Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ގާތުގައި ނުވިޔަސް ލޯބިން 1

aishoo Level 1100 Login
June 8, 2019 5 Mins Read
30 Comments

ފަތިހުގެ ހިތްގައިމު ހަމަހިމޭން ކަން މަތީ ބަންގީގެ މޫރިތި އާޔަތްތައް އިވެމުންދިޔައެވެ. ތަނަވަސް ބޮޑު ކޮޓަރިއެއްގައި އަރާމު ނިންޖެއްގައި ނިދާފައިއޮތް އަންހެން ކުއްޖާގެ އެދޮން މޫނުން ފެންނަމުންދަނީ މައުސޫމުކަމެވެ. ގަދަ ފިޔާތޮށިކުލަ އަރާާ ތުންފަތުގައި ވާ ފުރިހަމަ ހިނިތުންވުމުން އެރީތިކަން އިންތިހާއަށް އިތުރުކޮށްދެއެވެ. ބަންގިގޮވާނިމި އިރުކޮޅެއް ވިތަނާ ކާރީ ބާވާފައި އޮތް ފޯނުން އެލަރމްވާާން ފެށުމުން ނިދާފައިއޮތް ކިއާރާއަށް ހޭލެވުނެވެ. ކަންނެތް ކަމާއެކު ލޯހޮޅުވާލުމަށްފަހު ފޯނު ނަގާ އެލާރމް ކަޑާލިއެވެ. ހަށިގަނޑު ސީދާކޮށްލަމުން ކޮޓަރިތެރެޔަށް ވަށާގެން ނަޒަރެއް ހިނގާލިއެވެ. ކޮޓަރިތެރޭން ފެންނަމުން ދަނީ ތަރުތީބުކަމާއި ސާފުތާހިރުކަމެވެ. ކޮޓަރީގެ ތިން ފާރުގައި ރަތްކުލަ ލާފައި ވީއިރު ކުއީން ސައިޒްގެ އެނދު ޖައްސާފައި ވީ ފާރުގައި ރަތް ކުލައާއި ހުދު ކުލައިން ޑިޒައިނަކަށް މާގަނޑެއް ބޮޑުކޮށް ކުރަހާލެވިފައިވެއެވެ. އެނދާ ކުޑަކޮށް ދުރުގައި ފަސް ދޮރުފަތްލީ އަލަމާރިއެއް ވީއިރު އެތަނުން ކުޑަ ދުރުމިނެއްގައި ޑުރެސިން ޓޭބަލް ބަހައްޓާފައިވެއެވެ. އެއް ފާރުގައި ލިބިފައިވި ހަދާނީ ފިލާތަކާއި އެވޯރޑްތައް ބަހައްޓަން ތަނެއް ހަދާފައި ވެއެވެ. އެތަނާ ކައިރީގައި ސްޓަޑީ ޓޭބަލް ހުއްޓެވެ. ކޮޓަރީގެ ފަރުނީޗަރުތައް ވަނީ ހުސް ހުދުކުލައިންނެވެ. އިރުކޮޅަކު އޮށްތާއޮތުމަށްފަހު ސުކޫލް ދުވަހެއްކަމުން ތެދުވެ ތާޒާވެލުމަށް ފާހާނާއަށް ވަނެވެ. ފާހާނައިންނުކުމެ ނަމާދުވަގުތު ފާއިތުވުމުގެ ކުރިން ނަމާދުކުރުމަށް ކިއާރާ އަވަސްވެގަތެވެ.

ނަމާދުކޮށް ނިމިގެން ފެންފޮދެއް ބުއިމަށްޓަކައި އެނދާ ކައިރީގައި ހުރި ޓޭބަލް މަތީގައި ހުރި ފެންޖަގަށް ބަލާލިއިރު ފެން ނެތުމުން ފެންބުއިމަށްޓަކައި ބަދިގެޔަށް ދިއުމަށް މިޝްރާބުޖެހިއެވެ. ބަދިގެއަށް ގޮސް އައިސްއަލަމާރިން ފެނފުޅިއެއް ނަގާ ފެންފޮދެއް ބޮއެގެން ބަދިގެއިން ނުކުމިއިރު ކިއާރާގެ މަންމަ ރިމްޒާ އޭނަގެ ކޮޓަރިން ނިކުންނަނީއެވެ. ” ދަރިފުޅާ ކިއާރާ…. ހެލާގެންދޯ…  މަންމަ މިއުޅުނީ އަދި ދަރިފުޅަށް ގޮވަންދާންވެގެން…. “ރިމްޒާ ކިއާރާ ފެނުމުން ބުނެލިއެވެ. “ލައްބަ މަންމާ… އިރުކޮޅެއްވެއްޖެ ހޭލާގެން އުޅޭތާ.. މަންމާ އަޅުގަނޑު މިދަނީ ސުކޫލަށް ދާން ތައްޔާރުވާން… ” ހިނިތުންވުމެއް ރައްދުކުރަމުން ކިއާރާ އޭނަ މަންމަ ގާތު އެހެން ބުނުމަށްފަހު ކޮޓަރިޔަށް ދާން ހިނގައިގަތެވެ. ރިމްޒާ ބަދިގެޔައް ގޮސް ވަނެވެ. ރިމްޒާއާއި ނިޒާރުގެ ހުރި ހަމައެކަނި ދަރިޔަކީ ކިއާރާއެވެ. ކިއާރާގެ ހުންނަ މުރާލިކަމާއި ރަނގަޅު އަޚްލާގުގެ ސަބަބުން އެހެން މީހުންގެ ލޯތްބާއި ތައުރީފުގެ ބަސްތައް ކިއާރާއަށް ރައްދުވެއެވެ. ރިމްޒާއަށް ކިއާރާ ކަހަލަ ދަރިއެއް ލިބުނަތީ ހިތާހިތުން މާތް ﷲ އަށް ޝުކުރުވެރިވެއެެވެ. އަދި އެހާންމެ ނިޒާރުއާއި ރިމްޒާ އެމީހުންގެ ހުރި ހަމައެކަނި ދަރި ދެކެ ވަރަށް ލޯބިވެއެވެ.

ކޮޓަރިއަށް ވަނެގެން އާ ކިއާރާ އަވަސްވެގަތީ ސުކޫލަށް ދިޔުމަށް ތައްޔާރުވާށެވެ. ކިއާރާ ނިދުމުގެ ކުރިން ކޮންމެ ރެޔަކުކަހަލާން ދަބަހައް ފޮތްތައް އަޅާ ސްކޫލައް ދިޔުމުގެ ކުރިން ކުރަން ޖެހޭ މުހިންމު ކަންތައްތައް ކޮއްފައިވާތީ ތައްޔާރުވާން ފެށިއެވެ. ޔުނިފޯމް ލައި ތައްޔާރުވުމަށްފަހު ދަބަސް ހިފާގެން ސިޓިންރޫމަށް ދިޔައިރު ކާމޭޒު ދޮށުގައި ނިޒާރު ކޮފީއެއް ބޯން އިނެވެ. “ދަރިފުޅާ އާދެ މި ޖޫސްތަށި ބޯލަން…” ރިމްޒާ ޖޫސްތަށި މޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ. ކިއާރާ ރައްދުގައި ހިނިތުންވެލަމުން ބޯޖަހާލިއެވެ. އަދި ޖޫސްތަށި ބުއިމަށްޓަކައި މޭޒު ދޮށުގައި އިށީނެވެ. “ދަރިފުޅާ ކިއާރާ ކިހިނެއް ދަރިފުޅުގެ ކިޔެވުމުގެ ކަންތައްތައް ދަނީ..” ކޮފީއެއް ބޯން އިން ނިޒާރު އަހާލިއެވެ. “އިރާދުކުރެއްވީތީ ހުރިހާ ކަމެއްވެސް ރަނގަޅު ބައްޕާ..”  ޖޫސްތަށިން އެތިފޮދެއް ބޯލުމަށް ފަހު ކިއާރާ ބުނެލިއެވެ. ” ކަމަކައް ބޭނުން ވެެއްޖާ ބައްޕަ ގާތު ބުނާތި އިނގޭ ދަރިފުޅާ.. ބައްޕަމެން ފަހުރުވެރިވާކަހަލަ ކުއްޖަކައް ވާތި…” ހިނިތުންވެ އިނެ ނިޒާރު އެހެން ބުނުމުން ބަދަލުގައި ހިނިތުންވެލަމުން ކިއާރާ ލައްބަ އޭބުނެލިއެވެ. އަދި ދަނީކަމު ބުނެ ހިނގައިގަތެވެ. ހުރި ހަމަ އެކަނި ދަރިކަމުން ނިޒާރު އަދި ރިމްޒާގެވެސް ކިއާރާއާމެދު ވަރަށް ފޮނި އުންމީދުތަކެއް ކުރެވިފައިވެއެވެ.

ގޭގެ ބޮޑު ދޮރާށިން ނުކުމެ ސްކޫލަށް ދިޔުމަށް ހިގައިގަން ތަނާ މީހަކު ކިއާރާގެ ނަމުން ގޮވާލުމުން ކިއާރާ ފަހަތަށް އެންބުރި ބަލާލި އިރު ފެނުނު ސޫރައިން ކިއާރާގެ އެ ރީތި ތުންފަތުގައި ވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ދިގު އެސްފިޔަތަކުގެ ހިމާގެދަށުގައިވާ ކަޅުކަންގަދަ ކަޅިއެއް ލިބިފާވި ދެ ލޮލުން އުފާވެރިކަން ފެނިގެން ދިޔައެވެ. އެ އެސޫރަ ފެނުމުން ކިއާރާގެ ހިތައް ހަމަޖެހުމެއް ލިބިގެންދެއެވެ. އެއީ ކިއާރާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކައިޒަންއެވެ. އުފަލާއި ހިތާމާގައި ފުރިހަމައަށް ބައިވެރިވާ އެކުވެރިޔާއެވެ. ހަމަ އެފަދައިން ކިއާރާ ފެނުމުން ކައިޒަންގެ ހިތައްވެސް ހަމަޖެހުމެއް ލިބިގެންދެއެވެ. ކުޑައިރުންސުރެއް އެކުއެކީ އުޅެމުންއަންނަ ކިއާރާއާއި ކައިޒަންގެ ހިތުގައި އެކަކުއަނެއްކަކަށްޓަކައި ނޭގޭ އިހްސާސް ތަކެއް އުފެދިފައިވީއިރު ހިތުން ރަހުމަތްތެރިކަމަށްވުރެއް ހާއްސަ މަގާމެއްވެސް ދެވިފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އަދި ދެކުދިންކުރެ ކުއްޖަކަށް ދެނެގަނެވިފައެއް ނުވެއެވެ. ކައިޒަން ކިއާރާ ފެނުމުން ބާރުހިނގުމެއްގައި އައިސް ކިއާރާއާ އަރާ ހަމަކުރިއެވެ. ކައިޒަންއާއި ކިއާރާގެ މަންޒިލަކީ ސުކޫލުކަމުން ދެރަހުމަތްތެރިން އެކުގައި ދާން ހިނގައިގަތެވެ. ކިއާރާއާއި ކައިޒަން ކިޔަވަމުންދަނީ ގުރޭޑު 9 ގައެވެ. ނަމަވެސް ކުލާސް ތަފާތެވެ. ކައިޒަންއަކީ ޚަލީމައާއި ހާމިދުގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ކައިޒަންގެ މައިންބަފައިންނާ ކިއާރާގެ މައިންބަފައިންނަކީ ދުވަސްވީ ގާތް ރަހުމަތްތެރިންނެވެ. އެކަމުގެ ސަބަބުން އެދެއާއިލާގެ މެދުގައި ވަރަށް ވަރުގަދަ ގުޅުމެއް އުފެދިފައިވެއެވެ. ކިއާރާއާއި ކައިޒަން އަކީ އެކުދިންގެ މައިންބަފައިން ފަހުރުވެރި ކުރުވުމަށްޓަކައި ކިޔެވުމުގެ ކަންތަކުގައި ވަރަށް މަސައްކަތް ކުރާ ކުދިންނެވެ. އެކަމުގެ ފޮނި ނަތީޖާއެއްގެ ގޮތުން ދެކުދިންވެސް ވަނީ އެހެންކުދިން އެކުދިންގެފަރާތުން ނަމޫނާ ނަގާދަރިވަރުންނަށްވެފައެވެ.

ކައިޒަން އަދި ކިއާރާ ސުކޫލަށް އާދެވުނުއިރު އެހެން ޕްރިފެކްޓު ދަރިވަރުންވެސް އައިސް ސުކޫލަށް ވަންނަނީއެވެ. ދެކުދިންވެސް އަވަސް ވެގަތީ އެކުއްޖެއް އެކުއްޖެއްގެ ކުލާހަށް ގޮސް ޑިއުޓީއަށް ނުކުތުމަށެވެ. ކިއާރާ ކުލާހަށް ވަނެފަ ދަބަސް ބޭންދުމަށްފަހު ޑިއުޓީ ހަމަޖެހިފައިވިތަނައް ދިޔައިރު ކިއާރާގެ އިނތިޒާރުގައި ލީޝް ގްރައުނޑްގައި މަޑުކޮށްލައިގެން ހުރިތަން ފެނުމުން އެކުގައި ދިޔުމަށް ލީޝް ކައިރިޔަށް މިޝްރާބު ޖެހިއެވެ. ކިއާރާ އައުމުން ދެކުދިން އެކުދިންގެ މަގާމަށްދިޔައެވެ. ލީޝް ކިޔަވަމުން ދަނީ ކައިޒަންގެ ކުލާހުގަ ނަމަވެސް ލީޝްއަކީ ކިއާރާގެ ވަރަށް ގާތް ރަހުމަތްރިއެކެވެ.  ” ބުރޯ… އަވަހަށް ހިނގާދާން… ” ކުލާހަށް އައިސް ވަނި ކައިޒަން ފެނި ނާހިލް ބުނެލިއެވެ. ނާހިލް އަކީ ކައިޒަންގެ ރަހުމަތްތެރިއެއްގެ އިތުރުން ކުލާސްމޭޓެއްވެސް މެއެވެ. ދެކުދިންވެސް އެކުދިނގެ މަގާމަށް ދިއުމަށް ކުލާހުން ނިކުތެވެ. ކައިޒަންއާއި ނާހިލްއަށް ޑިއުޓީ ހަމަޖެހިފައިވާތަނަށް ދިޔަ މަގުމަތީގައި ގިނަ އަންހެން ކުދިންގެ ނަޒަރު ކައިޒަންއަށް އަމާޒުވެފައިވިއެވެ. ކައިޒަންއަށް ލިބިފައިވި އެސިފަ ތަކުން ކައިޒަންއަށް ހިތްކިޔާނެއެތައް ކުއްޖެއްވެއެވެ. އެހެން ނުވާންވީވެސް ވަކި ކީއްވެ ހެއްޔެވެ. ދޮން ހަންގަނޑެއް ލިބިފާވީއިރު ގަދަ މުށި ކުލައިގެ ކަޅިއެއް ލިބިފާވީ ލޮލުގެ އެތޫނު ނަޒަރުން އެތައް އަންހެން ކުއްޖެއްގެ ހިތް ކަތިލައެވެ. ރީތި ހަށިގަނޑެއް ލިބިފާވިއިރު އިސްކޮޅުންވެސް ދިގެވެ. އެހާންމެ ފުރިހަމައެވެ. “ކައިޒަން ކަރީ ހުރީޔާ މަށާދިމާ ބަލާލާނެ އަންހެން ކުއްޖެއް ނުހުންނާނެ…” ފޫހި ރާގެއްގައި ނާހިލް ބުންޏެވެ. ” ހަހަހާ…. ކީއްކުރާނީ ދޯ…. މި އީ އަބަދުވެސް ވާގޮތެއްނުން…” ނާހިލް އެހެންބުނުމުން ހިނިގަނޑެއް ޖަހާލަމުން ކައިޒަން ބުނެލިއެވެ. އެކަމަށް ސަމާލުކަމެއް ނުދީ ދެކުދިންވެސް އެކުދިނގެ މަގާމަށްދިޔައެވެ. ދެކުދިންވެސް އެދެކުދިންގެ މަގާމަށް ގޮސް ހުއްޓުނުތާއިރުކޮޅެއްނުވެ ބެލްޖެހިއެވެ. ކައިޒަންމެން އެ ކުދިންގެ ޑިއުޓީ ފުރިހަމަޔަށް އަދާކުރަމުން ދިޔައެވެ. ކުދިންތައް އެކުދިންގެ ކުލާސްރޫމް އަށް ގޮސް ނިމުމުން ޕްރިފެކްޓް ކުދިންވެސް އެކުއްޖެއް އެކުއްޖެއްގެ ކުލާހައްދިޔައެވެ.

ކިޔެވުން ފެށިގެންގޮސް ގަޑިއަކަށް ފަހު ގަޑިއެއް ނިމިގެން ގޮސް ބްރޭކް ގަޑިޖެހުމުން ހުރިހާކުދިންވެސް ގެއަށް ދިޔައެވެ. ކިއާރާއާއި ލީޝް ގެއަށްދިއުމަށް ހިނގައިގަތީއެކުގައެވެ. ” ކިއާ… މިޔަދު ހަވީރު ވާނެ ހިނގާލަން ދާން… ވަރަށް ދުވަސް ވެއްޖެއްނުން ނުދާތާ…. ސުކޫލް ފެށިފަ މިއީދެވަނަ ހަފްތާ… އެހެންޔާދަމެއްނުން ކޮންމެ ވީކް އެގެ އަންގާރަ ދުވަހު… ޓުޑޭ އިސް ޓިއުސްޑޭ…”  ލީޝް ވަރަށް އަވަސް އަވަހަށް ވަހަކަދައްކަމުންދިޔައެވެ. ” ލީޝް… ހާދަ އަވަސްއަވަހަކަށް ތި ވަަހަކަ ދައްކަނީ… އެންޑް ވައި އާރ ޔޫ ގިވިން ސޯ މެނީ ރީސަން… ތިވަރު ނުކުރިޔަސް ދެވޭނުން….”. ” ސޯ އާރ ވީ ގޮއިން….” ކިއާރާގެ ވާހަކަ މެދު ކަޑާލަމުން ލީޝް އަހާލިއެވެ. “ހުމްމް … ވީ ވިލް ގޯ …. އެންމެ ރަނގަޅެއްނުން…” ކިއާރާ އެހެން ބުނުމުން ލީޝް ވެސް އެކަމަށް އެއްބަސް ވިއެވެ. ލީޝްގެ ގެއާހަމަޔަށް އާދެވުމުން ލީޝްގެޔަށް ވަނެވެ. ލީޝް ގެއަށް ވަނުމާއެކު ކިޔާރާ އަވަހަށް ގެއަށް ދިޔުމަށްޓަކައި ހިނގުން ބާރުކޮށްލިއެވެ.

ކިއާރާ ގެއަށް އައިސް ވަނއިރު ހުރީ ފަސް ވަރަކަށް މިނެޓް ހިނގާފައެވެ. ” ދަރިފުޅާ ކިއާރާ… އާދެ ކާން… މަންމައާ ބައްޕަ މީނި ދަރިފުޅު އަންނަންދެން… ދަރިފުޅާ އެކު ކާން ފަށަން..” ގެއަށް ވަނެގެންއާ ކިއާރާފެނި ރިމްޒާ ނުހަނު ލޮއެއްބާއެކު ބުނެލިއެވެ. އޭރު ނިޒާރުވެސް ކިއާރާގެ އިންތިޒާރުގައި އިނެވެ. އެންމެން އެކުގައި ކެއުމަކީ އެ އާއިލާގައި ގެންގުޅޭ ރިވެތި ސިފަ އެކެވެ. ކިއާރާއައިސް މޭޒު ދޮށުގައި އިށީނިއެވެ. ” މަންމާ… ބައްޕާ އެންމެ ރަނގަޅުތަ މިޔަދު އަޅުގަނޑު ލީޝް އާއުކު ހިނގާލަން ދިޔަޔަސް..” ކިއާރާާ ހުއްދަޔައް އެދުމުގެ ގޮތުން އަހާލިއެވެ. ” އެންމެ ރަނގަޅު ދރިފުޅު ދިޔަޔަސް.. “. ކިއާރާ ބޮލުގައި ލޮއެއްބާއެކު ފިރުމާލަމުން ރިމްޒާ ބުނެލިއެވެ. އެއާއެކު އެންމެންވެސް ހެދުނުގެ ނާސްތާޔަށް އިންސާފުކުރަމުން ދިޔައެވެ.

ކާނިންމާލާގެން ސިޓިން ރޫމްގައި ހުރި ސޯފާގައި ކައިޒަން އާ ކައިޒަންގެ ބައްޕަ ހާމިދު އިއްތާލާއިނެވެ. ” ދަރިފުޅާ ކައިޒަން.. ބައްޕަ ވަރަށް އުފާވޭ ދަރިފުޅު ކިޔެވުމުގައި އެވަރަށް މަސައްކަތް ކޮށް ކާމިޔާބު ހޯދާތީ… މި އަހަރަކީ ދަރިފުޅަށް ވަރަށް މުހިންމު އަހަރެކެނުން ދޯ…. ކުރިޔަށްވުރެއް ބޮޑަށް މިދެއަހަރު މަސައްކަތް ކުރާތި… ބައްޕަ އުންމީދު ކުރަން ދަރިފުޅު ބައްޕަ އާ މަންމަ ފަހުރުވެރި ކުރުވާނެ ކަމަށް … ބައްޕަމެންގެ އުންމީދުތައް ފުރިހަމަ ކުރާނެކަން… އަދި ދަރިފުޅު ބައްޕަމެން ދެރަވާކަހަލަ ކަމެއް ނުކުރާާނެކަން…” ކައިޒަންގެ މުހިންމު ދެއަހަރު ކަމުން ހާމިދު އޭނަގެ ހުރި ހަމައެކަނި ދަރި ކަމުން ކައިޒަންއަށް ނުހަނު ލޮއެއްބާއެކު ނަސޭހަތް ލާދެމުން ދިޔައެވެ. އަދި ކައިޒަން ހާމިދު އެދިން ނަސޭހަތްތައް މަޑުމައިތިރި ކަމާއެކު އަޑު އަހަންއިނެވެ.

ބްރޭކް ގަޑި ނިމުމާއެކު ސުކޫލުގެ ގަޑިތައް ފެށިގެން ދިޔައެވެ. ރަސްމީދުވަސް ތަކުގައި ކިޔެވުން ނިމެނީ ބާރަގަޑި ތިރީހުގައިއެވެ. ސުކޫލްގެ ރަސްމީގަޑިތައް ގަޑިއަކަށް ފަހު ގަޑިއެއް ނިމެމުންގޮސް ސުކޫލުން ފޮނުވާލާގަޑި ޖެހުމުން ހުރިހާކުދިން ފޮނުވާލިއެވެ. ކިއާރާ ގެއަށް ދިޔައީ ލީޝްއާއެކުގައެވެ. ގެއާހަމަޔަށް ދެވެންދެން އެ ދެކުދިންގެ މެދުގައި ދެކެވެމުން ދިޔައީ ހަވީރު ހިނގާލަން ދިޔުމުގެ ވާހަކައެވެ. ގެއަށް ވަނެގެންއައި ކިއާރާ އަވަސްވެގަތީ ތަޒާވެލުމަށްފަހު ނަމާދުކޮށްލުމަށެވެ. ކޮޓަރިޔަށްވަނެ ފުރަތަމަވެސް ތާޒާވެލުމަށްޓަކައި ފާހަނަޔަށް ވަނެވެ. ތާޒާވެލައިގެން ނުކުމެ ނަމާދު ކުރުމަށްޓަކައި ކަކުލާހަމަޔަށް އަންނަ ފެހި ކުލާގެ އަތް ދިގު ހެދުމަކާއި ކަޅުކުލައިގެ ޓައިޓެއް ލިއެވެ. ޑްރެސިން ޓޭބަލް ކުރި މަތީ ހުއްޓި ކިއާރާގެ ކަޅުކަން ގަދަ ފަން އިސްތަށިގަނޑު ފަރިތަކަމާއެކު ފުނާއަޅާލުމަށް ފަހު ރަބަރަކުން އައްސާލިއެވެ. ކުޑަ ގޮތަކަށް ތަތްޔާރުވުމަށްފަހު ނަމާދުކުރަން އަވަސްވެގަތެވެ.

ނަމާދުކޮށް ނިމުމުން ފޮށާފަތް ޖެހުމަށްފަހު  ކާރީ ހުރި ފަސް ދޮރުފަތްލީ އަލަމާރީގެ ވަތްގަނޑަކަށް ލުމައްޓަކައި އަލަމާރި ކާރިޔަށް ދިޔައެވެ. “ދަރިފުޅާ ކިއާރާ… އާދެ ކާން ދާން .. ބައްޕަ އެބާން ދަރިފުޅު އަންނަންދެން… ” ރިމްޒާ ކިއާރާއަށް ކާން ގޮވުމުން ކިއާރާ މިދަނީ ކަމުގައި ބުންޏެވެ. ކިއާރާއަށް އިންތިޒާރު ކުރަން ކަމު ބުނެ ރިމްޒާވެސް ބަދިގެއާދިމާލަށް މިޝްރާބުޖެހިއެވެ. ފޮށާ އަލަމާާރިޔަށް ލުމަށްފަހު ކާބަޔަށް ދިޔައެވެ. ކިއާރާ އައުމުން އެންމެން އެކުގައި މެންދުރު ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ކާނިންމާލުމަށް ފަހު ކިއާރާ ކޮޓަރިޔައަށް ގޮސް އަރާމު ކޮށްލުމަށްޓަކައި ކުއީން ސައިޒް ގެ އެނދުގައި އޮއްތާލިއެވެ. އިރުކޮޅަކު އޮއްތާލާ އޮތުމަށްފަހު މިޔަދު ދިން ފިލާވަޅު ދަސްކޮށްލުމަށްޓަކައި އެނދާކުޑަކޮށް ދުރުގައި ހުރި ސްޓަޑީ ޓޭބަލް ކާރިޔަށް ދިޔައެވެ. ސްޓަޑީ ޓޭބަލްގައި ކިއާރާގެ ދަބަހުގެ އިތުރުން ފޮތްތައް ތަރުތީބު ކަމާއެކު ބަހައްޓާފައި ވެއެވެ. ކިއާރާއަކީ އެދުވަހު ދެވޭ ފިލާވަޅެއް އެދުވަހު ދަސް ކުރާކުއްޖެކެވެ. އެއްވެސް ކަމެއް ފަހައް ކުރާކަށް ނުބަހައްޓައެވެ.

ފޮތް ކިޔަން އެހެން އިންދާ އަސުރު ބަނގި ގޮވުމުން ފޮތްތައް ތަރުތީބުން ބަހައްޓާލުމަށްފަހު ހަވީރު ހިނގާލަންދާތީ ފެންވަރާލުމަށްޓަކައި ފާހަނަޔައްވަނެވެ. ފާހާނާން ނުކުމެގެން އައި ކިއާރާގެ މޫނުމަތިން ފެންނަނީ ތަޒާކަމެވެ. މޭކަޕާނުލައިވެސް އެ ދޮން އޮމާން މޫނު ވަރައް ފުރިހަމައެވެ. ނަމާދުކުރުމައްޓަކައި ދަނބުކުލައިގެ އަތް ދިގު ހެދުމަކާ ކަޅުކުލައިގެ ޓައިޓެއްލިޔެވެ. އިސްތަށިގަނޑު އައްސާލުމަށްފަހު ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިމުމުން ކިއާރާ ކޮޓަރިން ނިކުމެ ބަދިގެއައް ދިޔައެވެ. އެއިރު ރިމްޒާ ހަވީރުގެ ކެއުން ކެއްކުމަށް ފަހު މޭޒު ގައި ތަށިޔަތައް އަތުރަން ހުއްޓެވެ. ކިއާރާވެސް ރިމްޒާއަށް އެހީވުމުގެ ގޮތުން އަތް ގާތްކޮށްލަ ދިނެވެ. ކާން ހަދާނިމުމުން ރިމްޒާ ނިޒާރުއަށް ކާން ގޮވަން ދިޔައެވެ. ނިޒާރު އައުމާއެކު އެންމެންވެސް ހަވީރުގެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ކާނިމުމުން ހަވީރު ހިނގާލަންދާން ތައްޔާރުވުމަށް ކިއާރާ ކޮޓަރިއައް ދިޔައެވެ. ހެދުމެއް ނެގުމަށްފަހު އިސްތަށިގަނޑުގައި ފުނާއަޅާލިއެވެ. ލުއި މޭކަޕެއް ކޮށްލުމަށްފަހު ގަޔަށް ސެންޓްކޮޅެއް ޖަހާލިއެވެ. ކޮޓަރިން ނިކުމެގެން ގޮސް މަންމަ ގާތު ދާނީކަމު ބުނެ ލީޝްމެން ގެއަށް ދިޔުމަށް މިޝްރާބުޖެހިއެވެ. ކިއާރާ ލީޝްމެން ގެއާހަމަޔަށް ދެވުނު އިރު ލީޝް ކިއާރާގެ އިންތިޒާރުގައި ހުއްޓެވެ. ކިއާރާ އައުމާއެކު ދެކުދިންވެސް ގޮނޑުދޮށާ ދިމާލަށް ދިޔުމަށް މިޝްރާބުޖެހިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aishoo

Level 1100 Login

❤?❤?❤?❤?❤❤?❤?❤I am 15 year old girl who loves to read and write stry . ❤?❤?❤?❤?❤?

Other Articles

Previous

ބުނެދޭށޭ ރުހެމޭ 36

Next

ވާނަން އުމުރަށް -ޓްރެއިލާރ-

Next
June 9, 2019

ވާނަން އުމުރަށް -ޓްރެއިލާރ-

Previews
June 8, 2019

ބުނެދޭށޭ ރުހެމޭ 36

30 Comments!

  1. Monsta says:
    June 9, 2019 at 2:37 am

    Heyy. Reethi ingey story varah. ???? but monsta kiyany vadhegen, not vanegen. Vedhaane dhw language differences ahh vess ?? sotry varah rythi

    1. aishoo says:
      June 9, 2019 at 11:57 am

      Hehehe.. thanks … e mikolhuga kiyaa ulhey gotheh ehenve liyevifa… ❤?❤?❤thanks once again rangalhu kohlaanan e mistake❤?❤?❤

  2. Hiii says:
    June 9, 2019 at 2:40 am

    Mi first dhw . Reethi ingey.

    1. aishoo says:
      June 9, 2019 at 11:58 am

      2nd dear… thanks alot..

  3. Dhonthee says:
    June 9, 2019 at 3:40 am

    Aishoo❤️❤️❤️❤️ Mi story ge furathama part ves dhonthi au vvv reethi vejje????ehenveema kuriah oiy part thahves reethi vaanekan dhonthi au ingey?????. Hehe… You are 15 dhw… I m 14…just 1 year difference right… Anyways mi storyge cover pic ves varah reethi????abadhuves cover pic ga PARTH SAMTHAAN aai ERICA FERNANDEZ ge photo eiy baindhachchey… I love those two????? Aishoo❤️❤️❤️❤️kudhi kudhi mistakes ves eba huri… Ekamaku dhen kuriah huri parts thakuga improve vaanekamau dhonthi ummeedhukuranee?????? Ifoo ge story au fahu dhn emme reethi story akee mi story ingey❤️❤️❤️❤️ vvvv reethi mi story?????thanks mihaa reethi story eiy genesdheythee?????OK aishoo????❤️❤️❤️❤️????????????Take very great care??????and love you so much??????♥️♥️♥️???????????????????????????????❤️❤️❤️??????

    1. aishoo says:
      June 9, 2019 at 12:03 pm

      Thanks dhonthee… ☺☺☺mi aharu 15 v …?cover pic ves beyn dhey thw try kohlaanan .???.insha allah next paets thakuga improve kohllaanan … ❤❤❤so happy to know 2 nd ah ves reethikan… ✌✌take care dhonthee …? much more love ..❤❤❤. once again thank you for this colourfull comment…?❤?❤?❤

  4. Someone says:
    June 9, 2019 at 4:34 am

    Ifoo ge story aa haadha vahtharey… Gina kankan v ehgoi… Sifakurumaa kankan higaa goi vx… Anyways story reethi… Keep it up…

    1. aishoo says:
      June 9, 2019 at 12:05 pm

      Dhaagoii vahtharu kameh hutass stry hama varah thafaathu vaane… ☺☺☺☺thanks for the comment dear… ???much love from me❤?❤?❤?❤?❤

  5. ❤️❤️❤️ says:
    June 9, 2019 at 6:53 am

    Awwwnn… Magey anu n priyu tha

    1. aishoo says:
      June 9, 2019 at 11:02 pm

      Yeah …. heheh….?❤?❤?

  6. Zar@ says:
    June 9, 2019 at 11:46 am

    V V reethi mi part ves ingey
    Good luck

    1. aishoo says:
      June 9, 2019 at 12:06 pm

      Thanks a lot zar@… MUCH LOVE❤?❤?❤?

  7. Pretty girl says:
    June 9, 2019 at 11:51 am

    Vindhey loabi thy edheyge copy eh hama hurihaa kamehves anenhen ehgoiy

    1. aishoo says:
      June 9, 2019 at 12:07 pm

      Stry thafaathu vaane dear…. thank u for the comment❤?❤?❤?

  8. Freindeh says:
    June 9, 2019 at 1:55 pm

    Aishoo.. Stry ge theme v reethi v gulhey kaneynge Aishoo ar?? anyway waiting for the next prt.. ❤️❤️?? Ekm eba jehey eh kameh rangalhu Kuran rashu bahun vane Gen kiyass stry liyaa iru saaf dhivehi bas use kurun dhw muhinmy.. So dhn liyan vaany vadhegen Ingey.. ?? Knmeyakas stry v kamu gossi ❤️❤️❤️

  9. aishoo says:
    June 9, 2019 at 2:11 pm

    Thanks freindeh … ????hehehe dhw….❤?❤ insha allah ekanthah rangalhu kohlaanan …❤❤❤ neyge ehnun me men anga bahun talk kuraairuves u ah baeh faharu… ???heheh … ?☺☺????thanks a lot dear… ❤❤❤❤keep waiting much love frm me… ❤?❤?❤?❤?❤?❤?❤

  10. jiji says:
    June 9, 2019 at 3:20 pm

    Small mistakes ebahuri ingey..Ekm story vv rythi ingey anaa…Hope next part will be uploaded soon..keeping going <3 <3 <3???????????????????????????????????

  11. aishoo says:
    June 9, 2019 at 3:47 pm

    Thanks jiji. ❤?❤? varah avahah up kurevey thw balaanan …??readers wait kuraane kamah umeedhu kuran… ❤❤❤ vaavarakun up kuramun dhaanan… ??? keep waiting jiji… much love frm me. ?❤?❤?❤?❤?❤?❤?❤?❤?❤

  12. Ria says:
    June 9, 2019 at 4:38 pm

    Anehkaaves best friends ekaku anekaku dheke loabivaa vaahaka.. this type of stories are so common..ehenve varah foohi.. dear why dont you bring something different

    1. aishoo says:
      June 9, 2019 at 5:20 pm

      Its different dear..??. ekam dhen stry eh liyan yaa liya stry thafaathu kohlaanan … ❤❤much love and thnaks for the comment.. ?❤❤??❤?❤?❤?

  13. Shaee says:
    June 10, 2019 at 11:46 am

    Aishoo thibunee varah
    Thedhukoh balhukoshehnoon

    1. aishoo says:
      June 10, 2019 at 6:44 pm

      Dear thi buni ehcheh aishoo akah neygunu.. ???

  14. Shamm❤ says:
    June 11, 2019 at 11:43 pm

    Varah reethi ….keep it up rashu ga talk kuraa zaathakah vaahaka goss othy …aslu hageegee bass thah beynun kuryma varah salhi vaane….good luck for rest of your story …..

  15. aishoo says:
    June 12, 2019 at 12:24 am

    Thanks… will try …. ?❤?❤?

  16. Dhonthee says:
    June 13, 2019 at 3:50 pm

    Aishoo where’s the second part…. I m waiting curiously

    1. aishoo says:
      June 13, 2019 at 9:04 pm

      Insha allah Saturday ga next part geesdheynan…?? if i can maadhamaage vaguthehga…?? aishoo sch holhu vunyma haveeu ves sch ga mendhuru ves ehenve liyan vaguthu nulibe varah…????? vaguthu vaavarakaun vaki minvareh liyevey thw balan…? keep waiting dhonthee …. ?❤?❤?❤?much love??❤❤

  17. jiji says:
    June 15, 2019 at 4:34 am

    Aishoo…today is Saturday ehnu dhw…try kurahchey story ge next part up kuran miadhu..will be waiting fr that ingey darla??????????????????????

  18. aishoo says:
    June 15, 2019 at 9:55 am

    Insha allah mirey night ga up kohlaanan… kep waiting jiji.. ??❤?❤?❤?

  19. Unknown says:
    June 18, 2019 at 12:41 pm

    Masha Allah vv reethi story….. Waiting for the next part

    1. aishoo says:
      June 18, 2019 at 1:42 pm

      Thanks dear…. much love ❤❤❤???

Comments are closed.

Next Episodeގާތުގައި ނުވިޔަސް ލޯބިން 2←


All Right Reserved!