ނަމާދު ކޮށްލައިގެން ގެއަށް އައިސް ކައިލް އިށީނީ ބައްޕައާއެކު މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށެވެ. އެއިރު ކައިރާވެސް ކަމްލާ އާއިއެކު މޭޒުމަތި ތައްޔާރު ކުރުމަށް އުޅެއެވެ. ދެމައިން ވަރަށް އަތްމަތި އަވަސް ކޮށްލުމަށްފަހު ކެއުމުގައި ބައިވެރިވީ ކައިލް ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ ބުނުމުންނެވެ. “އަޅުގަނޑު އެބަ ވިސްނަން ބައްޕަގެ ކުންފުންޏާ ގުޅެން. އަޅުގަނޑަށް ވީ ވަރަކުން ބައްޕަގެ ވިޔަފާރި ކުރިއެރުވޭތޯ މަސައްކަތް ކުރަން ބޭނުން.” ސަމީހުގެ މޫނަށް ބަލަން އިނދެ ކައިލް ބުނެލިއެވެ. ކައިލްގެ ވާހަކައިން […]
ކައިލް ކުރިއަށްވުރެ ބޮޑަށް ޒިވާ އާއި ދިމާއަށް ގުދުވެލިއެވެ. ކައިލް އެހެން ކަންތައް ކުރުމުން ޒިވާގެ ހިތް ކުރިއަށްވުރެއް ބާރަށް ތެޅެންފެށިއެވެ. ކައިލް ދެންކޮށްލި ކަމަކުން ޒިވާ އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ************************************************************************* ” ހައްހައްހައްހާ” މައިހާގެ ހިނިގަނޑު ފަޅާގެން ދިޔައެވެ. ޒިވާ ދިޔައީ ތަޅުވާގެންނެވެ. އެސްފިޔަތައް ތަޅުވާލުމަށްފަހު ރަނގަޅަށް ބަލާލިއިރު ކުރިމަތީގައި ހުރީ މައިހާއެވެ. ” މިހާރު އެހާ އަވަހަށް ކައިލް އަށް ގޮވަންފެށީދޯ. އެހެންނުން ވާނީ ދާހާ ހުރިހާ ތާކުން ފެންނަނީ ކައިލް ވިއްޔަ.” ހެމުން ހެމުން މައިހާ ވާހަކަ ދެއްކި އިރު ޒިވާ އިނީ ލަދުން ހަލާކުވާވަރު ވެފައެވެ. މައިހާ ކައިލް ކާރީގައިވެސް ބުނެފާނެއެވެ. ޒިވާ އެހެން ހިތަށް އެރުމުން މައިހާ އަށް ގޮވާލި ވަގުތު ދޮރުން އެތެރެއަށް ވަދެގެން އައީ ކައިލްއެވެ. ޒިވާ އަށް ކައިލް ފެނުމުން ބަލަހައްޓައިގެން އިނދެވުނެވެ. ގަދަ ނޫކުލައިގެ ޓީޝާޓް އަކާއި ކަޅު ކުލާގެ ސޯޓެއްގައި ހުރި ކައިލް ފެންނަނީ ވަރަށްވެސް ފުރިހަަމަ ކޮށެވެ. ކައިލް ހިނގަމުން އައިސް ޒިވާގެ އެނދު ކައިރީ ހުއްޓުމުން މައިހާ ފެށީ ދެންމެ ވީކަންތައް ކައިލްއަށް ކިޔާދޭށެވެ. ޒިވާ އިނީ ކައިލްގެ މޫނަށް ބަލަން ނުކެރިފައެވެ. ލަދުން އިސްޖަހައިގެން އިން ޒިވާ ފެނުމުން މައިހާ އެދެއްކީ ތެދު ވާހަކަކަން ކައިލްއަށް އެނގުނެވެ. ” ޒިވާ އަހަރެން އަންނާނަން މިތާ ކައިރި ފިހާރައަކުން ޖޫސް ޕެކެޓެއް ގަނެގެން” ހެމުން ހުރެ މައިހާ އެހެން ބުނެލުމަށްފަހު ނިކުމެގެން ދިޔައީ ޒިވާއަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއްވެސް ނުދީއެވެ. ކައިލް އާއި ޒިވާ އެކަނިވުމުން ޒިވާގެ ހިތް ތެޅެންފެށިއެވެ. ދެއަތް ދެއަތާ މޮޑެމުން އިނދެ ޒިވާ ކައިލްއަށް ބަލާލި ވަގުތު ކައިލް ވެސް ޒިވާ އާއި ދިމާއަށް ބަލާލިއެވެ. ކައިލް ހިނިތުން […]
ޒިވާގެ ހަރަކާތްތަކަށް ގެއްލިފައި އިން ކައިލް ސިއްސައިގެން ދިޔައީ އަވަސް ފަރުވާދޭ ބައިގެ ދޮރު ހުޅުވުނު އަޑަށެވެ. އެެތެރެއަށް ވަދެގެން އައި މީާ އެއީ ކާކު ކަމެއް ކައިލް އަކަށް ނޭނގުނެވެ. ދޮރާ ފުރަގަސްދީގެން އޮތް ޒިވާ އަށް މީހަކު ދޮރު ހުޅުވާލިކަން އިނގުނެވެ. ދޮރާވީ ފަރާތަށް އެނބުރުނު އިރު ކައިލް އިނީ ދޮރާ ދިމާއަށް ބަލަހައްޓައިގެން ކަމުން ޒިވާ ވެސް އެދިމާއަށް ބަލާލިއެވެ. ދޮރުން ވަދެގެން އައި މީހާގެ މޫނު ފެނުމުން ޒިވާގެ ދެލޯ ބޮޑުވިއެވެ. ހިތް ދިރުވާލެވުނީ ދެން ވާނެ ގޮތް ނޭނގޭތީއެވެ. ************************************************* ” ބަލާބަލަ ހުންނަ ނުލަފާކަން…..ލަދެއްވެސް ނުގަނޭތަ މިތާ އިންނާކަށް ” ދޮރުން ވަދެގެން އައި ޒަހުރާ އަށް ޒިވާގެ ކައިރީ އިށިނދެ އިން ކައިލް ފެނުމުން ހަށިގަނޑުގައިވި ލޭތައް ކެކި އަރައިގަތެވެ. އެދިމާއަށް ހިނގައި ގަނެވުނީ ވަރަށްވެސް ބާރަށެވެ. ކައިލް އަށް އެއަންހެން މީހާ އަކީ ޒިވާގެ މަންމަކަން އެނގުނެވެ. ޖެހިލުންވެ ހުރެ ކައިލް ގޮނޑިން ތެދުވީ ޒިވާގެ މަންމަ އާއި ވާހަކަ ދައްކާލުމުގެ ނިޔަތުގައެވެ. ނަމަވެސް ކައިލް އަށް ހުއްޓިފައި ހަރަކާތެއް ގެންނަން ނޭނގި ހުރެވުނީ ޒިވާގެ މަންމަ ކޮށްލި ކަމަކުންނެވެ. ތަދު އިހުސާސް ވުމުން ކައިލް އަށް އޭނާގެ މޫނުގައި ފިރުމާލެވުނެވެ. ޒިވާ ހުރީ ބިރުން ގޮސް ހަލާކު ވާވަރު ވެފައެވެ. އެއިރު އެދެލޮލުން ހޯސް ލާފައި ކަރުނަ ފައިބަމުން ދިޔައެވެ. މަންމަ އެކުރީ އޭނާ އެއްވެސް އިރެއްގައި ހީކޮށްގެން ހުރި ކަމެއްނޫނެވެ. މިވީ ގޮތުން ކައިލް އާއިއެކު އުފެދެމުން އައި ގުޅުން އެނިމުނީއޭ ޒިވާ ހިތަށް އެރިއެވެ. އިތުރަށް ރޮވެން ފެށުނީ އެހެންވެއެވެ. ބިރުން ހުރެ މަންމާއޭ ކިޔާ ޒިވާ ގޮވާލިއެވެ. ޒަހުރާ އަށް ޒިވާގެ އަޑު އިވުމުން ޒިވާ އާއި ދިމާއަށް ބަލާލިއެވެ. ޒިވާގެ ބޮޑު ދެލޮލުން ހޯސް ލާފައި ކަރުނަ ފައިބަމުން ދިޔައިރު ޒަހުރާގެ ހިތަށް މިފަހަރަކުވެސް އެއްޗެކޭ ނާރައެވެ. ބާރު ހިނގުމެއްގައި ގޮސް ޒިވާގެ ކުރިމަތީ ހުއްޓުނެވެ. ” މަންމާއޭ ކިޔާނި ކަމެއް ނެތް. […]
މި ވާހަކަ އަޅުގަނޑަށް ވަރަށް ގިނަ ދުވަސް ވަންދެން އަޕް ނުކުރެވުމުން މިވާހަކަ ކިޔުއްވާ އެންމެހާ ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދެން. އިންޝާ ﷲ މިއަހަރު ކުރިއަށް މި އޮތް ދުވަސް ތަކުގައި އަޅުގަނޑު ވާހަކަ އަޕް ކޮށްދޭނަން. ކުރިއަށް އޮތް ޕާޓަށް އިންތިޒާރު ކުރާނެ ކަމަށް އުންމީދު ކުރަން.
ކައިލް ޒިވާ އަށް ފަސްދިނުމަށް ފަހު އެނުބުރުނު ތަނާ ކުއްލި އަކަށް އިވުނީ ކޮންމެސް މީހެއްގެ ހަޅޭކުގެ އަޑެވެ. ސިއްސައިގެން ގޮސް ކައިލް ފަހަތް ބަލާލި އިރު ފެނުނު މަންޒަރުން ކައިލް އަށް ހީވީ ދުނިޔެ އެނބުރު ހެންނެވެ. މަގުަމަތީގައި ވެއްޓިފައި އެއޮތީ ޒިވާއެވެ. ކައިލް އަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލުމަށްފަހު ދުއްވައިގަނީ ޒިވާ އޮތް ދިމާއަށެވެ. އެއިރު މަދުގައި ތިބި މީޙުން ވަނީ ޒިވާ ވަށާލާފައެވެ. އެމީހުން ކިޔަމުން ދިޔައީ ބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޒިވާ ޖެހުނު ވާހަކައެވެ. ކައިލް އަށް އެވަގުތު އެކަމަކަށް ސަމާލު ކަމެއް ނުދެވުނެވެ. ކައިލް އެމީހުންގެ ތެރެއިން ވަދެގެން ގޮސް ޒިވާ ކައިރީގައި އިޝީނެވެ. އެއިރު ޒިވާގެ ބޮލުން ހޯސް ލާފައި ލޭފައިބަމުން ދިޔައެވެ. ކައިލް ޒިވާގެ ގައިގައި ހިފަހަށްޓައިގެން އިނދެ ޒިވާ އަށް ގޮވަމުން ދިޔައެވެ. ” އަވަހަށް އެންބިއުލޭންސް އަށް ގުޅާބަލަ ” ކައިލް ފަހަތަށް އެނބުރި މަގުގައި ތިބި މީހުންނަށް އިޝާރާތް ކުރުމަށް ފަހު ބުނެލިއެވެ. އެއިރު ކައިލްގެ ހިތް ނެގި ނެގިފައި ޖެހެމުން ދެއެވެ. ޒިވާ އަށް ކަމެއް ވެއްޖިއްޔާ އޭނާ މޮޔަވެދާނެއެވެ. އެންބިއުލޭންސް އައުމުން ކައިލް ޒިވާ އަތް ދަނޑި މައްޗަށް އުފުއްލާލުމަށް ފަހު ގެންގޮސް އެއަށް އެރުވިއެވެ. އެއިރު ކައިލްގެ ޓިޝާޓް ވަނީ ލެއިން ކަޅިވެފައެވެ. އެކަމަށް ފަރުވާލެއްނެތި ކައިލް އެންބިއުލޭންސް އަށް އަރާ ޒިވާގެ މަގަތުގައި އިށީނެވެ. ޒިވާ އަށް ސަލާމަތްތެރިކަން ދެއްވުން އެދި ދުޢާ ކުރެވުނެވެ. ކައިލް ފޯނު ނެގުމަށް ފަހު އަވަސްވެގަތީ މަރީނާ އާއި ކަމްލާ އަށް އެހަބަރު ދިނުމަށެވެ. ޒިވާގެ މަންމަ އަށް ކަމްލާމެންގެ ފަރާތުން އެޚަބަރަު ލިބޭނެކަން ކައިލް އަށް އިނގުނެވެ. ކަމްލާ އާއި މަރީނާ އަށް ޒިވާގެ ޚަބަރު ލިބުމުން ތިބީ ގަނޑުވެފައެވެ. މަރީނާ އަށް އަޑުން އަޑު ނަގާ ރޮއެގަނެވުނެވެ. ބޭރުގައި އަޑު ގަދަވެގެން ކޮޓަރީގައި ތިބި ކިޔާރާ އާއި މައިހާ ނިކުމެގެން އައިރު މަރީނާ ރޯތަން ފެނުމުން ސުވާލު ކުރިއެވެ. ކަމްލާ ވެގެން އުޅޭ ގޮތް ކިޔާދިނުމުން މައިހާ އަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ގެއިން ނިކުމެގެން ދިޔައީ ހޮސްޕިޓަލަށެވެ. މައިހާގެ ފަހަތުން ކިޔާރާ އާއި ކަމްލާގެ އިތުރުން މަރީނާވެސް ހޮސްޕިޓަލާއި ދިމާއަށް ދިޔައެވެ. އަވަސް ފަރުވާދޭ ކޮޓަރީގައި ހަރަކާތްތެރި ވަމުން ދިޔަ ނަރުހުންނާއި ޑޮކްޓަރުން ދިޔައީ ޒިވާގެ ހާލަތު ރަނގަޅު ކުރެވޭތޯއެެވެ. އަވަސްފަރުވާދޭ ކޮޓަރީގެ ބޭރުގައި ހުރި ގޮނޑި ބަރިއެއްގައި އިށީނދެއިން ކައިލް އިނީ ކެއްތެރިކަން ކުޑަވެފައެވެ. ދުޢާ ކުރެވެމުން ދިޔައީ ޒިވާގެ ހާލު ރަނގަޅުވުމަށް އެދިއެވެ. އިރުކޮޅެއްނުވެ މައިހާ ދުވަމުން ދުވަމުން ހޮސްޕިޓަލަށް ވަދެގެން އައިތަން ކައިލް އަށް ފެނުނެވެ. މައިހާގެ ފަހަތުން ކަމްލާ އާއި ކިޔާރާގެ އިތުރުން މަރީނާވެސް އައެވެ. މައިހާގެ ލޮލުން ހޯސް ލާފައި ކަރުނަ ފައިބަމުން ދިޔައިރު އޭނާ އަށް ވާހަކަ ވެސް ނުދެއްކެއެވެ. އެންމެ ދާތް އެކުވެރިޔާގެ ފުރާނަ ނުރައްކަލުގައި އޮށްވާ އެހިތައް ހަމަޖެހުން ލިބޭނީ ކިހިނެއް ހެއްޔެވެ؟ ގާތް ގަނޑަކަށް ބައި ގަޑިއިރު ފަހުން އަވަސް ފަރުވާދޭ ބައިން ނިކުމެގެން އައި ޑޮކްޓަރު ފެނުމުން ކައިލް އަށް ގޮނޑިން ތެދުވެ އެދިމާއަށް ދެވުނީ އަވަސް ވެފައިވާ ހިތަކާއެކުގައެވެ. ” ޕޭޝަންޓްގެ ހާލު އިރާދަ ކުރެެއްވިއްޔާ ރަނގަޅު ނުރައްކަލުން ސަލާމަތް ވެފަ ވަނީ ނަމަވެސް ބޯ ވަރަށް ބޮޑަށް ފަޅާގެން ގޮއްސަ އޮތުމުން ވަރަށް ބައިވަރު ލޭވަނީ ފައިބާފަ…އޭގެ އިތުރުން ކަނާއަތް ވަނީ ބިނދިފަ…….. މިވަގުތު އޮތީ ހޭނެތިފަ. ހޭއެރުމުން ޕޭޝަންޓް އާއި ބައްދަލު ކުރެއްވޭނެ. ” ޑޮކްޓަރު އެހެން ބުނެލުމަށް ފަހު ކައިލްގެ ކޮނޑުގައި ޖަހާލުމަށް ފަހު ދިޔައެވެ. ކައިލް ﷲ އަށް ހަމްދު ކުރިއެވެ. ކައިލްގެ ބަދަލު ވެފައިވާ މިޒާޖު ކިޔާރާ އަށް ފާހަގަ ވިއެވެ. އޭނާ އަށް ހިނިތުން ވެވުނީ ކައިލް ހެޔޮ މަގަށް އެޅިއްޖެ ކަމުގެ ނިޝާންތައް ފެންނަން ފެށުމުންނެވެ، އަދި އެތަށް ދުވަހަކަށް ފަހު ހިތި މާޒީ އަކާ އެކު ކައިލް އަށް ދެވަނަ ފަހަރަށް ކުއްޖެއް ދެކެ ލޯބި ވެވިއްޖެކަން ކިޔާރާ އަށް ޔަޤީންވިއެވެ. ކައިލްގެ މުޅި ދިރިއުޅުން ދެވަނަ ފަހަރަށް އެ ބަދަލު ކޮށްލީ ޒިވާކަން ކިޔާރާއަށް އެނގުނެވެ. ކައިލް ކިތަންމެ ފޮރުވަން އުޅުނަސް ކިޔާރާއަށް ޒިވާ އަށްޓަކައި ކައިލްގެ ލޮލުން ލޯބި ވަނީ ފެނިފައެވެ. މިވޭތުވެދިޔަ ދެތިން ދުވަސްތެރޭ ކައިލް އާއި ޒިވާ އާއި ދޭތެރޭ ހިގާފައިވާ އެތައް ކަމެއް ކިޔާރާ އަށް ވަނީ ފެނިފައެވެ. ދެގަޑި އިރު ފަހުން ޒިވާ ހޭއެރިއެވެ. މަޑު މަޑުން ލޯ ހުޅުވާލިއިރު ކައިރީގައި ގޮނޑިއެއްގައި އިށީނދެގެން މައިހާއިނެވެ. ” މައި…..” އުނދަގުލުން ޒިވާ މައިހާ އަށް ގޮވާލިއެވެ. މައިހާ އަށް ޒިވާ ހޭއެރިކަން އިނގުމުން އަވަސްވެގަތީ މަރީނާ އަށް އެހަބަރު ދިނުމަށެވެ. ޒިވާ އަށް ފެންފޮދެއް ދިނުމަށް ފަހު އެބަ އަންނަން ކަމުގައި ބުނެފައި މައިހާ ނިކުތީ ބޭރަށެވެ. އެއިރު ކައިލް އާއި ކިޔާރާ ތިބީ ދޮނޑިބަރީގައި އިށީނދެއެވެ. ކައިލްގެ މޫނު މަތިން ހިތާމަވެރިކަން ފެންނަން ހުއްޓެވެ. އެކަން މައިހާ އަށް ފާހަގަ ވިއެވެ. ނަަމަވެސް އެއްޗެކޭ ނުބުނީ އޭނާ އަށްވެސް ކައިލްގެ ބަދަލުވެފައިވާ މިޒާޖުގެ ފަހަތުގައިވާ ސަބަބު ކޮންމެވެސް ވަރަކަށް އެނގިފައިވާތީއެވެ. ޒިވާ ހޭއަރާފި ވާހަކަ ބުނުމުން ކައިލް އަށް ގޮނޑިން ތެދުވެވުނީ ކުއްލިއަކަށެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އަވަސް ފަރުވާދޭ ބަޔަށް ވަތްއިރު ޒިވާ އޮތީ ދޮރާ ފުރަގަސްދީގެންނެވެ. ދޮރު ހުޅުވާލި އަޑު ކަންފަތުގައި ޖެހުމުން ޒިވާ ހީކުރީ މައިހާ ކަމަށެވެ. އައީ ކާކުތޯ ބަލަން ބޭނުންނުވީ އެހެންވެއެވެ. އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ކައިލް އަށް އިވެމުން ދިޔައީ ޒިވާގެ މަޑު ގިސްލުމުގެ އަޑެވެ. ކައިލް އަށް ހީވީ މީހަކު އޭނާގެ ހިތުގައި ހިފާ ބާރުކޮށްލީ ހެންނެވެ. އެދިމާއަށް ދާން ފިޔަވަޅުތައް އަވަސް ކޮށްލީ އެހެންވެއެވެ. މައިހާ އޭނާ އާއި ދާދި ކައިރީގައި ހުރި އިހްސާސްވުމުން ޒިވާ އަށް އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. ” މައި އަހަރެން މަންމަ ނާދޭތަ އަހަރެން ކޮބައިތޯ ބަލާލާކަށްވެސް؟ މައި މަންމަ ކާރީގަ ނުބުނަންތަ؟ ކީއްވެތަ މަންމަ އަހަރެންދެކެ އެހާ ރުޅި އަންނަނީ؟ އަހަރެންވެސް މީ މަންމަގެ ދަރިއެކޭ…. މަންމަގެ ހަމައެކަނި ހުރީ ދޮންބެ އެކަންޏެއް ނޫނޭ…އަހަރެންވެސް އެބަހުއްޓޭ…މައި ކީއްވެތަ މަންމަ އަބަދު އެހެން ކަންތައްކުރަނީ…..ދޮންބެގެ ކޮންމެ އެދުމެއް ފުއްދާ ދޭއިރު ދޮންބެ ބަލިވީމަ ނިދި ނަގާލައިގެން ދޮންބެ ކައިރީގަ އިންނަ އިރު އަހަރެންވެސް އެ އަޅާލުމާއި ލޯތްބަށް ފެންބޮވައިގެންފަ ހުރިކަން މަންމަ އަށް ނޭނގެނީ ކީއްވެތަ؟ އަޅެ މައި އަހަރެން ކޮންކުށެއް ކޮށްގެން މަންމަ އަހަރެން ދެކެ އެހާ ރުޅި އަންނަނީ؟ ” ޒިވާ އޭނާގެ ހިތުގައިވާ ހުރިހާ ޝަކުވާ އެއް އެފަހަރާ ބަންޑުން ކޮށްލިއެވެ. އޭނާ އިތީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. އިވުނު ވާހަަކަ ތަކުން ކައިލް އަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ޒިވާގެ ދުލުން އެބޭރު ކުރީ ހަޤީގަތްކަން ކައިލް އަށް އިނގެއެވެ. ޒިވާގެ ހާލާމެދު ކައިލްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ކިތަންމެ އުފާވެރިކަން މޫނު މަތިން ދައްކައިގެން އުޅުނަސް ޒިވާ އުޅެމުންދާ ހާލު ކައިލް އަށް އިނގުނީ އަދި ކިރިޔާއެވެ. މަންމައެއް ހުރެމެ އެ މަންމަގެ ލޯބިން މަހުރޫމު ވުމުން ހިތުގައި ޖެހި އެކަނި ވެރިކަން އިހުސާސު ކުރެވޭނެވަރު ކައިލް ހިތައް އެރިއެވެ. މަޑު މަޑުން ކައިލް އޭނާގެ އަތް ނެގުމަށްފަހު ޒިވާގެ ބޮލުގައި ފިރުމާލީ ކެތްތެރިވާށޭ ބުނަމުންނެވެ. ޒިވާގެ ބޮލުގައި މީހަކު ފިރުމާލުމުން އެއީ މައިހާ ނޫންކަން އިގުނެވެ. ތެޅިތެޅި އޮތް ހިތަކާއެެކު ފަހަތް ބަލާލި އިރު ކުރިމަތީގައި ހުރި ކައިލް ފެނިފައި ޒިވާގެ ދެލޯ ބޮޑުވިއެވެ. އޭނާ މައިހާ ކަމަށް ހީކޮށް ހުރިހާ ވާހަކަ އެއް މިދެއްކުނީ ކައިލް ކާރީގައިކަން އެނގުމުން ޒިވާ ބޯ ހާސްވާ ގޮތްވިއެވެ. ކައިލްގެ ހިތުގައި މަންމަ އާއި ދޭތެރޭ އޮންނާނީ ކޯންޗެއްބާއޭ ޒިވާ ހިތަަށް އެރިއެވެ. ” ހާސްނުވޭ އަހަރެން ނޫޅެން ޒިވާގެ ފަރާތުން އަޑު އިވުނު ވާހަކަތައް އެއްވެސް އިތުރު މީހަކާ ހިއްސާކުރާކަށް……” ކައިލް ޒިވާގެ މޫނަށް ބަލާލުމަށްފަހު ބުނެލިއެވެ. ކައިލްގެ ވާޙަކަތަކުން ޒިވާގެ ހިތަށް ކުޑަވަރެއްގެ ހަމަ ޖެހުމެއް ލިބުނަސް އަދިވެސް އޭނާ ބިރުަގަނެއެވެ. މަންމަގެ ވާހަކަ މައިހާ ފިޔަވާ އިތުރު މީހަކަށް އިނގޭކަށް ޒިވާ ބޭނުމެއް ނުވެއެވެ. ނަމަވެސް ތަގްދީރު ނިޔާ ކުރީ މިގޮތެވެ. ކައިލް ޒިވާގެ އެނދު ކައިރީ ބަހައްޓައިފައި ހުރި ގޮނޑީގައި އިށީނުމަށް ފަހު ޒިވާގެ މޫނަށް ބަލާލިއެވެ. ބޮލުގައި ބެންޑޭޖް އަޅާފައި ވުމުން ނިއްކުރިމަތީގައި ހުރި ކުރު އިސްތަށިތައް އޮތީ ބެންޑޭޖު ގަނޑު މައްޗައް ފައިބާފައެވެެ. އަތުގައި ޕްލާސްޓަރ އަޅާފައިވުމުން ޒިވާ އޮތީ އުނދަގޫވެފައެވެ. ކައިލް އަށް އެކަން ފާހަަގަވިއެވެ. ޕްލާސްޓަރ އަށް ބަލަހަށްޓާއިގެން އިނދެ މޫނަށް ޖައްސަމުންދާ ވައްތަރުތައް ފެނުމުން ކައިލް އަށް ހެވުނެވެ. ރުޅި އައިސްގެން އިނދެ ޒިވާ ދިޔައީ ޕްލާސްޓަރަށް ބަލަމުން ކޮންމެސް އެއްޗެއް ކިޔަމުންކަން ކައިލް އަށް އެނގުނެވެ. ކައިލް އިނީ މަޖާވެފައެވެ. ޒިވާގެ މި ޅަމިޒާޖު ކައ އަށް ކަމުދިޔައެވެ. ޒިވާގެ ކޮންމެ ހަރަކާތަކަށް ކައިލް އަށް ބަލަން އިނދެވުނީ އެއްވެސް ފޫހި ކަމެއް ނެތިއެވެ. މޫނަށް ފައިބާފައިވާ އިސްތަށިތައް އެއްފަރާތް ކޮށްލުމަށް ފަހު ކަންފަތް ކައިރިއަށް ލައްވާލަނީ ފުސްމޫނު ހަދާގެން އިނދެއެވެ. ޒިވާގެ ހަރަކާތްތަކަށް ގެއްލިފައި އިން ކައިލް ސިއްސައިގެން ދިޔައީ އަވަސް ފަރުވާދޭ ބައިގެ ކޮޓަރި ދޮރު ހުޅުވުނު އަޑަޝެވެ. އެެތެރެއަށް ވަދެގެން އައި މީހާ ކައިލް އަކަށް ނޭނގުނެވެ. ދޮރާއި ފުރަގަސްދީގެން އޮތް ޒިވާ އަށް މީހަކު ދޮރު ހުޅުވާލި އަޑު އިވުނެވެ. ދޮރާވީ ފަރާތައް އެނބުރުނު އިރު ކައިލް އިނީ ދޮރާ ދިމާއަށް ބަލަހައްޓައިގެން ކަމުން ޒިވާ ވެސް އެދިމާއަށް ބަލާލިއެވެ. ދޮރުން ވަދެގެން އައި މީހާގެ މޫނު ފެނުމުން ޒިވާގެ ދެލޯ ބޮޑުވިއެވެ. ހިތް ދިރުވާލެވުނީ ދެން ވާނެ ގޮތް ނޭނގޭތީއެވެ.
ޒިވާގެ ހާލަކީ ކޮބާތޯއެވެ؟ މިަދު އެއްގޮތަކަށްވެސް ނުފެނި ހުރެފައި ކުއްލިއަކަށް ކައިލް ފެނުމުން ޒިވާ އަށްވެސް ބަލަހަށްޓާއިގެން ހުރެވުނީއެވެ. ކަޅުރަތް ކުލައިގެ ގަމީހަކާ ގަދަނޫކުލައިގެ ޖިންސެއްގައި ކައިލް ފެންނަލެއް ނުހަނު ހިތްގައިމެވެ. ގަމީހުގެ އަތް އުޅަބޮށްޓާއި ހަމައަށް އިޅާފައި ވުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ދެޒުވާނުން އެކަކު އަނެއްކަކުގެ ލޮލަށް ގެއްލިފައި ތިއްބާ ޒިވާ ސިއްސައިގެން ދިޔައީ ކައިލް ކޮށްލި ކަމަކުންނެވެ. ******************************************** ކައިލް ޒިވާގެ އަތުގައި ހިފާލުމަށް ފަހު ކައިލް އާއި ދިމާއަށް ދަމާލުމުން ޒިވާ ސިއްސައިގެން ގޮސް ދިޔަ ބާރު މިނުގައި ޖެހުނީ ކައިލްގެ މޭމަތީގައެވެ. ކައިލްގެ ގައިން ދުވި މީރު ވަހުން ޒިވާގެ ނޭވާ އެތެރެއަށް ދަމާ ލެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ޒިވާ އަށް ކައިލްގެ މޫނު އެހާ ކައިރިން ފެނުމުން އޭނާގެ ހަށިގަނޑުގައިވި ހުރިހާ ލޯލި ތަކެއް ކޮޅަށް ޖެހުނެވެ. ކައިލްގެ އަތް ޒިވާގެ އުނަގަނޑުގައި އެޅިފައި ވުމުން އެއަތުގެ ބީހިލުން ޒިވާގެ ހަށިގަނޑުގެ އެންމެ ހިމަ ނާރާ ހަމައަށްވެސް ފޯރި ކަހަލައެވެ. ކައިލް ޒިވާގެ މޫނަށް ބަލާލުމާއެކު ދެޒުވާނުންގެ ކަޅި ބައްދަލުވި އިރު ޒިވާގެ މޫނުމަތިން ފެންނަމުން ދިޔައީ ލަދުވެތި ކަމެވެ. ލަދުން އިސް ޖަހާލީ ކައިލްގެ މޫނަށް ބަލަހަށްޓައިގެން ނުހުރެވޭނެކަން އޭނާ އަށް އެނގުމުންނެވެ. ކައިލް ހުރި ގޮތް ރޭކާލުމުން ޒިވާ މަޑުމަޑުން ދުރު ވެލިއެވެ. ކައިލް އަށް ވެސް ދެމީހުންނަށް ތިބެވުނު ގޮތް އިހްސާސްވީ އަދި ކިރިޔާއެވެ. ދެފަރާތް ބަލާލީ އިތުރު މީހަކަށް އެމަންޒަރު ފެނުނުތޯ ޔަގީން ކުރުމަށެވެ. […]
ކައިލް ސިއްސައިގެން ދިޔައީ އިޔާޝް އޭނާގެ ގައިގައި ޖަހާލަމުންނެވެ. އޭރު އިޔާޝް ހުރީ ލާނެތް ފާޑަކަށް ހެވިފައެވެ. އިޔާޝް އަށް އޭނާ އެއަންހެން ކުއްޖާ އަށް ބަލަން ހުރިކަން އެނގުމުން ކައިލް އަށް ކޮންމެވެސް ވަރަކަށް ލަދުވެތިކަން އިހުސާސް ކުރެވުނެވެ. ނަމަވެސް އެކަން ނުދައްކާ ހަމަޖެހިލަމުން ކައިލް ވާހަކަ ދައްކަން ފެށިއެވެ. ” ހިނގާ މި ދިމާލުން ލާފަ ގެއަށް ދާން” ކައިލް އެހެން ބުނެލުމުން އިޔާޝް އަށް އޭނާ ހިފަހަށްޓައިގެން ހުރި ހިނިގަނޑު ފަޅާލަން މަޖުބޫރު ވިއެވެ. ” ހޫން… އަހަރެން ވާ ހިނގައި ދާނަން. އެކަމް ކައިލް އަށް ޒިވާ ފެންނަން ހުރިއްޔާ ހިނގާ ގަނެވޭނެ ހެންނެއް މަށަކަށް ހިއެއްނުވޭ ” ހިނގައި ގަންނަމުން އިޔާޝް ބުނެލިއެވެ. “ޒިވާ” ކައިލް މަޑުމަޑުން އެނަން ކިޔާލިއެވެ. ނަންވެސް މީހާ ހާ ރީއްޗެވެ. ކައިލް ބޯ ކަހާލުމަށް ފަހު އިޔާޝްގެ ފަހަތުން ހިނގައިގަތް އިރު އެތުންފަތް މަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކުހެން ކައިލްގެ ހިތުގައި ޒިވާ އާއި ދޭތެރޭ ޝައުގު ވެރިކަން އުފެދުނެވެ. މޫދު ކައިރީގައި ގޮނޑު ދޮށަށް ބަލަހަށްޓައިގެން ހުރި ޒިވާގެ މޫނު މަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. ދެންމެ އެ ޒުވާނާ އާއި އެއްކޮށް ހިނގި އެކުޑަ ކުޑަ ހާދިސާ ޒިވާގެ ލޯ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. ޒިވާ އަށް ނެނގުނީ އޭނާގެ ކޮންމެ ހަރަކާތަކަށް މައިހާ ވަރަށް ފަރުވާތެރި ކަމާއެކު ބަލަމުން ދާކަމެވެ. އިރު އޮށްސެން ކައިރިވުމުން ޒިވާ އާއި މައިހާ ހިނގައިގަތީ ގެއަށް ދިއުމަށެވެ. “މަރީނާ މިރަށުގަ ނޫޅޭތަ މީރުކޮށް ހެދިކާ ހަދާ މީހެއް؟ މި ކައިލްއާ ކައިރާ ނިކަން ފޯރި ހުރޭ ވިއްޔަ ހެދިކާ އަށް. ހޮޓަލުން ގެންނަ އެއްޗެހިވެސް އެމީހުންނަށް ކަމަކު ނުދޭ އެއް ގޮތަކަށްވެސް. މިފަހަރު މިރަށަށް އަންނަމުން މަ ބުނިން މިރަށު ހެދިކާ ކާންދޭނަމޭ ދެމީހުންނަށް” ރޭގަނޑުގެ ކެއުން ނިންމާލުމަށް ފަހު މަރީނާ ކައިރީ ހަބަރު ބަލާލަން ސޯފައިގައި އިށީންނަމުން ކަމްލާ އަހާލިއެވެ. ” ނޫނޭ…މި ގެއާ ޖެހިގެން ހުރި ގޭގަ އުޅޭ މަންޖެ ނިކަން މީރު ވާނެ ހެދިކާ ހަދާލެއް…ކަމްލާގެ މައްސަލަ އެއް ނެތިއްޔާ އަހަރެން އެމަންޖެ ލައްވާ ހެދިކާ ކޮޅެއް މާދަމާ ހަވީރު ސަޔަށް ހަދާލަފާނަން ” މަރީނާ ކަމްލާގެ ވާހަކަ އަށް ރައްދު ދެމުން ބުނެލިއެވެ. ” އާން އަހަރެން އެއްވެސް މައްސަލަ އެއް ނެތް…އެކަމް ތިޔަބުނާ މަންޖެ ވާނެ މަށަށް ދައްކާލަން” ހެވިފައިހުރެ ކަމްލާ އެހެން ބުނެލުމުން މަރީނާ ހިނިތުން ވެލިއެވެ. ” އޭ ކޮއްކޯ އިޔާޝް އެ ދައްކަނީ ތެދު ވާހަކަ އެއްތަ؟” ކައިލްގެ ކޮޓަރިއަށް ވަދެގެން އަންނަމުން ކައިރާ ހެވިފައި ހުރެ އަހާލިއެވެ. އެއިރު ކައިލް އޮތީ ފޯނު ހިފައިގެންނެވެ. ކައިރާ ކޮޓަރިއަށް ވަދުމުން ފޯނު ނިއްވާލުމަށް ފަހު އެނދުގެ ހެޑް ބޯޑުގައި ލެނގިލިއެވެ. ” ކޮން ވާހަކައެއްތަ؟” ނޭނގޭ ކަމަށް ހެދެމުން ކައިލް އަހާލިއިރު އޭނާ ހިތުން އިޔާޝް އަށް ލައްކަ ފަހަރު ކުދި ކިޔެވެ. ” ދެން މާ ނޭނގެ ކަމަށް ހަދާނި ކަމެއް ނެތް…އިޔާޝް ބުންޔޭ ދޮންތި ކައިރީގަ ކައިލް އަށް މިއަދު ބީޗުން އަންހެން ކުއްޖަކު ފެނިގެން ދީވާނާ ވެގެން އުޅުނޭ” ކައިރާ ހެމުން ކައިލް ކައިރީ ބުނެލިއެވެ. ” ޕިސް..އެ އިޔާޝް ދައްކަފާނެ ކޮންމެ ފަދަ ވާހަކަ އެއްވެސް…ދޮންތި އަށް ހީވޭތަ އަހަރެން އަންހެން ކުއްޖަކާ ދޭތެރޭ ސީރިއަސް ވެދާނެހެން. ނޯވޭ! ” ވަރަށް ފޮނިވެލާފައި ކައިލް އެހެން ބުނެލިއެވެ. ކައިލް އެހެން ބުނުމުން ކައިރާ އެއްވެސް ވަރަކަށް ހިތެހަމަ އެއް ނުޖެހުނެވެ. ހަގީގަތުގައި ކައިލް އުޅޭ ގޮތް ކައިރާ އަކަށް އެއްވެސް ވަރަކަށް ކަމަކު ނުދެއެވެ. ކައިލް ކައިރީ އޭނާގެ އުޅުން ބަދުލު ކުރުމަށް ކައިރާ އަށް ނަސޭހަތް ދެވުނީ ކިހާ ވަރަކަށް ކަމެއްވެސް ނޭނގެއެވެ. މިވީހާ ތަނަށް އޭގެ އެދެވިގެންވާ ނަތީޖާ އެއް ކައިލްގެ ފަރާތުންނެއް ނުފެނުނެވެ. ” ކޮއްކޯ ބައްޕަ ބުނުއްވިހެން ކޮއްކޮ ވެއްޖެ މިހާރު ތިއުޅޭ ގޮތް ދޫކޮށްލަން……ބައްޕަ އެރޭ އެހެން ބުނުއްވީ ބައްޕަ އަށް ކޮއްކޮ އަންހެން ކުއްޖެއް ގޮވައިގެން ކާރުގަ ދަނިކޮށް ފެނިގެން…މަންމަ ދޮންތަ ކައިރީގަވެސް އެހެން ބުނީ” ކައިރާ މީގެ ދުވަސްކޮޅެއް ކުރިން ބައްޕަ ދެއްކި ވާހަކަ ހަނދާން ކޮށްލަމުން ބުނެލިއެވެ. ކައިލް އިޚްތިޔާރު ކުރީ ހިމޭން ކަމެވެ. ކައިރާ ދެއްކި ވާހަކަތަކާ މެދު ފުރަތަމަ ފަހަރަށް ކައިލް ވިސްނާލިއެވެ. ނަމަވެސް އެއްޗެއް ބުނާކަށް ކައިލް ގަސްތެއް ނުކުރިއެވެ. އޭނާ މިހާރު އެއުޅުން ދޫކޮށްލަން ބޭނުންވެއެވެ. ޒިވާ އާއި ދިމާވި ދުވަހުން ފެށިގެން ކައިލް ދިރިއުޅުމާމެދު ސީރިއަސް ވާން ބޭނުންވިއެވެ. ނަމަވެސް އެކަމަށް ހުރަސް އަޅާނީ ކައިލްގެ ސިކުނޑިއެވެ. ފަތިހުގެ ފިނިކަން ފަޒާގެ ތެރޭގައި ހިފާފައިވެއެވެ. ގަސްތައްވެސް ޖެހިލާ ތެތް ފިނި ވައިރޯޅި އާއެކު މަޑު މަޑުން ހެލިލައެވެ. ގޯތި ތެރޭ އިލޮށި ފައްޗެއް ހިފާގެން ކުނިކަހަން އޮތް ޒިވާގެ މޫނު މަތިން ފެންނަނީ ވަރުބަލި ކަމެވެ. ބޮޑު ސިންގާ ގޯތި ތެރެ އެއްކޮށް ކުނި ކަހާ ނިންމާލިއިރު އޭނާ ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ވަރުބަލި ފިލުވާލުމަށްޓަކައި ޒިވާ ގޮސް އިށީނީ ޖޯލީގައެވެ. ހަމަޖެހިލުމަށް ފަހު ޒިވާ އޭނާގެ ދިރިއުޅުމާމެދު ވިސްނާލިއެވެ. އުމުރުން 20 އަހަރު ވާއިރުވެސް ޒިވާ އަކީ އެއްވެސް ކަހަލަ ވަޒީފާއަކަށް ދާމީހެއް ނޫނެވެ. އެއީ ދާން ބޭނުން ނުވާތީ އެއް ނޫނެވެ. އޭނާގެ މަންމަ އެކަމާ ގަބޫލު ނުވާތީއެވެ. ޒަހުރާ ބޭނުންވަނީ ޒިވާ ވީހާވެސް އަވަހަކަށް މީހަކާ ކައިވެނި ކުރުވާށެވެ. ނަމަވެސް ޒިވާ އަދި ދިރިއުޅުމެއް ފަށާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ އަދިވެސް ކިޔެވުމަށެވެ. ރަށުން ތައުލީމު ހާސިލް ކުރެވެން އޮތް އެންމެ މައްޗަކަށް ޒިވާ ތައުލީމު ހާސިލް ކުރިއެވެ. އޭ ލެވެލް ހެދުމުގެ ފުރުސަތު ރަށުން ލިބެން ނެތުމުން ޒިވާ އޭލެވެލް ކިޔަވާކަށް ގަސްތެއް ނުކުރިއެވެ. ގުރޭޑު 10 ނިމުނީއްސުރެ ޒިވާ އުޚެމުން ދިޔައީ ގޭގައި މަސައްކަތް ކުރަމުންނެވެ. އިތުރަށް ކިޔެވޭނެ ފުރުސަތެއް އޭނާގެ މަންމަ ޒަހުރާ ހޯދައެއް ނުދިނެވެ. ޒިވާ އެކަމާ ދެރަވެއެވެ. އެއުމުރުގެ އެހެން ކުދިން މައްޗަށް ކިޔަވާތީ ޒިވާވެސް ކިޔަވަން ބޭނުންވެއެވެ. ނަމަވެސް ޒަހުރާ ކައިރީ ޝަކުވާ އެއް ނުކުރެއެވެ. އޭނާގެ އުންމީދަކީ މާލެ ދެވުނު ދުވަހަކުން ޓީޗިން ކޯސް ހަދައިގެން ރަށަށް ޚިދުމަތް ކުރަން އައުމެވެ. ނަމަވެސް ސުވާލަކީ ޒިވާގެ އެ އުންމީދު ފުރިހަމަ ވާނެބާއެވެ؟ ޚިޔާލުތަކަށް ގެއްލިފައި އޮތް ޒިވާ ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ. އޭނާއަށް ގޮވީ މަރީނާއެވެ. “ކޮން ކަމަކާ މާވިސްނަނީ ތި؟” ޒިވާއިން ޖޯއްޔާއި ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން މަރީނާ އަހާލިއެވެ. ” ކަމަކާ ނުވިސްނަން……މަރިންތަ ކަމަކުތަ؟” މަރީނާގެ މޫނަށް ބަލާލަމުން ޒިވާ އަހާލިއެވެ. ” އާން އެ އާބިދާ މެންގޭ ކައިވެންޔަށް އައިސް ތިބި މީހުންނަށް މިއަދު ހަވީރު ސައި ހަދަން ވެގެން މަރިންތަ މިއައީ ޒިވާ ކައިރީ ހެދިކާ ކޮޅެއް ހަދާދޭށޭ ބުނަން ކަމަށް” މަރީނާ އޭޏާ އެގެއަށް އައި ބޭނުން ބުނެލިއެވެ. ” ތީ އެއްވެސް ކަމެއް ނޫނޭނުން…..މަރިންތަ ބުނޭ ހަދަންވީ އެއްޗެހި…އޭރުން އަހަރެން ތިޔަ ހަދާލަ ދީފާނަން” ޒިވާ ބުނެލިއެވެ. މަރީނާ ހަދަންވީ އެއްޗެހި ޒިވާ އަށް ކިޔައިދިނުމަށް ފަހު ދިޔައީ ހަވީރު ހެދިކާ ހިފާގެން އެގެއަށް އައުމަށް ބުނެފައެވެ. ޒިވާ ދާނެ ކަމަށް ބުނުމަށް ފަހު މަރީނާ ދިއުމުން އަވަސްވެގަތީ ހެނދުނު ސައި ހެދުމަށެވެ. އަތްމަތި އަވަސް ކުރަން ފެށީ ޒަހުރާ ސަިބޯން އަންނަ ގަޑި ކައިރިވާތީއެވެ. ކުޅިމަސް ހަދާލުމަށް ފަހު ރޮށި ފިހެ ނިމުނު އިރު […]
ކުރިމައްޗަށް ނުބަލާ ބާރު ބާރަށް ހިނގަމުން ގޮސް ގެހިގެން އިން ގޯޅިއަށް އަޅަލިތަނާ ފައި އަޅާލެވުނު ގޮތުން އަރި އަޅާލައިގެންގޮސް ޒިވާ ވެއްޓެން ދިޔައެވެ. ވެއްޓެން ދަނިކޮށް ލޯމަރާ ލުމަށްފަހު ތޫލި އަޑަކުން ޒިވާއަށް ހަޅޭއްލަވައި ގަނެވުނެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން އޭނާ ވެއްޓުނަ ނުދީ ކޮންމެސް މީހަކު ހިފެހެއްޓިއެވެ. އެމީހާގެ އަތުތެރޭގައި އޮވެ ޒިވާ މަޑު މަޑުން އޭނާގެ ލޯ ހުޅުވާލީ އެއީ ކާކުތޯ ބަލާލުމަށެވެ. ކުރިމަތީގައި ހުރި މީހާ ފެނިފައި ޒިވާ ލާން އުޅުނު ނޭވާ ވެސް ތާށިވި ކަހަލައެވެ. ***************************************************** މުށިކުލައިގެ ރީތި ދެލޮލެވެ. ކަޅުކަން ގަދަ ބުމައެކެވެ. ހަށިގަނޑު ރީތިކޮށް ބަލެހެއްޓުމަށް ލޯބިކުރާކަން ރީތި ކަސްރަތީ ހަށިގަނޑުން އެނގިގެން ދެއެވެ. ފަން އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ހަދާފައެވެ. ބާރުގަދަ މުލައްދަނޑި އެކެވެ. އެޒުވާނާ ޖަހައިފައި ހުރި ސެންޓްގެ ވަސް މީރު ކަމުން ޒިވާ އަށް ނޭވާ އެތެރެއަށް ދަމާލެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. އެޒުވާނާ އާއި ހަތަރު ކަޅި ހަމަވި ހިނދު ޒިވާގެ ގައިގާވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އަންހެން ކުދިން ހިތް ކަތިލާފަދަ ތޫނު ނަޒަރެކެވެ. ޒިވާ އަށް ހަމަ ބިމަށް އާދެވުނީ އެގޮތް ނޭނގޭ ޒުވާނާ އޭނާ ގައިން ދޫކޮށް ލުމުންނެވެ. ދިޔަ ބާރު މިނުގައި ޒިވާ ގޮސް ޖެހުނީ ވެލިގަނޑު މަތީގައެވެ. ފަޔަށްަ ތަދުވުމުން ފައިގައި އަތް ހާކަމުން އިނދެ އެޒުވާނާ އަށް ޒިވާ ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.”މިއީ ހާދަހާވާ ފޮނި ފިރެހެނެކޭ….ޔަގީނޭ މިއީ މާލެ މީހެއްކަން…އަދި ހެވިފަ ބަލަން އެބަހުއްޓޭނުން…ހިތައް އަރާ އަނގަމަތީގަ ޖަހާފާނަމޭ ވެސް…” އަމިއްލަ ނަފްސަށް އިވޭވަރަށް މަޑުމަޑުން ޒިވާ އޭނާ އާއި ދިމާއަށް ކުދި ކިޔެވެ. ” އިޔާޝް މިރަށު އަންހެން ކުދިންނަށް ނޭނގެނީތަ ބަލައިގެން މަގުމަތީގަ ހިނގަންވެސް… ތަނަކުން ރީތި މީހަކު ނުފެނިފަ ތިބޭ ބައެއްދޯ މިއީ” ޒިވާގެ މޫނަށް ބަލަން ހުރެ އޭނާ އާއި ޖެހިގެން ހުރި އިޔާޝް ކައިރީގައި އެޒުވާނާ އެހެން ބުނެލީ އަމިއްލަ ރީތި ކަމާމެދު ފަޚުރު ވެރި ވަމުންނެވެ.” އޯ ޕްލީޒް… އިޓްވޯސް އޭން އެކްސިޑެންޓް….އަހަރެން ކޮންމެހެން ތިމީހައާ އެއްކޮށް މި މަގުމަތީގަ މާ ރޮމޭންޓިކް ސީން އެއް ކުޅެން ބޭނުން ވެގެން ކުރި ކަމެއް ނޫން އެއީ..އެހެން ނޫނަސް ބުނަންތަ ރަނގަޅު ވާހަކައެއް… ހީނުކުރައްޗޭ ތިމާގެ ސިފަ ރީތި ވީމަ ދެން ތިމާވަރުގެ ރީތި މީހަކު ނުހުންނާނެއޭ..ތިއީ މާލެ ފެން ބޮއެގެން އުޅޭ މީހުންގެ ވައްތަރު….ތިޔަ ތިބެނީ ތިމާއަށް ތިމާ ފެނިފަ…އަދި ބުނަން ތިމީހާވެސް މަގުމަތީގަ ހިނގާފަ ދެން އަންނާނީ ބަލާގެން…. ފޮޓޯ ނަގަން ބޭނުމިއްޔާ ދާނީ އަތިރިއަށް…ބޮޑު މަގުމައްޗަކަށް ނޫން” އެ ޒުވާނާގެ ކަރުގަ އަޅުވާފައި އޮތް ކެމެރާ ފެނުމުން އޭނާ ނިކުމެ އެއުޅެނީ ފޮޓޯ ނަގަންކަން ޒިވާ އަށް އެނގުނެވެ. ޒިވާ ހިތްހަމަ ޖެހޭ ވަރަށް އެއްޗެހި ކިޔާލުމަށް ފަހު ފިހާރައަށް ދާން މިސްރާބު ޖެހީ ހައްތަހާވެސް ލަސްވާތީއެވެ. ޒިވާ ދިޔަ ތަން ބަލަން ހުރި އިޔާޝްގެ ހިނިގަނޑު ފަޅާގެން ދިޔައީ އެހިސާބުންނެވެ. “ސާބަސް ކައިލް އަށް….ހަމަ މީހަކު ރުޅި އަރުވާ ނުލެވެންޏާ ހިތް ހަމަ ނުޖެހެނީ ދޯ؟” ކައިލްގެ ގައިގައި ޖަހާލުމަށް ފަހު އިޔާޝް އެހްން ބުނެލި އިރު ކައިލް ވެސް ހުރީ ހެވިފައެވެ. މި ވީހާތަނަށް އައިއިރު އޭނާ އާއި އެގޮތައް އަންހެން ކުއްޖަކު ވާހަކަ ދެއްކި މީ ފުރަތަމަ ފަހަރެވެ. އަންހެން ކުދިން ތިބެނީ އޭނާގެ ބެލުމަކަށް އޭނާގެ ހިނިތުން ވުމަކަށް އެދި އެދިއެވެ. ނަމަވެސް މި ގޮތް ނޭނގޭ އަންހެން ކުއްޖާގެ ފަރާތުން ކައިލް އަށް ފެނުނީ މުޅިން އާދަޔާ ޚިލާފު ސިފައެކެވެ. ކައިލްގެ ހިތުގައި އެ އަންހެން ކުއްޖާ އާއި ދޭތެރޭ ޝައުޤުވެރިކަން އުފެދުނެވެ. އެކުއްޖާ އިތުރަށް ރުޅި އަރުވާލަން ބޭނުންވިއެވެ. އެއްރަށެއްގަ އުޅެންޏާ ފެންނާނެތާއޭ ކައިލް ހިތަށް އެރިއެވެ. ނަމަވެސް ކައިލް އަށް ނޭނގުނީ ކުރަން މިއުޅޭ ކަމެއްގެ ސަބަބުން ކައިލްގެ މުޅި ދިރިއުޅުން ބަދަލު ވެގެން ދާނެ ކަމެވެ ފިހާރައިން އައިސް ގެއަށް ވަތް ޒިވާގެ މޫނު މަތީގައި ވަނީ ރުޅިވެރި ކަމެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ހިނގާ ދިޔަ ކަންތައް އޭނާގެލޯކުރިމަތީގައި ތަކުރާރުކޮށް ސިފަވަމުން ދާ ކަހަލައެވެ. ބަދިގެ އަށް ވަތް އިރު ގޭތެރެއިން ޒަހުރާގެ ޚަބަރެއް ނުވާތީ ޒިވާ ހިތްހަމަ ޖެހުނެވެ. ކޮޓަރީގައި އޮތީކަން ޒިވާ އަށް އެނގުނެވެ. ވަރަށް އަތްމަތި އަވަސް ކޮށްލުމަށް ފަހު ޒިވާ ހެނދުނުގެ ނާސްތާ ތައްޔާރުކުރިއެވެ. ޒަހުރާ އަށް ގޮވާލުމަށްް ފަހު ސައިބޯން އައުމަށް ބުންޏެވެ. ޒަހުރާ ނިކުމެގެން އައިސް ސައިބޯން ފެށިއެވެ. ނަމަވެސް ލަހުން ސައި ލިބުމުގެ ސަބަބުން ޒިވާ އާއި ދިމާއަށް އެއްޗެހި ކިޔެވެ. ޒިވާ ލަހުން ހޭލެވުނީތީ ޒަހުރާގެ ކިބައިން މަޢާފަށްވެސް އެދުނެވެ. ނަމަވެސް ޒަހުރާއެއް އެ އަޑޭއް ނާހައެވެ. މަންމަގެ މި އަމަލުން ޒިވާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. އެއީ އެއްވެސް ކަމެއްނޫނޭ ބުނެ ޒިވާގެ ބޮލުގައި ލޯބިން ފިރުމާލާނެ ނަމައޭހިތަށް އެރިއެވެ. ރޮވޭނެކަން ޔަގީންވުމުން ޒިވާ ގޮސް ހުއްޓިލީ އުނދުން ކާރީގައި ޒަހުރާ އަށް ނުފެންނާނެ ގޮތަށެވެ. ކަރުނަތައްހިންދާލުމަށް ފަހު ޒިވާ ކާމޭޒު ކައިރިއަށް ދިޔައީ ޒަހުރާ ކެއި ތަށިތައް ނެގުމަށެވެ. ޒިވާ އެކޭ އެގޭގައި ގެންގުޅޭ ނޯކަރެއް ކަހަލއެވެ ކައްކާފައި ކާން ގޮވުމުން ޒަހުރާ ނިކުމެގެން އައިސް ކައިގެން އަނެއްކާވެސް ކޮޓަރިއަށް ވަންނަނީއެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އެނޫން އެހެން ދުވަހެއް ދައްކަވާތޯ ޒިވާ އަށް ދުޢާ ކުރެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. ޒަހުރާ އޭނާ އަށް އަނިޔާ ނުކުރާތީ ޒިވާ އެކަމާ އުފާ ކުރެއެވެ. ނަމަވެސް އެޅަހިތް ވަނީ މަންމަ އެއް ލޯތްބާއި އަޅާލުމަށް ފެން ބޮވައި ގަނެފައެވެ. ބަދިގެ ތެރެ ހަމަ އަކަށް އަޅުވާލުމަށް ފަހު ގޯތި ތެރެ ކުނިކަހާލިއެވެ. ވަރުބަލިވެފައި ހުރުމުގެ ސަބަބުން ޖޯލީގައި އޮށޯވެލިއެވެ. އެއާއެކު އަނެއްކާވެސް ހަނދާނަށް އައީ ފިހާރައަށް ދިޔަ މަގުމަތީ ދިމާވި ކަންތައްތަކެވެ. މޫނަށް ވައްތަރެއް ޖައްސާލުމަށް ފަހު ޒިވާ ގެއިން ނިކުމެގެން ގޮސް މިސްރާބު ޖެހީ އެގެއާއި ޖެހިގެން ހުރި ގެއަށެވެ.. “ޢައްސަލާމު ޢަލައިކުމް” ދޮރާށި ހުޅުވާލުމަށް ފަހު އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ޒިވާ ސަލާމް ގޮވާލިއެވެ. ” ވަޢަލައިކުމް ސަލާމް” ގޯތި ތެރެ ކުނިކަހަން އޮތް މެދު އުމުރުގެ އަންހެނަކު ޒިވާ ފެނުމުން ހިނިތުންވެ ހުރެ ސަލާމް ބަލައިގަތެވެ. ” މަރިންތާ ކޮބާތަ މައި؟” ޒިވާ އެއަންހެން މީހާ ކައިރީ އަހާލިއެވެ. އެއީ ޒިވާގެ އެންމެ ގާތް އެކުވެރިޔާ މައިހާގެ މަންމަ މަރީނާ އެވެ. “މައި ވެއްޖެ ސައިބޮއިގެން ކޮޓަރިއަށް ގޮސް…ކަނބުލޮ ގޭތެރޭގެ މަސައްކަތް މިހާރު ނިންމާލީތަ؟” ޒިވާގެ ސުވާލަށް ޖަވާބު ދެމުން މަރީނާ އަހާލިއެވެ. ” ލައްބަ….ނިންމާފަ މިއައީ…މަރިންތަ މިއަދު ހާދަ ލަހަކުން ތިޔަ ކުނި ކަހަނީ؟” ޒިވާގެ ހިތުގައި އުފެދިފައިވާ ސުވާލު އޭނާ ކޮށްލިއެވެ. “އާން އެއީ އާބިދާ މެންގޭ ސޮރު ކައިވެންޏަށް އައިސްގެން އުޅޭ މީހުން މިގޭގަ ތިބެނީ…އެމީހުންނަށް ހެނދުނު ސައި ދީހަދާފަ އަދިކިރިޔާ މި އަވަދިވީ” މަރީނާ ވީގޮތް ކިޔާ ދިނުމުން ޒިވާ އެހެންހޭ ބުނެލުމަށްފަހު ގޭތެރެއަށް ވަދެގެން ގޮސް މައިހާގެ ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ. “ހޫން ކަމަނާއަށް އަންނަން އެނގިއްޖެ ދޯ…ގޯހެއް ނޫން ދެދުވަސް މިދިޔައީ ނުވެސް ފެނިލާ” ކޮޓަރި ދޮރު ހުޅުވާލި މައިހާ އަށް ކުރިމަތީގައި ހުރި ޒިވާ ފެނުމުން ފުރަތަމަ ވެސް ކޮށްލީ ޝަކުވާއެވެ. ” ހާން މަ އެކަނިތަ ފެންނަންވީ…މައި ވެސް ވަކި ހަބަރެއް ނުވޭ” މައިހާ ގައިގައި ޖަހާލަމުން ޒިވާ ބުނެލިއެވެ. ދެކުދިން ވާހަކަ ދައްކަން ތިބުމަށްފަހު ޒިވާ ގެއަށް ދާން ނިކުތީ މެންދުރު ނަމާދު ބަންގި ގޮވާ އަޑު އިވުމުންނެވެ. ޒިވާ އާއި މައިހާ ވަކިވީ ހަވީރު ހިނގާލަން ދާން ރޭވުމަށް ފަހުގައެވެ. ހަވީރުގެ ހިތް ފަސޭހަ ވަގުތެވެ. އަތިރިމަތީ ހިނގާލައިފައި ދިޔަ ކައިލް އާއި އިޔާޝް އަށް އެތައް އަންހެން ކުދިންގެ ތޫނު ނަޒަރުތައް ސީދާ ވެއެވެ. ހާއްސަ ކޮށް ކައިލް އަށެވެ. އޭނާ ލައިގެން ހުރި ހުދު ކުލައިގެ ގަމީހާ އެއްކޮށް ލައިފައިވާ އައިސް ބްލޫ ޖީންސްގެ ޖީބަށް އަތް ޖަހާލައިގެން ދިޔައިރު ކިތަންމެ ހާވެސް ސްމާޓެވެ. ގަމީހުގެ އަތުކުރި އުޅަބޮށްޓާ ހަމައަށް އޮޅާލާ ފައެވެ. އަތުކުރީގައި އަޅާފައި ވަނީ އެންމެ ފަހުގެ ގަޑި އެކެވެ. ހިނގަމުން ދިޔަ ކައިލް ގެ ނަޒަރު ކުރިމަތިން ހިނގައިފައި އައި ދެ އަންހެން ކުދިންނަށް ހުއްޓުނެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ މިަދު ހެނދުނު ކައިލް އާއި ދިމާވި ކުއްޖާކަށް އެނގުނެވެ. ފުރަތަމަ ފަހަރަށް އެއަންހެން ކުއްޖާ އާއި ދިމާއަށް ރަނގަޅަށް ބަލާލިއެވެ. ކަޅުކަން ގަދަ އިސްތަށި ގަނޑެކެވެ. ލައިފައިވާ މަޑު ނޫކުލައިގެ ގަމީސް ކޮޅު އެދޮން ހަށިގަނޑާ ނުހަނު ގުޅެއެވެ. ބޮލުގެ އިސްތަށި ގަނޑު މައްޗަށް ނަގާލުމަށް ފަހު ހުޅި އެއް ޖަހާފައި ވާއިރު އެ ދޮން ކަނދުރާ އޮތީ ހާމަ އަށެވެ. ވައި ޖެހުމުގެ ސަބަބުން ބައެއް ކުރު އިސްތަށިއައް މޫނަށް އެޅުމުން އެއް ފަރާތް ކޮށްލާ ގޮތް ކައިލް އަށް ވަރަށް ކަމުދިޔައެވެ. އެއްވެސް ވަރަކަށް މޭކަޕް ބޭނުން ކޮށްފައި ނެތަސް ނުލާޙިކު ރީއްޗެވެ. އިސްދަށަށް ޖަހައިގެން ހިނގަމުން އައިރު ކައިރީގައި ހުރި ކުއްޖާ ދޭތެރެ ދޭތެރެއިން ބުނެލާ އެއްޗެއްސަށް ހީލާއިރު ދެކޮލަށް އެޅޭ އަޑި ކޮޅުގެ ސަބަުން ރީތިކަން ދެގުނަ އަށް އިތުރު ކޮށްދެއެވެ. ރީތިކަން ހުސް ކޮށްގެން ހުރި ޕަރީއެއް ފަދަ އޭ ކައިލްގެ ހިތަށް އެރިއެވެ. އެހާވެސް އެއަންހެން ކުއްޖާ ކައިލް އަށް ރީތި ވިއެވެ. މައިހާގެ މަޖާ ވާހަކަތައް އަޑު އަހަމުން ހެމުން ދިޔަ ޒިވާ އަށް މީހަކު އޭނާއަށް ބަލާ ކަހަލަ އިހުސާސެއް ކުރެވުމުން ކުރިމައްޗަށް ބަލާލިއެވެ. އެވަގުތު ކައިލް އާއި ޒިވާގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ކުރީ ފަހަރެކޭ އެއްގޮތައް މިފަހަރުވެސް ޒިވާ އަށް ކައިލް އާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ކައިލްް ވެސް މިފަހަރު ޒިވާގެ ލޮލާ ނަޒަރު ވަކިކޮށްލަން ބޭނުން ނުވި ކަހަލައެވެ. ދެޒުވާނުން އެކަކު އަނެއްކަކަށް ބަލަން ތިބި އިރު ވަށައިގެންވީ މާހައުލުގައި ހިނގާ އެއްވެސް ކަމެއް ނޭނގޭ ކަހަލަ އެވެ. އެރީތި ވަގުތު ކޮޅު ނިމިގެން ދިޔައީ މައިހާ ޒިވާގެ ގައިގައި ޖަހާުމުންނެވެ. ޒިވާ ސިއްސައިގެން ގޮސް ކައިލްގެ ލޮލުން ނަޒަރު ވަކި ކޮށްލުމަށް ފަހު މައިހާގެ މޫނަށް ބަލާލި އިރު މައިހާ ހުރީ ލާނެތް ފާޑަކަށް ހެވިފައެވެ. ޒިވާ މާ ނޫން ކަމަށް ހަދާލުމަށް ފަހު އަނެއްކާވެސް ކައިލްގެ މޫނަށް ބަލާލިއެވެ. އަދިވެސް ކައިލް އޭނާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރިކަން އެނގުމުން ޒިވާ ލަދުގަތެވެ. ނަމަވެސް އެކަން ނުދެއްކުމަށްޓަކައި ކައިލްގެ މޫނަށް ބަލާލުމަށްފަހު ވައްތަރެއް ޖައްސާލިއެވެ. ޒިވާ ޖައްސާލި ވައްތަރު ފެނުމުން ކައިލް ހެން ފެށިއެވެ. ޒިވާ އަށްވެސް ހެވުނީ އެއްވެސް އިޚްތިޔާރަކާނުލައެވެ.
އުޑުމަތި ވަނީ ބަނަކޮށް ފައެވެ. ވައިރޯޅިތައް ވެސް ސިކުންތަކަށްފަހު ސިކުންތެއް ދިޔައީ ބާރު ވަމުންނެވެ. ރުޅިގަދަ ރާޅުތައްވެސް ދޮންވެލިގަނޑުގައި ޖެހެމުން އަންނަނީ އެއްވެސް ރަހުމެއް ނެތިއެވެ. ކުއްލިއަކަށް ބޯވާރޭ ތިކިތަށް ހިކިފަތްތަކުގައި ޖެހޭއަޑު އިވެން ފެށިއެވެ. އިސާހިތަކު މުޅިފަޒާ ތެރޭގައި ބޯވާރޭގެ އަޑު ގުގުމަން ފަށާފިއެވެ. ހިނގަމުންދާ އެއްވެސް ކަމެއް އަތިރިމަތީ އިށީނދެ ލައިގެން އިން ޒިވާ އަށް އިހްސާސް ނުވާ ކަހަލައެވެ. ސިއްސައިގެން ދިޔައީ ވާރޭ ތިކިތައް އޭނާގެ ދޮން ހަށިގަނޑުގައި ޖެހެން ފެށުމުންނެވެ. ކޮންމެ ތިއްކެއްވެސް އެހަށިގަނޑުގައި ބޮސްދީފައި ދަނީ ޒިވާގެ ހިތާމައިގައި ބައިވެރި ވަމުން ކަހަލައެވެ. ނަމަވެސް އެތަނަނުން ތެދުވެ ގެއަށްދާ ޚިޔާލެއް ޒިވާ ނުކުރެއެވެ. އެއިން ގޮތަށް އޭނާ އެތާނގައި އިނެވެ. އެހެން އިންއިރު އެމަންޒަރު ފެންނަ ކޮންމެ މީހަކަށްވެސް ހީވާނީ ހިތާމައިގެ ތަސްވީރެއް ކުރިމަތިން ފެންނަމުން ދާހެންނެވެ. އިރު އިރުކޮޅަކާ ޒިވާ އޭނާގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތައް އަތުން ފޮހެމުން ދިޔައިރު ހިތުގައި އަޅަމުންދާ ވޭނަކަށް އެއްވެސް ވަރަކަށް ލުޔެއް ލިބުމުންދާ ހެންނެއް ހިއެއް ނުވެއެވެ. ވާރޭ ބޯކޮށްލައިފިއެވެ. ޒިވާ އިންތަނުން ތެދުވެ ގެއަށް ދާން ހިނގައިގަތެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ […]