ޝާޔަން ފުންނޭވާތަކެއް ލަމުން ދިޔައިރުގައި މުޅިމީހާ ތެޅެމުންދިޔައެވެ. ނައިލް ހާސްވެފައި ޝާޔަންއަށް ގޮވަމުން ދިޔައިރުގައި ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ”ޝާޔަން…..ނޫން……ނޫން…..ޝާޔަން….” ނައިލް ހާސްވިވަރުން ހަދާނެ ގޮތެއްވެސް ނޭންގުނެވެ. ނައިލްއަށް ޝާޔަން އެތަނަށް ދޫކޮށްލައިފައި މީހެއްގެ އެހީއަށް އެދެން ދެވޭކަށްވެސް ނެތެވެ. ނައިލްގެ ފޯނު ޖީބުގައި އޮތްނަމަވެސް އެވެސް ނެގޭކަށް ނެތެވެ. ނައިލްގެ އަތް ޝާޔަންގެ ބަނޑުމަތިން ނަގައިފިނަމަ މާ ގިނައިން ލޭބޭރު ވާނެހެން ނައިލްއަށް ހީވާތީވެ އަތް ނަގާގަށްވެސް ނުކެރުނެވެ. ނައިލް ގޮތްހުސްވެފައިވާ ހާލު […]
“އަސްލާން…އަސްލާން… އަސްލާން!” އެ ވީ ގޮތެއް އޮޅުންފިލުވައިދޭތޯ އަސްލާންއަށް ގޮވީމެވެ. އެހެނަސް އޭނާގެ ހިލަމެއް ނުވިއެވެ. ބިންމައްޗަށް ތިރިވެވުނު އަހަރެންގެ ހިތަށް ވެރިވީ ބަޔާންކޮށްދޭން ނެގޭފަދަ ބިރެކެވެ. ******************************* އަސްލާންއަށް ކަމެއް ވީ ކަމުގެ ބިރު ފިލުވައެއް ނުލެވުނެވެ. ނަމަވެސް، ދެ ތުންފަތް ފިއްތާލައިފައި، ތުރުތުރުލަމުންދިޔަ ދެއަތް މުއްކަވައިލީމެވެ. “އަދި އަންނާނެ. ކުއްލިއަކަށް ތަނަކަށް ދާންޖެހުނީ ކަމަށް ވާނީ. އަދި އަންނާނެ.” އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ. ތެދުވެގެން ގޮސް އެނދުގައި ދެފައި ކުރުކޮށްލައިގެން އޮވެ ލޯ […]
ހެނދުނު ހޭލި އިރުވެސް ބޮލުގައި ރިއްސަމުން ދިޔައެވެ. އެހެންނަމަވެސް، އަހަރެން ރީތިވެލައިގެން ބޭރަށް ނިކުތީމެވެ. ރީތިވުމޭ މި މާނަކުރީ ފެންވެރި ކަމަށެވެ. ނަމަކަށް އަތުން ބޯވެސް ރީތިކޮށްލީމެވެ. ދެން އަހަރެން ދިޔައީ މަންމަ ގެއަށެވެ. “ހާދަ ގޮތަކަށް؟ ބަލީތަ؟” “ހްމްމްމް…… ސްކޫލަށް ގުޅާފަ މާދަމާ ބުނޭ މަ ބައްޔޭ. އުނހުނ، ކޮންމެހެން ބޮޑު ދޮގުތަކެއް ހަދާނެ ކަމެއް ނެތް.. ބުނޭ މި އަންނަ ހަފްތާ ސްކޫލަކަށް މަ ނުދާނެޔޭ….” އަހަރެން މަންމަގެ ޖަވާބަކަށް ބެލުމެއްނެތި ކޮޓަރިއަށް ވަދެ […]
” ދަރިފުޅާ. ޒައިކް…..” ޒައިކް އަށް ކިހިނެއްވީހޭ އަހާލެވުނީ ދެމީހުންނަށް އެއްފަހަރާ އެހާ ބާރުމިނުގައެވެ. ބައްޕަ ބުނަން އުޅޭއެއްޗެއް ނޭނގިގެން ޝިފާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަނެއްކާ ޒައިކް ކައިވެންޏަށް ނައިސް ފިލީބާއެވެ. ” ރޫބީ އާ ދިމާވެގެން ބުނި، ޒައިކް ހުރީ އެއާޕޯރޓް ގަ ކަމަށް. ބައްޕަމެން މިދަނީ އެއާ ޕޯޓަށް ދާން. ދަރިފުޅު ތައްޔާރުވާން އުޅެންވީނު ޕާޓީއަށް. މިހާރު މެންދުރުވީ، ހަތަރެއް ޖަހަންވާއިރަށް ތައްޔާރުވެ ނިމިގެން ހުންނަން ވާނީ ” ބައްޕަ އަވަސްކަމާއިއެކު ވާހަކަ […]
ޕީޗްކުލައިގެ މެކްސީއެއް ގައި ޝިފާ ހުރިއިރު ވަރަށް ހިތްގައިމެވެ. ބޮލުގެ އިސްތަށިގަނޑު ރީތިގޮތަކަށް ހަދާލުމަށްފަހު ، ލިޕްސްޓިކް ޖައްސާލިއެވެ. ” ކަމަނާ ވާންއުޅޭ ފިރިކަލުންނަށް ފެނިގެން ހުރިތަނަށް ފެއިންޓް ނުވިއްޔާ ރަނގަޅު. ފޮނިކަމުން މަށާދިމާލަށް ބަލާލާނެކަމެއްވެސް ނޭނގެ. ދިވެހިބަސް ނުވެސް އިނގޭނެ މިހާރަކު” ނަތާ ވާހަކަ ދައްކަމުން ޝިފާގެ ކުރިމައްޗަށް އެރިއެވެ. އަދި ދެންމެ ބޭބެއަށް ގުޅާލުމުން އެއާޕޯޓުން އެމީހުން ގޮވައިގެން އަންނަވާހަކަ ބުނެލިއެވެ. ޝިފާގެ އަތުގައި ހިފައިގެން ސިޓިންގ ރޫމަށް ނުކުތީ ޝިފާގެ ހާސްކަން ކަނޑުވާލުމުގެ […]
ސުދާ އަށް ސިއްސައިގެން ދިޔައީ ތުއްތު ދަރިފުޅު ރޯލިއަޑަށެވެ. އަތުގެ ނުފުށުން ލޯ ފުހެލަމުން ލޯބިވާ ދަރިފުޅު އުރާލީ މާޒީ ހަނދާން ކުރަން ބޭނުން ނުވާހާލުގައެވެ. އޭނާގެ ހުރިހާވެސް އުންމީދަކީ މިހާރު އެ ދަރިފުޅެވެ. މާޒީ ހަނދާންކޮށް ރުއިމުގެ ބޭނުމެއް ނެތެވެ. ދަރިފުޅުގެ އުފަލަށްޓަކާ ކުރިއަށްދާން ސުދާ ހުރީ އަޒުމުކަނޑައަޅާގެންނެވެ erektilemed.de….. ……. ސުދާ ގެ ދަރިފުޅަށް ކިޔާނެ ރީތިނަމެއް ސަޖެސްޓް ކޮއްބަ އަދި ރީތި ފިރިހެން ނަން ތަކެއްވެސް…
ފައިހާ ގޮވަގޮވާ ހުއްޓާ އައިހަމް ބަހެއް ބުނުމެއް ނެތި ގޮސް ގެއަށް ވަނެވެ.އައިހަމް އަޅާވެސް ނުލާ ދިއުމުން ފައިހާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.އައި ރުޅީގައި ފައިހާ ގެއަށް ދާން ހިނގައިގަތީ އިތުރަށް ގޯހެއްހަދަން ބޭނުންނުވާތީއެވެ. ******* ހެނދުނު ހޭލި އައިހަމްއަށް ބޮލުގައި އަތް ހިންގާލެވުނެވެ.ރޭގައި އޭނައަށް ފެނުނީ ހުވަފެނެއް ބާއޭ އައިހަމްގެ ހިތަށް އަރަމުން ދިޔައެވެ.އެނދުގައި އަތް ހިންގާލި އައިހަމްގެ އަތުގައި އެއްޗެއް ޖެހުމުން އައިހަމް ބަލާލިއެވެ.ރިހި ކުލައިގެ ހުދު އެހެއްޖެހި އަގޮޓިއަށް އައިހަމް […]
ޝާދީން ލޮބީ ކުރިމަތިން އަޅާލައިފައި ގޮސް މަތީ ފަންގިފިލާތަކަށް އަރަން ހާއްސަކޮށްފައިވާ ލިފްޓު ކުރިމަތީ ހުއްޓެމުން ބަޓަނަށް ފިތާލިއެވެ. އިރުކޮޅެއްފަހުން ލިފްޓު ހުޅުވިގެންދިޔައިރު ޝާދީން ފޯނާއި ކުޅެން ހުރެފައި އިސްއުުފުލާ ބަލާލިއިރު ފެނުނު ސޫރައަކުން ހިނދުކޮޅަކަށް މީހާ ހުއްޓުން އަރާގޮތްވިއެވެ. މީހާ ގަނޑުވިފަދަ އިހުސާސްއެއްވީއިރު އިރުކޮޅެއްވަންދެން ޝާދީންއަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. މާޒީގެ ހިތިކަން މީހާ ވަށާލިއިރު ޝާދީންގެ ލޮލުން ވޭނެއްގެ އަސަރު ފާޅުވާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ހަތަރުއަހަރުވަންދެން އޭނަ ސިއްރު ކުރި ރިހުންތައް ލޮލުން […]
ރޭދެބައިވާން ހުރީ ހަމައެންމެ ވިއްސަކަށް މިނެޓެެވެ. ނަމަވެސް ވަގުތާއިމެދު ފަރުވާލެއްނެތި, ރޭގަނޑުގެ އަރާމު ނިދިން އެއްކިބާވެހުރެ, ދާނިޝް ވިސްނަމުންދިޔައީ ރީޝާއާއި ދޭތެރޭގައެވެ. ރީޝާއާއި އިޒްހާރުގެ ގުޅުން ދާނިޝްގެ ހިތަށް އަނިޔާދެމުންް ދިއައީ ބަޔާންކުރަން ދަތި މިންވަރަކަށެވެ. އެ ހިތުގެ ހާލު ރީޝާއަށް އިއްވައިދޭން ދާނިޝްގެ ޒަމީރު އެދި ގޮވަމުންދިއެވެ. އެންމެފަހު ސިކުންތާއި ހަމައަށްވެސް އެ ނިކަމެތި ހިތުގެ ފަސާނާ ރީޝާއަށް އިއްވައިދޭން ބޭނުންވެފައިވާކަން ދާނިޝްގެ ހިނިތުންވުުމެއްނެތް މޫނުމަތިން އިންތިހާއަށް ހާމަވާން ހުއްޓެވެ. ކުރެވުނު ކުށްތަކަށް އަދިވެސް ރީޝާ […]