ވަކިވެދިޔަޔަސް
ހެމުންދާ ރޯޅިތައް ފިނިވާން ފަށަައިފިއެވެ .ތެއްފިންނެވެ. ކަޅުވިލާގަނޑުތެރެއިން ގެހެމުންދާ ރޯޅިތައް މަޑުމަޑުން ޒޯޔާގެ ދޮންކޯތާފަތުގައި ބީހެމުންދެއެވެ، މާ ގިނަ އިރުތަކެއް ނުވެ ވާރޭވެސް ވެހެންފަށައިފިއެވެ . ވާރޭތިކިތައް ޒޯޔާގެ ލޫޅާފަތި ހަށިގަނޑުގައި ބޮސްދެމުންދެއެވެ. ނަމަވެސް މިވަގުތު ޒޯޔާ އައް އެއިން އެއްވެސް ކަމެއް އިހުސާސްވާކަހަލަ އެއްނޫނެވެ. އެއައްވުރެބޮޑަށް ޒޯޔާގެ ހިތްވަނީ ކުދިކުދިވެފައެވެ. ބިންމަތީގައި ކަކޫ ޖަހައިގެން ޒޯޔާގެ ރޯމަންޒަރު ފެންނަ މީހަކުގެ ހިތް ހަމްދަރުދީ އިން ފުރޭނެއެވެ. ”ނޫންންންން!!!!! ”. ޒޯޔާ ބޮލުގައި ދެއަތް އަޅާ ބާރަށް ހަޅޭލަވަމުންދެއެވެ. މާތް ﷲ އިންސާނަކަށް ނުއުފުއްލޭ ވަރުގެ ބުރައެއް ނުޖައްސަވާނެވެ. ކެތްކުރުން އޮތީހަމަ އަހަރަމެން އިންސާނުންގެ އަތްމަތީގައެވެ.
” ސަޕްރައިޒް!!! ” ގޭގެ ދޮރުހުޅުވާލުމާއި އެކު ޒޯޔާ ސިއްސައިގެން ދިޔައީ އަލްސަން އަޑުންނެވެ. އެއީ ޒޯޔާ އާއި އަލްސަންގެ ކައިވެންޏައް 2 އަހަރު ފުރުނު ދުވަހެވެ. ގެ ޒީނަތްކޮށްފައި ވާލެއް ފުރިހަމަ ކަމުން ޒޯޔާގެ ހިތް އުފަލުން ފުރިދިޔައެވެ. ހިނިތުންުވެލުމާއި އެކު ޒޯޔާ ދުވެލާފަ އައިސް އަލްސަންގެ ގައިގައި އޮޅުލައިގެންފައި ބުންޏެވެ.”ހެޕީ އެނިވާސަރީ މައި ލަވް” އަލްސަން މަޑުމަޑް ޒޯޔާގެ ދުންފަތުގައި ލޯބިކޮށްލާފައި ޒޯޔާ އުރާާލާފަ އަބުރާލިއެވެ. އެވަގުތު މުޅިގޭތެރެއަށް ވެރިވީ ދެމީލުންގެ ހުނުމު އަޑެވެ.
” ސޮރީ ދޫނީ އެކަމަކު މިއަދު ލީވް އެއް ނުލިބުން..މިދުވަސްކޮޅު ވަރަށް ގިނަ ފްލައިޓް ދަތުރު އޮންނާތީވެ އެމީހުން ބުނީ މިހަފްތާ ނިމުނީމައޭ ލިބޭނީ..” އަލްސަން ޒޯޔާގެ ބުރަކަށީގައި ފިރުމމާލަމުން ބުންޏެވެ. ” އަޅޭ!..ހާދަ ދެރައޭ ދޯ.. އެކަމަކުވެސް އަވަހަށް އާދެވޭތޯ ބަލައްޗޭ..އެހެންނޫނީ ވަރަށް އެކަނިވާނެ” ޒޯޔާ ޅަގޮތަކަށް ބުނެލިއެވެ.
އަލްސަންގެ ވަޒީފާގެ ގޮތުން ދެމީހުން އެކީގައި ހޭދަކޮށްލެވޭ ވަގުތު މަދުވިޔަސް އެކަކު އަނެކަކު ދެކެ ލޯބިވާވަރާއި ހަނދާންވާ ވަރު އިންތިހާއަށް ބަޔާންކުރަމުންދެއެވެ. އަލްސަން އަވަހަށް އައްނާނެކަމަށް ބުނެ ޒޯޔާގެ ލޯމަތިން ގެއްލިއްޖެއެވެ.
އެދުވަސް އެއްކޮށް ޒޯޔާ އުޅުނީ ބޯއަބުރާ ހޮޑުލަވާތީއެވެ. ނަމަވެސް އަލްސަން ހާސްވެދާނެތީ ޒޯޔާ އަލްސަންއަކަށް އެކަމެއް ނާންގައެވެ. އަދި ހޮސްޕިޓަލަށް ގޮސް ޓެސްތު ތަކެއް ހެދިއެވެ. ޓެސްޓުގެ ނަތީއްޖާ ފެނި ޒޯޔާ ހިތް އުފަލުން ފުރިދިޔައެވެ. ނަމަވެސް އަލްސަން އައީމަ ވަރަށް ހާއްސަ ގޮތަކަށް ބުނެލަން ހިތް އެދުނީއެވެ.
ނަމަވެސް ތަގްދީރު އިންގޭނީ ފަހެ ކާކަށް ހެއްޔެވެ؟ އަލްސަން ގެ ‘ފްލައިޓް ކްރަޝްވީ’ ފްލައިޓްގައި ޖެހުނު މައްސަލައެއްގެ ސަބަބުންނެެވެ.ހިތާމަޔަކީ އެއިން އެންމެ ދިރިހުރި ފުރާނަ އެއްވެސް ނެތްކަމެވެ. އެެއީ ތަގްދީރުނެ ކޮންފަދަ މޮޅު ނިންމުމެއް ހެއްޔެވެ؟ އެކީ އެކަށްޗަކަށް އެ ގެއްލުނީ ކިތައް މީހުން ގެ އުފާތަކެތް ހެއްޔެވެ؟
ހަށިގަނޑު ފާހަގަ ކުރުމަށް ޒޯޔާ ނޫން އެހެން މީހަކަށް އެންގެންވެސް ނެެތެވެ. އެއީ ދެފަރާތުގެ ވެސް އާއިލާ އުޅެނީ އައްޑޫގައި ކަމަށް ވާތީއެވެ.
ޒޯޔާގެ އަތާއި ފައި ވީ ފިނިވެފައެވެ.މޯޗަރީއާ ހަމަޔަށް ޒޯޔާ ގެނައީ ކީއިކުރަން ކަމެއްވެސް ޒޯޔާ އަކަށް ނޭންގެއެވެ. އެއީ ޒޯޔާ އަށް ހިގައިދިޔަ އެއްވެސް ކަމެށް ގެ ހިލަމެއް ވެސް ނުވެއެވެ. އެތާގެ ދޮރުލުޅުވުމާ އެކު ޒޯޔާގެ ހިތް ބިރުން ތެޅެން ފަށައިފިއެވެ. ކީއްވެކަމެއް ޒޯޔާ އަކަށް ނެންގެއެވެ.
ކުރިމަތިން ފެނުނީ ހުދު ފޮތިން ނިވާކޮށް ފައިވާ އޮތް މީހކެވެ. މޫނުނިވާކޮށްފައިވާ ފޮތިގަނޑު ނެގުމުން ޒޯޔާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ޒޯޔާގެ ލޮލަށް ފާއްދާލި ކަރުނަ އެކީ އެކައްޗަކަށް އޮހިގަތެވެ. ޒޯޔާ އައް އެފެނުނީ ޒޯޔާގެ އެއްމެ ލޯބިވާ ފިރިމީހާގެ ހަށިގަނޑެވެ. އަލްސަން ލޯމަރަިގެން އެއޮތީ އަބަދުގެ އަބަދަށެވެ. މުޅިތަނަށް ވެރިވެފައި ވަނީ ޒޯޔާގެ ގިސްލުމުގެ އަޑެވެ،” ނޫން!! އަލްސަން .. ތެދުވެބަ މީ ސަކަރާތް ގަނޑިއެއް ނޫނެއް ނު؟ … ހެޔޮނުވާނެ އަހަރެން ދޫކޮށްލާފަ ނުދޭ.. ދޫނި ނުލާ ކިހިނެތް އުޅޭނީ..؟ ޕްލީސް ނުދޭ… ދޫނި ބައްޕި އަކަށް ވަނީ އޭ..ދެން ތެދުވޭ އަވަހަށް..”
ޒޯޔާ މޮޔައެއްފަދައިން އަލްސްގެ ގައިގައި އޮޅުލަިގެެން އޮވެ ބުނަމުން ދިޔައެވެ. އަދި އަލްސަން ބައްޕަ އަކަށް ވުމުގެ ފޮނި ހަބަރުވެސް ދިނެވެ. ނަމަވެސް މިއަދު އެއަޑު އަހާނީ ފަހެ ކާކު ހެއްހެވެ؟ ހަޔާތުގެ އެއްމެ ފޮނި މީރު މޭވާ ލިބުނު އިރު އެގަސް އަނީ މިލާ މޯޅިވެފައެވެ.
އަލްސަން ގެ މައުސޫމުކަން މޫނުމަތިން ފާހަގަ ވާން ހުއްޓެވެ. ތުންފަތަށް ވެރިވެފައިވަނީ ލުއި ލުއި ހިނިތުންވުމެކެވެ. ނަމަވެސް މިއަދު އެދެލޯ މަރާފައި އޮތީ އަބަދުގެ އަބަދަށެވެ.
ތެމިފައިވާ ޒޯޔާ އިންތަނުން ތެދުވީ އަލްސަންގެ އެއްމެފަހު ނިޝާން މިދުނިޔަށް ގެނައުމުގެ އުންމީދުގައެވެ. އަލްސަން ގެ ހަނދާނުގައި މުޅިހަޔާތް ހޭހަކޮށްލުމަށެވެ.ތެދެކެވެ.މާދަމާ އަންނާނެކަމުގެ އުންމީދެއެއް ނެތެވެ. ދުނިދެޔައައް އުފަންވެސް ނުވާ މައުސޫމު ފުރާނަ އޮތްކަން އިނގުނު ދުވަހު ބައްޕަ ވީ ވަކިވެފައެވެ. ތަގްދީރު އެދިނީ ކިހާ ވޭންދެނުވި ހަނދާންތަކެއް ހެއްޔެވެ؟
5 Comments!
Comments are closed.

Oh first veema vv mistakes ginavaane????so dhonthi will help you to improve ingey dear????.
Zoyaage roa manzaru
Alsan adunney
Furi dhiyaey
Aburaaliey
Nivaakohfavaa oiy meehekey
Theh finney
Gandieh
Hunumu adey
Zoyaa hiy ufalun
Miee mistakes thakakee ingey…. So mihaaru mi kiyaidhenee rangalhu goiy ingey
Zoyaa roa manzaru
Alsange adunney
Furigen dhiyaey
Anburaaliey
Nivaakohfai oiy meehekey
Theiy fingney
Gadieiy
Hunumuge adey
Zoyaage hiy ufalun
So, mihuree mistakes thah ingey… Matheega ehuree dear ah liyevunu mistakes thah… Dhn thireega ehuree hama E tharutheebun rangalhu kodhdheefa ingey dear??????And husnoonu jahan jehey thanthaaga nujehi huree dhw… And sukunuge gavaaidhu kudakoh dhaskollan jehey ingey dear…. ??????Hope you understand ingey dear…. Anyways vaahaka hama vvvv reethi… Ummeedhukuran adhi dear ge faraathun mikahala reethi vaahaka eiy fennaane kamau and mistakes thah improve kollaanee kamau ingey… Lots of loves from me?????????????❤️❤️❤️❤️❤️??????????????❤️
V reethi…. N vrh emotional
Story v rythi…vvv emotional but mistakes eba huri ingey…Ekan ranagalhu kohlaathi ingey Samm 1….keep it up..??
ވަރަށް ސަޅި