Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނަން އުމުރަށް – 2 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
June 15, 2019 4 Mins Read
39 Comments

“އިއްބާން….” އައިލީންއަށް އެނަން ދެތިންފަހަރު ކިޔާލެވުނެވެ.

**********************

“އޭތް…ލީން..” ލީޝާ ގޮވާލުމުންވެސް އައިލީންއަށް އަޑުނީވޭފަދައެވެ. ލީޝާ އައިލީންގެ ލޯކުރިމަތީގައި އަތްހޫރާލުމުންވެސް އައިލީންއަކަށް ނޭންގުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ލީޝާ އައިލީންގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. އެވަގުތު އައިލީން ތެޅިގަންނަމުން ލީޝާއަށް ބަލާލިއެވެ.

“ލީން….ކޮންހިޔާލެއްގަ..” ރަނގަޅަށް އެނގިހުރެވެސް ލީޝާ
ސުވާލިކޮއްލިއެވެ.

“އަމް..މީ..މި ހިޔާލެއްގައެއް ނޫން..” އައިލީން ލީޝާއަށް އޮޅުވާލެވޭތޯ އުޅުނެވެ.

“ހެހެ…އިއްބާންގެ ހިޔާލުގަދޯ..” ލީޝާ އައިލީންއާ ދިމާކޮއްލިއެވެ. ލީޝާ އެހެން ބުނުމުން އައިލީންގެ މޫނު އެއްކޮށް ރަތްވިތަން ލީޝާ ދުއްޓެވެ. އަދި ލުއިކޮށް ހީލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.

**********************

ކުރިއަށް ހިނގަމުންދިޔަ އިއްބާންގެ މޫނުމަތިން ކުރިން ފެންނަންހުރި ރުޅިވެރިކަމެއް ނެތެވެ. އެ އަންހެން ކުއްޖާ ފެނުނު ފުރަތަމަ ނަޒަރުންވެސް މާބޮޑަށް އޭނާގެ މާޒީމަތިން ހަނދާންވީއެވެ. އެއީ އޭނާގެ ހިތުގެ ރާނީއެއްކަމަށްވާ އަންހެން ކުއްޖާވެސް އޭނާ ދުތްގޮތެވެ. ނަމަވެސް އެވަގުތު އޭނާއަށް ރުޅިއާދެވުނީ އޭނާ ރުއި ރުއިމާ ހިތާމައިގެ ފުން ކަނޑަކަށް އޭނާ ވައްޓާލާފައި އެ ބޭވަފާތެރި އަންހެން ކުއްޖާ ދިޔަގޮތް ހަނދާންވުމުންނެވެ. އޭނާގެ ހިތުގައި ލެވިފައިވާ އެޒަހަމް ފަސޭހަނުވަނީސް އެ ނުދަންނަ އަންހެން ކުއްޖާގެ ސަބަބުން ތާޒާވެއްޖެއެވެ. އެ ރުޅިވެރިކަމުގެ މައްޗަށް ކުރިހޯދީ ވޭނާއި ހިއްދަތިކަމެވެ. އޭނާ ކިތަންމެ ރުޅިވެރި ނަޒަރަކުން އެ ނުދަންނަ އަންހެން ކުއްޖާއަށް ބެލިނަމަވެސް އެހިތް ދިޔައީ ރޮމުންނެވެ. ނަމަވެސް އޭނާ ހިތްވަރު ކުރަމުން ދިޔައީ ލޮލުން އެންމެ ކަރުނަތިއްކެއްވެށް ވައްޓާނުލުމަށެވެ. އެކަން އިއްބާން ކާމިޔާބުވެސް ކުރިއެވެ. ފުންނޭވާއެއް ލުމަށްފަހު ލޯމަރާލިއެވެ. އަދި އިރުކޮޅަކު އެހެން ހުރުމަށްފަހު އެ އަސަރުން ފުރިގެންވި ދެލޯހުޅުވާލީ ހިނިތުން ވަމުންނެވެ. ނަމަވެސް އެހިނިތުންވުން ލޮލާއި ހަމައަކަށް ނުފޯރިއެވެ. އެ އަސަރުން ފުރިގެންވި ނޫކުލައިގެ ދެލޮލަށް ރަނގަޅަށް ބަލާލި ކޮންމެ މީހަކަށް އެލޮލުގައިވި ވޭނީ ހިއްދަތިކަމާއި ކެކުޅުން ފެނުނީހެވެ.

“އިއްބާން..” ނާއިލް އިއްބާންގެ ކޮނޑުމަތީގައި އަތްބާވާލަމުން ގޮވާލީ ނުހަނު މަޑުމައިތިރިކަމާއެކުއެވެ. އިއްބާން އޭނާގާތު ބުނަންބޭނުންނުވާނަމަ އޭނާއެއް ނާހާނެއެވެ. އޭނާއަކީ އިއްބާންގެ ކިތަންމެ ގާތްއެކުވެރިއެއް ނަމަވެސް އޭނާވެސް ވަކި ލިމިޓެއް ބާއްވައެވެ.

“ނާއިލް…ހިނގާ ގެއަށް ދަމާ..މިޔަދުމީ އަންގާރައެއްނުން..ފޮރައިޑޭގަ ދާނީ މާލެދޯ…އޯކޭތަ..” ނާއިލްއަށް ހިނިތުންވެލަމުން ވާހަކަދެއްކިއިރު ދެންމެ ކަމެއް ވިހެންވެސް ހީނުވެއެވެ. ނާއިލް ކުޑަކޮށް ހައިރާންވިނަމަވެސް އެކަމާ އަޅައެއް ނުލައެވެ.

“އޯކޭ..ހަމަދާންވީ…” އެކުއެކީގައިހެން ހިނގައިގްނަންނަމުން ނާއިލް ބުނެލިއެވެ. އިއްބާން ކުޑަ ހުނުމަކުން ފުއްދާލީއެވެ. ގެއާހަމައަށް ދެވެންދެންވެސް ދެމީހުންގެ ދޭތެރޭގައި ވީ ހަމަހިމޭންކަމެވެ.

**********************

މެންދުރުގެ ހޫނުކަންގަދަ ވަގުތު ސްކޫލް ނިންމާފަ ގެއަށް އައި އައިލީން ބޭނުންވީ ތާޒާވެލުމަށެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް ދިޔައީ ކޮޓަރިއަށެވެ.

ދެބުރިއަށް ނަގާފައިވާ އެގެ ފަރުމާކުރެވިފައިވަނީ ކަޅާއި ވައިލެޓް ކުލައިންނެވެ. އައިލީން އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހުކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ގަދަ ފިޔާތޮށި ކުލައާ ކަޅުކުލައިން ފަރުމާކުރެވިފައިވާ އެކޮޓާރި ނުހަނު ހިތްގައިމެވެ. ކިންގް ސައިޒް އެނދެއް ކޮޓަރީގެ މެދުގައި ބަހައްޓާލެވިފައި ވާއިރު ކަޅު އަލަމާރިއެއް ވާއަތް ފަޅީގެ ކަނެއްގައި ބަހައްޓާފައި ހުއްޓެވެ. ކިޔަވަން ވަކި މޭޒެއް ހުރިއިރު މޭޒުމަތީގައިވަނީ ތަރުތީބު ކަމާއެކު ފޮތްތައް ބަހައްޓާލެވިފައެވެ. އެނދުމަތީގައި ކަޅުކުލައިގެ ބެޑުޝީޓެއް އަޅާލެވިފައިވާއިރު ގަދަ ފިޔާތޮށި ކުލައިގެ ބާލީސްތައް ވަނީ ތަރުތީބު ކަމާއެކު ބަހައްޓާލެވިފައެވެ. އެކަކަށް އިށީންދެވޭނެހެން ހުރި ދެސޯފާ ވަނީ ބިއްލޫރި ވަށް މޭޒެއްކައިރީ ބަހައްޓާލެވިފައެވެ.

ތާޒާ ވެލައިގެން ނިކުން އައިލީން އަވަސްވެގަތީ މެންދުރު ނަމާދު ކުރުމަށެވެ. ނަމާދުކޮށް ނިމުމުން ފިލާވަޅުތައް ނިންމުމަށް ފޮތްދަބަސް ނެގިއެވެ. އެއީ އޭނާގެ އާދައެވެ. ދޭ ކޮންމެ ފިލާވަޅެއްވެސް ސްކޫލުން އައިސް ވަގުތުން ނިންމައެވެ. ފިލާވަޅެއް ނެތްނަމަ ފޮތްކިޔައެވެ. އެހެންވުމުގެ ސަބަބުން ގްރޭޑް ބާރައާހަމައަށް އައިލީން ޚާސިލްކުރަމުން އައީ މައިންބަފައިން ފަޚްރިވެރިވާފަދަ ރަންވަނަތަކެކެވެ. ނުހަނު ފަރުވާތެރިކަމާއެކު އައިލީން ފިލާވަޅުތައް ހަދާ ނިންމާލިއެވެ. އަދި މާދަމާގެ ތާވަލަށް ސްކޫލްގެ ފޮތްތައް ދަބަހަށް އަޅާ ނިންމާލުމާއެކު ބަންގިގޮވި އަޑުއިވުނެވެ. ނަމާދު ކޮއްލައިގެން އެނދުގައި ޖައްސާލުމާއެކު ވެފައިހުރި ވަރުބަތްޔެއްގެ ސަބަބުން އައިލީން ގެ ބޯއެސްފިޔަތަކަށް ބަރުވެ ނިދީގެ ފުންކަނޑަކަށް ގެނބުނެވެ.

“ދަރިފުޅާ…ލީން…ބައްޕައާ ދޮންބެ އެބައިން ދަރިފުޅު ނާސްގެން…..ދަރިފުޅާ..” އައިލީން ދިޔައީ ސިއްސައިގެނެވެ. އައިލީންގެ މަންމަ ސައިރާ އެއައީ އައިލީން ހަވީރު ސައިބޯން ނައިސްގެންނެވެ.

“އެބަދަން މަންމާ..” ނިދިއަޑަކުން އައިލީން އެހެން ބުނުމުން ސައިރާ އަވަސްކުރައްޗޭ ބުނެހިނގައިގަތެވެ. އަވަސް ކޮއްލައިގެން އައިލީން ދިޔައީ ކާކޮޓަރިއަށެވެ. ނަމަވެސް މަންމަމެން ކާކޮޓަރީގައި ނެތުމުން އައިލީންގެ މިސްރާބުހުރީ ޓެރަސްއަށެވެ. ޓެރަސްއަށް ދިޔައިރު އެންމެން އެތާތިބުމުން އައިލީން ކޮފީޖޯޑު ހިފައިގެން ސޯފާގައި އިށީތެވެ.
ބޮޑު ޓެރަހެކެވެ. މޭޒަކާއި ސޯފާއެއް ކަނެއްގައި ބަހައްޓާފަ ވާއިރު އެތަންވަނީ ހިޔާކުރެވިފައެވެ. ޓެރަސްގެ ވާއަތްފަޅީގައި އެކިވައްތަރުގެ މާތައް ހުރިއިރު ބަލައިލަން ނުހަނު ހިތްގައިމެވެ. މި ހިތްގައިމު ހަވީރުގެ ވަގުތު “ވައިލެޓްލޭމް” ގެ މެންބަރުންދިޔައީ ހަވީރު ސަޔަށް އިންސާފުކުރުމަށެވެ.

“ހޭއި ލިޓިލް ސިސް..ސުކޫލް ކިހިނެއްތަ މިޔަދު..” އަޔާން އައިލީން ފެނުމުން އަހާލިއެވެ.

“ހޭއި ދޮންބޭ..ސްކޫލް ހަމަ ރަނގަޅު..” އައިލީން އޭނާގެ ދޮންބެ އަޔާން ގާތުބުނެލީ ހިނިތުންވެލަމުންނެވެ.

“ދަރިފުޅާ އައިލީން..ބައްޕައާ މަންމަވެސް އުންމީދުކުރަން މި އަހަރުވެސް ދަރިފުޅު ބައްޕަމެން އުންމީދުކުރާފަދަ ނަތީޖާއެއް ހޯދާނެކަމަށް..” ޝާހިދު ބުނެލިއެވެ.

“ލައްބަ ބައްޕާ..އިންޝާ ﷲ އަޅުގަނޑު މި އަހަރުވެސް ހޯދާނީ ބައްޕަމެން ފަޚްރުވެރިވާފަދަ ނަތީޖާއެއް…” އައިލީން ހިނިތުންވެލަމުން ބުނެލިއެވެ.

“ދަރިފުޅާ…ބައްޕަ އެބަ ވިސްނަން ދަރިފުޅު މެލޭޝިއާއަށް ފޮނުވަން..ދަރިފުޅު ބުނީމެއްނު ދަރިފުޅު ކުރިއަށް ދާންބޭނުންވަނީ އާރކިޓެކްޗާރ ގެ ދާއިރާއިންނޭ…އެތަނުން ކިޔަވަން ޖެހޭނީ ދެއަހަރު ވަންދެން..މިހާރު ދަރިފުޅު ތި ކިޔަވަނީ 12…12 ނިމެން އިނީ 1 ހަފްތާ…އެހެންވީމާ ފަނަރަދުވަސް ފަހުން މާލެ ދާނީ…މާލެ ގޮއްސަ އެރޭގެ ފްލައިޓުން މެލޭއަށް…ހުންނާނެ އެތާގަ މަންމަގެ ވަރަށް ގާތްއެކުވެރިއެއް..އޭނަގެ ދަރިފުޅުވެސް ކުރިއަށްދާން ބޭނުންވާ ދާއިރާއަކީ އާރކިޓެކްޗަރ…އެހެންވީމާ ދެމީހުނަށްވެސް އެއްތާކުން ކިޔެވޭނެންނުން…ދަރިފުޅު އޯކޭތަ…” ޝާހިދު އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް އައިލީން އިނީ ދެލޯބޮޑުވެފައެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު ކޮފީތަށި މޭޒުމަތީގައި ބޭންދިއެވެ.އަދި ބައްޕަ ގައިގަ ބައްދައިގަނެވުނީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. އަދި ވަރަށް އުފާވެފައިހުރެ ބައްޕައަށް ޝުކުރުއަދާކުރިއެވެ.

***********************

ފަތިހުގެ ހިތްގައިމު ވަގުތެވެ. އައިލީން ދިޔައީ ސްކޫލަށް ދާން ތަތްޔާރުވަމުންނެވެ.

“ދަރިފުޅާ…” ސައިރާ ގޮވާލިއެވެ.

“ލައްބަ މަންމާ މިދަނީއޭ..” އެހެން ބުނެ ދަބަސް ކޮނޑުގައި އަޅުވާލާފައި އަދި އެއްފަހަރު އަމިއްލަ ސޫރައަށް ބަލާލުމަށްފަހު ކޮޓަރިން ނިކުންނަން އައިލީން ހިނގައިގަތެވެ. އަދި ސިޑިން ފޭބުމައްފަހު ބަދިގެއާ ބިމާލަށް މިސްރާބުޖެހިއެވެ.

“އަން ދަރިފުޅާ…މިއަދުމީ ބުރާސްފަތި ދުވަހެއްނުން..މި ކިރުތަށި ބޯލާގެން ދާންވާނީ..” ކާކޮޓަރިއަށް ވަދެ ކިރުތަށި ފެނުމުން އައިލީން މޫނަށް ހަދާލިގޮތްފެނި ސައިރާ ބުނެލިއެވެ.

“ލައްބަ މަންމާ..” އައިލީން ބުނެލިއެވެ.

“ގޫޑް މޯރނިން ސިސް…ރަނގަޅަށް ކިޔަވާތި…” އަޔާން އައިލީންއަށް ހިނިތުންވުމެއް ހަދިޔާ ކޮއްލަމުން ބުނެލިއެވެ.

ކަޅުކަންގަދަ އިސްތަށިގަނޑަކާއި ބައިމަތިފުޅާ ފިރިހެންވަންތަ ރީތި ހަށިގަނޑެކެވެ. ބޯ އެސްފިޔަތަކުގެ ހިޔަނި އެޅިފައިވާ އެ ލޮލުގެ ރީތިކަން އިންތިހާއެވެ. ކަޅުދެލިކޮޅެއްފަދަ އެދެދޮލުގައި ތޫނުވިދުމެއް ވާފަދައެވެ.

“ގުޑް މޯރނިން..މިޔަދު ސްކޫލަށް ދާނީ ދޮންބެއާއެކު ސައިކްގަ..ދޮންބެ ލީން ޑްރޮޕް ކޮއްލާފަ އޮފީހަށް ދާނީ…އޯކޭތަ”އައިލީންވެސް ހީލަމުން ބުނެލިއެވެ. އަޔާން އެންމެ ރަނގަޅޭ ބުނެލިއެވެ.

*********************

ސްކޫލުން ގެއަށް އައިސް ވަން އައިލީން ހުރީ ވަރަށް ވަރުބަލިވެފައެވެ. ކޮޓަރިއަށް ވަދެ ތާޒާ ވެލައިގެން މެންދުރު ނަމާދުކޮއްލިއެވެ. އަދި ދޭއްޖަހާއިރަށް ފޯން އެލާމަށް ލުމަށް ފަހު އެނދުގައި އޮށޯވެލީ ނިދާލުމުގެ ބޭނުމުގައެވެ. އޮއްތާލިކަމެއް ނޭނގި ނިދީގެ ފުން އާލަމަކަށް އައިލީން ގެނބުނެވެ.

********************

ފޯން އެލާރމް ވަމުންދިޔަ އަޑަށް އައިލީން ލޯހުޅުވާލާފައި މަޑުމަޑުން އެސްފިޔަތަށް ޖަހާލިއެވެ. އަދި އިރުކޮޅަކު އެހެން އޮތުމަށްފަހު ތެދުވެ ތާޒާވެލައިގެން ފިލާވަޅުތައް ހަދަންފެށިއެވެ. ފިލާވަޅުތައް ހަދާ ނިންމާލާފަ ގަޑިބަލާލިއެރު ބަންގި ގޮވަން ފަސްމިނެޓް އިނުމުން އައިލީން ފާހާނައަށްވަނީ ވުޟޫކުރާށެވެ. އައިލީން ވުޟޫކޮއްގެން ނިކުން އިރު ބަންގިގޮވާ ނިމުނީއެވެ. ނަމާދުކޮއްލުމަށް ފަހު އެކޮޓަރީ ބެލްކަންޏަށް އައިލީން ނުކުތީ ފޯންހިފައިގެންނެވެ. ބޭރު ބަލާލުމަށްފަހު އެތާއިން ސޯފާގައި އިށީތެވެ. އަދި ފޯން ހުޅުވާލުމަށްފަހު ވައިފައި ޖައްސާލިއެވެ. ވައިފައި ޖައްސާލުމާއިއެކު ފުލުފުލުން މެސެޖްތައް އަންނަން ފެށިއެވެ. އައިލީން ވައިބަރ ބަލާލޮއިރު އެއީ ކޮލާސް އަންހެންކުދިންގެ ގްރޫޕްއިންއައި މެސެޖްތަކެވެ. އޭގަ އޮތީ މިޔަދު ހަވީރު ފަހަކަށް ހުރިހާ އެންމެން އައިލީންމެންގެއަށް ދިއުމަށެވެ. އެއީ ސްކޫލް ކިޔެވުން ނިމެން އެއްހަފްތާއަކަށް ވެފައި ވުމުން ހިނގާލަން ދިއުމަށެވެ. ކްލާސް ކުދިން ތެރެއިން ގޮނޑުދޮށާ އެންމެ ކައިރި ގެއަކީ އައިލީންމެން ގެ ކަމުން ހުރިހާ ކުދިންވެސް އޯކޭއޭ ލިއެފަ އޮތެވެ. އައިލިންވެސް އޯކޭއޭ ބުނެލިއެވެ. އަދި ގޮސް މަންމަ ގާތު ހުއްދައަށް އެދުނެވެ.

“އޯކޭ ދިޔަޔަސް..” ސައިރާ ހުއްދަދިނުމުން އައިލީން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

އައިލީން ފެންވަރާ ތާޒާ ވެލައިގެން ނުކުތެވެ. އަދި އަޅިކުލައިގެ ރީތި ޑިޒައިންއަކަށް ފަހާލެވިފައިވާ އަތްދިގު ހެނދުމެއް ލާފައި ކަޅުކުލައިގެ ޖިންސެއް ލިއެވެ. އެ ހެނދުމާ އޭނާގެ އަޅިފެހި ކުލައިގެ ކަޅިއާ ނުހަނު ގުޅެއެވެ. އަދި މޫނުގައި ލުއިމޭކަޕެއް ކޮއްލުމަށް ފަހު މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކަކުން ތުންފަތް ފަވާލިއެވެ. ލޮލުގައި އައިލައިނާރ އަޅާލުމަށް ފަހު އިސްތަށިގަނޑު ރީތި ގޮތަކަށް ހަދާލިއެވެ. ފޯނުން ގަޑިބަލާލިއިރު ފަހެއްޖަހަން ފަސްމިނެޓަށް ވީއެވެ. އަވަސް ހިނގުމެއްގައި ސިޑިންފައިބައިގެން އައި އައިލީން ފެނިފައި ސައިރާ ބުނެލިއެވެ.

“މާޝާ ﷲ…ދަރިފުޅު ރީތިކަން…އަވަހަށް އަންނައްޗޭ..” ސައިރާ ބުނެލިއެވެ.”ލައްބަ މަންމާ..” އެހެންބުނެ އައިލީން އަޅިކުލައިގެ ބޫޓަކަށް އަރައި ގޭދޮރުމަތީ މަޑުކޮއްލިއެވެ. ފަސްގަޑި ފަހެއް ވީއިރު އެންމެންވެސް ހަމަވެއްޖެއެވެ. ހުރިހާ އެންމެން ސަކަރާތް ޖަހަމުންދިޔައެވެ. ގޮނޑުދޮށަށް ދެވުމާއެކު ލީޝާ އައިލީން ކޮއްޕާލާފައި ދުއްވައިގަތެވެ. އެވަގުތު އައިލީންވެސް ލީޝާގެ ފަހަތިން ދުއްވައިގަތެވެ.
އައިލީން ލީޝާއާ އަރާ ހަމަކުރުމަށްފަހު ލީޝާ ކޮއްޕާލިއެވެ. އަދި ދުއްވައިގަތީ ކުރީދުވަހުވެސް އައިލީން އާ ލީޝާ ދިޔަ ދިމާލަށެވެ. އައިލީނަ ފަހަތުން ލީޝާ ދުވަމުންދިޔައީ އަތުލެވޭތޯއެވެ. ނަމަވެސް އައިލީން ކުރިއަށްވުރެ ދުވުމުގެ ސްޕީޑް ބާރުކޮއްލިއެވެ. ފަހަތަށް ބަލަމުން ދުވަން ހަދައިގެން އައިލީން ކޮންމެސް މީހެއް ގައިގައި ޖެހިފައި ވެއްޓެން ދިޔައެވެ. ބޭއިޚްތިޔާރުގައި ހަޅޭއްލަވައި ގަންނަމުން އައިލީންއަށް ނުހަނު ބާރަށް ދެލޯމަރާ ބާރުކޮއްލެވުނީ ވެއްޓިއްޖިއްޔާ ވާނެތަދު ހިތަށް އަރާފައެވެ. ނަމަވެސް އައިލީން ހީކުރިގޮތާ ޙިލާފު އޭނަގެ ހަށިގަނޑު ބިންމަތީގައި ޖެހުމުގެކުރިން ބާރުގަދަ އަތެއްގެ ތެރޭގަަަަައި އޮތްކަން އިޚްސާސްވިއެވެ. މަޑުމަޑުން ލޯ ހުޅުވާލުމާއިއެކު އައިލީން ސިހިގެން ދިޔައީ އެ އަސަރުގަދަ ނޫކުލައިގެ ދެލޯ އެހާ ކައިރިން ފެނުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ކަލާޔާ ނުލާ 17

Next

ގާތުގައި ނުވިޔަސް ލޯބިން 2

Next
June 16, 2019

ގާތުގައި ނުވިޔަސް ލޯބިން 2

Previews
June 15, 2019

ކަލާޔާ ނުލާ 17

39 Comments!

  1. Dhonthee says:
    June 16, 2019 at 2:16 am

    Malkko??? vv vvv reethi ingey mi part ves????I just love it????Anyways dhonthi kuda kuda mistake eiy kiyaaladheynan ingey???Pls negative koh nunagachchey????. ‘Hedhun’ mi bas Dhivehin liyaairu Haa ebefili jahaafa hus nooneiy nuliyaane ingey???? Miee dhn dhonthi au faahaga vi mistake….. Aenehhen vaahakaige ehen kanthah thau hama vvvvvvvvv rangalhu ingey???????????Good night Malkko????????And love you so much????❤️❤️❤️❤️????????????????

    1. Malsa Moosa says:
      June 16, 2019 at 2:22 am

      Thanks dhonthee.next time rangalhu koalaanan?

  2. malsamalkkomal says:
    June 16, 2019 at 2:23 am

    I am a 12 years old girl who loves to write dhivehi stories

  3. malsamalkkomal says:
    June 16, 2019 at 2:26 am

    Salaam readers…here is the 2nd part of the story..hope you will like this part too..feel free to comment your views.love you all..good night♥♥♥

  4. Luc!f3r says:
    June 16, 2019 at 4:58 am

    އޮތުން ހުރުން އިނުން…އިށީތެވެ އެއްނޫން އިށީނެވެ..އޮށްތާލިކަމެއް އިނީމަ ވިއަރޑް.. ދެން ގެއަށް އައިސް ވަން އެއްނޫން.. ވަތް.. ވުޟޫކޮށްޖެން ނިކުން ބަދަލު ނިކުތް/ނުކުތް.. ނޮޓް ޝުއަރ ވިޗް ވަން މައިސެލްފް.. މިތާ ވާހަކަ ލިޔާކުއްޖެއްކައިރީ އަހާލާ.. މައްސަލައަކީ އެމީހުންވެސް ފާހަގަ ނުކުރާތީ… މީގެ އިތުރުން.. ސުވާލުކޮށްލި ދިމާކޮށްލި.. މިކަހަލަ ތަންތާ ހުރީ އ ސުކުން ބޭނުން ކޮށްފަ.. ވެދާނެ ސުކުން ކުރުމުގަ މައްސަލަ އުޅެނީކަމަށްވެސް.. މިކަންތަށް ދަސްކުރީމަ ފުރިހަމަވާނެ މިވާހަކަ

    1. Luc!f3r says:
      June 16, 2019 at 5:03 am

      *ކޮށްގެން

    2. Luc!f3r says:
      June 16, 2019 at 5:47 am

      ވަން އިންތަންވެސް ވަތް އިންނަކަން ޔަގީނެއް ނޫން އިނގޭ.. ދުވުމުގެ ސްޕީޑް ގެ ބަދަލު ދުވެލި ބާރުކުރުން ކިޔޭކަންނެ.. މިތާ ވާހަކަ ލިޔާކުއްޖެއްކައިރީ އަހާލާ..

    3. Malsa Moosa says:
      June 16, 2019 at 1:01 pm

      Ok..?

    4. Luc!f3r says:
      June 16, 2019 at 5:48 am

      ވަން އިންތަންވެސް ވަތް އިންނަކަން ޔަގީނެއް ނޫން އިނގޭ.. ދުވުމުގެ ސްޕީޑް ގެ ބަދަލު ދުވެލި ބާރުކުރުން ކިޔޭކަންނެ.. މިތާ ވާހަކަ ލިޔާކުއްޖެއްކައިރީ އަހާލާ…

    5. Luc!f3r says:
      June 16, 2019 at 5:48 am

      ވަން އިންތަންވެސް ވަތް އިންނަކަން ޔަގީނެއް ނޫން އިނގޭ.. ދުވުމުގެ ސްޕީޑް ގެ ބަދަލު ދުވެލި ބާރުކުރުން ކިޔޭކަންނޭންގެ.. މިތާ ވާހަކަ ލިޔާކުއްޖެއްކައިރީ އަހާލާ…

    6. Luc!f3r says:
      June 16, 2019 at 5:54 am

      سُبُحان الله.. އެއް ކޮމެންޓްކަމަށް 3 ކޮމެންޓްވެސް ގޮއްސި

    7. Malsa Moosa says:
      June 16, 2019 at 1:01 pm

      Hehe..?

    8. Malsa Moosa says:
      June 16, 2019 at 1:00 pm

      Thanks Luc!f3r.. ? for pointing out the mistake.. next time rangalhu koalaanan… “Violetlane” olhumakun.. hehe..??

  5. Luc!f3r says:
    June 16, 2019 at 5:01 am

    One more thing.. Violetlame ey.. Aslu violetlane tha.. Made me burst out laughing either way??

    1. Malsa Moosa says:
      June 16, 2019 at 1:03 pm

      “Violetlane” olhumakun?

  6. Ibsha says:
    June 16, 2019 at 5:04 am

    Vaahaka varah reethi

    1. Malsa Moosa says:
      June 16, 2019 at 1:04 pm

      Thanks Ibsha..♥

  7. Sharu says:
    June 16, 2019 at 10:06 am

    Age are balaafa story hama rangalhu.??? Mistakes aky success ge key eh nu dhw.??story hama varah reethi. ??? nd varah interesting.❄?? Avahah next part up kollahche.

    1. Malsa Moosa says:
      June 16, 2019 at 1:06 pm

      Thanks sharu..next part liyevunu emme avahaka up koalaanan…ly.. ♥?♥

  8. Shaee says:
    June 16, 2019 at 10:22 am

    Nice

    1. Malsa Moosa says:
      June 16, 2019 at 1:04 pm

      Thanks shaee..?

  9. jiji says:
    June 16, 2019 at 2:07 pm

    Mi part vec v rythi❤❤❤..Malko whn next part…alhe ihban kahneyge dhw aee..curious
    Vehje mihaaru next part kiyaala hithunn…
    Lysm malkoo????????????????

    1. Malsa Moosa says:
      June 16, 2019 at 6:56 pm

      Thanks jiji..let’s see dhw..?love you more and more…♥♥

  10. Mal? says:
    June 16, 2019 at 2:37 pm

    Mi part vas reethi ??waiting for next part ??

  11. malsamalkkomal says:
    June 16, 2019 at 6:32 pm

    Thanks Mal?..keep waiting for the next part…

  12. Zar@ says:
    June 16, 2019 at 9:33 pm

    …… Very nice..

  13. malsamalkkomal says:
    June 17, 2019 at 5:59 am

    Thanks zar@♥♥

  14. Nish says:
    June 17, 2019 at 11:04 am

    Vaahaha v salhi wow

  15. malsamalkkomal says:
    June 17, 2019 at 2:11 pm

    Thanks Nish..ly♥?♥

  16. Jasmine says:
    June 18, 2019 at 3:29 pm

    Wow mi part ves varah salhi???????????♥♥♥♥♥♥

  17. malsamalkkomal says:
    June 19, 2019 at 7:08 pm

    Thanks jasmine..ly♥♥

  18. ? says:
    June 19, 2019 at 9:53 pm

    Haada undagu namekey boy kujjayah deefa ti innany… v v undagu use kuran… pls pls e nan change kohba… ehen nuny ibaan kiyaaba… hama v undagu vegen mi msj kury….

    1. malsamalkkomal says:
      July 12, 2019 at 3:52 pm

      Sorry ?……dhen mal ah varah indhagoovaane e nan change kuran…malkko ummeedu kuran ? ah understand vi kamah….sorry…?

  19. Rai says:
    June 20, 2019 at 6:57 pm

    malsamalkkomal if you don’t mind can I ask you something?where are you from.Vaahaka varah salhi.I’m a big fan of you

  20. malsamalkkomal says:
    June 21, 2019 at 4:20 pm

    Thanks Rai.♥❤♥ you can ask me any question…? but mee public dhw..? sorry ingey… ?love you.♥❤♥❤

  21. Sharoo says:
    June 22, 2019 at 12:43 pm

    Vvvreethi

  22. malsamalkkomal says:
    June 22, 2019 at 2:11 pm

    Thanks sharoo..♥

  23. Maisha says:
    August 18, 2019 at 11:08 am

    Varah reethi..varah kiyaalaa hiy vaa vaahaka eh?☺❤❤❤??

  24. malsamalkkomal says:
    August 19, 2019 at 12:49 pm

    Thankooo maishh….?❤♥❤

Comments are closed.

Next Episodeވާނަން އުމުރަށް – 3 –←


All Right Reserved!