Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 50

Saraa Level 910 Stories100 Comments100 Login500 Comments500 Login
July 5, 2019 5 Mins Read
50 Comments

“ޒެލް…” މިޙުރާންގެ އަޑަށް ބާރުލައިފައި ހަޅޭލަވައިގަނެވުނީ ދުވަހަކު ހަޅޭލަވައިނުގަނެވޭހާ ބާރަށެވެ. އޭނާއަށް ހީވީ ދުނިޔެެވެސް ހުއްޓުމަކަށް އަންނަނީހެންނެވެ. އެކުވެރިޔާ ފަދައިން އެކުވެރިޔާގެ ނިޝާންވެސް އޭނަގެ ލޯމަތިން ގެއްލިގެންދަނީހެންނެވެ.

ކަންފަތުގައި ގުގުމާލި ނަމާއިއެކު ހައިޒަލް ގަނޑުވި ކަހަލައެވެ. ފަސްއެނބުރިބަލާލެވުނީ އޭނަގެ އަމިއްލަ އިޙްތިޔާރަކާއިނުލައެވެ. އެނަމަށް އޭނަގެ ހަށިގަނޑު ހަރަކާތްކުރީ އޭނަގެ އަމިއްލަ ބާރެއްނެތިއެވެ. ބޮލުގެ އިސްތަށިގަނޑަށް ވާންވެގެންދިޔަފަަދަ އިހުސާސްއެއް ކުރެވުނު ހައިޒަލްއަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. އޭރު ހައިޒަލްއާއި ދިމާލަށް އައި ލޮރީ ހައިޒަލްގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލައިގެން އޮތްއިރު މުޅި ޓްރެފިކްވަނީ ހުއްޓިފައެވެ. ހައިޒަލްއާއި ދިމާލަށް އެންމެ ބޮޑިވާންފެށުމާއިއެކު ހައިޒަލް ތެދުވެގެން ބާރު ހިނގުމެއްގައި ގޮސް ކާރަށް އަރާ ބާރަށް ދޮރުފަތް ޖަހާލައިފިއެވެ. އެ މަންޒަރު ދެކެން ހުރެފައި މިޙުރާން ކާރަށް އެރުއްވިއިރު އެލޮލަށް ކަރުނަތައް ގިނަވެފައިވެެއެވެ.

“ޒެލް ދަރިފުޅާ ނުދުވެބަލަ… ދޮންތީ ބަލާލަ ޒެލް ކުރެހި ޑްރޮވިންއެއް… ދޮންތިގެ ޒެއްލު ވަރަށް ސްޓްރޯންގްވާނެ… ޒެލް ކައުންޓްކޮށްފައި ހޯދަން އާދޭ ޗީޓްނުކުރައްޗޭ އޭރުން ޒެލްއާއި ދުވަހު  ޓޯކްނުކުރާނަން…” އެތައްއަޑުތަކެއް އެކުވެގެން އެއްއަޑެއްގެ ގޮތުގައި ހައިޒަލްގެ ސިކުނޑީގައި ގުގުމަމުންދިޔައިރު ސްލޯމޯޝަންގައި ޓޭޕްއެއް ޕްލޭވަމުންދަނީހެން ހީވިއެވެ. ތަކުރާރުކޮށް އެއްބަސްތަކެއް އިވެމުންދިޔައިރު އެއިން އެއްވެސް އަޑެއް ފާހަގަކުރާކަށް ހައިޒަލްއަކަށް ނޭނގުނެވެ. އެ ވާހަކަތައް އޭނައަށް އެއްވެސް ވަރަކަށް ނޭނގެއެވެ. އެކަމުގެ އޭނަގެ ހިތަށް މިވަރަށް އަސަރުކުރަނީ ކީއްވެގެން ހެއްޔެވެ؟ ޒެލް އެނަމާއިއެކީ އޭނަގެ ހުރިހާ އިހުސާސްތަކެއް ހިލިގަތީހެން ހީވިއެވެ. ޒެލްއަކީ ކާކު ހެއްޔެވެ؟ އޭނައާއި ކިހާ ގުޅުމެއް ހުރި މީހެއް ހެއްޔެވެ؟

*** *** *** *** *** ***

ހައިޒަލްއާއި ކައިވެނިކުރެވުނު ފަހުން ވިޔަފާރި ބައްދަލުުވުންތައް ޝަލީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ވެގެން ގޮސްފައިވެއެވެ. ޝަލީން އެހާ ގަޔާވާކަމަކަށްނުވިނަމަވެސް އެހެންގޮތެއް ނެތިގެން ހައިޒަލްގެ ބައިވެރިއެއްގެ ގޮތުގައި ހުރިހާ ބައްދަލުވުންތަކެއްގައި ބައިވެރިވާން މަޖުބޫރުވެފައިވަނީއެވެ. ދެމީހުން އެކީ އަތުގުޅުވައިލައިގެން އަންނަން އިރު އެތައް ބައެއްގެ ލޯތައް އެދެމަފިރިންނަށް ހުއްޓެއެވެ. އެތައް ބައެއްގެ ދުލުން ތައުރީފުގެ ބަސްތައް އޮހެވެ. ނެތްވަރުގެ އުފާވެރި އަދި ލޯބި ކަޕްލްއެއްގެ ގޮތުގައި ދެޒުވާނުން މަޝްހޫރުވެގެންދިޔައިރު ފަރުދާގެ ފުރަގަހުގައި ދެޒުވާނުން ސިއްރުކުރަމުންދާ ރިހުންތައް ރޭކާލާ މީހަކު ނެތެވެ.

ބްލޫސްގެ ވެރީވަން އައިލެންޑް ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން ހައިޒަލްއާއި ޝަލީން އަތުގުޅުވައިލައިގެން ނޫކުލައިގެ ދޫލަމަތިން ހިނގާލައިފައި އައިރު ކެމެރާމަނުންގެ ކެމެރާތައް އެދިމާލަށް ހުއްޓުނެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހައިޒަލްއާއި ޝަލީންއަކީ މަޝްހޫރު ޖޯޑަކަށްވެގެން ހިނގައްޖެއެވެ.

ހައިޒަލް ހިނިތުންވެހުރެ މެހެމާނުންނާއި ސަލާމްކުރަމުންދިޔައިރު ޝަލީން އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުއްޓެވެ. ހަފްލާ ބާއްވަނީ މޫދާއި ކައިރީގައިކަމުން އުއްބައްތިތަކާއި މާތަކުގެ ވަސް ފަޑުކޮށްލަމުން އެތަނުގައި ހިފަމުންދިޔަ ލޮނުގެ ވަހުން ޝަލީން ހުރީ ހިސާބަކަށް އުނދަގޫވާގޮތްވެފައެެވެ. މޭނުބައިކުރަމުންދިޔަގޮތުން ކޮންމެ ވަގުތަކުވެސް ހޮޑު ބޭރުވެދާނެހެން ހީވިނަމަވެސް ޝަލީން ހުރީ ކެތްތެރިވެވޭނެ އެންމެ މައްޗަކަށް ކެތްތެރިވެލައިގެންނެވެ. އެންމެ ފަހުން އެތާ ކެތްނުވާނެހެން ހީވުމުން ޝަލީން މަޑުމަޑުން ފަހަތަށް ޖެހުމުން ރަށު ތެރެއަށް އަރައިގެންދިޔައެވެ.

ހައިޒަލް ޝަލީން ހޯދަމުން އައިރު ފެނުނީ ބޯ ގަސްތަކެއްގެ ދަށުގައި ހުރި ބެންޗެއްގައި އިށީދެލައިގެން އިންދައެވެ. ކުޑަކޮށް ގުދުވެގެން ބިންމައްޗަށްވާ ގޮތަށް މޫނު ސީދާކޮށްލައިގެން އޮތްއިރު ޝަލީން އޯކަށްދެމޭއަޑުއިވިފައި ހައިޒަލް އައިސް ޝަލީންގެ ގައިގައި ހިފަހައްޓާލިއެވެ. ޝަލީން ހޮނޑުލާ ނިމުމާއިއެކު އަނގަދޮއްވާލައިފައި ހައިޒަލް ތެދުވެ ޝަލީން އަތްދަނޑިމައްޗަށް އުފުލާލިއެވެ. ހުރިހާ އެއްޗެއް ހޮނޑުގެ ގޮތުގައި ބޭރުވެގެންދިޔައިިރު ޝަލީންގެ ހަށިގަނޑު ސީދާކޮށްލާނެހާ ބާރެއް ނެތުމުން ހައިޒަލް އެގޮތަށް ކަންތައް ކުރީކަން ނަގައިގަނެވިފައި ޝަލީން ދެކޮޅު ހަދާކަށް ނޫޅުނެވެ. ވަރުދޫވެފައިވާ އަތް ހައިޒަލްގެ ކަރުގައި އަޅުވާލަމުން އެ ހަށިގަނޑުގެ ބަރު ހައިޒަލްގެ އަތްމައްޗަށް ދޫކޮށްލަމުން ޝަލީން ލޯމަރާލިއެވެ.

ހައިޒަލް ޝަލީން އުފުލާލައިގެން ހުރެ ރޫމްތަކާއި ދިމާލަށް ހިނގައިގަތްއިރު ސްޓާފުންނަށް ހާއްސަކޮށްފައިވާ ރޫމްއިން ނައިނާ ނިކުމެގެން އައީއެވެ. ނައިނާ ހަލުވި ފިޔަވަޅުތަކެއްގައި އައިރު ހައިޒަލް ފެނިގެން ފިޔަވަޅުތައް ވަގުތުން ލަސްވެގެންދިޔައެވެ. ފެނުނު މަންޒަރުން އެ މޫނުމަތީވި ހިނިތުންވުން ވަގުތުން ފޭދިގެންދިޔައިރު ލޮލުން ފެނިލި ޒަހަމީ ވިދުވަރާއިއެކު އަމިއްލަ ނަފްސަށް މަޖުބޫރުކުރަމުން ނައިނާ ދުރުބަލާލިއެވެ. ހައިޒަލްގެ އަތުތެރޭ ޝަލީން ފެނުމުން ހިތަށް ކުރި އަސަރާއިއެކު ހިނދުކޮޅަކަށް މާޒީގެ ތެރެއަށް ފީނާލެވުނުހެން ހީވިއެވެ. ހައިޒަލްގެ އަތުތެރޭގައި ނައިނާ އެގޮތަށްވީ އެތައް ހިނދުކޮޅުތަކެއް ސިކުނޑީގައި ކޮއްޓާލިއެވެ. އެއަތުގެ ހިމާޔަތް ނައިނާއަށް ލިބުނު ކޮންމެ ވަގުތުކޮޅަކު ހައިޒަލްއަކީ އޭނަގެ ހައްޤެއްކަމަށް އޭނަގެ ހިތް ބުނިއިރު މިއަދު އެމަންޒަރު އޭނަގެ ލޯމަތީ ކަޝްފުވެގެންދިޔައީ އެއީ އޭނައަށް ކުރެވުނު ކުށްހީއެއްކަން އަންގައިދެމުންނެވެ.

ނައިނާ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވަމުން ހައިޒަލްއާއި ދިމާލަށް ހިނގައިގަތެވެ. އެ މަންޒަރުތައް ދެކެން ގަސްބޮޑިތަކުގެ ފަހަތުގައި ނިވާވެގެން ހުރި މަޔާން ނިކުމެގެންއައިގޮތަށް ނައިނާގެ ފަހަތުން އައިސް ނައިނާގެ އަތުގައި ހިފައި ގެނެސް އެ މޭގައި ޖައްސާލައިފިއެވެ. އެއަމަލުން ނައިނާ ސިހޭގޮތްވީއިރު ވަގުުތުން މަޔާންގެ އަތްދޮށުން ސަލާމަތްވާން ގަދަހެދިއެވެ. ނަމަވެސް މަޔާން މާ ހުށިޔާރެެވެ. އޭނާގެ ވަރުގަދަ މުލައްދަނޑިން ނައިނާ ހައްޔަރުކޮށްލީ އޭނަގެ އަތްދަށުން ސަލާމަތްވެގެން ނުދެވޭނޭ ފަދައަކުންނެވެ.

އެމަންޒަރުފެނުނުހައިޒަލްގެލޭކެކިގަތެވެ.ނައިނާއާއިކައިރިއަށްފިޔަވަޅެއްއަޅާލެވުނުއިރު ދެވަނަ ސިކުންތުގައި އަތުތެރޭ އޮތް ޝަލީންއަށް ބަލާލަމުން ނައިނާއަށް ފަސްދީ ދުރަށް ހިނގައިގަތެވެ. އޭރު ޝަލީންވެސް ލޯ ހުޅުވާބަލާލީއެވެ. އެއާއިއެކު ޝަލީންގެ ދެލޯ ކަރުނަތަކުން ފުރިބާރުވެގެންދިޔައިރު ދެލޯމަރާލީ އެ މަންޒަރު ދެކޭނެހާ ހިތްވަރު އެ ބަލި ހިތުގައި ނެތުމުންނެވެ. ހައިޒަލްގެ މޭގައި މޫނުފޮރުވާލެވުނުއިރު ޝަލީންގެ ހަށިގަނޑުން ބާރު ދޫވިއެވެ. އޭނަގެ ފަރާތުން ބަދަލުހިފަން މަޔާން އެފަދަ ފެންވަރަކަށް ވެއްޓިގަނެ ފާނެކަމަށް ޝަލީން ހިޔެއްނުކުރެއެވެ. އަމުދުން ނައިނާއަކީ އޭނަގެ ކޮއްކޮއެއްފަދަ ކުއްޖެއްކަން މަޔާންއަަށް އިނގޭއިރުއެވެ.

މަޔާން އަތްދަށުން ސަލާމަތްވާންވެގެން ނައިނާ ބޭކާރު މަސައްކަތްތަކެއް ކުރުމަށްފަހު ހައިޒަލްއާއި ދިމާލަށް ބަލާލެވުނީ އޯގާވެރިކަމަށް އެދިއެދިހުރެއެވެ. އެވަގުތު ހައިޒަލް އަޅާލުމެއްނެތި ދުރަށްދާތަން ފެނިފައި ނައިނާގެ ހިތުގައި ހިފައި ފިއްތާލިފަދައެވެ. އޭނަ ގައިގައި މީހަކު އިނގިލިކުރި ޖައްސާލިޔަސް ހައިޒަލް ރުޅިގަދަވީ ދުވަހެއް އައިރު މިއަދުވެސް އެހެންވާނޭކަމަށް އޭނައަށް ހީކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ވަގުތާއި ހާލަތާއިއެކު ހައިޒަލްވެސް ބަދަލުވެއްޖެއެވެ. އެކަން އޭނަގެ މޮޔަ ހިތަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟ ލޯމަތިން ފެންނަ މަންޒަރުތަކަށް ދެކޮޅު ހަދަން ހިތްއެދެނީ ކީއްވެހެއްޔެވެ؟ ނައިނާ ހުއްޓުން އަރާފައި ހުއްޓާ މަޔާން ނައިނާގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު މައާފަށް އެދެމުން ދުރަށް ޖެހިލައިފިއެވެ. އޭނަ އެގޮތަށް ކަންތައް ކުރީ ޝަލީންގެ ހިތަށް ވޭނެއް ދޭންނަމަވެސް މަޔާންއަށް ނޭނގުނީ އެކަމުން ޝަލީންއަށް ވުރެ ބޮޑަށް ހައިޒަލްއަށް ވޭނެއް ލިބުނުކަމެވެ.

*** *** *** *** *** ***

ޝަލީން ބަލިވާގޮތްވުމުން ހައިޒަލް ނިންމީ ޝަލީން ގޮވައިގެން މާލެ ދިޔުމަށެވެ. ހައިޒަލް އިޝާރުއަށް ގުޅުމަށްފަހު ޝަލީން މާބޮޑަށް ވަރުބަލިވާތީ އޭނަ ޝަލީން ގޮވައިގެން މާލެ ދަނީކަމާއި އަދި ހާސްވާވަރުގެ ކަމެއް ނުވާކަމުގެ ޔަގީންކަން ދިނެވެ. ހައިޒަލް ވަގުތުން ލާންޗްގެ ކައްޕިއަށް ގުޅާ ކަންކަން ހަމަޖައްސާލިއިރު އަލްހާންއަށް އެންގުމަކީ މުހިންމުކަމަކަށް ނުހެދިއެވެ. އޭނައަށް މަޖުބޫރުކޮށްގެން އޭނަގެ ކައިވެނިކުރުވި ދުވަހުން ފެށިގެން އޭނަގެ މައްޗަށް ބައްޕަައަށް ލިބިފައިވާ ހައްޤުތައް ހައިޒަލް ހަނދާން ނައްތާލައިފިއެވެ.

ހައިޒަލް ޝަލީން އަތުލަފިކޮށްލައިގެން ކަހަލަގޮތަކަށް ލާންޗްއާއި ދިމާލަށް ދިޔައިރު އިޝާރުއާއި އިޔާނާވެސް ދުރުވިއެވެ. އިޔާނާ ވަގުތުން ޝަލީންއާއިއެކު ދިޔުމުގެ ހިޔާލު ފާޅުކުރިއިރު އިޝާރު ދެކޮޅުހެއްދެވިއެވެ. ހައިޒަލްއާއި ޝަލީންއަށް ވަގުތުދޭންވެގެން އިޝާރު އެގޮތަށް ކަންތައްކުރެއްވިޔަސް އިޔާނާގެ ހިތުގައި ޝަކުވާއުފެދުނެވެ. އިޝާރުއާއި ދެކޮޅުހަދާފައި ދާން ބޭނުންވެފައި ހުރިނަމަވެސް އިޝާރު އެންމެ ޖުމްލައާއިއެކު އިޔާނާ ހިމޭންވީ މަޑުފުށްކޮޅެއްފަދައިންނެެވެ. ރިހާނާއާއި އަލްހާންއަށް ދުރުވޭވަރުވީ ލާންޗް ނައްޓާލަން އުޅެނިކޮށެވެ. އަލްހާން ޝަލީންއަށް ފަރުވާތެރިވާން ހައިޒަލްގާތުން އެދުނުއިރު ރިހާނާ ޔަގީންކޮށްގެން ހުރީ މާލެދާންވެގެން ހައިޒަލް ބަހަނާއެއްދެއްކީކަމަށެވެ. އޭނައަކަށް ޔަގީންކުރެވުނަސް ދެން ތިބި މީހުންގެ ލޯތައް ކަނުވެފައިވަނީ އެއަށްވުރެ ބޮޑަށެވެ.

*** *** *** *** *** ***

މާލެ އައުމަށްފަހު ޝަލީން ޑޮކްޓަރަކަށް ދެއްކުމުން އެޑްމިޓްކުރިއެވެ. ޝަލީންގެ ގައިގެ ވަރުދެރަކަމުން އައިވީ ގުޅަންޖެހުމުން ނަރުހުން އެ މަސައްކަތުގައި އުޅުނުއިރު ޝަލީން އޮތީ ތުންފިއްތައިލައިގެންނެވެ. އެބޮޑުލޮލުގެ ތެރޭ ކަރުނަތައް ބަރާވަމުންދިޔައިރު ރޯންހިތްއެދުނަސް ނޭނގޭ ބިރަކުން ހިތްވަނީ ފިނިވެފައެވެ. އޭނަ އަބަދުވެސް ކަށިތައް ދެކެ ބިރުގަނެއެވެ. އޮސްޓްރޭލިއާގައި އުޅުނުއިރު ބަލިވެގެން އޭނަ އެޑްމިޓްކުރުމުން ޝަލީން ރޮއެރޮއެ ހަލާކުވާވަރުވިއެވެ. އެފަހަރަކުން މަޔާން ހުރުމުން ޝަލީންއަށް ހަމަޖެހުމެއްލިބުނަސް މިފަހަރު މަޔާންގެ ހިމާޔަތުގެ އަތް އެބޯމަތިން ނެގިފައިވާކަން އިޙުސާސްވެފައި ހިތަށް ފުން ޒަހަމެއް ލިބުނެވެ.

ނަރުސްކުދިންގެ މަސައްކަތްނިންމާލައިފައި ކޮޓަރީގައި ނިދާބޮކި ދިއްލާލައިފައި ދިޔުމުން ހައިޒަލް ކޮޓަރިއަށް ވަދެލިއެވެ. ހުދުކުލައިގެ ރަޖައާއި ނިވާވެގެން ދޮރަށް ފަސްދީގެން ޝަލީން އޮތްއިރު ޝަލީންގެ އަރުތެރެއިން ބޭރުވަމުންދިޔަ މަޑު އާޙްތަކާއިއެކު ޝަލީން ރޮނީކަން ހައިޒަލް ނަގައިގަނެވުނުއިރު ލަސް ފިޔަވަޅުތަކެއްގައި ގޮސް ޝަލީންގެ އެއްފަރާތެއްގައި އިށީދެލިއެވެ.

“ޝަލީ…” ހައިޒަލްގެ އަޑާއިއެކު ޝަލީންގެ ގިސްލުމަށް މަޑުޖެހުމެއް އައިނަމަވެސް ލޮލުންް ހުއްޓުމެއްނެތި ކަރުނަތައް ފޭބިއެވެ. އޭނަ ރުއިން ހުއްޓުވަންވީ ކާކުގެ ހިތަށް އަސަރުކޮށްފާނެއަތީ ހެއްޔެވެ؟ ހިތާމަކުރުމުގައި އޭނަގެ އަމިއްލަ ނަފްސު ފަނާވިޔަދޭށެވެ. އޭރު ބައްޕައާއި މަޔާންއަށްވެސް ފިލާވަޅެއް ދަސްވެދާނެއެވެ.

“ޕްރެގްއިރު ހިތާމަކުރުމަކީ ބޭބީއަށް ރަނގަޅުކަމެއްނޫންކަން ޝަލީއަށް އިނގޭނެ… ޝަލީ ޖެހޭނެއެއްނު ބޭބީއާއިމެދު ވިސްނަން…” ހައިޒަލް ޝަލީން ހަމަޖެހިލަން ފުރުސަތެއް ދިނުމަށްފަހު ވާހަކަދެއްކިއެވެ.

“ކީއްކުރަން…. އަހަންނާއި މެދު ވިސްނާމީހެއް ދަރިފުޅާއިމެދު ވިސްނާ މީހަކު އެބަހުރިތަ؟” ޝަލީން ހައިޒަލްއާއި ދިމާލަށް އެނބުރުނުއިރު އެލޮލުގެ ތެރެއިން ދަޅައަޅަމުންދިޔަ ކަރުނަތައްފެނި ހައިޒަލްއަށް ގޮތެއްވިއެވެ. އެ މުށިލޮލުގެ ތެރެއިން އޭނައަށް ސިފަވީ ކަރުނުން ފުރެމުންދިޔަ ނައިނާގެ ލޮލެވެ. ކަރުނަ އޭނަގެ ހިތަށް އެހާ ތަދުކޮށްލާ އެއްޗަކަށްވީ ނައިނާގެ ސަބަބުންނެވެ. ނައިނާގެ ލޮލުން އޭނައަށް ކަރުނަ ފެންނަންދެން ކަރުނައަކީ އޭނަ ނަފްރަތުކުރަމުންދިޔަ އޭނަގެ ރޭގަނޑުގެ ބައިވެރިޔާއެވެ.

“ނިދާލާ…” ޝަލީން ހަމަޖައްސާލަން ބުނާނެ އެއްޗެއް ހައިޒަލްގެ ދުލަށް ނައިއިރު ސިކުނޑި ހަމަޖައްސާލަން ބޭނުންވެފައި ހުރެ އެނދުން ތެދުވެ ކުޑަދޮރާއި ދިމާލަށް ހިނގައިގަތެވެ. އޭރު މާހައުލުގައި އަޅުވަމުންދާ މަޑުމަޑު ނާނާއެއްފަދައިން ވާރޭ ވެހެމުންދިޔައިރު ހައިޒަލް އެ މަންޒަރަށް ގެއްލޭގޮތްވިއެވެ. ވާރެއަކީ ނައިނާއާއި އޭނަގެ ލޯބި ގުޅުވައިދިން އެންމެ ރީތި ހަނދާނެވެ. މިރޭ މިވެހެމުންދާ ވާރޭގެ ސަބަބުން ނައިނާގެ މަތިން ހަނދާންވާންފެށީ ނުހަނު ބޮޑަށެވެ. އޭނާގެ ލޯމައްޗަށް ސިފަވީ ވާރޭގެ ތެރޭ ތެމިލައިގެން ހުރި އޭނަގެ ޕަރީއެއްފަދަ ނައިނާއެވެ. އެ ހަނދާންތަކުން ހައިޒަލްގެ ތުންފަތަށް ފަނޑުހިނިތުންވުމެއް ވެރިވިނަމަވެސް އެދެލޮލުން ފެނިލީ ހިތްތަށް ފޫއަޅުވާލަފަދަ ވޭނެކެވެ.

ފިނިހިފަމުންދިޔަ ކުޑަދޮރުގައި މޫނު ޖައްސާލައިގެން ހައިޒަލް ހުރިއިރު އެތައްކަމަކާއިމެދު ވިސްނުނެވެ. އޭނަގެ ދިރިއުޅުން އޮޅުންބޮޅުންކުރަމުން މި އަންނަ ސިލްސިލާ ނިމޭނީ ކިހާ ހިސާބަކުން ބާވައޭ ހިތަށް އެރިއެވެ؟ ހަޤީގަތުގައި ޝަލީންއާއި ރޭވުމާއި އެއްގޮތަށް މަސައްކަތްކޮށްގެން އޭނަ މިކަމުން ސަލާމަތްވާނެކަަމުގެ މާ ބޮޑު އުއްމީދެއްނެތެވެ. އިޝާރުއާއި މިޙުރާންއާއި ދެމެދުގައިވާ ލެއަށް ފެންބޮވައިގަނެފައިވާ ދެކޮޅުވެރިކަމާއިއެކު އިޝާރުގެ ފުރާނަހުރެގެން މަޔާންއަށް ޝަލީން ހާސިލުކުރުމަކީ ވުން މުސްތަހީލުކަމެއްކަން ހައިޒަލްއަށް ޔަގީންވެއެވެ. އެހެންނޫނަސް އޭނައާއި ނައިނާއާއި ދެމެދަށް ހުރަސްއަޅާ ކަމަކީ މިކައިވެންޏެއް ނޫނެވެ. ނައިނާއާއި މެދު އަލްހާން ގެންގުޅުއްވާ ނަޒަރިއްޔާތެވެ. އަލްހާންގެ ފިކުރު ބަދަލުކޮށްގެން ނޫނީ އޭނާއަށް ނައިނާ ހާސިލްކުރުމަކީ ނުވާނޭ ކަމެކެވެ. ނަމަވެސް އޭނަ ބެދިފައިމިވާ ސިލްސިލާއިން ސަލާމަތްވާން ހައިޒަލް އިންތިހާއަށް ބޭނުންވެއެވެ. މިކަމުގެ ތެރޭ ނައިނާ ހަފުސްވެގެންދާތަން ދެކުމުގެ ކުޅަދާނަކަން އޭނަގެ ހިތަށް ލިބިގެންނެއް ނުވެއެވެ.

*** *** *** *** *** ***

ހައިޒަލް މުޅި ރޭ ހޭލާހުރުމަށްފަހު ފަތިސް ނަމާދުކޮށްލައިގެން ކޯރިޑޯއަށް ނިކުތްއިރު އިރުއެރުމުގެ ނިޝާންތައް އުދަރެހުން މަޑުމަޑުން ފާޅުވާންފަށައިފިއެވެ. ފަޒާގައި ހިފާލައިފައި ތެތްފިނިކަމުގެ ތެރޭ ފިނި ރޯޅިތަށް ޖެހެމުންދިޔައީ މުޅި މާހައުލު އިތުރަށް ފިނިކުރުވަމުންނެވެ. ގަސްތައް ވަޔާއި އެކު ރީތި ރާގަކަށް ހޫރެމުންދިޔައިރު މާހައުލުގައިވަނީ ފަތިހަށް ފޮޅޭ މާމެލާމެލީގެ ލުއިވަހުން ހުވަނދުލާފައެވެ.

ހައިޒަލް ދިގު ކޯރިޑޯގެ އެއްކޮޅުން ހިނގާލައިފައި އައިރު ފަތިހުގެ ތާޒާކަމާއިއެކުވެސް އެ މޫނުމަތިން ހިސާބަކަށް ވަރުބަލިކަމުގެ އަސަރުތައް ފެނިލިއެވެ. ނިންޖަށް ބަރުވެފައިވާކަން އެ ކަޅުލޮލުންނާއި ލެބިފައިވާ އެސްފިޔަތަކުންވެސްވީ ހާމައަށެވެ. ހައިޒަލް ކަންނެތްފިޔަވަޅުތަކެއްގައި އައިސް ބެލްކަންޏާއި އަރާހަމަވީއިރު ފެނުނު ސޫރައަކުން ލޮލުގައިވީ ނިދި ފިލާދާކަށް ސިކުންތެއްވެސް ނުނެގިއެވެ. ނިންޖާއި މެރެމުންދިޔަ ދެލޯ ހަނިވެގެންދިޔައިރު އަނގަޔަށް ހަދާލިގޮތުން އެ ހުދު ދަތްތަށް ފެނިލިއެވެ.

“އިޑިއެޓް…” ހައިޒަލް ދެދަތްޕިލަ ޖައްސާލަމުން އެ ހިސާބަށް އަރާހަމަވަމުން ކިޔާލި ވަގުތާއި މަޔާން އެނބުރިބަލާލި ވަގުތާއި ވީ އެއްވަގުތަކަށެވެ. މަޔާންއަށް ރަނގަޅަށް ފަސްއެނބުރިބަލާނުލެވެނީސް ހައިޒަލް މަޔާންގެ މޫނަށް އަރުވާލިގޮށްމުށުގެ އެތިފަހަރާއިއެކު މަޔާންގެ މޫނުން ތަރިބުރާލިއެވެ. އަމިއްލަ ބާރަކާއިނުލާ ފަހަތަށް ދެތިން ފިޔަވަޅު އެޅުުނުއިރު މަޔާން ބެލްކަނީގެ ދޮރުގައި އަތްވިއްދާލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ކުށަކާ ނުލާ 10

Next

ވާނަން އުމުރަށް – 5 –

Next
July 5, 2019

ވާނަން އުމުރަށް – 5 –

Previews
July 4, 2019

ކުށަކާ ނުލާ 10

50 Comments!

  1. dhiraa wish says:
    July 5, 2019 at 9:14 pm

    suprise.. i thought of giving a suprise to my dear readers.. ekm suprise eh ge gothuga mi genevunee thankolheh kuru episode eh.. kamudhaane kamah ummeedh kuran.. 51 vana bai maadhamaa rey up kohla dheynan .. feel free to comment and keep waiting

    1. My says:
      July 5, 2019 at 10:02 pm

      Thanks. V.reethi

    2. Haizal's says:
      July 6, 2019 at 2:10 am

      Laaaa thanx dhiraa sis? vhr vrh bodah loabs vey i sis dheke

    3. dhiraa wish says:
      July 6, 2019 at 3:20 pm

      thankss my

    4. dhiraa wish says:
      July 6, 2019 at 3:21 pm

      thankss haizal

  2. RAIN LOVER GIRL says:
    July 5, 2019 at 9:16 pm

    Vvv reethi n me first

    1. dhiraa wish says:
      July 6, 2019 at 3:22 pm

      congrats on being first dear.. and thankss for the comment

  3. Pretty girl says:
    July 5, 2019 at 9:26 pm

    Ohh me first dhw. .veryou big surprise eh thi dhinee dhiraa mashallah varah reethi mi part ves
    Waiting for the next part

    1. RAIN LOVER GIRL says:
      July 5, 2019 at 10:55 pm

      U second

    2. dhiraa wish says:
      July 6, 2019 at 3:26 pm

      dear mi faharu second.. thankss pretty girl.. keep waiting for tonight

  4. Dhonthy says:
    July 5, 2019 at 9:33 pm

    Dhiraa ❤️❤️❤️??? Hama aslugaves surprise vejje??? Ehnve avahah kiyaalaafa comment mi kollaanee… Mi part ves vv rythi ingey dhiraa????????Mi vaahakaige konme part evves dhonthi au vvv rythi❤️❤️❤️ Ifoo mathin v handhaanvey mihaaru dhiraa ge vaahaka kiyaairu???Hehe…. V salhi ngey mi part…. And dhonthi beynun dhiraa aai private koh vaahaka dhakkaalan.. Viber in viyas.. ??Ingey mikahala public place egga number dhey undhagoovaanekan.. ???What to do????

    1. sweet gurl says:
      July 5, 2019 at 10:23 pm

      no need to get worried… u can contact her via gmail… its there at the end of the ep. 😉

    2. Dhonthy says:
      July 5, 2019 at 10:57 pm

      But dhonthi akau neynge gmail use kuraakau.. dhonthi ehaa molheiy nuvaane social media ge apps thah beynunkuraakau?????

    3. dhiraa wish says:
      July 6, 2019 at 3:24 pm

      dhonthi why dont you contact me through gmail.. its given in my info part.. and thankss for the long and colourful comment.. im really touched

  5. Xyz says:
    July 5, 2019 at 9:37 pm

    Mi part ves varah salhi. Looking forward for tomorrow’s part.

    1. dhiraa wish says:
      July 6, 2019 at 3:27 pm

      thankss dear.. keep waiting

  6. reader says:
    July 5, 2019 at 9:38 pm

    will wait for the next part

    1. dhiraa wish says:
      July 6, 2019 at 3:28 pm

      thanks dear

  7. Mal? says:
    July 5, 2019 at 10:07 pm

    Reethi mi part vas ❤️❤️?

    1. dhiraa wish says:
      July 6, 2019 at 3:29 pm

      thankss dear

  8. Ainth says:
    July 5, 2019 at 10:09 pm

    Dhitaaa dhn haizal aaa nainaa gulhuvabala … abadhu ehan hadhaakah nuvaaneyahnu … n haizal ge hadhaan aavaaney kondhuvahakaun.. thank you ❤❤❤❤❤

    1. dhiraa wish says:
      July 6, 2019 at 3:30 pm

      thee haizalge aihmathee oih kamehnu… haizal ge hadhaan thah madu madun aavamun mihaaru e dhanee.. thankss for the comment dear

  9. jiji says:
    July 5, 2019 at 10:39 pm

    Speechless❤❤❤…Mi bai vec vv rythi???…Sifakohlaafa hurileh vv furihama… Imma so curious to knw wats gonna be happen next???…Nd Thank yuh so muchh fr the surprise enge dhira???..
    Ly sissy???

    1. dhiraa wish says:
      July 6, 2019 at 3:32 pm

      thankss dear.. jijives sis mulhin speechless kohlaifi mi comment in… any time dear.. keep waiting for tonight

  10. Positive thoughts says:
    July 5, 2019 at 10:55 pm

    Alhe so surprised Hama.. I thought I ah olhuny kamah date ? it’s superrrbb❤️? waiting for thi sad kanthah nimi happy scene thakah☹️?

    1. dhiraa wish says:
      July 6, 2019 at 3:33 pm

      hehehe.. dhira hama kurin up kohlee,… thankss dear… dhiraves beynumee sad scenes thah ninmaafa happy scenes thah avahah fashan

  11. Yaal says:
    July 5, 2019 at 11:46 pm

    Wow ?.. thank you so much dhiraa ?.. mi part ves varah varah reethi.. loves ❤

    1. dhiraa wish says:
      July 6, 2019 at 3:34 pm

      thankss and welcome dear

  12. Oohsim says:
    July 6, 2019 at 12:32 am

    Adhi kithah part eboy dear

    1. dhiraa wish says:
      July 6, 2019 at 3:35 pm

      egothah bunaakah neynge adhi story liye nunimeythee.. maa dhiguvanee dhw mihaaru.. dhiraa hama varah limited eps laigen mihaaaru mi liyamundhanee

  13. aishaa says:
    July 6, 2019 at 12:37 am

    vvv reethi.mayaan n shalyn ge bai bodah kiyaahihvvany

    1. dhiraa wish says:
      July 6, 2019 at 3:36 pm

      thankss dear.. guess you like the fights between them.. shalyn and mayaan ge thankolheh varugadha scene eh liyamun midhanee

  14. Aru says:
    July 6, 2019 at 12:51 am

    Thank u?

    1. dhiraa wish says:
      July 6, 2019 at 3:36 pm

      your welcome

  15. Haizal's says:
    July 6, 2019 at 2:02 am

    Eyh alhe up vaane kamakah noon balaalee eh.. vrh happy up vefa otheema..
    And like always mi bay ahama vrh vrh vrh reethi.. ekm maa kuree dhw.. kiya kiya indhaa folhuvai hus v ma mi ingenee ni muneekan.. anyways meehama vrh reethi story eh.. n your sifakurun is just Masha Allah?
    Maybe thats why im fallimg for HAIZAL even more and more day by day??

    1. dhiraa wish says:
      July 6, 2019 at 3:39 pm

      thankss dear.. mirey ge bai dhigukohlaanan ingey.. thanks it means a lot to me… varah ufaa vehjje vaahaka kamudhiyaima.. hehehe.. haizal tha dear ge favourite character akee

  16. Sarcastic says:
    July 6, 2019 at 9:47 am

    Ey, mi surprise maa boda ves surprising. Heevanee Dhiraa aai readers ah ves heyo amaluge fai libigen suvaruge ah dheveyne free ticket eh libuneehen. Maruvegen kahvalhugaves savaabulibeyne mi dhuniyeyga mikahala reethi vaahakathah liyuneema. ??????????

    1. dhiraa wish says:
      July 6, 2019 at 3:39 pm

      thankss for the compliment

  17. Whatever?? says:
    July 6, 2019 at 10:48 am

    Heyogoi neygigentha mizamaanuga meehun goi gothah ulhenee! Hunna jaahil kamun. Nuvisneykamun. Aharemenna keetha? Some ppl think emeehun ulheyne gothakah ulhen oi dhuniye eko mee. They don’t know the purpose. So aharumen adhi echekey bunyas kaharuvakekey hithah naaraa bayakah echeh visnaadheveythoa ulhumakee beykaaru kameh.

    1. dhiraa wish says:
      July 6, 2019 at 3:40 pm

      thankss for the compliment

  18. Hai says:
    July 6, 2019 at 12:50 pm

    Asluves varah surprise vejje dhen story up vaanee Saturday night ga kamah heekohfa hutta balaali gadeega mi fenunee thikahala surprise gina ginai dhehchey igey dhiraa mi part ves varah reethi dhen anna part ga hee ves nukura kahala twist eh genesdhehchey love u dhiraa??????

    1. dhiraa wish says:
      July 6, 2019 at 3:43 pm

      hehehe… thankss dear.. dhira balaanan ingey theythereakun hai mehna suprise eh dheveythoa… twist eh ahnaane varah avahah.. luv you too dear

  19. smylie says:
    July 6, 2019 at 12:59 pm

    Wow! What a surprise!I love this part too.. waiting 4 the next part…

    1. dhiraa wish says:
      July 6, 2019 at 3:44 pm

      thankss dear… wait for tonight

  20. Laalu says:
    July 6, 2019 at 1:00 pm

    Speechless darla…kyp yp the gud wrk…???full support frm my side…..sifakurunthah hama obiness to the max…????

    1. dhiraa wish says:
      July 6, 2019 at 3:46 pm

      thankss dear for the support.. it motivates me alot

  21. Cherry says:
    July 6, 2019 at 5:08 pm

    Loabi loabi vaahaka eh dhw❤❤❤❤❤❤❤❤❤
    Thank you so much dear mihaa rythi vaahaka eh mihaa faruvaatheri kamaa eku genesdheythy ❤❤❤❤
    Btw if not mistaken hyvany kurin bategga shaly kiyevumuge life Australia ga ey buni kanneyge
    Mi baiga iny London ga kameh
    Ehnve ehen dhiraa ah olhugen ehen liyevuny hen hyvyma Hama bunely igey
    And btw haizal miiii Zell she
    Wow loabikannnnn

    1. dhiraa wish says:
      July 6, 2019 at 9:48 pm

      thankss dear.. right now im speechless.. aslu dhira thikudhin nah thankss bunanvee thidhey support ah.. thikudhinge support ge sababun dhira ah migothah kuriah midheveny.. and ethankolhu eynee dhira ah olhigen liyefa… thankss buneladhineethy.. mihaaru ragalhu kohlaifin.. haizal ge hageegaih balaalan kudakoh keihkohlan adhi jeheynee

  22. Rose says:
    July 6, 2019 at 8:13 pm

    Nice story ever! Waiting waiting

    1. dhiraa wish says:
      July 6, 2019 at 9:51 pm

      thankss dear. next part mihaaru upvefa ihanaanee

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 51←


All Right Reserved!