އެންމެން އެކި ސަމާސާތަށް ކުރުމަށްފަހު ގެއަށް ދިޔުމަށް ދިޔައީ މައްރިބް ނަމާދު ބަންގިި ގޮވާ ގަޑި ކައިރި ވާތީއެވެ.” ހިނގާ އަހަންނާއެކު އިޝާ ސަ އިކުގަ” އަޔާން އިޝާ ގާތު ބުނެލިއެވެ.”ނާސްފިއް ޔާމުން އިޝާއަށް ލަދު ގަންނަން ޖެހޭނެ… ” އިޝާ ބޯހޫރުވާލުމުން އަޔާްންް ބުނެލިއެވެ. އިޝާ އަވަހަށް ސައިކުގެ ފަހަތަށް އެރިއެވެ. *** *** *** *** ގަޑިން އަށްގަޑި ބައި ވީއެވެ. އިޝާ ތައްޔާރު ވެގެ ން ހުރީ އޭނާ ކައިވެނި ކުރާ ވަގުތު […]
”އަޔާން” އިޝާއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ. އިތުރަށް އެކައްޗެކޭވެސް އިޝާގެ ދުލުން ބޭރެށް ނުވިއެވެ. ހަމައެކަނި އެނަމެވެ. ”ދަރިފުޅު ގަބޫލްތަ ؟” އިނާޝާ އަހާލިއެވެ. ”އޭނަ ގަބޫލިއްޔާ..” އި ޝާ ކުރު ޖަވާބެށް ދިނުމަށްފަހު ކާކޮޓަރިން ނިކު ތެވެ. ”ވަޓް އައި ކުޑް ޑޫ.؟ ދުނިޔޭގަ ވެސް އަހަންނަށް އެންމެ ނަފްރަތު ކުރި މީހާއާ މި ޖެހު ނީ ގުޅެން؟ ކިހާ ބަދު ނަސީބު އަހަރެންގެ ނަސީ ބުގައި ނެތް ދޯ ރަނގަޅު ފިރިއެށް…” އިޝާ އަ މިއްލަ […]
އިވެންފެށި އަޑުން، ބާލީސް ނަގައި، ކަންފަތުގައި އަޅާލީމެވެ. ފަޔަރ އެލަރމްގެ އަޑުން މުޅި ހޮޓަލް އެއްއަޑުވެފައިވީއިރު، ގުޑިލަންވެސް ބޭނުންނުވެފައި މަ އޮތީއެވެ. ކަމެއްވެއްޖިއްޔާ ބެލްކަނީ މަ ރެސްކިއު ކުރަން އަންނާނެ ނޫންހެއްޔެވެ. ޓެރަހުގައި ސްވިމިން ޕޫލެއް އޮއްވާ، ބޮޑުހަރަދުކޮށްގެން، ތިރީގައިވެސް ޕޫލެއް ހެދީ، ސަބަބެއްނެތިއެއް ނޫނެވެ. އެލަރމް އަޑަށް ވުރެ ބާރަށް މީހަކު ދޮރުގައި ތަޅައިގަތް އަޑު އިވެންފެށިއެވެ. ތެދުވަން ބޭނުން ނުވެފައި ހުރެމެ، އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. އެވަރަށް ބުނުމުންވެސް، ސެކިއުރިޓީ އަހަރެން ބުނި […]
“އާހްހްހް…މީ ދެން ކޮންފަދަ ކަމެށް ހެއްޔެވެ؟ މި ވާގޮތް ތަކަށް އަހަރެން ސަލާން ބުނަމެވެ. ހާދަ އުފަލެއްވެއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް މިކަހަލަ އިހުސާސް ތަކެއް އަހަރެން ގެ ހިތުގައި އުފެދުނީ ކޮންއިރަކު، ކޮންތާކު، ކިހިނެއް ކަމެށް ވެސް އަހަން ނަކަށް ނޭންގެއެވެ. އިގޭހާ ވެސް އެއްޗަކީ އެވީ ގޮތެއް އެވީ ފުރަތަމަ ނަޒަރުންކަމެވެ. މިހާރު އަހަންނަށް އަބަދު އިދެވެނީ އަލަތު ލޯބި ހާސިލް ވޭތޯ ކިޔޭވެލި ކިޔަވާލާ ކިޔަވާލައެވެ. ރިވެތި އަހުލާގެއްގެ ވެރިއެކެވެ. ހިމަ ތޮޅި […]
ކޮލެޖު ގޭޓުން ވަދެވުމާއެކު އެންމެ ފުރަތަމަ ވެސް ޖެހުނީ އަހޫ ކުރި މައްޗައްށެވެ. ވާހަކައެއް ދައްކަން ބޭނުން ކަމަށް ބުނުމައްފަހު އަހަރެން ދިޔައީ ލައިބްރަރީ އަށްށެވެ. އޭރު އަހޫ އަހަރެންގެ ފަހަތުން އާދެއެވެ. އަހޫ އައިސް އަހަންނާ އެއްވަރު ކުރުމުން އެންމެ މީހުން މަދު ހިސާބެއްގައި ހުރި މޭޒެއްގައި އަހަރެމެން ދެމީހުން އިށީނީމެވެ. އެހާ ހިސާބުން ވާހަކަ ކުރިޔަށް ދިޔައެވެ. ވާހަކަ ދައްކަން ފެށީ އަހަންނެވެ. މިއަދާ ހަމަޔަށް އަހަރެންގެ ހަޔާތުގައި ވީ ހުރިހާ ކަމެށް އަހަރެން […]
ކޮޓަރީގައި އޮއްވާ، ސްޓާފެއް އައިސް، މީހަކު އަހަރެން ހޯދަން އައިސް ހުރި ވާހަކަ ބުންޏެވެ. އަހަރެން ހޯދަން ގެއަށް އައިސް، ކޮޓަރިއަށް ނުވަންނާނީ ކާކުތޯ ވިސްނަމުން ނިކުތް އިރު، ސޯފާގައި އިށީންދެލައިގެން، ދެ އަންހެން ކުދިން ތިއްބެވެ. އެކަކަކީ ކާކު ކަމެއް ނޭންގެއެވެ. ނަމަވެސް އަނެއް ކުއްޖާ އަކީ…. އެއީ ކާކު ހެއްޔެވެ؟ ވަރަށް ދަންނަ ވައްތަރެއް ޖަހައެވެ. މަ ފެނުމުން އޭނަ ކޮއްޅަށް ތެދުވެލިއެވެ. އަދި ނުހަނު ރީތި ހިނިތުންވުމެއް ދިނެވެ. މަޑުމުށި ބުޅި އިސްތަށިގަނޑެކެވެ. […]
އިރު އޮއްސެން ކައިރިވެފައި ވަނިކޮށް ކުއްލިއަކަށް ވެހެންފެށި ވާރޭ ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ބޯވަމުންނެވެ. އެއްބަޔަކު ބޭރަށް ނުނިކުމެވި ތިބި އިރު، އަނެއްބަޔަކު، ގަދަވަޔާއެކު ވެެހެމުންދާ ބޯ ވާރޭއިން ސަލާމަތްވުމަށް މަގުމަތީގައި ކޮޅު ކޮޅު މައްޗަށް ދުވަމުންދިޔައެެވެ. ފިހާރައިގެ ތެރޭގައި އާއި އަސްކަނިތަށް ދޮށުގައި ވާރޭއިން ހިޔާވުމަށް ތިބި މީހުންވެސް މަދެކޭ ބުނެވޭކަށް ނެތެވެ. މަގުމަތީގައި ދުއްވާ އެއްޗެހިވެސް އޭގެ މަންޒިލަށް ދަތުރު ކުރަމުންދަނީ ވާރޭ އިތުރަށް ބޯ ނުކުރަނީސް އޭގެ މަންޒިލަށް ވާސިލް ވެވޭތޯއެވެ. މާލޭގެ […]
ސިޑީގެ ވަކި ހިސާބަކަށް ދިޔަތަނާ ޓެރެސްއާއި ދިމާލުން ނައިނާގެ ބާރު ހަޅޭކުގެ އަޑު އިވިފައި ހައިޒަލްއަށްވީގޮތެއްވެސް ނޭނގުނެވެ. ސިކުންތުކޮޅެއްގެ ތެރޭ ބޮޑު ސިޑިބަރި ގިރާކޮށްލަމުން ޓެރެސްއަށް އެރިއިރު ފެނުނު މަންޒަރަކުން ހައިޒަލްގެ މޫނު ހުދުވެގެންދިޔައެވެ. ހިނދުކޮޅަކަށް ހުއްޓުން އެރިއިރު ބިރުންގޮސް ހިތް ހުއްޓުނީހެން ހީވިއެވެ. ނައިނާގެ ފަހަތުގައި ކަޅު ހެދުމެއްގައި ނިވާވެގެން ހުރި ޒުވާނާ އުރައިގެ ތެރެއިން ނެގި ވަޅީގެ މިޔަ އަނދިރީގެ ތެރޭގައި ވިދާގަތީ ނުރައްކާތެރިގޮތަކަށެވެ. ހައިޒަލްއާއި ދިމާލަށް ނަޒަރު ހުއްޓިފައިވާ ނައިނާ ހައިޒަލްގެ ނަޒަރު […]
ހަމަ އެދުވަސްކޮޅު ޝާމިލް ހުދާގެ ފަހަތުން އުޅެން ފެށިއެވެ. ހުދާ ފެންނަ ކޮންމެ ފަހަރަކު ޝާމިލް ހުދާއަށް ލޯބި ހުށައަޅައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ހުދާ ދެކޮޅު ހަދައެވެ. ހުދާ ޝާމިލްގެ ހުށައެޅުމަށް ދެކޮޅު ހަދަނީ އެންމެ ސަބަބަކާ ހެދިއެއް ނޫނެވެ. އެތައް ސަބަބެއް އެކަމުގައި ވެއެވެ. ފުރަތަމަ ކަމަކީ ހުދާ ނިހާލް ދެކެ ލޯބިވާތީއެވެ. ދެވަނަ ކަމަކީ ޝާމިލްގެ އުޅުމާ ހުދާ ނުރުހޭ ކަމެވެ. ތިންވަނަ ކަމަކީ ޝާމިލްއަކީ ނިހާލްގެ ދޮންމަންމަގެ ދަރިއަކަށް ވީތީއެވެ. ނިހާލް […]