ލޯތްބެއްގެ ފެށުން 12
” މިރޭ އެބެއް އާންޓުމެންގޭގަ ޕާޓީއެއް. ދެމީހުންނަށް ދައުވަތު ދީފައި އޮތީ. ވާނެ ދާން ” ޒައިކް ގެ ވާހަކައަށް ޝިފާ އެއްބަސް ވިއެވެ. އަދި ލާނެ ހެދުމެއް ގެނެސްދޭނެކަމުގައި ޒައިކް ބުނުމުން ޝިފާ އުފަލުން އުދުއްސައި ނުގަތީ ކިރިއާއެވެ. ކުޑަކޮށްނަމަވެސް އޭނަ އާއިމެދު ވިސްނާ ކަމަށްޓަކާ އުފާކުރެއެވެ. އަދި އުންމީދަކީ އޭނަދެކެ ޒައިކް ވަރަށް ބޮޑަށް ލޯބިވުމެވެ. އެދުވަހަކުން ދުނިޔެމަތީގައި ހުރި އެންމެ އުފާވެރި ކުއްޖާއަށް އޭނަވާނެކަން ޔަގީނެވެ.
ރޭގަނޑުގެ ވަގުތެވެ. ސިޓިންގރޫމް ވަނީ އަގުބޮޑެތި އެތައް ޗާންދަލިޔާ ތަކަކުން އަލިގަދަވެފައެވެ. މުށިތަކުގެ ސާފުކަމާ އޮފްކަމުން ލޯތަރަތަރަ ޖަހައެވެ. ސޯފާ ތަކުގެ ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީ ތާޒާ ރަތް ފިނިފެންމާ ބޮނޑިއެއް ފެންތައްޓަކަށް ޖަހާފައި ހުއްޓެވެ. އެ މާތަކަށް ނަޒަރު ހުއްޓާލައިގެން ޒައިކް ހުރިއިރު ތުންފަތުގައި ލުއި ހިނިތުންވުމެއް ވެއެވެ. އޭނަގެނެސްދޭ އެކަހަލަ ހުރިހާ ހަދިޔާ ތަކެއްވެސް ޝިފާ ލޯބިން ބަލަހައްޓާތީ ލިބެނީ އުފާވެރިކަމެކެވެ. ކަޅާއި ކަނޑުނޫކުލައިގެ ކޯޓު ފަޓުލޫނުގައި ޒައިކް ހުރިއިރު، ބަލާ މީހުންގެ އެސްފީނާ ޖެހިދާނެކަން ގައިމެވެ. އެއްފައި މައްޗައް އަނެއްފައި ނަގައިގެން ހުރިއިރު އިރުއިރު ކޮޅުން ފޯނަށް ބަލާލައެވެ. އޭނަ ޝިފާއަށް އިންތިޒާރު ކުރާތާ މިހާރު ބައިގަޑިއެއް ހާއިރު ވެދާނެއެވެ.
“ވަޓް ދަ ހެލް” ޝިފާގެ އަޑު ކޮޓަރިތެރެއިން ފަނޑުވެގެން އައެވެ. އެއަޑަށް އިގްނޯ ކުރަން ބޭނުން ވިއަސް އެކަމެއް ނުވިއެވެ. ޝިފާ އޯކޭތޯ ބެލުމަށް ހިތް ގޮވަމުން ދިޔައެވެ. ބާރު ހިނގުމެއްގައި ގޮސް ކޮޓަރި ދޮރު ހުޅުވާލެވުމާއިއެކު އަނގައިން ނުކުތީ ޙައިރާންކަމުގެ އާޙެކެވެ. ޝިފާގެ ފުރިހަމަ އިސްކޮޅުހުރި ލޯގަނޑު ކުރިމަތީ ހުއްޓެވެ. ޒައިކުއަށް ވާގޮތަށް ފުރަގަސް ދީގެން ހުރިއިރު އެފުރިހަމަ ސޫރަ ލޯގަނޑުން ފާޅުވެވެ ހުއްޓެވެ. ކަކުލާ ހަމައަށް ހުރި ކަނޑުނޫކުލައިގެ އެރީތި ހެދުމުގައި ޕަރީއަކާ އެއްފަދައެވެ. އުނދަގޫ ގޮތަކަށް ހެދުމުގެ ޒިބު އަޅުވަން ފުރަގަހުން އަތް ގެނަނަމަވެސް އެކަން ކާމިޔާބު ނުވެގެން އުޅެނީއެވެ. އެރީތި ދޮން ހަށިގަނޑުގެ ބައެއް ފާޅުވާން ހުރިއިރު ޒައިކް އަށް ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނުކެރި ބަލަހައްޓައިގެން ހުރެވުނެވެ. އިރުކޮޅަކުން ކުރިއަށް ހިނގައިގަންނަމުން ޝިފާގެ ފުރަގަހުން ހުއްޓުނު އިރު އެދެލޯ ބޮޑުކޮށްލައިގެން ހުރިއިރު ވަރަށް ލޯއްބެވެ. ރަތް ޓޮމާޓޯ އެއް ފަދައިން މޫނަށް ރަތް ކުލަ ވެރިވާން ނެގީ މަދު ސިކުންތު ކޮޅެކެވެ.
” އުމްމްމް. ކީއްކުރަން ތިއައީ ” ކުރިމައްޗައް އެނބުރެމުން ޝިފާ ސުވާލު ކުރިއެވެ. ހުރިހާ ހިއްސުތަކެއް އެއްފަހަރާ ހޭލައިގަން ކަހަލައެވެ. އެހާ ކައިރީގައިވި މިރީތި ކުއްޖާ އޭނައަށް ސިހުރެއް ޖެއްސިކަހަލައެވެ. މަޑު ފިޔާތޮށި ކުލައަކަށްދާ އެއަސަރު ގަދަ ތުންފަތަށް އަދިވެސް އެއްފަހަރު ބަލާލެވުނެވެ. އެއަސަރުތައް ފިލުވާލުމަށްޓަކާ އަމިއްލަނަފްސާ ހަނގުރާމަ ކުރަން އެބަ ޖެހެއެވެ.
” މިރޭގެ ހުރިހާ ވަގުތެއް ތިކަމަށް ދުއްވާލާކަށް މަށައް ޓައިމެއް ނެތް. އެހެން ނޫނަސް ތިކަމަށް ފެއިލް ވެފަ ތިހުރީ. ލެޓް މީ ހެލްޕް ޔޫ ” ޒައިކުގެ ވާހަކަ ނުނިމެނިސް ޝިފާ އައިރުޅިން އަނެއްކާވެސް އެހުރި ގޮތަށް ހުރެ ޒިބް އެޅުވޭތޯ މަސައްކަތް ފެށިއެވެ. ޒައިކު ބަލަން ނުހުރެ ލޯގަނޑަށް ވާގޮތަށް އަނެއްކާ ޝިފާ އަނބުރާލިއެވެ. ލޯގަނޑުން ދެމީހުންގެ ލޯސީދާވީއިރު ހިތް ތެޅުންވެސް އަވަސްވާކަމުގެ އިހުސާސް ވެއެވެ. މަޑުމަޑުން ހެދުމުގެ ޒިބްގައި ހިފާ ކުޑަކޮށް ތަޅުވާލުމުން ފަސޭހަކަމާއެކު ދޫވެއްޖެއެވެ. މައްޗައް ޒިބް ގެންދިޔައިރު އެރީތި ހަމުގައި އަތުގެ އިނގިލިތަކުން ބީހެމުން ދިޔައެވެ. އޭނާގެ ބީހުމުގެ އަސަރުން ޝިފާއަށް އަސަރު ކުރިކަހަލައެވެ. ދެލޯ މަރާލުމުން، އެރީތި ކަނދުރާގެ އެއްފަރާތަކަށް އިސްތަށިގަނޑު ގެނދިއުމަށްފަހު، ކަރުގައި ބޮސް ދެމުން ދިޔައެވެ. ކުރިމައްޗައް އަނބުރާލަމުން އެހިމަ އުނަގަނޑުގައި ހިފާ ކައިރި ކޮށްލުމަށްފަހު ތުންފަތުގައި ބޮސްދޭން ފެށިއެވެ. އެތައް ދުވަހަކަށްފަހު އޭނާގެ އަރުތެރެއަށް ފެންކޮޅެއް ލެވުނުކަހަލައެވެ. ޒައިކްގެ މިއަމަލާ ޝިފާއަށް ފުރިހަމައަށް ބައިވެރިވެވުނެވެ. ޝިފާގެ އަންހެން ވަންތަކަމާ ހަމުގައި ހިފާފައިވާ މީރުވަހުން އިތުރަށް މަސްތުވާން ފެށިކަހަލައެވެ. އެހެނަސް ސިހިގެންގޮސް ދުރަށް ޖެހެވުނީ ޝިފާ އޭނާގެ މޭގައި އަތްއަޅާ ދުރަށް ފޮޅުވާލުމުންނެވެ.
” ނޯ ނޯ އައި ކާންޓް ގިވް ޔޫ އަނަދާރ ޗާންސް. ޕެރިސްގަ ކަންތައް ކުރި ގޮތް ހަނދާނަކުން ނުފިލާ. ބުނީމެއްނު ފީލް އެއް ނުވެޔޭ އެއްވެސް ކަމެއް. ދެން ވައި، ސްޓޭ އަވޭ ފްރޮމް މީ ” ކުރިން ހުރި ލަދުވެތިކަން ފިލާ ރުޅިވެރިކަން ޝިފާގެ މޫނަށް ވެރިވީ އެހަނދާންތައް އާވުމުންކަން ޒައިކް އަށް އެނގުނެވެ.
” ވެލް. އިޓްސް ސޭޑް ދެޓް ޔޫ ރިއަލައިޒް ބިފޯރް އައި ކުޑް ޝޯޔޫ ޔުއާ ރިއަލް ކެރެކްޓަރ” ޒައިކް ހުރިހާ އިޙްސާސްތަކެއް ފޮރުވާލަމުން ވާހަކަދެއްކިއެވެ. އޭނައަށް އަސަރު ކުރިކަން ޝިފާ އަށް އަންގާކަށް ބޭނުމެއް ނޫނެވެ. ގަބޫލެއްވެސް ނުކުރާނެއެވެ. އެއަށްވުރެ ވަނީ ހިތުގައި ޖެއްސިފައެވެ.
ޕާކް ކުރާ ސަރަހައްދުގައި ކާރު ޕާކް ކުރުމަށްފަހު ޝިފާ ގޮވައިގެން ޒައިކް ހިނގައިގަތީ އެތެރެއަށް ވަނުމަށެވެ. އެތައް ކާރުތަކެއް އާންޓުގެ ގޭގެ ބޭރުގައި ޕާކް ކޮށްފައި ވެއެވެ. މިޕާޓީއަކީ ރުމޭނިއާގެ ވިޔަފާރިއަށް އައި ކުރިއެރުމުގެ ސަބަބުން އާއިލާއާއި ރައްޓެހިންނަށް ބާއްވާ ކުޑަ ހަޕްލާއެކެވެ. މުޅިތަންވަނީ ކުލަކުލައިގެ ބޮކިތަކުން ޖަރީ ކުރެވިފައެވެ. ބޭރަށްވެސް ކާތަކެތީގެ މީރުވަސް ދުވައެވެ. ލިފްޓަށް އެރީ ޓެރެސް އަށް ދިއުމަށެވެ. ލިފްޓުގައި ހުރި މަދު ވަގުތުކޮޅުގައިވެސް ބެލުނީ ޝިފާ އާއި ދިމާއަށެވެ. މިރޭ އެ ހޭދަވި އުފާވެރި ވަގުތު ކޮޅުން މީންދުވަހަކު ނުލިބޭ އުފާ ލިބުނެވެ. ހިތް އެދެވުނީ އަދިވެސް އެއަށްވުރެ ކައިރި ވުމަށެވެ. އެކަމަކު ޝިފާގެ ނުރުހުން އޭނައަށް ހައްގެވެ.
ޕާޓީ ފެށިގެން ދިޔައިރު މުޅި ޓެރެސް ފުރިފައިވަނީ އެކި ކަހަލަ މީހުންތަކުންނެވެ. އެތައް ރީތި އަންހެން ކުދިންނެއް ވިއިރު އެހާ ރީތި ފިރެހެނުން ވެއެވެ. މީންކަމަށް ޝިފާ ނުވިސްނައެވެ. މިކަހަލަ ތަނަކަށް އާދެމުވުން ކުޑަކޮށް ހާސްވިއެވެ. އިޙްތިޔާރަކައި ނުލައި ކައިރީގައި ހުރި ޒައިކް އަތުގައި ހިފާ ކައިރި ކޮށްލެވުނެވެ. ޝިފާގެ މިއަމަލުން ހައިރާންވިނަމަވެސް އެހާ އުފާވިއެވެ. ޒައިކް އަށް އިހްސާސްވީ އޭނަގެ މީހެއްކަން ދެއްކުމަށް ޝިފާ ކުރިކަމެއް ގޮތުގައެވެ. މިރޭ އެދެ މީހުންނަށް އެތައް ލޯތަކެއް ހުއްޓޭނެކަން ގައިމެވެ. ކަނޑުނޫކުލައިން ދެމީހުން ގުޅުވާލެވިފައިވީއިރު އެތައް ރީތިކަމެއް ވަށާލެވިފައިވާކަހަލައެވެ.
ދުރުގައި އެކުވެރިންތަކަކާއެކު ވާހަކަދައްކަން މަންމައާއެކު ބޮޑުދައިތަ ހުއްޓެވެ. ޒައިކް މެން ފެނުމުން ކައިރިއަށް ގެންގޮސް އެކުވެރިންނަށް ތައާރަފް ކޮށްދިނެވެ. މިއަދު ރުމޭނިއާގެ އުފަލެއް ކަމުގައި ދެކުނީ އެދެ ކުދިން އުފާ ކޮށްދިނުމެވެ. އޭނައަށް ކުރެވުނު ބޮޑު ކުށުގެ ކައްފާރައަކީ އެދެކުދިންނަށް ހެޔޮކޮށް ހިތުން ކަމުގައި ދެކުނެވެ. ޝިފާ ވަރަށް ގާތްކޮށް އެހުރިހާ އެންމެނާވެސް ވާހަކަދެއްކިއެވެ. ގިނަ ބައެއްގެ ހިތް އަތުލިއެވެ. ރޫބީ ހުރީ ވަރަށްވެސް އުފަލުންނެވެ. އޭނަގެ ދަރިފުޅަށް މިހާ ފުރިހަމަ ބައިވެރިއެއް ލިބުމުންނެވެ. އަދި އެ ދަރިފުޅު ހިތުގައި އެހެން ފަރާތަކަށް ދެވިފައިވާ ލޯބި ޝިފާއަށް ލެއްވުމަށް އެދި ދުޢާ ކުރެވެއެވެ.
އަންހެނުންގެ ވާހަކަ ތަކުން ޒައިކް ފޫހިވިއެވެ. މަންމަ އާއި ޝިފާ ހަވާލުކުރުމަށްފަހު ޒައިކް ހިނގައިގަތީ ތަންކޮޅެއް ދުރުގައި ހުރި އޭނަގެ ބައްޕަގެ އެކުވެރިއަކު ފެނި ވާހަކަ ދައްކާލުމަށެވެ. އުމުރުން ގާތްގަނޑަކަށް ފަންސާހަކަށް އަހަރާ ގާތް ކުރިނަމަވެސް އެކަމުގެ ކުލައެއް ނެތެވެ. ހަށިގަނޑުން ވަރުގަދަވެފައި ޒުވާން ކަމުގައި ފެނެއެވެ. ބޮލުގެ އިސްތަށިގަނޑު ކަޅު ކުރާކަން ބަލާލުމުންވެސް ފާހަގަ ވެއެވެ. އެހާވެސް ކަޅު ގަދައެވެ. މޫނުމަތިން ސަހުސިއްޔަތުގެ ވަރުގަދަކަން ހާމަވާން ހުއްޓެވެ.
” ސޯ ވެއާ އިޒް ޔުއާރް ވައިފް ޕީޓާރް. ކީއްވެ މިތާ އެކަނި ތިހުރީ ” ޒައިކް އަހާލިއެވެ.
” ޝީ އިޒް ޖަރުމަނީ. އެންޖޯއިން ހާރ ފުރެންޑްސް. އެންޑް އައެމް ހިއާރް އެންޖޯއިން ހަރް އެބްސެންސް ” ހީލުމަށްފަހު ޕީޓާރް ވަހަކަ ދެއްކިއެވެ.
” ވައިފް ނެތީމަ އެކަންޏެއް ނުވާނެ ހަމަ ގައިމުވެސް. ކޮން އަންހެން ކުއްޖެއްތަ މިމަހު ތިގެންގުޅެނީ ” ޒައިކް ވާހަކަ ދެއްކީ ޕީޓާރް ވެސް އެގޮތަށް ޒައިކް އާ ވާހަކަ ދައްކާތީކަން ޔަގީނެވެ. އޭނަގެ މޫނުމަތިން ފެންނަނީ މަލާމާތުގެ ހިނިތުންވުމެވެ. ދުވަސްވީވީހެން މިމީހުންނަށް ލިބޭ އަންހެން ކުދިންވެސް ވަނީ ގިނައެވެ. އެކަން ނުވާންވީ ކީއްވެހެއްޔެވެ. ފައިސާޔާ މުދަލާ ހުރިނަމަ އަންހެން ކުދިން ނުވާނީ ކާކަށްހެއްޔެވެ.
” ނޯ ބޮޑީ ސްޕެސިއަލް. އައެމް ބޯރްޑް އޮފް ސީއިންގް ދަ ސޭމް ފޭސަސް. އައެމް ސާރޗްޑް އޮފް ސަމްވަން ނިއު… އުމްއުމްއުމް… ” ވަށައިގެން ނަޒަރު ހިންގާލުމަށްފަހު ޕީޓާރ ގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ. ” ޒައިކް މަންމަ އާ ވާހަކަ ދައްކަން އެހުރީނު ލޯބި ފުއްގަނޑެއް. ވަޓް އަ ސްމޯކިން ހޮޓް ބޮޑީ ޝީ ހޭޒް. އައި ވުޑް ލަވް ޓު ކިސް އެވްރީ އިންޗި އޮފް ހާރ ވައިލް ޝީވިލް ބީ ސްކްރީމިންގ މައި ނޭމް ” ޕީޓާރ ގެ ވާހަކަ ތަކުން ކުލަނޫން ހިނިތުންވުމެއް ދިނީމެވެ. އެހެންނަމަވެސް ޒައިކްގެ ލޭ ކެކިގަތީ ޕީޓާރ ގެ ވާހަކަ ތައް އަމާޒުވެފައިވަނީ އޭނަގެ އަންހެނުންނަށް ކަމަށް ވީތީއެވެ. ހިތުގައިވީ ނަފްރަތު އެއްކައިރި ކޮށްލުމަށްފަހު ވާހަކަ ދެއްކޭތޯ ބެލިއެވެ.
” އަހަރެން ކެއާރފުލް ވާނަން ޕީޓާރ ގެ އޭޖަށް. ދެޓް އިޒް މައި ވައިފް ޔުއާރ ޓޯކިންގ. ދެވަނަ ފަހަރަށް އޭނަގެ ނަން ކީނަމަ ތި އަނގައިން ބަހެއް ބޭރު ނުކުރެވޭވަރު ކޮށްލާނަން ” ކިތަންމެ ރުޅިއަންނަން ބޭނުން ވިއަސް މިތާ އިތުރު ސީން އެއް ކުރިއޭޓް ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެތަށް ކުލައެއް ޕީޓާރ ގެ މޫނަށް އެރުމަށްފަހު މައާފަށް އެދުނެވެ. އެކަމަކު ޒައިކު ހިތުގައިވީ ރުޅިވެރިކަމަށް ފިނިކަމެއް ނުލިބުނެވެ. އޭނާގެ އަންހެނުންނާއިމެދު އެވާހަކަ ދެއްކީ ކިހިނެއް ހެއްޔެވެ. ޒައިކް ބޭނުންވީ އެމުސްކުޅި މޫނުމަތީ ޖަހާށެވެ. އެހާވެސް ނަފްސް ކޮންޓްރޯލް ކުރަން އުނދަގޫ ވެއްޖެއެވެ. އެންމެނަށް ޝިފާއަކީ އޭނަގެ އަންހެނުންކަން އަނގަން ބޭނުން ވި ވަގުތެއް މިނޫނިއްޔަކާ ނާދެއެވެ. އެންމެންގެ ވިހަގަދަ ނަޒަރުތަކުން ޝިފާ އެއްކައިރި ކުރަން ޖެހެއެވެ. ބާރު ބާރަށް ހިނގާލުމަށްފަހު ޓެރެސްއިން ދުރުގައި އެއްކައިރި އަކުން ނުކުމެވެންހުރި ތަންކޮޅަކަށް ދެވުނެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވާ މިތަންކޮޅުން ބޯހާސްކަން ފިލާނެކަން ގައިމެވެ. ޖަހާފައިވާ ރީތި ލަވައިގެ މަޑު މިއުޒިކްގެ އަޑު ތަނަށް ވެރިވެފައި ވެއެވެ.
” ދަރިފުޅާ ޒައިކް ދަރިފުޅުދެކެ ލޯބިވާހެން މަންމަ އަށް ހީވަނީ. މީން ދުވަހަކު އެދެލޮލަކުން މަންމަ ނުދެކެން އެކުލައެއް. އެތައް ޒަމާނެއް ވެއްޖެ ހިތާމައިގަ އުޅެނީ. މަންމަމެންދެކެ އަދިވެސް ހިތް ހަމަ ނުޖެހިފަހެން ހީވަނީ ހުންނަނީ. ކުރިން ވާހަކަ ދެއްކި ގާތްކޮށެއް ވާހަކައެއް ނުދައްކާ. ދަރިފުޅާ ކައިވެނި ކުރަން ބާރު އެޅީމަހެން ހީވަނީ. އެކަމު ދަރިފުޅުވާނެ ޒައިކް އަށް ލޯބި ދޭން، ބައެއްފަހަރު އެހެން ގޮތް ދުނުކުރާ ސިފައެއް ހުއްޓަސް ވަރަށް ކެއާރ ކުރާނެ. އޭނަ ރަނގަޅުވާނީ ތިކަހަލަ ކުއްޖެއްގެ ލޯބި ލިބިގެން” ރޫބީ ވަރަށް ގާތްގޮތަކަށް ޝިފާއާއި ވާހަކަ ދެއްކިއެވެ. ކޮންމެވެސް ވަރަކަށް ލަދުގަންނަމަވެސް މައިދައިތަ ލޯބިވާތީ އުފާވިއެވެ.
” މަންމަ މެން ދެކެ އަސްލު ޒައިކް ވަރަށް ލޯބިވޭ. އޭނަ އެހުންނަ ބޯހަރުކަމަކުން އެކަން ނުދައްކަނީއެ. އަޅުގަނޑަށްވެސް ގޯހެއް ނޫން . ބައްޕަ އަށްވެސް ވަރަށް ކެއާރ ކުރި” ގޮނޑިއެއްގައި އިށީންނަމުން ޝިފާ ވާހަކަ ދެއްކިއެވެ. އަދި ކޯކް ތައްޓެއް ނަގަމުން ދެމީހުން ބޮމުން ދިޔައެވެ. ޕާޓީގަ އެންމެން އެކިކަހަލަ ރާތަށި ތަކުން އުފާ ހޯދިނަމަވެސް ޝިފާ ދުވަހަކުވެސް އެއާ ކައިރި ވާކަށް ނޭދެއެވެ.
” ޔާ، އަހަރެން އެދަރިފުޅު ކުއްވެރިއެއް ނުކުރަން. ޒައިކް ބައްޕަ އާ ދެމީހުން ޖެހުނު މައްސަލައެއްގައި އަހަރެން ޒައިކް ކުޑައިރު ދޫކޮށްލާފަ ތިން ވަރަކަށް އަހަރު އުޅުނިން. އަލުން އަނބުރާ އައި އިރު އޭނަ ވަރަށް ރުޅިގަދަ. ކުދިކުދި ކަންކަމާވެސް ވަރަށް ރުޅިގަދަ. ވަރަށް މަސައްކަތުން އެހުރީ ރަނގަޅުވެފަ. ވަރަށް ފަހަކާ ޖެހެންދެންވެސް މަންމަ އާ ވާހަކަ ނުދައްކާ އުޅުނު. އެކަމް ލިވީގެ މަސައްކަތުން އަލުން މަންމަ އާ ވާހަކަ ދެއްކީ. ލިވީ އޭނަ ދޫކޮށްލާފަ ދިޔަ ހިސާބުން އަނެއްކާ ކުރީގެ އުޅުމަށް ބަދަލްވި. ދިރިއުޅުމުގެ އެއްވެސް ކަމަކާ އަޅައެއް ނުލާނެ. އަންހެނުން ދެކެ އެހާ ރުޅިއަންނާނެ. މަންމަ އަށް އިނގޭ އޭގަ މަންމަގެ ކުއްވެސް އެބަ އޮތްކަން ” ރޫބީގެ ވާހަކަތަކުން ޝިފާ ހުރީ ހައިރާންވެފައެވެ. އަދި ދުވަހަކު އަޑު އެހި ވާހަކަ ތަކެއް ނޫނެވެ. ކޮން ލިވީއެއްގެ ވާހަކައެއްބާއެވެ.
” ލިވީ ” ސުވާލް އުފެދިފައި ހުރެ ޝިފާ އަށް އަހާލެވުނެވެ.
” އޯހް ޒައިކް ނުބުނޭތަ އެވާހަކަ އެއް. ސޮރީ މަންމަ ބޭނުމެއް ނޫން މިވާހަކަ ދެއްކިކަން ޒައިކް އަށް އިނގޭކަށްވެސް. ބަލާބަލަ އެހެރެ އަންނަނީ މިދިމާއަށް ޒައިކް ” ރޫބީ ގެ ވާހަކަ ތަކުން ވާހަކަ އެހެން މިސްރާބަކަށް ގެންދަން އުޅުނުކަން ފާހަގަވިއެވެ. އެހެންވިއަސް ޒައިކްގެ ހަޔާތުގައި އަންހެން ކުއްޖަކު ވާކަން އެނގުމުން ދެރަވިއެވެ. ފާޑަކަށް ހަސަދަވެރިވެސް ވެއްޖެއެވެ. ލިވީ އަދިވެސް ޒައިކްގެ ދިރިއުޅުމުގައި ވޭބާއެވެ. ޒައިކްގެ ހަޔާތުގައި ލިވީއަކީ ކޮން ނަމެއް ދެވިފައިވާ އަންހެން ކުއްޖެއްބާއެވެ. އެތައް ސުވާލެއް އެއްފަހަރާ ބޮލުތެރޭ އެނބުރެން ފެށުމާއެކު ދެފަރާތަށް ބޯ ހޫރާލެވުނެވެ. އަދި ކައިރިވަމުން އައި ޒައިކް އަށް ނަޒަރު ހުއްޓައިލިއެވެ.
ޒައިކް ކައިރީ ވަމުން އައިއިރު އެމޫނުމަތިން ރީތި ހިނިތުންވުމެއް ވެއެވެ. ޝިފާ ކުރިއަށް ޖެހިލި ތަނުން ކުއްލިއަކަށް އެއްކައިރިން އައި ކުއްޖެއް ގައިގަ ޖެހިފައި އެކުއްޖާ އަތުގައި ހުރި ތަށިން ބައެއް ހެދުމަށް އެޅުނެވެ. ސިހިގެން ގޮސް ބަލާލެވުނީ ޒައިކް އެކުއްޖާ އާދިމާއަށް ބާރަށް ނުރުހޭ އެއްޗެކޭ ބުނުމުންނެވެ. ޒައިކް ކައިރީ މަޑުކުރަން ބުނުމަށްފަހު ވޮސް ރޫމާ ދިމާއަށް ހިންގައި ގަތީ ޒައިކް ވޮސް ރޫމް ދެއްކުމުންނެވެ.
ލޯގަނޑު ކުރިމަތީ ހެދުމުގައި ފެން ލާން ހުރިއިރު ސިފަވީ އަދިވެސް އެކުއްޖާ މަތިންނެވެ. ކޮންމެވެސް ތަނަކުން ފެނުނު ކުއްޖަކާ ވައްތަރެވެ. އެކަމަކު ހަނދާނަކަށް ނައެވެ. ފެން ލާ ނިމުނުތަނާ އެނބުރި ދޮރާ ދިމާއަށް ބަލާލެވުނީ ދޮރު ހުޅުވާފައި އެ ނުދަންނަ ކުއްޖާ ވަނުމުންނެވެ.
” ރީތި ކަމެއް ލިބިފަ ހުއްޓަސް ޒައިކް ކަލޭ ދެކެ ކުޑަކޮށްވެސް ލޯއްބެއް ނުވާނެ. ކުޑަ ދުވަސްކޮޅަކަށް ބޭނުން ހިފާލުމަށްފަހު ދޫކޮށްލާނެ. އެދުވަހަކުން އަހަރެން ޒައިކް އާ އެންމެ ކައިރީގަ ވާނަން. ޒައިކް ލިވީ ދެކެ ވީ ލޯތްބަށްވުރެ ފުން ލޯއްބެއް ކަލޭ ކަހަލަ މީހަކުދެކެ ވުމަކީ ދުރު ކަމެއް. ކަލޭ ޒައިކް ލައިފްއަށް އައުމުގެ މާކުރިން އަހަރެން މީ ޒައިކްގެ ހިތް އުފާކޮށްދޭ ހަމައެކަނި އަންހެން ކުއްޖާ. މިހާރު ކަލޭ ފެނިގެން މަގޭ ރޫމަށް އޭނަ ނަޔަސް އަހަރެމެން ދެމީހުން ނުކުރާކަށް ކަމެއް ނޯންނާނެ ” އެއަންހެން ކުއްޖާ ދައްކަމުން ދިޔަ ވާހަކަ ތައް އެއީ ތެދުކަން އަހަރެންގެ ސިނކުނޑި އެއްބަސް ވަމުން އައީ ކިހިނެއްކަމެއް ނޭނގުނެވެ. ރުވާފައި ދޫކޮށްލި ތީރުތަކެއް ފަދައިން އެބަސްތައް ހިތައް ހެރުނެވެ. މިނުދަންނަ ކުއްޖާވެސް ލިވީގެ ވާހަކަ ދައްކާފިއެވެ. އެންމެނަށް އެނގޭ ކަމެއްތާއެވެ. އަނެއްކާ ކިހާވަރެއްގެ ގުޅުމެއް އެދެމެދުގައި އޮވޭބާއެވެ. އެހިތާމަ ރުޅީގެ ސިފައިގަ ބޭރުކުރަން ފެށުނެވެ.
” މޫވް. އެއް އިރެއްގަ ޒައިކް ކަލެއާއެކު އުޅުނަސް މިހާރު އެއީ މަގޭ ހަޒްބެންޑް. އޭނަ ހަދާނީ އަހަރެން ބުނި ގޮތެއް. މިހާރު ޒައިކް ނުދާތީ އެރުޅި ބާލަނީތަ ” އެއަންހެން ކުއްޖާގެ ކޮނޑުގައި ޖެހިގަތުމަށްފަހު ވޮޝްރޫމުން ނުކުތީމެވެ. އަދި ބާރު ބާރަށް ހިނގައި ގަނެވުނީ ޒައިކް އާ އެއްހަމައަކަށް ދިއުމަށެވެ.
” ޒައިކް ހިނގާ ދެން ގެއަށްދާން. ބައެއް ކާއެއްޗެހި ރަހަވެސް ބެލިއްޖެ. މިއޮތީ ހެދުން ހަޑިވެފަ. ގެއަށް ދާން ބޭނުމީ ” އެއްވެސް ކަމެއް ވީކަމެއް މޫނުމަތިން ނުދައްކާ ޝިފާ ވާހަކަ ދެއްކޭތޯ ބެލިއެވެ.
” އޯކޭ ލެޓްސް ގޯ. މަމް އައި ވިލް ކޯލްޔޫ ލޭޓާރ ” ޝިފާ އަތުގައި ހިފައިގެން ޒައިކް ލިފްޓާ ދިމާއަށް ހިނގައިގަތީ ބަހެއް ބުނުމެއް ނެތިއެވެ. ކާރު ގައި ހުރިއިރުވެސް ޝިފާގެ ފަރާތުން ފެންނަމުން ދިޔަ ދުރު ކަމަށް ޒައިކް އަށް ކެތެއް ނުކުރެވުނެވެ. ބޭރަށް ނަޒަރު ހުއްޓަލައިގެން ބަހެއް ބުނުމެއްނެތި ޝިފާ ހުރި އިރު ހިޔާލް ކުރަނީ ކޮންކަމަކާ ކަން އެނގެން ޒައިކް ނުލާހިކު ބޭނުން ވިއެވެ. މިރޭ ޒައިކް އެހުންނަނީ ނުލާހިކު ރުޅި އައިއްސައެވެ. އެޕާޓީ އަށް މެކާ ދާކަން އެނގުނު ނަމަވެސް ޝިފާ ގޮވައިގެން ނުދިޔައީހެވެ. އަދި ޝިފާގެ ހެދުމަށް ތަށި ބަންޑުން ޖަހާލީ މެކާ ގަސްތުގާކަން ޒައިކް އަށް އެނގެއެވެ. އެކަން އަދި މެކާއަށް އޭނަ ދައްކާލާނެއެވެ. އެއްގޮތަކަށްވެސް މެކާ ފަރާތުން އެއްވެސް ވާހަކައެއް ޝިފާގެ ކަންފަތާ ހަމައަށް ފޯރުވިޔަ ނުދޭން އޭނަ މިހުންނަނީ ގޭގެ ގާޑުން ނަށްވެސް މެކާ އެގެއަށް ވެއްދުން މަނާ ކޮށްފައެވެ.
ގެއަށް ޝިފާ ލުމަށް ފަހު އެހާ އަވަހަށް ގެއަށް އާދެވޭނެ ކަމެއް ނޭނގެއޭ ޒައިކް ބުނެލީ އެމޫނަށް ބަލާލަމުންނެވެ. ނިދިއައީމަ ނިދާލުމަށް ބުނެ ބޭރަށް ނުކުމެ އަނެއްކާވެސް ކާރު ދުއްވާލީ ދުރަށެވެ. ޒައިކް ކާރުގަ ދިއުމުން ޝިފާ ކޮޓަރިއަށް ވަނީ ފެންވަރާލުމަށެވެ. ޒައިކް އެހާއަވަހަށް ނާން ނާނެ ކަމަށް ބުނުމުން ދޮރުވެސް ތަޅު ނުލާ ފާހާނާ އަށް ވަނީ ފެންވަރާލުމަށެވެ.
މެކާ ފޯނަށް ގުޅާ ގުޅާ ފޯނެއް ނުނެގިއެވެ. ދެން މިރޭ މެކާ އާ ބައްދަލުކުރުމުގެ މޫޑް ނެތުމުން ގެއާދިމާއަށް ކާރު އަނބުރާލިއެވެ. އެއްކައިރީގައި ކާރު ޕާރކް ކޮށްލުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައި ގަތެވެ. ދޮރު ހުޅުވާލެވުމުން ސިހިގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އަތުގައިވީ ފޯނު މުށިގަނޑުމައްޗައް ވެއްޓި އެކި ބައި ވަކިވި އިރުވެސް ޒައިކް އަކަށް ރޭކައި ނުލިއެވެ.
ނުނިމޭ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.





Varah reethi
Thanks Ibsha your support ??????????
V reethi
Thanks for adding your support ???????
Vv reethi ?????
Thank you ?????????
Vvvv salhi??
Thank you so much
update sooon.. cant wait
Thanks for adding your support and love ???????
V salhi ….keep it up
Thanks Aysh ???????
Varah reethi.. Avahah up kohbba cant wait to read next part???????
Thank Kai???????.
Kai??????
Lai ?????
When next can’t wait?????????
Thanks RAIN LOVER GIRL
Kn me dhuvahaku genes dhene vaahaka bunefa in aekam mivaahakaige aneh bai koba? Nimuny tha vaahaka
hafthaage, sunday, monday, tuesday, wednesday, thursday ga genes dheyny. adhi nunimey