Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ…..40

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 21, 2019 9 Mins Read
22 Comments

“ވާހަކައެއް އަހާލަންތަ؟” ގެއަށްގޮސް ވަދެފައި ހަމްޒާ އަންޖަލް ގާތު އެހިއެވެ. ކިތަންމެ ލަސްވެފައި ވީނަމަވެސް ހަގީގަތް އޮޅުން ފިލުވަން ހަމްޒާ ބޭނުންވިއެވެ. އަންޖަލް ބޯޖަހާލިއެވެ. ހަމްޒާ ކުރަން އުޅޭ ސުވާލުގެ ބޮޑުކަމެއް އަންޖަލްއަކަށް ނޭންގެއެވެ.
“މްމް ބައްޕަގެ ކޮން ސީކްރެޓެއްގެ ވާހަކަ ރައިހާނާ ގާތު ބުނީ؟” ހަމްޒާ ވަަރަށް އުނދަގުލުން ނަމަވެސް ‘ބައްޕަ’ އެ ލަފްޒު ދުލުން ބޭރުކޮށްލިއެވެ. އެއީ ހަމްޒާއަށް ކިޔަން އުނދަގޫ ލަފްޒެކެވެ.
ހަމްޒާ ލޯ މަރައިގެން އިނުމުން އަންޖަލްގެ މޫނަށް ވެރިވި ކުއްލި ސިހުމެއް ނުފެނުނެވެ. ހަމްޒާ ލޯ ހުޅުވުމުގެ ކުރިން އަންޖަލް ހަމަޖެހިލަމުން ހިނިތުންވެލިއެވެ. ހަމްޒާ އަންޖަލްއަށް ބަލާލުމަށްފަހު އެއްބުމަ ހިއްލާލިއެވެ. “ވެލް. އެނގޭ ވަރަށް އުނދަގޫވާނެ ކަންވެސް. ބައްޕަ މާލެއައީމަ އެއް ދުވަހު ބައްދަލުކުރަން ދާވީނު. ދޮންތައާ އަންކޮ ދޮންބެއާ ތިން މީހުން. ބައްޕަ ވަރަށްވޭ ލިއާއްކޮ ގާތަށް އަންނަންވެސް އެކަމަކު ދޮންތަ ހިތްހަމަނުޖެހޭނެތީވެ ނާންނަނީ. ބައްޕަގެ ސިއްރު ހޯދަން އެއް ފަހަރު ނަމަވެސް ބައްދަލުކޮށްލަބަ” ހަމްޒާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޒްހަދްއާ ބައްދަލުކުރަން ބާރުއެޅިއެވެ. އަންޖަލް ތެދުވެގެން ކޮޓަރިއަށް ދިޔައިރުވެސް ހަމްޒާއިން ގޮތަށް އިނެވެ. ހިތުގެ ކަނަކުން ބައްޕައާ ދޭތެރޭ ކަންތައް ކުރެވެނީ ރަނގަޅަށް ނޫންކަމަށް ބުނަންފެށިއެވެ. އެތައް އިރަކު ވިސްނަން އިނުމަށްފަހު ލޮލަށް ނިދިސަވާރުވާން ފެށުމުން ހަމްޒާ ނިދަން ވަނެވެ.

ރޭގަނޑުގެ ކެއުމަކަށް ލީން ގެންގޮސްފައި ހަމްޒާ އޭނާގެ ހަނދާންތައް އަތުވި ވާހަކަ ބުންޏެވެ. މިހާރު ބޭނުންވަނީ އެގުޅުން ނިންމާލަން ކަމަށްވެސް ބުންޏެވެ. އޭނާގެ ސަބަބުން ލީމްެއަށް ދެރައެއް ލިބިފައިވީނަަމަ އެކަމަށް މާފަށް އެދޭކަމަށްވެސް ބުންޏެވެ. ކައިވެންޏާ ހަމައަށް ނުދެވެނީސް ނިންމާލުމުން އުފާވާކަމަށް ލީމް ބުންޏެވެ. ލީމް ދެރަވާނެކަމަށް ހީކުރިވަރާ ގާތަށްވެސް ދެރައެއް ނުވެއެވެ. އޭނާއަށްވެސް ހީވީ ބޮލުން ބުޑަބުރައެއް ލުއިވިހެންނެވެ. “އަދި އެއްވާހަކަ އަދިއެހަން މިކަންތައް ރައިހާނާއަށް ސިއްރުކޮށްދީ.” އެއްވެސް ދެކޮޅުހެދުމެއް ނެތި ލީމް އެެއްބަސްވިއެވެ.

ބުރާސްފަތި ދުވަހު ސްކޫލް ނިންމާލައިފައި ރައިހާނާ އަވަހަށް ގެއަށް ދިޔައީ އެދުވަހު ހަވީރު ފުރަންޖެހޭތީއެވެ. ބުރާސްފަތި ވިލޭރޭ ރައިހާނާ ވަނީ ގެންދާ އެއްޗިހި ތައްޔާރުކޮށްނިންމާފައެވެ. ރީހާންގެ އެއްޗިހި ރީހާން އަމިއްލައަށް ވަނީ ތައްޔާރުކޮށްފައެވެ. ތިނެއް ޖަހާއިރު އޭނާއަށް ގޮވަން ރީހާން ގާތު އެދިފައި ރައިހާނާ ކައިގެން ނިދަން ޖައްސާލިއެވެ.

ޝިވަންގެ ރަށަށް ދެވޭތީ ލިއާ އުފަލުން ހީވަނީ އެހެން ކަމެއްވެގެން އުޅޭހެންނެވެ. އެންމެ ފަހަރަކުވެސް ފައި އެއްތާކު ހަރުނުލައެވެ. ސުނައިނާއާ އަންޖަލް ފޮށިތައްމަތި ތައްޔާރު ކުރަމުން ދިޔައިރު ހުއްޓާނުލައި އަނގަތަޅަމުން ދިޔައެވެ. ރައިހާނާވެސް ދާކަށް އެނގުމުން ލިއާގެ އަނގަ އިތުރަށް ގަަދަވިއެވެ. އަބަދުވެސް އުޅޭނީ ރައިދައްތައާ އެއްކޮށް ކަމަށްވެސް ބުންޏެވެ.
އެސްއެމްޓީ ބައްދަލުވުން ނިންމާފައި ހަމްޒާއަށް ގެއަށްދެވުނުއިރު މެންދުރު ދެގަޑި ބައިވެއްޖެއެވެ. އޭނާ ގެއަަށް އައިލެއްލަސްކަމުން އަންޖަލްއާ ސުނައިނާ ޝަކުވާކުރިއެވެ. އަވަހަށް ކައިލައިގެން ހަމްޒާ ފޮށި ތައްޔާރުކުރިއެވެ.

ތިންގަޑި ބައިވިއިރު ރައިހާނާއާ ރީހަން ތިބީ ސަރްވާމެން ގޭގައެވެ. ޝިމާން ބައްޕަ ގެންގުޅޭ ވޭނުގައި އެއާޕޯޓަށް ދިޔައެވެ. އޭރު ނިކްހާތްއާ ވިޝާހް ޑޮމެސްޓިކް އެއާޕޯޓްގެ ބޭރުގައި ހުރި ގޮނޑިބަރީގައި ތިއްބެވެ. ރައިހަނާ ގޮސް ނިކްހާތް ގައިގައި ބައްދާލަައިފައި ހާލު އަހާލިއެވެ. ކައިވެނި ޕާޓީއިން ދިމާވި ފަހުން އަދި ރައިހާނާއަކާ ނިކްހާތް ބައްދަލެއްނުވެއެވެ. ޝިވަން ފޫހިވެގެން ރޯންފެށުމުން ރައިހާނާ ޝިވަން ގޮވައިގެން ހިނގާލަން ދިޔައެވެ. ހިޔާއޮތް ފަޅިން ޝިވަންގެ އަތުގައި ހިފައިގެން އެކިއެކި ވާހަކަ ދައްކަމުން ދިޔައިރު ރައިހާނާގެ ތުންފަތްމަތީގައި ރީތި ހިނިތުންވުމެއް ހުއްޓެވެ.
ހަމްޒާ ލޮލުގައި އާލާފައި އިން އަވި އައިނު ނަގައިފައި ރީއްޗަށް ރައިހާނާއަަށް ބަލާލިއެވެ. އިރުގެ ރަންދޯދިތައް ރައިހާނާގެ ސާދާ މޫނަށް އެޅިފައި ހުރުމުން އެމޫނު ބަބުޅަމުން ދިޔައެވެ. ޝިވަން އުރާލުމަށްފަހު އެކުއްޖާގެ ކޮލަށް ރައިހާނާ ދިނެއް ދިނެވެ. ރައިހާނާގެ އެއަމަލުން ބޭއިޚްތިޔާރުގައި ހަމްޒާއަށް ހިނިތުންވެވުނެވެ. “ޕިސް ޕިސް. ޝިމާންބެ އެއޮށް ގޮވަނީއޭ. ރައި ފެނުނީމަ ދުނިޔޭގެ އެހެން އެންްމެން މަތިން ހަނދާންނެތެނީ ދޯ” ހަމްޒާގެ ކަންފަތް ދޮށުގައި ސިއްރުން އަންޖަލް ބުނެލިއެވެ. ސިހިފައި ހަމްޒާއަށް ދެފަރާތަށް ބޯހަލުވާލެވުނެވެ. ހަމްޒާދެން ބަލާލިއިރު ރައިހާނާ ފެންނާކަށެއް ނެތެވެ. ޝިމާންއަށް ހަނައަޅާލަމުން ޓްރޮލީ ހިފައިގެން އެދިމާއަށް ހިނގައިގަތެވެ. ހަމްޒާގެ ފަހަތުން ސުނައިނާއާ މިރާޝްވެސް ލިއާ އަތުގައި ހިފައިގެން ދިޔައެވެ.
ލިއާއާ ޝިވަން ރައިހާނާ ގާތުން އެންމެ އިރުކޮޅަކުވެސް ދުރަށް ނުދެއެވެ. ދެކުދިން ރައިހާނާ ދެއަތުގައި ހިފައިގެން ތިއްބެވެ. އެކުދިން ހީވަނީ ރައިހާނާ ގެއްލިދާނެތީ އުޅޭހެންނެވެ.
ވަކިން އިން ގޮޑިއެއްގައި ކަންފަތަށް ހެޑްސެޓް ޖަހައިގެން ހަމްޒާ އިނެވެ. ފޯނުން ކުޅެންއިން ގޭމައް ގެއްލި ހުސްވެފައި އިނެވެ. ބޯޑިންއަށް ގޮވިއިރުވެސް ހަމްޒާއަކަށް ނޭންގުނެވެ. ލިއާ ދުވަމުން އައިސް ހަމްޒާ އަތުގައި ހިފައި ތަޅުވާލިއެވެ. ކުޅެންއިން ގޭމުން ނުބައިވުމުން އަޑެއް ލައްވާލެވުނެވެ. ފޯނު ނިއްވާލުމަށްފަހު ޖީބަށް ލަމުން ހިނގައިގަތެވެ. ލިއާވެސް މިރާޝް އަތުގައި ހިފައިގެން އޭރު ދަނީއެވެ.
އަންޖަލްއާއި ރީހާން ޖެހިޖެހިގެން ތިބި ސީޓުގައި އިށީނެވެ. ވިޝާހްއާ ނިކްހާތްވެސް ތިބީ އެއްކޮށެވެ. ޝިމާންއާ މިރާޝް ލިއާ އަދި ޝިވަންއާ އެކީ ތިއްބެވެ. ސަރްވާއާ ސުނައިނާ އެކީއިށީންނުމުން ރައިހާނާ ޖެހުނީ އެންމެންނާ ވަކިން އިށީންނާށެވެ. މޫނަށް ވައްތަރެއް ޖައްސާލަމުން އޭނާއަށް ލިބިފައި އިން ސީޓްގައި އިށީނެވެ. އޭނާއާ ޖެހިގެން އިން ސީޓްގައި އިނީ ރަށުކުއްޖެކެވެ. ކުޑައިރު އެކުއްޖާއާއެކީ ކުޅެއުޅުނު ހަނދާން ރައިހާނާ ހަނދާންވިއެވެ. އެކުއްޖާއަށް ހިނިތުންވުމެއް ހަދިޔާކުރަމުން ރައިހާނާ އިށީނެވެ.
ރައިހާނާ ގާތު އިން ފިރިހެން ކުއްޖާފެނި ހަމްޒާގެ ދެބުމަ ގޮށްޖެހުނެވެ. އެކުއްޖާ ރައިހާނާއާ ވާހަކަ ދައްކާތަން ފެނުމުން ދެއަތް މުއްކަވާލެވުނެވެ.
“ހެއި ރައިހާނާ ދޯ؟ އައި އޭމް އަކްޝަމް. ހަނދާން އެބަހުރިތަ؟” ސަލާމަށް އަތް ދިއްކޮށްލަމުން އަކްޝަމް އަމިއްލައަށް ތައާރަފުވެލިއެވެ. އަކްޝަމް ނަންބުނުމާއެކު ރައިހާނާ ހަނދާންވިއެވެ. “އޯ އެމް ޖީ. އަކްޝަމް. ޔޫ ލުކް ސޯޑިފަރެންޓް. ކިހިނެއްތަ” އަކްޝަމްއަކީ ސަރްވާމެން ގެއާ ޖެހިގެން އިންނަ ގޭ ކުއްޖެކެވެ. ކުޑައިރު ރަށަށް ގޮއްސައި ރައިހާނާމެން އަބަދު އަކްޝަމްމެންނާއެކީ ކުޅެއުޅެއެވެ. ފަހުން ރައިހާނާމެން ގެހަދައިގެން އާގެއަށް ބަދަލުވިފަހުން އަކްޝަމްމެންނާ އެއްކޮށެއް ނުކުޅެވެއެވެ.
ހަމްޒާއަށް ލިބުނީ ރައިހާނާ އިން ސީޓުގެ ފަހަތު ސީޓުގައެވެ. އޭނާއާ ޖެހިގެން އިނީ މުސްކުޅި ފިރިހިނެކެވެ. މުޅި ދަތުރު މަތީގައިވެސް ރައިހާނާއާ އަކްޝަމް އަނގަ ހުއްޓާނުލައެވެ. ރައިހާނާއެކޭ ރަވަބޮއްޔެކޭ އެއްގޮތެވެ. ފަހަތުގައި އިން ހަމްޒާ އިނީ ބޮލަށް އުނދަގޫވެފައެވެ. ކައިރީ އިން މުސްކުޅިމީހާވެސް ހުރީ އުނދަގޫވެފައެވެ.
ބޯޓުން ފޭބިއިރުވެސް ރައިހާނާއާ އަކްޝަމް އަނގަ ހުއްޓާނުލައެވެ. އަކްޝަމް ސަރްވާއާ ރީހާން ފެނުމުން އެކުވެރިކޮށް އެދެމީހުންނާވެސް ވާހަކަ ދެއްކިއެވެ. ދެންތިބި އެންމެންނަށް އަކްޝަމް ތައާރަފުކޮށްދިނީ ސަރްވާއެވެ. “މިހާ ދުވަސްކޮށްފަ ދިމާވީމަ ވަރަށް އުފާވެއްޖެ ޒާންމެން އެންމެނަށްވެސް ސަލާން ބުނާތި ދަނީ” އަކްޝަމްގެ ފޮށި ލިބުމާއެކު އޭނާ ދިޔައެވެ. އަކްޝަމް ދިއުމުންވެސް ރައިހާނާ އަކްޝަމްގެ ވާހަކަ ހުއްޓާލާކަށް ނޫޅުނެވެ. އަކްޝަމްއަށް އައިސްފައި ހުރި ބަދަލުތަކުގެ ވާހަކަ ދައްކަމުން ދިޔައެވެ. އެންމެން ގަޔާވެފައި އަޑުއަހަން ތިބިއިރު ހަމްޒާ ހުރީ ރުޅިގަދަވެފައެވެ. “ވަރުގަދަ އަކްޝަމްއެއްނު ކިހާ ދެރަކަމެއް” އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ހަމްޒާ ބުނެލިއެވެ. އެންމެންގެ ފޮށި ލިބުމާއެކު ހުރިހާ އެންމެން ނުކުތެވެ. އޭރު އެމީހުންގެ އިސްތިގްބާލުގައި އާއިލާ މީހުން ތިއްބެވެ. އެންމެން އެކީހެން އުޅުނީ ޝިވަންއާ ލިއާއާ ވެގެންނެވެ. ޝިވަން ދެކިލާހިތުން އެންމެން ތިބީ ކެއްމަދުވެފައެވެ. “އަހަރުން މީ މިހާރު ނެއްބައެއް ދޯ” ދެރަވާކަމަށް ހެދެމުން ރީހާން ރައިހާނާއަށް ދޯދިނެވެ. ރައިހާނާވެސް އާއެކޭ ކިޔާ ތުންދަމާލިއެވެ. ރައިހާނާއާ ރީހާންގެ އެއަމަލުން އެންމެންނަށްވެސް ހެވުނެވެ. ސުނައިނާއާ މިރާޝް އެރަށް ދިޔައީ އަލަށް ކަމުގައިވިއަސް އެމީހުންނަށް އާކަމުގެ އިހްސާސެއް ނުކުރެވެއެވެ. ލިއާވެސް ނިކަން ފަސޭހައިން އެ އެންމެންނާ ރަށްޓެހިވިއެވެ. ޚާއްސަކޮށް ޒާންއާއެވެ.
ރައުލާމެން އަމިއްލަ ގެހެދުމުން އެމީހުން ދިރިއުޅެނީ އެގޭގައެވެ. ދެބުރިއަށް ގެނަގައިފާވާއިރު ވަށައިގެން ވަނީ ބިއްލޫރި ޖަހާފައެވެ. އެގޭގެ ރީތިކަން ފެނިފައި ސުނައިނާއާ މިރާޝް އަދި ހަމްޒާގެ އިތުރުން އަންޖަލްވެސް ހުރީ ހައިރާންވެފައެވެ. ރައިހާނާއަށް ފޮޓޮތަކުން ގެފެނުނު ކަމުގައިވިއަސް ހަމަލޮލަށް އެފެނުނީ އަލަށެވެ. ކާރުން ފޭބިގޮތަށް އޭނާއަށް އިނދެވުނީ ފާޑަކަށް އަނގަ ހުޅުވައިގެންނެވެ.
ގޭތެރެއަށް ވަންއިރު ނަދާއާ ރައުލާ ސައި ތައްޔާރުކޮށް އުޅުނެވެ. ޝިވަން ޝިމާންއާ ހަވާލުކޮށްފައި ސަރްވާ ރައުލާ އަދި ނަދާއަށް އަތްގާތް ކޮށްލަދޭން ބަދިގެއަަށް ވަނެވެ.
ސައިބޮއެ ނިމިގެން ސަރްވާއާ ޝިމާން ފިޔަވާ މާލެއިން އައި އެންމެން ރުހާމްމެން ގެއަށް ދިޔައެވެ. އޭރު ހުސާން ވަނީ އޭނާގެ ކާރުގައި ދަބަސްތައް ގެންގޮސް އެގެއަށް ލާފައެވެ. “ބޭނުން ކޮޓަރިއެއް ނަގަންވީ. ކޮންމެ މީހަކަށް ދެކޮޓަރިވެސް ވާވަރަށް ކޮޓަރި ހުންނާނެ” ގޭތެރެއަށް ވަދެފައި ރީހާން ސޯފާއަށް ވެއްޓިގަތެވެ. ރައިހާނާއާ އަންޖަލްގެ ބަރު ފޮށި އުފުލުމުގެ ސަބަބުން އޭނާގެ ބުރަކަށްޓަށް ވަނީ ތަދެއް އަރާފައެވެ.
ރައިހާނާއާ އަންޖަލް ދިޔައީ ރައިހާނާގެ ކޮޓަރިއަށެވެ. ކުރީފަހަރެކޭ އެއްފަދައިން ޖެހިގެން އިން ކޮޓަރި ހަމްޒާ ނެގިއެވެ. ރީހާން އޭނާގެ އަމިއްލަ ކޮޓަރި ނެގިއިރު ސުނައިނާމެންނާ ނިކްހާތްމެން ތިބީ އެންމެ ތިރީގައި ހުރި ކޮޓަރިތަކުގައެވެ. “ރައި ޔުއާ ފެމެލީ އިޒް އޯސަމް” ވިޝާހް ރައިހާނާގެ އާއިލާއަށް ތައުރީފުކުރިއެވެ. މިވީ މަދު ވަގުތުކޮޅު ތެރޭގައިވެސް އެމީހުންގެ އެކުވެރިކަމާ ގާތްކަން ވިޝާހްއަށް އެނގުނެވެ. “އޭ ބްރޯ. އެއީ ހަމައެކަނި ރައިގެ ފެމެލީއެއް ނޫނޭ މަގޭވެސް އޭ” ރީހާން ވިޝާހްގެ ކޮނޑަށް އަތް ވައްޓާލިއެވެ.
މަޣްރިބް ނަމާދަށް ގޮވަން ވާއިރަށް އަންޖަލްއާ ރައިހާނާ ފެންވަރައިގެން ނަމާދަށް ތައްޔާރުވިއެވެ. ނަމާދުކޮށްގެން ވަރުބަލިވެފައި ތިބުމުން ދެކުދިންވެސް އެނދުގައި ޖައްސާލިއެވެ. ފަސްމިނެޓުވެސް ނުވަނީސް އަންޖަލްއާ ރައިހާނާ ފުން ނިންޖަކަށް ގެބުނެވެ.
ހަމްޒާ ފެންވަރައިގެން މިސްކިތަށް ދާން ނުކުތެވެ. އެވަގުތު ވެގެން ދިޔައީ ރީހާންވެސް މިސްކިތަށް ދާން ނުކުތް ވަގުތަށެވެ. ހަމްޒާ އެކަނިދާން އުޅޭތީވެ ރީހާން ފާޑަކަށް އަނގަހަދައިގެން އިނެވެ. “ޑޯންޓް ގިވް މީ ދެޓް ލުކް. މަށަށް އެނގެޔޭ މިސްކިތަށް ދާން. ކޮން އިރަކުން މަގޭ ޅިޔަނަށް ރަސްމީ ގޮތުން ވަނީ؟” ލާނެއް ގޮތަކަށް ހީލަމުން ހަމްޒާ އެހިއެވެ. ބޭނުމަކަށްވީ ރީހާން ލަދުގެއްވުމެވެ. އެހެނަސް ރީހާންއަށް ހަމްޒާ ބުނީކީކޭކަން ދޭހައެއް ނުވިއެވެ. ” ދޮންތިއާ މެރީކުރިހާ އަވަހަކަށް އޮފިޝަލީ މަގޭ ޅިޔަނަށް ވާނެ. ޑޫ ޔޫ ލައިކް ހާރ؟” ކުޑަކޮށް ވިސްނަން އިނުމަށްފަހު ރީހާން ބުންޏެވެ. ރީހާން ރަކިކުރަން އުޅެނިކޮށް އެންމެފަހުން ރަކިވީ ހަމްޒާއެވެ. “ވެލް މަ ޅިޔަނަށްވުމޭ މާނަ ކުރީ ކޮންއިރަކުންހޭ ރީއްކޮ އަންކޮއާ މެރީ ކުރާނީ؟” ބޯކަހާލަމުން ރަކިވެފައި ހުރެ ހަމްޒާ އަހާލިއެެވެ. ރަނގަޅަށް ދޭހަވުމާއެކު ރީހާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ޔޫ؟” ރީހާން ބުނަން އުޅުނީ ކީކޭކަން އެނގުމާއެކު ހަމްޒާ ބޯޖަހާލިއެވެ. “އަންކޮ ނުބުނޭތަ؟” ހަމްޒާ ހީކުރީ އެކަކު ގާތު ނުބުނާށޭ ބުނި ކަމުގައި ވިއަސް އަންޖަލް ރީހާން ގާތު ބުނާނެކަމަށެވެ. ސުނައިނާވެސް މިރާޝް ގާތު ބުންޏެވެ. އަންޖަލް އޭނާގެ ސިއްރު ހިފަހައްޓަދިނުމުން ކޮއްކޮއާ މެދު އޮތް އިތުބާރު އިތުރަށް ބޮޑުވިއެވެ.

ރައިހާނާއާ އަންޖަލްއަށް ހޭލެވުނީ އަށެއް ޖެހިއިރު ކާންދާން ގޮވުމުންނެވެ. ސުނައިނާ ތައްޔާރުވެގެން އައިސް ދާންވެގެން ރައިހާނާއަށް ގޮވީއެވެ. ލިއާ ބަނޑުހައިވެގެން އުޅޭތީވެ އަވަހަށް ދާންވެގެންނެވެ. އޭރު ހުސާންއާ ޒާން ބަލައި އައިސް ތިއްބެވެ. ރައިހާނާއާ އަންޖަލް ތައްޔާރުވެގެން ދާން ލަސްވާނެތީ އެދެކުދިން ނުލައި ދާން ބުންޏެވެ. “ރައިއަށް ދާން އެނގޭނެތަ؟” “އުނހޫ ނެންގޭނެ. ސާބަސް އެނގޭ ހުސާންބެއަށް. މަށަށް އެނގޭނޭ ދާން” ރައިހާނާ ތުން އަނބުރާލަމުން ހުސާންއާ ދިމާއަށް ބުންޏެެވެ.

ރައިހާނާއާ އަންޖަލް ރީތިވެގެން ނުކުމެވުނުއިރު އަށް ގަޑި ސާޅިސް ފަހެއް ވެއްޖެއެވެ. މަޑުމަޑުން ހިނގާލައިފައި ދެކުދިންގޮސް ރައުލާމެންގެއަށް ވަނެވެ. އޭރު ސުނަައިނާ ލިއާއަށް ކާންދީ ނިމިގެން ގެއަށްދާން އުޅެނީއެވެ. ދަތުރު ވަރުބަލިވުނުން ލިއާ އޮތީވެސް ނިދިއައިސްފައެވެ. ޝިވަންވެސް ކޭގޮތަށް އެރޭ ނިދައިފިއެވެ.
“ނިކްއާ ވިޝާހް ކޭ ނަމައެއްނު!” ވިޝާހްއާ ނިކްހާތް ތިބީ އަންޖަލްއާ ރައިހާނާ ނާންނަނީސް ނުކައެވެ. ވިޝާހްއާ ނިކްހާތްގެ އިތުރަށް ހަމްޒާއާ ރީހާންވެސް ތިބީ ނުކައެވެ.
ކައި ނިމިގެން ހަޒުވާނުން ރައުލާމެން ގެއިން ނުކުތީ އަތިރި މައްޗަށް ހިނގާލަން ދާށެވެ. ގެއިން ނުކުތް ގޮތަށް ރީހާން އައިސް އަންޖަލް އަތުގައި ހިފިއެވެ. ރީހާން އަންޖަލް ގޮވައިގެން ކުރިއަށް އެރުމުން ރައިހާނާއާ ހަމްޒާ ޖެހުނީ އެކީދާށެވެ. އަތިރިމައްޗަށް ދާން ފުރަތަމަ އެޅި ގޯޅިން އަކްޝަމްއާ ދިމާވިއެވެ. “ހެއި ރައިހާނާ” އަކްޝަމް ހިނިތުންވެފައި ހުރެ ރައިހާނާއަށް ގޮވާލިއެވެ. “ހެއި އަކްޝަމް” ރައިހާނާވެސް އޭނާގެ އެންމެ ފުރިހަމަ ހިނިތުންވުން އަކްޝަމްއަށް ހަދިޔާކުރިއެވެ. އެމީހުންނާ އެކީ ހިނގާލަން ދާން ރައިހާނާ އަކްޝަމްއަށް ދައުވަތު ދިނެވެ. އަކްޝަމް ވަގުތުން އެއްބަސްވިއެވެ. އަކްޝަމްއާ ރައިހާނާ އަނގަތަޅުވާވަރުން އެންމެންވެސް ތިބީ ބޮލަށް އުނދަގޫވެފައެވެ. ރައިހާނާ އަންޖަލްއާވެސް އެވަރަށް އަނގައެއް ނުތަޅުވައެވެ. ހަމްޒާ ބޮލަށް އުނދަގޫވެގެން މަގުގެ އަނެއް ފަރާތަށް އެރިއެވެ. ރީހާންއާ އަންޖަލް ހިނގުން ބާރުކުރިއެވެ. އެމީހުންނާ އެއްވަރަށް ވިޝާހްއާ ނިކްހާތްވެސް ދިއައެވެ. ރީހާންމެން އެހެން ގޯޅިއެއް އެޅިކަންވެސް ވާހަކައިގައި ތިބި ރައިހާނާއަށާ އަކްޝަމް އަކަށް ނޭންގުނެވެ. ހަމްޒާ ގޯޅިނާޅާ މަޑުކޮށްލައިގެން ހުރީ ރައިހާނާއާ އަކްޝަމް އެކަނިބައިތިއްބާފައި ދާން އޭނާގެ ހިތް އެއްބަސް ނުވުމުންނެވެ.
ރައިހާނާ އަރައިގެން އިން ފައިވާނުގެ ވާދުކެނޑުމާއެކު ފައި އޮޅިގެން ބިންމައްޗަށް ވެއްޓެން ދިޔައެވެ. އިޚްތިޔާރަކާ ނުލައި ދުރުގައި ހުރި ހަމްޒާއަށް ރައިހާނާ ވެއްޓުމުގެ ކުރިން ހިފަހައްޓަން ދުއްވައި ގަނެވުނެވެ. ހަމްޒާއަށް ދެވުމުގެ ކުރިން އަކްޝަމް އޭނާގެ ބާރުގަދަ ދެއަތުން ރައިހާނާގެ އުނގަނޑުގައި ހިފަހައްޓާލިއެވެ. ރައިހާނާއަށްވެސް އަކްޝަމްގެ ގަމީހުގައި ހިފައި ބާރުކޮށްލެވުނެވެ. ހަމްޒާގެ ދަތްކުނޑިވިކި ދެއަތް މުއްކަވާލެވުނެވެ. އަކްޝަމްގެ ބަދަލުގައި އެތާ ވާން ޖެހޭނީ އޭނާއެވެ. އަކްޝަމްއާ މެދު ރުޅިވެރިކަން އެހިތުގައި އުފެދުނެވެ.
ލޯމަރާ ތަގުޅިކޮށްގެން އޮތް ރައިހާނާއާ ދިމާއަށް ފުން ނަޒަރަކުން އަކްޝަމްއަށް ބަލާލެވުނެވެ. އެންމެ ކުޑައިރުންސުރެއްވެސް އޭނާގެ ހިތުގައި ރައިހާނާގެ ސޫރަވަނީ ބިންވަޅުނެގިފައެވެ. ރަށު ކުދިން އެނާއާ ރައިހާނާ އަޅުވައިވެސް ކިޔައެވެ. ގްރޭޑް އަށަކަށް އޭނަ މާލެ ބަދަކުވީވެސް ރައިހާނާ މާލޭގައި އުޅޭތީއެވެ. އެހެނަސް އޭނާގެ ބަދުނަސީބުކަމުން މާލޭގައި އޭނާ އުޅެން ޖެހުނީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. ހިތްެއެދޭ ފަރާތާ މާލެއިން އެންމެ ފަހަރަކުވެސް ބައްދަލެއް ނުވެއެވެ. ކުރިއަށްވުރެ ރައިހާނާ ވަނީ ރީތިވެފައެވެ. ކޮލުގައި ކުޑަކޮށް މަސްޖަހައި ކުރިއަށްވުރެ ރޫފަވެސް ރަނގަޅުހެން ހީވެއެވެ. އަކްޝަމްގެ ޖަޒުބާތުތައް އުތުރި އަރަމުން ދިޔައެވެ.
ރައިހާނާ ލޯ ހުޅުވާލިއިރު އަކްޝަމްގެ ތޫނު ނަޒަރު އޭނާއަށް އަމާޒުވެފައި ހުރުމުން މުޅި ކުއްޖާ ލަދުން ހަލާކުވާވަރުވިއެވެ. އެކަކަށް ނޭންގުނު ކަމުގައިވިއަސް އަކްޝަމްއަކީ އޭނާގެ ފުރަތަމަ “ކްރަޝް”އެވެ. ކުޑައިރު އެކުގައި ކުޅެން އުޅުނު ކުދިން ތެރެއިން އެންމެ ރީތިކޮށް ހުންނާނީ އަކްޝަމްއެވެ. ހަމުގެ ކުލަ އާދައިގެ ވަރަކަށް ދޮންވެފައި އިސްކޮޅުން އޭރުވެސް ދިގެވެ. ކުޑައިރުވެސް އަކްޝަމްގެ ނަޒަރު އޭހާ ތޫނުވާނެއެވެ. ފަންއިސްތަށިގަނޑު އަބަދުވެސް އޮންނާނީ އެއްފަރާތަކަށް ސްޕައިކް ޖައްސާފައެވެ. ކުޑައިރު ސަރްވާމެން ގާތު އާބަދުވެސް ދެއްކެނީ އަކްޝަމްގެ ވާހަކައެވެ. ބައެއް ފަހަރު ސަރްވާއާ ނަދާ އޭނާއާ އަކްޝަމްއާ އަޅުވައިވެސް ކިޔައެވެ.
“އެހެމް އެހެމް” ފަހަތުން މީހަކު ކަރު ކެހެލި އަޑަށް ދެމީހުންވެސް ސިއްސައިގެން ދިޔައެވެ. އަކްޝަމް އަވަހަށް ރައިހާނާ ސީދާ ކޮށްލިއެވެ. ރައިހާނާވެސް އަކްޝަމްގެ ގަމީހުން އަތް ނައްޓާލައިފައި ކަރު ކެހުނީ ކާކުތޯ ބަލާލިއެވެ. ހަމްޒާ ފެނުމުން ރައިހާނާއަށް ހީވީ ވިރިގެން އޭނާ ބިންމައްޗަށް ފައިބައިފާނެހެންނެވެ. ގަތް ލަދާއެކު މުޅިމޫނުއެކީރަތްވިއެވެ. ހިތް އަވަސްވާން ފެށީއެޔެއް މިއެެއް ބަލައިފައި އެއްނޫނެވެ. އެވަގުތު އަކްޝަމްއަށް ފޯނެއް އައިސްގެން ގެއަށް ދާން ޖެހުނެވެ. ރައިހާނާއާ ވަދާއުގެ ސަލާންކޮށްފައި އަކްޝަމް ގެއަށް ދާން ހިނގައިގަތެވެ. ރައިހާނާ އިނީ އިންތަނުން ގުޑާލަންވެސް ނުކެރިފައެވެ.
ގަސް ގަނޑު ތެރެއިން ލާފައި ކުއްލިއަކަށް ނުކުތް ކަޅުބުޅާފެނި ރައިހާނާގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. އޭތި ލައްވާލި ބިރުވެރި އަޑުން މުޅި ގައިން ހީބިހި ނެގިއެވެ. އޭތިގެ އަޑަށް ވުރެ ތޫލި އަޑަކުން ހަޅޭއްލައިވައިގަނެފައި ހަމްޒާގެ ކަރުގައި ބާރަކަށް ބައްދައިގަތެވެ.
ހަމްޒާ ނުވިސްނައި ހުއްޓާ ރައިހާނާ ބައްދައިގަތުމުން ކުރަންވީ ކީއްކަން ނޭންގިފައި ހަމްޒާއަށް ހުރެވުނެވެ. ރައިހާނާގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ހަމްޒާ މަޑު މަޑުން ދެއަތް އުފުލާލާފައި ރައިހާނާ ގައިގައި އޭނާގެ ދެއަތް ވަށާލިއެވެ. ހަމްޒާގެ ހިމާޔަތް ލިބުމުން ރައިހާނާ އިތުރަށް ހަމްޒާގެ މޭގައި ބޮނޑިވެލިއެވެ. އޭނާ ބޭނުމީ މުޅި އުމުރަށްވެސް އެއަތުތެރޭ ވާށެވެ.
ރައިހާނާއާ ހަމްޒާ އަދި އަކްޝަމް ނާންނަހެން ހީވެގެން އަންޖަލްމެން އަނބުރައި އައި މަގަށް ދިޔައެވެ. ރައިހާނާއާ ހަމްޒާ އެކަކު އަނެކަކު އަތުތެރޭ ތިބިތަން ފެނި އެންމެންގެ އަނގަ ތަންމިނަށް ހުޅުވުނެވެ.
ހަމްޒާއަށް އަންޖަލްމެން ފެނުމާއެކު ސިހިފައި ރައިހާނާ ދުރުކޮށްލެވުނެވެ. ހަމްޒާ ދުރުކޮށްލުމާއެކު ކުރެވުނު ކަންތަކާ މެދު ރައިހާނާވެސް ލަދުގަތެވެ. މަޑު މަޑުން ސޮރީއޭ ބުނެފައި އެނބުރުނު އިރު ކުރިމަތީގައި ތިބި އަންޖަލްމެން ފެނި އިތުރަށް ލަދުގަތެވެ. “ޕިސްޕިސް. ދޫކަމެއް ނުވާނެ” ރައިހާނާއަށް ހިތާހިތުން ބުނެވުނެވެ. ކޮންމެ ފަހަރުވެސް އޭނާ މިޖެހެނީ ލަދެއްގައިބެދޭށެވެ. “ހިނގާ އަވަހަށް މިތަނުން ދާން. ބޮޑު ސިންގާހާ ކަޅު ބުޅަލެއް ދެންމެ މިތަނަށް އައި” ރައިހާނާ ފައިވާން އަތަަށް ނަގައިގެން ދާން ހިނގައިގަތެވެ. ބުޅާ އުޅޭ ވާހަކަ ހަގީގަތުގައި ރައިހާނާ ބުނީ އޭނާ ހަމްޒާ ގައިގައި ބައްދަން ޖެހުނީ އެބުޅަލާ ހެދިކަން ބުނަން އެމީހުންނަށް އަންގާށެވެ. ރައިހާނާގެ މަޤުސަދު އެނގުމުން އެންމެންނަށްވެސް ހެވުނެވެ. އެރޭ މާބޮޑަށް ލަސްވުމުން އަތިރިއަށް ނުގޮސް އެންމެންވެސް ދިޔައީ ގެއަށެވެ. އިރާކޮޅު ނިދުމާއެކު އަންޖަލްއާ ރައިހާނާ ގެ ލޮލަށް ނިންޖެއް ނާދެއެވެ. އެހެންވެ ދެކުދިން ލެޕް ނަގައިގެން ސީރީޒް ބަލަން ތިއްބެވެ.
ފަތިސް ނަމާދުކޮށްގެން ފިރިހެންވެރިން މޫދަށް ދިޔައެވެ. އެރަށުގެ މޫދު ރީތިކަމުން ވިޝާހްއާ މިރާޝް ތިބީ އާޝޯޚުވެފައެވެ. މޫދުގައި އެކިއެކި ސަކަރާތް ޖަހާ ކަސްރަތުކޮށް ހަދާފައި އަށެއް ޖެހުމުން އެއްގަމަށް އެރިއެވެ.
ރައިހާނާއާ އަންޖަލް ލިއާ ގޮވައިގެން ގޯތިތެރެއަށް ނުކުމެ ތިއްބެވެ. ވެލިގަނޑުމަތީ މިނިވަންކަމާއެކު ދުވެލަން ލިބުމުން ލިއާ ހީވަނީ އެހެން ކަމެއްހެންނެވެ. ދުވަމުން ފުންމަމުން އުޅުނެވެ. ދުވަހަކުވެސް މާލެދާން ބޭނުންނުވާކަމަށް ބުނަމުން ދިޔައެވެ. ބަނބުކެޔޮ ގަހު އެލުވާފައިހުރި ޖޯލީގައި ފޯނު ހިފައިގެން ރައިހާނާ އޮތެވެ. އުޑުމަތި އޮތްލެއް ސާފުކަމުން އެކި ގޮތްގޮތަށް ފޮޓޯ ނަގަމުން ދިޔައެވެ. ގެއިން ބޭރުން ހީ ސަކަރާތްޖަހާ އަޑު އިވުމުން މޫދަށް ދިޔަ މީހުން އައިކަން އެނގުނެވެ. ދޮރާށި ހުޅުވާފައި އެންމެ ފުރަތަމަވެސް އެތެރެއަަށް ވަނީ ހަމްޒާއެވެ. ހަމައެކަނި ކަކުލާ ހަމައަށް އަންނަ ސޯޓެއް ލައިގެން ހުރުމުން ހަމްޒާގެ ކަސްރަތީ ހަށިގަނޑުއޮތީ ހާމައަށެވެ. އިސްތަށިގަނޑުން މޫނު މައްޗަށް ފެންތިކި ތަޅަމުން ދިޔައެވެ. ރައިހާނާ ހަމްޒާއަށް ނުބަލަންވެގެން އަވަހަށް އިސްޖަހާލިއެވެ. މާގިނައިރު ބަލަން ހުރެއްޖެނަމަ އޭނާ މޮޔަވެސް ވެދާނެއެވެ. ވަރަށް ނޫންކަމަށް ހަދާފައި ފޯނާ ކުޅެންފެށިއެވެ.

އެގާރަ ޖެހުމުން ފެންވަރައި ރީތިވެ ހަދައިގެން ސުނައިނާ އަންޖަލް އަދި ރައިހާނާ ލިއާ ގޮވައިގެން ސަރްވާމެން ގެއަަށް ދާން ހިނގައިގަތެވެ. އެހިސާބަށް އަރާ ހަމަވިއިރު އެތާއިން ސައިކަލެއް މާތީ އިށީންދެގެން ފޯނާއި ކުޅެން އަކްޝަމް އިނެވެ. ހުދުކުލައިގެ ގަމީހަކާ ކަޅު ސްކިނީ އެއް ލައިގެން ހުރިއިރު ބޮލުގެ އިސްތަށިގަނޑު އޮތީ ތެއްކޮށެވެ. އަކްޝަމް ޖަހާފައި ހުރި ސެންޓުގެ ވަސް މުޅި ސަރަހައްދުގައި ހިފާފައި ހުއްޓެވެ. ރައިހާނާ ފެނުމުން އަކްޝަމް އެއްބުމަ ހިއްލާލަމުން ހިނިތުންވިއެވެ. ރައިހާާނާވެސް ބަދަލުގައި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. “އޭ އަކްޝަމްތަ؟ ކޮންއިރަކު އައިސް ތިއުޅެނީ؟” ފަހަތުގައި ނަދާ ހުރިކަން ރައިހާނާއަށް އެނގުނީ ނަދާ ގޮސް އަކްޝަމްއާ ވާހަކަ ދެއްކުމުންނެވެ. ނަދާ އޭނާއޭ ކިޔައިގެން އަކްޝަމް ގާތު އެއްޗެއް ބުނުމުގެ ކުރިން އަވަހަށް ގެއަށް ވަނެވެ.

ގޭގެ ބޮޑެތި މީހުން ކައިގެން ދިއުމުން ދެންތިބި އެންމެން ކާން އެރިއެވެ. ސުފުރާ މަތި އެކަނި ފެނިފައިވެސް ކުޅުދިޔާވާހާ ވެއެވެ. ކުކުޅު ރިހައާ ކުކުޅު ހިކިކޮށް ހަދާފައި ހުރިއިރު ނާސިގޯރަންއާ ރީތި ބަތާ ރޮށި ހުއްޓެވެ. މުގުރިހަ ހަދާފައި އަލުވި ހިކިކޮށް ހުއްޓެވެ. ދެތިން ވައްތަރެއްގެ ސެލެޑާ ޕާޕަރު ހުއްޓެވެ. އޮރެންޖްޖޫހާ ޖުމްހުރީ މޭވާ ޖޫސް ހުއްޓެވެ. “ސަރޫ އަކްޝަމް އެބައުޅޭ. ރައިގެ ޗައިލްޑް ހުޑް ކްރަޝް” ރައިހާނާ އަނގަޔަށް ލީ ބަތްސުވާ ހީވީ ކަރުގައި ތާށިވިހެންނެވެ. ދެލޯ ބޮޑުވެފައި ހުރިއިރު ކެއްސުން ނުހުއްޓެއެވެ. ސަރްވާ ތަށްޓަކަށް ފެން އަޅާފައި ދިނުމުންވެެސް ކެއްސުން މައިތިރިވާ ގޮތެއް ނުވިއެވެ. އިވުނު އާވާހަކައިން އަންޖަލް ވެސް ހުރީ ކުޑަވަރެއްގެ ޝޮކެއްގައެވެ. ރައިހާނާ ދުވަހަކުވެސް އަކްޝަމްގެ ވާހަކަ އޭނާ ގާތު ނުދައްކައެވެ.
ހަމްޒާ އަނގަޔަށް ލީ ރޮށުކޮޅު ދިރުވަންވެސް ނޭންގުނެވެ. ހީވީ ކަރުގައި ތާށިވެފައި ހުރިހެންނެވެ. ޝިމާން ހަމްދަރްދީގެ ބެލުމަކުން އޭނާއަށް ބާލާލިއެވެ.
“ވޯވޯ. ކޮންއިރަކު. އައި ނެވާރ ނިއު ދޮންތި ހެޑް އަ ކްރަޝް އޮން އަކްޝަމް” ރީހާން މަޖާވެފައި އިނދެ ރައިހާނާއާ ދިމާކުރިއެވެ. ” އައި ނެވާރ ހެޑް އަ ކްރަޝް އޮން އަކްޝަމް” ރައިހާނާ ރީހާންއާ ދިމާއަށް ލޯ އާޅާލިއެވެ. ހަމްޒާ ހުއްޓާ އެފަދަ ވާހަކައެއް ދެކެވުމުން ރައިހާނާ ހިސާބަކަށް ކަންބޮޑުވިއެވެ. ހަމްޒާ ހީކޮށްފާނެ އެއްޗަކާ މެދު ހިތްނުތަނަވަސްވާން ފެށިއެވެ. “ޝިމާން ވެޑިން އަށް އައިސް އުޅެނިކޮށެއް އަކްޝަމްއެއް ނުދެކެން. ވެއާ ވޯޒް ހީ؟” ރައިހާނާއަށް ދެލޯބޮޑުކޮށްފައި ހަމްޒާާއާ ދިމާއަށް ބަލާލެވުނެވެ. ނަދާއާ ޒާން އަދި ހުސާންވެސް ނޫން ގޮތަކަށް ބަލާލިއެވެ. “އޯ މަށަށް ނުބުނެވޭތަ މަގޭ ހަނދާންތައް އަނބުރާާ ލިބުނު ވާހަކަ؟” ރައިހާނާގެ ލޯ އިތުރަށް ބޮޑުވިއެވެ. ހަމްޒާގެ ހަނދާންތައް އާތުވެއްޖެނަމަ އަންޖަލްއަކީ ހަމްޒާގެ ކޮއްކޮކަންވެސް އޭނާއަށް އެނގޭނެ ނޫންހެއްޔެވެ. ޝިމާން ބުނި ގޮތުން ވެއްޖެނަމަ ހަމްޒާ އޭނާދެކެ ލޯބިވިއެވެ. ރައިހާނާއަށް ދެލޯ މަރާލެވުނެވެ.
އަންޖަލް ހިނިގަނޑު ހިފަހައްޓާލިއެވެ. އެއޮށް ނުވަގުތުގައި ހަމްޒާ އޭނާގެ ހަނދާންތައް އާވިވާހަކަ ހާމަކުރީ އަކްޝަމްއާ ރައިހާނާ އަޅުވާ ކިއުމުން އެކަމާ ހަސަދަވެރިވެގެންކަން އަންޖަލްއަށް އެނގުނެވެ. ނުހޭން ކުރެވުނުހާ ހުރިހާ މަސައްކަތެއް އަންޖަލް ކުރަމުން ދިޔައެވެ.
ނަދާއަށް އެއްވެސް ކަމެއް ނޭންގޭ ހާލު ރައިހާނާއާ އަކްޝަމް ކުޑައިރު ކުޅެން އުޅޭ ވާހަކައާއި ގެއަށް އައިސް އަބަދު އަކްޝަމްގެ ވާހަކަ ދައްކާ ގޮތް ކިއެވެ. ރައިހާނާ އަނގައިން ބަހެއް ނުބުނެ އިނުމުން އެންމެންވެސް ހީކުރީ ރައިހާނާ މާބޮޑަށް ލަދުގަތީ ކަމަށެވެ. ކައި ނިމުނު ގޮތަށް އެންމެ ސިކުންތެއްވެސް މަޑުނުކޮށް ރައިހާނާ ސިޓިންރޫމަށް ދިޔައެވެ.

“އަކްޝަމް” ރައިހާނާ ގާތު ސޯފާގައި އިށީންނަމުން އަންޖަލް ބުނެލިއެވެ. ރައިހާނާ އައި ރުޅިން އަންޖަލް ކޮނޑުގައި ތަޅާ ގަތެވެ. “ދޮންތި ހެއި މަގޭ އޭންޖަލް ގައިގައި ތަޅަން ހުއްދަ ދިނީ ކާކުތަ؟ އަކްޝަމް” ރީހާން ރައިހާނާ އަތުގައި ހިފަހައްޓަމުން ރާގަކަށް ފައްތާފައި އަކްޝަމްގެ ނަން ބުންޏެވެ. ރައިހާނާ ތުން ދަމާލަމުން އަނގައިން ތޫލި އަޑެއް ނެރުނެވެ. “އަކްޝަމްއަށްތަ ތިގޮވަނީ؟” ރައިހާނާ އިތުރަށް ރުޅިއަރުވަން ކާގެއިން ނުކުތް ހަމްޒާ އެހިއެވެ. “އޯލް އޮފް ޔޫ ޝަޓް އަޕް” ރީހާން ސޯފާމައްޗަށް ކޮށްޕާލުމަށްފަހު ދަބަސް ހިފައިގެން ގެއިން ނުކުންނަން ރައިހާނާ ދިޔައެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ސަމާސާ އަދަބު: ވަގުންނަށް ނުގެންދެވުނު ކަޅުފޮށި.

Next

ބުނާށެ ލޯބި ނުވަނީހޭ….41

Next
June 22, 2019

ބުނާށެ ލޯބި ނުވަނީހޭ….41

Previews
June 21, 2019

ސަމާސާ އަދަބު: ވަގުންނަށް ނުގެންދެވުނު ކަޅުފޮށި.

22 Comments!

  1. jaja says:
    June 21, 2019 at 12:10 pm

    Yayyy Me first, Sorry jiji

  2. Kiyara says:
    June 21, 2019 at 12:12 pm

    Salam all here’s 40th part of bunaashey loabi nuvanyhey. Hurihaa kudhinnah ves kamudhaane kamah ummedhu kuran. Mi part kury part thakah vure dhiguvaane. Sry for being not able to reply ur comments. Miadhyge vaguthehga hurihaa comments thakah reply kureveytho balaanan. Next part enme lasvegen Thursday ga.

  3. jiji says:
    June 21, 2019 at 12:38 pm

    Hehe jiji ah ok…First nulibuniyya nulibunynu dhw kiyaa..second libihje vihya naseebakun..will comment after reading ingey kiyaa?????

  4. Shua says:
    June 21, 2019 at 12:44 pm

    Vrh reethi mi part vx craving for next part❤❤

  5. ?? says:
    June 21, 2019 at 12:54 pm

    Varah reethi?

  6. Anonymous says:
    June 21, 2019 at 1:13 pm

    Awwww Varah loabi mi part ????????

  7. ??‍? says:
    June 21, 2019 at 1:25 pm

    Vv rythi mi part.

  8. Sher07 says:
    June 21, 2019 at 1:38 pm

    Yayyyyyyy wow wow this story is obiness well done kiyaaa

  9. Aisha says:
    June 21, 2019 at 1:46 pm

    Alhey curiously waiting for next part……????Dhiraa wish and kiyara u both are best writer in esfiya site…..Ily both???

  10. jiji says:
    June 21, 2019 at 2:29 pm

    Alhey mi part vec v rythi??????…
    Alhe raihaana ulhey gothun hyhy bandah thadhuvey sahaadheh???…Kiyaa v molhu???..Mi bai sifakohdhyfa hurileh v furihama Ma Sha Allah❤❤❤..Adhi dhigu vec kohla dhyfa iny..Ibaaraiy kohlaafa huhnaleh fashuvi kamun vec vv kiyaa hiyyvey??????Hama kiyaa kiyaa fuuhi nuvaane story eh miii…Hamza nd rai gulhuvaathi ingey???…Edhemeehun scenes bodah genesdheythi ingey kiyaa????????….Waiting fr the next part curiously…lysm

  11. Malsherr says:
    June 21, 2019 at 2:33 pm

    ????Story is fab..whn next kiyaa

  12. Nice says:
    June 21, 2019 at 2:40 pm

    Thankolheh avah up kohdhybala plx…kiyaahithn hureveneeyeh noon??

  13. Ibsha says:
    June 21, 2019 at 2:49 pm

    ❤❤❤??????⚘⚘⚘Varah reethi ???❤❤❤???⚘⚘⚘

  14. Anjal says:
    June 21, 2019 at 2:53 pm

    Hahhahaaaa hamzaaaa kuraakantha ???????

  15. jgjggj says:
    June 21, 2019 at 5:15 pm

    Anehkkaaa kn aksam eh tha e vany…

  16. Mona says:
    June 21, 2019 at 6:35 pm

    Haadha lahey dhaw up vaa leh..haftha aku part eh mi up kohleveny..

  17. Dhonthee says:
    June 21, 2019 at 6:44 pm

    Oh v salhi mi part?????Dhonthi kudakoh surprise viyey aksham ge name mi story in Fenuneema… Ingeytha aksham akee dhonthi ge dhaththaegge dharifulhau kiyaa namekey???????Vvvv rythi ingey mi part❤️❤️❤️❤️❤️raihaanaa eoiy ulhey gotheiy dhw???heeehee halaaku???so kiyaaraa, I m curiously waiting for the next part and love you so much kiyara❤️❤️❤️❤️❤️????????????????

  18. min u says:
    June 21, 2019 at 6:56 pm

    mihaaru dhen week aku part eh libeny…kithammehaa ves dhera… kyh kuraany dho

  19. ??? says:
    June 21, 2019 at 8:58 pm

    Haha vvvv rythi mibaii hamza hyvey kameh henn rai gehlidhaane thii birugathii dw vaahaka vvvv rythi

  20. Aiminath says:
    June 21, 2019 at 9:25 pm

    omg. mibai varah salhi and varah majaa. your a great writer. keep it up. waiting for next part

  21. Kalhu handi says:
    June 21, 2019 at 11:03 pm

    V maja mi part. Raihaana ah v goeh dho

  22. Mariyanbu? says:
    June 21, 2019 at 11:55 pm

    ?❤️?Thissss
    ✨?waiting for the next part
    ??yuh r the best laav

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ….41←


All Right Reserved!