Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 60

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
June 7, 2019 11 Mins Read
103 Comments

އިއާން އެމަލުގައި އޭނަގެ ތުންފަތުގައި ޖައްސާ ބޮސްދިނުމަށްފަހު މިންހާގެ ތުނި ތުންފަތުގައި އެމަލުން ފިރުމާލިއެވެ. ލަދުން މިންހާގެ މޫނަށް ޖަންބުކުލަ ވެރިވިއިރު އިއާން ދިއްކޮށްލި މަލުގައި ހިފަމުން އަވަހަށް ދުރުވެލިއެވެ. އެވަގުތު އިއާން މިންހާގެ އަތުގައި ހިފަހައްޓާ އެއަތަށް ބޮސްދިން ގޮތުން މިންހާގެ ހަށިގަނޑުގައިވި ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ. ލޯބީގެ ދުނިޔޭގައި ވަގުތު ހޭދަކުރަމުންދިޔަ ދެމީހުނަށް ސިޓިންރޫމުން ބޭރަށް ނުކުމެވެން ހުންނަ ދޮރު ހުޅުވުނު އަޑުއިވި ސިހިފައި ދުރުވެލެވުނެވެ. އޭރު ފޯނެއްގައި ހުރެ މާހިލް ބޭރަށް ނުކުންނަނީއެވެ. މާހިލް ފެނި މިންހާގެ ދެލޯ ބޮޑުކޮށްލެވުނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ހިތް ނުތަނަވަސްވެގެން ދިޔައެވެ. މާހިލްއަށް ހަގީގަތް އިނގިއްޖެނަމަ ވާނެ ގޮތަކާމެދު އޭނައަށް ވިސްނާލެވުނެވެ. ހިތުގައި ބިރުވެރިކަން އުފެދި އުނދަގުލުން ހިންދިރުވާލެވުނުއިރުވެސް މިންހާގެ ނަޒަރު ސީދާވެފައިވީ މާހިލްއަށެވެ. ބަގީޗާ ތެރޭގައި އޭނައަށް ބަލަހައްޓާއިގެން ތިބި މިންހާ އާއި އިއާން ފެނި މާހިލްގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. ދެމީހުންގެ މޫނު މައްޗަށް ވެރިވެފައިވި ކުލަވަރުން މާހިލްއަށް ވާނުވާ ވަރަށް ރަނގަޅަށް ނަގައިގަނެވުނެވެ. އެއާއެކު އޭނަގެ ތުންފަތުގައި ލާނެއް ހިނިތުންވުމެއް ދުވެލިއެވެ. މާހިލް އޭނަގެ ފޯނު ކޯލު ކުރުކޮށްލާާ އެދެމީހުންގެ ގާތަށް މިސްރާބުޖެހިއެވެ.

” އާން… މިންނު… މިއޮތް ހެނދުނާ މިތަނުގަ ކީއްކުރަނީ… ” ނޭނގޭ ކަމަށް ހެދެމުން މާހިލް އައިސް ސުވާލުކުރިއެވެ. އިއާންއަށް ދޭނެ ޖަވާބެއް ނޭނގުމުން ބޮލުގެ އިސްތަށިގަނޑުގައި އަތުން ފިރުމާލެވުނެވެ. މިންހާ ހުރީ މާހިލްގެ އިތުރު ސުވާލެއް ކުރިމަތިވެދާނެތީ ބިރުން ހާސްވެފައެވެ. ” ދޮންބެ… އެއީ… އެކްޗުލީ… އާން… އާން ހަމަ އައިސްލީދޯ… ” މިންހާ އަޅައަޅާއިގަންނަމުން ނަމަވެސް ވާހަކަ ދެއްކިއެވެ. މިންހާ އެހާ ހާސްވެފައި ހުރުމުން މާހިލް ހުރީ އެތެރެއިން ހީލަހީލައެވެ. ” އެހެންތަ… ދެން މިންނު އެހާ ހާސްވެފަ ތިހުރީ ކިހިނެއްވީ… މިތަނުގަ އިތުރު ކަމެއް ހިނގީތަ… އީޒް ދެއަރ ސަމްތިން އެލްސް… ” ސީދާ މިންހާގެ ހަރަކާތްތަކަށް ބަލަން ހުރެ މާހިލް އަހާލިއެވެ. ދެލޯ ބޮޑުކޮށްލަމުން މިންހާ އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލިއެވެ. މިންހާގެ ހަރަކާތްތައް ހުރި ގޮތުން އިއާންއަށް ނުހީ ނުހުރެވުނެވެ. މާހިލްއަށްވެސް ކެތްކުރެވުނީ އެހިސާބަށެވެ. އޭނަގެ ހިނިގަނޑުވެސް ފަޅާއިގެން ދިޔައެވެ. މިންހާ ދެބުމަ ގާތްކޮށްލާ ވާނުވާ ނޭނގިހުރެ ހެމުންދިޔަ އިއާން އާއި މާހިލްއަށް ބަލަހައްޓާއިގެން ހުއްޓެވެ. ” މިންނު… މާހިލްބެއަށް އިނގޭޔޭ… ހީ ނޯސް އެބައުޓް އަވަރ ރިލޭޝަންޝިޕް… ހެހެހެ… ” ހުނުން ކޮންޓްރޯލް ކުރަން މަސައްކަތްކުރަމުން އިއާން ބުނެލިއެވެ. ”އޮފްކޯޒް… އައި ނިއު އިޓް… ހެހެހެ… ހާސްވެފަ ހުންނައިރު ހާދަ ރީއްޗޭ މަގޭ ކޮއްކޮ…  ” މިންހާގެ ކޮލުގައި ދެއަތުން ހިފާލާ އެއްލޯ މަރާލަމުން މާހިލް ވާހަކަ ދެއްކިއެވެ. ހިތްހަމަނުޖެހިފާ މިންހާ އެދެމީހުނަށް ބަލަން ހުއްޓެވެ. އޭނަ އެހާ ވަރަށް ހާސްވެފައި ހުރިއިރުވެސް އެދެމީހުނަށްވީ މަޖާކަމަކަށް ހެއްޔެވެ؟ އޭނަގެ ހިތުގައިވި ނުތަނަވަސްކަން އިހުސާސްވާނީ އޭނައަށެވެ. އެހާ ނުތަނަވަސްވެފައި ހުރިއިރުވެސް ގަސްތުގައި އެދެމީހުން އޭނާ އިތުރަށް ތެޅުވީއެވެ. މިންހާ ދެބުމަ ގޮށްޖަހާލަމުން އަވަސް ހަރަކާތަކާއެކު މާހިލްގެ ބޮލުގެ އިސްތަށިގަނޑު ހާވާލިއެވެ. މިންހާގެ އެހަރަކާތުން މާހިލްއަށް އަނގައަށް ވައްތަރެއް ޖައްސާލެވުނުއިރު މާހިލްއަށް ވީގޮތް ފެނި އިއާންއަށް ނުހީނުހުރެވުނެވެ.

” މިންނު… ކީއްތިކުރީ… ” ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލަމުން މާހިލް އަހާލިއެވެ. ” ދޮންބެ ގަސްތުގަ އަޅުގަނޑު ތަޅުވާލީމަ… ” މިންހާ ޖަވާބުދިނީ މޫނު ހަދައިގެން ހުރެއެވެ. މިންހާގެ ހަރަކާތްތައް ހުރިގޮތުން އިއާންގެ ގާތަށް މިފަހަރުވެސް ހިނިއައެވެ. ދެލޯ ހަނިކޮށްލަމުން އިއާންއަށް ބަލައިލުމަށްފަހު މިންހާ އެތަނުން ދިޔުމަށް ހިނގައިގަތެވެ. ” އާންވެސް މިކަމުގަ ބައިވެރިވިދޯ.. އާންއަކަށް އެއްވެސް ޕަނިޝްމެންޓެއް ނެތް… ވެރީ އަންފެއަރ… ” މޫނުމަތިން ދެރަވާކަން ހާމަކުރަމުން މާހިލް އެހެން ބުނުމާއެކު މިންހާ ފަސްއެނބުރި ބަލައިލިއެވެ. ” އައި ވިލް ޑީލް ވިތް ހިމް ލޭޓަރ… އާންގެ ޕަނިޝްމެންޓް މާބޮޑުވާނެ… ” އިއާންގެ މޫނަށް ބަލައިލަމުން އެހެން ބުނެ މިންހާ މިފަހަރުވެސް ދާން ހިނގައިގަތެވެ. އެވަގުތު މާހިލް އިއާންއަށް ބަލައިލާ އެއްބުމަ މައްޗައް އަރުވާލަމުން ލާނެއް ހިނިތުންވުމެއް ވެރިކުރުވިއެވެ. އިއާން އޭރުވެސް ހިނިތުންވެލައިގެން ހުއްޓެވެ. ” މިންނު… ދެކޮފީ ގެނެސްދީބަލަ ޕްލީޒް… އާން އައިފަހަރު ކޮފީއެއް ނުދީ ނުވާނު ފޮނުވާކަށް… ” މާހިލް މިހެން ބުނެ އިއާންއާއެކު ގޮސް ކޮފީ ބޯން ހަދާފައިހުންނަ ހަޓާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭރުވެސް އެދެމީހުންގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ވިއެވެ. މިންހާ އެއްވެސް އެއްޗެކޭ ނުބުނެ ގޮސް ކާކޮޓަރިއަށް ވަނެވެ.

ކޮފީ ތައްޔާރުކޮށްގެން ދެކޮފީ މަގު ޓްރޭއަކަށް ލުމަށްފަހު މިންހާ ކާކޮޓަރިން ނުކުތެވެ. މަޑު ހިނގުމެއްގައި ގޮސް މޭޒު މަތީ ޓްރޭ ބަހައްޓާ މާހިލް އާއި އިއާންއަށް ކޮފީ މަގެއް ދިއްކޮށްލިއެވެ. ” ވަރަށް މީރުވާނެ އިނގޭ އާން މިންނުގެ ކޮފީ…” ކޮފީ މަގުގައި ތުންޖަހަމުން މާހިލް ބުނެލިއެވެ. އިއާން ކޮފީ މަގުން އެތިފޮދެއް ބޯލިއެވެ. އޭގައިލީ ގަދަ ލޮނު ރަހަކުން އިއާންއަށް ދެލޯ މަރާލެވުނެވެ. މިއިން އެއްވެސް މަންޒަރެއް ފޯނަށް ނަޒަރު ހުއްޓާލައިގެން އިން މާހިލްއަކަށް ނުފެނެއެވެ. އަނގަޔަށް ގޮތެއް ހަދާލަމުން މިންހާއަށް އިއާން ބަލައިލިއިރު މިންހާގެ ތުންފަތުގައިވީ ލާނެއް ހިނިތުންވުމެކެވެ. ވަގުތުން އިއާންއަށް މިއީ މިންހާ ގަސްތުގައި ކުރި ކަމެއްކަން އިނގުނެވެ. ” ކޮބާ ކިހިނެއްވަނީ… މީރު ދޯ… ” މިންހާގެ މޫނަށް ބަލަހައްޓާއިގެން އިން އިއާންއަށް ހޭވެރިކަންވީ މާހިލްގެ އަޑުންނެވެ. ” ހޫމް… ވަރަށް މީރު… މިހާ މީރު ކޮފީއެއް އަދި ދުވަހަކުވެސް ނުބޮވޭ ކަންނޭނގެ… ކުރިއަށް އޮތްތާވެސް މިހާ މީރު ކޮފީއެއް ނޭނގެ ބޮވޭނެކަމެއް… ” ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން އިއާން ބުނެލިއެވެ. އެގޮތުގައި އިނދެ ފަހަރަކު ކޯވަރެއް ބޮމުން ބޮމުން ގޮސް ކޮފީ މަގު އެކީގައި އިއާން ހުސްކުރިއެވެ. ހައިރާންކަމާއެކު އިއާންގެ ހަރަކާތްތަކަށް ބަލަން މިންހާ ހުރެވުނެވެ. ކޮފީ ބޮއެ ނިމިގެން އިއާން ބޭރަށް ނުކުތީވެސް މާހިލްއާއެކުގައެވެ. އެހެންކަމުން އިއާން އާއި ވާހަކަ ދައްކާނެ ފުރުސަތެއް މިންހާއަކަށް ނުލިބުނެވެ. އެމީހުން ނުކުތުމުން ހުސްކޮށްފައި ހުރި ކޮފީ މަގުތައް ހިފައިގެން މިންހާ އެތެރެއަށް ވަނެވެ. އޭރު ނާހިދާ އާއި މައިޝާ ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެއެއްޗެހި ދޮވެލުމަށްފަހު މިންހާވެސް ގޮސް އެދެމީހުނާ ބައިވެރިވެ ސައި ތައްޔާރުކުރުމުގައި އުޅުނެވެ.

ރޭގައި ލަހުން ނިދުމުގެ ސަބަބުން ފަތިސް ނަމާދު ކުރަން ތެދުވިއިރުވެސް އަޝްރާއަށް ނިދީގެ އަސަރުތަކެއް ނުފިލައެވެ. ފަތިސް ނަމާދުކޮށްގެން އަދި ޖައްސާލީ ކުޑައިރުކޮޅަކު ނިދާލުމަށްފަހު ތެދުވުމުގެ ބޭނުމުގައެވެ. ގަޑިން ހަގަޑި ތިރީސް ހާއިރު އަޝްރާއަށް ހޭލެވުނެވެ. ކުޑަގޮތަކަށް ތައްޔާރުވެލައިގެން އަޝްރާއަށް ކޮޓަރިން ނުކުމެވުނީ ޒާހިޔާގެ ކުރިމައްޗަށެވެ. ” އަނހާ… ދައްތަ ހީކުރީ އަނެއްކާ ބަލީކަމަށް އަޝްރާ… އއްޔެ އެހާ ހެނދުނާ ނުކުމެ އުޅެފަ މިއަދު ނުފެންނާތީ… ” ހިނިތުންވުމަކާއެކު ޒާހިޔާ ވާހަކަ ދެއްކިއެވެ. ”ނޫނޭ ބައްޔެއް ނޫން ދައްތާ… ރޭގަ މާލަހުން ނިދުނީމަ ނަމާދުކުރަން ހޭލިއިރުވެސް މާބޮށަށް ނިދި ގަސްވާތީ ކުޑަކޮށް ނިދާލީ… ” ހިނިތުންވުމަކާއެކު އަޝްރާ ބުންޏެވެ. ” އެހެންތަ… އަދި ޒަހާވެސް ނުނުކުމޭ ކޮޓަރިއަކުން… ދޭ ކޮންމެވެސް އެއްޗެއް ބޯލަން… ކޮފީ ވިއަސް ނޫނީ ޖޫސްވިޔަސް… ޖޫސް ޕެކެޓުވެސް ހުންނާނެ ފްރިޖްގަ… ދައްތަ އަންނާނަން ފިހާރައަކަށް ގޮސް ފިޔާ ކިލޯއެއް ގަނެގެން… ” ޒާހިޔާ މިހެން ބުނެ އޭނަގެ ކޮޓަރިއަށް މިސްރާބުޖެހުމާއެކު އަޝްރާ ގޮސް ކާކޮޓަރިއަށް ވަނެވެ. ފެން ހޫނު ކުރާ ޖަގަށް ފެން އަޅާ ހޫނުކުރަން ޖެއްސުމަށްފަހު ކޮފީ ތައްޔާރުކުރުމަށް އަޝްރާ އަވަސްވެގަތެވެ. ” ގުޑް މޯނިން ލަވް… ” ކޮފީ ގިރަން ހުރި އަޝްރާއަށް ސިހުމެއް ލިބުނީ ނުހަނު ކައިރިން އިވިގެންދިޔަ ނާއިލްގެ ފިރިހެންވަންތަ އަޑުންނެވެ. އަޝްރާ އޭނަ އާއި ދިމާލަށް އެނބުރުމުގެ ކުރިން ނާއިލް އޭނަގެ ދެއަތުން އަޝްރާގެ ހަށިގަނޑުގައި ފަހަތުން ބައްދާލިއެވެ. ” ނާއިލް… ޒާހިޔާއްތައަށް ފެނިދާނެ… ” ހާސްވެފައިހުރެ ނާއިލްގެ އަތް ނައްޓުވަން މަސައްކަތްކުރަމުން އަޝްރާ ވާހަކަ ދެއްކިއެވެ. ” ނުފެންނާނޭ… ޒާހިޔާއްތަ ފިހާރައަކަށްނު ދިޔައީ… އަހަރެން އަޑުއެހީމޭ އަޝޫ އާ ވާހަކަ ދެއްކި އަޑު… ” އިތުރަށް އަޝްރާ އާއި ކައިރިވެލާ އަޝްރާގެ ކޮނޑުގައި އޭނަގެ ދަތްދޮޅި އަޅުވާލައިގެން ހުރެ ނާއިލް ވާހަކަ ދެއްކިއެވެ. ނާއިލްގެ އަޑުން އޭނަގެ ނަން އެހާ ލޯބިން ކިޔާލި އަޑުއިވި އަޝްރާގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބިގެން ދިޔައެވެ. މިއީ ނާއިލްގެ ފަރާތުން އޭނަގެ ނަން މިފަަދަ ގޮތަކަށް އިވިގެންދިޔަ ފުރަތަމަ ފަހަރެވެ.

މީހަކު ކަރުކެހެލި އަޑުއިވި ދެމީހުނަށް ވަގުތުން ދުރުވެލެވުނެވެ. އޭރު ލޯ މަތީގައި އަތް އަޅާއިގެން ލާނެއް ހިނިތުންވުމަކާއެކު ކާކޮޓަރީގެ ދޮރު މަތީގައި ޒަހާ ހުއްޓެވެ. ” ޒަހާ… ތިއަތް ނެގިޔަސް ހެވޭ…” ނާއިލްގެ އަޑު އިވުމާއެކު ޒަހާ މަޑުމަޑުން އޭނަގެ އަތް ނަގައި އެދެމީހުނަށް ނަޒަރު ހުއްޓާލިއެވެ. ” ސޮރީ ފޯ ސްޕޮއިލިން ދަ ރޮމޭންޓިކް މޮމެންޓް… ހެހެހެ… ނޭނގޭނުދޯ… ދެންމެ މަންމަ އައިއްސި… އެހެންވެ… ” އެދެމީހުން ކައިރި އައިސް ހުއްޓިލަމުން ޒަހާ ވާހަކަ ދެއްކިއެވެ. ” އިޓްސް އޯކޭ… އެންޑް ތޭންކްސް އަ ލޮޓް ރޭގަ ދިން އެޑްވައިސްއަށް… ޒަހާގެ އެޑްވައިސްގެ ސަބަބުން މިއަދު އަހަރެމެން ދެމީހުން އެއްކޮށް މިތިބީ… ޒަހާގެ ވާހަކަތަކުން އިތުރަށް ލަސްނުކޮށް އަހަރެންނަށް އަހަރެންގެ އިހުސާސްތައް ހާމަކުރަން އިތުރު ހިތްވަރެއް ލިބިގެން ދިޔައީ… ” އަޝްރާގެ ކޮނޑުގައި އޭނަގެ އަތް ވަށާލާ ގަޔާއި ކައިރިކޮށްލަމުން ނާއިލް ބުނެލިއެވެ. ޒަހާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ” އައިމް ސޮރީ ޒަހާ… ޒަހާ އާއިމެދު އަހަންނަށް މުޅިން ގޯސްކޮށް ވިސްނުނީ… ” ޒަހާގެ އަތުގައި ހިފަހައްޓާލަމުން އިސްޖަހާލައިގެން ހުރެ އަޝްރާ ވާހަކަ ދެއްކިއެވެ. ” އިޓްސް އޯކޭ… އެއީ އެހާވަރު ކަމެއް ނޫނެއްނު… ” އަޝްރާގެ އަތް މަތީގައި އޭނަގެ އަތް ބާއްވާލަމުން ހިނިތުންވުމަކާއެކު ޒަހާވެސް ބުނެލިއެވެ. ކޮފީ ތައްޔާރުކޮށްގެން ތިން މީހުން އެކުގައި މިއަދުވެސް ބަގީޗާއަށް ނުކުތެވެ. މާގިނަ އިރެއްނުވަނީސް އަރުޝަދުވެސް އައިސް އެމީހުނާ ބައިވެރިވިއެވެ.

ސައި ތައްޔާރު ކުރުމަށްފަހު ހޮސްޕިޓަލަށް ދާން ތައްޔާރުވުމަށް މިންހާ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށްވަދެ އެންމެ ފުރަތަމަވެސް ފޯބު ބަލައިލީ އިއާންގެ ކޯލެއް ނޫނީ މެސެޖެއްވެސް ލިބިފަވޭތޯ ބެލުމަށެވެ. ” ޖާން… ރޭގަ ދަންވަރު ޑިއުޓީ ވީމަ ނިދާލަން ބޭނުން… ޑިއުޓީ ނިމޭ ގަޑިއަށް ދާނަން ބަލާ… ލަވް ޔޫ… ” އިއާންގެ މެސެޖު ކިޔާލި މިންހާގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. މެސެޖަށް ރިޕްލައިކޮށްލުމަށްފަހު ފާޚާނާއަށްވަދެ ތާޒާ ވެލައިގެން އަވަހަށް ތައްޔާރުވާން ފެށިއެވެ. އިއާންއަށް ނާދެވޭނެތީ މިންހާ ހޮސްޕިޓަލަށް ދިޔައީ މާހިލްއާއެކުގައެވެ.

ޑިއުޓީ ނިންމާލުމަށްފަހު އަތް ދަބަސް ކޮނޑުގައި އަޅުވާލާ ޑޮކްޓަރސް ކޯޓް އަނެއް އަތުގައި އަޅުވާލަަމުން މިންހާ އޭނަގެ ކެބިންއިން ނުކުތެވެ. ހޮސްޕިޓަލުން ނުކުންއިރު އިއާން ކާރުގައި އޭނަގެ އިންތިޒާރުގައި އިނެވެ. މިންހާ ގޮސް ދޮރު ހުޅުވާލުމަށްފަހު ކާރުގައި އިށީނެވެ. ”މިންނު ޕަނިޝްމެންޓެކޭ ބުންޏަސް އެހާ ބޮޑު ޕަނިޝްމެންޓެއް ދީފާނެ ކަމަކަށް ހިޔެއްނުކުރަން…” މިންހާ ކާރަށް އެރުމާއެކު އިއާން ވާހަކަ ދެއްކިއެވެ. ” އާންއަކަށް ނޭނގޭނެ އަހަރެން ނާވަސްވީ ވަރެއް… ދޮންބެއަށް އެކަން އިނގި ނުރުހުންވީނަމަ ކިހިނެއް ހަދާނީ… ފެމެލީ ގަބޫލުނުވެގެން އަހަރެމެން ދެމީހުން ދުރުވާން… ” މިންހާގެ ވާހަކަ މެދުކަނޑާލަން މަޖުބޫރުވީ އިއާން އޭނަގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލުމުންނެވެ. ” އެކަހަލަ އެއްވެސް ކަމެއް ނުވާނެ އިން ޝާ ﷲ… ތީ ހަމައެކަނި އަހަރެންގެ ހައްގެއް… ” މިންހާގެ ރީތި ދެލޮލާ ނަޒަރު ސީދާކޮށްލަމުން އިއާން ބުނެލިއެވެ. ” ދެން އެހާ ނުބައި އިރު އާން ކީއްވެތަ އެކޮފީ ބުއީ… ” ކުޑަ ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅަށްފަހު އިއާންގެ އަތް ދުރުކޮށްލަމުން މަޑުމައިތިރިކަމާއެކު މިންހާ އަހާލިއެވެ. ” އެކޮފީ އެއީ ކޯންޗެއް… ޖާންގެ އަތުން ޒަހަރުވެސް ބޮއެފާނަން… ” އިއާންގެ ވާހަކަތަކުން ލިބުނު ސިހުމުގައި މިންހާއަށް އަވަސް ހަރަކާތަކާއެކު އިއާންގެ އަނގަ މަތީގައި އަތް އަޅާ ދެލޯ ބޮޑުކޮށްލަމުން ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. ” އާން… ދެން ދުވަހަކުވެސް ނުބުނާތި ތިހެން… އައިމް… އައިމް ސޮރީ… ” ތުރުތުރުލަމުންދިޔަ އަޑުން މިންހާއަށް ބުނެވުނެވެ. ” އޯހް… ޖާން… އިޓްސް އޯކޭ… ” މިންހާ އަސްލުގައިވެސް ދެރަވީކަން އިނގުމުން މިންހާގެ މޫނުގައި ދެފަރާތުން ހިފަހައްޓާލަމުން އިއާން ބުނެލިއެވެ. ” މިންނު އެހެން ކަންތައް ކުރިޔަކަސް އަހަރެންނަކަށް ހަރޓެއްނުވެޔޭ… އެކަމަކު މިވަގުތު ތިރީތި ދެލޮލަށް ޖަމާވަމުންދާ ކަރުނަތައް ފެނި މެއަށް ބާރުވާފަދަ އިހުސާސެއް ކުރެވޭ… ސޯ ޕްލީޒް… ގިވް މީ އަ ސްމައިލް… ” އިއާން އެހެން ބުނުމާއެކު ލޮލަށް ޖަމާވި ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން މިންހާ އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އެއާއެކު ލަސްނުކޮށް އިއާންވެސް ކާރު ދުއްވާލިއެވެ.

ކާރު އައިސް މިންހާގެ ގޭގެ ކުރިމައްޗަށް ހުއްޓުމާއެކު ކާރުން ފައިބަން އަވަސްވެގަތެވެ. ކާރުން ފޭބި މިންހާގެ ލޮލުގައި އޭނައަށް ބަލަހައްޓާއިގެން މަގުގެ އެއްފަރާތުގައި ހުއްޓި ހުރި އަލޫފް އަޅާއިގަތެވެ. އެވަގުތު އަލޫފްގެ އަތުގައި އޮތް ސިނގިރޭޓު ފެނި މިންހާއަށް އިތުރު ހައިރާންކަމެއް ލިބިގެން ދިޔައެވެ. އަލޫފް އަކީ މީގެ ކުރިން ދުވަހަކުވެސް ސިނގިރޭޓު ބުއި މީހެއް ކަމެއް އޭނައަށް އިނގިފައެއްނުވެއެވެ. އަލޫފް އޭނައާއެކު އުޅުނު ދުވަސްވަރު ސިނގިރޭޓަކީ އޭނަ ކިހާ ނުރުހޭ އެއްޗެއްކަން އެތައް ފަހަރަކު ހާމަކޮށްފާވެއެވެ. ވީއިރު މިއަދު އަލޫފްގެ އަތުގައި ސިނގިރޭޓެއް އޮންނަންވީ ސަބަބެއް މިންހާއަކަށް ނުވިސްނުނެވެ. ކައިރީގައި ހުރި ޑަސްބިނަށް ސިނގިރޭޓު ވައްޓާލުމަށްފަހު އަވަސް ހިނގުމެއްގައި އައިސް މަގު ހުރަސްކޮށް މިންހާގެ ގާތަށް ދިޔުމަށް އަލޫފް ހިނގައިގަތެވެ. އެވަގުތު ކާރުގެ އަނެއް ފަރާތުން ފޭބި އިއާން ފެނި އޭނަގެ ހިނގުމަށް މަޑުޖެހުމެއް އައި ނަމަވެސް މިއަދު އޭނާ ފަސްޖެހޭކަށް ބޭނުމެއްނުވިއެވެ. އެދެމީހުންގެ ގާތަށް އައިސް ހުއްޓުނު އަލޫފް ފެނި އިއާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ” މިންހާ… ޕްލީޒް… އަހަރެން ވާހަކައެއް ދައްކާލަން ބޭނުން… ” މިންހާގެ މޫނަށް ބަލަހައްޓާއިގެން ހުރެ އަލޫފް ބުނެލިއެވެ. ” ކުރިންވެސް ބުނިހެން އަލޫފް ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެެއްނޫން… ސޯ ޕްލީޒް… ލީވް… ” އެއްވެސް އަސަރެއްނެތް ގޮތަަކަށް އަލޫފްގެ ދެލޮލަށް ބަލަން ހުރި މިންހާ ދިން ޖަވާބުން އަލޫފްގެ ހިތަށް ނުހަނު އަސަރުކުރިއެވެ. އިއާން އޭރުވެސް އެއްވެސް އެއްޗެއް ބުނުމެއްނެތި އެދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. ” މިންހާ… އަހަރެން ބޭނުންވަނީ ހަމައެކަނި މަޢާފަށް އެދެން… ޕްލީޒް… އެފުރުސަތު އަހަންނަށް ދީ… ދެވަނަ ފަހަރަށް އަހަރެންގެ ހަޔާތަށް އަންނާކަށް ނުބުނާނަން… އެއީ… އަހަންނަށް އިނގޭ މިންހާގެ ދިރިއުޅުމުން އިއާންއަށް ޖާގަދީފަ ވާކަން… ދެވަނަ ފަހަރަށް އަހަރެންގެ ވާހަކަތައް އަޑުއަހާކަށްވެސް ނުބުނާނަން… ޖަސްޓް ފައިވް މިނިޓްސް… މިއަދަށްފަހު މިންހާގެ ފަހަތުން ނުހިނގާނަމޭ… އަހަރެންގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވާނެ… ވާހަކަ ދައްކާލާނެ އެއްފުރުސަތު ދީ… ޕްލީޒް… އިޓްސް އަ ރިކުއެސްޓް… ” މިންހާ ގެއަށް ވަންނަން ނެގި ފިޔަވަޅުތައް ހުއްޓުމަކަށް އައީ އަލޫފްގެ ވާހަކަތަކުންނެވެ. މިންހާ އިރުކޮޅަކު އެހެން ހުއްޓި ހުރުމަށްފަހު އެނބުރި އަލޫފްއަށް ބަލައިލަމުން އެންމެ ރަނގަޅު ކަމުގައި ބުނެލިއެވެ. އެވަގުތު އަލޫފްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މިންހާ އޭނަގެ ނަޒަރު އިއާންގެ މޫނަށް ހުއްޓާލިއެވެ. އިއާންވެސް އޭނައަށް ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.

އިއާންގެ ކާރުގައި ތިން މީހުންވެސް އެގެއަށް ދިޔުމަށް މިސްރާބުޖެހިއެވެ. ހަވީރުގެ ވަގުތައްވުމުން ބޭރު ތެރޭގައި ގިނަ މީހުން ހަރަކާތްތެރިވާނެތީ ހަމަޖެހިލައިގެން ވާހަކަ ދައްކާލެވޭނީ އޭރުން ކަމަަށް ވުމުން ތިން މީހުންވެސް އެގެއަށް ދިޔައީއެވެ. ކާރުން ފޭބުމަށްފަހު އިއާންގެ ފަހަތުން މިންހާ އާއި އަލޫފް އެގެއަށް ވަނެވެ. ބަގީޗާގައި ހުރި ބެންޗުތަކުން ބެންޗެއްގައި އިއާން ގޮސް އިށީނުމާއެކު މިންހާ އައިސް އިއާންގެ ގާތުގައި އިށީނެވެ. އަލޫފް އެމީހުންގެ ކުރިމައްޗަށް ހުރި ބެންޗު ކުޑަކޮށް ކައިރިކޮށްލުމަށްފަހު ކުރިމައްޗަށް ވާނޭހެން އޭގައި އިށީނެވެ. ” ދެން ބުނެބަލަ އަލޫފް ދައްކަން ބޭނުން ވާހަކައެއް… ” މިންހާ މަޑުމަޑުން އެހެން ބުނުމާއެކު އަލޫފް ފަޒާގެ ތެރެއަށް ފުން ނޭވައެއް ދޫކޮށްލިއެވެ. ” މިންހާ… އެންމެ ފުރަތަމަވެސް އަހަރެން ބޭނުންވަނީ… މިންހާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން މައާފަށް އެދެން… އައިމް ރިއަލީ ސޮރީ… ވަރަށް ބޮޑަށް ސޮރީ… އޭގެ ބަދަލު އަހަންނަށް މިއަދު މިދަނީ ލިބެނީ… ހިތްއެދޭ ބައިވެރިޔާ ލިބިފަވެސް އަހަރެންގެ އަތުން ބީވެގެން ދިޔައީ… އަހަރެން ގަބޫލުކުރަން… އަހަރެންގެ ސަބަބުންކަން އެހެން ކަންތައް ދިމާވީ… އިތުބާރުކުރަންވީ ފަރާތަށް އިތުބާރުނުކޮށް ޝައިތާނާގެ ވަސްވާސްތަކަށް ހެއްލެވުނީ… މިހާރު އަހަންނަށް އިހުސާސްކުރެވޭ މިންހާގެ ހިތަށް ވާނެ ތަދު… މިންހާގެ ލޯބި އަހަންނަށް އިހުސާސްކުރެވުނީ… އަހަރެންގެ ހަޔާތުން މިންހާ ބީވުމުން… އަހަރެންގެ ހިތުގަ މިންހައަށްޓަކައި ލޯބި އޮތަސް… މިންހާގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް ބޭނުމެއްނޫން… މިންހާގެ އުފާތައް ގުޅިފައިވަނީ އިއާންއާކަން އަހަންނަށް އެނގޭ… އަހަރެން އުފާކުރަން މިންހާއަށް ތެދުވެރި ހިތަކުން ލޯބިދީ އަޅާލާނެ… އަދި މިންހާ ކަހަލަ ރަނގަޅު ކުއްޖަކު ޑިސަރވް ވާފަދަ ބައިވެރިއެއް މިންހާގެ ހަޔާތަށް އައިމަ… މިންހާއަށް ޑިސަރވް ވަނީ އިއާން ކަހަލަ ބައިވެރިއެއް… އަހަންނަށް މިންހާގެ ހިތަށް ވަރަށް ބޮޑަށް އަނިޔާދެވިއްޖެ… މިންހާގެ އިހުސާސްތަކާ ކުޅެ އެތައް ޖެއްސުމެއް ކުރެވިއްޖެ… މިހުރިހާ ކަމެއްވެސް އަހަރެން ގަބޫލުކުރަން… އަހަރެންގެ ފަރާތުން ލިބުނު އުނދަގުލަށް ، ދެވުނު އަނިޔާއަށް އަހަންނަށް މައާފުކޮށްދީ… މީގެ ފަހުން އަހަރެންގެ ފަރާތުން މިންހާގެ ދިރިއުޅުމަކަށް އެއްވެސް އުނދަގުލެއް ނުފޯރާނެ… އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭނީ އޭރުން… ޕްލީޒް ފޮގިވް މީ…” އިސްޖަހާލައިގެން ކުއްވެރިއެއް ފަދައިން އިނދެ އަލޫފް އޭނަގެ ހިތު ތެރޭގައިވި ހުރިހާ އެއްޗެއް ބޭރުކޮށްލިއެވެ. އިއާން އާއި މިންހާ އެއްވެސް އެއްޗެއް ބުނުމެއްނެތި އަލޫފްގެ ވާހަކަތައް ކަނުލާ އަޑުއަހަން އިނެވެ.

” އަހަރެން މާފުކޮށްފިން… ކުށްކުރެވޭނީ އިންސާނުންނަށް… އެކުށް ހެޔޮ ހިތުން ގަބޫލުކޮށް މާފަށް އެދުމުން އެކަން އެނިމުނީ… އެއީ މިހާރު ދެމީހުންގެވެސް މާޒީ… މާޒީ އިތުރަށް ހަނދާން ކުރުމުގެ އެއްވެސް ބޭނުމެއްނެތް… މާޒީ މާޒީގެ ގޮތުގައި ބާއްވާ ކުރިމަގަށް ވިސްނައިގެން އެންމެންގެ ދިރިއުޅުންވެސް ކުރިިއަށް ގެންދެވޭނީ… އުފާކުރަން އަލޫފްއަށް އަމިއްލަ ކުށް އިހުސާސްކުރެވުނީތީ… އެކަމަށް މާފަށް އެދުނީތީ… ލޯތްބަކީ ވަރަށް ތަފާތު އިހުސާސެއް… އެއްބަޔަކަށް ފުރަތަމަ ލޯބި ކާމިޔާބުވާއިރު އަނެއް ބަޔަކަށް އެލޯބި ނާކާމިޔާބުވާނެ… އެއްބަޔަކަށް އެމީހަކު ލޯބިވާ ފަރާތް ކާމިޔާބުވާއިރު އަނެއް ބަޔަކަށް ލޯބިވާ ފަރާތް ނުލިބިދާނެ… އޭގެ މާނައެއް ނޫން އެއީ އަމިއްލަ ދިރިއުޅުން މަތިން ފޫހިވެ މީހާގެ ނަފްސަށް ނޫނީ ސިއްހަތަށް ގެއްލުންވާނެފަދަ ކަންކަން ކުރާށެކޭ… އޭގެ މާނައެއްނޫން އެއީ ދެން އެމީހަކަށް ލޯބި ލިބެންނެތީއޭ… އުފަލާއި ހިތްހަމަޖެހުން ލިބެން ނެތީއޭ… މަސައްކަތް ކުރީމަ އުފަލާއި ހިތްހަމަޖެހުންވެސް ލިބޭނެ… ލޯބިވާ ފަރާތް ނުލިބުނަސް އަލޫފްދެކެ ލޯބިވާ ފަރާތެއް އަދިވެސް އެބަހުރި… އަލޫފްއަށް އިނގޭނެ ޝަމްހާ އަލޫފްދެކެ އަދިވެސް ލޯބިވާކަން… އެއީ ކުރީގެ ޝަމްހާއެއް ނޫން އަލޫފް… ޝަމްހާ ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ… އޭނައަށް ބަލައިލި މީހަކަށްވެސް… ނޫނީ އޭނަގެ އުޅުމުންވެސް ކޮންމެ މީހަކަށްވެސް ފާހަގަވާނެ… ތިމާދެކެ ލޯބިވާ ފަރާތަށް އެއްފުރުސަތު ދީފިނަމަ ދިރިއުޅުން ބަދަލުވެދާނެ އަލޫފް… އެކަމާ އަދި ރަނގަޅަށް ވިސްނާލުން މުހިއްމު… ދެން އަލޫފްއަށްވެސް އިނގޭނެ ސިނހިރޭޓަކީ ކިހާ ނޭދެވޭ އެއްޗެއްކަން… އޭގެން ސިއްހަތަށް ލިބޭ ގެއްލުން އަލޫފްއަށް އެނގޭނެ… ދިރިއުޅުމަށް ބަދަލުތައް އަންނާނެ… އެކަމަކު އެއިން ކޮންމެ ފަހަރަކު އަމިއްލަ ނަފްސަށް ގެއްލުން ލިބޭފަދަ އެންމެ ގާތް ފަރާތަކަށް ހެދުން އެއީ ރަނގަޅު ކަމެއްނޫން… އުއްމީދުކުރަން އަހަރެންގއ ވާހަކަތަކާމެދު ވިސްނާނެކަމަށް… އަހަރެންގެ ފަރާތުން އަބަދުވެސް އަލޫފްއަށް އުފާވެރިކަމާއި ބާއްޖަވެރިކަމަށް އެދެން…” މިންހާ އަލޫފްއަށް އޭނަގެ ހިތް ސާފުކޮށް އެތައް ވާހަކައެއް ދެއްކިއެވެ. އޭނަ އެހުރިހާ ވާހަކައެއްވެސް ދެއްކީ އަލޫފްއަށް ވިސްނޭތޯއެވެ. ދިރިއުޅުން ރަނގަޅު ކުރުމަށް އަލޫފް އެނަސޭހަތްތަކުގެ ބޭނުން ހިފާތޯއެވެ. ” ތޭންކްސް އަލޮޓް މިންހާ… އަހަރެންގެ ފަރާތުން ތިދެމީހުނަށްވެސް އެދެނީ އުފާވެރިކަމަށް… ” ޝުކުރުގެ ނަޒަރަކުން މިންހާ އާއި އިއާންއަށް ބަލައިލުމަށްފަހު އެހެން ބުނެ އޭނާ އެގެއިން ނުކުތެވެ. އޭރު އަލޫފްގެ ހިތަށް އެތައް ތަނެއްވަނީ ލުއިވެފައެވެ.

އަލޫފް ހަމަ ނުކުންތަނާ މިންހާގެ ފޯނު ރިންގުވާން ފެށިއެވެ. ” ހަލޯ… ދަރިފުޅާ… ކޮންތާކުތަ… އަދިވެސް ޑިއުޓީގަތަ..، ޑިއުޓީ ނިމިފަވެސް އަންނަހާއިރު ވެއްޖެއެއްނު… މަންމަ ދަރިފުޅު ލަސްވެގެން ކަންބޮޑުވެގެން މިގުޅީ… ” ހާސްކަމާއެކު ނާހިދާ ވާހަކަ ދެއްކިއެވެ. ” މަންމާ… އަޅުގަނޑު ރަނގަޅޭ… ކުޑަ ކަމެއް ޖެހިގެން ލަސްވީ… މިހާރު މިދަނީ އާންއާއެކު ގެއަށް… ” މިންހާ އޭނަގެ މަންމަ އާއި ވާހަކަ ދެއްކިއެވެ. ” މަންމަ ލަސްވެގެން ދޯ… ހިނގާ ދާން އަވަހަށް… ” މިންހާ ފޯނު ބޭއްވުމާއެކު މިހެން ބުނެ ދާން ހިނގައިގަތެވެ. ” އާން… ” ބެންޗުން ތެދުވެ ހިނގައިގަން އިއާންގެ އަތުގައި ހިފަހައްޓަމުން މިންހާ އިއާންއަށް ގޮވާލިއެވެ. ފަސްއެނބުރި އިއާން މިންހާގެ މޫނަށް ބަލައިލީ އޭނަގެ ހުރިހާ ސަމާލުކަމެއް މިންހާއަށް ދެމުންނެވެ. ”އާން… ރުޅި އައިސްފަތަ… އަހަރެން އަލޫފްގެ ވާހަކަ އަޑުއަހަން ނިންމީ… އަހަރެންގެ ހިތުގަ އަލޫފްއަށްޓަކައި އިހުސާސްތަކެއް ވާތީއެއްނޫން… އަހަރެން ހަމައެކަނި ލޯބިވަނީ އާންދެކެ… އަހަރެންގެ ސަބަބުން އެހެން މީހަކު ނުބައި މަގަކަށް އެޅޭކަށް ނޭދެން… އަހަރެންގެ ވާހަކަތަކުން ނަމަވެސް އަލޫފް އޭނަގެ ލައިފްއަށް ރަނގަޅު ސްޓެެޕެއް ނަގާތޯ އެހުރިހާ ވާހަކައެއް ދެއްކީ… އައިމް ސޮރީ… އާންއަށް އަހަރެންގެ މިޑިޒިޝަން ރަނގަޅު ނުވިކަމުގަވާނަމަ… ” އިއާންގެ ދެލޮލާއި ހަތަރު ކަޅި ހަމަކޮށްގެން ހުރެ މިންހާ ވާހަކަ ދެެއްކިއެވެ. ” ޖާން… އަހަރެން ކީއްވެތަ މިންނުދެކެ ރުޅި އަންނަންވީ… އައި ނޯ މިންނު ލޯބިވަނީ ހަމައެކަނި އަހަރެންދެކެ ކަން… އެންޑް ތިނެގި ޑިޒިޝަންއަށް އަހަރެން ހަމަ ތާއީދު… ކުށް ގަބޫލުކޮށް މައާފަށް އެދުނީމަ މާފު ކުރަންވާނެ… އަހަރެން ވަރަށް އުފާވެއްޖެ މިހާ ރަނގަޅު ކުއްޖެއް އަހަރެންގެ ހަޔާތަށް އައިމަ… މިންނު ކަހަލަ ކުއްޖެއް ވަރަށް މަދުވާނެ… ” މިންހާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ އިއާން ދެއްކި ވާހަކަތަކުން އޭނަގެ ހިތަށް ބަޔާންކުރަން ދަތި ހަމަޖެހުމެެއ ލިބިގެން ދިޔައެވެ. ” އައި ލަވް ޔޫ އާން… ދުވަހަކުވެސް ވަކިވާކަށް ބޭނުމެއް ނޫން… ” އިއާންގެ އުނަގަނޑުގައި އޭނަގެ ދެއަތުން ވަށާލަމުން މިންހާ އެބަސްތައް ބުނެލީ ދެލޯ މަރާލަމުންނެވެ. ” އައި ލަވް ޔޫ ޓޫ ޖާން… ” ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އޭނަގެ ދެއަތުން މިންހާގެ ހަށިގަނޑުގައި ވަށާލަމުން އިއާން ބުނެލިއެވެ. ބަލައިލި ކޮންމެ މީހަކަށްވެސް އެދެމެދުގައިވި ލޯބި ހާމަވާނެކަން ގައިމެވެ. ” ނައު ލެޓްސް ގޯ ހޯމް… މަންމަ ހުންނާނީ ލަސްވެފަ…” އިއާން މިންހާ ދުރުކޮށްލާ ނިއްކުރީގައި ބޮސްދިނުމަށްފަހު އެހެން ބުނުމުން މިންހާ މަޑުމަޑުން ބޯ ޖަހާލިއެވެ. ދެމީހުން އެކުގައި އަތުގުުވައިގެން ތިބެ ގެއިން ނުކުންނަން ހިނގައިގަތެވެ. އޭރު ސިޓިން ރޫމު ކުޑަދޮރު ކައިރި އެމަންޒަރުތައް ބަލަން ހިނިތުންވުމަކާއެކު އަރީފް އާއި އާސިމާ ހުއްޓެވެ.

ރޭގަނޑުގެ ވަގުތެވެ. ސާލެއްފަދަ ކަޅުކަންގަދަ އުޑުގައި ވިދާ ބަބުޅަމުންދިޔަ ތަރިތަކުން އުޑުމަތި ފަޅުފިލުވާލަދީފާވެއެވެ. ހަނދުވެސް އޭގެ މަގާމުގައި ރަނިކަން ކުރަމުން ދިޔައީ ގުދުރަތުގެ ލާމަސީލު ނަމޫނާއެއް ފަދައިންނެވެ. ” މަންމާާ… އަޅުގަނޑު ދަނީ އިނގޭ… އަޅުގަނޑު ގެއަކުން ނުކާނަން މިރޭ… ދިހައެއް ޖަހާހާއިރަށް އަންނާނަން އާންއާއެކު… ” ސިޓިންރޫމުގައި އިން ނާހިދާ ގާތު ދިޔުމުގެ ކުރިން އަދިވެސް އެއްފަހަރު މިންހާ ބުނެލިއެވެ. ނާހިދާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ” އޯހް… އާންއާއެކު… ” މިންހާގެ މޫނަށް ބަލައިލާ އެއްލޯ މަރާލަމުން މާހިލް އެހެން ބުނުމާއެކު މިންހާ ދެލޯ ބޮޑުކޮށްލިއެވެ. ”ކިހިނެއްވީ ދޮންބޭ… އަޅުގަނޑު ކުރިންވެސް ދަމެއްނު އާންއާއެކު… ޒިޔަލްއާ އޫޝާވެސް އަންނާނެ… ” ނާހިދާއަށް ނޭނގޭނެހެން މާހިލްގެ ކަންފަތުގައި މަޑުމަޑުން ހިފާލަމުން މިންހާ ބުނެލިއެވެ. ”ހޫމް… ދޭ އަވަހަށް… އާންއަށް ލަސްވެދާނެ… ” މާހިލް އެހެން ބުނުމާާއެކު ހިނިތުންވެލަމުން މިންހާވެސް ގެއިން ނުކުންނަން ހިނގައިގަތެވެ. ގެއިން ނުކުމެ ބޭރުގައި އިއާންގެ އިންތިޒާރުގައި މަޑުކޮށްލައިގެން މިންހާ ހުއްޓެވެ. މިންހާ ކަޅު ކުލައިގެ ފަސްބައި ފުޅާ އަބާޔާއަކާއި ރަތް ކުލައިގެ ޝޯލްއެއްގައި ހުރިއިރު އެރީތި ދޮން މޫނުގައިވި ލުއި މޭކަޕުން އިތުރު ފުރިހަމަކަމެެއް ގެނެސްދެއެވެ. މަގުމަތިންދާ އެތައް ބައެއްގެ ނަޒަރު މިންހާއަށް ހުއްޓެމުން ދިޔައެވެ. އެއިން އެއްވެސް ކަމަކަށް ފަރުވާލެެއްނެތި އިއާންގެ އިންތިޒާރުގައި ކެތްތެރިކަމާއެކު މިންހާ މަޑުކޮށްލައިގެން މިންހާ ހުއްޓެވެ.

މާ ލަސްތަކެއްނުވެ ގަދަ ނޫ ކުލައިގެ ސައިކަލެއް އައިސް މިންހާގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ރަތް ކުލައިގެ އަތް ދިގު ގަމީހަކާއި ކަޅު ކުލައިގެ ސްކިނީގައި އިއާން އިންއިރު އަރާފައިވަނީ ހުދާއި ކަޅުކުލައިގެ ސްނީކާސް ބޫޓަކަށެވެ. ބޮލުގެ އިސްތަށިކޮޅު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު ގަމީހުގެ އަތް ވަނީ އުޅަބޮށިން ތަންކޮޅެއް ތިރިއަށް އޮޅާލެވިފައެވެ. ސައިކަލުގައި އިންއިރު އެފިރިހެންވަންތަކަން ފެނި ކޮންމެ އަންހެން ކުއްޖެއްގެ ހިތް ކިޔާނެކަން ޔަގީނެވެ. އިއާން އައުމާއެކު މިންހާގެ ރަތް ކުލައިގެ ލިޕްސްޓިކުން ފަވާލެވިފައިވި ތުންފަތަށް ވެރިވީ އެންމެ ފުރިހަމަ ހިނިތުންވުމެވެ. އެހިނިތުންވުން ފެނި އިއާންގެ މެޔަށް ފިނިކަން އިހުސާސްކުރެވުނެވެ. މިންހާ ގޮސް އިއާންގެ ކޮނޑުގައި ހިފަހައްޓާލަމުން ސައިކަލަށް އަރާ ހަމަޖެހިލިއެވެ. މިންހާގެ ހަށިގަނޑުން ދުވި ލުއިލުއި މީރުވަހުން އިއާންއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ” ޖާން… ޔުއަރ ލުކިން ގޯރްޖިއަސް… ” ކުޑަކޮށް ފަސްއެނބުރި އެރީތި ދޮން މޫނަށް ބަލައިލަމުން އިއާންއަށް ތައުރީފްކޮށްލެވުނެވެ. ” އެންޑް ޔުއަރ ލުކިން ސޯ ހޭންޑްސަމް… ” އިއާންގެ ކަންފަތްް ކައިރީ މިންހާ ބުނެލިއެވެ. މިންހާއަށް އޭނަގެ ފިރިހެންވަންތަ ހިނިތުންވުން ހަދިޔާކުރަމުން އިއާން ސައިކަލު ދުއްވާލިއެވެ.

އިއާން އާއި މިންހާ ސައިކަލުގައި އައިސް މަޑުކޮށްލިއިރު ޒިޔަލް އާއި އޫޝާވެސް ސައިކަލުގައި މަޑުކޮށްލަނީއެވެ. ހަތަރު ޒުވާނުން ހިނިތުންވުމެއްގައި ތިބެ ރެސްޓޯރެންގެ ތެރެއަށް ވަނެވެ. އިއާން އާއި މިންހާގެ ދެއަތް ގުޅުވާލެވިފައިވާއިރު ޒިޔަލް އާއި އޫޝާގެ ދެއަތްވެސް ވަނީ ގުޅުވާލެވިފައެވެ. ރެސްޓޯރެންޓްގައި ތިބި ގިނަ ބައެއްގެ ނަޒަރު އެދެ ޖޯޑަށް ހުއްޓިފައިވީ ގޮތުން އެދެ ޖޯޑުގެ ފުރިހަމަކަން ހާމަވެެގެން ދެއެވެ. ހަތަރު ޒުވާނުން އެކުގައި ގޮސް ރެސްޓޯރެންޓުގެ އެންމެ މަތީ ބަޔަށް އަރާ ހުސް މޭޒެެއް ކައިރީ އިށީނެވެ. އެމީހުން އައިސް އިށީނުމާއެކުހެން ވެއިޓަރަކު އައިސް އޯޑަރު ނެގިއެވެ. އޯޑަރު ކުރި އެއްޗެއް އަންނަންދެން ތަފާތު އެކި ވާހަކަތަކުގައި ހަތަރު ޒުވާނުން ތިއްބެވެ. އެކަކަކު އަނެކަކާ ދިމާކޮށް ސަމާސާ ކުރުމުގައި ތިބިއިރު އެންމެންގެ ތުންފަތް މަތީގައިވީ އުޖާލާވި ހިނިތުންވުމެކެވެ.

އަޝްރާ ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވަމުން ދިޔައެވެ. އިރުއިރުކޮޅުން ފޯނާއި ދިމާލަށް ބަލައިލެވެނީ ނާއިލްގެ މެސެޖެއް އައިތޯ ބެލުމަށެވެ. ތައްޔާރުވެގެން ގަޔަށް ސެންޓު ބުރުވާލުމަށްފަހު އަޝްރާ ފަހު ފަހަރަށް ލޯގަނޑުން އަމިއްލައަށް ސޫރައަށް ބަލައިލިއެވެ. އަމިއްލަ ނަފްސަށް ބަލައިލާ ހިނިތުންވެލުމަށްފަހު ފޯނު ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަންތަނާ ނާއިލްގެ މެސެޖެއް ލިބުނެވެ. މިދަނީ ކަމުގައި ބުނެ ނާއިލްއަށް ރިޕްލައި ކުރުމަށްފަހު އަޝްރާ ކޮޓަރިން ނުކުމެ ތިރިއަށް ފޭބިއެވެ. އޭރު ސިޓިންރޫމުގައި ޒަހާ އޭނަގެ އިންތިޒާރުގައި އިނެވެ. ” ރެޑީތަ… ލެޓްސް ގޯ…” އަޝްރާ އައުމާއެކު ޒަހާ ބުނެލިއެވެ. އަޝްރާ ތައްޔާރު ކަމުގައި ބުނުމުން ދެމީހުން އެކުގައި ގެއިން ނުކުތެވެ. އާދައިގެ މަޑު ހިނގުމެެއްގައި ދެމީހުންވެސް ހިނގަމުން ދިޔައިރު އެމީހުންގެ މިސްރާބަކަށްވީ އެގެއާއި އެންމެ ކައިރީގައި އޮންނަ އަތިރިމައްޗެވެ. ” އަޅެ ޒަހާއަކަށް ނޭނގޭތަ ނާއިލް ކީއްކުރަން ކަމެއް އަހަރެން ކައިރި އަންނަން ބުނީ… ” ހިތް ނުތަނަވަސްވެފައި ހުރެ ހިނގަމުން ދިޔަ އަޝްރާއަށް އަހާލެވުނެވެ. ” ހަމައަސްލުވެސް ނޭނގެ އަޝޫ… އަހަރެން ކައިރި ބުނީ މިހަމައަށް ހަމައެކަނި އަޝޫ ގެނެސްދޭށޭ… އެހެރީ ނާއިލް… ދެން ދޭބަލަ… އިނގިދާނެތާ… ” ހިނިތުންވުމަކާއެކު ޒަހާ އެހެން ބުނެ އޭނާ އިޝާރާތްކުރި ދިމާލަށް އަޝްރާ ބަލައިލިއެވެ. ނާއިލް ފެނުމާއެކު އެވަގުތުކޮޅުވެސް އަޝްރާ ފިނިވެގެން ދިޔައެވެ. ޒަހާ އޭނަގެ ކޮނޑުގައި ކޮއްޓާލަމުން ދާށޭ ބުނުމާއެކު އަޝްރާ މަޑު ފިޔަވަޅުތަކެއްގައި ނާއިލްގެ ގާތަށް ދިޔުމަށް ހިނގައިގަތެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ސުމައްޔާ ރަޟިޔަﷲ ޢަންހާ

Next

ބުނެދޭށޭ ރުހެމޭ 36

Next
June 8, 2019

ބުނެދޭށޭ ރުހެމޭ 36

Previews
June 7, 2019

ސުމައްޔާ ރަޟިޔަﷲ ޢަންހާ

103 Comments!

  1. Anonymous says:
    June 7, 2019 at 8:18 pm

    Yay me first???

    1. Anonymous says:
      June 7, 2019 at 8:37 pm

      That coffee tho..?????? anyway, Maa sha Allah Vrh furihama mi part ves.. Kiyaa hithun indhaa e nimuny.. Ummeedhu kuran Dhn oiyy ai thankolheh avahah up vaane kamah.. Good job..?

    2. ifoo says:
      June 8, 2019 at 10:55 am

      Anonymous ❤️❤️❤️… Congratulations on being first ❤️❤️❤️???… Yeah… Varugadha coffee aaan ah e libuny ???… Heheh ???… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje story kamudhiyaima ???…

  2. Mal? says:
    June 7, 2019 at 8:18 pm

    First me dho ? kiyaalafa comment kolaa nan

    1. ifoo says:
      June 8, 2019 at 11:10 am

      Mal ❤️❤️❤️… Mifaharu second dhw ???… Waiting for your comment ???…

  3. ifoo says:
    June 7, 2019 at 8:18 pm

    Salaam dear readers ???❤️❤️❤️… This is not the last part ingey… There is a lot to write adhi ???… So next part will be the last part In Sha Allah ???… Mirey vx up nukurevihjihyaa readers disappoint vaane thy mivarah liyefa mi up kohly ???… It’s more than 2600 words ???… Hope all will like this part ???… Next part In Sha Allah enme lasvegen Tuesday night ga ???… If possible e ah vure kurin vx up kohdheynan ???… Thankyou soooooo much dear readers ifoo ah thidhey support ah ❤️❤️❤️?????????… Keep waiting for the last part ???… Keep commenting your views ???… Much loves from me ❤️❤️❤️?????????…

  4. jiji says:
    June 7, 2019 at 8:24 pm

    Last part eh noon dhw..btw me third..hehe..
    Will comment after reading ingey ifoo darlin????

    1. ifoo says:
      June 8, 2019 at 11:11 am

      Yesss jiji ❤️❤️❤️???… This is not the last part ???… Waiting for your comment ???…

  5. maai says:
    June 7, 2019 at 8:26 pm

    Maasha allah you are the best best writer…. This part is amazing????????????????????
    Dhen neyge bunaane ehcheh ves sifa kurunthah ves vvvvv loabi……
    Ifoo darling i am so sooooo sorry last 2 parts ah comment nukurevunyma ..?????????????????
    Ekam e two partves kiyaalin….vvvvvvv obi e part ves….i luv your stories ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????
    And vvvv miss vaane ifoo ge mi story nimunyma…long break ah fahu avahah anachey… All of your fans ate waiting for your new story…
    Love u I foo???????????????????????????????
    Your big fan maai

    1. ifoo says:
      June 8, 2019 at 11:13 am

      Awwwwnn ❤️❤️❤️???… Thankyou sooooooooo much maai ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… It’s ok dear ???… Baeh faharu ehen vx vaane dhw ???… Bxy koh ulhemunvx story kiyaalikan ingunyma v v v ufaavehje ???… In Sha Allah long break akah fahu new story eh genesdheynan ???… Love you too maai ❤️❤️❤️?????????…

  6. Anonymous says:
    June 7, 2019 at 8:41 pm

    Nimunydho vaahaka…

    1. ifoo says:
      June 8, 2019 at 6:56 pm

      Anonymous ❤️❤️❤️… Adhi nunimey vaahaka eh ???… In Sha Allah next part will be the last part ???…

  7. SCARLET❤ says:
    June 7, 2019 at 8:50 pm

    He’s going to propose dhw.. btw stry is awesome ingey..

    1. ifoo says:
      June 8, 2019 at 6:58 pm

      Let’s see what happens SCARLET ❤️❤️❤️???… Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje ???…

  8. yaaanaa says:
    June 7, 2019 at 8:51 pm

    yeyyy.. up vejje dhwww ????????? mihaaru neyge up vi dhww belnu adhadheh vss
    ????????????? wowwww ??????????????masha allah ?????????????????????? v v v v v v v v v reeeeeeeeeethi mi part vss ??????? hama speechless ??????????????????? v v v v v v v v v v furihama ????????????????????? sifa kurunnn vsss hama varah salhi ????????????????? next part avahah up kohdhehche ?????????????waitin … waitin… ?????????????????
    ???BEST WRITER???
    ????LOVE U ?????

    1. ifoo says:
      June 8, 2019 at 6:59 pm

      Awwwwnn ❤️❤️❤️???… Haadha loabi colourful comment ekey ❤️❤️❤️???… Yaaanaa ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Keep waiting… Much more loves from me ❤️❤️❤️?????????…

  9. Asha says:
    June 7, 2019 at 9:01 pm

    I loooooove this?? hama enmme best writer ?

    1. ifoo says:
      June 8, 2019 at 7:51 pm

      Asha ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje story kamudhiyaima ???… It means a lot for me ❤️❤️❤️?????????…

  10. doll says:
    June 7, 2019 at 9:04 pm

    Hii ifoo..varah reethi mi part ves..hama habeys..varah organizing inge..varah varah reethi..ly more

    1. ifoo says:
      June 8, 2019 at 7:53 pm

      Hii doll ❤️❤️❤️… Awwwwnn ❤️❤️❤️???… Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje doll ge comment kiyaalaafa ???… It means a lot for me ???… ❤️❤️❤️?????????… Much more loves from me ❤️❤️❤️?????????…

  11. jiji says:
    June 7, 2019 at 9:23 pm

    Woah?..Mi part vec vv salhi ingey.. sifakohfa hurileh vv chaalu assuga vec…
    Aloof ah visnihje dhw fahun..hehe..ifoo vv talented ingey?…I don’t wat to say….Hama speechless vefa huri varun…v dheravey ifoo ge mi lwbi story nimen ulheythy vec?…
    Ekm kyhdhw kuraany..hehe…curiously waiting fr the next…If possible tuesday ge kurin up kuraanan dhw?…yey..nd ifoo luw yuh so so much ingey dear…Ummmah

    1. ifoo says:
      June 8, 2019 at 7:55 pm

      Awwwwnn ❤️❤️❤️???… Thankyou sooooooooo much jiji ❤️❤️❤️?????????… V v v ufaavehje ???… Alhey don’t be sad dear… Long break akah fahu new story eh genesdheynan In Sha Allah ???… Much more loves from me ❤️❤️❤️?????????…

  12. Scarlet says:
    June 7, 2019 at 9:28 pm

    Vaahaka Varah reethi ♥️♥️

    1. ifoo says:
      June 8, 2019 at 7:56 pm

      Scarlet ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????…

  13. A..na says:
    June 7, 2019 at 9:49 pm

    Varah varah varah ves reethi mi part….????????????????? alhe nimey thy dhera eee i love this stry …….❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤? ifoooo u r the best…. ??????????????enmen ves gulhuny…???????????? aan and minnu… ???ashoo n naail…?? so so so happy….. ☺☺☺☺☺☺☺hurihaa kameh ves rangalhu v… ?????????????????????dhen minnu family ah ingi marry dhw kuraanh… ?????????????????heheh….???? love it…. ?????????? best of all….. ????????❤❤❤❤❤❤❤love u ifoooo❤❤❤❤❤❤❤❤❤❤❤❤???????????

    1. ifoo says:
      June 8, 2019 at 7:59 pm

      Awwwwnn ❤️❤️❤️???… Alhey haadha colourful Comment ekey ❤️❤️❤️???… A..na ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje story reethi v ma ???… It means a lot for me ???… Alhey… Don’t be sad dear… Long break akah fahu new story eh genesdheynan In Sha Allah ???… Much more loves from me ❤️❤️❤️?????????…

  14. Hana says:
    June 7, 2019 at 10:04 pm

    Varah reethi mi part ves ??????????❤??❤??????waiting for the next part ??????????❤❤ love you a lot ifoo ❤??????? dhen vaane gotheh neygey thy ??varah curious vefa mihury ????? wish you luck ifoo ?❤?????❤???❤❤❤???????

    1. ifoo says:
      June 8, 2019 at 8:26 pm

      Awwwwnn ❤️❤️❤️???… Such a beautiful, colourful Comment ❤️❤️❤️???… I loved it ???❤️❤️❤️… Hana ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????….

  15. AMAAN says:
    June 7, 2019 at 11:10 pm

    Wow wow vvvv rythi mi part ves??? sorry last part ah comment nukohlevunyma bixy koh ulhunyma nukohlevuny sorry ifoo????cant wait to read next part ….ifoo you are the beSt hama ……??????ummeedhu kuran next part avahah kiyaalan libeyne kamah……waiting❤❤❤❤❤❤

    1. ifoo says:
      June 8, 2019 at 8:32 pm

      Awwwwnn ❤️❤️❤️???… AMAAN ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… It’s ok… Baeh faharu ehen vx vaane dhw bxy v ma ???… V v v ufaavehje mifaharu story kiyaalaafa comment eh kohlyma ???❤️❤️❤️… Much more loves from me ❤️❤️❤️?????????….

  16. Naukko says:
    June 7, 2019 at 11:24 pm

    Varah reethi mi part ves …bunaane ehcheh neii?????❤❤❤???…i don want this story to end ..anyways …ifoo ge new story ehh varah avahah annane kamah unmeddhu kuran..????❤❤❤❤?????..waiting for next part …???

    1. ifoo says:
      June 9, 2019 at 12:10 pm

      Naukko ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Ehaa avahah noonas In Sha Allah ifoo ge new story eh fenigendhaane ???… Mifaharu long break eh nagaafa ifoo ehen story ehge masaikah fashaany ???… Much more loves from me ❤️❤️❤️?????????…

  17. Maayu says:
    June 7, 2019 at 11:42 pm

    Story is awesome ifooo.. Just love it.. Aan aa minnu haadha loibeyy dhw.. Waiting for the next part.. Lots nd lots of lurrv and best wishes frm me

    1. ifoo says:
      June 9, 2019 at 12:18 pm

      Maayu ❤️❤️❤️…. Thankyou sooooooooo much dear for the support n love ❤️❤️❤️?????????… V v v ufaavehje ???… Yeah… Aaan n minnu hama v loabi koh ulheny ???… Heheh… Much more loves from me dear ❤️❤️❤️?????????…

  18. Noora says:
    June 8, 2019 at 12:21 am

    Story is awesome. Waiting for the next part.

    1. ifoo says:
      June 9, 2019 at 12:19 pm

      Noora ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Keep waiting ???…

  19. Dhonthee says:
    June 8, 2019 at 12:31 am

    Thats geat…????Vaahaka adhi nunimey dhw????mi part ves vv rythi ingey ifoo?????Naail eulheny ashoo au propose kuran dhw????Thats so sweet?????hahaha?????vvv reeeethi ingey mi part?????????And next part au inthizaaru kuramun mi dhanee ingey ifoo … Take very great care ifoo????????And love you so much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ifoo says:
      June 9, 2019 at 12:20 pm

      Dhonthee ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Let’s see naail kuraa kameh vx ???… Keep waiting ???…much more loves ❤️❤️❤️?????????…

  20. Zuam says:
    June 8, 2019 at 1:05 am

    Wow.. varah reethi…. ????

    1. ifoo says:
      June 9, 2019 at 12:21 pm

      Zuam ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????…

  21. Anonymous says:
    June 8, 2019 at 2:19 am

    Alhe konmehen jeheytha dhen onnaany vaahakaige last part ey kiyan. Mives baeh liyuntherin varah kuraa kameh.. last part ey bunaafahun adhi liyaane ithuru ethah baeh… ehen nukiyaa up kuryma keehtha v. Samaalukan hoadhanvegen hama.

    1. American girl says:
      June 8, 2019 at 9:11 am

      Koefulha thi gothah vaahaka dhekyma liuntheriyaage liumah hunna shauguverikan gellene…var ah vaahaka

    2. ifoo says:
      June 9, 2019 at 12:24 pm

      Heheh ???… Anonymous… Ehgothakahvx samaaalukan hoadhan buni ehcheh noon aeee… Ifoo plan kohgen huree eh part in story ninmaalan… Mibuny eh part ga kuriah huri bai ehkoh liyelan… But time nuvyma nuliyevuny… So migothah mi v….

    3. ifoo says:
      June 9, 2019 at 12:28 pm

      Thanks American girl ???…

  22. AUOO says:
    June 8, 2019 at 3:13 am

    Maashaa Allah varah loabi story eh.. keep it up ❤❤❤❤??

    1. ifoo says:
      June 9, 2019 at 12:29 pm

      AUOO ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…

  23. Hehe says:
    June 8, 2019 at 6:36 am

    Varah vaahaka dhama dhamaafa liyaaan kan faahaga vey. Beykaaru ehchi maa gina ei. Kiyan foohi vey baeh faharu, dont take it wrong

    1. maai says:
      June 8, 2019 at 9:17 am

      Kiyan foohivanyya nukyma v ennu…u ah thi ah vure rythi kn rangalhu kollan v kanthahthah bunevidhaane ennu….liuntheriyaa ah positive kn comment kuryma maa support libeyne ithurah rangalhu kurumah…and mihaaru mi vaahaka dhaa goi vvvv rythi….

    2. ifoo says:
      June 9, 2019 at 12:31 pm

      Thanks for the compliment ???… Mi baithakakee hama v important baithakeh ???… It’s a long story… So obviously gina moments thakeh annaane ???…

    3. ifoo says:
      June 9, 2019 at 12:33 pm

      Maai ❤️❤️❤️… Thanks dear ❤️❤️❤️???… Eki kudhinge hiyaalu thafaathu vaane ehnu dhw ???… Eki kudhinah reethi vaanee eki kahala story thah ???…

  24. Eyna ge girl ? says:
    June 8, 2019 at 10:06 am

    Hehe..it’s ok daring….???Kurin part thakekey ehnfadhain vvvvvvvvvvvv fabulous… actually I have no words for you ???ur amazing
    soooooooo much loves from me..???

    1. ifoo says:
      June 9, 2019 at 12:35 pm

      Girl ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje ???… Much more loves from me ❤️❤️❤️?????????…

  25. liyaa says:
    June 8, 2019 at 10:36 am

    mashaa allah v v reethi ☺????❤?

    1. ifoo says:
      June 9, 2019 at 1:14 pm

      Liyaa ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️?????????…

  26. Bts lover says:
    June 8, 2019 at 2:32 pm

    Wow ???? Varah reethi mi part vs ???????????????
    UR amazing dear???????????? so much loves from me ????????
    Keep it up ????????

    1. ifoo says:
      June 9, 2019 at 1:15 pm

      Bts lover ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️?????????…much more loves ❤️❤️❤️?????????…

  27. Mal? says:
    June 8, 2019 at 7:35 pm

    Vara Reethi mi part vas waiting for next part ❤️❤️❤️❤️❤️❤️❤️❤️❤️lovely story ??mi part kiyaafa vara havunu?????

    1. ifoo says:
      June 9, 2019 at 1:17 pm

      Awwwwnn ??? ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje ???… Hehhe… Mi part majaa dhw ???… much more loves ❤️❤️❤️?????????…

  28. Happy says:
    June 8, 2019 at 8:41 pm

    Maasha Allah….??
    Waiting for next part…..

    1. ifoo says:
      June 9, 2019 at 1:18 pm

      Happy ❤️❤️❤️…. Thankyou soooooo much ❤️❤️❤️?????????…

  29. Shi says:
    June 8, 2019 at 11:59 pm

    I hope we can see ur stories. Again a new story

    1. ifoo says:
      June 9, 2019 at 1:19 pm

      Shi❤️❤️❤️…. Thankyou soooooo much ❤️❤️❤️?????????… In Sha Allah fenigendhaane ???…

  30. Daisy girl says:
    June 9, 2019 at 11:37 am

    Dhoonyyaa….???????????sis!!wat I’m supposed to say???????????? mind-blowing ???????????????????????? world cutest love story ??????? dear… I’m proud to be one of you reader n may be a frnd ?????? aan n minnu, a couple made in heaven ? Naail an ashu, made for eachother ? by the way, where is eelaaf ??????? she still wants aan, right????????????aan akiy minnu ge hahgeh ??????? minnu an aan ulhey goih vvvvvv.cute n romantic ???????????? girl ge request eh eiy let them have kids n finish the stry….?‍?‍?‍? And second season too….????????
    Lots of love ❤️❤️❤️❤️❤️❤️❤️???????
    Bye dear????

    1. ifoo says:
      June 9, 2019 at 1:22 pm

      Awwwwnn ❤️❤️❤️???… My dear sweet Daisy girl ❤️❤️❤️???… Haadha loabi colourful comment ekey ❤️❤️❤️???… I loved it ???❤️❤️❤️… V v v bodah ufaavehje ingey ifoo daisy girl ge comment kiyaalaafa ❤️❤️❤️???… Thankyou sooooooooo much dear ❤️❤️❤️?????????… It means a lot for me ???… Eelaaf dhw… Balamaa hingaa vaagotheh ???… Second season dhw ???… Thikahala visnumehvx eba gengulhen ???… Bt I’m not sure ???… Once again thankyou soooooo much dear n much more loves from me ❤️❤️❤️?????????❤️❤️❤️…

  31. zombie says:
    June 9, 2019 at 12:11 pm

    Salhi inge ifooo

    1. ifoo says:
      June 9, 2019 at 1:24 pm

      Thankyou soooooo much ???❤️❤️❤️??????…

  32. @Ikleel says:
    June 9, 2019 at 8:26 pm

    Wow…❤❤?????…Sppechless dear…❤❤????…This story is just awesome..❤❤????…You make us speechless every time dear..❤❤????…I like this story…❤❤????…Sifa kurun thah vrh reethi ingey…❤❤????..Manzaru sifa vey kiyamun dhaa iru..❤❤????…This part also very nice and so romantic..❤❤????..Aan and minnu are so romantic too..❤❤????…Ash and naail also looking good…❤❤????…I love the way you bring this dear…❤❤????..Hama buneven othy mi ee mihaathanah kiyunu emme reethi story ey…❤❤????…Looking forward to the last part of this wonderful story…❤❤????…Sad to know that only one part are remainning..???????…Beynumeh nuvey story nimeykah…???????…Want to read more parts..??????…Keep it up dear..❤❤????..You did your job just perfectly..❤❤????..Waiting for the next part..❤❤????…Much loves dear..❤????…Wish you all the best…❤❤????..May god bless you..Ameen..❤❤
    THE BEST STORY
    THE BEST WRITTER
    ❤❤❤❤????

  33. Afoo says:
    June 9, 2019 at 9:14 pm

    Woww.. Haadha reehchey mashallah… Afoo beynumy ifoo thigothuga kuriah dhaan.. Vrhh vrhh lwbiii storyy..

  34. thuthu says:
    June 10, 2019 at 12:00 am

    Varah reethi…. But maaa bodha kuruviii…

  35. ??? says:
    June 10, 2019 at 11:51 am

    މި ވާހަކަ އެކީގައި ކިޔާލާފައި މި ކޮމެންޓް ކޮއްލީ ވަރަށް ވަރަށް ރީތި މިވާހަކަ ?????

  36. Shiroo says:
    June 10, 2019 at 3:20 pm

    Ifoo….. Mi vaahaka nunimma continue kurhchey….. Hieh nuvey dhen mihaa reethi vaahaka eh kiyidhaane kamh…… Please continue this story….. And next part varh avahah up kohdhechey….. please…..???????

  37. jiji says:
    June 11, 2019 at 8:57 pm

    Ifoo…whr is next part..I’m so so so so curious to read it…Plc avaskohba inge??

  38. Naju says:
    June 11, 2019 at 9:13 pm

    Just wow ey hama buneveyny ???????????❤❤❤❤❤❤❤❤❤❤❤❤❤❤

  39. Faimu says:
    June 11, 2019 at 10:24 pm

    ifooo mirey up waane tha last part ???

  40. NeEn says:
    June 11, 2019 at 10:31 pm

    kobaa ifoo mireyy up vaane tha..??? can’t wait to read last part ?????

  41. Ifoo ge friend says:
    June 11, 2019 at 10:45 pm

    Ifoo balikoh ulheytheee still story ehkoh nuliyevey. She will upload the story as soon as she get better ?. Ifoo ge request akee readers story ah kehtherikamaaeku inthizaaru kurun ?.

    1. Happy says:
      June 12, 2019 at 10:49 am

      Gws….????? Insha Allah varah avahah rangalhu vaane…

    2. @Ikleel says:
      June 13, 2019 at 3:00 pm

      Sure…We can wait for it…GWS Ifoo..

  42. Muslim says:
    June 11, 2019 at 10:54 pm

    Koba next part dear? Up vaanetha mirey? Cant wait for it❤❤❤

  43. Usrath says:
    June 11, 2019 at 11:07 pm

    Kobaa next part

  44. Jungkook says:
    June 11, 2019 at 11:54 pm

    Ifoo sis mirey up kondheveynetha??? Varah kiyaa hithun mihiree hehe

  45. Anonymous says:
    June 12, 2019 at 12:07 am

    Ifoo mirey up kurey tha

  46. zaa says:
    June 12, 2019 at 12:26 am

    miee up kuran buni rey .. dhen Las nukoh avahah up kohla dheebaa.. Bunaa bahuge ithubaaru onnan vaane

  47. Happy says:
    June 12, 2019 at 10:50 am

    Gws….????? Insha Allah varah avahah rangalhu vaane…

  48. name says:
    June 12, 2019 at 11:40 am

    ifoo kobaa stry…….adhivex nunimey tha…….avahah up kohla dhybala dear

  49. ************ says:
    June 12, 2019 at 2:52 pm

    ey ifoo plx awahah up kohdheeba waiting

  50. hana says:
    June 12, 2019 at 7:33 pm

    ifoo miadhu last part up koh dheynamey bunymehnun …………kobaa e part

  51. Zinneera says:
    June 12, 2019 at 9:02 pm

    Ifoo kobaa kon irakun up kohdheyni..dhen ehaa Gina dhuvas vandhen ihthizaaruga nubaithibba Bala readers..aslu vrh hinhama nujehe ifoo kanthah kuraa gothun..abadhu up kuraananamey kiyaafa bunaa dhuvahah up en nukohdheve..ehenvanya it’s better to stop writing stories.??
    But story vrh reethi.?Hinhama nujehunu Varun mi hurihaa ehcheh mi kee

    1. Zuam says:
      June 12, 2019 at 11:12 pm

      Zinneera… First can you please read the ifoo ge friend comment…

  52. dnt knw says:
    June 12, 2019 at 10:05 pm

    ifoo kobaa hey stry…adhives nunimey tha….avahah up kohla dhybala

  53. A reader says:
    June 12, 2019 at 10:36 pm

    Alhe ifoo story kobaa tha mihaaru up kohdhen buni dhuvas ves higahjje…kiyun therin lahvva aadheys kuruvan tha up nukurany??,…ifoo ah kameh vegen ves up kurun las vaa nama kiyun therin nah angaalun ragalhu dhw.. Eyru kiyun therin nah ves vaanuvaa egeynu..igey kameh ves jehidhaane kan but angaalaage ulheynama mihaa inthi zaarukoh dhuvaalaku ehfaharu vaahka up vitho balaakah nujehunys ehnu. . I’m vv disappointed. ..

    1. Faimu says:
      June 13, 2019 at 8:40 pm

      Ifoo ge frnd eh ifoo request akah aybain liyefa ifoo Bali vhk

  54. amna says:
    June 12, 2019 at 10:56 pm

    Ifoo dear gws
    And im waiting for ur story
    Dont worry about the negative comments love❤️
    Ur the best writer i have ever seen
    Job ga ulhemun vaahaka up kohdhinumaky ves veh bodu varu ????? keep up the good work ingey ???

  55. Zuam says:
    June 12, 2019 at 10:58 pm

    Get well soon ifoo … We are waiting….

  56. Someone says:
    June 12, 2019 at 11:22 pm

    Ifoo ge baheh beynun meege….knme meehakuves ves mee ifoo ge frnd ekey kiyaafa cmmnt kohfaane…so ifoo comment eh kohlaafa vegen ulhey goiyy bunedhiniima readers hih hamajeheyne…and ifoo impatiently waiting for the story….avas kohlahchey…

  57. ifoo says:
    June 13, 2019 at 10:46 am

    Salaam readers… ifoo ge friendeh innaane comment kohfa… my eyes got some problem… ehenve nuliyevuny… screen ah balaigen innan v difficult… ehenve phone aa v dhuruga miulhuny… now I m feeling better… storyge masaikah kuriah dhany… v masaikah kuraanan mireyge vaguthehga up kureveythr… im really sorry for the delay… ifoo bunegen ifoo ge friendeh ainee comment kohlaafa… I hope everything are cleared…

    1. Anonymous says:
      June 13, 2019 at 12:30 pm

      It’s ok sister. Get well soon ??❤️

  58. mannu says:
    June 13, 2019 at 1:21 pm

    alhe pls mirey nerehchey..I love this story

  59. AMAAN says:
    June 13, 2019 at 6:44 pm

    Its ok ifoo we will wait take your time….waiting❤❤

  60. Shamm❤ says:
    June 13, 2019 at 8:42 pm

    Its ok ifoo ….we will wait dhw readers…. we are with you…
    Shafakallah…shamm ah fenna gothuga ehaa ragalheh nuvaane henn hyvany ifoo gaathu screen ah nubalan bunefa ohva belun it will cause more effect …?
    Thank you as always…hope we will see a ANOTHER beautiful story very soon ?

  61. Rai says:
    June 13, 2019 at 10:29 pm

    Get well soon ifoo???

  62. unknown says:
    July 5, 2019 at 10:26 am

    get well ifoo

  63. Someone says:
    September 13, 2019 at 5:20 pm

    Awesome story

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 61 (ފަހުބައި)←


All Right Reserved!