އިރު އަރައިގެން އައި ވަގުތެވެ. އިރުގެ ދޯދިތައް ކަނޑުގެ ސަތަހައިގައި ފެތުރިފައިވިއެވެ. ކާޅާއި ކޮވެލީގެ އަޑު މުޅި ފަޒާ ތެރޭގައި ހެނދުނުގެ މިއުޒިކެއް ފަދައިން އިވި އިވި ހުއްޓެވެ. ގޮނޑުދޮށަށް ބީއްސަމުން ދިޔަ މަޑު ރާޅުތައް އެ މިއުޒިކަށް އިތުރު ފުރިހަމަ ކަމެއް ގެނުވާ ހާލުގައެވެ. އެމަންޒަރުތައް ބަލަން ރަށުގެ ފުއްޓަރު ފަރާތުގައި ލީޒާ ހުރީ އާޝޯޚު ވެފައެވެ. އެއްވެސް ހުރަހެއް ނެތި އިރުގެ ރަންރީނދޫ ދޯދިތައް އޭނާގެ މޫނަށް އެޅިފައި ވެއެވެ. މަޑު ވައިރޯޅިތައް އެއްވެސް […]
ރަށުތެރެއަށް ވެރިވެފައި ވަނީ ހަމަހިމޭން ކަމެވެ. ފިކުރުތަކާ ޚިޔާލުތަކުން މިންޖުވެފައިވާ ސިކުނޑިތައް ނިދީގެ ފޮނިމީރުކަން ހާސިލް ކުރަމުން ދެއެވެ. ދުވާލުގެ ބުރަ މަސައްކަތުން ވަރުބަލިކަމާއި ލޮޑުކަން ލިބިފައިވާ ހަށިތައް އަރާމުގެ ދާންތަކުގައިވާ ހާލުގައެވެ. މިފަދަ ވަގުތެއްގައި ނިންޖާ އަރާމުން އެއްކިބާ ވެފައިވާ ބަޔަކުވެސް ތިބޭނެތާއެވެ. އާނ އެކެވެ. ލީޒާގެ ހާލަކީ ވެސް އެއީ އެވެ. ކަރުނައިން ފޭދިފައިވާ އެެލޮލުގައި ވަނީ ހިތާމަޔާ ހިތްދަތިކަމުގެ ވޭނީ އަސަރުތަކެވެ. ހަނދާނުގައި އާވެ އާލާވަމުން ދަނީ ހަޔާތުގައި އޭނާއަށް ކުރިމަތިވެފައިވާ ބަދު ނަސީބު ތަޖުރިބާއެވެ. މީހަކުދެކެ އިންތިހާ އަށް ލޯބިވެވިމެ، އެފަރާތުން އޭނާއަށް ކުރިމަތި ކުރުވި ވޭނާ ކެކުޅުމެވެ. ރޭގަނޑުވެ އެކަނި ވުމުން އެޚިޔާލުތައް ލީޒާ އަށް އުނދަގޫ ކުރެއެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ އޭނާގެ ހިތި މާޒީގެ ފުން ކަނޑުތެރެއަށް އެއްވެސް ރަހުމެއްނެތި ޣަރަގު ކޮށްލައެވެ.