“އަހަރެން ފެންނާނެއަތީތަ؟ ހާސްނުވޭ… އަހަރެން ނޫޅެން ހައިޒަލްގެ އެޓެންޝަން ހޯދާކަށް… ޔޫ ހޭޓް …” ނައިނާގެ ޖުމްލަ ފުރިހަމަކުރާނެ ފުރުސަތެއް ހައިޒަލް ދިނުމެއްނެތި ދެތުންފަތުން އެޖުމްލަ މެދުކަނޑާލިއެވެ. އެވަގުތު ނައިނާގެ ދެލޯބޮޑުކޮށްލެވުނުއިރު ހައިޒަލް ދުރުކުރަން ގަދަހަދާފައިވެސް އެންމެ ފަހުން ހައިޒަލްގެ ކޮންމެ އަމަލެއްގައި ބައިވެރިވުނީ ކީއްވެކަމެއް ނޭނގުނެވެ. ދެޒުވާނުންގެ ނޭވާކޮޅަށް ދިޔައިރު ނައިނާ ބޮޑު ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ. އެވަގުތު ނައިނާގެ ލޯމައްޗަށް ޝަލީން ސިފަވެގެންދިޔައިރު ވީގޮތެއްވެސް ނޭނގުނެވެ. ހައިޒަލްގެ މޭގާ އަތްއަޅާ ދުރަށް ކޮއްޕާލިއިރު […]
“ކަމްލާ..” ޝިޔާޒް ދެތުންފަތް ފޫއަޅުވާލާފައި އެނަން ނިކުތީ އެވަގުތު އެތާންގައި ތިބި އެންމެނަށްވެސް އަޑުއިވޭވަރަށެވެ. ފާތުން ގެ އިތުރުން ޝާނީއާއި ރަމިޒާގެ ނަޒަރު ޝިޔާޒް އަށް ހުއްޓިފައިހުރުމުން ނޫން ކަމަށް ހަދާފައި ކިހިނެއްވީހޭ ބުނާފަދައަކުން ދެކޮނޑު އަރުވާލަމުން ފަޔަށް ބާރުލާފައި އަވަހަށް ގޮސް ކޮޓަރިއަށްވަނީ ވަގަކު ވައްކަންކޮއްގެން ފިލާބީދައިންނެވެ. “ކަމްލާ ކަލޭދޯ.. އަހަރެން ފަހަތުން ނެއްޓެން ނޭންގިގެންތަ ތިޔައުޅެނީ.. އޭން.. ކަލޭގެ ފަހަތުން ނުނެއްޓޭ އެފިރިހެނާއާއެކުގަ ރަށުގަ އޮތްނަމަ ވެއްޖައީހެންނު.. އާއެހެންޏާ ދާ ކޮންމެތާކުން އައްޓަން މަހެއްހެން ތަތްވެފަ […]
ކުރެވެމުން ދިޔަ ޙިޔާލްތަކުން ދުރުވެވޭތޯ ޒައިކް މަސައްކަތް ކުރިއެވެ. ލިވީގެ ހަނދާންތައް އެއްކޮށް ފޮހެލެވޭތޯއެވެ. ލިވީ ދެކެ ލޯބިވެވުނީ އެ މަކަރުވެރިކަން ނޭނގޭ ހާލުއެވެ. ދެވަނަފަހަރަށް އެހެން އަންހެން ކުއްޖެއްގެ މަޅީގައި ނުޖެހުމަށް ސިކުނޑީގައި ހަނާއަޅަމުން ދިޔައެވެ. ޒައިކް އަށް ނިދެމުން ދިޔައިރު ކުރެވުނީ އެހިޔާލެވެ. ދެވަނަ ފަހަރަކަށް އަންހެން ކުއްޖަކު ދެކެ ލޮބި ނުވުމަށެވެ. ކޮޓަރީގެ ކުޑަދޮރުގައި، ދަމާފައިހުރި ފަރުދާ ފޫ އަޅުވާލުމަށްފަހު އިރުގެ އަލި ޝިފާގެ މޫނަށް އެޅުމާއެކު ދެލޯހުޅުވާލިއެވެ. ނިދަން އޮއެވުނު ގޮތަކުން […]
ކުޑަ ހިނދު ކޮޅަކަށް ނަމަވެސް އެލީނާ އޭނާގެ ހިތާމަ ތަކުގެ މަތިން ހަނދާންނެތުނެވެ. ޢެލީނާ އެރޭ ޕާޓީއަށް ލާނެ ރީތި ހެދުމެއް ހޯދުމަށްޓަކައި އެދުވަހުގެ ހަވީރު ގަޑީގައި ފިހާރަތަށް ބަލަން އީޝަލްއާއި އެލިނާ ނިކުތެވެ. ހަފްތާ ބަންދު ދަވަހެއް ކަމުން މަގުމަތި ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. އެކި ފުރާއިގެ ކުދިންނާއި މީހުން ފެނެއެވެ.އެންމެންވެސް ދިޔައީ ބަންދު ދުވަހަކަށް ވުމުން އާއިލާ ނުވަތަ އެކުވެރިންނާއެކީ ހިތްހަމްޖެހޭ އުފާވެރިވަގުތު ކޮޅެއް ހޭދަ ކުރެވޭތޯއެވެ. ޢީޝަލް ހުރީ ކާރެއް ނުލިބި ގިނައިރު […]
ގެއްލިގެންދިޔަ ހުރިހާ ކަމެއް ކަރަންޓު ޝޮކެއްހެން ހަނދާނުގައި ދުވެގަތީ ކުއްލިއަކަށެވެ. ފުންމައިގެން އެނދުން ތެދުވެވުނެވެ. “އަސްލާން!!!” ******************************* ކުރިމަތިން ފާޅުވި އަސްލާން ގައިގައި އަހަންނަށް ބައްދައިގަނެވުނެވެ. އަސްލާންގެ ނަން ދެތިން ފަހަރަކު ތަކުރާރުކުރެވުނީ އަނެއްކާވެސް ހަނދާނުން ފިލައިފާނެ ކަމުގެ ބިރާއިހެދިއެވެ. “ކިހިނެތްވީ؟” އަސްލާން ކަންބޮޑުވެފައި އެއްސެވެ. އެ ސުވާލަށް ޖަވާބު ދޭނެ ހިތްވަރެއް ނުލިބުނެވެ. މުޅި ދުނިޔެއިން ވެސް އެންމެ ލޯބިވާ މީހާ މުޅިން ހަނދާން ނެތުނީ ކޮންއިރަކު ކަމެއް ނޭންގެއެވެ. އޭނާގެ ހަނދާންތަކާއި ނުލައި އާދައިގެމަތިން […]
އިރު އަރައިގެން އައި ވަގުތެވެ. އިރުގެ ދޯދިތައް ކަނޑުގެ ސަތަހައިގައި ފެތުރިފައިވިއެވެ. ކާޅާއި ކޮވެލީގެ އަޑު މުޅި ފަޒާ ތެރޭގައި ހެނދުނުގެ މިއުޒިކެއް ފަދައިން އިވި އިވި ހުއްޓެވެ. ގޮނޑުދޮށަށް ބީއްސަމުން ދިޔަ މަޑު ރާޅުތައް އެ މިއުޒިކަށް އިތުރު ފުރިހަމަ ކަމެއް ގެނުވާ ހާލުގައެވެ. އެމަންޒަރުތައް ބަލަން ރަށުގެ ފުއްޓަރު ފަރާތުގައި ލީޒާ ހުރީ އާޝޯޚު ވެފައެވެ. އެއްވެސް ހުރަހެއް ނެތި އިރުގެ ރަންރީނދޫ ދޯދިތައް އޭނާގެ މޫނަށް އެޅިފައި ވެއެވެ. މަޑު ވައިރޯޅިތައް އެއްވެސް […]
ވިއްސާރަ ރެއެކެވެ. އިޝާ ނަމާދު ވަގުތު ވެހެންފެށި ވާރޭ މިހާރު ކުރިއަށްވުރެވެސް ބޯކޮށްލައިފިއެވެ. ބޯކޮށް ވާރޭ ވެހެމުންދާއިރު އެންމެންވެސް ބަލާނީ ރަޖާދަށަށް ވަދެ އަރާމުކޮށް ނިދާލެވޭތޯއެވެ. ނަމަވެސް އަހަރެން ނުނިދާ އިންތިޒާރުކުރަމުން ދިޔައީ އަހަރެންގެ ފިރިމީހާއަށެވެ. އިރުއޮއްސުނުއިރު ނުކުމެގެން ދިޔަ މީހާ އަދި ގެއަކަށް ނާދެއެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކުރިގޮތަށް މޭޒުމަތިން ތަށިތައްވެސް ހުރީ ނުނަގައެވެ. ޝާފީ ނިންދެވުމަށްފަހު އަހަރެން އުޅުނީ ހެދުންތަކެއް ފެހުމުގެ މަސައްކަތުގައެވެ. މިރޭ ކޮންމެހެން މި މަސައްކަތްފެށީ ނަޒީލް އަންނަންދެން ހޭލާ އިނުމުގެ […]
Editor’s note: We request you to change your author name to a valid name! އައިރީންގެ ޕާޓީ ނިމިގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. ”ދޮންތި އަޅުގަނޑަށް ގިފްޓެއް ދޭން ވާނެ.” އައިރީންގެ ކޮއްކޮ އައިލީން އައިސް އައިރީން ކައިރީ ހުރި މޭޒައް އިޝާރަތް ކޮއްލަމުން ބުނެލިއެވެ. ”ޔެސް ކޮކީ…” އައިލީންގެ ބޮލުގައި އައިރީން ފިރުމާލަމުން ބުނެލިއެެވެ. އެއީ އޭނާގެ ހުރި ހަމަ އެކަނި ކޮއްކޮ އެވެ. އެވަަރަށް އޭނާ ދެކެ ލޯބި ވެސް […]
ޝަލީން ފަރި ހިނގުމެއްގައި އައިސް ކާރަށް އެރިއިރު ހައިޒަލް ކާރުދުއްވާލައިފިއެވެ. އޭރު ތަންކޮޅެއް ދުރުގައި ޕާރކްކުރެވިފައިވާ ކާރުގެ ވިންޑްސްްކްރީން ތިރިކޮށްލައިގެން މަޔާން އިންއިރު އެ މޫނުމައްޗަށް ވެރިވެފައިވަނީ ތަފާތުކުލައެކެވެ. ހަނިކޮށްލެވިފައިވާ ދެލޮލުން ރުޅިއާއި ނަފްރަތު ނޫން އެއްޗެއް ނުފެނެއެވެ. މަޔާން އިރުކޮޅެއްވާންދެން ހައިޒަލްގެ ކާރު ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެފައި ކާރު ދުރަށް ދުއްވައިލައިފިއެވެ. *** *** *** *** *** *** މަޔާންގެ އަމިއްލަ ނަފްސު މައިތިރިނުކުރެވިފައި އިނދެ ސަރަކައިގެ ހިފާލެވިފައިިވާ އަތަށް ބާރުކުރަމުން ގައި […]