ލޯބި ވީމޭ ސިއްރު ސިއްރުން (29)
ހިމޭން މާޙައުލެެކެވެ. ތަރިތަކުގެ ވިދުވަރު ޢައިބުވެފައި ވާއިރު, ތުނި ވިލާތަކުުން ފުރޭނިގެން އައިސްފައި ހުރި ހަނދުގެ އަލިކަން ފެންނަން ހުރީ ވަރަށް ކުޑަ މިންވަރަކަށެވެ. މިލަހަނދުވަރު ދީފައިއޮތް އެރޭގެ އެވަގުތުގައި ދާނިޝްގެ އަތުގައި ހިފަހައްޓައިލަައިގެން ރީޝާ ހުރީ ވަރަށްވެސް އުފަލާއިއެކު ހިނިތުން ވެލައިގެންނެވެ. ރީޝާގެ އެ ހިތްގައިމު ހިނިތުންވުން ވެރިވެފައިވާ މޫނަށް ބަލަހައްޓައިގެން ދާނިޝްވެސް ހުރީ ހިނިތުންވުމާއި އެކުގައެވެ. އެހެނަސް އެ ވަގުތުކޮޅު ވަރަށްވެސް ކުރެވެ. މަޑުމަޑުން ރީޝާގެ އަތް ދުރުކޮށްލުުމަށްފަހު ދާނިޝް ރީޝާއާއި ދުރަށް ހިނގައިގަތެވެ. ވީކީއްކަމެއް ނޭނގި ހައިރާންވެފައި ދާނިޝްއަށް ބަލަހައްޓައިގެން ރީޝާއަށް ހުރެވުނީ ދުލުގައި ތަޅުލެެވިފައިވާފަދަ ގޮތަކަށެވެ. އެ މޫނުމަތިި ތާޒާކޮށްލި ހިނިތުންވުން ލަސްތަކެއްނުވެ ކަޅު އަނދިރީގެ ތެރެއަށް ގޮސް ގެއްލުނު ފަދައެވެެ. އާދޭހާއިއެކު ނުުދާށޭ ބުނާކަހަލަ ގޮތަކަށް ރީޝާއަށް އަތް އުފުލައި ލެވުނެވެ. ނަމަވެެސް..ދާނިޝްގެ ފިޔަވަޅުތަކަށް ބަދަލެއް ނައެވެ. ރީޝާގެ ލޯ ތެތްމާލާާފައި, އެ މާޙައުލަަށް ރީޝާ އެކަނި ކޮށްލާފައި, ފަސްއެނބުރި ބަލައިވެސްނުލައި ދާނިޝް އެދިއަގޮތަށް ދިއައީއެވެ. ރީޝާގެ ލޯމަތިން ދާނިޝް ގެއްލުނީ ދާނިޝްއަށް ރީޝާ ގޮވަމުން ދަނިކޮށެވެ.
“ދާނިޝް…! ދާނިޝް..!” ދުލު ކުރީގައި ދާނިޝްގެ ނަން ވާހާލުގައި ރީޝާއަށް ލޯ ހުޅުވާލެވުނެވެ. އިރުތަކެއް ފަހުން ހޭވެރިކަން ވުމާއިއެކު, ބޯ ދަށުގައި އޮތް ބާލިސްމަތިން ބޯ ހިއްލާލައިފައި އެނދުން ތެދުވަން މަސައްކަތްކޮށްލި ވަގުތު ރީޝާގެ ބޮލަށް އެރި ތަދުން އެއްއަތުން ބޮލުގައި ހިފަހައްޓާލަމުން ލޯމަރާލައިފައި ބާރުކޮށްލެވުނެވެ. ސިޑިމަތިިން ވެއްޓުނު ވަގުތު ބޮލަށް ލިބުނު ގެއްލުން ތަޙައްމަލުކުރަަން ރީޝާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެވަގުތު ރީޝާއަށް ލިބުނު އަނިޔާ ހުދު ބެންޑޭޖްއިން ފޮރުވާލައިފައި ވިޔަސް އޭގެ ދިލަ ރީޝާއަށް ކެތްކުރަން ދަތި މިންވަރަށް އިހްސާސް ކުރެވެން ހުއްޓެވެ. ހޮސްޕިޓަލަށް ގެނައިއްސުރެން ރީޝާ ލޯ ހުޅުވާލާނެ ވަގުތަކަށް އިންތިޒާރުކޮށްގެން ތިބި އެންމެންވެސްް އަވަސް އަވަހަށް ރީޝާގެ ގާތަށް ޖެހިލިިއެވެ. ރީޝާގެ މަންމައާއި ބައްޕަގެ އިތުރުން އިޒްހާރު ވެސް ރީޝާ ހޭއަަރާނެ ވަގުުތެއްގެ އިންތިޒާރުގައި އިނެވެ. ރީޝާގެ ހާލަތު ފެނިފައި ހިތަށް ކުރި އަސަރުން ނުތެދުވެ އޮތުމަށް އިޒްހާރު ބުނެލިއެވެ. ނަމަވެސް އެގޮތަށް ކަންތައް ކުރަން ރީޝާގެ ހިތެއް ނޭދުނެވެ. އެހިތުގައި އޮތީ ހަމަ އެންމެ ކަމެކެވެ. ދާނިޝްގެ ގާތަށް ދިއުމެވެ. ދާނިޝްގެ ހާލު އެގެން ރީޝާއަށް އެވަގުތު މަޖުބޫރުވެފައިވާ ކަހަލައެވެ. ދާނިޝްގެ އެކްސިޑެންޓްގެ ޚަބަރު ޝިފްނާގެ ފަރާތުން ރީޝާއަށް ލިބުނުު ވަގުތުގެ ހަނދާންތައް ނުފޮހެވޭއިރު ދާނިޝްގެ ހާލަތާއިމެދު ރީޝާ ކަންބޮޑުވެެ ހާސްވާގޮތްވިއެވެ.
“ކޮބާ ދާނިޝް…؟” ކައިރީގައި އިން ޝިފްނާގެ މޫނަށް ފެންކަޅިވެެފައިވާ ދެލޮލުން ބަލާލަމުން ރީޝާ އަހާލިއެވެ. ދޭނެ ވަކި ޖަވާބެއް ނޭނގިފައި އިރުކޮޅަކު ހިމޭނުން ހުންނަން ޝިފްނާއަށް މަޖުބޫރުވިި ކަހަލައެވެ. ތެމިފައިވާ ޝިފްނާގެ ލޯ ރީޝާގެ ބޭޤަރާރުވެފައިވާ މޫނު ފެނިފައި އިތުރަށް ތެމިގެންދިއެވެ. ރީޝާގެ ހިތަށް އެވަގުތު ކުރާނެ އަސަރު ޝިފްނާއަށް އިހްސާސް ކުރެވުނު ކަހަލައެވެ. ޝިފްނާގެ ފަރާތުން ޖަވާބެއް ނުލިބިފައި ހުއްޓައި, އަޒީލް އެތަނަށް އައުމުން ޝިފްނާއާއި ކޮށްލި ސުވާލު ރީޝާ އަޒީލްއާއި ކޮށްލިއެވެ. ކެތްމަދުވެފައިވާ އިންސާނެއް ފަދައިން ދާނިޝްގެ ހާލަަތު އޮޅުންފިލުވަން ރީޝާ އަވަސްވެގަތެވެ. އަމިއްލަ ހާލަަތާއި މެދު ވިސްނުމެއްނެތި ރީޝާއަށް ވިސްނުނީ ދާނިޝްއާއި ދޭތެރޭގައެވެ. އަމިއްލަ ހާލަތަށް ވުރެ ރީޝާއަށް މުހިންމުވީ ދާނިޝްގެ ހާލަތެވެ. އަޒީލްގެ ނުތަނަވަސްވެފައިވާ މޫނާއި ތެމިފައިވާ ލޯ ފެނިފައި ރީޝާގެ ހިތުުގައި އުފެދިފައިވާ ބިރުވެރިކަން އިިތުރުވިއެވެ. އެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ރީޝާގެ ސުވާލަށް ޖަވާބުދޭނެ ހިތްވަރެއް ނެތްފަދަ ގޮތަކަށް އަޒީލް ވެސް ހިމޭނުން ހުރުމުން އަޒީލްގެ އަތުގައި ހިފާލަމުން ރީޝާ އާދޭހާއިއެކު ދާނިޝްގެ ހާލު ބުނެދިނުމަށް އެދުނެވެ. ދާނިޝްގެ ހާލަތު އެނގިފައި ނުވުމުން ރީޝާގެ ހިތް އަނދަމުން ދާކަހަލައެވެ.
“ދާނިޝްގެ ހާލު…ދާނިޝްގެ ހާލަތު ރަނގަޅެއް ނޫން…ވަރަށް ނުރައްކާތެރި ހާލަތެއްގަ ދާނިޝް ވަނީ…” އެންމެ ގާތް އެކުވެރިޔާގެ ނާޒުކު ހާލަތު އަޒީލްގެ ދުލުން ބަޔާންކޮށްދިނީ ހިތްދަތިކަން އިހްސާސް ކުރެވެމުންދިއަ ހާލުގައެވެ. އެކްސިޑެންޓްވެ ޒަޚަމްވެފައިވާ ދާނިޝްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނެވުނީ އަޒީލްގެ އަތްމަތީގައެވެ. މަންޒިލެއްނެތި ސައިކަލުު ދުއްވަމުން ދާނިޝް ދިޔަ ވަގުތާއި އަޒީލް ގެއިން ނިކުމެ ދާނިޝްއާއި ބައްދަލުކުރަން ދިއަ ވަގުތު ވީ އެއް ވަގުތަކަަށެވެ. ޝިފްނާގެ އާދޭހާއިއެކު ވެސް ރީޝާއާއި އިޒްހާރުގެ ކައިވެނީގެ ޚަފްލާގައި ބައިވެރިވާން ބޭނުން ނުވުމުން އެވަގުތު އަޒީލްް އިޚްތިޔާރު ކުރީ ދާނިޝްގެ ގާތަށް ދިއުމެވެ. އަޒީލް ގެއިން ނިކުތީ ދާނިޝް ކުރާނެ ހިތާމަ ހިތަށް އަރުވާލައިފައި, އެހިތާމައިގައިި ދާނިޝްއަށް ހިތްވަރު ދިނުމުގެ ނިޔަތުގައެެވެ. އެކިއެކި ގޯޅިތައް ފަސްދެމުން ގޮސް މީހުން މަދުވެފައި އޮތް ގޯޅިއަކަށް ވަދެވުނު ވަގުތު ދާނިޝްގެ ހަޅޭކުގެ އަޑު އަޒީލްގެ ކަންފަތުގައި ގުގުމާލިއެވެ. ކުއްލިއަކަށް ހިފުނު ސައިކަލުގެ ބުރެކީީގެ ސަބަބުން އަޒީލްގެ ހަށިގަނޑު ޒަޚަމުުވުމަކުން ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެވަގުތު އެ މަގުގައި ތިބި އެހެން މީހުންނެކޭ އެއްގޮތަށް އަޒީލް ވެސް ސައިކަލުުން ފައިބައި, އޭގެ ހަރު ޖެއްސުނުކަން ޔަޤީން ނުވާހާލުގައި ދާނިޝްއާއި ދިމާއަށް ދުވެފައި ދިއެވެ. އެއާއިއެކު ދާނިޝްގެ ހަށިގަނޑުން އޮހިގަތް ކޮންމެ ލޭ ތިއްކެއް, އަޒީލްގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަތިއްކެއްގެ ސަބަބު ކަމުގައި ވެގެންދިއެވެ.
“އަޒީލް..! އަހަރެން ދާނިޝްގެ ގާތަށް ގެންގޮސްދީ…! އަހަރެން ދާނިޝް ދެކެން ބޭނުން…އާދޭސްކޮށްފަ ބުނަން…އަހަރެން ދާނިޝްގެ ގާތަށް ގެންގޮސްދީ…!” ދާނިޝްގެ ހާލަތު އެނގިގެންދިއަ ވަގުތު ލޮލުން އޮހިގަތް ކަރުނައާއިއެކު ދާނިޝް ދެކިލަން ބޭނުންވާ ކަމަށް ބުނެ, ދާނިޝްގެ ގާތަށް ގެންގޮސްދިިނުމަށް އަޒީލް ގާތު އާދޭހާއިއެކު ރީޝާ އެދުނެވެ. އަމިއްލަ ހާލަތާއިމެދު ކުޑަމިންވަރަކަށް ވެސް ވިސްނާލުމެއްނެތި ދާނިޝްގެ ގާތަށް ދިއުމަށް ރީޝާ ބޭނުންވިއެވެ. ރީޝާގެ އެ ނުުތަނަވަސްކަން ފެނިފައި ޙާމިދުއާއި ޒުލޭޚާގެ ވިސްނުމަށް ވެސް އައީ ހަމަ އެކައްޗެކެވެ. އަދިވެސް ދާނިޝްދެކެ ރީޝާ ލޯބިވާކަން އެމަންޒަރުން އެމީހުންނަށް ވެސް ޔަޤީން ކުރެވުނެވެ.
އުފާވެރިކަމުގެ ބަދަލުގައި ހިތާމައިން ފުރިފައިވާ ވަގުތެކެވެ. ލޯތައް ކަރުނައިން ފުރިފައިވާ ވަގުތެކެވެ. ދެވަނަ ފަހަރަށް ދާނިޝްގެ ނާޒުކު ހާލަތާއިމެދު ޑޮކްޓަރުންގެ ބަހެއް ލިބޭނެ ވަގުތެއްގެ އިންތިޒާރުގައި އޮޕަރޭޝަން ތިއޭޓަރު ދޮށުގައި އެންމެންވެސް ތިއްބެވެ. އިނާޔާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ރީޝާ ރޮމުން ގެންދިޔައިރު އިޒްހާރު ވެސް ރީޝާގެ ރުއިން މައިތިރި ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިއެވެ. ދާނިޝްގެ ހާލަތު ރަނގަޅުވާނެއޭ ބުނެ އިޒްހާރު ރީޝާއަށް ކެތްކުރުމަށް ބާރުއަޅަމުން ގެންދިއެވެ. ކޮޅަށްހުރި އަޒީލްގެ ކޮނޑުގައި ހިފަހައްޓައިލަައިގެން ވިއާޒް ހުރި އިރު, ޝިފްނާ ވެސް އަޒީލްގެ އެއްފަރާތުގައި ހުރެ އަޒީލްގެ ލޮލުން އިރުއިރުކޮޅާއި ފައިބަމުންދިއަ ކަރުނަތައް ފޮހެދެމުންދިއެވެ. ދާނިޝް އެކްސިޑެންޓް ވި ޚަބަރު ލިބުމާއިއެކު ދާނިޝްއާއި އެއް އޮފީހުގައި މަސައްކަތް ކުރާ އެންމެ ގާތް ދެމީހުން ވެސް އެ ވަގުތު އެތަނަަށް އައިސް ތިއްބެވެ. ކެތްތެރިކަން ކުޑަވެ, ގިސްލަ ގިސްލާފައި ވަސީމާ ރޮމުން ގެންދިޔައިިރު, ޒުލޭޚާ އޭނާގެެ ބުރަކަށީީގައި ފިރުމަމުން ގެންދިއެވެ. ހިތްވަރު ކުރާާށޭ ބުނެ ޒުލޭޚާ ކުރަމުން ދިއަ އާދޭސް ވަސީމާއަށް އަޑު ނީވޭ ކަހަލައެވެ. ދާނިޝް އެކްސިޑެންޓްވި ޚަބަރު ލިބި, ހޮސްޕިޓަލަަށް އައިފަހުންވެސް ވަސީމާގެ ހާލަކީ އެއީއެވެ. ވަސީމާގެ ހުރި ހަމައެކަނިި ދަރިފުޅު މަރާއި ހަނގުރާމަ ކުރަމުން ދާއިރު ވަސީމާގެ ހިތަށް ފިނިކަމެއް ލިބޭނީ ފަހެ ކިހިނަކުން ހެއްޔެވެ.
މިނެޓަަކަށްފަހު މިނެޓެެއް ފާއިތުވަމުން ދިއެވެ. ގަޑިއަކަށްފަހު ގަޑިއެެއް ފާއިތުވަަމުން ދިއެވެ. ދާނިޝްގެ ހާލަތަަށް އިތުރު ބަދަލެެއް އައުމުގެ ނިޝާން ފެންނަން ނެތުމުން ކަންބޮޑުވެެފައި ތިބި ޑޮކްޓަރުުުންނަށް ވެސް އިތުރަށް އެއްޗެއް ބުނަން ދަތިވިއެވެ. ރޭގަނޑުގެ އިރާކޮޅު ފަހަނައަޅައި ގޮސް މެންދަން ވާން ކައިރި ވަނީއެވެ. އަދިވެސް ދާނިޝްގެ ހާލަތު ހުރީ އެއް ގޮތަކަށެވެ. ދާނިޝްގެ ހަށިގަނޑުގައި ޒަޚަމުުވެފައި ހުރި ކޮންމެ ތަނެއް ހުދު ކަފަޔާއި ހުދު ބެންޑޭޖްއިން ފޮރުވިފައި ވިޔަސް, އަދިވެސް ދާނިޝްއަށް ހޭވެރިކަމެއް ނުވެއެވެ. ގިނަ އަދަދަކަށް ދާނިޝްގެ ގަޔަށް ލޭ އަޅަން ޖެހުމުން ލަސްތަކެއްނުވެ އެކަން ވެސް ހަމަ ޖެހިގެން ދިއެވެ. ދާނިޝްގެ ހަށިގަނޑަަށް ފޮނުވާލި ކޮންމެ ލޭ ތިއްކެއްގެ މިލްކުވެރިޔަކީ އިޒްހާރުއެވެ. ލޭގެ ގްރޫޕްގެ ގޮތުން ގުޅިފައިވުމުން ދާނިޝްއަށް ލޭ ދިނުމަށް އެއްވެސް ޝަރުޠަަކާއި ނުލައި އިޒްހާރު އެއްބަސްވިއެވެެ. އިންސާނިއްޔަތަަށްޓަކައި, އިންސާނެެއްގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވުުމުުގެ ގޮތުން އިޒްހާރު ދާނިޝްއަށް ލޭ ހަދިޔާ ކޮށްދިނެވެ. އެންމެ ލޯބިވާ އިންސާނާާގެ ލޯބި ސަލާާމަތް ކޮށްދިނުމަށް އިޒްހާރު އޭނާގެ ލެއިން ޤުރުބާންވިއެވެ. ރުޅިވެރިކަމާއި ނަފުރަތު އިސްކުރުމުގެ ބަދަލުގައި ޙަޤީޤަތާއި އިޒްހާރު ކުރިމަތިލިއެވެ. ރީޝާގެ ހިތުގައި ފޮރުވާލި ލޯބި ހާމަވުމުން އިޒްހާރުގެ ހިތަށްް އުނދަގޫވިއެވެ. ކަރުނައިން އޭނާގެ ލޯ ތެތްމާލިއެވެ. ނަމަވެސް…ހަމަ އެ ސިކުންތުގައި އެ ކަރުނަތައް އޭނާ ފޮހެލިއެވެ. ރީޝާއަށްޓަކައެވެ. ބާރުފޯރުވެން ނެތް ރީޝާގެ ހިތް ކުށްވެރިކޮށް އެހިތަށް ނަފުރަތުކޮށް އެހިތާއި ޖަދަލު ކުރާކަށް އިޒްހާރުގެ ހިތެއް ނޭދުނެވެ. އެއިން ލިބޭނީ ހަމަ ހިތްދަތި ކަމެކޭ އޭނާގެ ހިތުގެ ހުވާސް ބުނެލި ކަހަލައެވެ.
ހުރިހާ ފަރުވާއެެއް ލިބެމުން ދިއަ ހާލުގައިވެސް ދާނިޝްގެ ހާލަތު ކުޑަމިންވަރަކަށް ވެސް ރަނގަޅުނުވެ, ޑޮކްޓަރުން އުއްމީދު ކަނޑާލާ ހިސާބަށް ދިއުމުން, އިތުރަށް ފަރުވާާ ހޯދުމަަށް ދާނިޝް ގޮވައިގެން ރާއްޖެއިން ބޭރަށް ދިއުމަށްް އަޒީލް ނިންމި ނިންމުމަށް ވިއާޒްވެސް ތާއީދު ކޮށްލިއެވެ. ދެން ކަންތައް ކުރަންއޮތް އެންމެ ރަނގަޅުގޮތަކީ އެއީ ކަމަށްް ވިއާޒް ބުނެލިއެވެ. އެކަމުގައި ވެވެންއޮތް އެހީއެއް ވާނެކަމަަށްް ރީޝާގެ ބައްޕަ ޙާމިދު ވެސް ބުނެލިއެވެ. ހުރިހާ ނުރުހުންވުމެއް އެއްފަރާތް ކޮށްލާފައި ޙާމިދު ވެސް ދާނިޝްއަށް ހަމްދަރުދީވެ, ދާނިޝްއަށް އިތުރު ފަރުވާ ހޯދުމަށް, އަޒީލްއާއިއެކު ދާނިޝް ގޮވައިގެން ރާއްޖެއިން ބޭރަށް ދިއުމަށް ނިންމިއެވެ.
ހުރިހާކަމެއް ހަމަޖެހި ދާނިޝް ގޮވައިގެން އަޒީލްއާއި ޙާމިދު ލަންކާއަށް ފުރީ ހެނދުނުގެ ވަގުތެއްގައެވެ. އެއިރުއްސުރެ ގެއަށް އައިގޮތަށް މެންދުރުވެގެންދިއަ އިރުވެސް އެނދުގައި އޮށޯވެލައިގެން އޮވެ ރީޝާ ރޮމުން ގެންދިއެވެ. އިރުއިރުކޮޅާއި އޭނާއަށް ގިސްލެވެމުންދިއެވެ. ރޭ ހަތަރުދަން ފާއިތުވެގެން ދިއައީ ލޮލުފިޔަވެސްޖަަހައި ނުލައި ކަރުނައިގައި ހޭދަ ކުރަނިކޮށެވެ. އަދިވެސް ރީޝާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ނިދުމުގެ ފިކުރެއް ވެސް ނެތެވެ. ރޮއެރޮއެ ދެލޯ ރަތްވެފައި ހުރިއިރު, ކޮންމެވެސް ވަރަކަށް ލޮލުގައި ރިއްސަމުންދިއެވެ. އެހެނަސް..އެކަމަށް ކުޑަވެސް ފަރުވާލެއްނެތި, ކަރުނައިގެ ކޯރެއްގައި ރީޝާ ފަތަމުން ގެންދިއެވެ. ދާނިޝްގެ ހަނދާންތައް ރީޝާގެ ހިތް ކަތިލަމުން ގެންދިއަަ ކަހަލައެވެ. ދާނިޝްއަށް އެ ހިތްދަތި ހާލަތުު މެދުވެރިވުުމުގެ ސަބަބުުކަމުގައި ރީޝާ އޭނާގެ އަމިއްލަ ނަފުސުު ހެދިިއެވެ. ކުށްވެރިއަކީ އޭނާއޭ ރީޝާ އޭނާގެ އަމިއްލަ ނަފުސަށް އިރުއިރުކޮޅާއި ބުނެލައެވެ. ގުނައި އަދަދު ނުކުރެވޭހާ ގިނަ ޚިޔާލުތައް ރީޝާގެ ހިތަށް އަރައިފައިބަަމުން ދިއެވެ. ދާނިޝްއަށް މަޢާފު ކުރެވުނު ނަމައޭ އޭނާގެ ހިތަށް އަރަމުންދިއެވެ. އަދި އެއްފަހަރު ނަމަވެސް ދާނިޝް މަޢާފަަށް އެދޭ އަޑު އިވޭނެ ނަމައޭ ރީޝާގެ ހިތަށް ކިތަންމެ ފަހަރަކު އަރައެވެ. އެދުވަހަކުން ހެޔޮހިތަކާއިއެކު ދާނިޝްއަށް މަޢާފު ކުރަން ރީޝާ އޭނާގެ އަމިއްލަ ނަފުސަށް ވަޢުދު ވިއެވެެ.
އިރު އޮއްސެން ކައިރިވެފައި ހުއްޓައި, ދާނިޝް ހޭއެރިކަމުގެ ޚަބަރު ރީޝާގެ ކަންފަތުގައި ޖެހުނު ވަގުތު އުފަލުން ގޮސް ރީޝާގެ ހިތް ހުއްޓޭވަރު ނުވީ ހަމަ ކިރިޔާއެވެ. އަޒީލް ދިން އެ ޚަބަރުން ހިތުގެ ހުރިހާ ރިހުމަކާއި ކެކުޅުން ތަކެއް ފިލައިގެން ދިއަކަހަލައެވެ. ރީޝާއަށް އޭނާގެ ކައިރީގައި ހުރި އޭނާގެ މަންމައާއި އޮޅުލައި ގަނެވުނެވެ. ހަމައެހެންމެ, ރީޝާގެ ކަންފަތުގައި ޖެހުނު އުފާވެެރި ޚަބަރު އޭނާގެ މަންމައާއި ހިއްސާކޮށްލިއެވެ. އެ ޚަބަރުން ޒުލޭޚާގެ ހިތަށް ވެސް ފިނިކަން ގެނެސްދިއެވެ.
ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުންދިއެވެ. އާ ދުވަހަކަށް އިރުއަރައިި އިރު އޮއްސެނީ މީސްތަކުން ކަންކަމުގައި އަވަދި ނެތި އުޅެނިކޮށެެވެ. ކޮންމެ ދުވަހެއް ނިމިގެން ދަނީ ހާދަ އަވަހަކަށޭ ހިތަށް އަރާ މީހުން މަދެއް ނޫނެވެ. ބައެއް މީހުން އެކަމާއި ޝަކުވާ އުފުލައެވެ. ޤުދުރަތީޤާނޫނު ބަދަލު ނުކުރެވޭނެކަން އެނގިތިބެ, އެއްބަޔަކު އެކަމުގެ ޝަކުވާ ކުރަމުންދިއެވެ. ރީޝާ ވެސް ވީ ޝަކުވާއިން ފުރިފައިވާ މީހުންގެެ ލިސްޓުގައި ހިމެނިފައެވެ. އެހެނަސް..ރީޝާގެ ހިތުގެ ޝަކުވާ އަކީ ވަގުތާއި ދުވަސްތައް ފާއިތުވަަމުން ދާދިއުން ލަސްވުމެވެ. ފާއިތުވި ކޮންމެ ސިކުންތެއް ކޮންމެ ގަޑިއިރެެއް ރީޝާއަށް އެތައް ހާސް ސިކުންތެެއް އެތައްހާސް ގަޑިއިރެއް ފަދައެވެ. ކޮންމެ ދުވަހެއް އެތައްހާސްް ދުވަހަކާއި އެއްފަދައެވެ. ރީޝާގެ ހިތް އެދިއެދި ހުރީ ދުވަސްތައް ވީހާވެސް އަވަހަށް ފާއިތު ވުމަށެވެ. ދާނިޝް އާއި ބައްދަލު ވާނެ ދުވަހެއްގެ ފޮނި އިންތިޒާރުގައި ރީޝާ ހުރީ ކެތްމަދުވެފައިވާ ހާލުގައެވެ.
އާ ދުވަހެއްގެ ފެށުމަށް ހިނިތުންވުމާއިއެކު މަރުޙަބާ ކިޔާލަމުން ކުރަން ހުރި ހުރިހާކަމެއް ކޮށް ނިންމާލުމަށްފަހު ރީއްޗަށް ނަލަ ހެދިލައިގެން, އެހެން މީހުންނެކޭ އެއްފަދައިން ރީޝާވެސް ދާނިޝްގެ ގޭގައިި ދާނިޝްގެ އިސްތިޤްބާލްގައި އިނެވެ. އިރު އޮއްސިގެން އައިއިރުވެސް ރީޝާގެ ހިތުގެ ހުވާސް އަވަސްވެފައި ހުއްޓެވެ. އަދިވެސް އެ ހާލުގަައި ރީޝާގެ ހިތް ތެޅިފޮޅެެމުން ދިއެވެ. ނުވައެއް ޖަހައި ބޮޑުވެއްޖެއެވެ. ދާނިޝްމެންނަށް އާދެވޭނެ ގަޑި ކައިރި ވަމުންއައި ވަރަކަށް ރީޝާގެ ހިތްް އޮބިނޯންްނަ ވަރަށް ތެޅެމުން ދިއެވެ. އެހެން މީހަކަށް އެ ހިތުގެ ހާލު ދެނެގަންނަން ނޭނގުނަސް ރީޝާގެ ހަރަކާތްތަކުން އެކަން ރަނގަޅަށް ދޭހަވާން ހުއްޓެވެ. އެންމެން ސޯފާގައި އިށީނދެލައިގެން ތިބި އިރު ރީޝާ ހުރީ ކޮޅަށެވެ. ގަސްތަކާއި ނުލައި އިރުއިރުކޮޅާއި ދޮރާއި ދިމާއަށް ބަލާލައެވެ. އެ ދޮރު ހުޅުވި ދާނިޝްގެ މޫނު ފެންނާނީ ކޮން އިރަކުން ބާއޭ އޭނާާގެ ހިތަށް އަރަމުންދިއެވެ.
އިރުތަކެއް ފަހުން އެންމެންގެ އިންތިޒާރަަށް ނިމުމެއް ގެނުވިއެވެ. ރީޝާގެ އިތުރުން ޝިފްނާއާއި އިނާޔާވެސް ދާނިޝްގެ އިންތިޒާރުގައި ތިއްބެވެ. ވިއާޒްވެސް އެ ލިސްޓުގައި އުފަލާއިއެކު ބައިވެރިވިއެވެ. އަޒީލް ހުޅުވާލި ދޮރުން އެތެރެއަށް ވަންނަން އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ކެތްތެރިކަން ކުޑަވެފައިވާ ވަސީމާ ސޯފާއިން ތެދުވެ އަވަސް އަވަހަށް ދާނިޝްއާއި ދިމާއަށް ހިނގައިގަތެވެ. ރޮއެގަންނަމުން ކަހަލަ ގޮތަކަށް ދަރިފުޅާއޭ ބުނެ ވަސީމާ ދާނިޝްގެ ގައިގައި އޮޅުލައިގަތެވެ. މަންމަގެ އެ ހާލަތު ފެނިފައި ދާނިޝްގެ ލޯވެސް ތެމިގެންދިއެވެ. ގިސްލެވެމުން ދިއަ ހާލުގައި ވަސީމާ ދާނިޝްގެ މޫނުގައި ފިރުމަމުން ގެންދިއައިިރު ދެންތިބި މީހުންވެސް އެ މަންޒަރު ފެނިި ފެންކަޅި ވާގޮތްވިއެވެެ. ދާނިޝް ފެނުމުން ހަނާޝް ވެސް ދާނިޝްއާއި ދިމާއަށް ދުވެފައި އައެވެ. ދާނިޝް މަޑުމަޑުން ތިރިވެލާފައި ހަނާޝް ގެނެސް އޭނާގެ މެޔާލައި ބޮނޑިކޮށްލިއެވެ. އެވަގުތު ދާނިޝްގެ ހިތް އުފަލުން ފުރުނެވެ. ލޯބިވާ ދަރިފުޅާއި ދުރުގައި ހޭދަކުރެވުނު ކޮންމެ ދުވަހެއް ދާނިޝްއަށް އެއް އަހަރު ދުވަސް ފަދައެވެ. ދިހަ ދުވަސް ފަހުންް އެ ދަރިފުޅު އުރާލެވުމުން ބަޔާން ނުކުރެވޭހާ އުފާވެރިކަން ދާނިޝްގެ މޫނުމަތިން ފެންނަން ހުއްޓެވެ. އެވަގުތު ދާނިޝްއަށް އޭނާާގެ ރަނގަޅު ނުވެ ހުރި އަތުގެ ރިހުން އިހްސާސެއް ނުކުރެވެއެވެ. ހަނާޝް ފެނުމާއިއެކު ދާނިޝްގެ ހުރިހާ ރިހުމެއް ފިލައިގެންދިއަ ކަހަލައެވެ.
ދާނިޝްގެ އިންތިޒާރުގައި ތިބި އެންމެންނަށް ވެސް ހިނިތުންވުމާއިއެކުު ބަލާލަމުން އެމީހުންނާއި ސަލާންކޮށް ހަދާލުމަށްފަހު އަޒީލްގެ އެހީއާއިއެކު މަޑުމަޑުން ސޯފާގައި ދާނިޝް އިށީނެވެ. އަދިވެސް ދާނިޝްގެ ހަށިގަނޑުގައި ނުފިލައި ރިހުން ހުރުމުގެ ސަބަބުން މާބޮޑަށް ހަރަކާތްތެރިވެ އުޅެން އެހާ ފަސޭހަ ނޫންކަމަށް ކައިރީގައި ހުުރި ވިއާޒްއަށް ބަލާލައިފައި ދާނިޝް ބުނެލިއެވެ. ދާނިޝްއާއި ބައްދަލު ވާނެ ވަގުތެއްގެ އިންތިޒާރުގައި ތިބި އިނާޔާއާއި ޝިފްނާ, ދާނިޝްއާއި ކުރަމުންދިއަަ ސުވާލުތަކަށް ހިނިތުންވެގެން ހުރެ އޭނާ ޖަވާބުދިނެވެ. ހުރިހާ އެންމެންނަށް ވެސް ދާނިޝް ވަކިވަކިން ބަލާލައެވެ. ޖަވާބުދާރީ ވިއެވެ. ނަމަވެސް…ދާނިޝްއާއި މާދުރު ނޫން ހިސާބެއްގަައި ހުއްޓިލައިގެން, ދާނިޝްގެ ހަރަކާތްތައް ބަލަން ހުރި ރީޝާއަށް ދާނިޝްގެ ނަޒަރު ފޯރާގޮތެއް ނުވިއެވެ. އެ މާޙައުލުގައި ރީޝާ ވާކަން ދާނިޝްއަށް އިހްސާސްވެސް ނުވާކަހަލައެވެ. ކަޅިއެއްވެސް ރީޝާއާއި ދިމާއަށް އެއްލަން ދާނިޝް ބޭނުން ނުވާފަދައެވެ. ދާނިޝްގެ އެ ޢަމަލާއިމެދު ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައި ރީޝާ އެއިން ގޮތަށް ގަލަށް އަރައިފައި އިނެވެ. މި މަންޒަރު ފެނި މީހަކަށް ނޭނގޭނެ ގޮތަކަށް ރީޝާއަށް ބަލާލަމުން ޝިފްނާ އިޝާރާތެއް ކޮށްލިއެވެ. ދާނިޝްއާއި ވާހަކަ ދައްކާށޭ ބުނެ ޝިފްނާ ރީޝާގެ ހަނުހުރުމަށް ހުރަސް އަޅަމުން ގެންދިއެވެ. ނަމަވެސް…ނޫނެކޭ ބުނާކަހަލަ ގޮތަކަށް ބޯ ދެފަރާތަަކަށް ހޫރާލަމުން ރީޝާ އޭނާގެ ލޮލުން ވެއްޓިގެން ކޯތާފަތް ތެތްމާލި ކަރުނަ ތިކި ސިއްރު ސިއްރުން ފޮހެލިއެވެ.
ކުޑައިރުކޮޅަކު ސޯފާގައި މަޑުކޮށްލުމަށްފަހު, އަރާމު ކޮށްލުމުގެ ނިޔަތުގައި އަޒީލްގެ އެހީގައި ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތުމަށްފަހު ނިދާލެވޭތޯ ދާނިޝް މަސައްކަތް ކޮށްލިއެވެ. ވަރުބަލިކަން, އެ ހަށިގަނޑުގައި ފަސޭހަނުވެ ހުރި ބައެއް ޒަޚަމް ތަކުގެ ރިހުމާއި ގުޅިފައިވުުމުން, ބޮލުގައި ރިއްސާލުމާާއިއެކު, ބޮލަށް ލުއިފަސޭހަ ކަމެއް ލިބޭތޯ ދާނިޝް ލޯމަރާލިއެވެ. އެގޮތުގައި ފާއިތުވި ދެތިން ސިކުންތު މާޒީީއާއި އެކުވެގެން ދިއަައެވެ. މަޑުމަޑުން ދާނިޝްގެ މެރިފައިވާ ލޯ ތެމިގެން ކަރުނައިގެ ރޮނގެއް މޫނުމަތީގައި ކުރެހިގެންދިއެވެ. ކިތަންމެ ވަރަކަށް ރީޝާގެ ހަދާންތައް ފޮހެލަން މަސައްކަތް ކުރިއަސް އެކަން ދާނިޝްއަށް ކާމިޔާާބު ވުުމެއް ނެތޭ އެލޮލުން ފާއްދާލި ކަރުނަތަށް ބުނެދިނެވެ. އަދިވެސް ރީޝާގެ ޚިޔާލުތައް ދާނިޝްގެ ވިސްނުމުގައި ދައުރުވަމުން ދިއެވެ. އަބަދަށްޓަކައި ރީޝާގެ ހަނދާނާއި ދުރުވާން ފާއިތުވި ދުވަސްތަކުގައި ދާނިޝް އޭނާގެ ނަފުސަށް ވަޢުދުވިއެވެ. ރީޝާއަކީ އިޒްހާރުގެ ޙައްޤެެއްކަމަށް ދެކި ކަތިނަޒަރަކުން ރީޝާއަށް ނުބެލުމަށް ދާނިޝް ހިތާއިހިތުން އެއްބަސްވިއެވެ. އެހެނަސް..އެެއީ އެހިތަށް ވޭން ހުރި ކަމެކެވެ. ކުށެއްނެތި ލިބެމުންދިއަ ޝަޒާއެއްގެ އިހްސާސް އެކަމުގެ ސަބަބުން ދާނިޝްއަށް ކުރެވޭ ކަހަކައެވެ. އެހެނަސް…އެ މަޤްޞަދު ކާމިޔާބު ކުރާނަމޭ ބުނެ އަމިއްލައަށް އެކަމަށް ހިތްވަރު ލިބިގަތެވެ. އެގޮތުގައި އޮވެ ދާނިޝްއަށް ނިދުނެވެ.
ކޮޓަރީގައި ހުރި ސޯފާގައި އިށީނދެލައިގެން އިނދެ ރީޝާއަށް ވިސްނެެމުން ދިއައީ ދާނިޝްއާއި ދޭތެރޭގައެވެ. ކުއްލިއަކަށް ދާނިޝްއަށް އެއައި ބަދަލު ރީޝާގެ ހިތަށް ތަދުކުރަމުން ގެންދިއެވެ. އޭގެ ސަބަބާާއިި ހަމައަށް ވާޞިލުވުން ރީޝާއަށް ފަހިކަމަކަށް ނުވިއެވެ. އެކަމުގެ ޙަޤީޤަތްް ސިއްރުވެފައި ވުމުން އެންމެ ލޮލުފިޔަައެއް ވެސް ޖަހާލެވޭގޮތެއް ރީޝާއަކަށް ނުވިއެވެ. މެންދަން ވެގެން ދިޔައިރުވެސް ރީޝާ ހުރީ އެކަމާއި މެދު ފިކުރުު ކޮށްލަކޮށްލައެވެ. ތަޤުދީރު މިދައްކަނީ ކޮންކަހަލަ ކުލަތަކެއް ބާއޭ އޭނާ ހިތާއިހިތުން ކިޔާލައެވެ. އެ ހަޔާތަށް އުފާވެރިކަަން އައުމެއް ނެތްކަމަށް ރީޝާ ވިސްނަންފެށިއެވެ. އެ ދިރިއުުޅުމުގެ ޙަޤީޤަތަަކީ ވޭނާއި އުދާސް ކަމަށް ރީޝާ ނިންމިއެވެ. ރުއިމާއި ގިސްލުމުގެ ހަޔާތެކޭ ބުނެ ރީޝާ އޭނާގެ ނަފްސު ކަރުނަޔާއި ހަވާލުކޮށްލިއެވެ.
“އަޒީލް…! އަހަރެން ސުވާލެއް ކޮށްލަންތަ..؟” ހެނދުނު ނުވައެއް ޖެހިއިރު އެނދުން ހިއްލާލުުމަށްފަހު, ފެންވަރައި ތާޒާވެލައިގެން ނިކުމެ ޑްރެސިންޓޭބަލްގެ ލޯގަނޑު ކުރިމަތީގައި ހުުއްޓިލި އަޒީލްގެ އަތަށް އަލަމާރިން ގަމީހެއް ނަގައި ދިއްކޮށްލަމުން ޝިފްނާ އަހާލިއެވެ. “ކޮންްކަހަލަ ސުވާލެއް..؟ މަގޭ ވާހަކައެެއް އަހަންތަ ތިއުޅެނީ..؟ މަށެއް އަނެއްކާ ގޯސް ކަމެއް ނުކުރަން އިނގޭ..މަށާދޭތެރޭ ޝައްކު ނުކުރައްޗޭ..!” ޝިފްނާ ބަލަން ހުރި ގޮތުން އަޒީލްގެ މޭ ގުޑައިގަތެވެ. އަނެއްކާ އެ އުޅެނީ ކޮންކަހަލަ ސުވާލެއް ކުރަން ބާއޭ އަޒީލްގެ ހިތަށް އެރިއެވެ. “މަށެއް އަޒީލްއަކަށް ޝައްކެއް ނުކުރަމޭ..” އަޒީލްގެ ގަމީހުުގެ ގޮށްތައް އަޅުވައި ދެމުން ޝިފްނާ ބުނެލިއެވެ. “އަޒީލް ނުބުނަންތަ ދާނިޝް ގާތު ރީޝާމެންގެެ ކައިވެނި ނުވާ ވާހަކައެއް..؟ ކީއްވެ އެދުވަހު ކަންތައް ވިގޮތް ދާނިޝްއަށް ބުނެނުދިނީ..؟” ޝިފްނާގެ މޫނުމައްޗަށް އެރި ކުލަވަރު އަޒީލް ރަނގަޅަށް ދެނެގަތެވެ. ނުރުހިފައި އެ ސުވާލުތައް އަޒީލްއާއި ކުރިއިރު, އަޒީލްގެ ފަރާތުން އެކަހަލަ ކަމެއް ފެނިދާނެ ކަމަކަށް ޝިފްނާ އުއްމީދު ނުކުރާކަން އަޒީލްއަށް ހާމަވާން ހުއްޓެވެ. “ޝިފްނާއަށް ހީވޭތަ އަހަރެން އެކަން ސިއްރުކުރަން ބޭނުން ވާނެހެން..؟ ހަޤީޤަތް ހާމަކޮށްދެން އަހަރެން މަސައްކަތް ކުރިން…އެކަމަކު..ރީޝާއާ ބެހޭ އެއްވެސް ވާހަކައެއް އަޑުއަހަން ދާނިޝް ބޭނުމެއްނޫން…އެދުވަހު ކަންތައް ވެގެންދިޔަގޮތް ބުނެދެން އަހަރެން ކުރި މަސައްކަތް ވީ ބޭކާރު…ރީޝާގެ ނަން ދުލު ކުރިއަށް ގެންނައިރަށް ދާނިޝް އަހަރެން ހުއްޓުވި…ދާނިޝް އެހާލުގަ ވަނިކޮށް ކިހިނެއް އަހަރެން ގަދަކަމުން އެ ހަޤީޤަތް ދާނިޝްއަށް ހާމަ ކުރާނީ..؟ ރީޝާއާއި މެދު ވިސްނާލިއަސް ދާނިޝްގެ ބޮލުގެ ރިހުން އިތުރު ވާކަހަލަ…” ޝިފްނާގެ ކޮނޑުގައި ހިފާލަމުން އަޒީލް ތެދުތެދަށް ވާހަކަ ދައްކަމުންދިއެވެ. ދާނިޝްއަށް ރީޝާއާާއި އިޒްހާރުގެ ނުވާ ކައިވެނީގެ އަސްލު ނޭނގޭޭކަމަށް އަޒީލް ބުނެލިއެވެ. އެކަމުގެ ހަޤީޤަތް ދާނިޝްއަށް ބުނެދޭން އަޒީލް ކުރި މަސައްކަތް ބޭކާރުވީ ކަމަށް އޭނާ ބުނެލިއެވެ. “ޝިފްނާ ބުނެބަލަ..އެވަގުތު އަހަރެން ވަކި ކުރާނީ ކީއް..؟ ދާނިޝްގެ ހާލަތާމެދު ވިސްނާ ނުލާާ އަހަރެން ކިހިނެއް ދާނިޝް އާ ޖަދަލު ކުރާނީ..؟ އަހަންނަކަށް އެކަމެއް ނުވިި…ކުރާކަށް ބޭނުމެއްވެސް ނޫން..” އަޒީލް އޭނާގެ ފަހު ޖުމްލަ ނިންމާލީ ލޯގަނޑުުން ބަލަންހުރެ އޭނާގެ ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލަމުންނެވެ. “ދެން ތިހާވަރަށް އެކަމާ ނުވިސްނާާ ހިނގާބަލަ މަށަށް ކާއެއްޗެއް ދޭން…ވަރަަށް ބަޑުހައިވެފަ މިހުރީ…” ބަނޑުގައި އަތްް ކާއްތާލަމުން އަޒީލް ބުނެލިއެވެ. ފިކުރުތައް އެއްފަރާތް ކޮށްލާފައި, އެ ވާޖިބު އަދާކޮށްލަން ޝިފްނާ އަޒީލްގެ އަތުގައި ހިފާލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
“ދަރިފުޅާ…! ދާނިޝް…!” ދާނިޝްގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށްް ވަންނަމުން ވަސީމާ ދާނިޝްއަށް ގޮވާލިއެވެ. އެއިރު ދާނިޝް އޮތީ ނިދައިފައެެވެ. މަޑުމަޑުން ދާނިޝްގެ ބޮލުގައި ފިރުމާލަމުން ސައިބޯންް ތެދުވުމަށް ވަސީމާ ބުނެލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލަމުން ދާނިޝް ތެދުވަން މަސައްކަތް ކުރިއެވެ. ކިތަަންމެ ނިންޖެއް އެ ލޮލުގައި ހުއްޓަސް އެހާ ލޯތްބާއި އޯގާތެރިކަމާއިއެކު މަންމަ ގޮވާލުމުން ނިދަން އޮތުމުގެ ވިސްނުމެއްް ދާނިޝްގެ ނެތެވެ. “މަންމަ ހުންނާނީ މިހާރު ސައި ތައްޔާރުކޮށްފަ…ފެންވަރައި ތާޒާވެލައިގެން ދަރިފުޅު އާދޭ…މަންމަވެސް މިއަދު ސައިބޯނީީ ދަރިފުޅާާ އެކީގަ…” ވަސީމާާ މިހެންބުނެ ކޮޓަރިން ނިކުމެ, ހުޅުވާލި ދޮރު ލައްޕާލުމަށްފަހު ކާގެއާއި ދިމާއަށް ހިނގައިގަތެެވެ.
ވަސީމާ ދިއުމުން ދާނިޝް މަޑުމަޑުން އަތް ހިއްލާލައިފައި ދެފަރާތަަކަށް ހަރަކާތް ކޮށްލިއެވެ. އެކްސިޑެންޓްގައިި ދާނިޝްގެ ކަނާތު ކޮނޑުހުޅު ނައްޓައިގެން ދިއެވެ. އެހެންކަމުން އަދިވެސް އެ އަތުގައި ކޮންމެވެސް ވަރަކަށް ރިިހުން ނުފިލައި ހުއްޓެވެ. އަަތުގައި ކުޑަމިންވަރަކަށް ހިކިފައި ހުރި ފާރުގަނޑަަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އެ ފާރުގަނޑު މަތީގައި ވާތް ބީއްސާލިއެވެ. އެއާއިއެކު އެކްސިޑެންޓްވީ ވަގުތަށް ދާނިޝްގެ ހަނދާންތައް ގޮސް ހުއްޓުނެވެ. އެއީ ކެތްކުރަން ދަތި މިންވަރަށް ވޭން ލިބުނު ވަގުތެކޭ ދާނިޝްގެ ހިތަށް އެރިއެވެ. އެވަގުތު ބޮލަށް ލިބުނު ގެއްލުމުގެ ނިޝާން ލަކުނުގެ ސިފައިގައި ހާމަވާން ހުއްޓެވެ. ހަމަ އެއާއިއެކު އެކަން މެދުވެރިވުުމުގެ އަސްލަަށް ވާސިލް ވެވުމުން ދާނިޝްގެ ލޯ ތެތްމާލިިއެވެ. ހަށިގަނޑުގައި ފެންނަންހުރިި ޒަޚަމްތަކަށް ވުރެ ދާނިޝްގެ ހިތުގަައި ސިއްރު ވެފައި ހުރި ޒަޚަމްތައް ގިނައެވެ. އެ ޒަޚަމްތަކުގައި އަޅަމުންދިޔަ ވޭނާއި ރިހުން ބަޔާން ނުކުރެވޭހާ ގިނަގުނައެވެ. ފަރުދާ ވެފައިވާ ހިތުގެ ޒަޚަމްތަކުގެ ހެއްކެއް ކަމުގައިވި ކަރުނަ ތިކިިތަކަކީ އެޒަޚަމްތަކުގެ ވަރަށް ކުޑަ މިންވަރެކެވެ. ދެވަނަ އިންސާނަކަށް އެހިތުގެ ހާލު ނޭނގޭނެހެން އެ ކެކުޅުންތައް ދާނިޝް އޭނާގެ ހިތުތެރޭގައި ފޮރުވާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.





Mi kynkurah genai thankolhen? Haadha haadha kurey
editing furiha nuvanis upload v…by mistake..
Haadha kurey
Please make it little longer
I don’t feel like I read something mihaa short veema
haadha kurey mi part ……dhen part eh thankolheh dhigukoh genes dhyba
Mi bai maa kuree. Kureege baithah kiyaalaifin. Vaahaka varah varah reethi. Varah kiyaa hiyyvaa gothah ibaaraaiy kurumaa plot genaisa hunnanee.
Ummeedhu kuranee adhi ves kuriah huri baithah ves varah reethi vaane kamah.. Gabool kuran liyuntheriyaa ah vaguthu vaa gothakun update kollun las vedhaane. Ekam update kollaa iru ehaa kuru veema aslu kudakoh disappoint vey..?
Please next part fast koh update koh dheychey ingey mi story is very nice. Awesome keep it up my regards to u
Kobaatha anebai
Salhi