ލިއާއަށް ޝިވަން ދައްކަމުން އަންޖަލް އެކުއްޖާ ގޮވައިގެން ޝިވަން ގާތަށް ގެންދިޔައީ ރައިހާނާއާ ހަމްޒާ އެކަނި ކުރަންށެވެ. ރައިހާނާ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ހަމްޒާގެ ތޫނު ނަޒަރުން އޭނާގެ ހިތް ކަތިލާހެން ހީވިއެވެ. އަތްފައި ފިނިވެ ނޭވާ އަވަސްވާން ފެށިއެވެ. އަންޖަލް ގަސްތުގައި އޭނާއާ ހަމްޒާ އެކަނިކޮށްފައި ދިއުމުން އަންޖަލްއާ ދިމާއަށް ހިތާހިތުން ކުދި ކިޔުނެވެ. ހަމްޒާވެސް ހިތުން އަންޖަލްއަށް އެއްޗިހި ކިޔެވެ. ރައިހާނާއާ އެގޮތަށް ކުރިމަތިލާން އޭނާ އާދި ތައްޔާރު ނޫންކަން އެނގިހުރެ އެކަނި […]
ރައުފާވެސް ހިނިތުން ވެލަމުން ބުނެލިއެވެ.”ތެންކް ޔޫ ސޯ މަޗް. އެން އަދި ފަހުން މީޓް ވާން ވާނެ ” ހީލަމުން ރައުފާ ބުނެލިއެވެ.”ނަމްބާ ދޯ ދޭންް ވީ 7766889” އާނިޝް ހީލަމުން ބުނެލިއެވެ. ރައުފާ ވެސް އަވަހަށް އެ ނަމަބްރު ސޭވް ކޮށްލިއެވެ.”ބާއި ދަނީ އިނގޭ.” ރައުފާ ބުނެލިއެވެ. ރައުފާވެސް ދެން ބެލީ އަވަހަށް ގެއަށް ދެވޭތޯއެވެ. ގެއަށްް ގޮސް ދޮރުން ވަންނަށް އެޅި ފުރަތަމަ ފިޔަވަޅުން ސޯފާގައި ޖައްސާލައިގެން އިން އައިހަމް ފެނުނެވެ. އާއެކެވެ. އެއީ […]
“ނޫން. އުފާވޭ.” އަސްލާންގެ ތުންފަތަށް ވެރިކުރުވީ މަސްނޫއީ ހިނިތުންވުމެކެވެ. އެއީ ލިބުނު ހައިރާންކަމުން އުފާވާން ހަނދާންނެތިގެންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ. އެ ހިނިތުންވުމުގެ އަޑީގައި އޭނާ ފޮރުވައިލި ނުތަނަވަސްކަން އަހަރެން އަޅައިނުލައި ދޫކޮށްލީމެވެ. ******************************* ރޫބީއާއި ބައްދަލުކުރާ ދުވަހަށްފަހު ދެން އޮތީ ފޮނިކަނޑާ މީހުން އަންނަ ދުވަހެވެ. އިތުރަށް ސާފުކޮށްދޭނަމަ މަހަކު އެއް ފަހަރު ކަހަލައިން ސޯޝަލް ވޯކަރުންނާއި، ވޮލެންޓިއަރުންނާއި، މީސްމީހުން އައިސް އަހަރުމެންނާއި އެކީ ވަގުތު ހޭދަކުރާ ދުވަހެވެ. ޕޭޝަންޓުންނަށް އިޖުތިމާއީ ގުޅުން ބަދަހިކުރަން ދަސްކޮށްދިނުމުގެ […]
“އަދި އެއްފަހަރު ނިކަން ބުނެބަލަ ތިބުނިއެއްޗެއް، ތިހެން ކަންތައް ވިޔަކަ ނުދޭނަން” ނަތާގެ މޫނުމަތިން ފެނިގެން ދިޔައީ ރުޅިވެރިކަމެވެ. އެކުވެރިޔާގެ ދިފާއުގަ ކުރެވެން ހުރި ހުރިހާކަމެއް ކުރަން އަތުކުރި އޮޅާލައިގެން ހުރިކަހަލައެވެ. ” ނަތާ އައި ނޯ ،އަހަރެން އަދި މެރީކުރާކަށް ރެޑީ އެއް ނުވާކަން، އަދި އެވެސް ނުދަންނަ މީހަކާ. އެކަމް ބައްޕަ އަހަރެން މިހިސާބަށް ގެނެސްދީފައި މިހުރީ ވަރަށް ބުރަމަސައްކަތުން. އުމުރުން ފަސް އަހަރުގަ މަަންމަ ނިޔާވީއްސުރެ އިތުރު މީހަކާ ކައިވެނިނުކޮށް ހުރީ އަހަންނަށް […]
“މިގޭގަ… ޝާމިލްއާ… ޝާމިލްއާ ހުދާ އެކީގަ އުޅޭ ތަން ބަލަން ހުންނާކަށް ބޭނުމެއް ނޫން…” ސިއްރުން ކަހަލަ ގޮތަކަށް ނިހާލް އެންމެ ފަހުން ބުންޏެވެ. “ކީކޭ ތިބުނީ؟ ހުދާއާ ޝާމިލް އެކީ…” ލަތީފްއަށް ކޮންމެވެސް ވަރަކަށް ވިސްނުނެވެ. “ހުދާ ބޭނުން ވެގެންނެއް ނޫން ޝާމިލްއާ އިންނަނީކީ، އޭނަ މަންމަ މަޖުބޫރު ކޮށްގެން… ދައްތަ ބުނެގެން ޝާމިލްއާ ހުދާގެ ކައިވެނި އެ ކުރުވަނީ… ހުދާ އަހަންނާ ކައިވެނި ކުރަން ބޭނުން ވާހަކަ ބުނީމަ ހުދާ މަންމަ ގަބޫލެއް ނުވި… […]
ގަޑިއަށް ބަލަހައްޓައިގެން ވަގުތު ނުގުނިއެއްކަމަކު އަހަރެން ހުރީ އަށްގަޑި ބައިނުވެގެން ލަސްވެފައެވެ. މިހާރު އީން ނުފެނި އަހަރެންނަށް ނޭވާވެސް ނުލެވެނީއެވެ. ކުރާނީ ކީތްހެވެ. އެމަންޖެ މަށަށް ހަދާފަ ހުރީ ވަރުގަދަ ސިހުރެކެވެ. އަހަރެން އެދުނުގޮތަށް އަށެއްޖެހިއިރު، އަޔާޒް އަހަރެން ބަލައި އައެވެ. އޭނައަށް ގުޅަންޖެހުނީ، މިނިވަން ދުވަސްކަމުން، ލައިސެންސް ނެތި ސައިކަލު ދުއްވާލައިފިއްޔާ، ގަޑިއަށް ނުދެވިދާނެކަމުގެ ބިރަށެވެ. ހިތް ތެޅޭލެއް ބާރު ކަމުން އެކްސިޑެންޓުވެސް ވެދާނެ ނޫންހެވެ. ދުވަސްތަކަކަށްފަހު، ސްކަލްސިކްސް އަށް ވަދެވުމުން ބަޔާންކުރަންދަތި އިހުސާސްތަކެއް ވިއެވެ. […]
“ހީކުރީ ދެން ދުވަހަކުވެސް ނުގޮވާނެކަމަށް.” އަސްލާން މަޑުމަޑުން ކިޔައިލިއެވެ. އަސްލާން ދުރަށް ޖެހިލުމުން އެނދުގައި އިށީންދެފައި އަހަރެން ވީ ގޮތް ކިޔައިދިނީމެެވެ. ހުރިހާއިރު އަހަރެންގެ އިނގިލިތަކު ދޭތެރެއަށް އިނގިލިތައް މަހާލައި، އަތްތިލައިގައި ހިފައްޓައިގެން އިން އަސްލާން ހީވީ ދުވަހަކުވެސް ދޫކޮށްނުލަން ގަސްތުކޮށްގެން އިންހެނެވެ. ******************************* “ލުއާ! ލުއާ!” ވަރަށް ބާރަށް ހިލްމީ ގޮވަންފެށުމުން އަހަރެން އޯތްއޭ ބުނެ ޖަވާބުދިނީމެވެ. “ކޮބާހޭ މުސްތަފާ؟ އޭނަ މިތަނަށް ގެންނާށޭ ހަމަ މިހާރު!” ހިލްމީ ހަމަ އެ ބާރުމިނުގައި ބުންޏެވެ. “ކޮން […]
އެވަގުތު ބާރަށް ކެބިންގެ ދޮރު ޖެހިގެންދިޔުމާއިއެކު ހައިޒަލްގެ ނަޒަރުވެސް ދޮރާއި ދިމާލަށް ދަތުރުކުރިއެވެ. ހިނދުކޮޅަކަށް ހައިޒަލްގެ ނޭވާހުއްޓުނުހެން ހީވިއިރު ހިތުގެ ތެޅުންވެސް މަޑުޖެހިލިހެން ހީވިއެވެ. ކެބިންގެ މަޑު ކާރޕެޓްގެ ސަބަބުންނާއި އަދި ނުތަނަވަސްކަމުގެ އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތްނުކުރާތީ ހައިޒަލްއަށް ނައިނާގެ ފިޔަވަޅުތަކުގެ އަޑު ނީވުނީއެވެ. ދޮރުމަތީ ނައިނާ ބުދެއްހެން ހުއްޓުން އަރާފައިހުރިއިރު އެ ޖުމްލަތަކުން އެ ނާޒުކްހިތަށް ލިބުނު ސިހުން ހުރީ އެ ލޮލުން ފެންނާށެވެ. އެރީތި ލޮލުގެ ނަޒަރު ހައިޒަލްއަށް އަމާޒުވެފައިވާއިރު ކަރުނަަތައް ބޮޑިވަމުންދިޔަ […]
ލިބިފައިވާ ހިތް ހަމަޖެހުމާއިއެކު ހިނިތުންވުމާއެކު ޝިޔާޒް ފޯންކޯލް ކުރުކޮށްލީ އޭނާގެ މަންމަ ރާމިޒާ ސައިބޯން އައުމަށް އެނދުމުންނެވެ. އޭރު ޝިޔާޒްއަށް އާދަޔާހިލާފް ހިތްހަމަ ޖެހުމެއް ލިބިފައިވާ ފަދައެވެ. ގޭތެރޭގައި ކުރާނެ އިތުރު ކަމެއް ނެތުމާއެކު ފޫހިވެފައި އިން ކަމްލާ ބޭރަށް ނަޒަރުހުއްޓާލައިގެން ހިޔާލީ ދުނިޔެއެއްގައި ވަނިކޮށް ފާތުންއައިސް ގޮވާލިއެވެ. “ދަރިފުޅޭ ހިނގާބަލަ ބޭރަށްގޮސްލަން.. މިހާރު އެހެރަގެން އަސުރުވާންވެސް ގާތްވަނީ.. ބައްޕަވެސް އެބައޮތް ނިދިފަ..” “ހިނގާ..” ބޭރަށް ނިކުމެލަން ބޭނުންވެފައި ހުރި ކަމްލާއަށް އަވަސް އަވަހަށް ބުނެލެވުނެވެ. “މަންމަ […]