Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 4

Belle Level 310 Stories100 Comments100 Login500 Login
June 22, 2019 4 Mins Read
12 Comments

އަތުގައި މަޑު ތުރުތުރެއް ހުރިއިރު ހިންދިރުވާލެވުނީ ހާސްކަން އެނބުރެމުން ދާހެން ހީވެގެންނެވެ. މަޑުމަޑުން އަތުގައި ހިފައިގެން ގޮސް އަނގޮޓިމަތީ އަތްބާވާލަދިނެވެ. ހިތް އަވަސްވެފައި ހުރުމުން އަވަހަށް ޒައިކްގެ އަނގޮޓި ނެގުމަށްފަހު އަތުގައި އަޅުވާލަދިނީމެވެ. ޒައިކްގެ ނަޒަރު ހުއްޓިހުރިއިރު އެތޫނު ދެލޮލަށް ބަލަން އުނދަގޫވިއެވެ. ދެބުމަ ގޮށްޖެހުމާއިއެކު، ކަތުރު ކަށިގަނޑަށް ގެނަ ބަދަލު އެއީ، ރުޅިވެރިކަން ކަމަށް އަހަރެންގެ ޒަމީރު އެއްބަސް ވީ ކީއްވެ ކަމެއް ނޭގުނެވެ. އަވަހަށް ކުރިމަށްޗަށް މޫނު އަނބުރާލީ އެންމެން މަރުޙަބާ ކިޔަން ފެށުމުންނެވެ.

ފަހެއް ޖެހުމާއެކު ޕާޓީ ކުރިއަށް ދިޔައެވެ. ޝިފާގެ އާއިލާގައި މީހުން އުޅޭކަން އެނގުނީ ސަލާމް ކޮށްލާފައި ތަޢާރަފް ވަމުން ދާތީއެވެ. ދެމަފިރިން މެހެމާނުންނަށް ސަލާމްކުރުމަށް ހުއްޓިހުރިއިރުވެސް ދެމެދުގައި ފާރެއް ލެވިފައި ވާކަހަލައެވެ.

” އުފާވެރި ކައިވެންޏަކަށް މަރުޙަބާ ” ޒައިކް އާއި ސަލާމް ކޮށްލުމަށްފަހު ޝިފާގެ އަތުގައި ރީޙާން ހިފަހައްޓާލިއެވެ. އޭނަވެސް ހަމަ މިމަގާމުގަ ޝިފާ އާއިއެކު ހުރުމަށް ހުވަފެންތަކެއް ދެކުނެވެ. އެހެނަސް ކޮންމެފަހަރަކީ ހިތުގެ ހުރިހާ އެދުމެއް ފުރިހަމަވާނެ ފަހަރެއް ނޫނެވެ.

ޒައިކްގެ ނަޒަރު ހިންގާލީ ޝިފާއަތުގައި ހިފަހައްޓާލައިގެން ހުރި ޒުވާނާއަށެވެ. އެޒުވާނާގެ ބެލުމުގަ އެހެން މާނައެއްވާކަން ޒައިކް އަށް ކަށަވަރުވިއެވެ. ފާޑެއްގެ ހަސަދަވެރިވުމެއް ހިތުގައި ދައުރު ކޮށްލީ އެސްފިޔަޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. މީހުން މަދުވުމުން ޒައިކްގެ އެންމެ ގާތް އެކުވެރިޔާ ކައިރިއަށް ޖެހިލީ މީހުން ވާހަކަ ދައްކާވަރުން އުނދަގޫ ވާތީއެވެ.

” އޭ ބުރޯ. ސަޅި ވައިފެއްނު ތި ހޯދީ. ބަލާބަ ރީތިކަން. އެމެރިކާއިންވެސް ނުފެންނަވަރުގެ ރީތި ވައިފެއް ތިހޯދީ. އެކަމް މަށަށް ހީވަނީ ކައެއަށް ވުރެ ކުރިން އެހުރި ގޮލާ .ކައެގެ ވައިފް ކަޓުވާލާނެހެން” ޖޯންގެ ވާހަކަތަކުން ޒައިކް މޫނުހަދާލިއެވެ.

ޝިފާއަށް ބަލާލީ ފޫހިކަމާއެކުއެވެ. އެހެނަސް އަތުގައި ވާ އަނގޮޓި ފެނުމުން އެހެންކަހަލަ އިޙުސާސެއް ކުރެވުނެވެ. އެއާޕޯޓުން އައިގޮތަށް ޝިފާމެން ގެއަށް ދާން ބޭނުން ނުވީވެސް އެއަންހެން ކުއްޖާ ދެކެންވެސް ބޭނުން ނުވާތީއެވެ. މާލެ އައުމުގެ މާކުރިން އެކުވެރިއެއްގެ އެހީގައި މާލޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓަލުން ރޫމެއްވެސް ހޯދީއެވެ. އެހެނަސް ކައިވެނި ކުރުމަށް އައިއިރު ޝިފާ ފެނުމުން ހައިރާންވީ ލޯބިކަމުންނެވެ. ހުދުކުލައިގެ ވެޑިން ހެދުމުގައި ހުރިއިރު ރީތީގެ ރާނީއަށްވެސް ވާދަކުރެވޭހާ ރީއްޗެވެ. އެކަމަކު ފޫހިކަން ވެރިވީ ހުރިހާ އަންހެންކުދިންވެސް އެއްގޮތް ވާނެތީއެވެ. ލިވީ ފަދައިން ލަނޑުދިނުމުގައި ކުރިއަރާނެކަން ހިތަށް ވިސްނައިދެމުންނެވެ. އެހެން ނޫނަސް އޭނަ މިކައިވެނި ކުރީ އެއްމެ މަގުސަދެއްގައެވެ. އެކަން ހާސިލް ވުމުން މިކައިވެނިން މިންޖު ވެވިދާނެއެވެ.

އަދިވެސް އެއްފަހަރު ޝިފާ އާއި ދިމާއަށް ބަލާލެވުނެވެ. އެކުވެރިން ތަކަކާއިއެކު ވާހަކަ ދައްކަން ހުރިއިރު، އެމީހުން ބުނާއެއްޗިހިން ލަދުން އިސްޖަހާލާތަން ފެނުނެވެ. ކުރިން ޝިފާ އާ ސަލާންކުރި ޒުވާނާ ދެވަނަފަހަރަށް އަޢީ ބަލަންހުއްޓައެވެ. ދެން ފެނުނީ އެކުދިން އެތަނުން ދުރަށް ދިޔަތަނެވެ. އެދެމެދުގައި ދެކެވެނީ ކޮންވާހަކައެއްކަމެއް ނޭނގެއެވެ. އެމަންޒަރު ފެނުމުން ޒައިކްގެ ނިތަށް ރޫގިނަވިއެވެ. ކައިރީގައި ހުރި އަންހެން ކުއްޖާ އިރުއިރު ކޮޅުން ޝިފާ ގައިގާ ބައްދާލައެވެ.

*************

” ޝިފް އަޅެ ދެން އަހަރެމެން ދިމާވެސް ނުވާނެތަ. ވަރަށް މިސްވާނެ ޝިފާމަތިން ދޯ ރީޙާން. ޒައިކް ވަރަށް ހޭންޑްސަމް އިނގޭ ޝިފް. އެކަމް އޭނަޔާ ދިމާއަށް ބަލަން ހުންނާކަށް ނުކެރޭ ޖެހިލުންވާ ގޮތެއް ހުރޭ ” ޒައިކް އާ ދިމާއަށް ބަލާލެވުނީ ނަތާ ދެއްކި ވާހަކައަކުންނެވެ. ސިހުންވީ ޒައިކް ގެ ލޮލާ ނަޒަރު ސީދާވުމުންނެވެ. އެހުރިހާއިރަކު ޒައިކް ހުރީ މިދިމާއަށް ބަލަން ބާއެވެ. އަރައިގެން ހުރި ބޫޓަށް ބާރުކޮށްލެވުނީ މިދިމާއަށް ޒައިކް އަންނަތަން ފެނުމުންނެވެ. ނަތާއަތަށް ބާރުކޮށްލެވުނުކަންވެސް އިނގުނީ ނަތާ “އައުޗް” އޭ ބުނެލުމުންނެވެ. ޒައިކް އައިސް ހުއްޓުމުން ނަތާވާހަކަ ދައްކަންފެށީ ތަނުގެ ހިމޭންކަން ކަނޑުވާލުމަށެވެ.

” ޒަ..ޒައިކް. ޝިފާއަށް ދެރަގޮތެއް ނަހަދާތި. މީ މަގޭ ބެސްޓީ. ޝިފާގެ ދެލޮލުން އެއްމެ ކަރުނައެއް ވައްޓާލިއަސް ނިމުނީ، ދެވަނަފަހަރަށް އިރުގެ އަލިކަން ނުފެންނާނެ” ނަތާގެ އިންޒާރުގެ ބަސްތަކުން ޒައިކް ކައިރިއަށް ހިނިއައެވެ. ނަތާގެ ނަމުން ގޮވާލަމުން ނަތާ އަނގަމަތީ ޝިފާ އަތް އެޅީ އިތުރު އެއްޗިހިތަކެއް ކިޔައިފާނެތީއެވެ. ޒައިކްގެ ރީތި ހީލުން ފެނިފާ ޝިފާވެސް ހުރީ ކަޅިޖަހާލަން ނޭނގިފައެވެ. ރީތި ހިނިތުންވުމެކެވެ. އެދެލޮލަށް ބަލަން އެތައްއިރަކު ހުރެވިދާނެއެވެ.

” ހައު ކޭން އައި އެކްސްޕްލެއިނިންގ..ނަތާ އިޒް ޔުއާރ ނޭމް؟؟ “ޒައިކްގެ ވާހަކަ ކުރިއަށްގެންދެވޭ ގޮތްނުވީ އަނެއްކާވެސް ނަތާ ވާހަކަ ދައްކަން ފެށުމުންނެވެ. ޒައިކްއަށް ދިވެހި ނޭނގޭނީ ކަމަށް ބުނަމުން ޝިފާއަށް އެއްލޯ މަރާލިއެވެ. ނަތާގެ ވާހަކަތައް މަދުކުރަން ބުނުމުންވެސް ދައްކާ ވާހަކަ ވީ އިތުރެވެ. ޒައިކް އާއި ބެހޭގޮތުން ވާހަކަދައްކަމުން ގޮސް ވެޑިން ނައިޓްގެ ވާހަކަ ފެށުމުން ޝިފާ ލަދުން މޫނު ރަތްވާވަރު ވިއެވެ. ތަންކޮޅެއް ބާރަށް ނަތާ ގައިގާ ޖަހާލުމުން ހުއްޓާލިއެވެ. އޭރު ރީޙާންވެސް ހުރީ ބަލަންކަމުން ޝިފާ ނޫންކަމަށް ހަދާލީ ރީޙާން ދެރަވެދާނެތީއެވެ.

” އަހަރެންގެ ވައިފް ކުޑަ އިރުކޮޅަކަށްވެސް ނުދެވޭނެތަ؟ ކާއެއްޗެއް ނުދީ ހުއްޓާ ފެއިންޓް ވެދާނެ” ނަތާގެ އަނގަ ހުޅުވުނީ ޒައިކް ދިވެހިބަހުން ވާހަކަ ދެއްކުމުންނެވެ. އަނގަޔަށް ހުތް އެއްޗެއް ލުމުން ވާގޮތްވިއެވެ.  މިއީ އެކުވެރިންނަށް ހާއްސަ ވަގުތެއް ކަމަށް ބުނެލީ ދެރަނުވާންވެގެނެވެ. ނަތާގެ ވާހަކައިން ރީޙާން ހުނުމުން ޒައިކް ގެ ލޭކެކުނު ކަހަލައެވެ. ޝިފާގެ އަތުގައި ހިފާލުމަށްފަހު ހިނގައިގަތީ އާއިލާ ކައިރިއަށް ދިއުމަށެވެ. އެޒުވާނާއަށް ކިޔަނީ ޜީޙާން ކަން އެނގުނީ ނަތާގެ ވާހަކައިންނެވެ. ޝިފާ ދެކެ ފޫހިވިއަސް ރީޙާން ހުންނަތަނަކު ޝިފާ ބަހައްޓާކަށް ހިތެއް އެއްބަހެއް ނުވިއެވެ.

ފޮޓޯ ނެގުމުގެ ޝެޝަން ކުރިއަށް ދިޔައިރު ޒައިކް ބެލީ ވީހާވެސް ގާތްކޮށް ޝިފާއާއިއެކު އުޅެވޭތޯއެވެ. އޭނަގެ ބައްޕަ އަށް ދައްކަންވެސް މިކަން ކުރަން އެބަޖެހެއެވެ. ފޮޓޯ ނަގާނިމުމުން ޝިފާ ގޮވައިގެން ނަތާ ހިނގައިގަތީ ކާއެއްޗެއް ދިނުމަށެވެ. އަށެއް ޖެހުމާ ކައިރި ވީއިރު ޝިފާ ހުރީ ވަރަށް ވަރުބަލިވެ ތަނަކު އިށީންނަން ބޭނުން ވެފައެވެ.

” މަ ހިޔެއް ނުކުރަން އޭނަޔަށް ދިވެހި އިނގޭކަމަކަށް. ހުންނަ ފޮނިކަން ބަލާބަ. އަދި ބުނެފިއެއްނު ވައިފް ކުޑައިރުކޮޅަކަށް ނުދެވޭނެހޭ؟ އޭނައަކަށްނު ޝިފްގެ މުޅި ލައިފް ލިބެން އޮތީ. ހަމަ އަހަރެމެން ޝިފް ކައިރީ ހުރީމަ އެވެސް ” ނަތާ ދައްކާ އެއްވެސް ވާހަކަ އަކަށް އަހަރެންނަކަށް ސަމާލުކަމެއް ނުދެވުނެވެ. ޕާޓީ ނިމުމުން ޒައިކް އާއިއެކު ދާންޖެހޭތީ ޖެހިލުން ވިއެވެ. އަދިވެސް ޒައިކް އެހާ ވާހަކަ އެއް ނުދައްކައެވެ. ޒައިކްގެ މަންމަމެން އައިސް މޭޒުގައި އިށީނުމަށްފަހު ކާން ފެށިއިރު ބައްޕަ ހުރީ ކެއުމާ ދުރު ވެގެންނެވެ. ބައްޕަ ގެ މޫނުމަތިން ފާޅުވާންހުރީ ހިތާމައެވެ. އެންމެ ލޯބިވާ ދަރިފުޅާ ވަކިވުމުގެ ހިތާމަ އެވެ.

ދާންވީ ވަގުތު ޖެހުމުން އެންމެ ފުރަތަމަވެސް ބައްޕަ އައިސް ބައްދާލިއެވެ. ލޮލުން ކަރުނަ ނީރާލިއެވެ. ވަރަށް ނަސޭހަތް ދިނުމަށްފަހު ޒައިކް ގައިގާވެސް ބައްދާލުމަށްފަހު ނަސޭހަތްދިނެވެ. އަދި ޝިފާއަކީ ބައްޕަގެ މުޅި ދިރިއުޅުންކަން ބުނެދިނެވެ. ޒައިކްގެ މަންމަވެސް ބައްދާލުމަށްފަހު ، ޒައިކް ރުޅިއަންނަކަހަލަ ކަމެއް ނުކުރުމަށް ބުނެ ވަރަށް ނަސޭހަތްދިނެވެ.

ކާރުގައި އިށިންނުމާއިއެކު ޒައިކްވެސް އަނެއް ފަރާތުގައި އިށީންނެވެ. ޑްރައިވަރަކަށް ހުރީ ޒައިކްގެ އެންމެ ގާތް ރަޙުމަތްތެރިޔާކަން އެނގުނީ ދެމީޙުންގެ ވާހަކަތަކުންނެވެ. އޭގެ ފަހުން ޒައިކް ވާހަކަ ނުދައްކާތީ އެކަނިވެރިކަން ވަށާލިއެވެ. ހޮޓެލްގެ ރޫމަށް ވަނުމުން ފަހަތުން އެއްވަރު ކުރެވޭތޯ ބެލީމެވެ. ޒައިކް ފަހަތުން ގޮސް ރޫމަށް ވަންއިރު ނޭވާލުން އަވަސްވިއެވެ.

” ޒައިކް…” ޝިފާ ބުނަން އުޅުނު ވާހަކަ ކަރުތެރޭގައި ތާށިވީ ބުމަ ގޮށްޖަހާލަމުން ޒައިކް އެނބުރިލުމުންނެވެ.

” އިތުރު ކަމަކަށް އުންމީދު ނުކުރަށްޗޭ. އަހަރެން މިކައިވެނި ކުރީ ބައްޕަގެ އެދުމުގެ މަތިން. އެހެންނޫންނަމަ ތިކަހަލަ އަގްލީ ކުއްޖަކާ ދިމާއަށް ބަލާވެސް ނުލާނަން. މިއުޅެނީ ރީތި އަންހެން ކުދިން ނުވެގެނެއް ނޫން. މަށަށް އިނގޭ ޝިފާ މިކައިވެންޏާ ގަބޫލުވީ މަގޭ ބައްޕަގެ މުދަލާ، ފައިސާ ހުރިކަން އެނގުމުންކަން. ތިކަހަލަ ރީތިކަމުގެ ފަހަތުގައި އަބަދުވެސް ކެހިވެރިކަން ފޮރުވިފަ ހުންނާނެ. އަންހެނުންނަކީ މަކަރާ ހީލަތުން ފުރިފަވާ ބައެއް. ނޭނގެ ކިތަށް މީހުންނާއެކީ ކަމެއް ސްލީޕް…” ޒައިކްގެ ވާހަކަތަކުން ޝިފާ ހުރީ ކުއްލި ޝޮކެއްގައެވެ. ޒައިކް ވާހަކަ ފުރިހަމަ ކުރަންދެން ނުހުރެވުނީ ބުނަން އުޅެނީ ކީކޭކަން އެނގޭތީއެވެ. އަތުން ޒައިކުގެ ކޯތާފަތުގައި ޖަހާލެވުނީ ހިތަށް ކެއްނުވުމުންނެވެ. ބިރުވެރިކަމާއެކު އަތަށް ބަލާލެވުނީ މިކުރެވުނީ ކީއްކަން އެނގުމުންނެވެ. އަހަރެންވެސް މިކައިވެންޏާ ގަބޫލުވީ ބައްޕަގެ އެދުމުގެ މަތިން ކަމަށް ބުނެލަމުން ދުއްވައިގަނެވުނީ ފާޙާނާ އާ ދިމާއަށެވެ. އޭރުވެސް ހުއްޓުމެއް ނެތި ދެލޯ ފުރާ ކަރުނަ އާދެއެވެ.

*************

ޒައިކް ހުރީ ކިޔުނު އެއްޗިހިން ދެރަވެފައެވެ. މޫނުގެ ކުލަ އޮއްސިފަ ވާތަން ފެނުނެވެ. އެހާ ރުޅިއައިއްސަ ހުރެވުނީ، ޕާޓީގަ ފޮޓޯނެގިއިރު ރީޙާން ވަކިން ޝިފާއާއި އެއްކޮށް ފޮޓޯ ނެގުމުންނެވެ. އަދިވެސް ސިފަވަނީ އެމަންޒަރެވެ. އެހެނަސް ސިފާގެ ރަތްވެފައިވާ ދެލޯފެނުމުން މެޔަށް އުނދަގޫވިއެވެ. ޝިފާދެކެ ރުޅިއަންނަން ބޭނުން ވިއަސް އެކަމެއް ނުވިއެވެ. ކޯތާފަތުގައި އަތްލެވުނީ ޝިފާގެ އަތުގެ ހޫނުކަން އިޙްސާސް ވާތީއެވެ. އެވަގުތު ރުޅިއަންނަން ބޭނުން ވިޔަސް ހިތަށް މަޑުކަން އައީ، ރޮވިފައިވާ ޝިފާ ފެނުމުންނެވެ. ޝިފާގެ ރީތިކަމާ، އަޙުލާގު ރަނގަޅުކަން ފެނި، ހިތް ލެނބިދާނެތީ ޖެހިލުން ވަނީއެވެ. ކާރުން ފައިބާގެން ރޫމަށް ވަން އިރުވެސް ހިތް ނެގިނެފިފައި ޖެހެއެވެ. އެހާ ރީތި ކުއްޖަކާއެކު އެކަނިވާން ޖެހުމުން ހިތް ނޭދޭ ގޮތަކަށް ކަންތައް ކުރެވިދާނެތީއެވެ. މިދިރިއުޅުމުން ޝިފާއަށް އާ އުންމީދެއް ދޭން ބޭނުމެއް ނޫނެވެ. ނޫންނަމަ ވަކިވާން ޖެހޭދުވަހަކުން ދިރިއުޅުމުގެ މިސްރާބު ބަދަލުވެދާނެއެވެ. ދެން އޮތީ ޝިފާ އަމިއްލައަށް ފޫހިވެގެން މިދިރިއުޅުމުން ދާނެ ދުވަހަކަށް އިންތިޒާރުކުރުމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

ތަދުވާ ހިތެއްގެ ވޭނުން އުމުރަށް އުޅެން މަވީހޭ..

Next

733

Next
June 22, 2019

733

Previews
June 22, 2019

ތަދުވާ ހިތެއްގެ ވޭނުން އުމުރަށް އުޅެން މަވީހޭ..

12 Comments!

  1. Dhonthee says:
    June 22, 2019 at 9:59 pm

    Vvv reethi ingey mi part ❤️❤️❤️ shifa au dhera gotheiy nahadhachchey ingey?????kaamiyaabu dhuvas thakakau edhen????

    1. Belle says:
      June 23, 2019 at 9:23 am

      Thanks dhonthee konme dhuvahegge baeh kiyaalaathy

  2. Jungkook says:
    June 22, 2019 at 10:02 pm

    Mee first dhw Varah reethi mi bai so when is the next part

    1. Belle says:
      June 23, 2019 at 11:26 am

      Thanks Jungkook, sunday will update

  3. Shine says:
    June 22, 2019 at 10:33 pm

    Woww..vrh reethi mi oart vx..bt thankolheh kuree..plx dhn onna bai dhigu klla dhechey..love ur story??

    1. Belle says:
      June 23, 2019 at 11:28 am

      Thanks Shine , thanks konme dhuvahaku kiyaalaathy

  4. drax says:
    June 22, 2019 at 10:41 pm

    Oh yes finally
    This story is awesome ??????????????????????? love it ?? waiting for next part

    1. Belle says:
      June 23, 2019 at 11:28 am

      Thanks drax

  5. Kain says:
    June 23, 2019 at 12:01 am

    Wow varahreethi

    1. Belle says:
      June 23, 2019 at 11:53 am

      Thanks Kain

  6. Someone says:
    June 23, 2019 at 6:04 am

    Wow just wow…belle plx knme dhuvahaku part eh genesdhyba…..vvv rythi…curiously waiting to see what’s gonna happen!!!!zaik emme fahun fall vaany kanneynge dhw!!!adhives ryhaan and shifa together koh ulheythan zaik ah dhahkaa ingey belle…eyrun zain jealous vaane….u have the talent yo write stories….aneh hen mistake ehves neiyy….vvvvv nice…keep it up….waiting for the next part….

    1. Belle says:
      June 23, 2019 at 1:02 pm

      Thanks SomeOne,

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 5←


All Right Reserved!