އިއްބާން އެއްޗެކޭ ނުބުނުމުން އައިލީން އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު އިއްބާން ކޮއްލިކަމަކުން އައިލީން ދިޔައީ ސިއްސައިގެނެވެ. ************************* އައިލީންގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނާއާ ދިމާލަށް އަނބުރާލާފައި ގަޔާދިމާލަށް ގާތަށް ދަމާލިއެވެ. އެދިޔަ ބާރުމިނުގައި އައިލީންގޮސް މަތަވީ އިއްބާންގެ ހާމައަށްވާ މޭމަތީގައި ޖެހިފައެވެ. އައިލީންގެ ކަނާއަތު މުލައްދަނޑީގައި އިއްބާން ހިފާހައްޓާލައިގެން ހުރިއިރު އަނެއްއަތުން އައިލީންއަށް ހިފަހައްޓާލައިގެން ހުރެވުނީ އިއްބާންގެ އެ ވަރުގަދަ މުލައްދަނޑީގައެވެ. އައިލީން ހުރީ އިއްބާން މި ކޮއްލި ކަމަކުން ލަދުގަނެ ހައިރާންވެފައެވެ. […]
ނޯޓް: ފަހަތުން އަންނަ ބަޔަކީ ޝާނީ އާއި ޝާއިން ކިޔާދޭ ވާހަކައެވެ. އެވާހަކަތައް އަންނާނީ ޝާނީ އާއީ ޝާއިންގެ ހިޔާލެއްގެ ގޮތުގައެވެ. ކުރިން އައިސަށް އިން ބަޔާ ނުގުޅޭހެން ކިޔުންތެރިންނަށް ހީވެދާނެތީ ބުނެލީމެވެ. ގެއަށް ވަދެވުނު ތަނުން ޝާނީ އަވަސް ވެގަތީ ވުޟޫކޮށްލައިގެން ނަމާދުކުރުމަށެވެ. ޝާނީ އަކީ ފަސް ވަގުތު ފަސް ނަމާދުކުރާ އަޚްލާގު ރަނގަޅު ކުއްޖެކެވެ. ޝާނީ ނަމާދުކޮށް ނިންމައިލައިގެން ޤުރުއާން ކިޔަވަން ހުއްޓާ ޝާއިން އައިސް ގެއަށް ވަނެވެ. ދެމީހުން އެކޮށް ޤުރުއާން […]
މެންދަމުގެ ހަމަހިމޭންވަގުުތެެވެެ. ލޯތައް މެރި މަޑުދާންތަކުގައިވާ ހަށިގަނޑުތައް އަރާމު ނިދިން އުފާ ހާސިލްކުރަމުން ދިޔަ ނަމަވެސް ނިދިވަނީ ރަޔަން އާއި ރުޅިވެފައިކަލައެވެ. ބެލްކަނީގެ ހުރި އުދޯލީގައި އިން ރަޔަންގެ ނަޒަރު ހުއްޓަފައިވަނީ ކަޅުކުލައިގެ ސާލެއް ލެވިފައިވާ އުޑަށެވެ. އަބަދުމެ ތަރިތަކުން އެ އުޑުފުރާލެވިފައިވީީ ނަމަވެސް މިރޭ ތަރިތައްވެސް ކަޅު ވިލާތަކުގެ ފަހަތުގައި ފިލާތިބިިިިިިިިިކަހަލައެވެ. ތަރިތައްވެސް ރަޔަންގެ ހިތާމަތަކުގައި ބައިވެރިވަނީ ކަންނޭގެއެވެ. ” ވައި އުލްވީ… ވައިި… ޓެލްމީ..” މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ގެއްލިގެން ދިޔައީ ރަޔަންގެ ހިތާމަވެރި […]
” ކޮބާ ލިވީ ؟ ކޮންތާކު ވީ ލިވީ؟ ” ކަރުނަތައް ވިދަމުންދިޔަ ދެލޮލުން ބަލާލަމުން ޒައިކް ވާހަކަ ދެއްކިއެވެ. ” މީ އުމްމްމް..” ޝިފާ އަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ. “ފޯރް ގޯޑްސް ސޭކް ޝިފާ. ލިވީ ވީ ކޮންތާކު ކަން ބުނަންވީ ؟ ” ޝިފާ އަށް ބަލާލަމުން ހަޅެއްލަވައި ގަތެވެ. ” ޒައިކް!” ” ޕްލީޒް ބުނެބަލަ ލިވީ […]
އިރުކޮޅެއް ފަހުން އެކުއްޖާ ހޭލިއިރު އެ ދެލޮލުގައި ވަނީ ހިތާމައެވެ. ބޭރަށް ނުނިކުންނަށް ހުރެފަވެސް ބޭރަށް ނިކުންނަށް ޖެހެނީ ދޮންމަންމަގެ ހަރުކަށި ބަސްތައް އަޑުއަހަން ބޭނުން ނުވާތީއެވެ.ރޭގައި ހިނގާ ދިޔަ ހުރިހާ ހާދިޘާއެއް ލޮލުކުރިމަތީ ހިނގާ ދިޔަ ހެން ހީވިއެވެ.ނިޔާޝްގެ އެވާހަކަތައް ކަންފަތް ބުޑުގައި ގުގުމާލިއެވެ. ކައިވެއްޏަށް މަޖުބޫރު ކުރުވި ގޮތް ފެނި ލޮލުން ކަރުނަ ހިލުނެވެ. ވަންނަން ނުވަންނަށް ހުރެ ފާހަނާއަށް ވަނެ މޫނު ދޮވެލާގެން ރަށް ނިކުތް އިރު މީހެއްގެ ހިލަމެއް ނެތެވެ. އެހެންޏާ […]
ޝައުފާ ސިޓިން ރޫމްގައި އިން އިރު އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ރުހާމްގެ ނިންމުމާމެދު ވިސްނާ ވިސްނާ އޭނާގެ ސިކުނޑިވަނީ ގޮވާފައެވެ. ލޯބިވާ ދަރިފުޅުގެ ހަޔާތް ބަރުބާދުވާކަށް އޭނާއެެއް ނޭދެއެވެ. ރީހާން ގެއަށް އައިސް ވަނީ ޝައުފާ އެއިން ގޮތަށް އިންދައެވެ. ރީހާން އައިސް އެންމެ ފުރަތަމަވެސް ހޯދީ ރައިހާނާއެވެ. އޭރު ރީހާންގެ މޫނު މަތީގައި ރުޅިވެރިކަން ފެންނަން ހުއްޓެވެ. އެނދުގައި ބަންޑުން އޮތް ރައިހާނާއަށް ސިހުން ގެނުވީ ބާރަކަށް މީހަކު ދޮރުގައި ތަޅައިގަތުމުންނެވެ. ދެލޯ ފުހެމުން […]
“އެނގޭތަ ދެންމެ މަންމައަށް އެ ގުޅި ކާކުކަން…” ހަރުކަށި ރާގެއްގައި ހައްވަ ޒާޔާއާއި ސުވާލުކުރިއެވެ. ޒާޔާ ނޭނގޭއޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލިއެވެ. “ދެންމެ އެ ގުޅީ ޒާޔާގެ ކޮލެޖުގެ ޕްރިންސިޕަލް… ޕްރިންސިޕަލް ދެއްކީ ޒާޔާ ކުރި ކަންތަކުގެ ވާހަކަ… ކީއްވެތަ އެކުއްޖަ ގޮނޑީގައި އިންދައި ވައްޓާލީ…އަދި ކުއްޖަކު ހަމަ އައިސް ޒާޔާގެ ގޮނޑީގައި އިށީނެއް ކަމަކު އެހެން ހަދާކަށެއް ނުވާނެއްނު… މަންމައަށް ހީވަނީ ޒާޔާ ރީތި ގޮތުގައި އެކުއްޖާ ކައިރީ ބުނެލި ނަމަ ވެސް […]
“ހައިލާއަކީ ކިހާވަރެއްގެ މީހެއްކަން އިނގުނީމަވެސް ހައިޒަލް ހަމަ ތިވަރުވާނޭތަ؟ ރިހާނާ ވެއްޖެއްޔާ ހައިޒަލް ބެލި… އެކަމު އޭނައަށް އިނގުނީ ދަރިއެއްލާލައިފައި ފިލަން… އަލިފާންގަނޑުގެ ތެރެއަށް ދަރިއެއްލާލައިފައި އަމިއްލަ ފުރާނައާއިގެން ފިލާ ރައްކާވީ ލޯބިވާވަރު ބޮޑުކަމުންތަ؟ ދަރިކުލުނު ބޮޑުކަމުން މިވީހާ ދުވަހުވެސް ދުނިޔޭގައި ހުރިތޯވެސް ބަލާނުލީ… ދެންވެސް އުޅޭތި މަންމަ ވަރެއް ނެތިގެން…” ހައިޒަލް ހައިލާއާއި ދެކޮޅަށް އަނބުރާލަން އަލްހާން ބޭނުންކުރީ އެންމެ ނުބައި ހަތިޔާރެވެ. އޭނަ ގަތާލި ދޮގު ބަސްތަކުން ހައިޒަލްގެ ސިކުނޑިއަަށް ވިހަލީއެވެ. އެބަސްތަކުގެ ވިހަކަން […]
އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ރަފާ ވާހަކަ ދައްކަން ފެށިއެވެ. އެއީ މައުވަންގެ ދަރިއެއް ނޫންކަމާއި އަދި މައުވަން އޭނަ އާއި އިނީ ކީއްވެގެންކަން ހާމަކުރިއެވެ. އިވިގެންދިޔަ ވާހަކަތަކުން ތަނުގައި ތިބި އެއްމެން ތިބީ ހައިރާންވެ ބަސްހުއްޓިފައެވެ. އަކްޔަން ހުރީ އޭނަ ދެކެ އެވަރަށް ލޯބިވާ އޭނައަށްޓަކައި ޤުރުބާންވި ބޭބެ އާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ދެރަވެ ލަދުވެސް ގަނެފައެވެ. ރަފާ އެއްމެންގެ ކިބައިން މާފަށްއެދި ގެއިން ނުކުމެގެން ދިޔައެވެ. ރަފާ ނިކުމެގެން ދިއުމާއެކު މައުވަން ދިޔައީ […]