“އަހަރެން މިއަހަނީ ޝަލީންގެ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއްހޭ؟” ހައިޒަލްގެ ކަތުރު ކަށިގަނޑަށް ބާރުވެގެންދިޔައިރު ޝަލީންއާއި ދިމާލަށް އެނބުރުނުގޮތަށް ހަޅޭލަވައިގަތެވެ. ހައިޒަލްގެ ހަރުކަށި އަޑުން ކޮޓަރިތެރެ ގުގުމާލިއިރު ޝަލީންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.
“މަ..ޔާ..ން…” ކެޑިކެޑިގެން ކަހަލަގޮތަކަށް އެ ބަސް ދުލުން ބޭރުވެގެންދިޔައިރު ޝަލީންގެ ލޮލުގެ ތެރޭ ކަރުނަތައް ބަބުޅަންފަށައިފިއެވެ.
“މަޔާން ދެޓް އިޑިއެޓް…” ހައިޒަލް ދަތްތަށް ކާރުވާލައިގެން ހުރެ ބެލްކަނީގެ ރެއިލިންގްއަށް ބާރު އެތިފަހަރެއް ބޭލިއެވެ. ޝަލީންގެ ހިތް ނޭނގޭގޮތަކަށް ތެޅިގަތްއިރު ޖެހިލުންވެފައިހުރެ ހައިޒަލްގެ ނަމުން ގޮވާލެވުނެވެ. އެވަގުތު ހައިޒަލް ފަސްއެނބުރި ބަލާލިއިރު އެ މޫނުން ފެނުނީ ތަފާތު އަސަރެކެވެ. ކަރުނުން ވިދަމުންދާ ލޮލުން އެތައް ހިތާމައެއް ފާޅުވިއިރު ތުންފަތްމަތީީވީ މަލާމާތުގެ ހިނިތުންވުމެކެވެ.
“އެމޭޒިން… ޝަލީން އިޝާރު… ވަރަށް މޮޅު ޑްރާމާއެއް ދެމީހުން ތިކުޅެލީ… ދެރައީ ދެމީހުންގެ ގޭމްގައި ބޭކާރުގޮތުގައި އަހަރެންވެސް ބައިވެރިކޮށްލީމަ… އަހަރެން ވެއްޖެ އެމީހަކު ބޭނުންގޮތެއް ހައްދަން ހުރި ކުޅޭއެއްޗަކަށް…” ފަހު ޖުމްލައާއިއެކު ހައިޒަލް ކުޑަކޮށް ބޯހޫރާލަމުން ދުރުބަލާލިގޮތަށް ވިސްނަންފެށީ ކޮންކަމަކާއިކަމެއް ނޭނގުނެވެ. އަތްމުށްކެވިފައިވާ އަތާއި ލޯހަނިކޮށްލައިގެން ހުރިއިރު އަމިއްލަ ނަފްސު މައިތިރިކުރަން އުނދަގޫވަމުންދިޔައެވެ. އޭނަގެ ދިރިއުޅުމާއި ކުޅެމުންދާ އެންމެންގެ ފަރާތުން ނުބައި ބަދަލެއް ހިފާލުމަށް ހިތް އެދުނެވެ.
“ހައިޒަލް އައިމް ސޮރީ…” ފާއިތުވެގެންދިޔަ ހިމޭންކަމުން އުނދަގޫވެގެން ޝަލީން ވާހަކަދެއްކިއެވެ.
“ވަރަށް ފަސޭހަދޯ ތިހެން ބުނެލަން… އިނގޭތަ އަހަރެންނަށް ކިހާ މުހިންމު އެއްޗެއް ދޫކޮށްލާފައިކަން މިކައިވެނި ކުރީ… މިހާރު އަހަރެންވީ ޝަލީން ކުރި ފާފައިގެ ޒިންމާ ނަގަން… މުއްސަނދި ބައްޕަ ބޭނުންކޮށްގެން ތިކަން ބޮލުގައި އަޅުވާލާނޭ މީހެއް އަހަރެން ނޫނީ ނުފެނުނީތަ؟” ޝަލީންގެ ޖުމްލަަތައްވީ ކެކިހުރި އަލިފާނަށް ޕެޓްރޯލް އެޅުންފަދަކަމަކަށެވެ. ހައިޒަލް ހިމޭންވެފައި ހުރެވެސް ފަށައިގަތެވެ. ހަމައިން ނައްޓާގޮތްވީއިރު ހިތަށް އެރިހާ އެއްޗެއްކިޔާލެވުނު މީހަކާއި ދިމާލަށް ދުވަހަކު ކިޔާނުލެވޭހާ ހަޑި ބަސްތަކެއް ޝަލީންއާއި ދިމާލަށް ކިޔާލެވުނެވެ. އެވަރުންވެސް ހައިޒަލް ހުއްޓާލަން ހިތަށް ނޭރިއިރު ކުއްލިއަކަށް މައިިތިރިވީ ޝަލީންގެ ހަޅޭލަވައިގަތްއަޑުއިވިފައެވެ. އޭރު ޝަލީންގެ މުށަށް ބާރުވަމުންދިޔައިރު ކަރުނުން ފުރެމުންދިޔަ ލޮލުން ހިތްދަތިކަމާއި އެކުވެގެން ރުޅިވެރިކަން ފެނިލިއެވެ.
“ދެން ހުއްޓާލާ… އަހަންނާއި ދިމާލަށް ލައްކަ އެއްޗެހި ކިއިއްޖެއެއްނު… ހައިޒަލްއަށް ކޮން ހައްޤެއް އޮތީ މިދަރިފުޅާއި ދިމާލަށް ނަހަލާލު ދަރިއަށް ގޮވަން… އަހަރެންގެ ކުޑަވެސް ސިއްރެއް ހައިޒަލްއަށް އިނގޭތަ؟” ޝަލީން ދޮންމޫނު ރަތްވެގެންގޮސް އަލިފާންގަނޑެއްހެން ހީވެއެވެ. އެތަކެއް އަސަރުތަކެއް އެކުވެގެން އެލޮލުން ތާއަބަދުހެން ފެންނަމުންދާ ހިތްހަލާކުވެފައިވާކަމުގެ އަސަރުތައް ދެގުނަކޮށްލައިފައިވެއެވެ.
“ކަލޭމެން ފިރިހެނުންނަށް ހަގީގަތް ބަލާލުމަކީ އޮންނަކަމެއްނޫންތަ؟ ހިތަށް އެރިހާ އެއްޗެއް ކިޔާލާއިރު އަހަރެމެންގެވެސް އޮންނަނީ ހިތެކޭ…” ޝަލީންގެ ހިތްހަލާކުވީވަރުން އެ ޖުމްލަތައް ދުލުން ބޭރުވެގެންދިޔައިރު އެ ޖުމްލަތައް ނިސްބަތްކުރީ މަޔާންއަށެވެ.
“އަހަރެން ގަބޫލުކުރަން ހައިޒަލްއަށް އޮޅުވާލެވުނުކަން… އެކަމަކު އެއީ އަހަރެން އިނގިހުރި ކުރިކަމެއްނޫން… އަހަންނާއިއެކު އިތުރު ދިރުމެއްވާކަން އިނގުނުނަމަ މުޅި ދުުނިޔެއަށް ބަދުނާމްވެގެންވެސް އަހަރެން މިކައިވެނި ހުއްޓުވީމުސް… ހައިޒަލްއާއި ކައިވެނިކުރުމަކީ އަހަރެން ބޭނުންވެގެން ކުރިކަމެއް ނޫނޭ…” ޝަލީންގެ ހިތްކުދިކުދިވެ އެތިކޮޅުތަކަކަށްވަމުންދާއިރު ބޭރުފުށުން އެއްވެސް އަސަރެއް ދައްކައެއްނުލިއެވެ. އޭރު ހައިޒަލް ހުރީ ޝަލީން ދައްކަން ބޭނުންވާ ވާހަކަތައް ދައްކަން ފުރުސަތުދީގެން ހެން ހީވެއެވެ.
“މިކައިވެނި ކުރެވުނުއިރުވެސް އަހަރެންގެ ކައިވެނިވަނީ މަޔާންްއާއި ކުރެވިފައި… އަހަރެމެން އޮސްޓޭލިއާގައި ކިޔަަވަން ތިބި ފަހު އަހަރު މަޔާން ރާއްޖެއަށް އައީ އަހަރެން މަޔާންގެ ހައްޤަކަށް ހަދާފައި… މިޙުރާންއާއި ބައްޕައާއި ދެމެދު އޮތް ދެކޮޅުވެރިކަމާއިއެކު އަހަރެމެންނަށް ދުވަހު ނުގުޅެވޭނެކަން އިނގޭތީ އެގޮތަށް ކަންތައްކުރަން މަޖުބޫރުވީ… މާލެ އައުމަށްފަހު އަހަރެމެން ސިއްރުން ބައްދަލުކުރަމުން ދަނިކޮށް ބައްޕައަށް އެކަން އިނގިލެއްވީ… ބައްޕަ ވަގުތުން އަމުރުކުރެއްވީ މި ކައިވެނި ކުރުމަށް… ” ޝަލީންގެ ހަޔާތުގެ ހުރިހާ ސަފްހާތަކެއް ހައިޒަލްގެ ކުރިމަތީ ހުޅުވަމުންދިޔައިރު ޝަލީން އިނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެ ރީތި ލޯ ކަރުނުން ބަރާވަމުންދިޔައިރު ކަރުނަތައް ފޭބިޔަނުދީ ހިފަހެއްޓުމަށް ޝަލީން ހިތްވަރުކުރިއެވެ. ހައިޒަލްއަށް ބޭއިޚުތިޔާރުގައި ޝަލީންގެ އަތުގައި ހިފާލެވުނެވެ. މިވަގުތު ޝަލީންގެ ހިތަށްކުރާނެ އަސަރާއި ވާނެ ދެރަ ހައިޒަލްއަށް ކިތަންމެ ރަގަޅަށްވެސް އިހުސާސްކުރެވެއެވެ. ޝަލީންގެ މަޖުބޫރީ ހާލަތު މިއަދު ފުރަތަމަ ފަހަރަށް ހައިޒަލްގެ ހިތުގައި އިންތިހާ ދަރަޖައިގެ ހަމްދަރުދީއެއް އުފައްދައިފިއެވެ.
އެ ވާހަކަ އަޑުއަހަންއިންއިރު ހައިޒަލް އިނީ ހަދާނެގޮތެއް ނޭނގި ނުތަނަވަސްވެ ދެރަވެފައެވެ. ޝަލީންގެ ހިތްހަމަޖައްސާލަދޭނޭ ލަފުޒުތަކެއްވެސް ނުވިސްނުނެވެ. ކުރެވުނުހާވެސްކަމަކީ ޝަލީންގެ ގާތުން މައާފަށް އެދުމެވެ. އޭނަ ކިޔާލި ދަށުދަރަޖައިގެ ބަސްތައް ޝަލީންއަކަށް ހައްޤެއްނުވެއެވެ. ޝަލީންއަކީ އެއަށްވުރެ މާތް ކުއްޖެކެވެ. ނަމަވެސް އެހެން މީހުންގެ ނުރުހުމުގެ އަމާޒުފަތްގަނޑަކަށް ވާން ތަގުދީރު ޝަލީންއަށް ނިޔާކުރީއެވެ.
“ޕްރެގްއިރު ތިގޮތަށް ރޮއެ ހެދުމަކީ ރަނގަޅުކަމަކަށް ނުވާނެ…” ހައިޒަލް ޓިޝޫ ފޮށިން ޓީޝޫ ތަކެއް ނަގާފައި ޝަލީންގެ އަތުތެރެއަށް ލައްވައިދިނެވެ. އޭރު ދެޒުވާނުން ތިބީ ކައިރި ކައިރީ ބަހައްޓާފައިވާ ދެ ސަންޗެއަރގައި އިށީދެލައިގެންނެވެ.
“ދެން ކިހިނެތް ހަދަން ތިވިސްނަނީ… އެންމެފުރަތަމަ ދުވަހުން ފެށިގެންވެސް މިމެރިޖް ރަނގަޅެއް ނުވާނެ….” ހައިޒަލް ކަކުލުގައި އުޅަބޮށި ވިއްދާލައިގެން ނިތްކުރީގައި ދެއަތްތިލަ ޖައްސާލައިގެން އިންއިރު ހައިޒަލް ވިސްނަމުންދާވަރު ޝަލީންއަށް ނަގައިގަނެވުނެވެ.
“އައިނޯރ… އަސްލު ނޭނގެ ޔާންގެ މެރީޖްވެސް ރަނގަޅުވާނޭކަމެއް… ބައްޕައަށް ނޭނގިކޮށްފައި އަދި ފަހުން ހައިޒަލްއާއި މެރީކޮށްފައި… މަޔާން ކަންތައްކުރާނޭ ގޮތަކުން ދެން ހަދަންވީ ގޮތެއް އިނގޭނީ… ޓިލް ދެން… އައިމް ސޮރީ ހައިޒަލްއަށް ބާރޑެންއެއް ޖެއްސޭތީ…” ޝަލީންގެ ލޮލުން ނިލި އެތައްހާސް ހިތާމައިގެ އަސަރާއިއެކުވެސް ހިނިތުންވެލައިފިއެވެ. ހައިޒަލްއަށް ޔަގީންވީކަމަކީ ހަގީގަތް އިނގިގެން މަޔާން ޝަލީން ހޯދަން ހިފާލިޔަސް އިޝާރު ޝަލީން މަޔާންއަށް ދޫނުކުރާނޭކަމެވެ. ކުދިންގެ އުފަލަށްވުރެ އަމިއްލަ ގޮތުގައި ހިފަހެއްޓުން އިޝާރުއާއި އަލްހާންއަށް މާ މުހިންމެވެ.
“ހައިޒަލް ހާސްނުވޭ… އަހަރެން ނެތިން މިދަރިފުޅަށް ހައިޒަލްގެ ނަންދީގެން ދުނިޔެއަށް އޮޅުވާލާކަށް… އަހަރެން އެންމެންނަށް ހަގީގަތް އަންގަދޭނަން… ދުނިޔެ ކޮންމެގޮތަކަށް ދެކުނަސް އަހަރެން ކުރީ ކުށެއްނޫން… އެކަމަކު އަހަރެން ދުވަސްކޮޅެއް ބޭނުން… ހައިޒަލް… އައިމް ރިއަލީ ސޮރީ…” ޝަލީން ހިނިތުންވެލައިގެން އިންނަމަވެސް އެ ލޮލުގައި ވިދަމުންދާ ކަރުނަތަކުން އެހިތަށް ކޮށްފައިވާ ފުން އަސަރުވީ ހާމައަށެވެ. އެ ހިމޭން ކަރުނަ ހައިޒަލް ކިތަންމެ ދުވަހަކު ދެކުނަސް މިއަދު ކުރިފަަދަ އަސަރެއް ނުކުރެއެވެ. އޭނަ ޝަލީންއާއި މެދު ދެކެމުން އައިގޮތް މިއަދު ބަދަލުވެއްޖެއެވެ. ޝަލީންއަކީވެސް ތެދުވެރި ލޯތްބަކަށްޓަކައި ހަނގުރާމަކުރަމުން އައި ޒުވާނެކެވެ. ނަމަވެސް ދުނިޔޭގެ ކަށިކުނބުރުުތަކުގައި ޖެހި ޝަލީންއަށްވެސް ނާކާމިޔާބުވީއެވެ. އޭނަ ފަދައިންނެވެ.
“އެހާތަނަށް އަަހަރެމެންނަށް ފްރެންޑްސްއިން ހެން އުޅެވިދާނެ…” ހައިޒަލް ޝަލީންގެ އަތަށް ކުޑަކޮށް ފިތާލިއެވެ. އެ ޖުމްލައިން ޝަލީންގެ ހިތަށް ފިނިކަމެއް ލިބުނުކަން ޔަގީނެވެ. ހައިޒަލްގެ މައާފާއިއެކު ސިކުނޑިން އެތައް ބަރެއް ނެގިގެން ހިނގައްޖެއެވެ.
“ޔޫ ޑޫ ހޭވް ސަމްވަން ސްޕެޝަލް… އިޓް ސީމްސް… އަހަރެންމެންގެ ދިރިއުޅުން ހާދަ ކޮމްޕިލިކޭޓެޑްއޭ… އިފް ޔޫ ޑޯންޓް މައިންޑް… ކިޔައިދީފާނަންތަ؟” ހައިޒަލްއާއިއެކީ އުޅެންފެށީއްސުރެ ޝަލީންގެ ހިތުގައި އުފެދިފައިވާ ސުވާލު ހައިޒަލްއާއިކޮށްލިއެވެ. އެއާއިއެކު ހައިޒަލްއަށް ޝަލީންއާއި ދިމާލަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. އެ ވާހަކަތައް ކިޔައިދީގެން ޝަލީންގެ ހިތަށް އިތުރުވޭނެއްދޭކަށް ހައިޒަލް ބޭނުމެއްނުވިއެވެ.
“ކުއްޖެއްދެކެ ވަރަށް ބޮޑަށް ލޯބިވިން… އެކަމް އޭނައަކަށް ނޭނގޭނެ… ދެމީހުން ރައްޓެހިވެގެން އުޅުނުއިރު ލޯބިވާވަހަކަ ދުވަހަކުވެސް ނުބުނަން… މިހާރު ހިތަށްއަރާ ނަސީބެކޭ އޭރު ނުބުނެވުނުކަން… އެހެންނޫންނަމަ އޭނަ މާބޮޑަށް ސަފަރކުރާނެ… ޝީ މެންޓް އެ ލޮޓް ޓު މީ… ޑޭޑް މެން ފޯރސްކުރަންފެށީމަ އޭނަ މިކަމުގެ ތެރޭ އިންވޯލްކުރަން ބޭނުންނުވާތީ ދޫކޮށްލީ… އޭނަައަކަށް އެއްވެސް ކަމެއް ނޭނގޭނެ.. ބޭނުމެއްވެސްނޫން އިނގޭކަށް… އިތުރަށް ނާހައްޗޭ…” ހައިޒަލް އަލްހާންގެ ޤަދަރުކުޑަކުރަން ބޭނުންނުވާތީ އަލްހާންގެ އަނިޔާވެރިކަން ޝަލީންއަށް ކިޔައިދޭކަށް ނޫޅުނެވެ. އެއީ އޭނަ ޝާދީންއަށްވެސް އޭނަ ސިއްރުކޮށްފައިވާ ބާބެކެވެ. އަލްހާން ކޮންމެގޮތަކަށް ކަންތައްކުރެއްވިޔަސް އެއީ އޭނަގެ ބައްޕައެވެ. ބައްޕަގެ އަގުހިފަހައްޓަން އޭނަ ދަނެއެވެ.
ޝަލީން އިތުރަށް އެވާހަކަ އޮޅުންފިލުވަން ބޭނުންވިޔަސް ހައިޒަލް އިތުރަށް ނާހާށޭ ބުނުމުން ސުވާލުކުރާކަށް ނުކެރުނެވެ. ހައިޒަލް އިތުރަށް ނޭހުމަށް އެދުނީވެސް ޝަލީންއަށް އެ ކުއްޖަކީ ނައިނާކަން އިނގެން ބޭނުންނުވާތިއެވެ. އެކަން އިނގުމުން ޝަލީންގެ ހިތަށް އުނދަގޫވާނެވަރު އޭނައަށްވުރެ ރަނގަޅަށް އިނގޭނޭ މީހަކު ނުހުންނާނެއެވެ.
އިރުކޮޅަކަށް ދެޒުވާނުން ހިމޭންވިއިރު ޝަލީން ރޭގަނޑުގެ ތަހުނިޔާ ކިޔާލުމަށްފަހު އެތެެރެއަށްވަތީ ލޮލަށް ނިދީގެ ބާރު ގަަދަކުރަންފެށުމުންނެވެ. ހައިޒަލް ނިންޖާއި ނުވާތީ އެވަރުން ކޮޓަރިއަށް ދާކަށް ނޫޅުނެވެ. ސަންޗެއަރގައި އޮށޯވެލިގޮތަށް ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ވިދަމުންދާ ތަރިތަކަށް ބަލަހައްޓައިގެން އެތައް އިރަކު ވިސްނަން އޮވެވުނެވެ.
*** *** *** *** *** ***
ހައިޒަލް ކެބިންއަށް ވަދެގެން އައިރު ނައިނާ ހުރީ ދޮރަށް ފުރަގަސްދީގެން މޭޒުމަތީ ބަހައްޓާލެވިފައިވާ ފައިލްތަށް ތަރުތީބުކުރާށެވެ. ހައިޒަލްގެ ހިލަންވެގެން ފަސްއެނބުރިބަލާލިއިރު އެލޮލުގެ ތެރޭ ގައިދުވެފައިވީ އަސަރަކުން ހައިޒަލްގެ ހިތް ޒަހަމްވެގެންދިޔަހެން ހީވިއެވެ. އޭނަގެ ހިތުގައި އުފެދުނު ނުތަނަވަސްކަން ހަގީގަތަކަށްވެގެންދިޔައީއެވެ. އޭނަގެ ހަބަރުތައް އޭގެ އެންމެ ތާޒާކަމާއިއެކު ކޮމްޕެނީ ތެރޭ ފަތުރާ މީހަކަށް ސާބަސްދޭހާ ވަރުވެއެވެ.
ނައިނާގެ ރީތިލޮލާއި ހައިޒަލް ހަތަރުކަޅި ހަމަކޮށްލައިގެން ހުރިއިރު އެލޮލުން ކަޝްފުވެފައިވާ ވޭންތަކުން ހިތަށް ވޭނެއް ލިބުނެވެ. ނައިނާއަށް ހުރިހާ ހަގީގަތެއް އަންގައިދޭން ބޭނުންވިއެވެ. ނަމަވެސް ޝަލީން ވަކިގޮތެއް ނިންމަންދެން އޭނަ ހިމޭނުން ހުރުން މަޖުބޫރެވެ.
“ކޮންގްރެޓްސް… ސިސް ޕްރެގްވާހަކަ އަޑުއެހިން…” ނައިނާ ހައިޒަލްއާއި ދުރަށް ހިނގައިގަންނަމުން އިއްވާލިއިރު އެލޮލަށް އޭރު ޖަމާވަމުންދިޔަ ކަރުނަތައް ހައިޒަލްއަކަށް ނުފޮރުވުނެވެ. ނައިނާއަށް ހީވީ ވަޅިއަކުން އޭނަގެ ހިތް ކަފަމުންދާހެންނެވެ. ހައިޒަލް އޭނަގެ މަތިން މުޅިންހެން ހަނދާންނައްތަލައިފިކަން ޔަގީންވުމުން ހިތަށް ކުރީ ފުންއަސަރެކެވެ. ޝަލީންގެ އުފަލުގައި ބައިވެރިވާން ބޭނުންވިޔަސް އޭނަގެ ހިތް ކަރުނައަޅާ ރޮނީއެވެ.
“ތޭންކްސް…” ހައިޒަލް އެވަގުތު ނައިނާގެ މޫނަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. ދުނިޔޭގެ ނަޒަރުގައި ޝަލީން ބަލިވެއިނީ އޭނަގެ ދަރިއަކަށްކަމަށްވިޔަސް އޭނަ ޝަލީންއާއި ދިމާލަށް އެފަދަ ނަޒަރަކުން ދުވަހަކުވެސް ބަލާލައިފައެއްވެސް ނުވެއެވެ. ނަމަވެސް އެކަން ދެނަހުރީ ކާކުހެއްޔެވެ؟ ތަގުދީރު އޭނައާއި މިކުރަނީ ކޮންފަދަ ނުުބައި ސަމާސާއެއް ހެއްޔެވެ؟ އޭނަ ނުކުރާކަމެއްގެ ޒިންމާ ބޮލުގައި އަޅަން ޖެހުނީއެވެ.
ނައިނާ ކަރުނަތައް ދިރުވާލަމުން ދުރަށް ހިނގައިގަތްއިރު އެ ލަފްޒުންވެސް ހިތަށް ލިބުނީ އިތުރުވޭނެކެވެ. އެއީ ހިތަށް ފިނިކަން ގެނެސްދޭ ބަހަކަށްވިޔަސް ނައިނާއަށް އެބަސް ހިތަށް ހަރާލެވުުނު ކައްޓަކާއި އެއްވެސް ތަފާތެއް ނެތެވެ. އޭނަގެ ހައިޒަލް ދުލުން އަހާލަން ބޭނުންވަނީ އެންމެ ލަފްޒެކެވެ. ނަމަވެސް އޭނަ ދިރިހުއްޓާ އެލަފްޒުތައް އިވޭނޭކަމަށް ނައިނާ އުއްމީދުކުރިކުރުން ހުއްޓާލައިފިއެވެ.
ނައިނާގެ ފިޔަވަޅުގެ އަޑު ކެނޑިގެންދިޔުމާއިއެކު ހައިޒަލް ބާރު ހިނގުމެއްގައި ގޮސް ބެލްކަންޏަށް ނިކުމެލިއެވެ. ފިކުރުގެ ކަނޑުގައި ޣަރަޤުވާން ނަފްސު ދޫކޮށްލައިގެން ހުއްޓާ މިކްޔާލް ނިކުމެގެން އައީ ކޮންތާކުންކަމެއްވެސް ނޭނގުނެވެ. އެއާއިއެކު ދުވަންފެށި ސިނގިރޭޓްގެ ދުމުގެ ވަހާއިއެކު ހައިޒަލްގެ ބޮލުގައި އެެއްޗަކުން ޖެހިހެން ހީވިއެވެ. އޭނަގެ ސިކުނޑީގައި ރަނގަބީލެއް ޖަހާލިއިރު ހިނދުކޮޅަކަށް އޭނަގެ ހުވަފެން ލޯމައްޗަށް ސިފަވެލިއިރު ހައިޒަލްގެ ތަބީއަތް ހަރާބުވާގޮތްވިއެވެ. ވަގުތުން މިކްޔާލްގެ އަތުން ސިނގިރޭޓް ޖަހައިގެންގޮތަށް މަގުމައްޗަށް ހޫރާލުމަށްފަހު ސިކުންތުކޮޅަކުވެސް އެތާ މަޑުކުރުމެއްނެތި ކެބިންއަށް ވަތްގޮތަށް ބެލްކަނި ދޮރުޖަހާލައިފިއެވެ. އޭރުވެސް ހިނދުރީގައި އެވަސް ހިފާލައިފައިވާގޮތުން ހައިޒަލްއަށް އުނދަގޫވިއެވެ. ދެތިން ފަހަރަކު ރޫމްތެރެއަށް އެއަރފްރެސްނަރ ޖަހާލެވުނީ އެވަސް ރޫމްތެރޭ ހިފަމުންދާހެން ހީވެފައެވެ.
*** *** *** *** *** ***
ރޯޒްވުޑް މޭޒުކައިރީ ބެހެއްޓިފައިވާ އެޒެކެޓިވް ގޮނޑި ދޮރަށް ފުރަގަސްވާގޮތަށް ކުޑަދޮރުތަކާއި ދިމާލަށް އަނބުރާލައިފައިވާއިރު ރިޔާޒު އޮންނެވީ ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައްވައިގެން ބޭރަށް ނަޒަރު ހުއްޓާލައްވައިގެންނެވެ. މޭޒުމަތީގައި ބައިންދާފައި އިން ޓެލެފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސަވާލައްވާފައިވާ ވާއިރު ރިޔާޒު ކޮންމެވެސް މީހަކާއި ވާހަކަ ދައްކަވަމުންދިޔައެވެ. އެ ހިމަލޮލުން ފެންނަމުންދިޔަ މަކަރުވެރި ވިދުމާއިއެކު ރިޔާޒު މަޅިފައްޗެއް ޖަހަން ރާއްވަވަނީހެން ހީވެއެވެ.
“ހާސްނުވޭ… އަހަރެން މިތާ ހުއްޓާ އެހެންމީހަކަށް އެކަން ކޮނެނަގަން ފަސޭހަވާނެހެން ހީވޭތަ؟ ކޮންމެގޮތެއް ހަދައިގެންވެސް އަހަރެމެންގެ ސިއްރު ކައްވަޅާއި ހަމަޔަށް ރައްކާކުރާނަން… ދެން އައްމާރުގެ މައްސަލަ… އެކަން އަހަރެން އޮއްބާލެވޭތޯ ބަލާނަން… އުނދަގޫވިޔަސް މަސައްކަތް ކުރެވިދާނެތާ…” ރިޔާޒު ވާހަަކަދައްކަވަމުންދިޔައިރު މޫނުމަތިން ފާޅުވަމުންދިޔަ ކުލަވަރުތަކުން އަމިއްލަ މީހާއަށް މީހާ ފެނިފައިވާކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވިއެވެ.
ރިޔާޒު ފޯނުބާއްވަވަމުން މޭޒާއި ދިމާލަށް ގޮނޑި އަނބުރާލެއްވިއިރު މޭޒުކައިރީ މަޑުކޮށްލައިގެން ހުރި މަޔާން ފެނުމާއިއެކު ރަނގަޅަށްވެސް ސިހިލެއްވިއެވެ. މަޔާންގެ ހުށިޔާރުކަމާއިއެކު ކަންކަން ނަގައިގަންނަލެއް އަވަސްކަން ފާހަގަވެފައިވުމުން ހާސްވެފައި މަޔާންގެ މޫނަށް ބަލާލެއްވުނީ މަޔާންއަށް އޭނަ ދެއްކި ވާހަކަ ދޭހަކޮށްގަނެވުނުކަމުގެ ޝައްކާއިއެކުގައެެވެ. ނަމަވެސް މަޔާންގެ މޫނުން ތަފާތު ކަމެއް ފާހަގަނުކުރެވުނުއިރު ރިޔާޒުގެ ހިތަށް ހަމަޖެހުމެއް ލިބިލެއްވިއެވެ. މަޔާންއަށް ދެކެވުނު ވާހަކަ އަޑުނީވޭކަމަށް ޔަގީންކުރެއްވިއެވެ.
“ނިމިފައި ހުރި ބައެއް ކޭސްގެ ފައިލްތައް ސަރ ޗެކްކޮށްލަން ހަވާލުކޮށްލަންވެގެން…” މަޔާން ހިފަހައްޓާލައިގެން ހުރި ފައިލްތައް ރިޔާޒް އިންނެވި މޭޒުގެ އެއްފަރާތެއްގައި ބެހެއްޓިއެވެ. އެއާއިއެކު ރިޔާޒްގެ މޫނަށް ބަލާލީ އިތުރަށް ވާހަކަދައްކަން ބޭނުންވެފައިހުރެއެވެ. އެވަގުތު ރިޔާޒް މަޔާންގެ މޫނަށް ބައްލަވާލައްވާފައި ކުރިއަށް ގެންދިޔުމަށް އިޝާރާތްކޮށްލެއްވިއެެވެ.
“ކުރީގެ ކޭސްތައް ބެލުމަށްފަހު އަޅުގަނޑު ނިންމައިފިން އޭ.އެޗް.ފިނޭޝިއަލްގެ ކޭސް ނަގަން…” މަޔާންގެ ޖުމްލައާއިއެކު ރިޔާޒުގެ އަތުތެރޭގައި އޮތް ޓެލެފޯންގެ އަތްގަނޑަށް ބާރުވެގެންދިޔައެވެ. މަޔާންއަށް އެކަން ފާހަގަކުރެވުނުއިރު ރިޔާޒްއާއި ދިމާލަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. ރިޔާޒުގެ ނުބައި ފަރާތެއް އޮތްކަން އޭނައަށް ޝައްކުވީ މެލޭޝިޔާއަށް ގޮސް ހުރި ދުވަސްވަރެވެ. މިއަދު ރިޔާޒު ދެއްކެވި ވާހަކަތައް އަޑުއިވުމާއިއެކު ޝައްކުގެ ސިލްސިލާއަށް ބޮޅެއް އިތުރުވެއްޖެެއެވެ. ރިޔާޒުގެ މިވަރަކުން އެ ކޭސް ހިންދާލަން އުޅެނީ މާޒީގައި ކޮންމެވެސް ނުބައި ޖަރީމާގަނޑެއް ހިންގާލައިފައި އޮތީމައެވެ.
“ތިކަމާއި ގުޅޭގޮތުން ކުރީގެ މީޓިންގައި ގޮތެއް ނިންމާފައި އޮންނާނީ… އިތުރަށް ތިވާހަކަދައްކާކަށް ނުޖެހޭނެ… ތި ނޫނަސް މިތާގައި ބައިވެރި ކޭސްތައް އެބަހުރި… އެކާވީސް އަހަރުފަހުން ކޭސް އަލުން ހުޅުވައިގެން ބަލާނެކަމެއް ނޯންނާނެ… ވަކިހިސާބަކުން އެކަށީގެންނުވާ ކެހި ނުލިބިގެން ކޭސް ކްލޯސްކުރަން ޖެހޭނީ.. ވީއިރު މާނައެއް ނެތްކަމެއް ކުރަންވީ ކީއްކުރަން….” ރިޔާޒުގެ އަޑުގައިވީ ހަރުކަށިކަމެވެ. އެ ކޭސް މީހުންގެ ލޯމައްޗަށް އޮޅުވާލުމުގައި އޭނަ ކާމިޔާބުކުރިއިރު ތޭވިސް އަހަރުފަހުން ހަގީގަތް ފާޅުވެގެންދާކަށް އޭނާއަކަށް ދުލެއްުނުކުރެވޭނެއެވެ. އެ ކޭސް ހުޅުވައިފިނަމަ ހުރިހާކަމެއް ފެންމަތިވެގެންދާނެކަމަކީ ރިޔާޒުއަށް ޔަގީންވާކަމެކެވެ.
“ސަރ..” މަޔާން އިތުރަށް ވާހަކަދައްކަން މަސައްކަތްކުރިއެވެ. ރިޔާޒު މިކޭސް އޮއްބާލަން މަސައްކަތްކުރާވަރަކަށް އޭނަގެ ހިތުގައި މިކޭސްއާއިމެދު ޝައުގުވެރިކަން އިތުރުވަނީއެވެ.
“އިތުރަށް މިވާހަކަ ނުދެއްކިއްޔާ ރަނގަޅީ… ނޫނީ މަޔާން ޑީމޯޓްކުރުމާއިމެދު އަހަންނަށް ވިސްނަންޖެހިދާނެ… ދެން ދިޔަސް އެންމެ ރަނގަޅު…” ރިޔާޒް އިންޒާރުދެއްވިއެވެ. އެއާއިއެކު މަޔާންއަށް ސަމާލުކަން ނުދީ ފޯނު ނަންގަވައި ކޮންމެވެސް މީހަކާއި ވާހަކަދައްކަވަން ފެއްޓެވިއެވެ. މަޔާން މޫނު ހަދާލައިގެން ހުރެ ކެބިންއިން ނިކުތެވެ.
ދިގު ކޯރިޑޯއިން ލާފައި އޭނަގެ ކެބިންއާއި ދިމާލަށް ދިޔައިރު ކެބިންގެ އެއްފަރާތެއްގައި ހުރި އިންޓްރޮގޭޝަން ރޫމްއިން ނިކުތް ޒުވާނަކު މަޔާންގެ އަތުގައި ހިފައި ދަމަމުން ކަހަލަގޮތަކަށް ގެންގޮސް އެ ރޫމްތެރެއަށް ވެއްދިއެވެ. ރޫމްގެ ދޮރު ލައްޕަމުން އެ ޒުވާނާ މަޔާންއާއި ދިމާލަށް ބަލާލިއިރު އެ މޫނުން ފާޅުވީ ހިތްހަމަނުޖެހުމުގެ ލިސާންތަކެވެ.
“މަޔާން އާރޔޫ ހޯރމޯނަލް…” އައިޒާން ދަތްތަކަށް ބާރުކޮށްލައިގެން ހުރެ މަޔާންއާއި ދިމާލަށް ހިފައިގަތެވެ.
“ހެހެ… ޗިލް ބްރޯ…” މަޔާން ލުއި ހުނުމަކާއިއެކު އައިޒާންގެ ކޮނޑުގައި ކުޑަކޮށް ޖަހާލިއެވެ.
“މިދުވަސްކޮޅު ހަމަ ރަނގަޅަށްވެސް މޮޔަވެފައިދޯ ތިހުންނަނީ… ރިޔާޒް ސަރއާއި ދެކޮޅަށް ހިފާލީމަ އޭނަ ދޫކުރާނެހެން ހީވަނީތަ؟ ހާދަ ހީވެޔޭ ފަޔަރޑް ނުކޮށްގެންނޭ ތިއުޅެނީ… ކޮންމެވެސް އޭ އެޗަކާއި އަވަލިގޮތަށް… އެއިމާރާތާއި ދެވާފައި ބަހައްޓަންވީ….” އެކުވެރިޔާއާއިމެދު ހާސްވެފައިހުރިވަރުން އައިޒާންއަށް ވާހަކަދެއްކުނީ ރުޅިވެރިގޮތަކަށެވެ.
“މަށަށްވުރެ މީނަ ހާސްވެއޭ… ހަމަޖެހޭ ފަޔަރކޮށްފިއްޔާ ބައްޕަގެ ލޯފާރމްއާއި ޖޮއިންކުރާނީ…” މަޔާން އެއްލޯމަރާލިއިރު އައިޒާން މަޔާންގެ ކޮނޑުމަތީ ބޮނޑިއެއް އެޅިއެވެ.
“ސީރިޔަސްކޮށޭ ޔާން… ރިޔާޒްއާއި ދެމީހުން ހިފަން ހަދައިގެން ވަޒީފާއިން ވަކިކޮށްފާނެ… އޭނަ މިހާރު އެހުންނަނީވެސް ފުދޭވަރަކަށް ޓެންޝަންގައި…” އައިޒާން މަޑުމައިތިރިކަމާއިއެކު މަޔާންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
“ޒާން ހާސްނުވެބަލަ… އަހަރެންގެ ހިތްބުނޭ މިކަމުގައި ގޯހެއް އެބައުޅޭ… ޑިރެކްޓަރއާއި ވާހަކަދައްކައިގެން ވިޔަސް އަހަރެން މިކަން ހޯދާނަން…” އެކަކަށް ނޭނގުނަސް ރިޔާޒުގެ އަނދިރި ފަރާތް މަޔާންގެ ކުރިމަތީގައި ކަޝްފުވެ އޭނަގެ ހިތުގައި ރިޔާޒްއާއި މެދު ޝައްކު އުފެދުނުތާ ކިތަންމެ ދުވަހެކެެވެ. ރިޔާާޒަކީ ވަކި ބައެއްގެ މަންފާއަށްޓަކައި މަސައްކަތްކުރަމުންދާ ރޮބެޓެކެވެ. އޭނަ އަމިއްލަ ހަލާކަށް ވެއްޓިގެންވެސް ރިޔާޒްގެ ފަތިފުށް ދުނިޔެއަށް ހާމަކުރާނެއެވެ. އޭނަ އެކަމުގެ އެންމެ ފުނަށް ފީނާ ފޮރުވިފައިވާ ހަގީގަތް ތިލަކުރާނެއެވެ.
*** *** *** *** *** ***
ހަވީރުވެގެން އައިރު ބަނަވިލާތައް ތަރުތީބެއް ނެތި އުޑުގައި އެތުރިލައިފިއެވެ. ދުންފުސްކުލައިގެ ވިލާތަކުގެ ތެރެއިން ނޫ އުޑުގެ ތަންތަންކޮޅު ފެނިލާއިރު ބަނަވިލާތައް ނޫކުލައާއި ވާދަކުރަމުންދަނީހެން ހީވެއެވެ. ފުޅާ މަގުގައި ހައިޒަލް ކާރުދުއްވާފައި އައިސް ޓްރެފިކް ލައިޓްއަށް މަޑުކޮށްލައިގެން އިންއިރު ތިިރިކޮށްލެވިފައިވާ ވިންޑްސްކްރީންއިން ބޭރުގެ މަންޒަރުތަކަށް ހައިޒަލްގެ ނަޒަރު ހުއްޓިފައިވެއެވެ. މިވަގުތު މަގުމަތީގައި ގިނަބަޔަކު ހަރަކާތްތެރިވަމުންދާއިރު މަގުގައި އުޅެމުންދިޔަ ތުއްތު ކުދިންގެ މައުސޫމް ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އިން ހައިޒަލްގެ ތުންފަތްމަތީ ފުން ހިނިތުންވުމެއްވިއެވެ. ފޫހިކަމެއް ނެތި އެމަންޒަރުތައް ދެކެން އިންއިރު ހިތަށް ފިނިކަމެއް ލިބުނެވެ.
ޓްރެފިކް ލައިޓް ރަތްވެގެން ކާރު ދުއްވާލަން ދިމާކޮށްލިވަގުތު ކުޑަ ފިރިހެންކުއްޖެއްގެ އަތުގައި ހިފަހައްޓާލައިގެން ފިހާރައަކުން ނިކުމެގެން އައި އަންހެންމީހާ ފެނިފައި ހައިޒަލްއަށް ކާރު ބްރޭކްގައި ހިފަހައްޓާލަމުން ކާރު ހުއްޓާލެވުނީ ކީއްވެކަމެއް ނޭނގެއެވެ. ވަގުތުން ސީދާވެގެންދިޔަ ހަށިގަނޑާއިއެކު އެ އަންހެންމީހާއާއި ދިމާލަށް ބަލާލެވުނުއިރު އެމީހާގެ މޫނުން ހައިޒަލްއަށް ދަންނަ ވައްތަރެއް ޖެހިއެވެ. އެއާއިއެކު އެއަންހެންމީހާ ލައިގެން ހުރި ފުލުސް ޔުނީފޯރމް ފެނިފައި ހައިޒަލްގެ ހަނދާނުގައި ކޮއްޓާލިހެން ހީވެއެވެ. އޭނައަށް އެ މީހާ ފެނުނީ ކޮންތާކުންހެއްޔެވެ؟ ހަނދާންކުރަން އުޅެ އުޅެވެސް ހައިޒަލްގެ ހަނދާނަކަށް ނައެވެ.
ހައިޒަލް ވަގުތުން ކާރުގެ ދޮރުފަތް ހުޅުވާލަމުން މަގަށް ނިކުތްގޮތަށް ދުވާރާއި ދިމާލަށް ހިނގައިގަތްއިރު ދުވަމުން ދިޔަ އެއްޗެހީގެ ހިލަމެއްވެސް ނުވިއެވެ. ސިކުނޑި ހަލަބޮލިކުރަމުންދާ ހިޔާލުތަކާއިއެކު ރަނގަޅަށް ސިކުނޑި މަސައްކަތްނުކުރާތީ ޓްރެފިކް ލައިޓް ރަތްވިކަން ހިނދުކޮޅަކަށް ނަމަވެސް ހައިޒަލްގެ ހަނދާނުން ކައްސާލީއެވެ.
އެވަގުތަކީ އެމަގުންލާފައި އައިސް މިޙުރާންގެ ނީލަމްކުލައިގެ ކާރު އެހިސާބަށް މަޑުކޮށްލި ވަގުތެވެ. މިޙުރާން ކާރުގެ ދޮރު ހުޅުވާލަމުން ފޭބިވަގުތުކޮޅު ފެނިލެއްވި މަންޒަރުން ދުނިޔެވެސް އެނބުރިގަނެގެން ދިޔަ ފަދައެވެ. މަގުގެ މެދުގައި ކަހަލަގޮތަކަށް ހައިޒަލް ހުރިއިރު އެ ދިމާލުން ބާރު ސްޕީޑެއްގައި އައިސް ހައިޒަލްއާއި އަރާހަމަވަމުންދިޔަ ލޮރީ ފެނިފައި މިޙުރާންގެ ސިކުނޑިވެސް ލުހިގެން ދިޔަހެން ހީވިއެވެ.
“ޒެލް…” މިޙުރާންގެ އަޑަށް ބާރުލައިފައި ހަޅޭލަވައިގަނެވުނީ ދުވަހަކު ހަޅޭލަވައިނުގަނެވޭހާ ބާރަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
54 Comments!
Comments are closed.






Me first dhw… vrh rythi mi part vs…. keep it up dear ? ❤️☺️??
The first line was a mistake dhiraa… sry ?
congrats on being first.. thankss dear
its okey
heres the 49th part.. hope you all will like this part too.. feel free to comment.. readers comments motivates me alot.. next part on saturday night.. keep waiting
V. reethi Vaahakaeh. Konmme dhuvahaku kiyaalun libeyne baaey hithah araa.
thankss dear.. konme dhuvahaku up nukurevenee adhi liyamudhaa vaahaka akah vaathee
Hehe actually the line was not wrong… my phn is a little bit crazy today sry for that ??
Awesome as always❤???
thnks
Varah reethi..♥
thankss dear
https://islamqa.info/en/answers/6044/reading-and-writing-fantasy-stories
a really intresting site…
Husvaguthu mikahala dhe dhuniyeinves dharuma eh nuvaa vaahaka kiyumaa liyumuga heydha nukuramaa!
a really good advice.. i blv on u….
Prophet (pbuh) expressly forbidding lying and the opinion that fiction writing is essentially lying because the versions are untrue.
That is a false judgement. A lie is a lie when you try to fool someone or the reader or listener is lead to believe the events he is reading is true. However, fiction writing does not fall under the category because fiction by defintion is everyone knowing that the versions are untrue.
Allah has forbade us from making things haraam by ourselves and calling fiction writing haraam is doing just that. You can even write alternate history as long as the reader knows that your intent is purely ficiton.
But if you purposefully write with the intention of twisting events into something that never happened, then that is surely haraam.
Also, while writing fiction, stay clear of faahisha as this is something which is also haraam in Islam.
If you take care of these two rules, you have a lot of scope for fiction writing left! Go ahead and enjoy and use your imagination as Allah has adorned you with.
I olso agree with u.. Bt miy munifoohifilivun… 24 hrs mikamaku noon kanneyge dhw mithibeni… Qabool kuran miyn thibunaakahala faidhaaeh nukuraanekn… Bt its useful hama kiyavaakudhinnah… V ideas libeyne vhk liyan… As wll as shifakuran dhasvegen dhaane… So dhekolhah balaifihyaa ehgothakun faidhaa anehgothakun gehlun… Ehnnnu readers… ?
I agree ?
moya thankss for sharing.. thankss misk and laalu
V reethi mi part ves, mirey avahah kiyaalan libuneema v v happy, Dhiraa u are best ❤❤
thankss dear.. im so happy to hear that
Woah??..Alheyy mi bai vec vv rythi ingey darlinn❤❤..Like sifakohdhiyfa hurileh vec vv furihama ey buneveyny??..Nd jiji msg kohfa ihnaane enge sis ah..Reply kurahchey???..Lysmm ingey
thankss dear.. yes sure,, luv you more
??
thankss dear
Vrh loabi mi part ves keep it up dear ?♥️♥️
thankss dear
Thanks dhiraa vaahaka up kohla dhineema mi part aa dheythereyga bunelan othy hama varah furihama ey In sha allah dhira ah mikamuga kuriah dheveyne igey varah furihama Hama neyge bunaane ehcheh ves???
dear hai… thank you for the support…
Wow! u r blessed with creativity masha Allah. Will wait for the next part… thanks dhiraa for writing this emotional storyy???? i am speechless
thankss dear.. it means a lot to me.. im so happy that you like this.. im happy to share this with you… keep waiting
Hi dhiraa❤❤❤ vv dhuvas vejje kanneynge comment konnuleveythaa …. hehe.. vv reethi ingey mi part ves… waiting for next part…. and dhonthi always love you???❤?❤??????❤????❤?❤??❤?❤????
hi dhonthy after a long time… thankss for the colourful comment.. keep waiting.. luv u too
Wow, mibaivess v reethi ????
thankss dear.. belle ge story ves varah reethi.. comment nukuriyas dhiraa baraabarah kiyan
Luvly❤️❤️❤️❤️kyp it up darla…luv ya
thankss dear.. luv you too
Varah varah reethi… Adi salhi vaane shaleen ah Haizal aai Naina ge hageegah inguneema… Fabulous ???
thankss dear.. adhi shaleen ahves ingeyne.. abadhaku haizal akah ves sihreh nukurevene eh nu
Mi part ves varah furihama..! Cant wait for next part
thankss dear..
Vvvv habbu mi part ves.. ????????????????????????????????vvv loabi. ❤❤❤❤❤❤❤❤❤❤❤❤❤?Dhiraa sis how many parts left dear?????????❤???❤?????????
thankss dear.. liyamundhaa vaahaka akah veema egothah bunan varah undhagoo
naina ah dhen ehen boy eh hoadhadgy dhiraa, mi amilla edhun bodu shaleen kairiakun hai salaamatheh nuvaane, kaiveneege kurin hai kairy bunan jeheyne dhw aslu.
naina ah kuhjaku hoadhumuga miulheny… haives noolhey vihyaa dhw shaleen dhookohlaakah.. thankss for the comment dear
Hey dhiraa❤️❤️❤️ Mi thaanga vaahaka dhakkaalevidhaanetha
ehen kiyuntherin nah undhgoovaathee dhira vaahaka nudhahkan edheny.. but if you want ehaa dhigu noon koh ehjekey buneliyas okey
? Dhiraa viber use kurantha
dhonthi dhiraa viber use eh nukuran.. you can contact me through gmail
Dhiraa alhe thikiyaa ehcheh hama jehey tha..u don’t use Viber o but contact you through viber o.. thikahala galhi vaahaka dhakkaa meehunnakah vaahaka eh nuliyeveyne ingey
its by a mistake.. thankss for the compliment
Unknown…dhiraa aa dhimaa ah thihen bunan kurun kan..dhiraa dhera nuvahchey..im here for you dhiraa
dhira dhera eh nuveyey dear… dhiraa ah ingey dhiraa ah support dhey kudhin eba thibikan..thankss dear for supporting me