ލޯތްބެއްގެ ފެށުން 13
މެކާ ފޯނަށް ގުޅާ ގުޅާ ފޯނެއް ނުނެގިއެވެ. ދެން މިރޭ މެކާ އާ ބައްދަލުކުރުމުގެ މޫޑް ނެތުމުން ގެއާދިމާއަށް ކާރު އަނބުރާލިއެވެ. އެއްކައިރީގައި ކާރު ޕާރކް ކޮށްލުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައި ގަތެވެ. ދޮރު ހުޅުވާލެވުމުން ސިހިގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އަތުގައިވީ ފޯނު މުށިގަނޑުމައްޗައް ވެއްޓި އެކި ބައި ވަކިވި އިރުވެސް ޒައިކް އަކަށް ރޭކައި ނުލިއެވެ.
ލޯގަނޑު ކުރިމަތީ ގައިގަ ލޯޝަން ލާން ޝިފާ ހުރިއިރު އެރީތިކަން ވިދަވިދާ ހުއްޓެވެ. މެއާ ހަމައިން ތުވާލި އޮޅާލެވިފައިވީއިރު، ދިގުމިން ހުރީ ބުޑު ފޮރުވޭ ވަރަށެވެ. ތެއް އިސްތަށިގަނޑު ދޫކޮށްލެވިފައިވީއިރު ބައެއް އިސްތަށި ކޮޅުން ފެން ތިކި ފައިބަފައިބަ ހުއްޓެވެ. މިނޫނީ މިހާ ހާމަ ކަން ބޮޑު ގޮތަކަށް އަދި ޝިފާގެ ރީތިކަން ފެނިފައެއް ނުވެއެވެ. ހަވަނަ ހިއްސު ބުނަމުން ދިޔައީ ޝިފާ ކައިރިއަށް ދިއުމަށެވެ. އެރީތިކަން މިލްކު ކުރުމަށެވެ. އެހެން މީހަކަށް ލިބުމުގެ ކުރިންނެވެ.
ފޯނުވެއްޓުނު އަޑަށް އެނބުރި ބަލާލިއިރު އެމޫނަށް ރަތްކުލަ ފާއްދާލައިފިއެވެ. ޝިފާ ކޮންމެވެސް އެއްޗެއް ބުނިކަން އެނގުނެވެ. އެހެނަސް ސާފުވާގޮތް ނުވީ މާބޮޑަށް ޝިފާއަށް ގެއްލިފައި ވުމުންނެވެ. ދިގު ފެންތިއްކެއް ކަރުދަށުން ފެށިގެން ތިރިއަށް ދެމެމުން ދިޔައެވެ. ވަކިހަމަޔަކުން ތުވާލިތެރެއަށް ފޭދިގެން ދިޔައެވެ. ނަސީބުގަދަ ފެން ތިއްކެކެވެ. ތުންފަތް ވަރަށް ތެއްވެފަ އޮމާނެވެ. ދެތުންފަތް ހަރަކާތް ކުރާހެން ހީވިއެވެ.
” ހޭ. އެބަ ސުވާލު ކުރަމޭ. ކީއްހޭ ކުރަނީ މިތާ؟ ” އެންމެފަހުން އެހަށިގަނޑުން ނަޒަރު ދުރުކޮށްލުމުން ޝިފާގެ އަޑު ރަނގަޅަށް އިވުނެވެ.
” އުމްމް. ދިސް އިޒް. މައި ރޫމް ” އަޑު ނުކުތީ ފުދޭވަރަކަށް އުނދަގުލުންނެވެ. ޑޭމް، އެހެން ފަހަރު ތަކެކޭ އެއްފަދައިން މިފަހަރުވެސް އަނެއްކާ ޒައިކުގެ ސިކުނޑި އަށް އެރީތިކަން ބާރު ފޯރުވަން ފަށައިފިއެވެ.
” އޯހް. އަހަރެން ހިޔެއް ނުކުރަން އެހާ އަވަހަށް އަންނާނެކަމަކަށް. އެހެން ކިޔާފަ ވިއްޔަ ދިޔައީ ” ޝިފާ ލަދުން އިސްޖަހާލިއެވެ.
” ހިޔާލް ބަދަލް ވެގެން މިއައީ ” ރަނގަޅުކަމަށް ބުނަމުން ހެދުން ހިފައިގެން ޝިފާ ވަނީ ފާހާނާ އަށެވެ. ދޫހަރުވާޅަކާ ހެދުމެއް ލައިގެން ނުކުންނަމަވެސް ޒައިކް ސިނކުޑީގައި އެނބުރެމުން ދިޔައީ ހުދު ތުވާލީގެ ތެރޭގައި ހުރި ޝިފާއެވެ. އެރީތި ދިގު ދެފައެވެ. ތެއްކޮށް އޮތް އިސްތަށިގަނޑެވެ. އަމިއްލަ ނަފްސައް އަޑުލަމުން ޒައިކް ވެސް ވަނީ ފާހާނާ އަށެވެ. ފިނިފެނުގެ މާގަނޑު ދަށުގައި އެހުރިހާ އިހުސާސްތަކެއް ފާޅުވިޔަ ނުދިނުމަށް އެތައް އިރަކު ހުއްޓެވެ.
ފާހާނާއިން ނުކުތީ ޝިފާ ނިދާހާއިރު ކޮށްފައެވެ. އަލުން އެމޫނަށް ބެލުމަށް ނުކުޅަދާނަވެދާނެތީއެވެ. ކޮޓަރީގެ އަލި ފަނޑުކޮށްލަމުން އެނދާ ކައިރި ވީއިރު ވަރަށް ރީތިކޮށް ޝިފާ ނިދާލާފައި އޮތެވެ. ކުރިން ލައިގެން ހުރި ދިގު ހަޅުވާޅުގެ ބަދަލުގައި މިހާރު އޮތީ ކުރު ސޯޓު ކޮޅަކާ ޓީޝާޓް ކޮޅެއްގައެވެ. މިހާ ފަނޑު އަލީގަވެސް އެރީތިކަން ފަނޑެއް ނުވެއެވެ. ބުލޭންކެޓް ރީތިކޮށްލުމަށްފަހު އެނދުގެ އަނެއްފަޅީގައި އޮއްތާލީ އެދިމާއަށް ދެވަނަ ފަހަރަށް ނުބެލުމަށް އަޒުމް ކަނޑައަޅައިގެނެވެ.
އެތައް އިރަކު އެހެން އޮތްއިރުވެސް ލޮލަކަށް ނިންޖެއް ނައެވެ. މުޅި ކޮޓަރިތެރެ ފިނިކަމުން ތުރުތުރު ލާކަހަލައެވެ. ވިއްސާރަ މޫސުންކަން ހަނދާންވީވެސް ދޮރުފޮތި ކަހާލެވިފައިވީ ކުޑަދޮރުން ބޭރުން ބޯކޮށް ވިއްސާރަ ވެހޭތަން ފެނުމުންނެވެ. ޝިފާ ކައިރިއަށް ޖެހިލެވުނީ މިފިނިރޭ ހޫނުކަމަކަށް ބޭނުންވިލެއް ބޮޑުކަމުންނެވެ. މިރޭ ޝިފާ އެސިފައިގަ ފެނުނުފަހުން އަދި އެހެންކަމަކާ ވިސްނޭވަރެއް ނުވެއެވެ. އެހެންނޫނަސް އެކަނި މިއިޙުސާސްތަކާ ހަނގުރާމަ ކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ.
ޝިފާގެ ދެފަރާތުން ދެއަށް ވިއްދާލަމުން އެރީތި މޫނަށް ބަލާލިއެވެ. މޫނުމައްޗައް ވެއްޓިފައިވީ އިސްތަށިކޮޅު އެއްފަރާތްކޮށްލީ ކެއްތެރިކަން ނެތްފަދައަކުންނެވެ. މަޑުމަޑުން ގުދުވެ އެ ރީތި ތުންފަތުގައި ބޮސް ދޭން ފެށުނީ މިރޭ ޝިފާއަށް ހޭލެވުނަސް ފަރުވާލެއް ނެތް ކަމަށެވެ.
ޝިފާއަށް ލޯހުޅުވާލެވުމުން ތެޅިގަތެވެ. އެހެނަސް ޒައިކް ހިފަހައްޓާފައިވާލެއް ބާރުކަމުން އަތެއް ފައެއް ހަރަކާތެއް ނުކޮށްލެވުނެވެ. ލޯ ބޮޑުކޮށްލަމުން އަދިވެސް އެއްފަހަރު ހަގީގަތެއްތޯ ބަލާލެވުނެވެ.
” ވަޓް އާރ ޔޫ ޑުއިން ޒައިކް ” ކުޑަކޮށް ޒައިކް މޫނު ދުރުކޮށްލުމުން އަހާލިއެވެ. އެދެލޮލުން ފެނުނީ މަސްތުކަމެވެ. އާވާރާއެއް ފަދައިން ބަސްބުނާހާ ހިނދުކޮޅެއްގައި ދެވަނަފަހަރަށް އަތުތެރެއަށް ޝިފާގެނައެވެ.
” އައި ނީޑް މޯރ ބޭބް. އައި ވޯންޓް ޔޫ ނައު ” އެއަސަރުގަދަ އަޑުން ޒައިކް ވާހަކަ ދެއްކުމުން ޝިފާ ހުރީ ދޭންވީ ޖަވާބެއް ނޭނގިފައެވެ. ބަސްމޮށުންތެރިކަމާއި ނުލައި ދެމީހުން އެތައް ވާހަކަ ތަކެއް ދައްކާ ލިއެވެ. އޭނާގެ ދެލޮލުގެ ކުލަ ގަދަވަމުން އައިކަހަލައެވެ. ދުވަހަކު އެކަހަލަ ނަޒަރަކުން ޒައިކް ބަލާލާނެކަމަށްވެސް ޝިފާ އުންމީދެއް ނުކުރެއެވެ. ލަދުވެތިކަން އެއްފަރާތް ކޮށް ޒައިކްގެ އަމަލުތަކުގައި ބައިވެރިވެވުނީ އެކަމަށް ރުހެވުނުވަރުންނެވެ. އެހެންނޫނަސް ޒައިކް އަކީ އޭނަގެ ފިރިމީހާއެވެ. އޭނައަށް އެޙައްގު އެބައޮތެވެ. އޭނާގެ އަތުން ޝިފާ ލައިގެން ހުރި ޓީޝާޓުކޮޅުގެ ދެކައިރީގައި ހިފާ މައްޗަށް ހިއްލާލުމަށްފަހު ދަމައިގަތީ ކެއްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިންނެވެ. ޝިފާގެ މުޅި ހަށިގަނޑަށް އޭނާގެ ނަޒަރު ހިންގާލިއެވެ. އެމޫނު ކައިރި ކުރަމުން އައިސް ކަންފަތުގެ ފޫޅުގައި ހިފާ ދައިގަތެވެ. އެ ތުންފަތުގެ ބީހުމުގެ އަސަރުން ޝިފާގެ މުޅި ހަށިގަނޑުގައި އަލިފާން ހިފިފަދައެވެ.
” އާރރރރރގް…ޒައިކް” މަޑު އާހް ގެ އަޑުން މުޅި ކޮޓަރިތެރޭގެ ހަމަ ހިމޭންކަން ކެނޑެމުން ދިޔައެވެ. އޭނާގެ އިނގިލި ތަކުގެ ބީހުމުގެ އަސަރުން ޝިފާއަށް މުޅިން އާ އިހުސާސެއް ކުރެވެން ފެށިއެވެ.
“ޒައިކް ….ސްޓޮޕް…” މިއީ ޝިފާ އަށް މުޅިން އާ އިހުސާސްތަކެކެވެ. ދުނިޔެމަތިން ހުރިހާ އުފާވެރިކަމެއް އެއްފަހަރާ ލިބެން ފެށިކަހަލައެވެ.
” އައެމް ނޮޓް ގޮއިންގ ޓު ސްޓޮޕް” ޝިފާ ތެދުވަން ފެށުމުން ދެކޮނޑުގައި ހިފާ އެނދަށް ކޮއްޕާލިއެވެ.
ބޭރުތެރެއިން ވިއްސާރައިގެ އަޑު ކެނޑިގެން ނުދެއެވެ. ބޯކޮށް ވިއްސާރަވެހެމުން ދިޔައިރު ބައެއް ދިމަދިމާލުން ގުގުރާލައެވެ. ކުޑަ ދޮރުގެ ބިއްލޫރިގަނޑުގައި ބޮސްދެމުންދިޔަ ފެންތިކިތައް މަޑުމަޑުން ތިރިއަށް ދެމެމުން ދާއިރު، ކޮޓަރިތެރެއިން މިވިއްސާރަ ރޭގެ އަސަރު ފެނިގެނެއް ނުދެއެވެ. އޭސީގެ ފިނި އެންމެ މަތީގައި ހުއްޓަސް ދެމީހުންނަށް އޭގެން އަސަރެއް ނުކުރެއެވެ.
************************
މޫނަށް އަލި އެޅުމާއެކު ޝިފާ އުނދަގޫ ގޮތަކަށް ލޯހުޅުވާލިއެވެ. ސިއްސައިގެންގޮސް ކުޑަކޮށް ތެޅިގަނެވުނީ ޒައިކްއެހާ ކައިރީގައި އޮތުމުންނެވެ. އެއްއަތް ޝިފާގެ ބަނޑުގައި އަޅުވާލައިގެން ނިދާލާފައި އޮއްއިރު އެހެން ދުވަސްދުވަހެއްވުރެ ރީތިހެން ހީވިއެވެ. ނިދާލާފައި އޮންނައިރު ލޯބިކަމުން އެތުންފަތުގައި ބޮސްދޭހިތްވިއެވެ. އެހެނަސް އިސްވެ އެކަހަލަ ކަމެއް ކުރާކަށް ނުކެރުނެވެ. ތުންފަތުފައި ދައި ގަނެވުނީ ރޭގަ ޒައިކް އުޅުނުލެއް ލޯބިކަމުންނެވެ. އޭނައަށް ތަދު ވެދާނެތީ ހަރަކާތްތައް ގެންދިޔައީ އެހާ ލަސްލަހުންނެވެ. މީގެ ކުރިއަކުން ޒައިކް އަކީ އެހާ ރޮމެންޓިކް މީހެއްކަމެއް އެނގިފައެއް، އަދި ޙިޔާލް ކުރެވިފައެއްވެސް ނެތެވެ. އެހެނަސް މިއަދު ހޭލާފައި ޒައިކް ކަންތައް ކުރާނީ ކިހިނެއްކަމެއް ނޭނގޭތީ ޝިފާ ހިތްއަވަސްވިއެވެ. ހާސްވިއެވެ. ދެލޮލުން ކަރުނަ ހިލުނީ ރޭ ގަ ވީކަންތަކަކީ އެންމެ ރެއެއްގެ ކަމަކަށް ހަދާ ނުފެންނަ ކަމަށްވެސް ހަދާލަފާނެތީއެވެ.
މަޑުމަޑުން އެނދުން ތެދުވީ އަޑެއްވެސް ނީވޭނެގޮތަކަށެވެ. ފާޙާނާ އަށް ވަދެވުމާއެކު ދޮރު ތަޅުލިއެވެ. ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ލަދުގަތެވެ. ރޭގަ ޒައިކް އާއެކު އުޅެވުނު ގޮތް ހިތަށް އެރުމުންނެވެ. ވަރުބަލި ވުމުގެ ސަބަބުން އަނގައިން އަޑެއް ލައްވާލެވުނީ ހަށިގަނޑުގައި ތޫނު ތަދެއް ހުރިކަމުގެ އިހުސާސް ވުމުންނެވެ. ޒައިކް އަށްޓަކާ ނަމަ އެ ކަހަލަ ކިތަންމެ ތަދެއް އިހުސާސްކުރަން އޭނަ ހުރީ ތައްޔާރަށެވެ. ކުރިއަށްވުރެ އެހިތުގައިވީ ލޯބި އިތުރު ވެއްޖެއެވެ. ޒައިކް ގެ މީހަކަށް އޭނަ މުޅިން ވިއަސް، އޭނަގެ މީހަކަށް ޒައިކް ނުވެދާނެތީ ޝިފާ ކަންބޮޑުވިއެވެ. ކުޑަކޮށްވެސް ހިތުގައި ލޯބި ނުވާނެބާއެވެ.؟ ހަމައެކަނި އަމިއްލަ ބޭނުމަކު ވަގުތީގޮތުން މިލްކު ކޮށްލީބާއެވެ.
ކުއްލިއަކަށް ހިތަށް ވެރިވީ ބުނެދޭން ނޭނގޭކަހަލަ އަސަރުތަކެކެވެ. ރޭގަ ޕާޓީން ތެރެއިން ފެނުނު އަންހެން ކުއްޖާ ދެއްކި ވާހަކަ ހަނދާންވިއެވެ. ލިވީ އަކީ ކޮންކުއްޖެއް ބާއެވެ. ޒައިކް ކައިރީ އަހާލަނިކޮށް އެނގިދާނެއެވެ. އެކަމަކު އަހާނީ ކީކޭ ކިޔާފަހެއްޔެވެ. އަދި އެއަންހެން ކުއްޖާޔާ ޒައިކް އާ އޮތީ އާދައިގެ ގުޅުމެއް ނޫންކަން އެކުއްޖާ ހާމަކޮށްދިނެވެ. މަންމަ ވެސް ލިވީގެ ވާހަކަ ދެއްކިއެވެ. އޭނަ ނޫން ކޮންމެ މީހަކަށް ޒައިކުގެ ދިރިއުޅުމުގެ ކަންކަން އެނގެއެވެ. އެކަމަކު މިހާރު ހުރިހާގޮތަކުންވެސް ޒައިކުގެ މީހަކަށް ވުމަށްފަހު ޒައިކް ހާސިލް ކުރުމަށް ކޮންމެ ކަމެއް ކުރަންޖެހުނަސް އެކަން އޭނަކުރާނެއެވެ. ޒައިކު އުފާވާ ކޮންމެ ކަމެއް ކުރުމުގައި ދެން ފަހެއް ނުޖެހޭނެއެވެ. ތައްޔާރުވެލައިގެން ކޮޓަރިއަށް ވަދެ ރީތިވެލައިގެން މަޑުމަޑުން ފިޔަވަޅުތައް އަޅަމުން ބޭރަށް ނުކުތީ ޒައިކް އަށް ހޭލެވިގެން ގޮވާލަފާނެތީއެވެ.
ޝިފާ ނުކުންތަން ބަލަން އޮތް ޒައިކް އޮތީ ހިނިތުން ވެފައެވެ. އޭނައަށް ހޭލެވިގެން ޝިފާ ކަންތައް ކުރާގޮތް ބަލަން އޮތީއެވެ. ރޭގަ އެހެން އުޅުނަސް ހެނދުނު ވުމުން ޝިފާ ލަދުން އުޅޭނެކަން އޭނައަށް އެނގެއެވެ. އެތައްފަހަރަކު އޭނަދެކެ ލޯބިވާކަމަށް ރޭގަ ހާމަކުރިއެވެ. އެހެން ބުނާ ކޮންމެފަހަރަކު ޒައިކް ހިތަށް ބަޔާންކުރަން ދަތި އުފަލެއް ލިބެއެވެ. އެ ރީތި ލަދުވެތި ކަމަކީ އޭނަ އެންމެ ގަޔާވާ އެއްސިފައެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތުން ފުނާއަޅާލީ ރޭގެ ހަނދާންވުމުންނެވެ. އޭނަ އެހާ ކެއްތެރިކަން ކުޑަވީހެއްޔެވެ. އަދިވެސް އޭނައަކަށް ޔަގީންކަމާއެކު ޝިފާދެކެ ލޯބިވެއެކޭ ބުނާކަށް ނުކެރޭނެއެވެ. މިހެން މިކަން ތަކުރާރުވާނަމަ ޝިފާއަށް ދެރައެއް ލިބިދާނެބާއެވެ. އެކަމަކު ޝިފާއަކީ އޭނަގެ އަމިއްލަ ހައްގަކަށްވާއިރު މިހެން ލިބެން ހުންނަ އުފާވެރިކަމަކުން އަމިއްލައަށް މަނާވެގަތުމަކީ މޮޔައިންގެ ކަމެކެވެ.
އެހެން ނަމަވެސް ދުވަހަކު އުފާ ނުވާވަރަށް، ދުވަހަކު ހިތްހަމަ ޖެހުން ނުލިބޭވަރަށް ޝިފާ ރޭގަ އޭނަ ހިތްހަމަ ޖައްސައި ދީފިއެވެ. ދުވަހަކު ފިރެހެނަކު ބީހިފައި ނުވާ ޝިފާގެ ފަރާތުން އޭނައަށް އެއަށްވުރެ އުފާވެރިކަމެއް ނުލިބޭނެކަން ގައިމެވެ. އެމަލުގެ ފިޔަތައް ނުފޮޅިހުއްޓަ ފޮޅުވާލަދިން މީހަކީ އޭނައެވެ. ދުނިޔޭގަ މިވަގުތު ހުރި އެންމެ އުފާވެރި މީހަކަށް އޭނަ ވެއްޖެއެވެ. ލިވީ ފަރާތުންވެސް އޭނައަކަށް އެއުފަލެއް ނުލިބުނެވެ. ފުރަތަމަ ލިވީގައިގަ ބީހުނު މީހަކަށް ، އަދި އެޝަރަފު އޭނައަކަށް ނުލިބުނެވެ. އިތުރަށް ޝިފާ އަށް ގަދަރު ކުރެވޭ ގޮތް ވީއެވެ. އަދިވެސް ވަގުތު ބޭނުން ވެއެވެ. ޝިފާ ދެކެ ލޯބިވާން ވަގުތު ބޭނުން ވެއެވެ. ގެއްލިއްޖެ އިތުބާރަކީ ހޯދަން އުނދަގޫ އެއްޗަކަށްވާފަދައިން، އިތުބާރު ގެއްލިއްޖެ ނަމަ ދެވަނަ ފަހަރަށް އެހެން މީހަކަށްވެސް އިތުބާރުކުރަން ބިރު ގަންނާނެއެވެ. އެކަމަށް ވަގުތު ބޭނުން ވާނެއެވެ.
ބުލޭންކެޓް އެއްފަރާތަކަށް ޖައްސާލަމުން ފަޙާހާނާ އާ ދިމާއަށް ހިނގައިގަތީ ބަނޑުހައިވެފައި ހުރިވަރުން އަވަހަށް ތައްޔާރުވެލުމަށެވެ. އަނެއްކޮޅުން މިއަދު އޮފީހުގައި ވަރަށް ބިޒީވާނެކަން ހަނދާނަށް އައެވެ. އަތުކުރީ ގޮށް އަޅުވަމުން ކާގެއާ ހަމައަށް އަރަންވާއިރަށް ބިސްގަނޑުގެ މީރުވަސް މުޅިހިސާބުގައި ވިއެވެ. އެތެރެއަށް ވަންއިރު ޖޫލީ ފެންނާކަށް ނެތެވެ. އުނދުންކައިރީ ޝިފާ ފަހަތުން ހުރި އިރުވެސް އެމޫނަށް އަރާކުލަ ބަލާހިތުން ޒައިކް ކެއްނުލެވިއެވެ. ފިޔަވަޅުގެ އަޑު ނީއްވާ ގޮސް ފަހަތުން ބައްދާލުމުން ވަރަށް ބާރަށް ޝިފާ ހަޅެއް ލަވައިގަތެވެ.
” ބޭބް . އިޓްސް މީ ” އިތުރަށް ބާރުކޮށްލަމުން ޒައިކް ބަލާލިއެވެ. އޭރު ޝިފާ ލަދުން އިސްޖެހިގޮތަށް ހުއްޓެވެ.
” ލަދުންތަ ތިހުރީ. ރޭގަ ހާދަ ލޯއްބޭ. ކީއްވެތަ މިއަދު މާ ވަގުވަގަށް އުޅުނީ ރޫމްގަ. ބަލަން އިނގޭ އޮތީ ” ޒައިކްގެ ވާހަކައިން ޝިފާ ހަމަރަނގަޅަށްވެސް ލަދުގަތެވެ. އޭނަ ހޭލައިގެން އުޅުނުއިރު ބަލަން އޮތްވާހަކަ ބުނުމުން ތުންފަތުގައި ދަތް އަޅާލެވުނެވެ.
” މިއަދު އޮފީހަށް ދާހިތެއްވެސް ނެތް. މިހެން ހުންނަ ހިތްވަނީ. އަދިވެސް އެކަމް ހިތެއް ނުފުރޭ އިނގޭ. ދެން ކޮން ކޮންއިރަކުން ” ޒައިކުގެ ވާހަކަތަކުން މުޅި މޫނަށް ރަތްކުލަ ވެރިވެގެން ދިޔައެވެ. ގަދަ ހަދާލަމުން ދުރައްޖެހިލާފަ ލޯ އަޅާލިއެވެ.
” އޯކޭ. ކާއެއްޗެއް ނުދޭނަންތަ. ވަރަށް ބަނޑުހައި. ރޭގަ މާ ވިއްސާރަ ކުރީމަ ބަނޑުހައި ވަނީ “އަދިވެސް ޝިފާ އަށް ގޯނާއެއް ކޮށްލާހިތުން އެހެން ބުނުމަށްފަހު އެއްލޯ މަރާލިއެވެ. ގޮނޑީގައި އިށިންނީ ކާއެއްޗެހި ގެނެސް އަތުރަން ފެށުމުންނެވެ. އޭނައާއިއެކު ސައިބޯން އިށިންނަން ބުނުމުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން ޝިފާ ކައިރިވެލިއެވެ.
” ވާހަކައެއް އަހާލަންތަ ” ނުތަނަވަސްވެފައި ހުރެ ޝިފާ އެހިއެވެ. ޒައިކް ބޯ ޖަހާލުމުން ހިތްއަވަސްވިއެވެ.
” ހޫ އިޒް ލިވީ؟ ” ސުވާލު ކުރިވަގުތު ޒައިކް މޫނަށް އެރި ކުލަ ބަޔާން ކުރަންވެސް އުނދަގުލެވެ. އެނަން ކިއުމުން އެމޫނަށް ނުރުހުމުގެ ކުލަ އަރަންވީ ސަބަބެއް ނޭނގުނެވެ. އަނެއްކާ ގާލް ފުރެންޑްބާ؟ އޯ ނޯ . ވަރަށް ރުޅި އައިއްސަ އެހުރީ . ސިފާ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. ކަތުރު ކަށި ގަނޑަށް ގެނަ ހަރަކާތުން ވެސް ޒައިކް ހުރީ މިވާހަކަ ބުނުމުން ވަރަށް ރުޅިއައިއްސައެވެ.
” ކިހިނެއް ލިވީ އެނގުނީ ” ޖަވާބް ދިނުމުގެ ބަދަލުގައި ޒައިކް ކޮށްލީ ސުވާލެކެވެ. އަޑުވެސް ހުރީ ރުންކުރު ވެފައެވެ. ސުވާލު ކުރެވުމުންވެސް ޝިފާ ހުރީ ދެރަވެފައެވެ. އެހާ ލޯބިން ޒައިކް އުޅެނިކޮށް ކޫސަނި ސުވާލުތައް ކުރަން ވެއްޖެވިއްޔާއެވެ. އެއަންހެން ކުއްޖާ އަކީ ލޯބިވެރިޔާ ނަމަ އެއަޑުން ރުޅިވެރިކަން ފާޅުވާން ވީ ގޮތެއް ނޭނގުނެވެ.
” ރޭގަ ޕާޓީން ދިމާ ވިއެއްނު ކުއްޖެއް. ވޮޝް ރޫމަށް ދިޔަތަނާ އެއަންހެން ކުއްޖާ ބުނީ ” ޝިފާގެ އަޑު ނުކުތީ ވަރަށް އުނދަގުލުންނެވެ.
” ޑޭމް މެކާ. އައި ޝުޑް ހޭވް ގެސްޑް ” އަމިއްލަ އަށް ވާހަކަ ދެއްކި ނަމަވެސް އެއަޑު ޝިފާއަށް އިވުނެވެ. އެހެން ވީމަ އެއަންހެން ކުއްޖާގެ ނަމަކީ މެކާ އެވެ.
” ސޯ ހޫ އިސް ޝީ ” އަނެއްކާވެސް ޝިފާ ސުވާލް ކުރިއެވެ.
” ނޯ ބޮޑީ. ޝިފް ކޮންސާން ވާވަރުގެ މީހެއްނޫން އެ. އެކަމް ދުވަހަކުވެސް އޭނަގެ ނަން މިގޭތެރޭގަ ކިޔައިގެން ނުވާނެ. ނެވަރ އެގެއިން ” ލޯ ހަނިކޮށްލަމުން ޒައިކް އެހެން ބުނުމުން ވަރަށް އަވަހަށް ޝިފާ ބޯ ޖަހާލިއެވެ.
” އެހެން އެއްޗެކޭ އޭނަ ކީތަ ” ޒައިކް ސުވާލު ކޮށްލުމުން މިފަހަރު ޝިފާ ލޯ ބޮޑު ކޮށްލިއެވެ. ދޭން އޮތް ޖަވާބު ހިތަށްއެރުމުން ލަދުގަތެވެ. ދެރަވެސް ވިއެވެ. ހަގީގަތަކަށް ވެދާނެތީއެވެ. ޝިފާ އެއްޗެކޭ ނުބުނެ ހުރުމުން އަނެއްކާ ޒައިކް ހަޅެއް ލަވައިގަތީ މަޑުންނަމަވެސް އެއަޑުގައި ރުޅިވެރިކަން ވިއެވެ.
” ޝިފާ . ޓެލް މީ ” ތަށިތައް ދުރަށް ޖައްސާލަމުން ޒައިކް ގެ ދެލޯ އަމާޒުކޮށްލީ ޝިފާއަށެވެ.
” މީ … އެއަންހެން ކުއްޖާ ބުނީ ޒައިކް އޭނައާއެކު ސްލީޕް ކުރެޔޭ ވަރަށް ގިނައިން. އެދެމެދަށް ވަން މީހަކީ އަހަންނޯ ” އުނދަގުލުން ނަމަވެސް ޝިފާ ހިތްވަރު ކޮށްފައި ވާހަކަތައް ބޭރުކޮށްލިއެވެ. އަދި ހަމަ ޖެހުމުގެ ނޭވައެއްލީ ޒައިކް އެވާހަކަތައް ދޮގުކުރާނެ ކަމަށް ހީކޮށްފައެވެ.
” ** މެކާ. އައި ވިލް ކިލްޔޫ. ލިސެން ޝިފް. އަހަރެން ޝިފް އާ މެރީ ކުރުމުގެ ކުރިން ކޮށްފަ ހުރި ކަންކަން އިޝޫއަކަށް ނަހަދަފާނަންތަ. މެރީ ކުރުމަށްފަހު މިވީހާ ދުވަސްތެރޭގަ ނުހުންނާނެ އެއްވެސް އަންހެން ކުއްޖަކާއެކު އުޅެފައެއް. ހަނިމޫންއަށް ޕެރިސް އަށް ގޮސްއުޅުނުއިރުވެސް އެފުރުސަތު ލިބެން އޮތް ، އެކަމަކު ކައިވެންޏެއްގެ ނަން މަތީ ހުރެ އެހެން އަންހެން ކުއްޖެއް ކައިރިއަށް ނުދިޔައީ ކަމެއްވެ އެއްނު. އެހެން ނޫނަސް އަހަރެންގެ އަނބިމީހާގެ މަގާމަށް ތިނޫން ކުއްޖެއް ނާދޭ ދުވަހަކުވެސް. އެހެންވީމަ ބޭކާރު ކަންކަމާ ނުވިސްނާ ” ސައި ބުއިމެއްނެތި ޝިފާ އާ ދިމާއަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ.
” ސައިވެސް ނުބޮއެ ތަ ދަނީ؟ ” ޒައިކް ތެދުވެ ހިނގައި ގަތުމުން ޝިފާ ދެރަވެފައި ސުވާލް ކުރިއެވެ. ބަލާވެސް ނުލައި ނުކުމުގެން ދިޔައީއެވެ. އެހެންނަމަވެސް އެންމެ ފަހުން ޒައިކް ބުނި ޖުމްލަ ހިތައް އެރުމުން ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އަކީ ޒައިކްގެ ފުރަތަމަ އަދި ފަހު އަނބިމީހާއަށް ވާން ބޭނުމެވެ. އެތައް އިރަކު ގޮނޑީގައި ހުރުމަށްފަހު އެނބުރިގަތީ ޒައިކް އަށް ވަރަށް މީރު އެއްޗެއް ތައްޔާރު ކުރުމަށެވެ. ސައި ނުބޮއެ ދިއުމުން ކާއެއްޗެހި ހިފައިގެން ޒައިކް އޮފީހަށް ދިއުމަށް ނިންމިއެވެ.
ކާރު ޕާކު ކޮށްލުމަށްފަހު ފައިބަމުން ކޮތަޅު އަތަށް ނެގިއެވެ. އަދި ޒައިކް އޮފީސް ބިލްޑިންއަށް ބަލާލިއެވެ. މިނޫނީ އަދި ދުވަހަކުވެސް މިތަނަކަށް އޭނާ ނާދެއެވެ. ބިލްޑިންގ އަށް ބަލާލައިފިނަމަ ބޯ އަނބުރަގަނެދާނެއެވެ. ހަމަގައިމުވެސް ތިރީހަކަށް ބުރި ހުންނާނެއެވެ. މުޅި ބިލްޑިންގަ ވަނީ އަޅި ކުލައިގެ އޮފް މުއްޓެއް ޖަހާފައެވެ. އޭގެ ސަބަބުން ދުރުދުރަށް ވެސް ދަޅަ އަޅައެވެ. އޮފީސް ދޮރުމަތީ އެކިވައްތަރުގެ މާތަކުން އޮތީ ފުރި ބާރުވެފައެވެ. މިބަގީޗާ ބަލަހައްޓަނީ ވަރަށް ކުޅަދާނަ މީހެއްކަން މުޅި ބަގީޗާއަށް ބަލާލިއަސް ހާމަވާނެއެވެ.
” ސޯ ވީ މީޓް އެގެއިން ބިއުޓިފުލް ” ފަހަތަށް އެނބުރިލީ ހައިރާން ކަމާއެކުއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.





Belle❤️❤️❤️Part 12 and 13 hama vvvv loabi ingey??? Mihaathanau genesdhin Hurihaa parts thakevves hama vvvvv reethi ingey?????????Thigothuga kuriah dhey ingey Belle???Ufaaveri dhuvasthakakau edhen??????And dhonthi always love you??????
Thanks Dhonthy ?????????. Love you Dhonthy. Mihaar ulheyey Story liya Dhonthy ehvess dho, ehenvyma dhonthy 1 namavess jahaabala hehe ???
varah reethi mivaahaka
Thanks saan
12and13 outstanding ??????
13 ending makes me very curious
Keep up the great work ????
Love this story
Waiting for next part
Thanks drax so much for your feedback ?????
Varah rom varah reethi
Thanks Ibsha for your feedback ?????????????????????????????
Alheyy haadha reechey. .can’t wait for next part. .14 part kon irakun up kohla dheyny . tomorrow up kohla dhyba plx. .so in love with this story?
Thank Zim, next Sunday in Thursday ah up kuraanan komme dhuvahaku ??????. ????????
Alhey vvvv salhi❤️❤️. Can’t wait for next part than kolheh avahan up kohlachey ingey.. Love this story??
Thanks Mary so much ????????
Wow 2 part ves v salhi mi❤❤❤ vaahaka up vaney sunday and thursday gatha hama ekani … ithuru dhuvahaku up nukureveynetha … v kiyaahihvey .. thank you ❤❤❤❤
Thanks Ainth ??????. Friday and Saturday noon komme dhuvahaku up vaane
Ma sha allah vaahaka v v reethi ❤❤❤ mivaahaka genes dheney konma sunday and Thursday ga ekanitha … v bodah thank you 2 part up kuraatheee …
Thank Ainth , hafthaage Sunday, Monday, Tuesday, Wednesday, Thursday konme dhuvahaku genesdheynan. ???.
Ingireysin liyefa huri baeh jumlathah hamaeh nujehey..
Oththaalun is still very weird to me…
Like how the story is going.. Waiting for sunday to come??
Thanks Luc!f3r, ok thank you for your feedback
Varah Happy vehjje Avahah up kohdheythee ve…Thanks Belle.Varah salhi 2 Part ves…❤
Thanks YerN ????????????????
V intresting.. Masha allah v rythi… Keep it up
Thanks Kudoo
V v v v v v v v v v v reethi dhen kn irakun aneh part
Thanks Ishoo, soon
Vvvv reethi when next part
Thanks , next part sunday, monday, tuesday, wednesday, thursday meen konme dhuvahaku genesdheynan.
Miadu koniraku story up kuraane
hey, Flower Girl mihaar up koffin 14 vana part, kiyaalaafa commenteh kohlahchey, love you