އަހަރެންނަށް ބެލެމުން ދިޔައީ ފޯނަށެވެ. އީންގެ ލޮކޭޝަން ލިބުމުން، ދެން ނުބަލާ ހުރެވޭނީވެސް ކިހިނަކުން ހެއްޔެވެ. އީންގެ ލޮކޭޝަންއެއް ނޫނެވެ. އީންގެ ޖެކެޓުގެ ލޮކޭޝަންއެވެ. ދާ ގޮތަށް ގޮސް ދޮންނަ މެޝިނަށް ނުލައިފިއްޔާ ރަނގަޅެވެ. ފޯނަށް ގެއްލިފައި ހުރެވުނު ވަރުން، ހޮޓެލްގައި ތިބި މީހުންކިޔަމުން ދިޔަ އެއްޗިހި އަޑެއްވެސް ނީވުނެވެ. އަސްލު އަޑު އިވުނެވެ. ގެޓު ނުވީއެވެ. “ސަރ، ލިފްޓުން ކަރަންޓު….” ބުނިމީހަކަށް ބުނެވުނީ އެހިސާބަށެވެ. ލެއްޕެން ދިޔަ ލިފްޓުދޮރުގައި އަތް ޖައްސާލެވުމާއި އެކު ކޮންމެވެސް ގޮތެއްވިއެވެ. […]
ނައިލް މަޑުހިނގުމެއްގައި ގޮސް ޝާޔަން އޮތް އެނދު ކައިރީގައި މަޑުކޮށްލިއެވެ. ޝާޔަން ބަލި ގޮތަކަށް ދެލޯ ހުޅުވައިލަމުން ނައިލްއަށް ބަލައިލިއެވެ. ޝާޔަން އާދައިގެ މަތިން ނައިލްއަށް ހިނިތުންވެލިއެވެ. މި މަންޒަރު ފެނި ނައިލްއަށްވެސް ބޭއިހްތިޔާރުގައި ހިނިތުން ވެލެވުނެވެ. ޝާޔަން މަޑުމަޑުން އަތް އުފުލާލީ ނައިލްއާއި ދިމާއަށް އަތުގަ ހިފާށޭ ބުނާފަދައަކުންނެވެ. ޝާޔަންއަށް ބަލައިލަމުން ނައިލް އެއަތުގައި ހިފައިލަމުން އެނދުގައި އިށީންދެލިއެވެ. ނަމަވެސް ނައިލް އެއްވެސް އެއްޗެކޭ ނުބުނެ އިނީ އިސްޖަހައިލައިގެންނެވެ. ”ނައިލް…..” ޝާޔަން އެންމެ ފަހުން ނައިލް […]
“އިޓްސް އޯކޭ.” އަވަސްއަވަހަށް އަތުގެ ނުފުށުން ކަރުނަ ރޮނގު ފޮހެލާފައި އަސްލާން ބުންޏެވެ. “ސޮރީ ބުނަންޖެހެނީ އަހަންނެއްނު. ލުއާ އަހަންނަށް ނުގޮވަފާނެތީ ބުނަން ނުކެރުނީ.” އަނެއްކާވެސް އަސްލާން ވާހަކަދެއްކީ އަސަރެއް ނެތް އަޑަކުންނެވެ. ހުރިހާ އިހުސާސެއް ފޮރުވަމުންނެވެ. “އާނ ދެން މީގެ ފަހުން އަހަންނެއް ނުގޮވާނަން.” ******************************* އަހަރެންގެ ޖުމުލައިން އަސްލާންއަށް ހީވީ އަނެއްކާ އަހަންނަށް އޭނާގެ މޫނުމަތީ ޖެހުނުހެންނެވެ. “އަސްލާން ބޭނުންއިރަކު އަންނާނީ.” “ނޫން! ލުއާ ނުގޮވަންޏަކާ އަހަންނަކަށް ނާދެވޭނެއޭ!” އަސްލާން ހީވީ އަނެއްކާވެސް ރޮވެން […]
މަޑުމަޑުން ލޯހުޅުވާލުމާއެކު އައިލީން ސިގިގެންދިޔައީ އެ އަސަރުގަދަ ނޫކުލައިގެ ދެލޯ އެހާކައިރިން ފެނުމުންނެވެ. ************************** ލީޝާ ހީލާފައި އެތަނުން ދާން ހިނގައިގަތީ އައިލީން ގެ ހިތުގައި އެ ޒުވާނާއާ ދޭތެރޭ އިޚްސާސެއް ވާކަން ދަނެހުރެއެވެ. ލީޝާ ދިޔައިރުވެސް ދެމީހުން ތިބީ އެކަކުއަނެކަކުގެ ލޮލަށް ގެއްލިފައެވެ. ނަމަވެސް އިއްބާންގެ މޫނަކުން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އަދި އެހެން ހުރުމަށްފަހު ދެންކޮއްލީ އައިލީން އުންމީދުވެސް ނުކުރާކަހަލަ ކަމެކެވެ. އައިލީން ގައިގައި ވަށާލެވިފައިވާ އިއްބާންގެ އަތް މޮހެލުމާއެކު އައިލީން ވެއްޓެންދިޔައެވެ. […]
އަތުގައި މަޑު ތުރުތުރެއް ހުރިއިރު ހިންދިރުވާލެވުނީ ހާސްކަން އެނބުރެމުން ދާހެން ހީވެގެންނެވެ. މަޑުމަޑުން އަތުގައި ހިފައިގެން ގޮސް އަނގޮޓިމަތީ އަތްބާވާލަދިނެވެ. ހިތް އަވަސްވެފައި ހުރުމުން އަވަހަށް ޒައިކްގެ އަނގޮޓި ނެގުމަށްފަހު އަތުގައި އަޅުވާލަދިނީމެވެ. ޒައިކްގެ ނަޒަރު ހުއްޓިހުރިއިރު އެތޫނު ދެލޮލަށް ބަލަން އުނދަގޫވިއެވެ. ދެބުމަ ގޮށްޖެހުމާއިއެކު، ކަތުރު ކަށިގަނޑަށް ގެނަ ބަދަލު އެއީ، ރުޅިވެރިކަން ކަމަށް އަހަރެންގެ ޒަމީރު އެއްބަސް ވީ ކީއްވެ ކަމެއް ނޭގުނެވެ. އަވަހަށް ކުރިމަށްޗަށް މޫނު އަނބުރާލީ އެންމެން މަރުޙަބާ ކިޔަން ފެށުމުންނެވެ. […]
ރަށުތެރެއަށް ވެރިވެފައި ވަނީ ހަމަހިމޭން ކަމެވެ. ފިކުރުތަކާ ޚިޔާލުތަކުން މިންޖުވެފައިވާ ސިކުނޑިތައް ނިދީގެ ފޮނިމީރުކަން ހާސިލް ކުރަމުން ދެއެވެ. ދުވާލުގެ ބުރަ މަސައްކަތުން ވަރުބަލިކަމާއި ލޮޑުކަން ލިބިފައިވާ ހަށިތައް އަރާމުގެ ދާންތަކުގައިވާ ހާލުގައެވެ. މިފަދަ ވަގުތެއްގައި ނިންޖާ އަރާމުން އެއްކިބާ ވެފައިވާ ބަޔަކުވެސް ތިބޭނެތާއެވެ. އާނ އެކެވެ. ލީޒާގެ ހާލަކީ ވެސް އެއީ އެވެ. ކަރުނައިން ފޭދިފައިވާ އެެލޮލުގައި ވަނީ ހިތާމަޔާ ހިތްދަތިކަމުގެ ވޭނީ އަސަރުތަކެވެ. ހަނދާނުގައި އާވެ އާލާވަމުން ދަނީ ހަޔާތުގައި އޭނާއަށް ކުރިމަތިވެފައިވާ ބަދު ނަސީބު ތަޖުރިބާއެވެ. މީހަކުދެކެ އިންތިހާ އަށް ލޯބިވެވިމެ، އެފަރާތުން އޭނާއަށް ކުރިމަތި ކުރުވި ވޭނާ ކެކުޅުމެވެ. ރޭގަނޑުވެ އެކަނި ވުމުން އެޚިޔާލުތައް ލީޒާ އަށް އުނދަގޫ ކުރެއެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ އޭނާގެ ހިތި މާޒީގެ ފުން ކަނޑުތެރެއަށް އެއްވެސް ރަހުމެއްނެތި ޣަރަގު ކޮށްލައެވެ.
ހިމޭން މާޙައުލެެކެވެ. ތަރިތަކުގެ ވިދުވަރު ޢައިބުވެފައި ވާއިރު, ތުނި ވިލާތަކުުން ފުރޭނިގެން އައިސްފައި ހުރި ހަނދުގެ އަލިކަން ފެންނަން ހުރީ ވަރަށް ކުޑަ މިންވަރަކަށެވެ. މިލަހަނދުވަރު ދީފައިއޮތް އެރޭގެ އެވަގުތުގައި ދާނިޝްގެ އަތުގައި ހިފަހައްޓައިލަައިގެން ރީޝާ ހުރީ ވަރަށްވެސް އުފަލާއިއެކު ހިނިތުން ވެލައިގެންނެވެ. ރީޝާގެ އެ ހިތްގައިމު ހިނިތުންވުން ވެރިވެފައިވާ މޫނަށް ބަލަހައްޓައިގެން ދާނިޝްވެސް ހުރީ ހިނިތުންވުމާއި އެކުގައެވެ. އެހެނަސް އެ ވަގުތުކޮޅު ވަރަށްވެސް ކުރެވެ. މަޑުމަޑުން ރީޝާގެ އަތް ދުރުކޮށްލުުމަށްފަހު ދާނިޝް ރީޝާއާއި ދުރަށް ހިނގައިގަތެވެ. […]
ރައިހާނާ ގެއިން ނުކުތްއިރު ސައިކަލު މަތީ މަޑުކޮށްލައިގެން އަކްޝަމް އިނެވެ. ރައިހާނާ ފެނުމިން އަތް ހިއްލާލާފައި ވައުގެ ތެރޭ ހޫރުވާލިއެވެ. ކިތަންމެ ރުޅިގަދަ ވެފައި ހުރިނަމަވެސް ރައިހާނާވެސް ހިނިތުންވެލިއެެވެ. އަކްޝަމް އޭނާގެެ ސަމާލުކަން ފޯނަށް ދިނުމުން ގެއަށް ދާން ރައިހާނާ ހިނގައިގަތެވެ. ހަމްޒާ ނިކުތްއިރުވެސް އަކްޝަމް އެއިން ގޮތަށް އިނެވެ. ހަމްޒާއަށްވެސް އަކްޝަމް ރީތި ހިނިތުންވުމެއް ހަދިޔާކުރިއެވެ. ހަމްޒާ އެއްވެސް އަސަރެއްނެތި އަކްޝަމްއަށް ބަލާލިއެވެ. ރައްދުގައި ހަމްޒާ ހީނުލުމުން އަކްޝަމް ރަކިވިއެވެ. އަވަހަށް ފޯނަށް ނަޒަރުހިންގާލީ ރަކިވިވަރުންނެވެ. […]
“ވާހަކައެއް އަހާލަންތަ؟” ގެއަށްގޮސް ވަދެފައި ހަމްޒާ އަންޖަލް ގާތު އެހިއެވެ. ކިތަންމެ ލަސްވެފައި ވީނަމަވެސް ހަގީގަތް އޮޅުން ފިލުވަން ހަމްޒާ ބޭނުންވިއެވެ. އަންޖަލް ބޯޖަހާލިއެވެ. ހަމްޒާ ކުރަން އުޅޭ ސުވާލުގެ ބޮޑުކަމެއް އަންޖަލްއަކަށް ނޭންގެއެވެ. “މްމް ބައްޕަގެ ކޮން ސީކްރެޓެއްގެ ވާހަކަ ރައިހާނާ ގާތު ބުނީ؟” ހަމްޒާ ވަަރަށް އުނދަގުލުން ނަމަވެސް ‘ބައްޕަ’ އެ ލަފްޒު ދުލުން ބޭރުކޮށްލިއެވެ. އެއީ ހަމްޒާއަށް ކިޔަން އުނދަގޫ ލަފްޒެކެވެ. ހަމްޒާ ލޯ މަރައިގެން އިނުމުން އަންޖަލްގެ މޫނަށް ވެރިވި ކުއްލި […]