ގާތުގައި ނުވިޔަސް ލޯބިން 2
ހަވީރުގެ ވަގުތުު ކޮންމެ ދުވަހަަކުވެސް އެކުގައި ބޭރަށް ނުކުމެ އުޅުމަކީ ކައިޒަންއާއި ނާހިލްގެ އާދަ އެކެވެ. ކައިޒަންއާއި ނާހިލް އަތިރިމަތީގައި ހުރި ބޮޑުގަހެއްގެ ހިޔަލުގައި ބަހައްޓާފައިވާ ޖޯލިތަކުން ޖޯއްޔެއްގައި އިށީންދެއިނެވެ. ނާހިލް ހުއްޓުމެއް ނެތި ވާހަކަދައްކަމުން ދިޔައިރު ކައިޒަންގެ ނަޒަރު ހުއްޓިފައިވަނީ އޮމާން ކަންމަތީ ވިދުމެއް އެކުލެވިގެންވީ މޫދަށެވެ. އެއްލި ކަޅިއަކުން ކައިޒަންގެ ލޮލުގައި އަޅައިގަނި މަންޒަރައް ބަލަން ކައަޒަންއަށް އިނެވުނެވެ. ރާޅުތައް އައިސް ދޮންވެލިގަނޑުގައި ބީހެމުން ދިޔައިރު އެރާޅުތަކާއެކު ސަމާސާކުރަމުން ދިޔަ ކުއްޖާގެ ސޫރަޔަށް ގެއްލިފައި ކައިޒަންއަށް އިނެވުނީ ކަޅިޖަހާނުލައެވެ. އެ އަންހެންކުއްޖާއީ ރީތިކަމުގެ ލާމަސީލު މިސާލެކެވެ. ރަތްކުލައިގެ ޝޯލްޑާރ ލެސް އަތްދިގު ޓޮޕްކޮޅެއް ލާފައިވީ އިރު ތިރިން ލާފައިވަނީ ހުދުކުލައިގެ ސިކިނީއެކެވެ. ހުސްފަޔާ ދޮންވެލިގަނޑުގައި ރާޅުތަކާ ސަމާސާކުރަމުން ދިޔައިރު ޖެހިލާފިނި ވައިރޯޅި ދޫކޮށްލާފައި ވާ ފަން އިސްތަށިގަނޑާ ކުޅެލަމުންދެއެވެ. ތުންފަތުގައި ރަތް ކުލައިގެ ލިޕްސްޓިކް ޖައްސާފާވީއިރު މޫނުމަތީގައި ކޮށްފައިވަނީ ލުއި މޭކަޕެކެވެ. ތުންފަތުގައިވާ ފުން ހިނިތުންވުން ފެނި ހިތައް ހަމަޖެހުން ލިބިގެންދާއިރު އެ ހިނިތުންވުމުން އެތައް ފިރިހެން ކުއްޖެއްގެ ހިތް ކަތިލާފަދައެވެ.
ކައިޒަންގެ ސަމާލުކަމެއް ލިބިފައި ނުވިނަމަވެސް ނާހިލް ހުއްޓުމެއްނެތި ވާހަކަ ދައްކަމުން ދިޔައެވެ. ނާހިލްގެ ވާހަކަ ހުއްޓުމަކަށް އައީ އެއް ދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިން ކައިޒަން ފެނިއެވެ. “ކައި .. ކައި..” ނާހިލް ކައިޒަންއަށް ގޮވުމުންވެސް ކައިޒަންއަށް އެކަން ނޭގުމުން ނާހިލް ހައިރާންވިއެވެ. އެހާ ކައިރީ އިނެގެން ގޮވިނަމަވެސް ކައިޒަންއަށް އަޑެއް ނީވުނެވެ. އެތައް ފަހަރަކު ގޮވުމުން ކައިޒަންގެ ފަރާތުން ޖަވާބެއް ނުލިބުމުން ކައިޒަން ނަޒަރު ހުއްޓާލައިގެން އިން ދިމާލަށް ނާހިލް ބަލައިލިއެވެ. ކުރިމަތިން ފެންނިގެން ދިޔައީ ކިއާރާއެވެ. ކައިޒަން ކަޅިޖަހާލުމެއްނެތި ކިއާރާޔަށް ބަލަން އިނުމުން ނާހިލްގެ މޫނުމައްޗަށް ލާނެތްކަމެއް ވެރިވިއެވެ. ” ކައިޒަން……” ނާހިލް ކައިޒަންގެ ކަންފަތްދޮށުގައި ވަރަށް ބާރަށް ކައިޒަންގެ ނަމުން ގޮވާލުމުން ކައިޒަންއަށް ސިހުމެއް ލިބުނެވެ. ސިހިފައި ނާހިލްއާ ދިމާ ބަލާލިއެވެ. “ކިހިނެއްވީ؟..” ނާހިލްގެ މޫނަށް ބަލައިލަމުން ކައިޒަން އަހާލިއެވެ. ” ކޮންތާކަށް ގެއްލިފަ… މަ ހާދަވަރަކަށް ގޮވާފީމޭ… މިހާ ކާރީ އިނެގެން ގޮވިއިރުވެސް ކައިޒަންއަކަށް ނޭގުނެއްނުން… ކޮން ކަމަކަށް ގެއްލިފަ…. ” ނާހިލް ވީގޮތް ނޭނގޭކަމަށް ހަދަމުން އަހާލިއެވެ. “އާން.. ނޫން… ކަމަކަށް ގެއްލިފައެއްނޫން…..” ކައިޒަން ޖަވާބުގައި ބުނެލިއެވެ. ” އޭ ހިނގާދާން….” ނާހިލް އިތުރު ސުވާލެއް ކުރުމުގެ ކުރިން ކައިޒަން ބުންޏެވެ. ނާހިލް ވެސް އެއްވެސް ސުވާލެއް ކުރުމެއްނެތި ކައިޒަން އާއެކު ދިޔުމަށް ޖޯލިން ތެދުވިއެވެ. ކައިޒަން އަދި އެއްފަހަރު ކިއާރާގެ ސޫރަ ފެނޭތޯ ދޮންވެެލިގަނޑާ ދިމާލަށް ނަޒަރެއް ހިނގާލިއެވެ. ނަމަވެސް އެ ސޫރަ ފެންނާކަށެއްނެތެވެ. ” ކައިޒަން… މިހާރު ކިހިނެއްވީ ތިހުއްޓުނީ…” ކައިޒަން ހުއްޓިފައި ހުރުމުން ނާހިލް ސުވާލުކުރިއެވެ. ” ކަމެއް ނުވެ.. ހިނގާދާންދޯ….” ނާހިލްގެ ސުވާލައް ޖަވާބުދިނުމަށް ފަހު ކައިޒަން ދިޔުމަށް ހިނގައިގަތެވެ. ނާހިލްވެސް ކައިޒަންގެ ފަހަތުން ހިނގައިގަތެވެ.
ކިއާރާއާއި ލީޝް ގޮނޑުދޮށުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ކުޑަކުދިންގެ ޕާާކަށް ދިއުމަށް މިޝްރާާބު ޖެހިޔެވެ. “ކިއާ.. ހިނގާބަލަ ފިހާރަޔަށް…” އެއްޗެއް ގަނުމަށްޓަކައި ކައިރީހުރި ފިހާރަޔަށް އިޝާރާތްކުރަމުން ލީޝް ބުންޏެވެ. “އޯކޭ… ހިނގާ…” ކިިއާރާ އެކަމަށް އެއްބަސްވެ ފިހާރަޔަށް ވަނުމަށް ދިޔައެވެ. ފިހާރާގެ ދޮރުހޮޅުވާލަން ދިޔަ ކިއާރާ ކުރިމަތީހުރި ޒުވާނެއްގެ ގައިގައި ޖެހި ވެއްޓެން ދިޔައެވެ. ވެއްޓެން ދިޔުމުން ކިއާރާގެ ލޯ މެރިފައި ވީ އިރު ތޫލި އަޑަކުން ހަޅޭލަވައިގަތެވުނެވެ. ވެއްޓެން ދިޔަ ނަމަވެސް ތަދު އިހްސާސް ނުވުމުން ކިއާރާ މަޑުމަޑުން ލޯ ހުޅުވާލިެއެވެ. ކިއާރާވެއްޓިޔަ ނުދީ އެޒުވާނާ ވަނީ ހިފަހައްޓައިފައެވެ. ކުރިމަތިން ފެނިގެން ދިޔަ ޒުވާނާގެ މޫނަށް ނަޒަރު ހުއްޓައިލަގެން ކިއާރާއަށް ހުރެވުނެވެ. ދޮން ހަންގަނޑެއް ލިބިފައިވީއިރު ފަން އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލެވިފައިއެވެ. ފެހި ކުލާގެ ކަޅިއެއް ލިބިފާވި އެ ދެ ލޮލުގެ ތޫނު ނަޒަރުން ކިއާރާޔަށް އުނދަގުވާގޮތްވިއެވެ. އަވަސް އަވަހައް އެ ޒުވާނާއާއަ ދުރުވެލައި ހަމަޖެހިލަން ކިއާރާ މަސައްކަތް ކުރިއެވެ. ” ކިއާރާ… އާރ ޔޫ އޯކޭ….” އެމަންޒަރު ގާތުން ބަލަން ހުރި ލީޝް ކިއާރާ ގާތު އަހާލިއެވެ. “ހަމްމް…” ކުރު ޖަވާބެއް ދީ ފިހާރަޔަށް ވަނުމަށް ކިއާރާދިޔައެވެ. ކިއާރާގެ ފަހަތުން ލީޝްވެސް ފިހާރަޔައްވަނެވެ. ” ޒިޔާން.. ކިހިނެއްވީ..” ފިހާރާން ނުކުމެގެން އައި ޝިރާހް އަހާލިއެވެ. ” ކަމެއްނުވެ.. ޝިރާހް ދެންމެ ފިހާރަޔަށް އެވަނި އަންހެން ކުއްޖަ ދަންނަންތަ…” ޝިރާހުގެ ސުވާލަށް ޖަވާބު ދެމުން ޒިޔާން އަހާލިއެވެ. ” ކާކު… ކިއާރާތަ؟؟….. “. ” ޔާ… ހޫ އިސް ޝީ … ” ޝިރާހް ކުރި ސުވާލުގެ ޖަވާބު ދެމުން ޒިޔާން ބުންޏެވެ. ” އެއީ ދޯ … އެ އަހަރުމެންގެ ކްލާސްމޭޓް އެއް… ޒިޔާން އަދި ޖޮއިން އެއް ނުވަމެއްނުން..އެހެންވެ ނޭގުނީތި…. އަނެއްކާ ކިއާރާޔާ އަޅަގަނީތަ… ” ސަމާސާ ރާގެއްގައި ޝިރާހް އަހާލިއެވެ. ” ނޫނޭ… އަޅަގަނީ ކީ ނޫން.. ” . ” ހުމްމް… ދެންވެސް މިތާ ހުންނަނީތަ .. ހިނގާބަލަ ގެއަށް ދާން…” ޝިރާހް ގެއަށް ދާން ހިނގައިގަންނަމުން ޒިޔާން ކާރީ ބުންޏެވެ. ” ހުމްމް… ހިނގާ … ” ކުރިޔައް ދިޔުމުއް އިޝާރާތް ކުރަމުން ޒިޔާން ބުނެލިއެވެ.
ފިހާރަޔައިން ނުކުމި ކިއާރާގެ މޫނު މަތިން ފެންނަނީ ފޫހި ކަމެކެވެ. ” ކިއާ… ކިހިނެއް ވެފަ ތިހުރީ… ދެންމެ ވީ ކަނތަކާތަ؟ …” ކިއާރާގެ މޫނަށް އަރަމުންދިޔަ ކުލަވަރުތައް ބަލަން ހުރި ލީޝް އަހާލިއެވެ. “ހުމްމް… ވަރަށް ލަދުގަނެއްޖެ..” ކިއާރާ ޖަވާބުގައިވެސް ވީ ފޫހިކަމެކެވެ. “ކިއާރާ…” ފަހަތުން މީހަކު ގޮވާލިއަޑަށް ކިއާރާ ފަސް އެންބުރިބަލާލިއެވެ. ކުޑަކޮށް ދުރުނޫން ހިސާބެއްގައި ނާހިލް އާއި ކައިޒަން ފެންނަން ހުއްޓެވެ. ކައިޒަން ފެނުމާއެކު ކިއާރާޔަށް ކައިޒަން އާ ނަޒަރުވަކި ކޮށްލުން ވީ ދަތި ކަމަކަށެވެ. ގަދަ ނޫކުލައިގެ ގަމީހުގައި ކައިޒަންފެންނަލެއް ވަރަށް ފުރިހަމައެވެ. ބޮލުގެ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޕައިކް ކޮށްލާފައިވުމުން ވަރަށް ރީއްޗެވެ. ހަމަ އެފަދައިން ކައިޒަންއަށްވެސް ކިއާރާޔާ ނަޒަރު ވަކި ކޮށްލުން ވީ އުނދަގޫކަމަކަށެވެ. ” ކައިޒަން … ނާހިލް … ކީއްކޮށްލަނީ މިތާ؟.. “އަމިއްލަ ދުނިއެއަށް ގެއްލިފައި ތިބި ކިއާރާ އަދި ކައިޒަން އަށް ހަމަ ބިމަށް އާދެވުނީ ލީޝް ވާހަކަ ދެއްކުމުންނެވެ. “މި ދެން ހަމަ ހިނގާލަނީ… ކިއާރާމެން ކޮންތާކައް ތިދަނީ… ” ލީޝް ސުވާލަށް ޖަވާބުދެމުން ނާހިލް ބުނެލިއެވެ. ” ހިނގާލަން ދާން ނުކުމެގެން މި އުޅެނީ … ނާހިލް މެން އަހަރުމެންނާ ޖޮއިން ކޮށްލަން ވީނުން…”. “ހުމްމް ހިނގާ ދޯ… އަނެއްކާ ލީޝް އަށް މައްސަލައެއް އެބައޮތްތަ..” ކިއާރާއަށް ޖަވާބެއް ދެމުން ޖެއްސުމުގެ ރާގެއްގައި ނާހިލް ލީޝް އާދިމާކޮށްލިއެވެ. ” މަގޭ މައްސަލައެއް ނެތް … ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ލީޝް ބުނެލިއެވެ. ” ހިނގާދާން ދޯ….” ކިއާރާ ދިޔުމަށް ހިނގައިގަންނަމުން ބުންޏެވެ. އެދެހަތަރު ކުދިން އެކުގައި ވަގުތު ކޮޅެއް މަޖަލުގައި ހޭދަ ކޮށްލުމަށްފަހު ގެއައްދިޔައެވެ.
ކިއާރާ ގެއަށް ވަނެގެން އާއިރު ރިމްޒާއާއި ނިޒާރު ސިޓިން ރޫމްގައި ޓީވީ ބަލަން އިނެވެ. “ދަރިފުޅާ އައީތަ… ” ގެއަށް ވަދެގެން އައި ކިއާރާ ފެނި ރިމްޒާ އަހާލިއެވެ. ” ލައްބަ މަންމާ..” ކުރު ގޮތަކަށް ޖަވާބު ދިނުމަށްފަހު ކިއާރާ ގޮސް ކޮޓަރިޔަށް ވަދިއެވެ. އިރު އޮއްސުމާއެކު އުޑުމަތި ރަތް ވިލާތަކުން ފުރިފައި ވިއެވެ. މަޢްރިބް ނަމާދަށް ބަނގި ގޮވުމުން އެނދުގައި އޮށްތާލާ އޮތް ކިއާރާ ތެދުވެ ނަމާދުކުރުމަށް އަވަސްވެގަތެވެ. ނަމާދުކޮށް ނިންމާލައިގެން ޤުރްއާން ކިޔަވާލުމަށް އިށީންދެވެ. ވަގުތު ފާއިތުވަމުން ގޮސް އިޝާ ނަމާދަށް ބަނގި ގޮވުމާއެކު ނަމާދު ކުރުމަށް ކިއާރާ އުޅުނެވެ. ނަމާދު ކޮށް އަވަދިވެގެން ކުޑަގޮތަކަށް ތައްޔާރުވެލިއެވެ. “ކިއާރާ .. ދަރިފުޅާ އާދެ ކާން… ” ރޭގަނޑުގެ ކެއުން ކެއުމަށްޓަކައި ރިމްޒާ ކިއާރާޔަށް ގޮވިއެވެ. ކިއާރާ އައުމާ އެކު ރޭގަނޑުގެ ކެއުމަށް އެންމެން އިންސާފުކުރަމުން ދިޔައެވެ. ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ކިއާރާ ކޮޓަރި އާދިމާލަށް މިޝްރާބު ޖެހިއެވެ. ކޮޓަރިޔަށް ވަދެގެން އައި ކިއާރާ އަވަސްވެގަތީ ނިދުމަށެވެ. މާދަމާއީވެސް ސުކޫލު ދުވަހެއްކަމުން ސުކޫލަށް ދިޔުމަށް ދަބަސް ތައްޔާރުކޮށް ބެހެއްޓުމަށްފަހު ނިދުމަށްޓަކައި އެނދުގައި އޮށޯތެވެ. އިރުކޮޅެއް ނުވަނީސް ނިދީގެ ފުން ކަނޑަށް ކިއާރާ ގެނބިގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.


Eyyyyy… V. Obi Mi part ves ???
Thanks Yyyy ?❤?❤?
Salaam readrs… here is the second part of gaathuga nuviyas loabin… ?❤❤❤?sorry for been late… ???reyga liye ninmaafayaa eku submit kurin… ❤❤❤❤hope all will like this part.. and mistakes ves bunedheyne kamah…???? love u all my dear readers… ?❤?❤?❤?
Varah loabi mi part ves?????
Thanks dear… it means a lot.. ?❤?❤?
❤️❤️❤️❤️❤️????Varah login vaahaka eh mi ???????
Varah bodah sorry, comment gaa liyevifa inee “Varah loabi” ge badhalugai “Varah Login” liyevunee….
Its okay dear… thanks snow white.. it means a lot dear….
??????❤❤❤❤❤❤
Aishoo❤️❤️❤️❤️ vvvv loabi ingey mi part and vvvvvv reethi…. And yes…… Mihaaru mi story akee enme reethi story ingey????????vvv salji but kudhi kudhi mistakes eba huri…. Dhn kuriah oiy thaanga improve vaane kamau ummeedhukuran ingey aishoo…. Lots and lots of loves from me ingey aishoo?????❤️❤️❤️❤️❤️?
Thanks dhonthee… ?❤?❤?❤? it means a lot to me…. ?❤?❤? yes i will try my best to improve..☺☺☺ much more love from me dhonthee ?❤?❤?❤?
Aishoooo❤❤❤???????????????..Ma Sha Allah mi part vec vv rythi inge..but kudhi kudhi mistakes rangalhu kohlaathi ingey…waiting fr the next part..
Lysmm?????????❣?❤?????
Thanks a lot jiji… ??? its mean a lot… ❤❤❤❤aishoo sch kankamuga ulhey thy stry liyan varah vaguthu nudheve ekam v avahah stry up kohlaanan …???? keep waiting… ???? and i will try to improve all that mistakes… ????once again thanks a lot jiji …..?❤?❤?❤? much and much more love frm me….??❤❤??❤❤??❤❤
Dear readers….❤❤??❤❤??❤❤?? can u point out the mistakes that i have done… ????so it will be easy for me to correct all that… ☺☺and i can improve my writting skill..✒✒✒ it will be a great help from readers… ❤?❤?❤?❤?❤?❤?
hey aishooo.. vr rythi mi part vs.. masha allah.. but adhives mistakes ebahuri… but not much ingey.. haadha inthizaareh kohfymey mi part ah.. when next part aishooooo
Thanks dear…??? i will try not to mae any mistakes…. ????liyevunu haa avahakah up kohla dheynan …❤❤❤??? insha allah mi haftha therey kohla dheynan… keep waiting much love ❤?❤?❤?❤?
‘Vanegen’ this is wrong ‘vadhegen’…. ‘Alhaigani’ ennoon ingey ‘alhaigaiy’…….
‘manzarau’ mibas liyaairu fahathuga innaanee shaviyani sukun
‘Feniey’ ge badhaluga fenifaey liyumun rangalhuvaane
‘Inegen’ meege badhaluga ‘Indhegen’ liyuneema reethivaane
‘mishraabu’ this is wrong ‘misraabu’ ‘vadhiey’ ge badhaluga ‘vaney’. ‘ganumauttakai’ ge badhaluga ‘gathumauttakai’. ‘alhaiganeetha’ ge badhaluga ‘alhaigatheetha’. ‘vanegen’ ge badhaluga ‘vadhegen’. Dhn noonu sukun jahanjehey thanthaa nujehi huree….. Bangi liyaairu innaanee noonu sukun…. Sukunuge massalathahves eba huri… Hope you will improve ??????????
Thanks dhonthee i will correct all that mistakes … noonu beynun kurumuga dhw mistake bodah hury…. thanks faahaga kohlla dhinathy… ☺☺❤?❤?❤?❤?❤
And aishoo dear….. Sorry aslu kuree part ga visnaanulaa dhonthi au comment kurevifa inee…. Aslu school kujjeiyveema varahves busy vaane….. Dhonthi ves hama vvv busykoh ulhenee….. Aishoo au veevarakun story up kuraanekan dhonthi au ingey… But kureefaharu hama keiymadhuvegen comment kollevunee dear….. I m so sorry ingey dear….. Hope you will forgive me
Its ok dear dhonthee…??❤❤ i didnt feel bad…❤❤?? cx i know that i have taken much time so its ok☺☺☺❤?❤?❤❤?❤?
Aishoo story base varah reethi. Ekam. Gumla in completed kama faahangavey. Next part ga rangalhu kolachey.??
Thanks shi… i will try to correct those mistakes.. ❤?❤?❤?❤
Masha Allah vv reethi story eh mee love to read…. Waiting for the next part… Aishooo Thanks a lot…. Keep going.. Adhi mi story ge cover Masha vvv reethi
Thanks a lot unknown….. ❤❤❤❤❤ it means a lot… ???? u r wlc dear….. ??? keep waiting.. ?? much love…. ❤❤????????