Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 24

Belle Level 310 Stories100 Comments100 Login500 Login
July 25, 2019 6 Mins Read
2 Comments

 

 

އޮފީހުގައި ހުރި އިރުވެސް ހިޔާލުކުރެވުނީ ޝިފާއާއި މެދުއެވެ. އެދުރުކަންދެކެ އަނެއްކާވެސް އޭނާ ބިރުގަންނަން ފެށިއެވެ. އަލުން ދިރިއުޅުމުގައި އެކަނިވެރިކަން އިހުސާސް އެއް ނުކުރެވޭނެއެވެ. އެދުވަހު ދެއްކުނު ވާހަކައާމެދު ދެރަވިއެވެ. އެއްވެސް ކަމަކުން ނުލިބޭނެހާ އުފަލާ ހިތްހަމަޖެހުން ޝިފާގެ ފަރާތުން އޭނާއަށް ލިބުނުކަން ހުދު އޭނާވެސް ދެކޮޅެއް ނަހަދައެވެ. އެހެންނަމަވެސް ޖަޒުބާތުގައި ޖެހިގެން އެދުވަހު އެވާހަކަ ތައް ދެއްކުނީއެވެ. ހިތުގެ ކަނެއްގައި އުފެދިފައިވާ ލޯބި ފާޅުނުވަނީ އެވެ. ލިވީ އަށް ދެވިފައިވާ މަގާމު އަލުން އެހެން ކުއްޖަކަށް ދޭންވުމުން ފަސްޖެހެވެނީއެވެ. އެހެނަސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޝިފާއާމެދު އުފެދިފައިވާ އާ އިހުސާސްތައް ވަރުގަދަވަމުން އަންނަކަމެވެ.

 

 

 

***********************

 

 

 

އެކަނިވެރިކަން….ހާއްއް… ޒައިކް އެކަނި ދޫކޮށްލާފައި އައުމަކީ އޭނާއަށް ކުރެވުނު އެންމެ ބޮޑު މޮޔަކަމެވެ. އެހެނަސް ޒައިކް އަށް އުފާވެރިކަން ހޯދަދޭން ބޭނުންނަމަ ލިވީ އާ އޭނަގެ ދަރިފުޅު ހޯދަދޭން އެބަޖެހެއެވެ. މިކަމުގައި އެކަނިވެރިކަން އިހުސާސް ކުރަން ނުޖެހި ނުދާނެކަން އޭނާއަށް އިނގެއެވެ. ލިވީ ބޭނުންވާ ފަދައިން ޒައިކުގެ ދިރިއުޅުމަށް އޭނާ ބޭނުން ނުވާނެކަން އިނގެއެވެ. ހަޔާތުގެ ހުސްކަން ފުރާލަދޭން އައިސް ހުރި ވަގުތީ މަންޒިލެކޭ އޭނާއެކޭ ތަފާތެއް ނެތެވެ.

 

 

 

 

އޮމާން ދަތުރަކަށްފަހު އެމީހުންނަށް ރަޝިޔާއަށް ދެވުނެވެ. ތަފާތު ރީތި ހިސާބެކެވެ. ގަޑިއަށް ބަލާ ސައިފް އައިސް ހުއްޓެވެ. އޭނައާއިއެކު ރީތި ކުއްޖަކު ހުއްޓެވެ. އެންމެފަހުގެ ފެޝަން ދުނިޔެއިން އައިސް ހުރި ރީތި ކުއްޖެކެވެ. ސައިފް އެބުނާ ކުއްޖަކީ މިއީބާއެވެ. ތުންފަތައް ހިނިތުންވުމެއް ގެންނަމުން އެއަންހެން ކުއްޖާ ގައިގަ ބައްދާލަމުން ސައިފް އަށް ނިއް އެއްލިއެވެ. އަދި މިއީ އެބުނާ ކުއްޖާތޯ ލޮލުން އިޝާރާތް ކޮށްލީމެވެ. ސައިފް ލޯބޮޑުކޮށްލަމުން ބޯހޫރާލިއެވެ.

 

 

 

 

އަހަރެމެން ހުންނަން ހަމަޖެހިފައިވާ ހޮޓެލްއަށް މަޑުކޮށްލުމުން ސައިފް އާއި ޔަމާން ދިޔައީ ރިސެޕްޝަނަށެވެ. އެވަގުތު އެއަންހެން ކުއްޖާއާ ވާހަކަ ދައްކާލާ އެކަނިވެރިކަން ދުރުކޮށްލިއެވެ. އެއަންހެން ކުއްޖާ ސައިފް އަށް ބަލާލާ ގޮތުންނާ ވާހަކަ ދައްކާ ގޮތުން އެ ހިތުގައި އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް ވާކަން އޭނާއަށް ނަގައިގަނެވުނެވެ.

 

 

 

 

ސައިފްގެ ސެޓްފިކެޓް ދިނުމުގެ ހަފްލާ އޮންނަނީ ތިންދުވަސް ފަހުން ކަމުން ޝިފާމެންނަށް އޭގެކުރިން ކުރަން އައި ކަންތައް ކުރަން ވަގުތު އެބައޮތެވެ. އަވަސް އަރައި ނުގަނެ ކުރިއަށްދާން ނިންމީ ހިތުގައި އަތް އަޅައިގެނެވެ.

 

 

 

 

” ކޮބާ ޝިފާ ތައްޔާރު ވެވިއްޖެތަ؟ މިހުރީ ތި ރޫމް ކުރިމަތީ ” ތައްޔާރުވާން ހުއްޓަ ޔަމާން ގެ ފޯނު ނަގަން ޖެހުނެވެ. އަވަހަށްގޮސް ދޮރުހުޅުވާލުމަށްފަހު އަނެއްކާ ލޯގަނޑު ކުރިމައްޗައް ހުއްޓުނެވެ.

 

 

 

 

” އަންހެން ކުދިން ގޮވައިގެން ތަނަކަށް ދަންޏާ އެކުގައި ދާން ހުންނަ މީހާ ދެވަނަފަހަރަށް ތައްޔާރުވާން ވާއިރަށްވެސް މިމީހުންނުނިމޭނެ. ނަސީބެސް ގިނަ އަންހެން ކުދިން ގޮވައިގެން ނޫޅެވެނީ ” އެނދުގައި އިށީންނަމުން ޒައިކް ވާހަކަ ދައްކަމުން ހީލިއެވެ.

 

 

 

 

” އެހެންވެތަ ޔަމާން ހުހަށް ތި ހުންނަނީ. ދުނިޔޭގަ ކިހާ ރީތި ކުދިން އުޅޭތަ. އެތަނުން ކުއްޖަކު ހޯދައިގެން ދިރިއުޅުމެއް ފަށާބަލަ. އެދުވަހަކުން ޔަމާންވެސް އެއަންހެން ކުއްޖާ އަށް ތިހެން އެއްޗެއް ނުބުނާނެ ” ޔަމާންގެ ކައިރިއަށް އަންނަމުން ކުޑަކޮށް ލޯއަޅާލަމުން ޝިފާ ޔަމާން އަށް ބަލާލިއެވެ.

 

 

 

 

” އެޖެހުނީ ހާޓްއެޓޭކެއް. ތިހެން އަންހެން ކުއްޖަކު ބަލާލާއިރަށް ހިތައް ގޮތްގޮތް ވަންޏާ ކިހިނެއް އެއްކުއްޖަކު ޗޫޒް ކުރާނީ ” ހެމުން ހެމުން ދިއުމަށް ތެދުވިއެވެ. ޝިފާ ހޭން ފެށުމުން ޔަމާން އަށް ބަލާލެވުނެވެ. މި އަންހެން ކުއްޖާ އަމިއްލަ ދިރިއުޅުން ނަގާލަން އުޅޭއިރުވެސް އެހުންނަނީ ކިހާ ހަމަޖެހިފައި ހެއްޔެވެ. އެތެރެއިން ހިތް ރޯއިރުވެސް ބޭރުފުށުން ހިތްވަރުގަދަކަން އެބަދައްކައެވެ. އެކަމަކު އޭނާ އަށް އިނގެނީ ޝިފާ ހިތް ރޯނެ ވަރެވެ. ހުދު އޭނަވެސް މިހުންނަނީ ކަންތައް ވާނެ ގޮތަކާއިމެދު ވިސްނާލަންވެސް ނޭނގިފައެވެ.

 

 

 

 

އެމީހުންނަށް ލިބިފައިވާ އެޑްރެސްއަށް ދިއުމަށް ކާރުގައި މިސްރާބު ޖެހިއެވެ. ދަތުރަށް ފެށިފަހުން ޔަމާން އެއްވެސް ވާހަކަ އެއް ނުދައްކައެވެ. މިކަންވީ ޝިފާއަށް ގަބޫލު ކުރެވޭ ވަރުގެ ކަމަކަށް ނޫނެވެ. އެއީ ޔަމާން އަކީ ހިނދުކޮޅަކަށްވެސް ވާހަކަ ނުދައްކާ ހުންނަން އުނދަގޫ މީހެކެވެ. އަބަދުވެސް ކޮންމެވެސް އެއްޗެއް ކިޔަމުން އޭނައަށް ޖެއްސުން ކުރެވޭތޯ ބަލާނެއެވެ. ޑުރައިވަރު ކާރު ދުއްވަން ހުރިއިރު އޭނަ ހުރީ އަހަރެން ކައިރީ ފަހަތު ޝީޓުގައެވެ.

 

 

 

 

” ތޭންކްސް ޔަމާން ” ޔަމާންގެ އަތުގައި ހިފާލަމުން އެމޫނަށް ބަލާލިއެވެ.

 

 

 

 

” ކޮންކަމަކަށް ”

 

 

 

 

” އަހަންނާއެކު ވީތީ ”

 

 

 

 

” ޝިފާ އަށް އިނގޭތަ ލިވީ ފެނިއްޖެއްޔާ މުޅިއުމުރަށް ޒައިކް ގެއްލޭނެކަން ” ބޭރު ބަލަން ހުރުމަށްފަހު އޭނާ ދިމާއަށް މޫނު އަނބުރާލިއެވެ.

 

 

 

 

” ޔާހް. އެކަމަކު ޔަމާން އަށް އިނގޭތަ. ހަގީގީ ލޯބި ވެވޭނީ ހަޔާތުގައި އެންމެ ފަހަރަކުކަން. ލިވީ އަކީ ޒައިކް ގެ ހަގީގީ ލޯބި. ދޭ ޑިޒާވް ޓު ބީ ޓުގެދަރ ” ޝިފާ ހިތި ހިނިތުންވުމެއް ދިނެވެ. ދައްކަން އުނދަގުލަސް ހަގީގަތާ ކުރިމަތި ލެވޭތޯ ބެލިއެވެ. ހިތުން ލޭކަރުނަ އޮހޮރޭކަހަލައެވެ.

 

 

 

” ދެން ޝިފާ އަށް ވާނީ ކިހިނެއް؟ ” ޝިފާގެ ދެލޮލަށް ބަލާލަމުން ޔަމާން ކުރިއަށް ގެންދިޔައެވެ. މުޅި ކާރުތެރެވެސް ވަނީ ހަމަހިމޭން ވެފައެވެ. ދެމީހުންގެ ވާހަކަ ދެއްކުން ފިޔަފައި އިތުރު އަޑެއް ނީވެއެވެ.

 

 

 

 

” ތެދަށް ބުނާނަމަ އަހަންނަކަށްވެސް ނޭނގެ. އަދި ތިހިސާބަކަށް ނުވިސްނަން. ވިސްނާކަށް ވަގުތެއްވެސްނުވޭ” އިރުކޮޅެއްގެ ހަމަހިމޭޏްކަމަކަށްފަހު، ދުރަށް ނަޒަރު ހިންގާލަމުން ޝިފާ ވާހަކަ ދެއްކިއެވެ. ތިންގަޑިއިރުގެ ދިގު ދަތުރަކަށްފަހު ނިކަން ރީތި ބޮޑުގެއެއްގެ ކުރިމައްޗައް ކާރު ހުއްޓުނެވެ.ގެއަށް ބަލާލުމުން ހިތުގެ ހިނގުން އަވަސްވިއެވެ. ދޮރުމަތިން ވަދެވެން ހުރިއިރު ވަށައިގެން ކާވް އެއްހެން އޮޅިފައިވާ ވެލެއް އޮތް އިރު އެވެލުގައި ބޮޑެތި ރަތް ކުލައިގެ މާތައް ފުރިފައި ވެއެވެ. މުޅި ސަރަހައްދުގައި ވަނީ ފެހި ކުލައިގެ ކާޕެޓް ފެތުރިފައެވެ. މަގުގެ ދެފަރާތުގައި ތަފާތު ކުލަކުލައިގެ މާގަސްތަކުން ބަރާވެފައި ވެއެވެ. ވަކި  ހަމަޔަކުން އޭނާގެ ފައިގާ ކަސްތަޅު އެޅުނުކަހަލައެވެ. އަލުން އަނބުރާލާފައި ނުކުތުމަށް މުޅި ނަފްސު ގޮވަން ފެށިއެވެ.

 

 

 

 

އޭނާގެ ވިސްނުން ދިޔައީ ލިވީއަށެވެ. އެއަންހެން ކުއްޖާ ކިހިނެއްބާއެވެ. އެކަނި ދިރިއުޅުމާއިގެން ކުރިއަށް ދަނީ ކިހިނެއްބާއެވެ؟ ދިރިއުޅުމައްޓަކާ ރުފިޔާ ހޯދަނީ ކިހިނެއްބާއެވެ. ދަރިފުޅު ގޮވައިގެން އެކަނި އުޅެނީ ކިހިނެއްބާއެވެ. އެދަރިފުޅުވެސް ޒައިކް ހާ ރީތިވާނެބާއެވެ. އޭނާ މޮޔަވެދާނެއެވެ.

 

 

 

 

 

ގޭގެ ބޭރުގައި ހުރި ބެލް އަޅާލުމުން އިރުކޮޅަކުން ހުދު ހެދުމެއްގައި ހުރި މެދުއުމުރުގެ އަންހެނަކު ދޮރު ހުޅުވާލިއެވެ. އަދި އެމީހުންނަށް ބަލާލަމުން ކީއްކުރަންތޯ ސުވާލުކުރިއެވެ. ވަރަށް ފަސޭހައިން އިނގިރޭސިބަހުން ޔަމާން އެއަންހެން މީހާއާއި ވާހަކަ ދައްކާލިއެވެ. އަދި އަހަރެމެންނަކީ އިޒަބެލްގެ އެކުވެރިން ކަމަށް ބުނުމުން ވަރަށް ފަސޭހައިން ދޮރު ހުޅުވުމަށްފަހު ސޯފާގައި އިށިންނަން ދަޢުވަތު ދިނެވެ. އަދި މަޑުކޮށްލުމަށް ބުނެ ސިޑިން މައްޗައް އަރައިގެން ދިޔައެވެ.

 

 

 

 

” މީ އަނެއްކާ ރަނގަޅު ގެތަ ޔަމާން؟ މިގޭގަތަ ލިވީ އުޅެނީ؟ ” ހާސްވެފައި ހުރެ ޝިފާ ސުވާލުކުރިއެވެ.

 

 

 

 

” އިޒަބެލް އޭ ބުނީމަ އެ ވެއްދީނު އަހަރެމެން. އެހެންވީމަ ހީވަނީ މީ ލިވީ އެކުވެރިޔާ އުޅޭ ގެހެން. އޯހް ޝިފާ ބަލާލަބަލަ އެހުރި ފޮޓޮއެއް؟ ” ޔަމާން އިޝާރާތް ކުރި ދިމާއަށް ބަލާލެވުމުން ކުއްލިއަކަށް އޭނާއަށް ހުރިތަނުން ތެދުވެވުނެވެ. ފާރުގައި ބޮޑު ފޮޓޯ ފުރޭމް އެއްގައި އެހުރީ ލިވީއާއި އޭނަގެ އެކުވެރިޔާއެވެ. އިޒަބެލްގެ ފޮޓޯ ފާހަގަ ކޮށްގެން އެމީހުން އައުމުން ފާހަގަވިއެވެ. އަނެއް ފޮޓޯ ގަނޑުގައި ކުޑަކުޑަ ތުއްތު ކުއްޖަކު އުރާލައިގެން ލިވީ ހުރިއިރު އަނެއްކައިރީގައި ހުރީ އިޒަބެލް އެވެ. އަދި އިޒަބެލްގެ ގެ ކައިރީ މެދުއުމުރުގެ ދެމަފިރިން ތިއްބެވެ. އިޒަބެލްގެ މައިންބަފައިން ކަމަށް ވެދާނެއެވެ. އެފޮޓޯގަނޑު ފެނުމުން ފުން އަސަރެއް ކުރިއެވެ. ފޮޓޯ ގަނޑުގައި އިނގިލިތަކުން ފިރުމާލެވުނެވެ. ޒައިކް ގެ ދަރިއަކު ދެކެ ލޯބިނުވެވެންވީ ކީއްވެ ހެއްޔެވެ؟. އެއަންހެންމީހާ އަންނަ އަޑު އިވުމުން ފޯނުން ދެތިން ފޮޓޯގަނޑު ޔަމާން ނެގިއެވެ. އެއީ އޭނާވެސް ބޭނުން ވެފައިހުރި ކަމެކެވެ.

 

 

 

 

” މޭމް ވީ ކުލާހަށް ގޮސް. އިރު އޮއްސޭއިރު އަންނާނީ. ކީކޭތޯ ބުނެލަންވީ” އަހަރެމެން އިޒަބެލްއަށް ގުޅާލަދިނުމަށް ބުނުމުން އޭނަގެ ފޯނުން ގުޅަލިއެވެ.

 

 

 

 

” މޭމް މޭމްގެ ފްރެންޑްސް އެބަހުރި ހޯދަން އައިސް ” ފޯނު ދިއްކޮށްލުމުން ޔަމާން ފޯނުގައި ހިފިއެވެ.

 

 

 

 

” ހެލޯ. މީ ޔަމާން. އިޒަބެލްތަ؟” އެކޮޅުން އެއްބަސް ވުމުގެ ގޮތުން ޔެސް އޭ ބުނެލިއެވެ. އަދި ޔަމާން ކިޔާ އެކުވެރިއަކު ނުދަންނަކަމަށް ބުންޏެވެ. ބޭނުން ވަނީ ލިވީ އާއި ބައްދަލުކޮށްލަން ކަމަށް ބުނުމުން އެކޮޅުން އަޑެއް ނައެވެ. އިރުކޮޅަކު ހުރުމަށްފަހު ލިވީ ކިޔާ މީހަކު ނުދަންނަކަމަށް ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. ޔަމާންއަށް ޝިފާ އާ ދިމާއަށް ބަލާލެވުނީ ހައިރާން ކަމާއެކުއެވެ.

 

އިތުރު ގޮތެއް ނެތުމުން އެމީހުން އެގެއިން ނުކުތެވެ. ކޮންމެ ގޮތެއްވިއަސް ލިވީ ނުދަންނަނަމަ އެގޭގައި ލިވީގެ ފޮޓޮއެއް ނުހުންނާނެއެވެ. ކޮންމެވެސް ކަމެއް އެބަ ސިއްރު ކުރެއެވެ.

 

 

 

 

” އިޒަބެލް އެބަ ކަމެއް ސިއްރުކުރޭ. ލިވީ ނުދަންނަ ނަމަ އޭނަ ގެ ފޮޓޮއެއް ނުހުންނާނެ އެއްނު. އަނެއްކާ ބޭބީގެ ފޮޓޯވެސް އެބަހުރި. ޒައިކް ދަންނަ މީހަކު ނަމަ އިނގޭނެ ޒައިކް އާ ބޭބީ ކިހާ ވައްތަރުކަން.” ޔަމާން ދެއްކި ވާހަކަ ތައް އަޑުއަހަން ޝިފާ ހުއްޓެވެ. އޭނާ އެދުމުން އެހުރިހާ ފޮޓޮއެއް އޭނާގެ ފޯނަށްވެސް ފޮނުވާލިއެވެ.

 

 

 

” ފަހަރެއްގަ ލިވީ އޭނައަށް ޔަމާންތީ ފެމިލީ މީހެއްގެ ގޮތުގަ ކިޔައިދީފަ ހުރީމަ ނުބުނެ ސިއްރުކޮއްފާނެދޯ؟ ” ޔަމާން އެއްބަސްވުމަށްފަހު ކާރާ ދިމާއަށް ހިނގައިގަތެވެ.

 

 

 

 

” އެހާ ފަސޭހައިން މިހިސާބައް އައިއްސަ މިކަން ނުކޮއްދާކަށް ނުފެނޭ. ހާސްނުވޭ މިތަނަށް އަލަށް އަޔަސް މަގޭ ސެކްޓްރީ އާ ގުޅިގެން ތި އިޒަބެލްއެއްގެ މައުލޫމާތު ހޯދާލާނަން. ” ޔަމާންގެ އަޑުގައިވަނީ ޔަގީންކަމެވެ. ދެން ކާރުގައި ހޭދަވީ ހުސްކަމެވެ. ދެމީހުންވެސް ބޭރު ބަލަހައްޓައިގެން ކަމަކާ ވިސްނާކަހަލައެވެ. ހޮޓެލްއަށް ވަދެވުމާއެކު ޝިފާވަނީ އޭނާގެ ރޫމްއަށެވެ. ޒައިކް ނަންބަރަށް ގުޅާލިއެވެ. އެކަމަކު ފޯނުއޮތީ ނިވާލާފައެވެ. އޭނާވެސް ފޯނު ނިވާލުމަށްފަހު ، ދިރިއުޅުމަށް މިއައި ބަދަލުތަކާމެދު ފުންކޮށް ވިސްނާލަން ފެށިއެވެ. ލިވީ ގެ ހަގީގަތާ، މެކާގެ އިންޒާރުގެ ބަސްތަކާ އަދި އާންޓް މަރުވުމުގެ ކުރިން ދެއްކި ވާހަކަތަކާ މިހުރިހާކަމަކުން ބޯހާސްވެއެވެ. ލިވީ ހޯދުމަށްފަހު މިހުރިހާކަމަކުން އެއްފަރާތް ވެލުމަށްފަހު ދިރިއުޅުމުގައި މަޑުމައިތިރިކަން ބޭނުންވެއެވެ. ހިތްހަމަ ޖެހުން ނުލިބުނަސް އެކަނިވެރިކަން ދެކެ ލޯބިވެވިދާނެއެވެ.

 

 

 

 

ދެމީހުން  ރޭގަނޑު ނިދީ މާދަން އަލުން އިޒަބެލް ކައިރިއަށް ދިއުމަށް ނިންމާފައެވެ. މާދަމާއަކީ ވިކްޓްރީ ދުވަސް ކަމުން އެއީ ރަޝިޔާގައި ބަންދު ދުވަހަކަށްވާތީއެވެ. ޝިފާއަށްނިދުނީވެސް ޒައިކް އަށް ގުޅައިގެން ވާހަކަ ދައްކަން އޮއްވައެވެ.

 

 

 

 

*******************

 

 

 

 

” މިފަހަރު މިގެއިން ދާނީ ކޮންމެވެސް އެއްކޮޅެއްގައި މިކަން ޖައްސާފައި ” އެމީހުން ނުވަގަޑި ބައިވާން ވާއިރަށް ހުރީ އެގޭ ދޮރުމަތީއެވެ. މިފަހަރު ބެލް ޖަހާކަށް ނުޖެހުނެވެ. ކުރިމަތީ އޮތް ބަގީޗާއެއްގައި މާތައް ކަނޑަން އެހުރީ އިޒަބެލްއެވެ. ފޮޓޮއިން ފެނިފައި ހުރުމުން އެމީހުންނަކަށް ނޯޅޭނެއެވެ.

 

 

 

 

ކައިރި އަށް ގޮސް ކަރުކެހިލިއެވެ. ވަގުތުން އިޒަބެލް އެނބުރިލުމަށްފަހު ނިއްއަރުވާލިއެވެ. ޔަމާން ތައާރަފެއް ދިނެވެ. ވަގުތުން އަހަރެމެން ނުދަންނަން ކަމަށް ބުނެ ސެކިއުރިޓީއަށް ގޮވަން އުޅުނެވެ.

 

 

 

 

 

” އޯކޭ ކިޔާދޭން ބޭނުން ނޫނިއްޔާ ފޮރުވިއަސް. އަހަރެމެން ގޮސް ޒައިކް ކައިރީ ބުނާނަން އަލުން މިތަނަށް އަންނަން. އަދި މިއައީ ޒައިކް އަށް ނޭނގި ސިއްރުން. މީ މިހާރު ޒައިކުގެ ވައިފް. އޭނަ ބޭނުން ވަނީ ލިވީ އާ ބައްދަލުކޮއްލަން. ޒައިކުގެ އާންޓް މަރުވުމުގެ ކުރިން ހަމައެކަނި ހަގީގަތް ހާމަކުރީ މީނަ ކައިރީ. ޒައިކް އަށްވެސް އަދި ނޭނގޭނެ އެކައްޗެއްވެސް. ލިވީ ދަރިއަކަށް ބަނޑު ބޮޑުވެ ވިހޭކަމެއްވެސް ” އަހަރެމެން އެތަނުން ދުރައްދިއުމަށް ހިނގައިގަތުމުން މަޑުކުރުމަށް ބުނެފައި އެތާހުރި ލަކުޑި ގޮނޑިއެއްގައި އިށީންނުމަށް ބުންޏެވެ. އަދި ފުންކޮށް އެދެމީހުންނަށް ބަލާލިއެވެ.

 

 

 

 

ޝިފާގެ ހިތްހީވަނީ ހަށިގަނޑުން ނުކުމެދާނެ ހެންނެވެ. ލިވީ ފެނުމުގެ ވަގުތު ކުޑަތަން ވަނީއެވެ. އިޒަބެލް އެނބުރި އައީ ފައިލެއް ހިފައިގެންނެވެ. ލިވީއެއްވެސް ދަރިފުޅެއްވެސް ނުފެނުނެވެ. އެމޫނުމަތީ ކުރިން ފެނުނު ކުލައެއް ނުފެނުނެވެ.

 

 

 

 

” ލިވީ ހޯދަން މީހަކު އައި ފުރަތަމަ ފަހަރު މިއީ. އެކަމަކު މާ ލަސްވެއްޖެ މިހާރު. ޒައިކް ކައިރިން ދުރުވެގެން އޭނައައީ ކެނެޑާއަށް އޭނަގެ ގައުމަށް. އެކަމަކު މައިން ބަފައިން ދުނިޔޭގަ ނެތީމަ އޭނަގެ ބޮޑުދައިތަ ބަލާކަށް އެއްބަހެއް ނުވި. އެހެން މަގުމަތީ ގަ ހުއްޓަ އަހަންނާ ދިމާވީ. ދިމަވީކީ ނޫން އަހަރެން ދުއްވި ކާރުގެ ކުރިމައްޗައްއެރުނީ . އެކަމަކު ގެއްލުމެއްނުވެ ސަލާމަތްވި. އެފަހުން އަހަރެން ލިވީ ގެއަށް ގެނައީ. އަހަރެންގެ މައިންބަފައިން ވެސް އަމިއްލަ ދަރިއެއް ފަދައިން ލިވީދެކެ ލޯބިވި. އެކަމަކު ދުވަސްކޮޅަކުން އިނގުނީ އޭނަބަނޑުބޮކަން. ކުރިން ކަންތައް ވެފަ އޮތްގޮތް އެނގިފައި ވުމުން މަންމަމެން ވަރަށް ހިތްވަރުދިން. ” އިޒަބެލްގެ ވަހަކަތަކަށް ހުއްޓުމެއް އައީ އެލޮލުން ކަރުނަ އައުމުންނެވެ. އަލުން ހިންދިރުވާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

 

 

 

 

” އެކަމަކު އެގެއަށް އައި މަންމަމެންގެ އެކުވެރި ބަޔަކު އެދަރިފުޅު ވިހެއުމުން ދިނުމަށް އެދުނު. އެމީހުންބޭނުންވީ ދަރިފުޅު އެޑޮޕްޓް ކުރަން. ލިވީވެސް އެއްބަސްވީ އެހާ ޅައުމުރުގައި ކުއްޖަކު ނުބެލޭނެތީ. އެހެން އުޅެނިކޮށް ޒައިކުގެ އާންޓް ކޮންމެވެސް ގޮތަކުން އަހަރެމެންގެ އެޑްރެސް ހޯދައިގެން އައީ. އެދުވަހު މަންމަ ވަރަށް އެއްޗެހިކީ. އެކަމަކު ލިވީ މާފުކުރުމުން ފަހުން ގުޅާނެ ލިވީއަށް. ވަރަށް އެއްޗެހިވެސް ފޮނުވާނެ. އެކަމަކު އޭނައައުމުގެ ހަފްތާއެއް ކުރިން ލިވީ ވިހޭ. ދަރިފުޅު އެމީހުންނަށް ދިނުމަށްފަހު އަހަރެމެން އައީ ރަޝިޔާއަށް އަހަރެންގެ ކިޔެވުން ފެށޭތީ ” ޔަމާން އަށް ނުހުރެވިގެން ލިވީ ކޮބައިތޯ އަހާލިއެވެ.

 

 

 

 

” ލިވީ އަށް ގިނަދުވަހަކު ދަރިފުޅާ ދުރަކު ނުހުރެވުނު. ފަސްވަރަކަށް މަސްވީތަނާ އަބަދު ރޮނީ. ދަރިފުޅު މަތިން ހަނދާންވެގެން. އެންމެފަހުން މަންމަ އޭނަ ގޮވައިގެން ކެނެޑާއަށް ގޮސް އެގެއަށް ދިޔައިރު ހުރިހާކަމެއް ބަދަލްވެއްޖެ. ލިވީ ވިހޭ ކުއްޖަކީ ވަރަށް ބަލި ކުއްޖެއް. ސިކުނޑީގައި ސިސްޓެއް އުފެދި ފެތުރުނުއިރު ޑރ ބުނަނީ އުންމީދު ނެއްކަމަށް. އެދަރިފުޅުގެ އެންމެ ފަހު ދުވަސްތައް ހޭދަކުރީ ލިވީ އާއިއެކު. ދަރިފުޅު މަރުވުމުން އެކަމާ ހިތާމަކޮއްކޮއް ހާޓްއެޓޭކެއް ޖެހިގެން ލިވީވެސް މަރުވި ” އަހަރެމެން ދެމީހުންނަށް އެއްފަހަރާ ބަލާލެވުނީ ހައިރާންވީވަރުންނެވެ. ދެން އިޒަބެލް ދެއްކި ލިޔުމަކުން ޝިފާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

ވީރާނާވެފައިވީ ޙަޔާތް މަގޭ 5

Next

ލޯތްބެއްގެ ފެށުން 25

Next
July 25, 2019

ލޯތްބެއްގެ ފެށުން 25

Previews
July 25, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ 5

2 Comments!

  1. Mary says:
    July 25, 2019 at 3:55 pm

    Vvv salhi mi part ves ❤️❤️

  2. Meekkomee says:
    July 25, 2019 at 6:11 pm

    Varah reethi ? ?? I’m cry right know…varah touching mi part ????

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 25←


All Right Reserved!