ބިރުން ގޮސް ވާހަކަވެސް ނުދެއްކިފައި އޮތް ނަދާ ވެއްޓެމުން ކަހަލަ ގޮތަކަށް އެނދުން ފައިބައިގެން ގޮސް އަޔާޒް ގައިގައި ބައްދައިގަތީ ބާރަށް ރޮމުންނެވެ. ކުރަން އުޅުނު ކަންތަކަށް ހުރަސް އެޅުމުން ރުޅިއައިސްފައި ހުރި ޝާމިލް ވެއްޓި ޖެހުމާއެކު ތެދުވެ ބަލާލި އިރު އަޔާޒްގެ އަތުތެރޭ ނަދާ ހުއްޓާ ފެނުމުން ވަކިން ރުޅި ގަދަވިއެވެ. “ހުދާ—!” ނަދާއާ އަޔާޒްއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން ޝާމިލް ގޮވާލިއެވެ. ކޮޓަރިއަށް ވަދެ ރޮމުން ދިޔަ އަޒްކާ އުރާލި ހުދާ އެނބުރި ޝާމިލްއާ […]
“ނައިނާ… މީޓް މައި ހަޒްބެންޑް ހައިޒަލް…” ޝަލީން އެއްވެސް އަސަރެއްނެތި ބުނެލި ޖުމްލަތަކާއިއެކު ނައިނާގެ ކަންފަތްދޮށުގައި ބޮމެއް ގޮއްވާލެވުނުފަދައެވެ. ސިކުނޑީގައި އެތައްގޮވުމެއް ގޮވާ ހުރިހާ ނާރުތަކެއް ބުރިބުރިވެގެން ދިޔައީހެން ހީވިއެވެ. ވަގުތުން ހައިޒަލްއާއި ދިމާލަށް ބަލާލެވުނުއިރު ދެފަރާތަކަށް ބޯހޫރާލެވުނީ އެކަން ގަބޫލުކުރަން ހިތްވެސް ދެކޮޅުހެދިވަރުންނެވެ. އޭރު ނައިނާއަށް ސިއްރުކުރަމުންދިޔަ ހިތި ހަބަރު ނައިނާގެ ކުރިމަތީގައި ނިއުޅިގެންދިޔުމުން ލިބުނު ޝޮކްގެ ބޮޑުކަމުން ހައިޒަލްއަށް ހުއްޓުންއަރާފައި ހުރެވުނީ ހަރަކާތެއްކޮށްލުމެއްނެތިއެވެ. މަޑުމަޑުން ނައިނާގެ ރީތި ދެލޯ ތެމެންފެށިއިރު ހައިޒަލްއަށް އިސްޖަހާލެވުނީ […]
ކުއްލި ސިހުމާއެކު ކައިޒާން އޭނާގެ ބައްޕަގެ މޫޫނަށް ބަލައިލިއެވެ. މޫނުގައިވީ މާޔޫސްކަމެވެެ. މާޒީއަކީ ހާދަ ހިތި އެއްޗެކެވެެ.ތަޤްދީރުގައި ނެތް ކަމެއް ހަމަ ވާކަށްވެސް ނެތެވެ.ކައިލީން އިސް ޖަހއިލި ގޮތައް އިސް އުފުލަާލާކަށް ނުކެރުނެވެ.މާޒީ ސިކުނޑިއަށް އަންނަން ފެށިއެވެ. ކައިލީން އާއި ކައިޒާން އަކީ މިހާރުވެސް އަދި ކުރީގައިވެސް ވަރަށް ނަފްރަތު ކުރާ ދެމީހުންނެވެ. އެއީ ސަބަބެއް ނެތިއެށް ނޫނެވެ. ***** ސްކޫލް ދުވަސްވަރެވެ. ގުރޭޑް ބާރާގައި ކައިލީން އާއިި ކައިޒާން އުޅުނު އަހަރެވެ.ކައިޒާން އަކީ އޭރު ބޮޑު […]
ގަޑިން ރޭގަނޑު 9 ޖެހީއެވެ. އަހަރެން އިނީ ފިލާވަޅު ހަދާށެވެ. ކޮޓަރިއަކީ ބޮޑު ކޮޓަރިއެކެވެ. އަހަރެން ނޫން އެހެން ދަރިއެއް މަންމައާއި ބައްޕައަށް ނުލިބުމުން ހުރިހާ އެއްޗެއް ދީގެން ފުދިގެން އަހަރެން ބަލާބޮޑުކުރުމަށް ކުރި މަސައްކަތް ކިތަންމެހާވެސް ފުރިހަމައެވެ. ކޮޓަރީގައި ޖަހާލާފައި ހުރި ކަބަޑުގައި މެޑައްޔާއި ތަށިތައް ތަރުތީބުކޮށް އަތުރާލާފައި ވެއެވެ. އަހަރެންގެ ކާމިޔާބީގެ އަސްލަކީ އެ ހެޔޮ ބައިންބަފައިން ކަމާމެދު ޝައްކެއްނެތެވެ. އަހަރެންނަށްފިލާވާޅަށް ވުރެ ބޮޑަށް ވިސްނެމުން ދިޔައީ ރާނާއާއި ދޭތެރޭގައެވެ. ފޯނުގެ އަލްބަމް ހުޅުވާލީ […]
“ހަނދާން ނައްތައިނުލައްޗޭ ދުވަހަކުވެސް.” އަސަރުގަދަ ލޮލަކުން އަހަންނާއި ކަޅިހަމަކޮށްފައި ބުނެލި އަސްލާންގެ އަޑުގައިވީ ރިހުމެކެވެ. ކުއްލިއަކަށް ދިމާވާންފެށި އާދަޔާއި ހިލާފު ކަންކަމާއި ގުޅުމެއް ހުރިކަން އަހަންނަށް އެނގުނެވެ. ނަމަވެސް ސުވާލެއް ކުރާނެ ހިތްވަރެއް އަދިވެސް ނުލިބުނެވެ. ހިތުގައިވީ ބިރުވެރި ވަހުމުތައް ދުލުކުރިއަކަށް ނުނެރެވުނެވެ. ******************************* އެއީ މީގެ ވިހި އަހަރު ކުރިއެވެ. ސިކުނޑީގެ ބައްޔެއްޖެހިގެން އަހަރެން މި އެސައިލަމްއަށް ގެނެވުނެވެ. ހުދު ހޯލްވޭތަކުން ލާފައި ގޮސް ވެއްދި ހުދުކަން ބޮޑު ކޮޓަރީގައި ބަންދުކުރުމުން ގަތް ބިރުން ރޯން […]
އަޑުން އަޑު ނަގާފައި ރޮމުން ދިޔަ ކައިލީން ސިއްސައިގެން ދިޔަައީީ ކައިޒީން އައިސް ކައިލީންގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ.”ކައި. ޕްލީޒް. ޑޯންޓް ކުރައި އެވްރީތިން ވިލް ބީ ފައިން. އެންް. ދޮންތަ އަށް އިނގޭ ކައިލީން ނުގަބޫލްކަން ކައިޒާންއާ.. އެކަމްުވެސް ޔޫ ހެވް ޓު ޑޫ.މީހުން ބުނެ އެންުނު އާފްޓާ މެރިއޭޖް އެވްރީތިން ވިލް ބީ ފައިން… އެން ފޯލް ވާ ވާހަކަވެސް… އެކަމް ފޯލް ވާނީ ރަނގަޅު މީހުންނަށް.. އިންޝާ ﷲ އައެމް ވިތް ޔޫ […]
އަހަރެން ކޮޓަރި ދޮރު ހުޅުވާލާފައިވެސް ނެގި ފިޔަވަޅު ހުއްޓާލީމެވެ. އެތެރެއަށް ވަން އަންހެން ކުއްޖާފެނިފައެވެ. އެއީ އެލީނާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އެއްކަލަ ކާލިން މަންޖެއެވެ. ރީތިކޮށް ބޯ ގަތާލާފައި، ޔުނީފޯރމްގައި ހުރި އިރު، އެލީނާ ފެންނަލެއް މާ ފުރިހަމައެވެ. އެކަމަކުވެސް ކުރާނީ ކީތްހެއްޔެވެ. އެލީނާ އަކީ އަހަރެންގެ މީހެއް ނޫނެވެ. އެލީނާއަށް އަހަރެން ފެނުމުގެ ކުރިން އަވަސްއަވަހަށް އަހަރެން އެތެރެއަށް ދެމިގަތީމެވެ. އެނދުގައި އޮށޯވެލެވުމާއި އެކު ޚިޔާލުތައް އައިސް ބޯ ފުރާލިއެވެ. އީންގެ […]
ރަށުތެރޭގައި އެންމެ ލާނެތްވާނީ އަހަރެންގެ ރައްޓެހިންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަދަރުސާ ނިންމާފައި އެ ނުކުންނަ ގޮތަށް އަހަރުމެން ގެޔަށް ވަންނަނީ ރޭގަނޑު ކާ ގަޑި ޖެހުނީމައެެވެ. ރަށު ސުކޫލުގައި ގްރޭޑު ދިހައެއް ކިޔެވުމަށްފަހު ހުރިހާ އެންމެން އެއްބަސްވީ މޭލެ ގޮސް އޭލެވެލް ކިޔަވާށެވެ. ނަމަވެސް އަދި އެއް އަހަރު އެބަ އޮތެވެ. އޯލެވެލް ހަދާ އަހަރެވެ. އެދުވަހަކީ ހަމަ އާދައިގެ ދުވަހެކެވެ. މޫސުން ރީތިވެފައި މަޑު ފިނިވައިރޯޅިއެއްވެސް ޖެހެމުންދިޔައެވެ. ސުކޫލް ނިންމާފައި އަހަރުމެން ހިނގަމުންދިޔައީ އަތިރިޔާ […]
ޖަހާލާ ހޮނު ގުގުރީގެ އަޑުން ކައިލީންގެ މަޑު ގިސްލުމުގެ އަސަރެށް ނުކުރެއެވެ. ބޯ ވިއްސާރާ ތެރޭގައި އިށީނދެ އިނދެ ކައިލީންއަށް ރޮވޭނެެ ވަރަކަށް ރޮމުން ދިޔައެވެ. ކައިލީން ކުއްލި ކުއްލިއަށް ސިއްސައިގެން ދަނީ ޖަހާ ބާރު ގުގުރީ ގެ ސަބަބުނެވެ. ނަމަވެސް އެއީ ކައިލީންއަށް މާ ބޮޑު ކަމެއް ނޫނެވެ. މިއަދު އެހާމެ ރޮވިފަަ ގިސް ލެވެނީ އޭނާގެ މަންމަގެ ނުފޫޒުންނެވެ. އާއެކެވެ. އެންމެ ނުގަބޫލް މީހާއާ ކައިވެނީގެ ގޮތުުން ގުޅުމަށް އަމުރު ކުރުމުންނެވެ. މަންމަގެ އަމުރަކަށް […]