“ހައިޒަލް…” ނައިނާގެ މޫނުމަތިން ފެނުނު ހައިރާންކަމާއިއެކު ހައިޒަލްގެ ނަން އެދުލުން ބޭރުވިއެވެ. އެއާއިއެކު ހައިޒަލް ނަގަމުންދިޔަ ފިޔަވަޅުތަކަށް ހުއްޓުމެއްއައިރު އެ ލޮލުން ތަފާތު އަސަރެއް ފެނިލިއެވެ. އަމިއްލަ އިހުސާސްތައް ފޮރުވާލަމުން ފިނިވަމުން އައި އަތްތިލަ ޖީބަށް ޖަހާލިއިރު ހައިޒަލް އެންމެ ފަހަރަކުވެސް ފަސްއެނބުރި ނައިނާއާއި ދިމާލަށް ބަލާނުލިއެވެ. “ސްޓޮޕް…” ހައިޒަލްގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ބާރު ފިޔަވަޅުތަކެއްގައި އައި ނައިނާގެ ފިޔަވަޅުތައް އޭނާއާއި ކައިރިވުމާއިއެކު ހައިޒަލް އަމުރުވެރިގޮތަކަށް ބުނެލިއެވެ. އެއާއިއެކީ ކުރިން މޫނުމަތިން ފެނުނު ކުލަވަރު ފޮރުވާލުމުން ނައިނާއާއި […]
މާޒިންގެ ނަޒަރުން ………… އަހަރެންނަށް ހޭލެވުނީ، ވަރަށް ލަސްވެފައި ހުއްޓައެވެ. ހޮނިހިރު ދުވަހެއްކަން ވެސް ނަސީބެވެ. އަބަދެކޭވެސް އެއްގޮތަށް ތެދުވެ އަހަރެން ފޯނު ބަލައިލީމެވެ. ސިހުނީ ލުވެއިޒް ބައިވަރު މެސެޖުކޮށްފައި ހުރުމުންނެވެ. ދެތިން ފަހަރަކު ގުޅާފަ ވެސް އިނެވެ. ރޭގެ ހާދިސާ ލުވެއިޒްއަށް އެނގުނީހެއްޔެވެ. އަލީނާ ގެއަށް ގޮސް ލުވެއިޒް ކައިރީ ކިޔާލީހެވެ؟ އަނެއްކާ އަނެއް ހަކަންތަކެވެ. މި އަންހެން ކުދިންނަށް މީހުން ކައިރީ ކިޔަން ޖެހޭ ވާހަކައާއި ކިޔަން ނުޖެހޭ ވާހަކަވެސް ވަކިކުރާކަށް ނޭންގޭނެއެވެ. މެސެޖުތައް […]
“އަސްލާން…” ލޯ ހުޅުވައިލިއިރު ކުރިމަތީ އަސްލާންއެއް ނެތެވެ. ******************************* “ޕޮއް!” ފަހަތުން އިވުނު އަސްލާންގެ އަޑަށް ސިހިފައި އަހަންނަށް ފުންމައިގެން އެނދުން ތެދުވެ ފަހަތަށް ބަލައިލެވުނެވެ. އެނދުމަތީ އުޑުފައިން އަރާ އިން އަސްލާން، އަހަންނަށް ވީ ގޮތް ފެނިފައި ކާމިޔާބީން ހޭންފެށިއެވެ. “ކިރިޔާއޭ ހިތް ނުހުއްޓުނީ.” އަސްލާންއާއި ޖެހިގެން އިށީންނަމުން އަހަރެން ބުނީމެވެ. “ހިތް ނުހުއްޓެއްޗޭ.” އަސްލާން ބުންޏެވެ. “ކިހިނެތްވީ އަތަށް؟” ބެންޑޭޖު އޮޅާފައިވީ އަހަރެންގެ އަތް ފެނި އަސްލާން ކަންބޮޑުވެފައި އެއްސެވެ. އަހަރެން ކެއްސައިލިއަސް ބަލިވީކަމަށް އޭނާ […]
ނާއިލް ފެނުމާއެކު އެވަގުތުކޮޅުވެސް އަޝްރާ ފިނިވެގެން ދިޔައެވެ. ޒަހާ އޭނަގެ ކޮނޑުގައި ކޮށްޓާލަމުން ދާށޭ ބުނުމާއެކު އަޝްރާ މަޑު ފިޔަވަޅުތަކެއްގައި ނާއިލްގެ ގާތަށް ދިޔުމަށް ހިނގައިގަތެވެ. އޭރު އޭނަގެ ހިތް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ. ނާއިލްގެ ކުރިމަތީގައި އައިސް ހުއްޓުނު އަޝްރާ އެފިރިހެންވަންތަ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ. ތުނިތުނިކޮށް ބަހައްޓާފައިވި ތުނބުޅި އާއި މަތިމަހުން އެމޫނުގެ ފިރިހެންވަންތަކަން އިތުރުކޮށްދީފައިވާއިރު މޫނު މަތީގައި ވަނީ ތާޒާކަމެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ކުލައިގެ ސްކިނީއެއްގައި ހުރިއިރު […]
ރައިހާނާ އިނީ އިސްއުފުލައި ބަލާލަންވެސް ނުކެރިފައެވެ. ހަމްޒާގެ ތޫނު ނަޒަރު އަމާޒުވެފައި ހުރީ ސީދާ އޭނާގެ މޫނަށްކަން އެނގޭތީވެ ލަދުން ގޮސް މުޅި ކުއްޖާވަނީ ރަތްެވެފައެވެ. އޭނާ ހުރީ ކޮން ސިފައެއްގައި ކަމެއްވެސް ނޭންގެއެވެ. އޭނާ ބޭނުންވީ ބިންފަޅާފައި އަޑިއަށްދާށެވެ. “ވާއު ޔޫ ލުކް…” ހަމްޒާއަށް ޖުމްލަ ފުރިހަމަ ކުރާނެ ގޮތެއް ނޭންގުނެވެ. ހަމްޒާއާ ރައިހާނާ އަރާނެހެން އިސްރާ ފޮޓޮއެެއް ނެގިއެވެ. އެއަށްފަހު އިންސްޓަގްރާމަށް ވަދެފައި އަންޖަލްއަށް އެފޮޓޯ ފޮނުވާލިއެވެ. ހަމްޒާ އަސަރުގަދަ ބެލުމަކުން ރައިހާނާއަށް ބަލަހައްގެން […]
“ޝަލީންއާއި ކައިވެނިކުރަން އެއްބަސްވޭ…” އަލްހާންގެ ޖުމްލައާއިއެކު ހައިޒަލްގެ ދުނިޔެވެސް ހުއްޓުނުފަދައެވެ. ބުދެއްފަދައިން ހުއްޓުން އެރިއިރު ލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތަކަށްވެސް ހުއްޓުމެއް އައެވެ. “ތިންވަނަަ ފަހަރަށް ދެކޮޅު ހަދައިފިނަމަ އެ އަންހެންކުއްޖާގެ ފުރާނަ ދަމައިގަންނަންވެސް އަހަރެން ފަހެއް ނުޖެހޭނަން… ހައިޒަލްއަށް އެކަން މިއަދު ސާބިތުކޮށްދީފައިވާނީ…” އަލްހާންގެ މޫނުމަތީ ރަހުމުގެ ކުލަވަރެއްވެސް ނުވެއެވެ. އަމިއްލަ އެދުމަށްޓަކައި ކުށެއްނެތް މައުސޫމް އަންހެންކުއްޖެއްގެ ފުރާނަ ނަގާލުންވެސް އެއީ މާބޮޑުކަމަކަށް ނުވިއެވެ. އިންސާނިއްޔަތުކަމުގެ ޒައްރެއްވެސް އެ ހިތުގައި ނެތެވެ. ހައިޒަލްގެ ދެތުންފަތް ފޫއަޅުވާލައިފައި […]
ހަޔާތުގެ ދުވަސް ތައް އުފަލާއި ހިންހަމަޖެހިގެން ވޭތުކުރަމުން ދިޔައީ ދެން އަންނަން އޮތް އެއްވެސް ކަމަކައް ފަރުވަލެއް ނެތިއެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 8 އަހަރެވެ. އަހަން ނަކީ އަހަރެންގެ މައިން ބަފައިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބަލާ ބޮޑު ކުރަމުން އައީ ދުނިޔޭގައި ވާހާ އުފާތަކެއް ހޯދައި ދެމުންނެވެ. މި ކުޑަ އާއިލާ އައް އުފާވެރި ކަމުގެ ނިމުން އައީ އަހަރެންގެ މަންމަ އަހަންނާއި އަހަރެންގެ ބައްޕަ ދޫކޮއް މި ދުނިޔެއައް އަލްވާދާއު ކިޔުމުންނެވެ. […]
”އައްދިޔޯތް އަހަރެންގެ ފޯނު” ލަޔާލް އޭނާގެ އަތުގައި އޮތް ފޯނު ޖަހާގަނެގެން ދިޔަ މީހާ ދިޔަ ފަރާތަށް އެނބުރެމުން ބުނެލިއެވެ. ދެން އެތަނަށް އައި ފިރިހެނަކު އެ ފޯނު ހިފައިގެން އައެވެ. މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ… މިވާހަކައި ގައި އުޅޭ ލަޔާލްގެ ނަން ބަދަލު ކޮށްލުމަށް ބޭނުން ވާތީ ތިޔަ ބޭފުޅުނގެ ހިޔާލް ބޭނުން..އަދި ތިޔަ ބޭފެޅުންނަށް ކަމުދާ ނަމެއް ކޮމްނެއްޓެއްގެ ޒަރިއްޔާާއިން ފޮނުވާލަދޭށެވެ. ނަން ހުށައެޅުމުގެ ސުން ގަޑި އަކީ 14 ޖޫން […]