއް ނުވެ ރީޝާ ލޯ ހުޅުވިއެވެ. އަދި ބިރެއް ފެނުނު ހެން ތެޅިގަތެވެ. ނަމަވެސް މާ ގިނައިރެއް ނުވެ ހަމަޖެހިލިއެވެ.

އިރުކޮޅެއް ފަހުން، ރީޝާ އޭނާއަށްވީގޮތް ކިޔައިދޭން ފެށިއެވެ.

“މަ ޝަމާލްއާ ރަށްޓެހި ވެގެން އުޅޭތާ، މިހާރު ނުވަވަރަކަށް މަސްވެދާނެ. ޝިމާލް އަކީ، ޝަމާލް ބޭބެ. އެދެމީހުން، އެއްކޮށް، އެޕަރޓްމެންޓެއްގަ އުޅެނީ. ޝަމާލް ކައިރިއަށް ދާކޮންމެ ފަހަރަކު، ޝިމާލްއާ، އޭނަގެ އެކުވެރިން، ވަރަށް ޖެއްސުން ކޮށްއުޅޭނެ.” އެ ހިސާބުން ރީޝާ ކުޑަކޮށް ކެއްސާލިއެވެ.

“އީދުވިލޭރޭ، އެކްސްޓްރާ ނިންމާފަ މަ ދިޔައީ ޝޮޕިންއަށް. ތަނެއްގެ އެޑްރެސް ފޮނުވާފައި ޝަމާލް، އައިސްދިނުމަށް މެސެޖުކޮށްފަ އޮތީމާ މަ ދިޔައީ. ވަރަށް ކައިރިވެފަ ހުއްޓަ ކަރަންޓު ދިޔައީ. ދެން ޝިމާލް އާއި ރާޝިދު އާ ދެމީހުން….” އެހިސާބުން، ރީޝާ އަނެއްކާވެސް ކެއްސަން ފެށިއެވެ. މި ފަހަރު، ލޭ ވެސް އައެވެ. ލާޝީން އާއި ރާހިލް ހުއްޓާލަން ބުނި ނަމަވެސް، ރީޝާ ކުރިއަށް ގެންދިޔައެވެ. އަމިއްލަ ނަފްސަށްވީ އިންސާފް ހޯދަން ބޭނުންވަނީއެވެ.

“ހޭލެވުން އިރު އޮވެވުނީ، ކޮޓަރިއެއްގަ. އެތާ ތިބީ، ޝިމާލް އާއި ރާޝިދު އާ ފައިޒާން. މަގޭ ހެދުމުގެ ބޮޑުބައެއް އޭރު އޮތީ ވީދާލާފަ. ދެން ކޮޓަރިއަށް އައީ ޝަމާލް. މަހިއެއްވެސް ނުކުރަން އޭނަ އެކަހަލަ މީހަކަށް ވެދާނެއެކޭ. އެކަމަކުވެސް، ޝަމާލް، ޝަމާލް……. މަ ކައިރިއަށް އައިސްފަ…..” އެހިސާބުން ކުރިއަށް ވުރެން ބާރަށް ރީޝާ ކެއްސަން ފެށިއެވެ. އެއާއެކު، ކަރުން ބައިވަރު ލޭ އަންނަން ފެށިއެވެ. ކެއްސުންގަނޑު ނުހިނދިގެން އިތުރު ނަރުސް ކުދިންތަކެއްވެސް އައިސް، އޮކްސިޖަން ވެސް ގުޅިއެވެ. ނަމަވެސް މާ، އެދެވޭ، ނަތީޖާއެއް ނުފެނުނެވެ. ރާހިލްވެސް ވީވަރަކުން އެމީހުންނަށް އެހީވިއެވެ.

ހަތްވަރަކަށް މިނިޓަށްފަހު، ކެއްސުންގަނޑު މައިތިރި ވިއިރު ރީޝާ ދިޔައީ، މާނޭވާތަކެއް ލަމުންނެވެ. އެގޮތުގައި އިރުކޮޅެއް ވުމަށްފަހު، މުޅި ހަށިގަނޑު ހިމޭން ވިއެވެ.

އެއްވެސް މީހަކު އެއްވެސް ކަމެއް ނުކޮށް ވަގުތު ކޮޅެއް ހޭދަވިއެވެ. ދެން، ރާހިލް ވަރަށް ބާރަށް ރީޝާ ތަޅުވައިގަތެވެ. ނަރުސް ކުދިންތައް އައިސް އެނދު ވަށާލުމުން، އިތުރަށް ވީ ގޮތެއް އަހަރެންކަށް ނުފެނުނެވެ. ގަޔަށް ހިނިއަރައިގެން އުޅޭހެން، ދިހަވަރަކަށް މިނިޓް ހޭދަ ވިޔެވެ.

އެންމެން އިސްޖަހާލައިގެން ތިބެ ދުރަށް ޖެހިލިއިރު، ރީޝާގެ އަތުގައި ހިފަހައްޓައިގެން، ބޯޖަހަލައިގެން ރާހިލް އިނެވެ. މަރަކީ ކިތަންމެ ޑޮކްޓަރީ ބޭހެއް ކުރިޔަސް ހުއްޓުވޭނެ އެއްޗެއް ނޫނެވެ.

އެންމެން ލާޝީން އާއި ދިމާއަށް ބަލައިލީ އޭނަ ވާހަކަ ދެއްކުމުންނެވެ. “ޓައިމް އޮފް ޑެތް، އެއިޓް ތަރޓީ ފައިވް…”

……………

ގެއަށް ގޮސް ފެންވަރާލަން ބޭނުންވެފައި ހުރި ނަމަވެސް، ފަޔަށް ތަދުވާވަރުން، އެނދުގައި ޖައްސާލީމެވެ. ކުރިން ކޭސްގަވެސް ވީ ގޮތަށް، އަހަރެންނަށް ވިސްނެމުން ދިޔައީ، އެ ކުއްޖާއާއި މެދުއެވެ. އެއީ، މީހަކު މަރުވިތަން ހަމަލޮލުން ދެކުނު ފުރަތަމަ ފަހަރު ކަމުން، އަހަރެންގެ ވިންދުވެސް ހުރީ އަވަސްވެފައެވެ.

ނިދާލާފައި، ހަވީރު ހޭލިއިރު، ތަދު އެތައްގުނަޔަކަށް ބޮޑުވެފައި ހުރުމުން، ސްޓާފަކަށް ގޮވީމެވެ. ޑްރައިވަރެއް ހޯދައިގެން، އަހަރެން ދިޔައީ މަންމަގެއަށެވެ.

އަނިޔާއެއް ލިބިއްޖެނަމަ، ދާން އެއަށްވުރެ ރަނގަޅުތަނެއް، އަދި ނުބައި ތަނެއްވެސް ނުހުންނާނެއެވެ. މިހެން މި ބުނީ، މަންމަ ނަރުހަކަށްވުރެ މޮޅަށް، ކަސްޓަމަރ ކެއަރ ދަންނާތީއާއި، ކަމެއްވެއްޖެނަމަ ބޮޑު ކޮށްލާނީ ވަރެއް ވަރެއް ބަލަފައެއް ނޫންކަމުންނެވެ.

ގޭ ކުރިމައްޗަށް ކާރު ހުއްޓާލި އިރު، މަންމަ، ކާރުގައި ނައްޓާލަނީއެވެ. ނަމަވެސް، އަހަރެން އެތެރެއަށް ވަދެގެން އަންނަ ތަން ފެނުމުން، ކާރު، ބާއްވާފައި، މަންމަ، އަހަރެން ކައިރިއަށް އައެވެ. ޕްލިސް ސްޓޭޝަންގައި ގޮތަށްއިތުރަށް އެކްޓުކުރާކަށް އަހަރެން ނުހަދަމެވެ.

“އާދޭތޯ ހުރެހުރެ ނައިމަ، ދާންކަމަށް އަދި މިދަނީ ނިކަން ވީގޮތްކިޔައިދީބަ.” އައިގޮތަށް އައިސް މަންމަ ބުންޏެވެ. އަހަރެމެން އެތެރެއަށް ދިޔައިރު، މިޝްކާ ސިޓިން ރޫމްގައި އިނެވެ. އޭނަޔާއިއެކު ދެން އިނީ…… އީންހެއްޔެވެ؟

ލިބުނު ހައިރާންކަމާއިއެކު، ލައިބްރަރީގައި ކަންތައްވީގޮތް ހަނދާންވިއެވެ. ރަނގަޅަށްވެސް ކަޑަވިއެވެ. މިޝް ގޮވަގޮވާ ހުއްޓާ މަ، ކޮޓަރިއަށް ވަދެދޮރުޖެހީވެސް އެހެންވެއެވެ.

ޖިންސްގެ ސަބަބުން، ވަމުން ދިޔަ ތަދު ބޮޑުކަމުން، ސޯޓަކަށް ބަދަލުކޮށްލީމެވެ. ހުސް ގަޔާ ނިކުންނަން އުޅެފައިވެސް، އަހަރެން ނިކުތީ އަތްކުރު ޓީޝާޓެއް ގަޔަށް މަހައިގެންނެވެ. ހޮޓެލްގައި ކޮންމެ ގޮތަކަށް އުޅުނަސް، ގޭގައި ހުސްގަޔާ އުޅުމަކީ މަ ކުރާކަމެއް ނޫންވީމައެވެ. މިހެން  ބުންޏަކަސް އިތުރު ސަބަބެއްވެސް އަސްލު އޮތެވެ. ދެން އެއީ ސިއްރެކެވެ.

ލިބިފައިވި ޒަޚަމްތައް ފެނުމާއިއެކު އަހަރެން ނޫނެކޭ ކިޔަކިޔާ ހުއްޓާ، މަންމަ ޑޮކްޓަރަށް ގުޅިއެވެ. އެންމެން ވީގޮތް އަހަމުން ދިޔަ ނަމަވެސް، އަހަރެން އެއްވެސް  ޖަވާބެއް ނުދެމެވެ.

ޑޮކްޓަރު ކޮންމެވެސް އެއްޗެހިތަކެއް ކިޔާފައި ބޭނުންވާނެ ބޭސް ކިޔައިދިނެވެ. ކިޔައިދިން ހާ އެއްޗެއް ކިޔައިދިނީ މަށަށް ނަމަވެސް، އަޑުއެހީ މަންމައެވެ. އަޑުއެހި ނަމަވެސް އަހަރެންގެ ގަމާރު ސިކުނޑިއަކަށް އެޔެއް ނުވަންނާނެއެވެ. ބަޔޯގަޑީގައި ނިދާފަ އޮންނަންޏާ ވާނީވެސް އެވަރެއް ނޫންހެއްޔެވެ.

“މަ ދެކިލާހިތުންތަ ތި އައީ؟” ވަރަށް ގިނަ އިރު އންތިޒާރު ކުރެވުނު ފަހުން، މިޝްކާ، ކާއެއްޗެއް ހިފައިގެން އަންނާނަމޭ ކިޔާފައި ދިޔުމުން، އަހަރެން އަލީނާއާއި ދިމާއަށް އެނބުރިލީމެވެ. އަހަރެން ނިދަން ނުގޮް އޮތީވެސް ހަމަ އެ ވަގުތުކޮޅުގެ އިންތިޒާރުގައެވެ.

“މާޒިން ދެކޭ ހިތަކުން ނޫން…. މާޒިން އާ ހެދި” މިހާރު އަހަރެންނަށް ދިވެހި ބަސް ނޭންގެނީ ހެއްޔެވެ. މި އީންމެން ދައްކާ ވާހަކައެއް އަހަރެންނަށް ފަހުމު ވަނީކީވެސް ނޫނެވެ.

“މާޒިންގެ ލޯބިވާ ކޮއްކޯފުޅު… މަގޭ ދޮންބެ ޕޮލިސް ގެންގޮއްސިޔޯ ކިޔާފަ ރޯންފެށީމަ، އައީ”

“ޕޮލިސް؟ އެއީ ކިހިނެއް އެނގުން ވާހަކައެއް؟” އަހަރެން ހީކުރީ، އެވާހަކަ އެއްވެސް މީހަކަށް ނޭންގޭނެ ކަމަށެވެ. މިޝްކާ ކައިރީ އަހަރެން ޕޮލިސްއަށް ގެންދިޔަ ވާހަކަ ބުނާނީ ކާކުހެއްޔެވެ؟ ހަމަ ގައިމުވެސް ޒަރީރު ސަރ އެ ވާހަކައެއް ނުކިޔާނެއެވެ. ޖިހާން؟؟ ކޮންމެ މީހަކަސް މިޖެހުނީ އަނެއްކާ އަނެއް ކަންތަކެވެ.

“ހެއްދެވިއްޔާ ހެއްދެވިހާ ނިޔުސް ވެބްސައިޓެއްގަ އޮތް ހޫނު ޚަބަރު އެންމެންނަށްވެސް އިނގޭނެ ދޯ” ތަބަކަކަށް ޖޫސްތަށިތަކެއް ލައިގެން އައި މިޝްކާ ބުނެލިއެވެ. އަހަރެންނަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެނެވެ. ތެޅެމުން ފޮޅެމުން ފޯނު ނަގައިގެން، މަޝްހޫރު ނިޔުސް ވެބްސައިޓް ތައް ބަލައިލީމެވެ. އަޅެ ފަހެ ކިހާ ދެރަކަމެއް ހެއްޔެވެ.

“މަޝްހޫރު ވިޔަފާރި ވެރިޔާ ޒިހާންގެ ދަރިފުޅު ފުލުހުންގެ ބެލުމުގެ ދަށުގައި…. ޑްރީމް ހޮޓެލްސްގެ ހެއަރ، މާޒިން ޒިހާން، ރީޝާގެ މަރުގެ މައްސަލައިގައި ޕޮލިހުން ހައްޔަރުކޮއްފި……. ސަތާރަ އަހަރުގެ ކުއްޖެއް ފުލުހުންގެ ބެލުމުގެ ދަށަށް…” ކޮންމެ ސުރުޚީއެއް ކޔާލައިފަވެސް، އަހަރެންގެ ގައިން ހީބިހި ނަގަމުން ދިޔައެވެ. އަހަރެން އެންމެ ދެރަވީ، އަހަރެންނާއި ހުރެ، ބައްޕައަށާއި ވިޔަފާރިއަށް ހަޑި ނަމެއް ލިބުނީމައެވެ.

އަހަރެން ދިފާއު ކޮށް ލިޔެފައި ހުރި އެއްޗިހި ވެސް ހުއްޓެވެ. އަހަރެންނަށް އަށާރަ އަހަރު ނުވާތީ ފާޑުކިޔާފައި ހުރި އެއްޗެހިވެސް މަދެއް ނޫނެވެ. މިމީހުން އަހަރެންގެ ޢުމުރާވެސް ބެހެންޖެހޭ ހެއްޔެވެ. އަޅެ ދެން އަށާރަވާން މާކަ ގިނަދުވަހެއްވެސް އޮތީކީ ނޫނެވެ. އެކަމަކުވެސް މީހުން އަަހަރެންނަށް ކިޔާނީ ކުޑަކުއްޖެކޭއެވެ. ކިހާ ދެރަ ކަމެއްހެއްޔެވެ.

އެއްވެސް މީހެއްގެ ސުވާލުތަކަކަށް އަހަރެން ޖަވާބެއް ނުދެމެވެ. އެއަށްވުރެ ބޮޑަށް، ސިކުނޑިއަށް އައިސްފައިވާ ޕްރެޝަރ ވަނީ ބޮޑުވެފައެވެ. އަހަރެން ވާހަކަ ނުދެއްކުމުން، އެހެންމީހުންވެސް މާ ބޮޑަށް އަޅައެއް ނުލިއެވެ. އަހަރެންގެ ގޮތް ރަނގަޅަށް އެނގޭތީ ކަމަށްބަލާށެވެ.

މިޝް އާއި އީން ކޮންމެވެސް އެއްޗެއް ކައްކަން އުޅެއުޅެފައި، ނުވައެއް ޖަހަން އުޅެނިކޮށް، އީން ގެއަށް ދާން ނިކުތެވެ. މިޝްކާ ކޮޓަރިއަށް ވަދެދޮރުޖެހި ކަމެއްނޭންގެ، އަހަރެން ފައި ދަމަމުން، ނިކުމެވުނު އެންމެ އަވަހަކަށް ނިކުތީމެވެ. އަތަށްވެސް ތަދުވަމުން ދިޔަ ނަމަވެސް، ގޭގަ އޮންނަން ހިތް ނޭދޭތީއެވެ.

“މަށާއެއްކޮށް ތާކަށް ދާން އާދެބަ” ގޭޓުން ނިކުންނަން ދިޔަ އީންގެ، މޫނުމަތި ވަގުތުން ބަދަލުވެގެން ދިޔައެވެ. ލައިބްރަރީގައި ވީ ގޮތް ހަނދާންވީ ކަންނޭންގެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (20)

  1. Monsta

    Salaam readers. Mi episode vx kamudhiya kamah ummeedhu kurann. ??❤️?

  2. Neko

    Adhi aku nukian ekam vs v kamudhaane kan ingey….
    Kiaalaafa comment eh kollaanan……and this time I first dhww…..yey….#lol

  3. Neko

    Acctually….miaahru i ah 1st libijje dhw. …so dhn maadhn comment kolleveniii xin nuukakas ma vs mii varah nidhigadha miiheh??

    1. Monsta
      Neko

      Hehehe. Congra. Sleep well ??. And thanksss

  4. Drax

    Mi part ves nice actually more than just nice ?
    Keep it up
    I miss luveiz i so like him don’t do anything bad to him please
    And please een and maaz
    Love this story ?❤️??❤️??????❤️???❤️??❤️?

    1. Monsta
      Drax

      Ehehe. Luveiz dhw. Umm okay gina kohlaanan luveiz bai. Maaxin aa Een, dhemyhunge maazyves varah avahah genesdheynan Insha Allah. Eirun ingeyne kaaku kaaku ehkoh kan ulheyny ??❤️ Do know that Drax akahh luveiz nulibeyne ingeyy. ??❤️? ?

  5. Neko

    Police ah vs arrest kuran engunii maaz tha kairiiga oyy aneh miihaa kobaa…..and by the way v dhaa hiyy vejje maaz ge schl ge lab ah ?? hunna chemicals thakaa ecchis balailan ….maaz kiavaniii sc stream dhw…… stry hama varah habeys….masha allah…..kuriah oyy ephisodes thah vs mihaa furihama vaane kamah ummeedh kuran ….and u hav such a sense of humor…..#lol…..maaz akaa hedhi hiihii balivefa onnaniii ephisode kiaa nimey iru…..lol….and konthaakah tha edhaniii maaz i ge elykolhu govaign …..??? wonder whats about hpn next….. curiously waiting for the next ephisode. …monsta avass type kollaafa up kollaba …??? keep up the gud work dear lil sis…

    1. Monsta
      Neko

      Lil sis ????. Aan dhenn lil sis dhww ??. Hehe. Maaz claahahh olhigenves nudhaathi. E claahah dhaa evves girl kujjakah nueh kiyeveyo. Maaxin rythikamunn. Maaxin ge jessun ves kudaeh nuvaane. Maax aa ehkoh lab ah gossiyyaa ehcheh test kohlan neko ves use kohlafaane ????. Hehe. Maaz aa een aa kudakoh privacy beynun vaathyy ehnu edhiyaiyyy. ???. Jealous nuvahcheyy. N next episode ga ingeyne konthaakah kan. Oh yep. Maax kiyavanyy Combined stream. Hehe miss it dhww. Aneh myyhaaves arrest kuriyeyy. Kuriah huri episodes ga ethanuga aslu vy goii annaane. waitt kohlaaa. And really thanksss

    2. Neko
      Neko

      dhn j eh nuvaane dhw ma mi ulhenii e dhemiihun set nuvegen viya….lil sis?? ….hama ehaa vs reethi miiheh tha maaz akiii?

    3. Monsta
      Neko

      Hmm Maaxin hithun Maaxin akii emme rythi myhaa. Tae mn ves ekahchakas nuhadhaane eyna hithun ???

    4. Monsta
      Neko

      neko ehaa balaa hihh vannyaa maaxin photo ehh dhenvytha ???

  6. Neko

    Miadhu esfiya kudhin varah avahah comment publish kohdheykan v shukuruveri kamaaeku faahaga kollan ….???? keep up the good work? miithi ok publish nukurias….hehe…

    1. aaliya
      Neko

      hey… mifaharu vx emme last dhw… 🙁 zin een govaigen knthaakah dhaan baa… hehe… so curiuos to know… when next part??? btw story is awesome… i have no word to tell u… but it’s really amazing… i really enjoy it… may god bless u with a bright future n get more success in writing… luv yuh!:* <3

  7. aaliya

    Hey… Mifaharu vx emme last dhw… ☹️☹️☹️ Sorry ingey… School nimuny vrh lahun ehnve… ??? Btw story is awesome ingey … ?????????????♥️♥️♥️♥️❤️❤️❤️❤️?? curiously waiting for the next… ??? Luv yuh! ♥️♥️♥️

  8. aaliya

    oh NEKO ah reply eh dhw e dhevuny… sorry ingey… it was just by mistake

    1. Monsta
      aaliya

      Hehe. Next episode kiyaalyma hama ingeyniy konthaakahh kann. And really thankss ?❤️ Faharehga miadhu up kureveylehh kudakohh lasvedhaane. Schl feshunyma. ??. But mirey submit kuraanan Insha Allah

  9. Cute Lips

    wow nice ngey… love it … ar u a girl or a boy… may i knw…hehe.. if u want ngey bunaany… m a girl…

    1. Monsta
      Cute Lips

      hehe I am a girl…. N thankss ingey varah bodah 🙂 🙂

  10. jiji

    Mi part vec vvv rythi ingey?❤?..ekm thankolheh short hn..maazin vec e ulhey gotheh dhw..hehe???…keep it up!!!lysm <3 <3 <3

    1. Monsta
      jiji

      hehehe… Maaxin ulheyny evahtharah… Varah vure moyavyma.. 😉 hehe.. Schl feshunyma busy vyma short vyy… mihaaruves exams ahh ready vaan jeheny 🙁 Thanks a lot jiji 🙂 <3

Comments are closed.