އަހަރެން އެނބުރި އަންނާނަން (14 ވަނަބައި)
އަހަރެން އެނބުރި އަންނާނަން (13 ވަނަ ބައިގެ ތެރެއިން..)
މިއަޑުތަކުން އަހަރެންގެ ބޯހާސްކަން އިތުރުވިއެވެ. އަހަރެން މަޑުމަޑުން ތެދުވެ އަލަމާރިން ބެޓްޝީޓެއް ނެގިތަނުން ބޮލަށްގޮތެއްވާހެން ހީވެގެން އަނެއްކާވެސް ކުރިން އިށީނދެ އިން ކަނުގައި އިށީނީމެވެ. އަހަރެން އިނީ ފަންކާއަށް ބަލަންށެވެ. ބެޑްޝީޓް އޮތީ އަހަރެންގެ އަތުގައެވެ. އަހަރެން އޭރުވިސްނަމުން ދިޔައީ އޭތި ފަންކާގައި އެއްސޭނެ ގޮތަކަށެވެ!
++++++++++++++++++++++++++
އަހަރެން އެނބުރި އަންނާނަން (14 ވަނަ ބައި)
އަހަރެންނަށް ހޭވެރިކަންވީ ރާކިން އައިސް އަހަރެންގެ އަތުގައި އޮތް ބެޑްޝީޓް ދަމައިގަތުމަށްފަހު، އަހަރެން އަތުގައި ހިފާ ކޮޓަރިން ނެރިގެން ތުއްތަ ކޮޓަރިއަށް ގެންދިޔުމުންނެވެ.
“އިނާ!.. އިފާ އިހަށް މިރޫމްގަ ބާއްވާލާ… އިނާ، އިފާއަށް އެޓެންޑްވެލާ..” މިހިން ބުނުމަށްފަހު ކުޑަދޮރުތައް ހުޅުވާލާފައި ކޮޓަރިތެރެ އަލިކޮށްލުމަށްފަހު ރާކިން ކޮޓަރިން ހިންގައްޖެއެވެ.
އަހަރެން އިންގޮތް ފެނިފައި ތުއްތަ އަހަރެންނަށްވެފައި އިނީ ކިހިނެތްތޯ އެހިއެވެ. ތުއްތަ ބަލިވެ އުޅޭތީ، އަހަރެންނަށް ވާނުވާ ބެލުމަށް އަހަރެންގެ ކޮޓަރިއަށް، މިފަހުން ރާކިން ފޮނުވަނީ ތުއްތަ ކަމުގައި ތުއްތަ ބުންޏެވެ.
“އިނާ.. އިފާއަށް މި ލުނބޯހުތްތަށިދީފައި، އެނދުގައި އިރުކޮޅަކު ބާއްވާލާ އިނގޭ.. އެބަ އަންނަން..” މިހެން ބުނެފައި ރާކިން ހިނގައްޖެއެވެ.
އޭގެ ދޮޅުގަޑިއެއްހާ އިރު ފަހުން ޑޮކްޓަރަކާއި، ނަރުހަކު ގޮވައިގެން ރާކިން އައެވެ. އެއީ ރާކިން މަސައްކަތްކުރާ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހެކެވެ. ޑޮކްޓަރު އަހަރެންގެ ޗެކްކޮށްލަށްވާފައި، އަހަރެންނަށް ނިދާ އިންޖެކްޝަނެއް ދިނުމަށް ނަރުހަށް އިޝާރަތްކުރެއްވިއެވެ. ދިޔާ އެއްޗެތި ދީ ޑީހައިޑްރޭޓް ވިޔަނުދިނުމަށާއި، އެކަނި ނުކުރުމަށާއި، ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށް އެ ޑޮކްޓަރު އިރުޝާދު ދެއްވިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އަހަރެންނަށް ނިދިއްޖެއެވެ.
އަހަރެންނަށް ހޭލެވުނީ، އަނެއްދުވަހު މެންދުރެވެ. ހަށިގަނޑަށް ކޮންމެވެސް ލުޔެއް ލިބިފައިވާ ކަހަލަ އިޙްޞާޞެއް ކުރެވުނެވެ.
++++++++++++++++++++++++
“އިފާ.. އިފާ އެބަޖެހޭ ޑޮކްޓަރަކަށް ދައްކާލަންދާން.. ކޮންއިރަކަށް ހަދާނީ.. އެހާ ލަސްނުކޮށް ދިޔުން ރަނގަޅީ” ރާކިން ބުންޏެވެ.
“ކީއްކުރަން ޑޮކްޓަރަކަށް ދައްކަނީ.. މިހާރު އަހަރެން ކުރިއަށްވުރެ ރަނގަޅެއްނު.. ނިދާލެވުނީމަ، ހީވޭ ރަނގަޅުހެން… އަހަރެން ހަމައަކަށްއެޅިފައިވާކަން ހާމަކުރުމުގެ ގޮތުން ބުނީމެވެ.
” އިފާއަށް ނިދުނީ، ޑޮކްޓަރު ނިދާ އިންޖެކްޝަނެއް ޖެހީމަ.. އަދި އެބަހުރި ބައެއް ކަންތައްތައް ޑޮކްޓަރަކާއި މަޝްވަރާކުރަންޖެހޭ.. ބޭބެމެން ދާނަން އިފާ ގޮވައިގެން.. ދޯ އިނާ…” ރާކިން ތުއްތައާއި ދިމާލަށް ބަލާލަމުން ބުންޏެވެ.
“ކޮންކަމަކާބެހޭ ޑޮކްޓަރަކަށް ދައްކަން ތިއުޅެނީ އަހަރެން…” އަހަރެން ބުނީމެވެ.
“އިފާ.. އިފާ މިހާރު ރިފަރކޮށްފައި އިނީ ނަފްސާނީ ޑޮކްޓަރަކަށް…ވީ އެންމެ އަވަހަކަށް ދައްކާލަން ޑރ އިރުޝާދު ދެއްވީ” ރާކިން ބުންޏެވެ.
“އަހަރެން މޮޔަވެގެން އުޅޭ ކަމައްދޯ ތުއްތައާއި ބޭބެ ހީކުރީ…؟ ތުއްތަމެންނަށް އަހަރެންނާހެދި އުނދަގޫވަންޏާ ގުރައިދޫއަށް ފޮނުވާލާ..” އަހަރެން ވަރަށް ހިތްހަމަނުހެނުވެ. ރުޅިއައިސް ދެރަވެސް ވިއެވެ.
“އިފާ… އިފާ މޮޔަވެގެން އުޅެއެކޭ ބޭބެމެނަކަށް ހިޔެއް ނުވެޔޭ.. އެހެނެށް ހިޔެއްވެސް ނުކުރަމޭ! މިހާރު އިފާގެ ޙާލަތު ހުރިގޮތުން އެހީތެރިކަމެއް ދެވޭނެ މީހަކީ ނަފްސާނީ ޑޮކްޓަރު، އެހެންވެ އެ ފަދަ ޑޮކްޓަރަކަށް ދައްކަންމިޖެހެނީ.. އިފާ އަވަހަށް ރަނގަޅުވާނީ އޭރުން.. އިފާގެ އެއްބާރުލުން ބޭބެމެން މީގަ ވަރަށް ބޭނުންވާނެ އިފާ..” ބޭބެ ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ. ތުއްތަގެ މޫނު މަތިން ހިތާމައިގެ އަސަރުތައް އަހަރެންނަށް ފާހަގަ ވިއެވެ. ބޭބެ އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ތުއްތަ އަހަރެންގެ މޫނަށް ބަލަން އިނެވެ.
އޭގެ އަނެއްދުވަހެވެ.
އަހަރެންގެ ކޮޓަރީގެ ސެޓްއަޕް ބޭބެ ބަދަލުކުރިއެވެ. އެނދާއި އަލަމާރި އިންތަންނޫން އެހެންތަނަކަށް ބަދަލުކޮށް، ސީލިންގ ފަންކާ ނައްޓަލާފައި ސްޓޭންޑް ފޭނެއް ބެހެއްޓިއެވެ. ކޮޓަރީގެ ކުރިން ހުރީ ގަދަނޫކުލަ އާއި ހުދުކުލައެވެ. ގަދަނޫ ކުލައިގެ ބަދަލުގައި މަޑު ޕީޗް ކުލަލިއެވެ. މިހާރު ކޮޓަރިތެރެއަށް ވަނުމުން ކުރިއަށްވުރެ ލޮލަށް ފަސޭހައެވެ. ހިތްހަމަވެސް ޖެހެއެވެ.
“މަންމައަށް އާދެވެންދެން އިނާ އޮވޭ އިފާ ކައިރީ އިފާގެ ކޮޓަރީގައި، އަހަރެން މި ކޮޓަރީގައި އޮންނާނަން އިހަށް..” ރާކިން ކޮޓަރިއަށް ވަދެފައި ބުންޏެވެ.
“ތުއްތާ.. މަންމަ އަންނަނީތަ؟ ކީިއްކުރަން މަންމަ އަންނަނީ ؟ އަހަރެން އޮޅުން ފިލުވުމުގެ ގޮތުން ބުނީމެވެ.
“އެއީ ތުއްތަ އާއި އިފާވެސް ކުޑަކޮށް ބަލިވެ އުޅޭތީ…” ބޭބެ ބުންޏެވެ.
“ތުއްތައަށް ކިހިނެތްވީ ބޭބޭ.؟ ތުއްތަ ވަރަށް ވާހަކަނުދައްކާ ދޯ މިހާރު..” އަހަރެން ސުވާލުއުފެދިފައި އިނދެބުނީމެވެ.
“އާން.. ތުއްތައަށް މިދުވަސްކޮޅު ހަމަ ހޮޑުލެވެނީ އެއްޗެއް ކާ އިރަށް… ތެދުވިޔަސް ބޯ އަނބުރަނީ…އެހެންވެ ގިނައިން ރެސްޓްކުރަން ޑޮކްޓަރ ވިދާޅުވީ..އެހެންވެ މަންމަ ގެނައީމަ ކުޑަކޮށް ފަސޭހަވާނެންނު މިވަގުތަށް ދޯ އިނާ..؟ ބޭބެ ތުއްތައަށް އިޝާރަތްކޮށް ބުންޏެވެ.
ތުއްތަ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.
+++++++++++++++++++++++++++++++++++++++
ޖެހިގެން އައި ދެދުވަހު އަހަރެންނާއި ތުއްތަގެ ހުރިހާ ކަމެއް ބެހެހެއްޓީ ބޭބެއެވެ. ބޭބެ ހާދަ ރަނގަޅެވެ. ނޫޓްލިސް އަދި ސޭންޑްވިޗް ކަހަލަ އެއްޗެހި ހަދަން ބޭބެއަށް އިނގެއެވެ. ރޭގަނޑު 12 ގެ ފަސްވީ ފަހުންވެސް ދެ ތިން ފަހަރަކު ކޮޓަރިއަށް ވަދެ އަހަރެން ނިދިތޯބެލިއެވެ. ފަތިސް ވީ ފަހުން އަހަރެންނަށް ކޮންމެވެސް ވަރަކަށް ނިދުނެވެ.
++++++++++++++++++++++++++++++++++++++
އޭގެ އަނެއްދުވަހު ހަވީރު، މަންމަ ގޮވައިގެން ބޭބެ އައިސް ވަނެވެ. އެހާދުވަސްކޮށްފައި މަންމަފެނުމުން އަހަރެން ވަރަށް އުފާވިއެވެ. މަންމަވެސް އުފާވެފައިހުރިތަން އަހަރެންނަށްފެނުނެވެ.
ގޭތެރޭގެ ހުރިހާކަމެއް މަންމަ ބަލަހައްޓަން ފައްޓައިފިއެވެ. ތުއްތައަށްވެސް ކެވޭޒާތުގެ އެއްޗެތި ހަދައިގެން މަންމަ ތުއްތައަށް ކާންދެވޭތޯ ބަލައެވެ. އަހަރެންނަށްވެސް ކާންގެނެސްދެއެވެ. މަންމަ ނިދަނީ އަހަރެންނާއި އެއްކޮޓަރިއެއްގައެވެ. ތުއްތަ، ބޭބެ ކޮޓަރިއަށް ބަދަލުވެއްޖެއެވެ. ދައްތައާއި، އަހަރެންވެސް ބަލިވެއުޅޭތީ، ބޭބެ ހުރީ ޗުއްޓީގައި ކަމާއި، ބޭބެ ވަރަށް އަވަހަށް އޮފީހަށް ނިކުންނާނެކަމުގައި މަންމަ އަހަރެންގާތު، ބުންޏެވެ.
“އިފާ ހަވީރު އެބައިން ޑޮކްޓަރަށް ދައްކަންދާން.. ރެޑީވެލައްޗޭ 4 ޖަހާއިރު އިނގޭ…” ކޮޓަރި ހުޅުވާލާފައި ބޭބެ އެހެން ބުނެފައި ހިނގައްޖެއެވެ. އަހަރެން ޑޮކްޓަރަށް ދާހިތެއް ނެތެވެ. އެހެނަސް ބޭބެ އަހަރެން ގެންނާނެކަން އަހަރެންނަށް އެނގެއެެވެ.
++++++++++++++++++++++++++++++++
ތުއްތަގެ ޙާލަތު އެދުވަހުވެސް އެހާ ރަނގަޅުނޫންކަމަށާއި، ތުއްތަގެ ބޭބެ ގާތު އަހަރެން ގެންދިޔުމަށް ބުނުމުން، ބޭބެ އަހަރެން ނަފްސާނީ ބަލީގެ ޑޮކްޓަރުކައިރިއަށް ގެންދިޔައެވެ. ޑޮކްޓަރު އަހަރެންނަށް ވާ އުނދަގޫ އެހިއެވެ. އަހަރެންނަށް ނިދަން އުނދަގޫވާ ވާހަަކައާއި، ޒައިދާން ކަންތަކުގައި އަބަދު ރޮވޭ ވާހަަކަ އާއި، ތެދުވާހިތްނުވެފައި އެނދުގައި އޮންނަން ބޭނުންވާ ވާހަކަ ވެސް ބުނީމެވެ. ބޭބެ ވަކިންވެސް ޑޮކްޓަރާ ވާހަކަ ދެއްކިއެވެ.
ދުވަސްކޮޅަކު އަހަރެން ބޭސް ބޭނުންކުރަންޖެހޭނެ ކަމާއި، ބޭސް ބޭނުންކުރުމުން ނިދިއައުން އެކަށީގެންވާ ކަމަށާއި، ގަޑިން ގަޑިއަށް ބޭސް ކެއުމަށް ޑޮކްޓަރު އަހަރެންނަށް އިރްޝާދު ދެއްވިއެވެ. ބޭސް ބޭނުންކުރުމުގެ ސަބަބުން ކުރިން އަހަރެންނަށް ނުވާ ބައެއް އުނދަގޫތައް ވެދާނެކަމުގައި ވެސް ޑޮކްޓަރު ވިދާޅުވިއެވެ. އަދި ވީ އެންމެ އަވަހަކަށް އަހަރެން ތެރަޕިސްޓެއް ގާތަށް އަހަރެން ގެންދިޔުމަށްވެސް ބޭބެގާތު ޑޮކްޓަރު ބުންޏެވެ.
++++++++++++++++++++++++++++++++++++++++
“ބޭބޭ އަހަރެންގެ ބޭސްސިޓީ އަހަރެންނަށް ދައްކާލަަބަލަ..ބަލާލަން ބޭނުން..” އަހަރެން އޭގައި ޑޮކްޓަރު ލިޔެފައި ހުރީ ކޯއްޗެއްތޯ ބަލާލަން އަހަރެން ބޭނުންވިއެވެ.
“އަން މިއޮތީ…” ބޭބެ އަހަރެންއަތަށް ބޭސްސިޓީ ދިނެވެ.
ބޭސް ސިޓީއަށް ނަޒަރު ހިންގާލުނުން އަހަރެންނަށް ފާހަގަވީ ޑޮކްޓަރު އަހަރެން ‘ޑައިގްނޯސް’ ކުރައްވާފައި ވަނީ ‘ޑިޕްރެޝަން
އަށް ކަމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Am I first???..Btw kiyaafa comment eh kohlaanan ingey sis???
Yes thee first 😀 cool jiji !
Yaas4 ge vaahaka kiyaa hurihaa kudhinnah varah bodah SHUKURIYAA.. keep reading XoXO <3
For all readers ♥️????
Masha Allah… Vr vr vr vr rythi.. ekam mi part GA zaidhan he vaahaka mi part GA genesdhyfa nethyma kudakoh odd. But Hama vr vr vr rythi… Next part avahah up kohla dhehchey… Waiting waiting.. ?????????????????????????????????????????????reply kurahcheh mi comment ah..
@Naf: This part was basically about what Ifa goes through ey .. so Zaidhan nannanu dho.. hehe Naf you missing Zaidhan? 😀