ހަވީރުގެ ހިތްފަސޭހަ ވަގުތެކެވެ.ސާލިނީ އިނީ ރަށުގެ އުތުރުފަރާތުގެ ބަގީޗާތެރޭގައި ހުރި އުނދޯއްޔެއްގައި އިށީނދެލައިގެން ކޮންމެވެސް ކަމަކާ ވިސްނާށެވެ.ސިއްސައިގެން ދިޔައީ އެންމެ ގާތް ރަޙްމަތްތެރިޔާ ރީޝާ އައިސް ސާލިނީގެ ކޮނޑުގައި އަތްބާއްވާލުމުންނެވެ.ދެކުދިން ވާހަކަ ދައްކާލުމަށް ކުޑައިރުކޮޅަކު ތިބުމަށްފަހު ހިނަގައިގަތީ ރަށުގެ އުތުރު ފަރާތުގެ ތުޑިޔާދިމާލަށެވެ.ވަކިހިސާބަކަށް ދިޔަތަނާ ކުރިމަށްޗަށް އައިސް ހުއްޓުނީ ކޮލެޖްގެ ޕިރިންސިޕަލްގެ ދަރިފުޅު ޒިޔާންއެވެ. ރީޝާ: އޭ ޒިޔާން ސާލިނީއާ ބައްދަލުކުރަންދޯ! ޒިޔާން: ދެން މިހާ އިރުއޮއްސުން ރީތި ހަނދުވަރުދޭ ތުނޑީގައި ސާލިނީ ނޫން ކާކާ ބައްދަލުކުރާނީ؟ […]