ހަވީރުގެ ވަގުތުު ކޮންމެ ދުވަހަަކުވެސް އެކުގައި ބޭރަށް ނުކުމެ އުޅުމަކީ ކައިޒަންއާއި ނާހިލްގެ އާދަ އެކެވެ. ކައިޒަންއާއި ނާހިލް އަތިރިމަތީގައި ހުރި ބޮޑުގަހެއްގެ ހިޔަލުގައި ބަހައްޓާފައިވާ ޖޯލިތަކުން ޖޯއްޔެއްގައި އިށީންދެއިނެވެ. ނާހިލް ހުއްޓުމެއް ނެތި ވާހަކަދައްކަމުން ދިޔައިރު ކައިޒަންގެ ނަޒަރު ހުއްޓިފައިވަނީ އޮމާން ކަންމަތީ ވިދުމެއް އެކުލެވިގެންވީ މޫދަށެވެ. އެއްލި ކަޅިއަކުން ކައިޒަންގެ ލޮލުގައި އަޅައިގަނި މަންޒަރައް ބަލަން ކައަޒަންއަށް އިނެވުނެވެ. ރާޅުތައް އައިސް ދޮންވެލިގަނޑުގައި ބީހެމުން ދިޔައިރު އެރާޅުތަކާއެކު ސަމާސާކުރަމުން ދިޔަ ކުއްޖާގެ ސޫރަޔަށް ގެއްލިފައި […]
“އިއްބާން….” އައިލީންއަށް އެނަން ދެތިންފަހަރު ކިޔާލެވުނެވެ. ********************** “އޭތް…ލީން..” ލީޝާ ގޮވާލުމުންވެސް އައިލީންއަށް އަޑުނީވޭފަދައެވެ. ލީޝާ އައިލީންގެ ލޯކުރިމަތީގައި އަތްހޫރާލުމުންވެސް އައިލީންއަކަށް ނޭންގުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ލީޝާ އައިލީންގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. އެވަގުތު އައިލީން ތެޅިގަންނަމުން ލީޝާއަށް ބަލާލިއެވެ. “ލީން….ކޮންހިޔާލެއްގަ..” ރަނގަޅަށް އެނގިހުރެވެސް ލީޝާ ސުވާލިކޮއްލިއެވެ. “އަމް..މީ..މި ހިޔާލެއްގައެއް ނޫން..” އައިލީން ލީޝާއަށް އޮޅުވާލެވޭތޯ އުޅުނެވެ. “ހެހެ…އިއްބާންގެ ހިޔާލުގަދޯ..” ލީޝާ އައިލީންއާ ދިމާކޮއްލިއެވެ. ލީޝާ އެހެން ބުނުމުން އައިލީންގެ މޫނު އެއްކޮށް ރަތްވިތަން ލީޝާ […]
އަޔާން ލިފްޓަށް ވަދެ ހަމަޖެހިލަމުން ކައިރީ ހުރި ޒޯޔާއާއި ދިމާލަށް ބަލައިލިއެވެ. ޒޯޔާ އަށް އަޔާން ލިފްޓަށް އެރިކަން ނޭގޭކަން އަޔާން އަށް އިނގުނީ ޒޯޔާ އިސްއުފުލާލައި އަޔާން އާއި ދިމާލަށް ބަލާވެސް ނުލުމުންނެެވެ. އަޔާން ޒޯޔާއަށް ސިއްރު ނަޒަރެއް ދިނެވެ. ކަޅުކުލައިގެ ލެގިންސް އަކާއި ރައްކުލައިގެ ގަމީހެއްގައި ހުރިއިރު ޒޯޔާގެ ސާދާކަން ހާމަވަމުން ދިޔައެވެ. ކުޑަކޮން ބުޅި ކޮށްފައި އޮތް އިސްތަށިގަނޑު ވޫލުކޮޅަކުން އައްސައި ހައްޔަރު ކޮށްފައި ވާއިރު ކުދި ބުޅި ކޮޅުތަކަކުންވާ ކުރު އިސްތަށިތަށް […]
“ކާލިންއޭ.. ކާލް… ދޮންތަޔާ އެއްކޮށްވެސް އުޅުންތަ؟ ދެން އައްޗީޑި.. އެކަމަކު އޭނަ ބުނީ….” އަހަރެންގެ ބޯ މާޒީއަށް ވުރެ އީންއަށް މުހިންމު ވީ ކާލިންއެވެ. ރަޝިޔާ މަންމައެއްގެ ރީތި ދަރިއެއް ވީމަ ވާނީވެސް އެހެންނެވެ. އެކަމަކު އޭނަ ދުނިޔޭގަ ހުރީކީވެސް ނޫނެވެ. “ކާލިން ކިހިނެއްވީތަ؟” އަހަރެން އެހީމެވެ. “އެލީނާ.. ކައެ ބޭނުންހާ މީހަކު ކައިރީ ކިޔޭ ފެންވަރުގެ ވާހަކަޔާ އެ ނޫން ވާހަކަތައް ދަންނާތި” އަހަރެން ސިހުނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްކައިރީ ތިބި ބަޔަކު ވަރަށް […]
ބެލްކަނީގައި މާޝީ ހުރީ ތިރީގައި ހިނގައި މަންޒަރު ތަކަށް ފުރިހަމަ ސަމާލުކަމެށް ދީގެންނެވެ. މާލޭގެ ހަލަބޮލި މަގުތަށް ފެންނަލެށް މާޝީއަށް ވަރަށް ހިތްގައިމެވެެ. މާޝީީ އިރުކޮށްކޮޅާ ފޯނު ނަގައިި އެ މަންޒަރު ފޯނުގައި ރައްކާކުރެއެވެ. އޭރު ހިމަފޮދު ވާރޭ ވެހެމުން ދިޔައެވެ. ބެލްކަނީގެ ހިތްގައިމު އެކި ކަހަލަ ގަސްތަށް ވެސް މާޝީ ފޯނުގައި ރައްކާކުރަމުން ދިޔައެވެ. ދިހަ ވަރަކަށް މިނެޓް އެހެން ހުރުމަށްފަހު މާޝީ އައިސް ބެލްކަނީގައި އިން ހެއްލާ އުނދޯލީގައި ޖައްސާލިއެވެ. އަދި ވައިފައި އޮން […]
ހަޔާތުގެ ދުވަސް ތައް ވަރައް ބުރަކޮއް ހޭދަ ކުރަން އަހަންނައް މިއަދުވަނީ މަޖުބޫރުވެފައެވެ. ސުކޫލުން ގެޔައް އަންނަ ގޮތައް އަހަންނައް ޖެހެނީ ޒުލްފައްތައައް ކާންހަދާ ކައްކާށެވެ. ގޭތެރެ ސާފު ކުރުމާއި އަދި މި ނޫންވެސް އެކި އެކި މަސައްކަތެވެ. އެގޭގައިގެން ގުޅޭ ނޯކަރެއް ހެން އަހަރެން އެގޭގައި އުޅެނީ ވަރައް ކެއްކޮއްގެންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އަމިއްލަ އަތުން އެއްޗެއް ހަދައިގެން ކެވޭ ވަރެއް ދުވަހަކުވެސް ނުވެއެވެ. އޭރު އަހަރެން އެޅެނީ 10 އެއްގަ ކަމެއް ޒުލްފައްތަ […]
“ދެން ކީއްކޮށްދޭންވީ؟” އެންމެ ފަހުން އެރުވި އެންމެ ބޮޑު ހަވާގެ ކަނިތައް ގެއްލުމުން، އަސްލާން އަހަންނާއި ދިމާއަށް ބަލައިލާފައި އެއްސެވެ. އެ ވަގުތު ކުއްލިއަކަށް ހިތަށްއެރި އެތިން އިސްޖަހައިލެވުނެވެ. މިފަހަރު އަމިއްލައަށް ކަމެއް ހުށައެޅުމަކާއިނުލައި އޭނާ ހުރީ އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އަހަރެން އިސްއުފުލައި ސީދާ އަސްލާންގެ ލޮލަށް ބަލައިލީމެވެ. “އަހަރެންގެ…ބަލި ރަނގަޅުކޮށްދެވޭނެތަ؟” ******************************* މަޑުމަޑުން އަހަރެން ބުނި ޖުމުލައިން އަސްލާންގެ މޫނުގެ ކުލަވަރު އޮއްސުންތަން ދުށީމެވެ. ވަގުތުން މުޅި މާހައުލުގެ ވައިވެސް ބަދަލުވިކަހަލައެވެ. “ތި… ނޫން […]
ފަތިހު ފަތިސް ނަމާދުކޮށްލައިގެން ޒިހާދު އިނީ ސިޓިންރޫމް ސޯފާގައި ހޫނު ކޮފީ ތައްޓެއް ބޯށެވެ.އިރުކޮޅެއް ނުވެ ޒަވީން ކޮޓަރިން ނުތެވެ. ޒަވީން ހުރީ ފަތިހު ޖޮގިންނަށް ދާން ރެޑީވެގެންނެވެ.ލާފައި ހުރި ކޮނޑުކެނޑި ޖޯޒީއާއި ފަލަމަސްގަނޑާ ހަމަޔަށް އަރާ ސޯޓުލާފައި އޭގެއިތުރުން އަރާފައި ހުރި ޓެނިސް ބޫޓުން ވެސް ޒަވީން ކަސްރަތަށް ދާން ތައްޔާރުވެގެން ހުރިކަން ފެންނަ ކޮންމެ މީހަކަށްވެސް އިނގޭނެވެ.ޒަވީން ހިނގައި ގަތީ ގެއިން ނިކުންނާށެވެ.އެހެންނަސް ގެއިން ބޭރަށް އަޅަން އުނުނު ފިޔަވަޅަށް މަޑުޖެހިލަން ޖެހުނީ ޒިހާދު […]
ހެމުންދާ ރޯޅިތައް ފިނިވާން ފަށަައިފިއެވެ .ތެއްފިންނެވެ. ކަޅުވިލާގަނޑުތެރެއިން ގެހެމުންދާ ރޯޅިތައް މަޑުމަޑުން ޒޯޔާގެ ދޮންކޯތާފަތުގައި ބީހެމުންދެއެވެ، މާ ގިނަ އިރުތަކެއް ނުވެ ވާރޭވެސް ވެހެންފަށައިފިއެވެ . ވާރޭތިކިތައް ޒޯޔާގެ ލޫޅާފަތި ހަށިގަނޑުގައި ބޮސްދެމުންދެއެވެ. ނަމަވެސް މިވަގުތު ޒޯޔާ އައް އެއިން އެއްވެސް ކަމެއް އިހުސާސްވާކަހަލަ އެއްނޫނެވެ. އެއައްވުރެބޮޑަށް ޒޯޔާގެ ހިތްވަނީ ކުދިކުދިވެފައެވެ. ބިންމަތީގައި ކަކޫ ޖަހައިގެން ޒޯޔާގެ ރޯމަންޒަރު ފެންނަ މީހަކުގެ ހިތް ހަމްދަރުދީ އިން ފުރޭނެއެވެ. ”ނޫންންންން!!!!! ”. ޒޯޔާ ބޮލުގައި ދެއަތް އަޅާ ބާރަށް […]