ލޯތްބެއްގެ ފެށުން 25
” ލިވީ އަށް ގިނަދުވަހަކު ދަރިފުޅާ ދުރަކު ނުހުރެވުނު. ފަސްވަރަކަށް މަސްވީތަނާ އަބަދު ރޮނީ. ދަރިފުޅު މަތިން ހަނދާންވެގެން. އެންމެފަހުން މަންމަ އޭނަ ގޮވައިގެން ކެނެޑާއަށް ގޮސް އެގެއަށް ދިޔައިރު ހުރިހާކަމެއް ބަދަލްވެއްޖެ. ލިވީ ވިހޭ ކުއްޖަކީ ވަރަށް ބަލި ކުއްޖެއް. ސިކުނޑީގައި ސިސްޓެއް އުފެދި ފެތުރުނުއިރު ޑރ ބުނަނީ އުންމީދު ނެއްކަމަށް. އެދަރިފުޅުގެ އެންމެ ފަހު ދުވަސްތައް ހޭދަކުރީ ލިވީ އާއިއެކު. ދަރިފުޅު މަރުވުމުން އެކަމާ ހިތާމަކޮއްކޮއް ހާޓްއެޓޭކެއް ޖެހިގެން ލިވީވެސް މަރުވި ” އަހަރެމެން ދެމީހުންނަށް އެއްފަހަރާ ބަލާލެވުނީ ހައިރާންވީވަރުންނެވެ. ދެން އިޒަބެލް ދެއްކި ލިޔުމަކުން ޝިފާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.
****************
ފައިލް ނަގަމުން އޭގެން ލިޔުމެއް ދިއްކޮއްލިއެވެ. ޝިފާ އޭގަ ހިފަމުން އެލިޔުމަށް ބަލާލިއެވެ. ލިވީގެ ދަރިފުޅުގެ މަރުގެ ލިޔުމެވެ. ޑރ ގެ ނަމާއެކު ބަލީގެ ނަންވެސް ލިޔެފައި ވެއެވެ. އެލިޔުން ބަލާލުމުން އެއީ ތެދެއްކަން ގަބޫލުކުރަން ބޭނުން ވިއެވެ. ލޮލުން ކަރުނަ އައީ ޒައިކް އަށް މިހުރިހާ ކަމެއް އެނގުމުން ކަންތައް ވެދާނެ ގޮތަކާމެދުއެވެ. އޭނަގެ ދަރިއަކު ދުނިޔޭގައި ހުރިކަމެއް އެނގުމެއްނެތި ދިޔައީއެވެ. އެންމެ ފަހަރަކު ދަރިފުޅަށް ގޮވާލާނެ ފުރުސަތުވެސް ނުލިބިއެވެ. އެހިތައް ކުރާނެ އަސަރު މިހާރުވެސް އޭނާ އަށް އިހުސާސް ކުރެވެއެވެ. ފޯނު ނެގުމަށްފަހު ފޮޓޯއެއްނެގީ އެލިޔުން ޒައިކްއަށް ދެއްކުމުގެ ބޭނުމުގައެވެ. އޭރުން ގަބޫލުކުރަން ފަސޭހަވާނެތީއެވެ.
ޔަމާންވެސް އެލިޔުން ބެލުމަށްފަހު ލޯފުހެލިތަން ފެނުނެވެ. އަދި އިޒަބެލް ކައިރިން މައާފައް އެދެމުން ޝުކުރުއަދާކުރީ ލިވީއާއެކު އެދުވަސްތަކުގައި އެކުގައި ވީތީއެވެ.
” އަހަރެން މިހުރީ ހަމަ ހައިރާންވެފަ، އެހާ ދުވަސްފަހުން މީހަކު ލިވީ ހޯދަން އައީތީ؟ ” ފައިލް ލައްޕާލަމުން އިޒަބެލް ބަލާލިއެވެ.
” މިއީ ޝިފާގެ ނިންމުމެއް. ޒައިކުގެ އަންބެއްގެ ގޮތުގައި ހުރެ އެންމެ ކުރަން އުދަގޫ ކަންތައް އޭނަ އެކުރީ. އޭނަގެ އާންޓް މަރުވުމުގެ ކުރިން ހުރިހާ ހަގީގަތެއް ކިޔައިދިން މީހަކީ ޝިފާ. އެހެންވެ މިކަންތައް މިކުރީ. އެނީ ވޭސް އިޒަބެލް އާ ދިމާވިކަމައްޓަކާ ޝުކުރުކުރަން ” ޔަމާންމެން ތެދުވެ އިޒަބެލްއާ ސަލާން ކޮއްލުމަށްފަހު ނުކުތުމައް ހިނގައިގަތެވެ.
އަލުން އަނބުރާ ހޮޓެލް އަށް ދިއުމައްފަހު ޔަމާން އައީ އޭނާގެ ރޫމަށެވެ. ބަހެއްވެސް ބުނުމެއް ނެތި އެނދުގައި އަހަރެން އިށިންނީމެވެ. ޔަމާން އޭރު އެނދުގެ އެއްކައިރިއެއްގައި އިށީންނަނީއެވެ. އޭނާގެ ހިތް ހީވަނީ ފިތެނީހެނެވެ. ލޮލުން ކަރުނަ އަންނަން ފެށިއެވެ.
” އަހަރެމެންނަކަށް ލިވީއެއް ނުހޯދުނު. އަދި ބޭބީވެސް. މިހުރިހާ ވާހަކައެއް ޒައިކް ކައިރީ ދައްކާނީ ކިހިނެއް؟ އަހަންނަކަށް ޒައިކް އެންމެ ލޯބިވާ އަންހެން ކުއްޖާ އާއި ދަރިފުޅެއް ނުހޯދުނޭތަ ބުނާނީ؟ އައި ލޮސްޓް ޒައިކް، އައި ލޮސްޓް ” އަޑުން އަޑުނަގައި ރޯން ފެށިއެވެ. ޝިފާގެ އެ ވޭނީ ރުއިމުގެ ސަބަބުން ޔަމާން ހަމަ ރަނގަޅަށްވެސް ހާސްވެއްޖެއެވެ.
” މޭބީ އިޓްސް ފޯރ ދަ ބެސްޓް. މޭބީ ޝީ އިޒް ހެޕީ އިން ހަރ ނިއު ވޯލްޑް ” ޝިފާގެ ކައިރިއަށް ޖެހިލުމަށްފަހު އޭނާގެ އަތްތިލަ ނަގައި ހިފަހައްޓާލިއެވެ. ޔަމާންގެ މިއަޅާލުމުގެ ސަބަބުން އިތުރަށް ޝިފާއަކަށް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ޔަމާންގައިގަ ބައްދާލުމަށްފަހު ކަރުނަތަކުން ޔަމާންގެ މޭމަތި ތެމެން ފެށިއެވެ.
” އެކަމަކު އާންޓް ވަރަށް އިތުބާތުކޮއްފަ އެވާހަކަތައް ކިޔައިދިނީ. އާންޓްގެ އެންމެ ފަހުގެ ވިޝްއަކީ ލިވީ އާ އޭނަގެ ދަރިފުޅު ހޯދުން. އެކަމަކު އެކަމުންވެސް ފެއިލް މިވީ ” ޝިފާ އަނެއްކާވެސް ލޯފުހެލުމަށްފަހު ޔަމާން އާ ދިމާއަށް ބަލާލިއެވެ.
” ހޭ ،މީ ޝިފާގެ ފޯލްޓެއް ނޫނެއްނު. ހުރިހާކަމެއް ރަނގަޅުކުރުމަށް ޝިފާ މަސައްކަތް ކުރީމެއްނު. ޝިފާއަށް އިނގޭތަ ތިކަހަލަ ކުދިން ފެންނަނީ ވަރަށްމަދުން. އެހެން މީހުންނަށްޓަކާ ތިމާގެ އުފާތައް ގުރުބާން ކުރަނީ މިޒަމާނުގާ ކާކު ” ދެމީހުންނަށް ބަލާލެވުނީ ޝިފާގެ ފޯނު ރިންގުވާން ފެށުމުންނެވެ. އޭނާއަށް ބަލާލުމައްފަހު ފޯނު ނެގުމަށް ބުނެފަ ޔަމާން ނުކުމެގެން ދިޔައީއެވެ.
” ހޭ ” ޒައިކް ގެ އަޑު މިއަދު އަލައް އިވޭކަހަލައެވެ. އެއަޑުގެ މަޑުކަމާ ފޮނިކަން އިހުސާސްވީ އަލައްކަމައް ހީކުރެވުނެވެ. ދަމާބާރެއް މިއަދު އެއަޑުގައި ހުއްޓެވެ.
” ހޭ ” އާދައިގެ އަޑަކުން ވާހަކަ ދެއްކޭތޯ ޝިފާ ބެލިއެވެ.
” ކަމް ބެކް . އައި މިސް ޔޫ ”
” ވަރަށް އަވަހައް ދާނަން ” ޝިފާގެ އަޑު އައީ ހީކުރިވަރައްވުރެ އަވަހަށެވެ. މިހާ އަވަހައް ދެންމެ ކުރި ހިތާމަ ފުހެވިގެން ދިއަހެން ހީވިއެވެ. އެއަޑުގައި ޖާދުލެއް ވާހެން ހީވެއެވެ.
” މިއަދު ދެން ކީއްތަ ކުރީ ”
” މިހާރަކު ނޫން ޒައިކް. ކައިރިއައް ގޮއްސަ ކިޔައިދޭނަން ހުރިހާ އެއްޗެއް. އެހާ ހާސްނުވައްޗޭ، އަހަރެން ޒައިކް އަކައް ދޮގެއް ނުބުނާނަން ”
” އޯކޭ ގަބޫލުކޮއްފިން. އެކަމަކު ތެދަކައް ނުވެއްޖެއްޔާ ޔަމާން އަކައް ހަމަޖެހިގެން ނޭވައެއްލިޔަކަ ނުދޭނަން ” ސަމާސާއަކައް އެހެން ބުންޏަސް އެއަޑުގައި ވަރަށް ސީރިއަސް ކަން ހުއްޓެވެ.
” ޔަމާން ހުންނަނީ ޖެހިގެން ހުންނަ ރޫމްގަ ” އަހަންނަށް ނިދުނީ އެހެން ފޯނުގަ އޮއްވައެވެ. ކަންފަތްކައިރީ އޮތް ފޯނު ރިންގު ވީ އަޑައް އުނދަގުލުން ލޯހުޅުވާލުމަށްފަހު ނެގީމެވެ. ސައިފު އެދުނު ގޮތައް އަހަރެމެން ހަވީރު ސައިބުއިމަށް އެކުގައި ދިޔައީމެވެ. އަލުން އެނބުރި އެމެރިކާއަށް ދިއުމުގެ ކުރިން ދެން ވަގުތުތައް ހޭދަކުރީ ސައިފްއާއެކު އެ އާ މާހައުލުގެ އުފާވެރިކަން ހޯދުމުގައެވެ. މީގެން އެއްވެސް ކަމެއް ސައިފްއަށް އިނގުނަކަ ނުދެމެވެ.
****
ޝިފާގެ މޫނު ނުފެނި މިވީ ފަސްވަރަކަށް ދުވަހެވެ. ޝިފާ ނެއްނަމަ ދިރިއުޅުން ވަރަށްވެސް ފޫއްސެވެ. އެކަނިވެރިއެވެ. މަންޒިލެއް މަގުސޫދެއް ނެތި ދުވާލާއި ރޭގަނޑު ހޭދަވެއެވެ. އެރީތި މޫނު ނުފެނި، އެރީތި ފޮނި އަޑު އަހާނެ ފުރުސަތެއް ނުލިބި އެވެ. މިހުރިހާ ވާހަކައެއް އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް ކިޔައިދިނުމުން ޖޯން ބުނި ވާހަކަ އަދި ހަނދާންނެތޭވަރެއް ނުވެއެވެ. ލޯބީގާ ދީވާނާ ވެފަހުރިކަމައް އިނގިލި ދިއްކުރިއެވެ. ވެދާނެއެވެ. ހީވާގޮތުން ޖޯން އެބުނާކަހަލަ ގޮތްތަކެއް މިހުރީ ވެފައެވެ. އިންތިޒާރުކުރެވެނީ އަވަހައް އަންނާނެ އިރަކަށެވެ. ހިތުގެ އެދުމަށްވުރެ ހަށިގަނޑު އެކަމަށް އެދެއެވެ. ޝިފާ މިސްވާވަރުންނެވެ. އެމަޑު އަތްތިލައިގެ އަރާމާއި ލައްޒަތު އެދެވެއެވެ. ގޯޑް އައި ރިއަލީ ނީޑް ސަމް ފްރެޝް އެއާރ. ޒައިކު އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ކޮޓަރީގެ އޭސީ ފިނި އެންމެ ގަދަ ކޮއްލުމައްފަހު ލައިގެން ހުރި ގަމީސް ބާލައި ކޮނޑުގައި އަޅުވާލިއެވެ.
ޝިފާ ޔަމާން އާއެކު ދިއުމުން ހިތައް ވެރިވީ އުނދަގޫ އިހުސާސްތަކެކެވެ. އެއިހުސާސްތައް އައުކޮއްދިނީ ލިވީ އޭނާ ދޫކޮށްލާފައި ދިޔަ ހަނދާންތަކާއެވެ. އެކަމަކު އޭނާގެ އަމިއްލަ ނަފްސައް އިތުބާރުކުރީ ޝިފާ އެހެން ނަހަދާނެކަމުގެ ޔަގީންކަން ދެމުންނެވެ. އޭނާގެ ދިރިއުޅުމަށް ޝިފާ ކިހާ މުހިންމުކަން އެނގިހުރެ އެކަނިވާން ދޫކޮއްލާފައި ނުދާނެކަން ގަބޫލުކުރަން ބޭނުންވިއެވެ. އޭނާގެ އަމިއްލަ ނަފްސު ދެކެ އަށް ވުރެ ޝިފާގެ ރީތި ސިފަތަކައް ރުހެވެއެވެ. މިއީ ޝިފާދެކެ ލޯބި ވުމުގެ އެއް ސަބަބެއް ކަމުގައި ވެދާނެއެވެ. ލޯބި؟ އޯހް ހަމަ ހަގީގަތުގައިވެސް ލޯބި ވެވުނީހެއްޔެވެ؟ ކޮންމެހެންވެސް ރަނގަޅު ހިޔާލު ކުރެވޭތޯ ބަލަން އެބަޖެހެއެވެ. ނޫން ނަމަ ޝިފާ އަންނައިރު މޫޑް ހުންނާނެގޮތެއްވެސް ނޭނގެއެވެ.
ކަންނެއް ގޮތަކައް ލޯހުޅުވާލެވުނީ ކޮޓަރި ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ކައިރީގައިވާ ބާލިސް ނަގާ އެއްލާލުމައްފަހު ތެދުވިއެވެ. ލައިގެންހުރި ސޯޓުކޮޅު މައްޗައް ހިއްލާލަމުން ހިނގައިގަތެވެ. ދޮރު ހުޅުވާލުމާއެކު ކުރިމަތީ ހުރީ ޝިފާއެވެ. ލޯ ބޮޑުކޮއްލެވުމާއެކު ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލީމެވެ. މޫނުމަތި ވަނީ ވަރަށްބޮޑައް ރަތްވެ ލޯ ކައިރި ކަޅުވެފައެވެ. ހީވާ ގޮތުން ވަރަށް ގިނައިރު ރުއިމުގެ ސަބަބުންނެވެ. ކޮޓަރިއަށް ވަނުމާއެކު ޒައިކުގެ ގައިގަ ބައްދާލިއެވެ. އެދެލޮލުން ކަރުނަ އަންނަކަން އޭނާއަށްވެސް އިހުސާސް ކުރެވުނެވެ. ނިވާކަމެއްނެއް އޭނާގެ މޭމަތި ތެމެމުން ދިޔައެވެ.
އެހަށިގަނޑުގައި ބައްދާލަމުން ޝިފާ ބޭނުން ވަރަކަށް ރުއިމުގެ ފުރުސަތު ދީގެން ޒައިކު ހުއްޓެވެ. އެ އަޑުން ނުކުންނަ ކޮންމެ ” އާހް ” ގެ އަޑަކާއެކު ޒައިކުގެ ހިތް ފޮތިފޮތި ވެގެން ދާކަމުގެ އިހުސާސް ކުރެވެއެވެ. އެދެއަތުގައި ހިފަހައްޓާލައިގެން އެނދުގައި ބެހެއްޓުމައްފަހު މުށިގަނޑުމަތީ އިށީންނީ އެމޫނު ފެންނާނެހެނެވެ. އެކަމަކު ޝިފާ އޭނާގެ މޫނަށް ނުބަލާ ވޭތޯބެލިއެވެ.
” ހޭ، ވަޓް ހެޕެން ” އެންމެ ލޯބިން އެ ކަރުނަތައް ފޮހެލަދިނުމައްފަހު ކޮލުގައި އަތްޖައްސާލިއެވެ.
” އައި،އައި ” ވާހަކަ ދައްކަން އުޅެއުޅެ ރޮވޭވަރުން ޝިފާގެ އަޑު ބެދުނެވެ.
” ޔަމާން ކަމެއް ކުރީ ތަ؟ އައި ވުޑް ކިލް ހިމް، އޭނަ ކަމެއް ކުރީތަ ”
” ނޫން، ޔަމާން އެއްކަމެއްވެސް ނުކުރޭ ” ދެއަތުން ކަރުނަތައް ފޮހެލަމުން ބަލާލިއެވެ.
އިތުރައް ވާހަކަ ދައްކަން އުޅުމުންވެސް ކިޔައިދެވޭ ގޮތެއް ނުވިއެވެ. ނިއްކުރީގައި ތުންފަތް ޖައްސާލަމުން ރީތިކޮއް ހުރުމައް ބުނެފައި ޒައިކު ދިޔައީ ކާގެބަޔަށެވެ. ތައްޓަކަށް ފެން އެޅުމައްފަހު އެހިފައިގެން އައިސް ދިނެވެ.
” ޒައިކް ، ބޭނުން ވަރަށް މުހިންމު ވާހަކައެއް ބުނަން ” ފަހުން ބުނާނީ ކަމުގަ ބުނެފައި ޝިފާ އެނދުގައި ބޭއްވުމައްފަހު ފަހަތުން ބައްދާލިއެވެ. އެމަޑުހަށިގަނޑު ގެ އިހުސާސް އެންމެ ފުރިހަމަ ގޮތުގައި އޭނާގެ ހަށިގަނޑަށް ކުރަމުން ދިޔައެވެ. ޝިފާގެ ބަނޑުގައި އަޅުވާލެވިފައިވީ ދެއަތުން ފިރުމުން އިތުރުވިއެވެ. ޝިފާ ލައިގެން ހުރި މަތިކޮޅުގެ ދަށުން ހަމުގައި އަތްޖެހުމުން އިތުރަށް ހިތް އެދުނީ އެލޯއްބަށެވެ. ދެކޮނޑުގައި ހިފާ ފަހަތައް އަނބުރާލިއެވެ. އޭރު ޝިފާވެސް ބަލަހައްޓައިގެން އޮތެވެ. ޝިފާގެ ބަނޑުގެ ދެފަރާތުން ކަކޫ އަޅުވާލަމުން އޭނަ އާއި ދިމާއަށް ތިރިވިއިރު އެތައް ދުވަހަކު ދުރުގައި އުޅެވުނުކަހަލައެވެ. ކެއްތެރިކަމުގެ އިން ފަހަނައަޅައި ދިޔައެވެ. ޒައިކު ހަމާވެފައިވާ ބުރަކަށިގައި ފިރުމާލެވުނީ އެލޯއްބަށް އެދެވިފައިވާލެއް ބޮޑުކަމުންނެވެ. ފަހަރުގައި މިއީ ޒައިކު ފަރާތުން ލޯބި ލިބޭނެ އެންމެ ފަހު ފަހަރުކަމަށްވެސް ވެދާނެއެވެ.
ތިރިވަމުންދިޔަ ޒައިކު އާ ދިމާއަށް އޭނައަށް ދެވުނެވެ. އަދި ޒައިކު މޭގައި ހިފާ އެނދުމައްޗައް ޖައްސާލުމާއެކު ޒައިކު އެނދުމައްޗައް ވެއްޓުނެވެ. އަދި ހުނުމާއެކު އިށިންދެ ހުރި ޝިފާއަށް ކައިރިއަށް އައުމަށް ހަރަކާތުން ބުންޏެވެ. އޭނާގެ ބަނޑުމަތީހުރި ޝީފާ ލައިގެންހުރި ހެދުމުގައި ހިފާ މައްޗައް ހިއްލާލިއެވެ. މަޑުމަޑު ބީހުންތަކުން ދެހިތް އަވަސްވެފައި ވެއެވެ. އެންމެ ފުރިހަމަ ގޮތުގައި ޒައިކުއަށް އުފަލުގެ ދާންމައްޗަކަށް ވުމަށް ޝިފާ އިސްނެގިއެވެ. އޭނަގެ ހަރަކާތްތަކުން ޒައިކު އަށް ލޯމެރުނެވެ. ޝިފާގެ ބޮލުގައި ހިފެހެއްޓުމަށްފަހު އަދިވެސް ގަޔާ ކައިރި ކޮށްލިއެވެ. ޝިފާގެ ފަރާތުން ލިބެމުންދިޔަ ލައްޒަތު ގުނާ އަދަދުވެސް ނުކުރެވޭނެއެވެ. މުޅި ކޮޓަރިތެރެ ވަނީ ދެމީހުންގެ އާހުގެ އަޑުން ގުގުމާލާފައެވެ. އެތައް ވަގުތެއް ހޭދަވީއިރުވެސް ޒައިކުގެ ހިތް ނުފުރިގެން އުޅޭކަހަލައެވެ. ވަރުބަލިކަން އިހުސާސް ނުވާކަހަލައެވެ. އެތައްދުވަހެއްފަހުން ދެހަށިގަނޑަށް އަރާމާއި ލައްޒަތު ފިނިފެންމަލުގެ ދާނެއްގައި ފިނި ޝަބްނަމް ތަކެއްފަދައިން އާވެއާވެ ހުއްޓެވެ. މަޑުމަޑުން ޝިފާގެ ބޮލުގައި ބޮސް ދިނުމައްފަހު އެހަށިގަނޑު ގަޔާ ކައިރިކޮއްލިއެވެ.
**************
ހެނދުނު އެންމެ ބޭނުންވި ފަދައިން ހޫނުފެނުން ވަރަށް ހަމަޖެހިލައިގެން ފެންވަރާލިއެވެ. ހުދު ތުވާއްޔެއް އުނުގައި އޮޅާލައިގެން ފާޙާނާއިން ނުކުމެ އެނދައް ބަލައިލީ ހީކުރިގޮތައް ޝިފާ ނިދާފައި އޮންނާނެކަމަށެވެ. ރޭގައި ނިދަން އޮތްތާލި ގޮތައް ހޭލީ ހެނދުނުއެވެ. އެކަމަކު އެނދުގެ އެއްކައިރިއެއްގައި އިށީނދެ މުށިގަނޑު މައްޗައް ބަލަހައްޓައިގެން ހުއްޓެވެ. އެއްޗެހި ލައިގެން ޝިފާ ކައިރިއަށް ޖެހިލިއެވެ.
” އަހަރެން ބޭނުން ވާހަކަ ދައްކަން ” އެހުރި ގޮތައް ހުރެ ޝިފާ ވާހަކަ ދެއްކިއެވެ.
” ޝިފް ބޭބީ، ބުނީމެއްނު ފަހުންނޭ ވާހަކަ ދައްކާ” ވަކިހަމަޔަކުން ޒައިކުގެ އަޑު މެދުކަނޑުވާލުމަށްފަހު ޝިފާ ވާހަކަ ދައްކަން ފެށިއެވެ.
” އިޓްސް އެބައުޓް ލިވީ ”
” ޝިފާ ކައިރީ ކުރިންވެސް ބުނީމެއްނު ލިވީ އާ ބެހޭގޮތުން އިތުރައްވާހަކަ ނުދައްކަން. އަހަރެން މިހާރު އެ ޗެޕްޓަރ ފޮހެލައިފިން. އައި ހޭޓް ހާރ ” އަޑައް ރުޅިވެރިކަން ގެންނަމުން ޒައިކް ބަލާލީ ދުރެވެ.
” އަހަރެން ރަޝިޔާ އަށް ދިޔައީ ލިވީ ހޯދަން ”
” ވަޓް؟ ވަގުތުން ޝިފާ އާ ދިމާއަށް ޒައިކް ބަލާލިއެވެ.
” އާންޓް މަރުވުމުގެ ކުރިން ހުރިހާ ވާހަކައެއް ކިޔައިދިން. ލިވީ އަށް ދާން މަޖުބޫރު ކުރި މީހަކީ އާންޓް” އެނދުގެ ތިރީގައި ކަކޫ ޖަހާލަމުން ޒައިކް ކަކުލުގައި ޝިފާ އަތް އަޅުވާލިއެވެ.
” އާންޓް ގެ ދަރިފުޅާ މެރީ ނުކުރީމަ ، އާންޓް ގެނަ ކުއްޖެއް ލިވީއަކީ. ޒައިކް އާއެކު އުޅުމައްފަހު ދޫކޮށްލަން އަންގާ ލިޔުމެއްގައި ސޮއެކޮއްގެން ލިވީ ޖޮއިން ކުރީ ތި ކޮލެޖައްވެސް. މެރީ ކުރަން އުޅުނީމަ އެލިޔުން ދައްކާނަމޭ ކިޔައި ބިރުދައްކައިގެން ލިވީ ދިޔައީ ” ޝިފާގެ އަޑު ކެނޑެމުން ދިޔަނަމަވެސް ސާފު ވާވަރަށް ވާހަކަ ދެއްކިއެވެ.
” ޓެލް މީ އިޓްސް އަ ޖޯކް ، ކީއްވެ ދޫކޮށްފަ ދާންވީ. އިނގޭނެ އަހަރެން ލިވީ ދެކެ ލޯބި ވީވަރު. ރީތިކޮށް ކިޔައި ދިންނަމަވެސް އަހަންނަށް. ދޫކޮށްފަ ގޮސްވެސް ހަމަ ފަހުން ނަންބަރު ހޯދައިގެން ގުޅޭނެ ދޯ ބޭނުން ނަމަ ” ޝިފާ ގެ އެ މަޑުމައިތިރި ކަން އުނދަގޫ ކުރިއެވެ.
” ފަހުން ނުގުޅީ ޒައިކް ގެ ދަރިފުޅު ގެ ހައްގުގައި، އެދަރިފުޅަށް ގެއްލުމެއް ވެދާނެތީ ކަމަށް ވެދާނެ”
” އައި އައި.. ހޭވް އަ ކިޑް؟..” ދެލޯ ބޮޑުކޮށްލަމުން ބަލާލިއެވެ. ޒައިކް ގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ކުއްލިއަކަށް ކޮޅަށް ތެދުވެ ބޮލުގެ އިސްތަށިގަނޑަށް އަތްތިލަ މަހާލިއެވެ.
” ޓެލް މީ ޝިފާ ” ޝިފާ ދެލޯ މަރާލިތަން ފެނި އަލުން ޒައިކް ވާހަކަ ދައްކަން ފެށިއެވެ.
” ޒައިކް އަށް ލިބުނީ ފިރިހެން ކުއްޖެއް. އޭނަ އުޅުނުގޭ މީހުންގެ އެދުމުގެ މަތިން އެމީހުންގެ ރައްޓެއްސަކަށް ބަލަން ދިނީ. އެކަމު ފަހުން ދަރިފުޅު ވަރަށް ބަލިވި. މިހާރު ދުނިޔެ އަކު ނެތް ” ފޯނުގައި ހުރި ލިޔުން ދައްކާލުމުން ފޯނު އަތުލުމައްފަހު އެލިޔުން ކިޔަމުން ޒައިކްގެ އަޑު ތުރުތުރު ލަމުންދިޔައެވެ. ދެން ޝިފާ ދެއްކި ފޮޓޮއަކުން ދެލޯ ބޮޑުކޮށްލަމުން ފޯނުގައި ބާރަށް ހިފަހައްޓާލިއެވެ. ދަރިފުޅު ހިފަހައްޓާލައިގެން ލިވީ ހުރި ގަނޑެކެވެ. އެތައްފަހަރަކު އެ ފޮޓޯގަނޑުގައި ބޮސްދެމުން ދިޔައެވެ.
” ކޮބާ ލިވީ ؟ ކޮންތާކު ވީ ލިވީ؟ ” ކަރުނަތައް ވިދަމުންދިޔަ ދެލޮލުން ބަލާލަމުން ޒައިކް ވާހަކަ ދެއްކިއެވެ.
” މީ އުމްމްމް..” ޝިފާ އަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.
“ފޯރް ގޯޑްސް ސޭކް ޝިފާ. ލިވީ ވީ ކޮންތާކު ކަން ބުނަންވީ ؟ ” ޝިފާ އަށް ބަލާލަމުން ހަޅެއްލަވައި ގަނެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
48 Comments!
Comments are closed.





2 parts ves hama kiyaa nimijje❤️❤️ Wow… Vvvv reethi ingey hama??? You are a great writer. Fantastic writer… Marvellous writer… Haadha furihama ey????? Avahah dhen huri bai thah up kolla ingey dear Belle?? Love you so much ????
Thanks Dhonthy. ???????. Today 26 up kohlaanan. Yesterday morninga 24 and 25 up nuvaathry 26 nuly isfas vedhaanethy
And HAPPY INDEPENDENCE DAY BELLE
Dhonthi ahvess happy independece Day ??????? ⛳
Belle.. I have something to ask
Wow v salhi…aneh part thah avas kohladhehchey…
Thanks, ???????
Mi vaahaka v reethi ekamaku space haadha bode mihan hadhiyass vaki vaakayehdhigeh nunaane mikanthah ragalhukohlun edhen
Thanks
Woww mi part ves varah reethi ???❤️❤️❤️????? whn is next part??
Thanks
Habeys hama belle keepit up.26th part avahaup kodheche .eyhaa dhigu inthizaare nukureveyne
Ok thanks, 26 up koffin , Hama 26 up vaairah 27 up kohlaanan ?????????
Belle buneymahnu Thursday ga 26th up kuraavaahaka … koniraku upvaaney ❤?
Thanks Ainth ????. Today morning ga miulheny up kohlan 26
Kithah parts baakie iny story nimen??
When nxt??storyy varahh habeyys
Thanks, next up kuran oh dhuvahaky miadhu morning. Bt morninga iyye up kuri 24,25 eh neh, ehenve 26nuly. By adhi mifenuny hurihaabaeh up vefa hutta. So Friday morning ga up kohlaanan ???????
Woooow varah reethi mipart
Thanks
Vara reethi mi part ves
Waiting for next part
Thanks
Wow v salhi mi part vs❤️? zaik aa shif vakinukuraathi e dheythere ah livee aisgen nuvaane. Dhn zaik ah kihineh vaany? Next part upload kohlaathi miadhu waiting for the next part
OK up kofffa hunnaany, thanks ??????
waiting for nex… v nice. ❤
Thanks
Kihaairakutho 26 vana bai up kuraanee
Up koffa hunnaany ???
Please
Up koffin
Please please
???
Please please please
Ok ??
.
??
Koba koba morning ves nimuney dho @anonymous .. adhives up nuvey ekamu
Up koffa hunnaany ebai Up vaairah aneh part uk Kuran ready ga mihury ? ? ????
Kn irakun up kh lany..
????????
Friday ga up koffin ingey, wait for the next part ???????
Belle… I have something to tell
Haadha kannethey admin teamvess??? thihen hadhaakah nuvaane nikan masha dheebala check kofa uppkuran ??
Keeve tha bell ge vaahaka mihaalasvanee up kureema
Up kn feemey buny adhi vx lolakah nufeney thi part
Up kuran lasss vany kyhvegen thow mi 26 vana part
Mivaahaka ekani tha pending ga eha gina iruvany?ehen vaahakathah buna dhuvahah up vaathyve mi ahaalevuni
Koba tha 26 vana part ?still up nuvey thi keyan mehaaru esfiya hulhuvunu vareyhvess neyge
Wow. V reethi mu parts bea . But i hope shifaa and zik separate nuvaanekama