ޖެހެމުންދާ ފިނި ވައި ރޯޅިތައް ދަނީ މިންހާގެ ދިގު އިސްތަށިގަނޑު ވިހުރުވަމުންނެވެ. ފަސް ގަޑި ބައިވެ، އިރުއޮއްސެން ގާތްވަމުންދާތީ އެތާނގައި ތިބި މައިންބަފައިން އެމީހުންގެ ދަރިން ގޮވައިގެން ގެޔަށް ދިޔުމަށް އަވަސްވެގަންނަމުން ދިޔައެވެ. އެއެންމެންނާ ޚިލާފަށް މިންހާ އެކަނި މާއެކަނި އިނީ އޭނާގެ މަރުވެފައިވާ މަންމަގެ ހަނދާންތަކުގެ ތެރެއަށް ގެއްލިފައެވެ. ކޮންމެ ދުވަހަކު މިގޮނޑުދޮށަށް އަންނަނީ އެފޮނި ހަނދާންތައް އާކުރާން ކަމުގައި ވީނަމަވެސް މިންހާގެ ސިކުނޑިއަށް އަންނަނީ އޭނާގެ ޙަޔާތުގައި ހެދުނު އެންމެ ބޮޑު ގޯހުގެ ހަނދާންތަކެވެ. […]
ޒިވާގެ ހާލަކީ ކޮބާތޯއެވެ؟ މިަދު އެއްގޮތަކަށްވެސް ނުފެނި ހުރެފައި ކުއްލިއަކަށް ކައިލް ފެނުމުން ޒިވާ އަށްވެސް ބަލަހަށްޓާއިގެން ހުރެވުނީއެވެ. ކަޅުރަތް ކުލައިގެ ގަމީހަކާ ގަދަނޫކުލައިގެ ޖިންސެއްގައި ކައިލް ފެންނަލެއް ނުހަނު ހިތްގައިމެވެ. ގަމީހުގެ އަތް އުޅަބޮށްޓާއި ހަމައަށް އިޅާފައި ވުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ދެޒުވާނުން އެކަކު އަނެއްކަކުގެ ލޮލަށް ގެއްލިފައި ތިއްބާ ޒިވާ ސިއްސައިގެން ދިޔައީ ކައިލް ކޮށްލި ކަމަކުންނެވެ. ******************************************** ކައިލް ޒިވާގެ އަތުގައި ހިފާލުމަށް ފަހު ކައިލް އާއި ދިމާއަށް ދަމާލުމުން ޒިވާ ސިއްސައިގެން ގޮސް ދިޔަ ބާރު މިނުގައި ޖެހުނީ ކައިލްގެ މޭމަތީގައެވެ. ކައިލްގެ ގައިން ދުވި މީރު ވަހުން ޒިވާގެ ނޭވާ އެތެރެއަށް ދަމާ ލެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ޒިވާ އަށް ކައިލްގެ މޫނު އެހާ ކައިރިން ފެނުމުން އޭނާގެ ހަށިގަނޑުގައިވި ހުރިހާ ލޯލި ތަކެއް ކޮޅަށް ޖެހުނެވެ. ކައިލްގެ އަތް ޒިވާގެ އުނަގަނޑުގައި އެޅިފައި ވުމުން އެއަތުގެ ބީހިލުން ޒިވާގެ ހަށިގަނޑުގެ އެންމެ ހިމަ ނާރާ ހަމައަށްވެސް ފޯރި ކަހަލައެވެ. ކައިލް ޒިވާގެ މޫނަށް ބަލާލުމާއެކު ދެޒުވާނުންގެ ކަޅި ބައްދަލުވި އިރު ޒިވާގެ މޫނުމަތިން ފެންނަމުން ދިޔައީ ލަދުވެތި ކަމެވެ. ލަދުން އިސް ޖަހާލީ ކައިލްގެ މޫނަށް ބަލަހަށްޓައިގެން ނުހުރެވޭނެކަން އޭނާ އަށް އެނގުމުންނެވެ. ކައިލް ހުރި ގޮތް ރޭކާލުމުން ޒިވާ މަޑުމަޑުން ދުރު ވެލިއެވެ. ކައިލް އަށް ވެސް ދެމީހުންނަށް ތިބެވުނު ގޮތް އިހްސާސްވީ އަދި ކިރިޔާއެވެ. ދެފަރާތް ބަލާލީ އިތުރު މީހަކަށް އެމަންޒަރު ފެނުނުތޯ ޔަގީން ކުރުމަށެވެ. […]
ހަނދުވަރު ދޭ ރޭރޭގައި ބޭރަށް ނިކުމެ ބުރު ޖެހުމަކީ ވިލްދާން އަބަދުވެސް ކުރާ ކަމެކެވެ. އޭނާ ބުރު ޖަހަނީ ސައިކަލަކު ނޫނެވެ. އަދި ބައިވަރު ރަހުމަތްތެރިންތަކެއް ގޮވައިގެނެއް ވެސް ނޫނެވެ. ވިލްދާން ހިނގަނީ އެކަންޏެވެ. އެކަނި ހަނދުވަރުގެ އަލީގައި ރަސްފަންނުގައި ހިނގާލެވުނީމާ އޭނާގެ ހިތަށް ލިބުވައިދެނީ ބަޔާންކުރަން ދަތި އުފަލެކެވެ. ހައްޔަރުވެފައި އިން ދޫންޏެއް ކުޑަ ވަގުތުކޮޅަކަށް އުދުހިލަން ލިބުނީމާ ވާނީވެސް އެހެނެއް ނޫން ހެއްޔެވެ؟ ވަށައިގެން އިވެން ފެށި އުފާވެރި އަޑުތައް ވިލްދާން ކަނުލައި އަޑުއަހަމުން ގެންދިޔައެވެ. މީހުން ގިނަ ތަންތަނަށް އޭނާ ދާހިތްވެއެވެ. އެކަކު އަނެކަކަށް މަޖާކޮށް ހީ ސަމާސާކުރާ […]
މި ހުރިހާ މަންޒަރެއް ބަލަން އިއްބާންގެ ކޮޓަރިއާއި ޖެހިގެންހުރި ކޮޓަރީގެ ބެލްކަންޏަށް ނިދިނައިސްގެން ނިކުން އައިލީން ހުރީ ދެލޯބަޑުކޮއްލައިގެނެވެ. ******************** އައިލީން ހުރީ ހުއްޓުންއަރާފައެވެ. އިއްބާން އެހާ ހިތުގައިޖެހިފަ ރޯތަންފެނުމުން އައިލީންގެ ލޯތެމުނެވެ. އައިލީން އަށް އިއްބަންކީ ހުރިހާއެއްޗެއް އަޑުއިވުނެވެ. ހިތުގައި ސުވާލު އުފެދުނެވެ. ލޫންއަކީ ކާކުހެއްޔެވެ؟ އިއްބާން އެރޮނީ ލޫންގެ ސަބަބުން ހެއްޔެވެ؟ ލޫން އިއްބާން ދޫކޮއްދިޔައީ ކީއްވެ ހެއްޔެވެ؟ އިއްބާންގެ ހިތުގެ ވެރިއަކީ ލޫން ހެއްޔެވެ؟ އައިލީން މިހުރިހާ ކަމަކާދޭތެރޭ ވިސްނާލުމުން ސިކުނޑިއަށް ރިއްސާލިއެވެ. […]
ލޯތްބަކީ ކޯއްޗެއް ހެއްޔެވެ؟ ލޯތްބަކީ ވެވޭ އެއްޗެއް ހެއްޔެވެ؟ ލޯތްބަކީ ވާ އެއްޗެއް ހެއްޔެވެ؟ ވަރަށް އާންމު އެހެނަސް ޖަވާބު ދިނުމުގައި ގިނަ ބަޔަކު ނުކުޅެދިފައިވާ ސުވާލުތަކެކެވެ. ނޫންތޯއެވެ؟ ޖަވާބު ދެވުނަސް އެކި މީހުންނަށް ދެވެނީ އެކި ޖަވާބެވެ. މި ލިޔުމުގައި މި އަލި އަޅުވާލަނީ އަހަންނަށް ލޯބި މާނަކުރެވޭ ގޮތަށެވެ. ގިނަ މީހުން ބުނާ ގޮތުގައި، ލޯތްބަކީ އިޚުތިޔާރެއް ނެތި ވެވި ދާ އެއްޗެކެވެ. އެހެނަސް އަހަރެންގެ ޒަމީރު އެކަން ދޮގުކުރެއެވެ. އަހަރެންގެ ސިކުނޑި ބުރަވަނީ، […]
އެވަގުތު ހައިޒަލް ނިދީގައި އޮވެ ކޮންމެވެސް އެއްޗެކޭ ކިޔާލިއެވެ. ޝަލީން ހައިޒަލްގެ ހަރަކާތްތަށް ދެގެނަންނަފަދަ ގޮތަކަށް ބަލަހައްޓައިގެން ހުރުމަށްފަހު ހައިޒަލްގެ ގައިމަތީ އޮތް ކިލްޓް ރީތީކޮށްލުމަށްފަހު ދުރަށް ޖެހިލިއެވެ. ސައިޑް ލޭމްޕްގެ އަލި މަޑުކޮށްލުމަށްފަހު ޝަލީން އަނެއްފަރާތަށް އެނބުރުގަޑީގައި ހައިޒަލް ޝަލީންގެ އަތުގައި ހިފަހައްޓާލިއެވެ. އެއާއިއެކު ހައިޒަލް ކިޔާލި އެއްޗަކުން ޝަލީންގެ ބޮލަށް އެނބުރުން އަރަައިގެންދިޔައެވެ. “ނައިނާ…” ހައިޒަލް ނިދީގައި އޮވެ ދެވަނަފަހަރަށްވެސް ތަކުރާރުކޮށްލިއެވެ. ޝަލީންގެ ހަށިގަނޑުގެ ވިންދު ހުއްޓުނު ވަގުތުކޮޅަކަށްފަހު ހައިޒަލްއާއި ދިމާލަށް ބަލާލެވުނުގޮތުން ހަށިގަނޑު […]
”މިހިތް އަދުު ދެވިއްޖޭ ލޯބިން ކަލާއަށް… މިހުތުގެެ ވިންދު ޖަހަނީ ކަލާއަށްޓަކާ… ތިޔައީ ޖަދޫގެ ލާ މަސީލު މިސާލެކޭ… ޔާރާ ތި ކުރަނީ އަހަންނާ ހަމަ ސަމާސާހޭ… ހަގީގަތް ނުކުރާށެ ބަދަލު އައި ލަވް ޔޫ…” ދެވަނަ ފަހަރު ނިޔާޝް ކިޔާލީ ވަރަށް މާނަ ފުން ބަސްތަކެކެވެ.”ހަމަ ލޯބިނުވާތީ އޮޅުވާ ލީހޭ… ޔަގީނޭ.. ޔާރާ އަދިވެސް ތީ މި ދުނިޔޭގެ އަޅަކެޭ… އެދުވަހު ފޭކް ފެނުނަސް މިހާރު އަހަރެން ގަބޫލެެއްް ނުކުރާނަމޭ..” އަޑުގައި ވީ އަސަރާއެކު ދެ […]
” ލިވީ އަށް ގިނަދުވަހަކު ދަރިފުޅާ ދުރަކު ނުހުރެވުނު. ފަސްވަރަކަށް މަސްވީތަނާ އަބަދު ރޮނީ. ދަރިފުޅު މަތިން ހަނދާންވެގެން. އެންމެފަހުން މަންމަ އޭނަ ގޮވައިގެން ކެނެޑާއަށް ގޮސް އެގެއަށް ދިޔައިރު ހުރިހާކަމެއް ބަދަލްވެއްޖެ. ލިވީ ވިހޭ ކުއްޖަކީ ވަރަށް ބަލި ކުއްޖެއް. ސިކުނޑީގައި ސިސްޓެއް އުފެދި ފެތުރުނުއިރު ޑރ ބުނަނީ އުންމީދު ނެއްކަމަށް. އެދަރިފުޅުގެ އެންމެ ފަހު ދުވަސްތައް ހޭދަކުރީ ލިވީ އާއިއެކު. ދަރިފުޅު މަރުވުމުން އެކަމާ ހިތާމަކޮއްކޮއް ހާޓްއެޓޭކެއް ޖެހިގެން ލިވީވެސް […]
އޮފީހުގައި ހުރި އިރުވެސް ހިޔާލުކުރެވުނީ ޝިފާއާއި މެދުއެވެ. އެދުރުކަންދެކެ އަނެއްކާވެސް އޭނާ ބިރުގަންނަން ފެށިއެވެ. އަލުން ދިރިއުޅުމުގައި އެކަނިވެރިކަން އިހުސާސް އެއް ނުކުރެވޭނެއެވެ. އެދުވަހު ދެއްކުނު ވާހަކައާމެދު ދެރަވިއެވެ. އެއްވެސް ކަމަކުން ނުލިބޭނެހާ އުފަލާ ހިތްހަމަޖެހުން ޝިފާގެ ފަރާތުން އޭނާއަށް ލިބުނުކަން ހުދު އޭނާވެސް ދެކޮޅެއް ނަހަދައެވެ. އެހެންނަމަވެސް ޖަޒުބާތުގައި ޖެހިގެން އެދުވަހު އެވާހަކަ ތައް ދެއްކުނީއެވެ. ހިތުގެ ކަނެއްގައި އުފެދިފައިވާ ލޯބި ފާޅުނުވަނީ އެވެ. ލިވީ އަށް ދެވިފައިވާ މަގާމު އަލުން އެހެން […]