Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަލާޔާ ނުލާ 17

Ashly Level 210 Stories100 Comments100 Login
June 15, 2019 6 Mins Read
65 Comments

އަޔާން ލިފްޓަށް ވަދެ ހަމަޖެހިލަމުން ކައިރީ ހުރި ޒޯޔާއާއި ދިމާލަށް ބަލައިލިއެވެ. ޒޯޔާ އަށް އަޔާން ލިފްޓަށް އެރިކަން ނޭގޭކަން އަޔާން އަށް އިނގުނީ ޒޯޔާ އިސްއުފުލާލައި އަޔާން އާއި ދިމާލަށް ބަލާވެސް ނުލުމުންނެެވެ. އަޔާން ޒޯޔާއަށް ސިއްރު ނަޒަރެއް ދިނެވެ. ކަޅުކުލައިގެ ލެގިންސް އަކާއި ރައްކުލައިގެ ގަމީހެއްގައި ހުރިއިރު ޒޯޔާގެ ސާދާކަން  ހާމަވަމުން ދިޔައެވެ. ކުޑަކޮން ބުޅި ކޮށްފައި އޮތް އިސްތަށިގަނޑު ވޫލުކޮޅަކުން އައްސައި ހައްޔަރު ކޮށްފައި ވާއިރު ކުދި ބުޅި ކޮޅުތަކަކުންވާ ކުރު އިސްތަށިތަށް ޒޯޔާގެ މޫނު  މައްޗަށް ވެއްޓިފައި ހުއްޓެވެ. ޒޯޔާގެ މޫނުމަތި ވަނީ ލުއި މޭކަޕަކުން އިތުރަށް ފުރިހަމަ ކޮށްދީފައެވެ. އަޔާން ގެ ހިތް ޒޯޔާގެ އެ ސޫރަ ފެނުމުން އޮބިނޯއްނަ ވަރަށް އެ ރީތި ރާނީ އަށް އެދި ގޮވާވަރު އަޔާން އަށް އިނގޭ އިރު ވެސް އެކަން ނުދައްކާ ވޭތޯ އަޔާން ދިޔައީ ބަަލަމުންނެވެ.

” ހެލޯ … ޒޯޔާ ..” އަޔާން އޭނާގެ ހިއްސުތަކަށް ބާރު ފޯރުވަމުން ޒޯޔާއާއި ގާތްވެލަމުން ޒޯޔާގެ ކަންފަތްކައިރީ ބުނެލިއެވެ. އަޔާންގެ އެ ޖާދުވީ އަޑު އެހާގާތުން އިވުމުން ޒޯޔާ ސިހިފައި ދެލޯ ބޮޑު ކޮށްލަމުން އަޔާން އާއި ދިމާލަށް ބަލައިލިއެވެ. އިރު ކޮޅަކަށް ދެ މީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެ ވަގުތުކޮޅަށް ނިމުމެއް އައީ ކުއްލިއަކަށް ލިފްޓުގެ ބޮކި ނިވިދިއްލުމުންނެވެ. ޒޯޔާ ހަމަޖެހިލަމުން އަޔާން އާއި ދުރުވެލަން އުޅުން ވަގުތު ލިފްޓަށް އެރި ކުއްލި ގުޑުމަކާއެކު ބޮކި ނިވުމުން ޒޯޔާ ބިރުން ހަޅޭއްލަވައިގައްނަމުން ކައިރީގައި ހުރި އަޔާންގެ ގައިގައި ބައްދައިލިއެވެ. ބިރުން ޒޯޔާއަށް އަވަސް އަވަހަށް ނޭވާލެވެމުން ދިޔައިރު  ފަހަރަކަށް ވުރެ ފަހަރަކަށް އަޔާންގެ ގަމީހުގައި ހިފަހައްޓާފައި ހުރި ޒޯޔާގެ އަތުގެ އިނގިލިތަކަަށް ބާރުކުރެވެމުން ދިޔައެވެ.  އަޔާންއަށް ބޭއިޙުތިޔާރުގައި ޒޯޔާގެ ގައިގައި ބައްދާލެވުނެވެ. އެ ވަގުތު ދެހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. މާޒީގެ ފޮނި ދުވަސްތައް  ޒޯޔާގެ ސިނކުޑީގައި ދައުރު ވެގެން ދިޔައެވެ. އަޔާން އަތުތެރޭގައި އޭނާ ވޭތުކުރި އެ ފޮނި ވަގުތުތަކަކީ ޒޯޔާ ހަދާނުން ފިލައިގެން ދާނެ ވަގުތު ތަކެއް ނޫނެވެ. އަޔާންގެ ހާލަކީ ތޯއެވެ.  ޒޯޔާ އޭނާއާއި އެހާގާތުގައި ވުމުން އޭނާގެ ސިކުނޑީގައި ނުބައި ވަސްވާސްތައް އުތުރި އަރަމުން ދިޔައެވެ. ނަމަވެސް އަޔާން ދިޔައީ އެކަން ނުދައްކާ ވޭތޯ ބަލަމުންނެވެ.

ކުއްލިއަކަށް ލިފްޓަށް ކަރަންޓު އައިވަގުތު އެނެއްކާވެސް ލިފްޓަށް ގުޑުން އަރައިގެން ދިޔައެވެ. އެވަގުތު އަޔާން ގައިގައި ޒޯޔާ  ބޮޑަށް ބައްދައިލިއެވެ. ނަމަވެސް އަޔާން ޒޯޔާގެ އަތް އޭނާގެ ގައިން ނައްޓާލުމައްފަހު ޒޯޔާ ދުރަށް ކޮށްޕައިލިއެވެ. ޒޯޔާ ބެލެންސް ނުވެގެން ގޮސް ލިފްޓުގެ ބިތުގައި ޖެހުނެވެ. ޒޯޔާގޮސް ޖެހުނުލެއް ބާރުކަމުން އޭނާއަށް ތަދުވެސް ވިއެވެ. އިސްއުފުލައި އަޔާންގެ މޫނަށް ބަލައިލިއެވެ. ނަމަވެސް އަޔާން ގެ މޫނުމަތިން ނަގައިގަންނަށް ވީ ކޯޗެއްކަން ޒޯޔާއަކަށް ނޭގުނެވެ. އެ މޫނުމަތީގައި ރުޅިވެރިކަން އިންތިހާއަށް ވީއިރު ނުތަނަވަސް ކަން ވެސް ފާޅުވަމުން ދިޔައެވެ. ލިފްޓު ހުޅެވުމުން އަޔާން އެންމެ ކުރިން ލިފްޓުން ނިކުތެވެ. ޒޯޔާ ލިފްޓުން ނިކުންއިރު އޭނާގެ މޫނުމަތިން ހިތާމަވެރިކަން ހާމަވަމުން ދިޔައެވެ. ޒޯޔާގެ ލޮލުން ވެއްޓެން ދިޔަ ކަރުނަތިކި އަތުގެ ނުފުށުން ފުހެލަމުން ޒޯޔާ ކުރިއަށް ހިގައިގަތެވެ.

” ޝިޓް.. ވައި .. ވައި އައި އޯލް ވޭސް ކާންޓް ކޮންޓުރޯލް މައިސެލްފް ވެން ޝީއިސް ވިތް މީ .. ވައި ޝީ އިޒް ލައިކް ދެޓް….” އަޔާން ކެބިން އަށް ވަދެ އައިސް ހުރި ރުޅިގަނޑު ބޭލީ ފާރަށްށެވެ. އަތް މުއްކަވާފައި ދެތިން ހަތަރު ފަހަރު ފާރުގައި ޖެހިއެވެ.

ޒޯޔާ ކެބިން އަށް ވަދެ  ގޮޑީގައި އީށީނުމަށްފަހު ޑެސްކުގައި ދެއަތް ވިއްދާލުމަށް ފަހު  މޫނުމަތި ދެއަތުން ފޮރުވާލިއެވެ. ވެދާނެއެވެ. ޒޯޔާގެ މޫނުމަތީގައިވާ އިހުސާސްތައް އެހެން މީހަކަށް ދައްކަން ބޭނުން ނުވަނީ ކައްނޭގެއެވެ. އެ ހިތަށް ކޮށްފައިވާ އަސަރުން ޒޯޔާގެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތަށް އޭނާގެ އަތުތެރެއަށްް ފޭދިގެން ދިޔައެވެ. އެ ގޮތުގައި ޒޯޔާ ފަސްވަރަކަށް މިނެޓް ވޭތުކުރިއެވެ. ޒޯޔާ މޫނުމަތިން އަތް ނެގުމަށް ފަހު މޫނުމަތި ރަނގަޅު ކޮށްލިއެވެ. ” ޒޯޔާ .. ވައި ޔޫ އޯލްވެސް އެކްސްޕެކްޓު މަޗް ފުރޮމް ހިމް … ހީ ހޭވް ޗޭންޖުޑް … ” ޒޯޔާ އޭނާގެ އަމިއްލަ ނަފުސާއި މުހާތަބް ކުރަމުން  ދިޔައެވެ. ޒޯޔާ މަސައްކަތައިގެން ފެށިތަނާ ޑެސްކުމަތީ ބަހައްޓާފައި ހުރި ފޯން ރިންގު ވާން ފެށިއެވެ. ޒޯޔާ ފޯންގެ އަތްގަނޑު ނަގައި ކަންފަތުގައި ޖައްސާލަމުން އެކޮޅުން ވާހަކަ ދައްކަން ފެށި އަޑު އިވުނެވެ. ” ކަމްޓު މައި ކެބިން … ނައު …” ޒޯޔާގެ ކަންފަތުގައި ޖެހުނީ އަޔާންގެ ހަރުކަށި އަޑެވެ. އަޔާން ބުނަންބޭނުންވި އެތި ބުނުމަށް ފަހު އަޔާން ފޯން ކަޑާލިއެވެ.

ޒޯޔާ އަންނަށްދެން އަޔާން ކެބިން ތެރޭ ދެފަރާތަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ޒޯޔާއައިސް ކެބިން ދޮރު ހުޅުވާލާފައި ވަނުމުން  އަޔާން ޒޯޔާއާއި ވީ ދިމާލަށް އެނބުރުނެވެ. ޒޯޔާ އަޔާން ބަލާލި ގޮތުންވެސް ބިރުން ހަލާކުވާވަރު ވިއެވެ. ” ނެކްސްޓު ޓައިމް  ރިމެންބަރ ޓު ނޮކް ބިފޯރ ކަމިން އިންސައިޑް .. އޯކޭ …” އަޔާން އޭނާގެ ގޮޑީގައި އިށީންނަމުން ބުނެލިއެެވެ.  ޒޯޔާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ” ސްޓޯ ރޫމަށް ގޮސް އެތަނުގަ އިން ފައިލެއް ހޯދައިގެން ގެނެސްދީބާ … އެއީ ގުރީން ކުލައިގެ ޑޯލް ފެޝަން ޓުރެންޑް ޖަހާފަ އިން ފައިލް އެއް .. ” އަޔާން ކުރިމަތީ ހުރި ކޮމްޕިޔުޓަރާއި ކުޅެމުން ޒޯޔާގާތު ކުރަންވީ ކަންތަށް ބުނެދިނެވެ. ” ދެޓް އިސް ވެރީ އިމްޕޯޓެންޓު ފައިލް ފޯރ ޓުމޯރޯ މީޓިން … ސޯ ފައިޑް އިޓް … ” ޒޯޔާ ދާން ހިގައިގަތުމުން އަޔާން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

ޒޯޔާ މަޑުމަޑުން ހިގާލާފައި ގޮސް ސްޓޯ ރޫމްގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ޒޯޔާއަށް އަގަމަތީ އަތް އަޅައިލެވުނެވެ. އެތަނުގެ އެތެރޭގައި ލައިޓެއް ނުވާއިރު ހިރަފުސް މުޅި އެތަނުގެ އެތެރެ ފުރާލާފައި ވާކަހަލަ އެވެ. ޒޯޔާ ކެއްސަމުން  އަތުގައި އޮތް މޯބައިލް ފޯންގެ ފުލެޝްލައިޓް ޖައްސާލިއެވެ. އަދި އެތެރެއަށް ހިނގައިގަތެވެ. ޒޯޔާއަށް އެތަނުގައި އިން ކަރަންޓު ބޯޑު ފެނުނީ ވަރަށް އުނދަގުލުންނެވެ. ޒޯޔާ އެ ސުވިޗް ޖައްސާލުމާއެކު މަޑު އޮރެންޖު ކުލައިގެ ލައިޓް އެއް ޖެއްސުނެވެ. ޒޯޔާ އެތަނަށް ވަށައިގެން ބަލައިލިއެވެ. އެތަނުގައި އަށްވަރަކަށް ހަރުގަނޑު ބަހައްޓާފައި ހުރި އިރު އެ ހަރުގަނޑުތަށް ފުރެންދެން ފައިލްތަށް އަތުރާލާފައި ހުއްޓެވެ. އެއް ބިތް ފުރެންދެން ހުރި ހަރުގަނޑުގައި ސީޑީތައް ފުރެންދެން ވީއިރު ދެން ހުރި ދެބިތުގައި ހުރި ހަރުގަނޑުތަކުގައި ވަނީ އެކި ވަރުގެ ޓޮރޮފީ ތަށް ބަހައްޓާ ފުރާފައެވެ. ޒޯޔާ ކުރިއަށް ހިނގައިގެން ވަގުތު ބިންމަތީ ހުރި ފޮތި ފޮށިގަނޑުގައި އަޅައިގެންފައި ނުވެއްޓުނީ ކިރިޔާއެވެ. ޒޯޔާ ވަރަށް ބަލައިގެން ކުރިއަށް ހިގައިގަތެވެ. ފުރަތަމަ ދޮރުކައިރިން ޖެހުނު ހަރުގަނޑުގައި ހުރި ފައިލްތައް ޒޯޔާ ބަލަން ފެށިއެވެ. ކޮންމެ ފައިލެއް ނަގައި ފައިލްގެ ޓައިޓަލް ބަލަމުން ދިޔައެވެ.

އަޔާން ގޮޑި ހެއްލަމުން ކޮމްޕިޔުޓަރުން ސްޓޯ ރޫމްގައި ހުންނަ ސީސީ ކެމެރާގެ ފޮޓޭޖް ބަލަމުން ދިޔައެވެ. ޒޯޔާ  އުޅޭހާލު ފެނުމުން އަޔާން ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެފައި ވިއެވެ. ” ޒޯޔާ .. ކިތަންމެ ވަރަށް މަސައްކަތް ކުރިއަސް ތިކަމެއް ނުވާނެ… ފައިލް ފެއްނާނީ ފައިލް ތި ތަނުގަ އޮވެގެންނެއް ނު … ހަހަ .. ” އަޔާން ކައިރީ އޮތް ފައިލްއަށްް ބަލައިލަމުން އަޔާން ހޭންފެށިއެވެ.

ބުރޭކަށް ނިމުމުން ރީނާ ދަބަސް ކޮޑުގައި އަޅުވާލަމުން ކެބިން އިން ނިކުތެވެ. އެވަގުތު އޮފީސް ތެރޭގައި މީހުން ވަރަށް މަދެވެ. ރީނާވެސް މަޑުުމަޑުން ހިގާލާފައި ކޭންޓީނާއި ދިމާލައް ހިގައި ގަތެވެ. ކޭންޓީން ތެރޭ މީހުން ވަރަށް ގިނައެވެ. ރީނާ ޖޫސްތައްޓަކާއި ޓޫނާ ސޭންޑުވިޖްއެއް ހިފައިގެން ގޮސް މޭޒެއް ކައިރީ އިށީނެވެ. އެ މޭޒުގައި އިތުރު މީހެއް ނެތުމުން ރީނާ ފޯން ނަގައި އޮންލައިން ވެލިއެވެ.

ރީނާ އިންމޭޒު ގައި ހުރި ގޮޑިއެއް ދަމާލި އަޑަށް ރީނާ ކުރިމައްޗަށް ބަލައިލިއެވެ. އެވަގުތު ރީނާ ފިނިވެގެން ދިޔައެވެ. ހަރަކާ ތެއްވެސް ކޮށްލަން ނޭގިފައި އިނެވެ. ފަޔާޒް ހިނިތުން ވެލުމަށް ފަހު ރީނާއަށް ބަލައިލިއެވެ. ” ކޭން އައި ސިޓް ހިޔަރ …” ފަޔާޒް ރީނާ ކުރެން އަހައިލިއެވެ. ރީނާ ބޯޖަހާލުން ނޫން ކަމެއް ނުކުރެވެ. ފަޔާޒް އެތަނުގައި އިށީނުމުން އެ ވަގުތު ކޭންޓީނުގައި ތިބި އެންމެންގެ ނަޒަރު އެމީހުންނަށް ސީދާވެގެން ދިޔައެެވެ. ރީނާ މީހުން ބަލާވަރުން ލަދުން އިނުމުން ފަޔާޒް އެންމެންނާއި ދިމާލަށް ބަލައިލިއެވެ. ފަޔާޒްގެ މި އަމަލުން ހުރިހާ މުއަށްޒަފުން ބިރުގަތެވެ. އަވަހަށް އެމީހުން ކުރަމުން ދިޔަ ކަންތައް ކުރުމައިގެން މައުލޫއު ވިއެވެ.

” ރީ … ވަރަށް ބޭނުންވި ރީ ފުރަތަމަ ފެނުން ދުވަހުވެސް ވާހަކަ ދައްކާލަން … އެކަމް .. އަހަރެން ދެކެ ރީ ރުޅިއައިސް ހުރެދާނެ ތީ  ވާހަކަ ދައްކަން ނުކެރުނީ …  ރީ .. ރީ އަހަރެން ދެކެ ރުޅި ނައްނައްޔާ މިރޭ އަހަރެން ބުނާ ތަނަކަށް ދެވިދާނެތަ… އަހަރެން އިންތިޒާރު ކުރާނަށް …” ފަޔާޒް އެ ހުރިހާ އެއްޗެއް ކިޔާފައި ދިޔައިރު ވެސް ރީނާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ.  އޭނާގެ ހިތް  އުފަލުން ނަށަމުން ދިޔައިރު މޫނުމަތިން ފާޅުވަމުން ދިޔައީ ހާސްކަމެވެ. ބުރޭކް ގަޑި ނިމުމުން ރީނާ އެނެއްކާވެސް އޭނާގެ މަސައްކަތް ކުރަން ދިޔައެވެ.

އޮފީސް ގަޑި ނިމުމުން އެންމެން ގެއަށް ދާން ފެށިއެވެ. ޒޯޔާއަށް މިއިން ކަމެއް ރޭކާވެސް ނުލައެވެ. މުޅި ދުވަހު އައި ގޮތަށް ބުރޭކެއްވެސް ނުނަގައި އޭނާއަށް ހަވާލުވި މަސައްކަތް ފުރިހަމަ ކުރަން ޒޯޔާ މަސައްކަތް ކުރަމުން ދިޔައެވެ.

އަޔާން އޮފީހުން ބޭރުގައި އުޅެފައި އޮފީހަށް އައިސް ވަދެވުން ވަގުތަކީ އެ ވަގުތު އޮފީހުގައި ތިބި އެންމެ ފަހު ގުރޫޕް އޮފީހުން ނިކުންނަށް ހިގައިގަން ވަގުތެވެ. އަޔާން އޭނާގެ ކެބިންނަށް ވަންނަށް ހިގައިގަން ވަގުތު ނަވީންގެ ކެބިންއަށް ވަދެލާހިތް ވުމުން ގޮސް އެ ކެބިންގެ ދޮރު ހުޅުވާލާފައި ވަނެވެ. އަޔާންގެ މިސްރާބު ހުރީ ޒޯޔާގެ ޑެސްކާ ދިމާލައްށެވެ. ޒޯޔާ އިއްނަ މޭޒުމަތީގައި ފައިލް ތަކެއް ހުޅުވާފައި ހުއްޓެވެ. އަޔާން ލޮލުގައި އެވަގުތު ޒޯޔާގެ ހޭންޑު ބޭގު އަޅައިގަތެވެ. ” ބެވަކޫފް ލަޅްކީ … އަބީތަކް ނެހީ ގައީ …” އަޔާން ޒޯޔާގެ މޮޔަކަން ވިސްނުމުން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

” ޕިސް ޕިސް … އަޅެ ކޮބައިތަ އެ ފައިލް ގަނޑު … މިހާރު ބަޑުހައިވެގެން ހަލާކުވޭ އަބަ … މި ދެން އަޅެ ކަމެއްނު .. އެ ފެންނަ މީހާ އަމިއްލައަށް  އައިސް އެ ހޯދީމަ ވީނު … މަ ނޫނީ އޭނަ އަށް ނުފެނުނީތަ އެހެން މީހަކު މިތަނަށް ފޮނުވަން …” ޒޯޔާ އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ދިޔައެވެ. އަޔާން އާއި ދިމާލަށް އެއްޗެހި ކިޔަމުން ދިޔައިރު ބަޑުހައިވެފަ ހުރިވަރުން މޫނުމައްޗައް އަދިރި ވަމުން ދިޔައެވެ. ބައެއްފަރު ދެންމެ ދެންމެ ވެއްޓިދާނެއޭ އޭނާ ހިތަށް އަރަމުން ދިޔައެވެ.

އަޔާން އޭނާގެ ފިރިހެން ވަންތަ ހިނގުމުގައި އައިސް ސްޓޯ ރޫމްގެ ދޮރު ކައިރީ ލައްގަނެލައިގެން ހަށަމަށް އަތްނަގައިގެން ހުއްޓިލިއެވެ. ޒޯޔާއާއި ދިމާލަށް ބަަލަހައްޓައިގެން ހުރިއިރު ތުންފަތްމަތީ ކާމިޔާބީގެ ހިނިތުން ވުމެއް ވިއެވެ. ޒޯޔާ މާ ބިޒީ ކޮށްލައިގެން އުޅުމުން އޭނާއާއި ދިމާލަށް މީހަކު ބަލާކަން އޭނާއަށް ނުވެސް އިނގުނެވެ. އަޔާން މަޑުމަޑުން ހިނގާލާފައި ގޮސް ޒޯޔާގެ ފުރަގަހުގައި ހުއްޓިލިއެވެ. ޒޯޔާ ފައިލެއް ނެގިވަގުތު މީހަކު ފަހަތުގައި ހުރިހެން ހީވުމުން ފަހަތް ބަލައިލިއިރު އަޔާން ހުރި ތަން ފެނުމުން ސިއްސައިގެން ގޮސް ފައި ކައްސާލިއެވެ. އަތުގައި އޮތް ފައިލް އަތުން ދޫވިއެވެ. ފައިލްގައި ހުރި ހުރިހާ ކަރުދާސް ތަކެއް މުޅިތަނަށް ބުރައިގެން ދިޔައިރު ޒޯޔާގެ ހަށިގަނޑުގައި އަޔާންގެ ބާރުގަދަ ދެއަތުން ހިފަހައްޓާލާފައި ހުއްޓެވެ. ޒޯޔާ އަޔާން އާއި ދިމާލައް ބަލަމުން ދިޔަނަމަވެސް  މޫނުމައްޗަށް އަދިރި ވަމުން ދާކަން އޭނާއަށް އިނގުނެވެ. ޒޯޔާގެ ދެލޯ މެރުނު ތަން ފެނުމުން އަޔާން ދެފަހަރަކު ޒޯޔާއަށް ގޮވާލިއެވެ. ނަމަވެސް ޒޯޔާގެ ހަބަރެއް ނުވިއެވެ. އަޔާން ޒޯޔާ އަތްދަނޑި މައްޗަށް ނަގައިގެން ސްޓޯ ރޫމްއިން ނިކުމެ އޭނާގެ ކެބިންއަށް ގޮސް ވަނެވެ.

އަޔާން ޒޯޔާ ގެންގޮސް އޭނާގެ ކެބިންގައި ހުރި ސޯފާއެއްގައި ޒޯޔާ ބޭތްވިއެވެ. ޒޯޔާ ބޭއްވުމަށްފަހު އަޔާން ތެދުވަން އުޅުން ވަގުތު ޒޯޔާގެ އިސްތަށިކޮޅެއް އަޔާން ލާފައި ހުރި ގަމީހުގެ ގޮށެއްގައި އަޅައިގެންފައި އިނުމުން އޭނާ އެނެއްކާވެސް ޒޯޔާ ގާތު އިށީނެވެ. އަދި ވަރަށް ބަލައިގެން އެ އިސްތަށި ކޮޅު ނައްޓުވައިލިއެވެ. އަޔާން ފެންތައްޓެއް ހިފައިގެން އައިސް އަތަށް ފެންކޮޅެއް އަޅައި ޒޯޔާގެ މޫނުމަތީ ހާކާލިއެވެ. ޒޯޔާ މަޑުމަޑުން އެސްފިޔަ ތަޅުވާލާފައި ދެލޯ ހުޅުވާލިއެވެ. އަޔާން ޒޯޔާގެ ހަށިގަނޑު ތެދު ކޮށްލިއެވެ. އަދި އަތުގައި ހުރި ފެންތަށި ޒޯޔާގެ ތުންފަތުގައި ޖައްސާލިއެވެ. ޒޯޔާ އެ ފެންތަށި ބޯލުމުން ގައިގައި ކޮންމެވެސް ވަރަކަށް ވަރު ޖެހުނެވެ. އަޔާން ޒޯޔާއާއި ފެންތަށި ދުރު ކޮށްލުމުން އިރު ކޮޅަކަށް ޒޯޔާއާއި އަަޔާންއާއި ދެމީހުން އެކަކު އެނެކަކަށް ބަލަހައްޓައިގެން ތިއްބެވެ.

މާންތީ ހޫނ ކު ދާ ތުޖީމޭ..  ތޫ ހޭ ތޯ ރެހެނާ ޔަހާ

އަބް ސޭ ހަޔާލީ ޕަންމޭބީ ތޫ ޕާސް މޭރީ ކަޅާ

ތޫ ހޭ ނެހީ ޔަހާ ޔޭނާ ޔަކީން ހުއާ

ކޭސޭ ކަރޫން ޔެ ކުދްސޭ ބަޔާން

ބިކުޅީހު ހަރ ޖަގާ މެ ރީތްކީ ތަރްހާ

ނާ މޭރެ ދަރްދު ކީ ހޭ ދަވާ

ސާސޮކީ ސަރ ޒަމީ ޕަރ  ބަރސާތު އާ ގަޔޭ

އޭކް ޗުޕްކީ މެ ތޭރަ ސޯ ކާބް އާގަޔޭ

ބޭޕަނާ ބޭޕަނާ … ޕިޔާރ ހޭ ތުމްސޭ

ޒޯޔާއަށް އެވަގުތު މިއަދު ހެނދުނު ކަންތައް ވީގޮތް ހަދާންވުމުން އަވަހަށް އެތަނުން ދާން ހިނގައި ގަތެވެ. ސޯފާއިން ތެދުވެ ބާރަށް ދުވެފައި އެ ކެބިން އިން ނިކުމެ  އޭނާގެ ކެބިންއަށް ވަދެ ދަބަސް ހިފައިގެން އޮފީހުން ނިކުނަށް ދިޔައެވެ. ޒޯޔާ ގޮސް ލިފްޓަށް އެރިއިރު އެނާއަށް މާނޭވާ ލެވެއެވެ. ޒޯޔާ އަށް ދެލޯ މަރާ ބާރު ކޮށްލެވުނެވެ. އެވަގުތު އަޔާންގެ ސޫރަ ޒޯޔާގެ ލޯކުރިމަތީ ސިފަވެގެން ދިޔައެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ashly

Level 210 Stories100 Comments100 Login

am 18 years old girl.. love to read and write stories.. Leave comments.. I will keep improving my writing ?????? my Facebook page .. ashlystories❤️

Other Articles

Previous

ނާއިންސާފް 14

Next

ވާނަން އުމުރަށް – 2 –

Next
June 15, 2019

ވާނަން އުމުރަށް – 2 –

Previews
June 15, 2019

ނާއިންސާފް 14

65 Comments!

  1. Aki says:
    June 15, 2019 at 10:24 pm

    varah inthizaaru kohfin mi vaahaka ah… thanks up kohla dhineema

    1. Ashly says:
      June 16, 2019 at 9:49 am

      Thank you Aki ?

  2. maary says:
    June 15, 2019 at 11:01 pm

    vara reethi mi vahaka gendha goe thankolhe lahe up kuraleh

    1. Ashly says:
      June 16, 2019 at 9:51 am

      Thank you … Avahah up kohdhevey tho balaanah

  3. #!/ says:
    June 15, 2019 at 11:13 pm

    Varah reethi but varah kuru dho… next part up kohlaanee kondhuvahakun♥️♥️♥️

    1. Ashly says:
      June 16, 2019 at 9:54 am

      Thank you … Aan mi faharu thankolheh kuru koh up kohdhe vuni ekam next time dhigu kohlaanah

  4. Rai says:
    June 15, 2019 at 11:18 pm

    Haadha kurey…ehaadhuvas vefa up bi irugaves

    1. Ashly says:
      June 16, 2019 at 9:54 am

      Dhen faharakun ragalhu kohlaanah

  5. Eyna says:
    June 16, 2019 at 12:18 am

    Bodah heevani beppanah drama ge copy eh hen..

    1. Ashly says:
      June 16, 2019 at 9:56 am

      Kon gothakun beppanah drama ge copy akaa vahthari … It’s not a copy … Mi Hama ash ge hiyaali vaahaka eh ….

    2. Bear says:
      June 16, 2019 at 3:43 pm

      Really elava idhehen mihaaru copy akah hadhaaly tha
      Writer v molhu hats off to you ?

    3. Ashly says:
      June 16, 2019 at 4:24 pm

      Ash mi vaahaka aiga eki lava beynuh kuran ei dhen Hama haalatha gulhu vaigen …. Heekuran mi goh kiyun therin nah kamudhaa kamah

  6. Aathu says:
    June 16, 2019 at 12:29 am

    Gina dhuvas kohffa up kura iru thankolheh dhigukohladhiniyya v ragalhu… V reethi vaahaka eh mi..

    1. Ashly says:
      June 16, 2019 at 9:57 am

      Aan mi faharu thankolheh kuru v … Vaahaka reethi v ma v thanks aanthu

  7. Snow White says:
    June 16, 2019 at 10:14 am

    Wow?? V reethi vaahaka eh mi ???????????????❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ashly says:
      June 16, 2019 at 4:25 pm

      Thank you snow White ???❄️❄️❄️❄️❄️

  8. Beauty ? says:
    June 16, 2019 at 10:19 am

    Wow mi part ves Varah loabi❤️❤️❤️

    1. Ashly says:
      June 16, 2019 at 4:26 pm

      Thank you beauty ♥️♥️

  9. Mint says:
    June 16, 2019 at 10:23 am

    Wow varah reethi mi part vx.. ?????????

    1. Ashly says:
      June 16, 2019 at 4:27 pm

      Thank you mint ♥️♥️???

  10. AUOO says:
    June 16, 2019 at 11:07 am

    Mi vaahaka varah reethi ❤❤❤???maashaa allah …..???❤❤?❤? When next part?? waiting curiously…??❤❤????

    1. Ashly says:
      June 16, 2019 at 4:28 pm

      Thank you auoo … Next part soon I will upload ok ♥️♥️♥️

  11. Ibsha says:
    June 16, 2019 at 11:36 am

    Aharen Esfiya in ky boss vaahaka ge copy akaa varah vahtharu… but vaahaka varah reethi

    1. Ashly says:
      June 16, 2019 at 4:31 pm

      Oh ehen tha ash nuves kiyaa vaahaka eh thi … Ibsha … Kaaku vaahaka eh thi ash ves beynuh kiyaalan … Eyrun dhw igey ni ash ah evaahaka aa ehgothah liye vehya ves … Ekam … Mi evaahaka ige copy eh nuh

    2. Me? says:
      June 16, 2019 at 5:24 pm

      Shiny ge vaahaka eh eii.. e file balaa dhaa than in same hama.. ethanuga neiy file eh balaa fonuvaany jessumah.. dhn hama e thankolhu almost same…

    3. Ashly says:
      June 17, 2019 at 2:30 pm

      Oh ehen tha kuhjaa … I didn’t now about that … Ok .. may be ethan ehgoh v e .. ekam mi konme akas e vaahaka eh nuh … U will get to know later … Keep reading .. ???

  12. saafu says:
    June 16, 2019 at 12:48 pm

    Thank you mifaharu avaha up kohla dhineema

    1. Ashly says:
      June 16, 2019 at 4:32 pm

      Welcome saafu … ?

  13. Mal? says:
    June 16, 2019 at 2:24 pm

    Vv reethi mi part vas ??

    1. Ashly says:
      June 16, 2019 at 4:33 pm

      Thank you mal ????

  14. jiji says:
    June 16, 2019 at 2:47 pm

    Ashly❤❤❤??????…mi part vv lwbi????????…Ayaan anehkaa vec zoyaa ah fall vany kahneyge dhw..hhehe..whn next part Ashh..soon upkurahche..lysmm❤❤???????✨✨???

    1. Ashly says:
      June 16, 2019 at 4:37 pm

      Mi faharu first nulibun dhw jiji … .. jiji ge comment akah varah inthizaaru Kurin …. Finally …. Next part dhooni gadaa up kohdheynah avahah … Ok ehnu .. dhw .. ekam vaane first hodhan . Igey … Lysm?????❤️❤️❤️❤️❤️♥️♥️♥️♥️?????

  15. Me? says:
    June 16, 2019 at 5:25 pm

    Shiny ge vaahaka eh eii.. e file balaa dhaa than in same hama.. ethanuga neiy file eh balaa fonuvaany jessumah.. dhn hama e thankolhu almost same…

  16. Kiuntheriyaa says:
    June 16, 2019 at 7:41 pm

    Vaahaka kuriyah gendhaanee liuntheriyaa Beynun vaagothakah lovestory thakuga ehgoiy kanthahthah abadhuves hingaanee kiuntheringe faadu kiun eiy liuntheringe kurierun maayoos nuve vaahayaagen kuriah dhey ??varah reethi kiyaalaa hivvaa vaahaka eh ❤❤Dheravanee up kohdheyleh laskamun thankolheh avahah up kohdheynama varah fakkaa vaane??????

    1. Ashly says:
      June 16, 2019 at 9:28 pm

      Thanks kiyuntheriya … For ur support … ♥️♥️♥️♥️

  17. Noor says:
    June 16, 2019 at 7:46 pm

    Zoya dhen thi ayan dandaa dhurun ulhey fonikamun thisoru alhaanulaa hunnan fesheema size ah thirivedhaane?? vaahaka varah reethi waiting for the next part keep it up dear???????

    1. Ashly says:
      June 17, 2019 at 2:34 pm

      Thank you Noor …

  18. Noor says:
    June 16, 2019 at 7:52 pm

    Zoya dhen thi ayan gandaa dhurun ulhey thisoru maa foniboduvefa hunnaathee???? alhaanulaa hurey eyrun size ah thiri vedhaane thi fonigandu??????

  19. lover says:
    June 16, 2019 at 9:48 pm

    vvvvv reathi.?

    1. Ashly says:
      June 17, 2019 at 5:39 am

      Thank you lover ♥️♥️

  20. Reader says:
    June 17, 2019 at 10:04 am

    Wow so nice waiting for the next part good luck ??

    1. Ashly says:
      June 17, 2019 at 2:36 pm

      Thank you reader

  21. jiji says:
    June 17, 2019 at 1:30 pm

    Hehe..time bunelyma egady ga ol veveYny..
    Yaa dhw ash…miFaharu nulibuney first eh..
    But let c dhw next time libeythw..Um Ash gmail use kurangna Idhw dhyba..Tlk kohlan kamah hehe..???????

    1. jiji says:
      June 17, 2019 at 1:31 pm

      *ID dhyba

    2. Ashly says:
      June 17, 2019 at 2:37 pm

      I don’t Gmail address darling … ???

  22. Ryn says:
    June 18, 2019 at 9:08 am

    Ashly………. Amazing…… Keep it up……

    1. Ashly says:
      June 18, 2019 at 2:32 pm

      Thank you ryn

  23. maasa says:
    June 18, 2019 at 1:05 pm

    u haadha lahey stry up kuraaleh .dhn ayaan aslu zoya dheke rulhi aihsa hunnana sababehves neynge . so thankolheh avahah vaahaka up kohdheyn try kurahchey. mi part ves v reethi ingey aslu mihen bunnyyass.

    1. Ashly says:
      June 18, 2019 at 2:35 pm

      Zoya dheke ayaan rulhi ahnani aslu ayaan ah meehaka Zoya ey kiyaafa nubai habareh dhini ma … Ayaan e vaahaka gabool kohgen e ulheni … Thanks for ur comment

  24. Kiyuntheriya says:
    June 18, 2019 at 2:15 pm

    Koh dhuvahakun tha next part up kolla dheyni varah inthizaaru eba kurevey Ashly dhooyya up kolladhyba mireyga nama ves e varah inthizaaru nukuruvabala????

    1. Ashly says:
      June 18, 2019 at 2:37 pm

      Aan ash mi haaru innaani varah bodu Bai liyefa .. mifaharu than kolheh dhigu kohlevey tho mi ulheni … Aslu kiyun therin inthizaaru ves kuru van vaane eyrun nu dhw kiyaa hihvaani … ♥️♥️♥️

  25. Axee ? says:
    June 19, 2019 at 8:19 pm

    Masha Allah Varah reethi mi part vx ????and waiting for the next part avahah up koh dheeba plx ly ❤️❤️❤️????????

    1. Ashly says:
      June 21, 2019 at 12:45 am

      Thank you Axee♥️♥️♥️

  26. Kiyuntheriyaķ says:
    June 19, 2019 at 9:15 pm

    Hey ashly kohdhuvahakun tha next part kiyaalah libeyny

    1. Ashly says:
      June 21, 2019 at 12:46 am

      Iraadha kurehvihyaa maadhan liyelaafa upkoh dheynah

  27. Sunflower says:
    June 21, 2019 at 11:14 am

    Alhugandu mi vaahakaage inthizaaruga ohva iruaraa mi ohsenyy…. Varah reethi story eh…. Plxx thankolheh avahah kiyaalan libeyne gotheh Hadhaa dhybala ???❤️❤️❤️❤️??????

    1. Ashly says:
      June 23, 2019 at 5:26 am

      Girl sorry for that … Igey …. Ekam Hama nuliyevigen mi ulheni … Dhen ekam ini Kuda thankolheh

  28. jiji says:
    June 21, 2019 at 10:36 pm

    Ashly hangouts use kurangna Id dhyba ingey..just to tlk yuh dearr?????

    1. Ashly says:
      June 23, 2019 at 5:29 am

      No I don’t ..jiji … But u can follow me on my page … Ashly stories in Facebook

  29. Jungkook says:
    June 22, 2019 at 2:56 pm

    Alhey kondhuvahakuntha up kondheveyni Mihaaru kiyaa hithun hurevenyky nooney avahah up kohdheeba plz plz

    1. Ashly says:
      June 23, 2019 at 5:27 am

      Yeah I will upload … Ok ??

  30. BtS V says:
    June 23, 2019 at 9:28 am

    Alhe dhw ash.. vhka up kohbala plxx.. haadha kiyaahihvaa vhka ekey miyakyy.. plx plx plx dhoonyyaa ?????????

  31. Jungkook says:
    June 23, 2019 at 9:29 am

    Alhe dhw ash.. vhka up kohbala plxx.. haadha kiyaahihvaa vhka ekey miyakyy.. plx plx plx dhoonyyaa ?????????

  32. Jungkook says:
    June 23, 2019 at 9:29 am

    Alhe dhw ash.. vhka up kohbala plxx.. haadha kiyaahihvaa vhka ekey miyakyy.. plx plx plx dhoonyyaa ?????????

  33. Ashly says:
    June 23, 2019 at 11:41 pm

    vaahaka liyelaafa fonuvaifin … varah avahah kiyaalan libeyne …. thank u for keep waiting

Comments are closed.

Next Episodeކަލާޔާ ނުލާ 18←


All Right Reserved!