Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނާއިންސާފް 14

Monsta Level 310 Stories100 Comments100 Login
June 15, 2019 5 Mins Read
8 Comments

“ކާލިންއޭ.. ކާލް… ދޮންތަޔާ އެއްކޮށްވެސް އުޅުންތަ؟ ދެން އައްޗީޑި.. އެކަމަކު އޭނަ ބުނީ….” އަހަރެންގެ ބޯ މާޒީއަށް ވުރެ އީންއަށް މުހިންމު ވީ ކާލިންއެވެ. ރަޝިޔާ މަންމައެއްގެ ރީތި ދަރިއެއް ވީމަ ވާނީވެސް އެހެންނެވެ. އެކަމަކު އޭނަ ދުނިޔޭގަ ހުރީކީވެސް ނޫނެވެ.

“ކާލިން ކިހިނެއްވީތަ؟” އަހަރެން އެހީމެވެ.

“އެލީނާ.. ކައެ ބޭނުންހާ މީހަކު ކައިރީ ކިޔޭ ފެންވަރުގެ ވާހަކަޔާ އެ ނޫން ވާހަކަތައް ދަންނާތި” އަހަރެން ސިހުނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްކައިރީ ތިބި ބަޔަކު ވަރަށް ބާރަށް ވާހަކަދެއްކުމުންނެވެ. ހަމަ އެއާއިއެކު އީން އިސްދަށަށް ޖަހާލިއެވެ. މިމީހުންނާ އެލީނާއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ.

“އީން؟”

“ހިނގާ ދާން.” އީން ބުނީ އެހެންނެވެ. އޯރޑަރ ދީފައި އަދި ކާއެއްޗެހި ނުވެސް އާދެޔެވެ. އެކަމަކު ދާންވީ ހެއްޔެވެ؟ އެއީ އަހަރެން ދުވަހަކު ކުރަން ހިތުލީ ކަމެއްވެސް ނޫނެވެ. ނަމަވެސް މޭޒުމަތީގައި ސަތޭކަ ޑޮލަރުގެ ނޫޓެއް ބާއްވާފައި އަހަރެންނަށްވެސް ޖެހުނީ އީންގެ ފަހަތުން ދާށެވެ. އަހަރެން އީން ވަގަށް ގެނެސްފައި އެކަނިދާން ދޫކޮށެއް ނުލެވޭނެ ނޫންހެއްޔެވެ. ފޯނު ނުބަލާ ހުރީ ވެސް ލުވެއިޒްގެ މެސެޖުތައް ފުނިފުންޏަށް އަންނާނެކަން އެނގޭތީއެވެ.

ދެންވެސް އެކި ތަންތާ ހޭވިހޭވިފައި ގެއާދިމާއަށް މިސްރާބުޖެހިއިރު ފަސްގަޑި ބައިވެއްޖެއެވެ.

“ތެންކްސް… އައި ހެޑް އަ ރިޔަލީ ގުޑް ޓައިމް” އެލީނާ އެތެރެއަށް ވަންނަމުން ހިނިތުންވެލިއެވެ.

“ބުނީމެއްނު ތިހެނެއް ނޫނޭ ބުނަންވީ” އަހަރެން ފުން ނަޒަރަކުން އެލީނާއަށް ބަލާލަމުން މާނަފުން ހިނިތުންވުމެއް ދިނީމެވެ.

“ސޮރީ….. އެކަމު ވިސްނާނަން” ވަރަށް މަޑުމަޑުން ބުނެލުމަށް ފަހު، ބަލާވެސް ނުލާ، އީން އެތެރެއަށް ދެމިގަތެވެ. އެވަރުންވެސް މޫނު ބްލަޝްވިތަން އަހަރެންނަށް ފެނުނެވެ. އެވަރަށް ބުނެލަންވެސް އަންހެން ކުދިން ގަންނަ ލަދެކެވެ. ދެން އަދި އާނއެކޭ ބުނާ ދުވަހަކުން ކިހާވަރެއް ވާނެހެއްޔެވެ.

ވިސްނަން ފެށީމާ ސިކުނޑިއަށް އަންނާނީ ހުސް ގޯސް ޚިޔާލެވެ. ޚިޔާލު ގޯހީކީ ނޫނެވެ. ހިތް އާސްމާނުގައި އުޅެނީއެވެ. އަހަރެން ހިތަށް އެރީ ކޮންމެވެސް ދުވަހަކުން، އަހަރެން އަނބި ޤަބޫލުކޮށްފީމޭ ބުނާއިރު އެލީނާއަށް ވާނެ ގޮތެވެ. ގަމާރު ހިތާއެވެ. އެކަހަލަ އެއްޗިހި ހިތައް އަރުވަން އަދި މީ ކޮން ދުވަހެއް ހެއްޔެވެ؟

ގެއަށް އައި އިރު އަހަރެންނަށް ހުރީ ހިނިތުންވެވިފައެވެ. މިޝްކާ މިއަދު އިރު އެރީ ކޮން ކޮޅަކުންހޭ އަހާލީވެސް އެހެންވެ ކަންނޭންގެއެވެ. ކީތްހެއްޔެވެ. އަހަރެންނާއި އަހަރެންގެ ނިމުމެއްނެތް، މާނައެއްވެސް އޮތް ކަމެއް ނެތްކަމެއް ނޭންގޭ ހުވަފެންތަކެވެ.

އެރޭ އަނެއްކާވެސް ފައި ދައްކަން ހޮސްޕިޓަލަށް ދާން ޖެހުނެވެ. ކިތަންމެ ގިނައިން ހިނގާ އުޅުނަސް ތެދަށް ބުނާނަމަ އަޅާ ކޮންމެ ފިޔަވަޅަކާއި އެކު އަދިވެސް ތަދުވެޔެވެ. އަތް މުޅިންހެން ރަނގަޅު ވެފައިވީނަމަވެސް، އަދިވެސް ޖިމަށް ދާން ފެށޭވަރެއް ނުވެއެވެ.

ގެއަށް އައި މަގުމަތީގައި، ޑޮކްޓަރު ދެއްކިހާ ވާހަކައެއް މަންމަ އަނެއްކާވެސް އަކުރުން އަކުރަށް ކިޔައިދިނެވެ. އަދި އެހެންޏާވެސް ދޭ ބޮޑު ދަރުސް ދިނެވެ. ބޭސް ކާން ޖެހޭނެ ވާހަކަޔާ ސްކޫލަށް ދާން ޖެހޭނެ ވާހަކައެވެ. އަދި އެންމެ މުހިންމު ކަމަކަށް ކިޔަވަން ބޮޑަށް މަސަކަތް ކުރަން ޖެހޭނެވާހަކައެވެ. އަބަދެކޭވެސް އެއްގޮތަށެވެ. ފަހު އަހަރު ވީމަ ކަމަށް ބަލަމާހިނގާށެވެ. މޮކް އެކްސާމްސް ވެސް ބޯމަތި ވަނީއެވެ.

ހަފްތާފެށިގެން ދުވަސްތައް ފާއިތުވެގެން ދިޔައީ ވަރަށްވެސް އަވަހަށެވެ. ސްކޫލްގަޔާއި އެކްސްޓްރާ ގަޑިތަކުގައި އަދި މަދުމަދުން ނަމަވެސް ގްރޫޕް ސްޓަޑީސްތަކުގައި ވެސް އުޅެންޖެހުނީ ވަރަށް އަވަދިނެތިއެވެ. ނަމަވެސް ހުކުރު ދުވަހަށް އަހަރެން ކަމެއް ރާވާލީމެވެ.

ހުކުރުން ފައިބައިގެން އަހަރެން ދިޔައީ ލުވެއިޒް އާއި އެކު އެގެއަށެވެ. ބަލަން ކިޔާފައި އޮތް މޫވީއެއް ބަލަން ކަމަށެވެ.

“ބުނީމެއްނު ވީހާވެސް އަވަހަކަށް އަންނައްޗޭ…. ހާދަ ލަސްވެއްޖޭ މިހާރުވެސް.” ގެއަށް ވަތް ތަނާހެން، އެލީޒާ ކޮންމެވެސް ތާކަށް ލާން ދާން ލުވެއިޒް އަށްޖެހުނެވެ.

އެވަގުތު ގޭގައި އުޅޭނީ އީން އެކަނިކަން އެނގުނު ނަމަވެސް މައްޗަށް ދާކަށް އަހަރެންނަކަށް ނުކެރުނެވެ. އީންއަށް އުނދަގޫކުރަން ބޭނުން ނުވާތީއެވެ. އަހަރެން ނުކިޔެވިޔަކަސް އީން އޯލެވެލް ހަދާއިރު ކިޔަވާނެއެވެ. އެހެންކަމުން އަހަރެން ގޮސް ސޯފާގައި ޖައްސާލީމެވެ.

ފަހަތް ބަލާލެވުނީ މީހަކު އަންނަ އަޑަށެވެ.

“އަހަނ މާޒިން….. ހާދަ ދުވަހެއް ފަހުންނޭ ދޯ މި ފެނުނީ… މިހާރު މާޒިން ވަރަށް ތަފާތު އިނގޭ.” މަސްތަކެއް ވެފައިވީނަމަވެސް ފަޔާޒްބެގެ މަޖާ ގޮތްގަނޑު ހަމަ އެހުރި ވަރުގައި ހުއްޓެވެ. ބިސްނަސް ކަންކަމުގައި އަހަރެންގެ ބައްޕަޔާއި އޮތް ގާތް އެކުވެރ ކަމުގެ ސަބަބުންނާއި އަހަރެންނާއި ލުވެއިޒްގެ އެކުވެރިކަމުގެ ސަބަބުން ފަޔާޒްބެ އަބަދުވެސް އަހަރެން ގެންގުޅުނީ ދަރިއެއްހެންނެވެ. ދެން ފަހަރެއްގައި ބަފައިބެއަށްވެސް ވެދާނެ ނޫންހެއްޔެވެ.

“ކޮބާ ލުވެއިޒް؟”

“ލީޒް ކޮންމެސް ތާކަށް ލާން ދިޔައީ”

އަހަރެން އެހެންބުނުމުން ބޯ ޖަހާލާފައި ފަޔާޒްބެ ދިޔައީ ގެއިން ނިކުންނާށެވެ. ސޫޓް ލާފައި ހުރުމުން ކޮންމެވެސް މީޓިން އެއް ކަމަށް ބެލީމެވެ.

ދެންވެސް ފަހަތް ބަލައލެވުނީ މީހަކު އަންނަ އަޑަށެވެ. މިފަހަރު އަންހެނެކެވެ. ފެންނަފެނުމަށް ޒުވާނަކަސް އުމުރު އުޅޭނީ ސާޅީހުގައި ކަމަށް ބެލީމެވެ. އެއީ އީން މަންމަ ހެއްޔެވެ. ލުވެއިޒްވެސް، އައިސް އުޅޭ ވާހަކަ ނުވެސްބުނެއެވެ. މިގޭ ތިން ކުދިންނަށް ލިބިފައިހުރި ރީތި ކަމުގެ ސިއްރަކީ އެއީތާއެވެ. އެލީނާއާއި އެލީޒާއާ ދެމީހުންނާވެސް ވަރަށް ވައްތަރެވެ. ލުވެއިޒް އަށް ލިބިފައި އެހުރީ ލަމްހާ ދައްތަގެ ލޮލެވެ.

“މީ ކޮންކުއްޖެއް؟” އެލީނާގެ އަޑުން އަހާލިއިރު ހަމަ އެ ސްޓައިލްއެވެ. އަހަރެންވެސް މަންމަޔާ އެހާ ވައްތަރުވީ ނަމަ ހާދަ ރީތ ވީހެވެ. އެއްޗެއް ބުނަން އަނގަހުޅުވާލިތަނާ މަތިން ޖަވާބު އައެވެ. އަހަރެންނަށް ބަލާލެވުނީ ހަމައެކަނި ޖަވާބު އައުމުންނެއް ނޫނެވެ. ހިތުގެ ރާނީގެ އަޑު އިވުމުން ނުބަލާ ނުހުރެވޭނެ ނޫންހެވެ.

“އޯހ.. އެއީ ދޮންބެ ބެސްޓީ މާޒިން.” އަޅެ ފިޔުޗަރ ސަން އިންލޯ އޭ ބުނެލިނަމަ ކީތްހެއްޔެވެ.

“މަލްދާޔާ ޒިހާންގެ ދޯ؟” އެހެން އަހާލުމުން އަހަރެން ބޯޖަހާލީމެވެ. ލަމްހާ ދައްތަޔަށް އަހަރެންގެ މަންމަމެން އިނގެނީތާއެވެ. ދެން އިނގެން ޖެހޭނެވެސް ނޫންހެވެ.

ލުވެއިޒް އައީ އެވަގުތެވެ. “އޮހް ހޭ… ލަސްވެއްޖެ ދޯ. ސޮރީ” ލުވެއިޒް އައިސް އަހަރެން ކައިރީ މަޑުކޮށްލިއެވެ.

“މޫވީ ބަލާނަންތަ؟” އަހަރެން އީންއާއި ދިމާއަށް ބުނެލުމުން، ލުވެއިޒްވެސް އެއީ ތެދެކޭ ބުނެ ބަލާނަންތޯ އެހިއެވެ.

“ކޯޗެއް؟”

“ނޭންގެ… އެބަހުރި ބައިވަރު… މެން އިން ބްލެކް…ޖޯހން ވިކް ޗެޕްޓަރ ތްރީ…. އަދި ވަރަށް ފަހުން ނެރެފިއެއްނު ސްޕައިޑަރ މޭން ފަރ ފްރޮމް ހޯމްވެސް…. އަލާއްދީންވެސް ބެލިދާނެ” ލުވެއިޒް، ބަލަން ޕެންޑިން ގައި ހުރި ފިލްމުތަކެއްގެ ލިސްޓު ކިޔާލިއެވެ. އެލީނާ ކާއެއްޗެއް ހިފައިގެން އެބަ އަންނަމޭ ބުނުމުން އަހަރެމެން ދިޔައީ ޓީވީ ރޫމްއަށެވެ.

“މަށަށް އަލަށް ދޯ ކައެ މަންމަ މި ފެނުނީ؟” ސޯފާއަށް ވެޑުވިލަމުން އަހަރެން ބުނެލީމެވެ.

“ކުޑައިރު ފެނިފަ ކަންނޭންގެ ހުންނާނީ؟ އެކަމު ހަނދާނެއް ނުހުންނާނެ.” ލުވެއިޒް، ތަން އަނދިރި ކުރުމަށް ފަހު ފިލްމު އަޅުވަމުން ބުންޏެވެ.

“ކައެ މަންމަ ރީތި ޝާއަށް ވުރެ” އަހަރެން އަނެއްކާވެސް ބުނެލީމެވެ. ލުވެއިޒް ހެމުން އަހަރެންނާއި ދިމާއަށް ލޯއަޅާލިއެވެ.

“ކައެ ޖެލަސްވަނީދޯ!”

“ލުވެއިޒް ލައިފް ގަ މަ ޖެލަސް ވާވަރުގެ ކަމެއް ނޯންނާނެ. މަގޭ މަންމަވެސް ހަޑިއެއް ނޫނޭ.. އަނެއްކޮޅުން މަންމަ އިންލޯވެސް ރީތިވީނު” އަހަރެން ޚިޔާލީ ދުނިޔެއްގައި އުޅެމުން ބުނެލީމެވެ. އަސްލު ބުނެވުނީއެވެ. ދެން ގަސްތުގަ އަހަރެންވެސް އެވަރުގެ ފޮޅިއެއް ނާޅާނެ ނޫންހެވެ.

“މަންމަ އިންލޯއޭ؟” ބުނެވުނީ ނުބައި އެއްޗެއްކަން އިހުސާސްވީ ވެސް ލުވެއިޒް ސުވާލުކުރުމުންނެވެ. ދެން ލުވެއިޒް އަހަރެންގެ ހިތާއި ސިކުނޑީގައި ހުރިއްޔާ ހުރި އެއްޗެއް ނެރެފައި ނޫނީ ދުލެއްވެސް ނުކުރާނެއެވެ.

“ކައެ ކޮއްކޮ ރީއްޗޭ…..” ޕިއްޒާ ފޮށްޓަކާއި ކޯކް ފުޅިއެއް ހިފައިގެން އައި އީންއާ ދިމާއަށް ބަލަމުން އަހަރެން ބުނީ ހަމައެކަނި ލުވެއިޒްއަށް އިވޭނެ ވަރަށެވެ. އީންއަށް ރަނގަޅަށް ނީށީންދެވިގެން އުޅެނިކޮށް ލުވެއިޒް ޕަކަޕަކަ އަޅާފައި ހޭންފެށިއެވެ. އަހަރެން ބުނި އެއްޗެއް ލުވެއިޒްއަށް ގެޓުވީ އެހާ ހިސާބުން ކަންނޭންގެއެވެ.

“އޭ ހަމަ އަސްލުވެސްތަ… ކޮންގްރާ ބްރޯ… އެކަމަކު… އަޅެ ދޮގު ނުހަދާ..” ހިނިގަނޑު ތެރެއިން ލުވެއިޒް ވާހަކަދެއްކިއެވެ. ލުވެއިޒް މާނަ ނެގީ ނެގޭނެ އެންމެ ބޮޑަށެވެ. ކިހާ ދެރަކަމެއްހެވެ. އީން އަށް އަހަރެމެން ދައްކާ ވާހަކަ އެނގިއްޖިއްޔާ ދެމީހުންގެ ބޮލާ ކަނދުރަޔާ ވަކިކުރާނެއެވެ.

“ލުވެއިޒް ދެން ޝަޓްއަޕް… އަދިއެއް ނޫނޭ.. ފަހުން.. ޓަރޓެގެޓް” އަހަރެން ފާޑަކަށް ލުވެއިޒް އަނގަމަތީ އަތް އަޅަމުން ބުނީމެވެ. މީނައާ ހެދި އަދި އެލީނާ އަހަރެން ދަންޖައްސާނެއެވެ. އަހަރެމެން ޖަހާ ސަކަރާތް ނޭންގިގެން އީން އަހަރެމެންނާ ދިމާއަށް ބަލާލިވެސްމެއެވެ.އަސްލު ވެގެން އުޅޭގޮތް ނޭންގުނުކަންވެސް ހަތް ނަސީބުން އެއް ނަސީބެވެ.

“ލީން ވެސް ކޮންގްރާ ކިޔާބަ…. މައެ ބެސްޓީވެސް ސައިންސް ކިޔެވިޔެއް ކަމަކު ބިސްނަސް މެންއަކަށް ވަނީއޭ… ނެކްސްޓް މަންތްގަ މަޝްހޫރު އެކޮމޮޑޭޝަން ބިސްނަސް، ޑްރީމް ހޮޓެލްސްގެ ސީއީއޯއަށޭ މިހިރަ ޅަ ސޮރު ވަނީ” ވާހަކަ އޮޅުވާލަން ލުވެއިޒް ވަރެއް ނޫޅޭނެއެވެ. އަދި އެއޮތް ކޮށްލި ތައުރީފަކާއި ހަދާލި ބޮޑުދޮގެވެ. ޓެސްޓްތައް ނުނިމެނީސް ބިސްނަސް އެއްކޮށް އަހަރެންގެ ނަމަށް ބަދަލުކުރަން މަންމަ ހިތުވެސް ނުލާނެއެވެ. އޭގެ ފަހުންވެސް އެއީ ވާނެ ކަމެއް ކަނަ ޔަގީނެއްނޫނެވެ.

“އޮހްހް… ކޮންގްރާ؟” އެލީނާ ގޮތަކަށް އެހެން ބުނެލުމަށް ފަހު ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. އަހަރެންނާއި ދިމާއަށް ބަލައިވެސް ނުލިއެވެ. އަދި ވިސްނާނަމޭ ބުންޏެއް ނޫންހެއްޔެވެ. ހަމަ ލުވެއިޒްއެކޭ އެއްވަރެއްގެ ދޮގުވެރިއެކެވެ. އެއް ތަތްގަނޑަކުން ނަގާފައި ތިބި އެއް ވައްތަރު ދެމީހުންނެވެ.

އަހަރެންނަށް މާ ބޮޑަކަށް ފިލްމަށް ސަމާލުކަމެއް ނުދެވުނެވެ. އެއީ ލުވެއިޒްއާއި އެއްކޮށް އެއްޗެއް ބަލަންޏާ އަބަދުވެސް ވާ ގޮތެވެ. އަހަރެމެންނަށް ދެއްކޭނީ ޝޫޓިންގައި ހުރި ކޮންމެވެސް އުނި ސިފައެއްގެ ވާހަކައެވެ.

“އީން!!” އަހަރެން ވަރަށް ބާރަށް ގޮވާލީވެސް އަމުރުވެރި ގޮތަކަށެވެ. އެހެންކަމުން އެލީނާގެ އިތުރުން ލުވެއިޒްވެސް ބަލައިއެވެ.

“ތިގޮތަށް ޓޮމް ހޮލޭންޑްއާ ދިމާއާށް ނުބަލަންވީ” އަހަރެން އަމުރުވެރި ރާގަކަށް ބުނެލީމެވެ. ވަގުތުން ލުވެއިޒް ހޭންފެށިއެވެ.

“ކައެ ޖެލަސްވަނީތަ؟”

އަހަރެން ހޫމް ލައްވާލަން އުޅެފައިވެސް ބޯ ހޫރާލީ، އެލީނާއަށް ވީގޮތް ފެނިފައެވެ. ލިބުނު ހައިރާންކަމާއި އެކު، އެމޫނު ރީތިކޮށްވެސް ރަތް ވެގެން ދިޔައެވެ. އެހެންކަމުން އަހަރެންވެސް އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވުމުން ހޭން ފެށީމެވެ.

“ކައެމެން ދެމީހުންނާ އެއްކޮށް މި ބެލޭނީކީވެސް ނޫން….” އަހަރެންނާއި ލުވެއިޒްއަށް ހަމަޖެހިލެވުމުގެ ކުރިން އީން އެތަނުން ނިކުންނަން ދިޔައެވެ. ދެން އަހަރެމެން އެކަނި ބައްދަލުވާ ވަގުތަކުން، އީން އަހަރެން ދިރިހުއްޓާ ވަޅުވެސް ލާފާނެއެވެ.

އެލީނާ ނިކުމެ ދޮރު ލެއްޕުމާއި އެކު، ލުވެއިޒް ތެދުވެ ނިކަން ހަމަ ޖެހިލައިގެން އަހަރެންގެ ކުރިމަތީ އިށީންދެލިއެވެ.

“ކިހިނެކޭ ކިހިނެކޭ ވީ؟” ލުވެއިޒް އަށް ހީވަނީ ދެޢީދު އެއްފަހަރާ ލައިގަނެގެން އުޅޭހެންނެވެ.

“ނޭންގެ ބްރޯ… ކައެ ކޮއްކޮ މައެ ކުރާ މަސައްކަތް ފޭރިގަތީ… މީގެ ކުރިން މަށެއްނު މީހުންގެ ހިތް ވައްކަން ކުރަނީ. އެންމެ ފަހުން ކައެ ކޮއްކޮ މައެ ހިތް ގެންދިޔައީ… ކިހިނެއްކަމެއް ކޮން އިރަކު ކަމެއްވެސް އިނގެނީކީ ނޫން…” އަހަރެން ކިޔައިދިނީމެވެ. ދެން ލުވެއިޒް ވީމަ އޯކޭއެއް ނޫންހެއެވެ. ލުވެއިޒް ޝާނާ ސެޓުކުރިއިރުވެސް، އަހަރެންނަށް އެންމެ އެގާރަ އަހަރެއް ކަމަކު، އެދެމީހުން ދެމެދު ހިނގިހާ ކަމެއްގެ ކޮޕީ، ލުވެއިޒްގެ ބޮޑު ހާސަރާއެކު، އަހަރެންގެ ސިކުނޑީގައި ހުންނާނެއެވެ.

ސަކަރާތްޖަހަން އުޅެއުޅެފައި އަސުރު ނަމާދަށް ގޮވުމުން އަހަރެމެން ގެއަށް ދާން ނިކުތީމެވެ. ކަމެއް ޚިޔާލަށް އައީ އެލީނާ ފެނުމުންނެވެ.

“އޭ ލުވޭ، ކަމެއް ކޮށްދީބަ” އަހަރެން އެހެން ބުނުމުން ލުވެއިޒް ނިތް އަރުވާލިއެވެ. ކަތި ނަޒަރަކުން އީންވެސް ބަލާލިކަން އަހަރެންނަށް އިނގެއެވެ.

“މައެ ބިސްނަސް މީހަކު އަތުލީއޭ ބުނީމެއްނު… ރިވޭންޖް ބޭނުމޭ…. ކައެ ޖަލްސާއަށް ދާއިރު، އެޕޮއިންޓްމެންޓެއް” އަހަރެން ލާނެއް ހިނިތުންވުމެއް ދިނީމެވެ.

“އޭން؟ އޮވްވް.. ޝުއަރ، ތިކަން ވާނެ” ލުވެއިޒްވެސް ނުލަފާ ހިނިތުންވުމެއް ދިނެވެ. ކަންކަން ވާނީ ބެސްޓީ ގޮވައިގެން އުޅުނީމައެވެ.

…………

ގަޑިއަށް ބަލަހައްޓައިގެން ވަގުތު ނުގުނިއެއްކަމަކު އަހަރެން ހުރީ އަށްގަޑި ބައިނުވެގެން ލަސްވެފައެވެ. އަހަރެން އެދުނުގޮތަށް އަށެއްޖެހިއިރު، އަޔާޒް އަހަރެން ބަލައި އައެވެ. މިނިވަން ދުވަސްކަމުން، ލައިސެންސް ނެތި ސައިކަލު ދުއްވާލައިފިއްޔާ، ގަޑިއަށް ނުދެވިދާނެކަމުގެ ބިރަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Monsta

Level 310 Stories100 Comments100 Login

Other Articles

Previous

ވަފާތެރި ކެހިވެރިޔާ….1

Next

ކަލާޔާ ނުލާ 17

Next
June 15, 2019

ކަލާޔާ ނުލާ 17

Previews
June 15, 2019

ވަފާތެރި ކެހިވެރިޔާ….1

8 Comments!

  1. Luc!f3r says:
    June 16, 2019 at 3:43 am

    Thi Ayaaz aa Kaalin aa gulhumeh veybaa.. Luveiz ehaa faseyhain support kuraane kamakah hiyeh nukuran.. Waiting for the next episode

    1. Monsta says:
      June 16, 2019 at 4:07 am

      Hehe. Maaxin kairyga Luveiz ves ulheyny varah naughty koshey. Anehkolhun luveiz ves beynun vaane dhw bestie brother in law ahh hadhan ???. Ayaaz aky kaakukan varah avahah ingeyne Insha Allah. And veehaaves avahakah up kohdheveytho balaanan. N thanks a lot

  2. drax says:
    June 16, 2019 at 5:13 am

    Oh sis nice mi part ves ??

    1. Monsta says:
      June 16, 2019 at 9:37 am

      Hmm dhen thankss buddy

  3. jiji says:
    June 16, 2019 at 1:52 pm

    Monstaruu..Mi part vv obi ingeyy..Alhe whn next…I am so curious ey inge..Avahah up kuraathi ingey monsta..waiting fr the next❤❤❤❤????????????

    1. Monsta says:
      June 16, 2019 at 5:13 pm

      Hehe thanks jiji. Miadhu haveeru submit kuraanan Insha Allah. ????

  4. Neko? says:
    June 16, 2019 at 2:12 pm

    ???????????????????????????? Dhn fahe kiikey bunaaniii …ahahah …. comment eh dheynan dhn u aa meet vaa thaakun …?????? mihaaru bandah thadu vejje hiihii

    1. Monsta says:
      June 16, 2019 at 5:24 pm

      Hehe thankss. So lol was your comment. Thankssss

Comments are closed.

Next Episodeނާއިންސާފް 15←


All Right Reserved!