Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 59

Saraa Level 910 Stories100 Comments100 Login500 Comments500 Login
July 25, 2019 14 Mins Read
55 Comments

އެވަގުތު ހައިޒަލް ނިދީގައި އޮވެ ކޮންމެވެސް އެއްޗެކޭ ކިޔާލިއެވެ. ޝަލީން ހައިޒަލްގެ ހަރަކާތްތަށް ދެގެނަންނަފަދަ ގޮތަކަށް ބަލަހައްޓައިގެން ހުރުމަށްފަހު ހައިޒަލްގެ ގައިމަތީ އޮތް ކިލްޓް ރީތީކޮށްލުމަށްފަހު ދުރަށް ޖެހިލިއެވެ. ސައިޑް ލޭމްޕްގެ އަލި މަޑުކޮށްލުމަށްފަހު ޝަލީން އަނެއްފަރާތަށް އެނބުރުގަޑީގައި ހައިޒަލް ޝަލީންގެ އަތުގައި ހިފަހައްޓާލިއެވެ. އެއާއިއެކު ހައިޒަލް ކިޔާލި އެއްޗަކުން ޝަލީންގެ ބޮލަށް އެނބުރުން އަރަައިގެންދިޔައެވެ.

“ނައިނާ…” ހައިޒަލް ނިދީގައި އޮވެ ދެވަނަފަހަރަށްވެސް ތަކުރާރުކޮށްލިއެވެ. ޝަލީންގެ ހަށިގަނޑުގެ ވިންދު ހުއްޓުނު ވަގުތުކޮޅަކަށްފަހު ހައިޒަލްއާއި ދިމާލަށް ބަލާލެވުނުގޮތުން ހަށިގަނޑު އެކީއެކައްޗަކަށް ފިނިވެގެންދިޔައެވެ. ހައިޒަލްގެ ތޫނު ދެލޯ އަމާޒުކުރެވިފައިވީ އޭނަގެ މޫނަށެވެ. ޝަލީންގެ ހަށިގަނޑަށް ގުޑުމެއްވެސް ނުގެނެސް ހުރެވުނުއިރު މަޑުމަޑުން ހައިޒަލް އަތުތެރެއިން އަތް ދޫވެގެން ދިޔައިރު ހައިޒަލްގެ މޫނަށް ނަޒަރު ދަތުރުކުރިއެވެ. ލަސްލަހުން މެެރެމުންދިޔަ ލޯ ފެނިފައި ޝަލީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ހައިޒަލްގެ ބޮޑު ސިއްރު އޭނަގެ ކުރިމަތީ ހާމަވެގެންދިޔަކަން ހައިޒަލްއަށް އިނގިގެންނެއް ނުވާނެއެވެ. ހައިޒަލް ކުރިންވެސް އޭނައަށް އޮޅުވާލިގޮތަށް ދެންވެސް އޮޅުވާލާނެއެވެ. މިރޭ ހައިޒަލް ނިދީގައި ދެއްކި ވާހަކަ އޭނައަށް އަޑުއިވުނީ ނަސީބު ރަނގަޅުކަމުންނެވެ. އެހެންނޫންނަމަ އޭނަ މުޅިއުމުރަށްވެސް ހުންނަންޖެހުނީހީ ހަގީގަތް ނޭނގި ކަނު އަނދިރީގައެވެ.

ޝަލީން މަޑުމަޑުން ފަހަތަށް ޖެހެމުންގޮސް ވިދުވަރެއްގެ ހަލުވިމިނުގައި ގޮސް ބެލްކަންޏަށް ނިކުތެވެ. އަނދިރިކަމަށް ގެނބިފައިވާ ބެލްކަންޏާއި ދިމާލުން ހިޔަނިތަކެއް ހަރަކާތްކުރަމުންދިޔައިރުވެސް އެތަނަށް އަލިކަމެއް ގެންނާކަށް ޝަލީންއެއް ނޫޅުނެވެ. އޭނަގެ ހިތުގެ މައްޗަށް މިރޭ ބިރަށްވުރެ ބޮޑަށް އެހެން އިހުސާސެއް ގަދަވެގަނެފައިވެއެވެ. ހައިޒަލްއާއި އެހެން އަންހެންކުއްޖަކާއިމެދު ގުޅުމެއް އޮންްނަކަން އިނގުނަސް މިރޭ އެއަންހެންކުއްޖަކީ ނައިނާކަން އިނގުމުން ހިތަށް ދުވަހަކު ނުވާވަރަށް އުނދަގޫވެއްޖެއެވެ. ކުށްވެރިކަމުގެ އިހުސާސްތައް މުޅި ނަފްސުގެ މައްޗަށް ގަދަވެގަތީ ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. މިހުރިހާ ދުވަހަކު އޭނައަށް މިއުޅެވުނީ ކޮއްކޮއެއްފަދައިން ދެކޭ ނައިނާގެ އުފާތައް މުށުތެރެއަށްލައިގެންނެވެ. ނައިނާގެ ކުރިމަތީ ނައިނާގެ ލޯބި ޖަހައިގަނެގެންނެވެ.

ހައިޒަލް އޭނައަށް އޮޅުވާލީއެވެ. ނައިނާވެސް އޭނައަށް ހުރިހާކަމެއް ސިއްރުކުރީއެވެ. އެންމެންވެގެން އޭނަ ކަނުބަދެފައި ބެހެއްޓިއިރު ހަގީގަތް އިނގުމުން އޭނައަށް ވާނެ ނުބައިގޮތާއިމެދު ވިސްނައެއް ނުލިއެވެ.

*** *** *** *** *** ***

ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ކޮމްޕެނީއަށް ނުނިކުމެ ހޭދަވި ދުވަސްތައް ހައިޒަލް ހޭދަކުރީ ފޫހިކަމާއިިއެކުގައެވެ. ކަމެއް ނެތި ހުންނަވުމުން އޭނަ ފޫހިވިވަރުން ދުވަސް ދިގުކަމަށް ދެއްކިއެވެ. ހައިޒަލް ގިނަވަގުތު ހޭދަކުރީ އޭނަގެ ސްޓަޑީގައި ކޮމްޕެނީގެ ލިޔެކިޔުންތައް ބެލުމުގައެވެ. އެހެން އިނދެފައި ދޭތެރެއަކުން ކޮފީ ތައްޓެއް ހިފައިގެން ޓެރެސްއަށް އަރާލައެވެ. ހައިޒަލް އިރުކޮޅެއްވަންދެން ޓެރެސްގެ ސޯފާސެޓުގައި ކޮފީގެ މީރު ރަހައިން ހަމަޖެހުން ހޯދަން އިނދެފައި ސިޑިން ފައިބައިގެން އަންނަަމުން ތިންވަނަ ފަންގިފިލާރއަށް އަރާހަމަވެފައި ހުއްޓުނެވެ. ވިންޓަރ ބްރީޒްއާއި ބްލޫސްއިންވެސް ވަކި ބައެއް އަޅާލުމެއްނެތި ބައްޕަ ދޫކޮށްލާފައި އޮންނާނީ ކީއްވެބާއޭ ހިތަށް އެރިއެވެ. ހައިޒަލް އެ ފަންގިފިލާރއަށް ފޭބިއެވެ. އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު އެތަނަށް އާދެވުމުން އެތަނަށް ފަރިތަކަމެއް ހައިޒަލްއަށް އިހުސާސްކުރެވުނެވެ. ހައިޒަލް ފުޅާކޯރިޑޯގެ ކަނުގައިވާ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ދޮރު ތަޅުލާފައި ހުރުމުން ހައިޒަލްގެ އަނގަޔަށް ގޮތެއް ހަދާލިގޮތަށް ދޮރަށް ލެގިލައިގެން ހުރެ އެތަނަށް ވަންނާނޭގޮތަކާއިމެދު ވިސްނިއެވެ. މިހާ ވަރުގަދައަށް ރައްކާކޮށްގެން އުޅޭތަނެއްނަމަ އެތަނުގެ ތެރޭ ސިއްރެއް އޮންނާނޭކަން ހައިޒަލް ދަނެއެވެ. އެތަނުގައި ފޮރުވިފައިވާ އޭނައަށް އިނގެންޖެހޭ ހަގީގަތެއްކަމަށް ހިތް ބުނަމުންދިޔައީ ކީއްވެކަމެއް ނޭނގުނެވެ.

ހައިޒަލް އެބައިގެ ލިވިންރޫމްއަށް ނިކުމެލިއިރު އެއްކަނެއްގައި ފޮތިއަޅާ ނިވާކޮށްފައިވާ އެއްޗެއްގައި ލޯ އަޅައިގަތެވެ. ފޮތިގަނޑު ކެހިފައިވާ ދޭތެރެތަކުން ހުދުކުލައިގެ ފިއްތަކެއް ފެނިފައި ހައިޒަލް ފޮތިގަނޑުގައި ހިފައި ބިންމައްޗަށް ދޫކޮށްލިއެވެ. ދަޅައަޅަމުންދާ ޕިޔާނޯގެ ހުދުހުދު ފިއްތައްވެސް ކުޅެލަން ދައުވަތުދޭފަދައެވެ. ކުޑައިރު ޕިޔާނޯ ކުޅެއުޅޭ ހަނދާންވުމުން ހައިޒަލްއަށް ޕިޔާނޯގެ ފިއްތައް މަތީ އިނގިލި ހިންގާލެވުނީ ކުޅެން އިނގޭނޭކަމަކަށް ނޫނެވެ. ޕިޔާނޯ ކުޅެން އިންނަން ހާއްސަކޮށްފައިވާ ގޮނޑީގައި އިށީދެލަމުން ހައިޒަލް ޕިޔާނޯއިން ރާގެއް އަޅުވާލިއެވެ. ހިތްތަށް ފޫއަޅުވާލާހާ ހިތާމަ ރާގެކެވެ.

އެވަގުތަކީ ރިހާނާ ޓެރެސްއަށް އަރަންވެގެން ސިޑިން އަރައިގެން އައި ވަގުތެވެ. ހައިޒަލް ކުޅެމުންދިޔަ ރާގާއިއެކު ރިހާނާއަށް އަޑުއަންނަ ދިމާލަށް ދެވުނީ އަމިއްލަ ބާރަށް ނެތިއެވެ. ނޭނގޭބާރަކުން ދަމާފައި ގެންދާފަދަގޮތަކަށެވެ. މަޑުމަޑުން ޕިޔާނޯ ކުޅެން އިން ޒުވާނާއާއި ގާތްވަމުންދިޔަވަރަކަށް ރިހާނާގެ މޫނުގެ ކުލަވަރު ބަދަލުވަމުންދިޔައެވެ. އޭނައަށް މިފެންނަނީ ހުވަފެނެއްބާވައޭ ހިތަށް އެރިއެވެ.

“އަޒް…” ރިހާނާގެ ދުލުން ބޭރުވެގެންދިޔަ ދެ ލަފްޒާއިއެކު ހައިޒަލް ރާގުގެ ތެރެއަށް ގެއްލިފައި އިނދެފައިވެސް ފަސްއެނބުރިބަލާލިއެވެ. އެއާއިއެކު ރިހާނާ ހަރުކަށިގޮތަކަށް ހައިޒަލްގެ ނަންކިޔާލަމުން ހަލޭލަވައިގަތްއިރު އަޑު ބާރުކަމުން އެހެން ފްލޯތަކާއި ހަމަޔަށްވެސް އެއަޑުފޯރާނޭކަން ޔަގީނެވެ. ހައިޒަލްއަށް ގޮނޑިންތެދުވެވުނުއިރު ރިހާނާ އުދުހިލާފައި ކަހަލަގޮތަކަށް އައިސް މޫނުމައްޗަށް ބޮޑިއެއްބޭލިއެވެ. ހައިޒަލް އެއަނިޔާ ލިބިގަންނަން ހިމޭނުންހުރިއިރު ހަށިގަނޑުގައި ޒަހަމް ފެންނަންނެތަސް ހިތުގައި ލަކުނުލަމުންދިޔައެވެ. ޕިޔާނޯގައި އަތްލައިގެން މަންމަ މިހާ ރުޅިއަންނަންވީ ސަބަބެއް ހައިޒަލްއަކަށް ނުވިސްނުނެވެ.

“މީގަ އަތްލައިގެން ނުވާނެ… ހައިޒަލްމެން ނުޖެހޭނެ މިބަޔަށް އައިސް މިބައިގައި ހުންނަ އެއްޗިއްސާއި ކުޅެ ހަދާކަށް…” ރިހާނާ ހައިޒަލްމޭގައި އަތްއަޅާ ޕިޔާނޯ ކައިރިން ދުރަށްލަމުން ފޮތިގަނޑު ނެގިގޮތަށް ޕިޔާނޯ ނިވާކޮށްލިއެވެ. އޭނަ ހައްދުން ނައްޓާވަރަށް ރުޅި ގަދަވީ ހައިޒަލް ޕިޔާނޯ ކުޅުނީމައެއް ނޫނެވެ. މާޒީވި ދުވަހެއް ހަނދާނެއްވެފައެވެ. އޭނައަށް ހިނދުކޮޅަކަށްވެސް ލޯކުރިމަތިން އެހެން ސޫރައަށް ފެނިލިހެން ހީވީއެވެ. އަދި ހުދުކުލައިގެ ގަމީހުގައި ޕިޔާނޯ ކައިރީ އިނުމުން ރިހާނާއަށް ހަމަ ރަނގަޅަށްވެސް އޮޅުނެވެ. ހައިޒަލްގެ ސޫރައަކީ މިވީހާތަނަށްވެސް އޭނަގެ ހިތަށް ހެރެމުންދާ ކައްޓަކަށްވަނީ ވެފައެވެ. މީހުން މީހުންނާއި ވައްތަރުވިޔަސް ހައިޒަލް އަކީ ހަމަ އެކަމުގައި ދެވަނައެއް ނުވާ މިސާލެކެވެ. ޒުވާންވެގެން އައިރު ހުރިހާ ސިފައެއް މިލްކުކުރަމުން އައިސް މިހާރު އެއްވެސް ތަފާތެއްނެތެވެ. ނުވިތާކަށް މިހާރު އެ ހުނަރުތައްވެސް ހައިޒަލްގެ ކިބައިން ފެންނަންފެށީއެވެ. އެހެން މީހުންނަށް އެއީ ހައިޒަލްއަށްވިޔަސް އޭނަގެ ލޯމައްޗަށް އެއީ އެހެން މީހެކެވެ.

އޭނަގެ އުފާވެރި މުއްސަނދި ދިރިއުޅުމަށް އެޅިފައިވާ ހިޔަންޏަކީ ހައިޒަލްއެވެ. ހައިޒަލްއަކީ މިހާތަނަށްވެސް އޭނައަށް ހަމަޖެހުމެއް ނުލިބެގެންއުޅޭ ސަބަބެވެ. އެ ސޫރަ ފެންނަކޮންމެ އޭނައަށް ނާކާމިޔާބުވީކަމަށް ވިސްނައިދެމުން އަމިއްލަ ނަފްސުވެސް އޭނާއަށް މަލާމާތްކުރާފަދައެވެ.

*** *** *** *** *** ***

ފެނުނު ބިރުވެރި ހުވަފެނާއިއެކު ސިއްސައިގެން ހޭލެވުނުގޮތަށް ރިހާނާގެ ލޮލުން ނިދިފިލިއެވެ. ސައިޑް ޓޭބަލްމަތީ އޮތް ފޯނުން ގަނޑި ބަލާލަމުން ރިހާނާ އެނދުންތެދުވިއެވެ. ފަތިސްވާން މާގިނައިރެެއް ނެތުމާއިއެކު އަދި ނުނިދޭނެކަން ޔަގީންވާތީ މޭޒުމަތީގައި އިން ފެންޖަގާއި ބިއްލޫރި ތަށި ހިފައިގެން އޭނަ  ބެލްކަންޏަށް ނިކުތެވެ. ވިއްސާރައިގެ އަސަރެއް ނެތަސް ފިނި ވައިރޯޅިތަކުން ފަޒާ ފިނިކޮށްދެމުން ދިޔައެވެ. ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅަށް ހައްޔަރުކޮށްލަމުން ރިހާނާ މޭޒުކައިރީ އިށީދެލިއެވެ. ފެންފޮދެއް ތައްޓަށް އަޅާލަމުން ތުންފަތުގައި ޖައްސާލިވަގުތު ކަންފަތުގައި ޖެހުނު ލުއިލުއި މިޔުޒިކާއިއެކު ރިހާނާއަށް ވަގުތުން ކޮށިއެެރިއިރު ފެންތަށި ތުންފަތާއި ދުރުކޮށްލީ ކެއްސަމުންނެވެ. އޭރު މަޑުމަޑުން ރާގު ބާރުވަމުން އައިރު ޒުވާނެއްގެ ފަރިތަ އިނގިލިތަކުން ޕިޔާނޯ ކުޅެމުންދާކަހަލައެވެ. އެއީ ހައިޒަލް މިއަދު ކުޅުނު ރާގެވެ.

“ހަނދަށްވުރެ އަހަންނަށް ހައި ރީތި…” ކަންފަތުގައި ޖެހުނު އަޑާއިއެކު ރިހާނާ ބަލާލިއިރު ބެލްކަނީގައި ތިބި ދެޒުވާނުން ފެނުނީ ފުސްކޮށެވެ. ބެލްކަނީގައިވާ ފަޑުއަލިކަމާއިއެކުވެސް އެދެޒުވާނުން ތިބި ތަންކޮޅުވަނީ އަނދިރިކަމަށް ގެނބިފައެވެ. ޒުވާން ފުރައިގެ ފިރިހެނަކު ރެއިލިންގައި ދެއަތުން ހިފަހައްޓައިލައިގެން ހުރިއިރު ރެއިލިންއާއި އެ ޒުވާނާގެ ހަށިގަނޑާއި ދެމެދުވާ ކުޑަ ތަންކޮޅުގައި ފިތިގެންހުރެ އަންހެންކުއްޖާގެ ފަންއިސްތަށިގަނޑު ވިހުރެމުންދިޔަގޮތުން މޫނު ނިވާވެފައިވެއެވެ.

“ތިއީ އަހަންނަށްޓަކައި ފަލަކުގައި ރަނިކަންކުރާ ހަނދު.. އަހަރެންގެ އުޑުގައި ފިޔަޖަހާ ތަރި…” އެ ޒުވާނާކޮށްލި ތައުރީފާއިއެކު އެ އަންހެންކުއްޖާ ރަކިގޮތަށް ހީލިއެވެ. އެ ޒުވާނާގެ ކަރުގައި އަޅުވާލަމުން އިތުރަށް ގާތްވެލަމުން އެ ޒުވާނާގެ މޫނަށް ނަޒަރު ހުސްކޮށްލިއެވެ. އެހެން ހުރެފައި އެ އަންހެންކުއްޖާގެ މޫނު އަނބުރާލަމުން ރިހާނާގެ މޫނަށް ބަލާލިއެވެ. އެއާއިއެކު އެލޮލުގައި ނަށަނަށާހުރި އުފާވެރިކަން ރުޅިވެރިކަމަށް ބަދަލުވެގެންދާކަށް ސިކުންތެއްވެސް ނުނެގިއެވެ.

“ނޫން… ހައިލާ… ނޫން… އަޒް… މިއީ ހަޤީގަތަކަށް ނުވާނެ… އޭނަވީ މަރުވެފައި…” ލޯމަތިން ތަމްސީލުވަމުންދިޔަ މަންޒަރު ބަލަން ބޭނުންނުވެގެން ރިހާނާ ލޯމަރާލިގޮތަށް ދެފަރާތަށް ބޯހޫރަން ފެށިއެވެ. އެއީ މާޒީގައި ހިތްދަތިކަމުގެ ލޮލަކުން ރިހާނާ ދެކިފައިވާ މަންޒަރުތަކެވެ. ނަމަވެސް މިއަދު އެ މަންޒަރުތައް ލޯމައްޗަށް ފެންނަންވީ ސަބަބެެއްނެތެވެ. އޭނަގެ ލޯބީގެ ދުޝްމިންވަނީ އަބަދަށްޓަކައި ވެލީގެ ދާނުގައި ނިދާލައިފައެވެ. ހައިލާ އޭނަގެ ހުވަފެންތަކުގައި އިންޒާރުދިނުމަށްފަހު ލޯ މައްޗަށްވެސް އަންނަންފެށީއެވެ.

“ވަރަށް މޮޅުކަމެއްކޮށްލާފައިދޯ ކަލޭ ތިހުރީ… ކިހާ ދުވަހަކު ތިހެން އުޅެވޭނެބާ…” ޖެހެމުންދާ ވައިރޯޅިތައްވެސް ރިހާނާ ކުށްވެރިކޮށްފައި ސިމިސިމި ލައްވަމުންދިޔަފަދައެވެ. ދެއަޑެއްއެކުވެގެން ކަންފަތުގައި ޖެހުނު އަޑާއިއެކު ރިހާނާގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިގެންދިޔައެވެ. ވަގުތުން ދެފަރާތަށް ނަޒަރު ހިންގާލެވުނެވެ. އޭނަގެ ލޮލަށް މީހަކު ފެނުމުގެ ބަދަލުގައި އޭނަގެ ލޯމައްޗަށް ނިވާއެޅީ އޭނަގެ ކަޅު މާޒީއެވެ.

*** *** *** *** *** ***

ޝާދީން ގޮވައިގެން ހަވީރު މަންމަމެން ގެއަށް ގޮސްފައި ރިހާނާ ފަސްގަނޑިބައި ވާންއުޅެނިކޮށް ގެއިން ނިކުތީ އިރުއޮއްސުމުގެ ކުރިން ގެއަށްދެވޭތޯއެވެ. ދައްތަމެންގެ ކުދިވެރިންނާއިއެކު ކުޅިވަރު ފަށައިގެން ހުރި ޝާދީން ނުދާންވެގެން ބޮޑާ ހާކާލުމުން އެ ކުއްޖާ ދަމާ ކޫއްތަމުން ގެއިން ނިކުތްއިރު ރިހާނާ ހުރީ ރުންކުރުވެފައެވެ. އިރުއޮއްސުމުގެ ކުރިން ޝާދީން ގެއަށް ނުވައްދައިފިނަމަ މައިދައިތަ މަލަކާގެ ނުރުހުމުގެ ބަސްތަކާއި ކުރިމަތިލާންޖެހޭނޭކަމަކީ ރިހާނާއަށް ޔަގީންވާކަމަކެެވެ. މިދުވަސްކޮޅު މަލަކާގެ ނަޒަރުގައި އޭނައަށް އެއްކަމެއްވެސް ރަނގަޅަށް ކުރެވޭކަމަކަށްނުވެއެވެ. ހުރިހާކަމަކީވެސް ގެއަށް އަލަށް އައި ޅީދަރިފުޅު ހައިލާގެ ކަންތަކެވެ.

“ޝާދީން… ބުނެފީމެއްނު ނޫނެކޭ … ބޮޑައިދައްކަންޏަކާ ދެން ނުގެންނާނަން…” ރިހާނާ އަޑުލައިގަތުމާއިއެކު މާމަމެންގެއަށް ނާދެވިދާނެއަތީ ބިރުހީވިވަރުން ޝާދީން ވަގުތުން ހިމޭންވިއެވެ.

ޝާދީން ގޮވައިގެން ކާރަށް އެރުމާއިއެކު ޑްރައިވަރު ކާރު ދުއްވާލުމާއިއެކު ރިހާނާ ކެތްތެރިކަން ކުޑަވެފައި އިންކަހަލަގޮތަކަށް އަތް ފަޅުފިލުވާލައިފައި އޮތް ގަނޑިއަށް ނަޒަރެއްދިނެވެ. އިރުއޮއްސުމުގެ ކުރިން ގެއަށްނުދެވިދާނެއަތީ ކަންބޮޑުވުމަށްވުރެ ރިހާނާއަށް އެހެން ކަމަކަށް އިންތިޒާރުކުރެވެމުން ދިޔައެވެ. ހިތްހަމަޖެހޭފަދަ ހަބަރަކަށް ހިތް އިންތިޒާރުކުރެއެވެ. އެ ހަބަރު އަހާލަން ކަންފަތްވަނީ ބޭގަރާރުވެފައެވެ.

ފުޅާމަގުތަކުގައި ދުއްވަމުންގޮސް އޭ.އެޗް އިންޑަސްޓްރީޒް ހުރި މަގަށް ކާރު އެޅުމާއިއެކު ފެނުނު މަންޒަރު ޑްރައިވަރުގެ މޫނުމަތިން ހާސްކަން ފެނިލިއެވެ. ފަސްބުރީގެ އިމާރާތުގައި ހުޅުގަނޑު ހިފަމުންދިޔައިރު ދުން ބޯވަމުންދިޔައެވެ. އިމާރާތުގެ މަތީ ފަންގިފިލާތަކަށްވެސް އޭރު ހުޅުގަނޑު ފޯރާފައިވެއެވެ. އެ މަންޒަރު ބަލަން އިނދެފައި ރިހާނާ ހިނިތުންވެލިއިރު އެ މޫނުމަތީ ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. އޭރު ޑްރައިވަރު ފޯނު ނަގައިގެން ކޮންމެވެސް މީހަކަށް ގުޅަން އުޅެގަތްފިއެވެ.

“ނުގުޅާތި… އެކަކަށްވެސް ގުޅައިގެން ނުވާނެ…” ރިހާނާ ވަގުތުން އަމުރުކުރިއިރު ޑްރައިވަރަށްވެސް ބަލައިލެވުނީ ހައިރާންކަމުގެ ނަޒަރަކުންނެވެ.

“މޭމް… އެކަމަކު…” އޭނަ ވާހަކަދައްކަން އުޅުނެވެ.

“އަހަރެން ބުނިއެއްޗެއް އަޑުނީވުނީތަ؟ އަދި އެއްވާހަކަ… އަހަރެމެން މިތަނަށް އައިކަން އިތުރު މީހަކަށް އިނގިގެން ނުވާނެ…” ރިހާނާގެ އަޑުގައިވީ ހަރުކަށިކަމާއިއެކު އިއްވިއިރު އެ ޒުވާނާއަށް ދެކޮޅު ހަދާނެހާ ހިތްވަރެއްނެތި އެކަމާއި އެއްބަސްވުމުން ބޯޖަހާލިއެވެ. ރިހާނާގެ އެންގުމާއި ދެކޮޅު ހަދާނެ ގޮތެއް ނެތިގެން އޭނައަށް އިންސާނިއްޔަތުކަން ހިތުން ފުހެލަން ޖެހުނީއެވެ.

“މަންމީ… ޒެލް… ޒެލް…” އެހުރިހާއިރު ދެލޯބޮޑުކޮށްލައިގެން ގާވެފައި އިން ޝާދީން ރޮއެގަތެވެ. ކޮއްކޮވީ އެތަނުގެ ތެރޭގައެވެ. މިއަދު ކޮމްޕެނީއަށް ދެވޭތީ އުފާވެގެން ކޮއްކޮ އެންމެފަހަރަކުވެސް ވާހަކަ ހުއްޓައެެއްނުލައެވެ.

“މައިތިރިވެގެން އިނދޭ…” ޝާދީންގެ ރުއިމުން ބޮލަށް އުނދަގޫވި ރިހާނާ ޝާދީންގެ އަނގަމަތީ އަތްއަޅާބާރުކޮށްލިއެވެ. އެއާއިއެކު ވިންޓަރ ބްރީޒްއަށް ދިޔުމަށް ޑްރައިވަރަށް އެންގިއެވެ.

*** *** *** *** *** ***

ފަޒާގައި ގުގުމާލި ބަންގީގެ މަތިވެރިކަލިމަތަކުގެ އަޑާއިއެކު ރިހާނާއަށް ހިޔާލުގެ ބިމުން ހަމަބިމަށް އާދެވުނެވެ. މޭޒުކައިރިން ތެދުވަމުން މަޑުމަޑުން އަލިވަމުން އައި ދުނިޔެމައްޗަށް އޭނަ ނަޒަރު ހިންގާލީ ހިޔާލުގައި އޭނައަށް އެހާ ގިނަވަގުތު ހޭދަކުރެވުނުކަން ނޭނގުމުންނެވެ. އެއީ އޭނަ ސިކުންތަކަށްވެސް ހަނދާންކުރަން ބޭނުންވާ ދުވަސްތަކެއްނޫނެވެ. ނަމަވެސް އަމިއްލަ އަތުން ހަށިގަނޑުގައި ޖައްސުވާ ލައްގަނޑަކީ ދުވަހަކު ފުހެވިގެންދާނޭ އެއްޗެއްނޫނެވެ. ދުނިޔޭގެ ލޯތަކަށް ސިއްރުވިޔަސް ތިމާގެ ކުށްތައް މުޅިއުމުރަށްވެސް ތިމާގެ ޝިކާރަކުރާނޭއޭ ބުނާބަހަކީ ރިހާނާ ޤަބޫލުކުރަން ބޭނުންނުވިޔަސް ތެދެކެވެ. އެހެންނޫންނަމަ ފާއިތުވެގެންދިޔަ ދުވަސްތަކާއިއެކު އެހުރިހާކަމަކާއި އޭނައަށްވެސް ދުރަށްދެވުނީހެވެ.

“އަހަރެން ކުރީ ކުށެއްނޫން… ކަލެއަކީ އަހަރެންގެ ދިރިއުޅުމަށްޖެހުނު ސުންޕާކަމެއް… ދެރައީ ގެންދަންވީ މީހާ ބަހައްޓާފައި އެތައްބަޔަކު ގޮވައިގެން ކަލޭ ދިޔައިމަ… އަހަރެންގެ ރުހުން މިލްކުކުރި ފަރާތްވެސް… އެކަމަކު އަހަރެންގެ ފަރުވާލެއްނެތް… އަހަރެންގެ ހިތުގެ ގިލަންވެރިކަން އަހަރެން ފިލުވައިލީ…” އަލިކަން އަނދިރިކަން ތޮރުފަމުން އައި މަންޒަރަށް ބަލަހައްޓައިގެން ހުރެ ރިހާނާ އޭނާގެ އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ. އެއީ މިވީހާތަނަށްވެސް ރިހާނާ އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދީފައިވާގޮތެވެ. އަމިއްލަ ކުށް ގަބޫލުކުރާވަރަށްވުރެ އެ ހިތްވަނީ ކަޅުވެފައެވެ. ދުނިޔެ ދައްކާ ކުލަތަކުގައި ޖެހި ހެޔޮނުބައި ވަކިނުވާވަރުވެފައެވެ.

*** *** *** *** *** ***

ކޯޓުގެ ގޮށްތައް ނައްޓުވަމުން ހައިޒަލް ކަންނެތްފިޔަވަޅުތަކެއްގައި ފުޅާ ކޯރިޑޯއިން ލާފައި އައިސް ޑިޒައިނަރ ސިޑިބަރިއާއި އަރާހަމަވީއިރު ޝަލީން ސިޑިން ފައިބައިގެން އަންނަނީއެވެ. ހަވީރީ ހެދުމެއްގައި ހުރިގޮތުން ބޭރަށްދާން ތައްޔާރުވެގެން ހުރީހެން ހީވިއެވެ. ހުދު މާތަކެއް ޖަހާފައިވާ ރީނދޫކުލައިގެ ގަމީސްކޮޅު ޝަލީންއާއި ނުހަނު ގުޅެއެވެ. ބަނޑާއިދިމާލުން ކުރިމައްޗަށް ބަންދު އައްސާލައިފައިވުމުން ހަތަރުމަހަށް އަޅާފައިވާ ބަނޑުވަނީ ހާމަައަށެވެ. ޝަލީންގެ ބަނޑުން އިނގެންފެށިނަމަވެސް އަދިވެސް ހަށިގަނޑު ހުންނަނީ ވަރަށް ލޫޅާފަތިކޮށެވެ.

ޝަލީން ސިޑީގެ ވަކިހިސާބަކަށް އައިސްފައި ފައިކައްސާލައިގެން އަރިއަޅާގޮތްވީއިރު ހައިޒަލް ވަގުތުން ޝަލީން ކައިރިއަށް ޖެހެމުން އެ ހަށިގަނޑުގައި ހިފަހައްޓާލައިފިއެވެ. ހައިޒަލްގެ ދެއަތް ޝަލީންގެ އުނަގަނޑުގައި ވަށާލެވިފައިވާއިރު ޝަލީންގެ މޫނު ވަނީ ހައިޒަލްގެ މޭމަތީ ޖެހި ބާރުވެފައެވެ.

“ބަލައިގެން…” ހައިޒަލް ވަގުތުން ޝަލީންއާއި ދުރުވެލަމުން ބުނެލިއެވެ. އެއާއިއެކު މައްޗަށް އަރައިގެންދާން ފެށުމާއިއެކު ޝަލީން ގޮވާލުމުން ކުޑަކޮށް ފަސްއެނބުރި ބަލައިލައިފިއެވެ.

“އަމް.. އުނދަގޫނުވަންޏާ ނައިނާއަށް ވިޒިޓްކޮށްލަން ދެވިދާނެތަ؟ އެކަނި ދާންޖެހޭތީ..” ޝަލީންގެ ސުވާލުން ހައިޒަލްގެ މޫނަށް އެތައްކުލައެއްވެރިވެގެންދިޔައެވެ.

“މިއަންނަނީ ކޯޓް ރޫމްއަށް ލާފައި…” ޖަވާބު ނުލިބޭނޭހެން ހީވި ވަގުތުކޮޅަކަށްފަހު ހައިޒަލް ބުނެލުމަށްފަހު ސިޑިން އަރަންފެށިއެވެ.

ޝަލީން ހައިޒަލް އަންނަންދެން ސޯފާގައި މަޑުކޮށްލިއެވެ. އޭނަ މިދުވަސްކޮޅު ތާއަބަދުހެން ހިނިތުންވެފައި ކޮންމެވެސް ކަމަކާއި މަޝްއޫލުވެގެން އުޅޭއިރު އޭނަ ވިސްނާވަރެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އޭނަގެ ހިތާއި ސިކުނޑިއަށް ހަމަޖެހިލާނޭ ވަގުތެއް ނުލިބޭކަން އިނގެނީ ހަމައެކަނި އޭނައަށެވެ. މަޔާންއަކީ އޭނަގެ ހިތަށް އުނދަގޫކުރާ ހިޔާލަކަށްވެފައި އޮއްވާ ނައިނާ ހައިޒަލްގެ ގުޅުން އިނގުނުފަހުން ނުތަނަވަސްކަން އޭނަ ވަށާލައިފިއެވެ. ދުވަހަކު ކަމަކާއި އެހާ އުނދަގޫވެެގެން އުޅުނު ހަނދާނެއް ޝަލީންނުވެއެވެ. އޭނަގެ ސަބަބުން ނައިނާ ހިތްހަލާކުވަމުންދާއިރު އޭނަ ވެފައިވާނީ ހައިޒަލްގެ ކަރުގައިވެސް ފިލުވާލަން ދަތިވެގެންއުޅޭ ކައްޓަކަށެވެ. ނުވިތާކަށް މަޔާންގެ ހިތާމަތަކުގެ އަސްލަކީވެސް އޭނައެވެ. ނަމަވެސް އޭނަ އަދިވެސް އެހެރީ މަޔާންގެ އާދޭސްތައް ބޮލާލައި ޖަހާފައި ގޮތްދޫނުކުރަން ނިންމައިގެންނެވެ. ހިތްދެކޮޅަށް ކިރެމުންދާއިރުވެސް ނޭނގޭބާރަކުން އޭނާ ހިފަހައްޓަނީއެވެ. އެ ހަށިގަނޑުގައި ކަސްތޮޅު އަޅަނީއެވެ.

*** *** *** *** *** ***

ބެލްޖަހާއަޑަށް ސިޓިންރޫމް ސޯފާގައި އޮވެފައި އައިސް ނައިނާ ދޮރުހުޅުވާލިއެވެ. އެތެރެއިން ދޮރުގައި ހަރުކޮށްފައިވަނީ ޗޭންކޮޅުގެ ސަބަބުން ހުޅުވިފައިވާ ދޭތެރެ ކިތަންމެ ކުޑަނަމަވެސް ދޮރުގެ ދޭތެރެއިން ހައިޒަލްގެ މޫނު ރީތިކޮށް ނައިނާއަށް ފެނުނެވެ. ދެމީހުންނަށްވެސް ހުއްޓުންއަރާފައި ބަލަން ތިބެވުނީއެވެ. ނައިނާ އަވަސްއަވަހަށް ދޮރު ލައްޕާލަން އުޅުނެވެ. އެވަގުތު ހައިޒަލްގެ ކުރިމައްޗަށް ހުރަސްވި ޝަލީން ފެނިފައި ނައިނާގެ ހަރަކާތްތަކެއް މަޑުޖެހުމެއް އައެވެ.

“އެތެރެއަށްވެސް ނުވައްދާނަންތަ؟” ޝަލީން ހިނިތުންވުމަކާއިއެކު ބުނެލުމާއިއެކު ނައިނާ ޗެއިންކޮޅު ނައްޓުވާލަމުން ދޮރު ބޮޑަށް ހުޅުވާލިއެވެ.

“އެބައަންނަން އިނގޭ…” ޝަލީންއާއި ހައިޒަލް އިށީނުމަށް ސޯފާ ދައްކަމުން ނައިނާ ގޮސް ކޮޓަރިއަށްވަނެވެ. ސޯފާގައި އިށީންނަމުން ޝަލީން ވަށައިގެން ބަލާލިއެވެ. އެއީ ނުހަނު ކުޑަކުޑަ ތަންކޮޅެކެވެ. ސިޓިންރޫމްއަށް ނިކުމެވޭގޮތަށް ދެކޮޓަރި އިންއިރު ސިޓިންރޫމްއިން ތަންކޮޅެއް ވަކިކޮށްލައިފައިވާ ތަންކޮޅަކީ ބަދިގެއެވެ. ސިޑިންރޫމްވެސް ނުހަނު ހަނިވެފައި ކުޑައެވެ. ޝަލީން އިރުކޮޅެއްވާންދެން ވަށައިގެން ނަަޒަރު ހިންގަން އިނދެފައި ތެދުވެގެން ގޮސް ރެކްމަތީ ބަހައްޓާފައިވާ ފޮޓޯތައް ހިފައިގެން އައިސް އިށީނެވެ.

“ނައިގެ ޓީނޭޖްއިރުގެ ފޮޓޯތައް… ލޯބިދޯ…” ޝަލީން ހައިޒަލްއަށް ފޮޓޯގަނޑެއް ދައްކާލަމުން ބުނެލިއެވެ. ސޯޅަ ސަތާރަ އަހަރުގައިވެސް ނައިނާ ހުރީ ހިމަތޮޅިކޮށް ދިގު އިސްކޮޅެއްލާފައެވެ. ފަންއިސްތަށިގަނޑު މޫނަށް ނިވާއަޅައިފައިވާއިރު އެ މޫނުމަތީވަނީ މައުސޫމްކަމެވެ. ތުންފަތްމަތީ އެންމެ ރީތި ހިނިތުންވުންތަކެވެ. ހައިޒަލްއަށް ފަޑުގޮތަކަށް ހިނިތުންވެވުނެވެ. އޭރުގެ ނައިނާއާއި މިހާރު އޭނަގެ ލޯމަތިން ފެންނަ ނައިނާގެ ސިފައިގައި މާބޮޑު ތަފާތެއްނެތެވެ. ތަފާތުވެފައިވަނީ އެ މޫނުމަތިން ފެންނަ އަސަރުތަކެކެވެ. ކުރިން ކޮފީކުލައިގެ ލޮލުގައި އުފާވެރިކަމެވެ. މިހާރު މޮޅިވެެރިކަމެވެ. ސަބަބަކީ އޭނައެވެ.

ޝަލީންއަށް ހައިޒަލްއަށް މޫނަށް ބަލަހައްޓައިގެން އިނދެވުނީ ފުންއަސަރަކުންނެވެ. ހައިޒަލް ކިތަންމެ ސިއްރުކުރަން އުޅުނަސް އެއަމަލުތަކާއި ހަރަކާތްތަކުން ނައިނާދެކެވާ ލޯބި ހާމަވަނީ ނޭނގުމެއްގެ ތެރޭގައެވެ. މިހުރިހާ ދުވަހު އޭނައަށް އެކަން ނަގައިނުގަނެވުނީއެވެ. ހައިޒަލް ފެނުމާއިއެކު ނައިނާގެ ނަފްސަށް ކުއްލިއަކަށް ވެރިވާ ހިމޭންކަން ތަރުޖަމާނުކުރެވުނީއެވެ. އެއިންކޮންމެ ފަހަރަކު އެލޮލުން ފާޅުވާ ވޭން ކަނޑެއްހާ ފުންލޮލުގެ ތެރޭގައި ހައިޒަލް ވަންހަނާކުރީއެވެ.

އިރުކޮޅެއްފަހުން ނައިނާ ކޮޓަރިން ނިކުމެގެންއައިރު ކުރިން ލައިގެން ހުރިއިރު ޓީޝާޓްއާއި ހަރުވާޅުގެ ބަދަލުގައި ހުރީ ގަމިހަކާއި ސްކްނީއެއްގައެވެ. އެ ފަންފަން އިސްތަށިކޮޅު އޮމާންކޮށްލުމަށްފަހު ހުޅިއެއްގެ ގޮތުގައި މައްޗަށް ނަގާފައިވެއެވެ. ލޮލުގައި ހިސާބެއްގެ ރަތްކަމެއްވިޔަސް ދޮން މޫނުމަތީވަނީ ތާޒާކަމެވެ.

“ސިސް ބުނެލައިފައި އައިނަމައެއްނު ރަނގަޅު އެއްޗެއްވެސް ތައްޔާރުކުރެވުނީހީ…” ނައިނާ ހައިޒަލްއަކީ އިން މީހަކަށްވެސް ހަދާނުލާ ޝަލީންއާއި ވާހަކަދައްކަމުންގޮސް ކާކޮޓަރިއަށްވަނެވެ. ތަނބަކެއްގައި ސޭންޑްވިޗް ތައްޓަކާއި ދެ އޮރެންޖް ޖޫސްތަށި ބަހައްޓައިގެން ކާކޮޓަރިން ނިކުމެގެން އައިސް ސޯފާގެ ކުޑަ މޭޒުމަތީ ބަހައްޓަމުން އެތާއިން ކުޑަ ގޮނޑި ކައިރިކޮށްލަމުން ނައިނާ އިށީދެލީ ޝަލީންގެ ގާތުގައެވެ.

“ނައި މިހާރު ކިހިނެތް…” ޝަލީން ސުވާލުކުރިއެވެ.

“ރަނގަޅޭ… އައިމް ބެކް ޓު މައި ސްޓްރެންޠް…” ނައިނާ ބެލީ އާއްމުކޮށް ޝަލީންއާއި ވާހަކަދައްކާ ރާގުގައި ވާހަކަދެއްކޭތޯއެވެ. ހައިޒަލްގެ ކުރިމަތީ އެގޮތަށް އިންނަވުމުން ކިތަންމެ އުނދަގޫވިޔަސް ނައިނާއިނީ އިންތިހާދަރަޖައަށް ކެތްކޮށްލައިގެންނެވެ.

“ތިދެމީހުން ޓޯކްވެސް ނުކުރަންތަ ތި ތިބެނީ…” އެއްޗެކޭ ބުނުމެއްނެތި ހިމޭނުން އިން ހައިޒަލްއަށް ނަޒަރެއްދެމުން ޝަލީން ބުނެލިއެވެ. އެވަގުތު ނައިނާއަށް ހައިޒަލްއާއި ދިމާލަށް ބަލާލެވުނުއިރު ހައިޒަލްވެސް އޭނައާއި ދިމާލަށް ބަލާލީއެވެ. އެލޮލުގެ ބާރުގައި ގައިދުވެގެންދިޔުމުގެ ކުރީން ނައިނާ ނަޒަރު ވަކިކޮށްލިއެވެ.

“ނައިނާ… ސަރއާއި އަހަންނާ އެހާވަރަކަށް ޓޯކްއެއްނުކުރަން… ކޮމްޕެނީގައި އެހާވަރަކަށް ވާހަކައެއް ނުދައްކަން…” ހައިޒަލް ވާހަކަދައްކަން ފެށުމާއިއެކު ނައިނާ ހައިޒަލްގެ ވާހަކަ މެދުކަނޑާލަމުން ބުނެލިއެވެ. ނައިނާ އެއްވެސް އަސަރެއްނެތި އެބަސްތައް ބުނެލިނަމަވެސް އެއިން ކޮންމެ ލަފްޒެއްވެސް އަޑު އަހާލުން ހައިޒަލްއަށްވީ ނުހަނު ވޭންހުރިކަމަކަށެވެ. ނައިނާ މިވީހާތަނަށްވެސް އޭނައަށް ސަރއޭ ކިޔާ މުހާތަބުކޮށްފައެއްނުވެެެއެވެ.

“ދެން ކޮންއިރަކު ކޮމްޕެނީއަށް ނިކުންނަނީ…” ޝަލީން އޮޅުންފިލުވިއެވެ. އެ ސުވާލާއިއެކު ނައިނާއަށް ހުއްޓުމެއް އައެވެ. ބޭއިހްތިޔާރުގައި ހައިޒަލްއާއި ދިމާލަށް ބަލާލެވުނެވެ.

“ފަހަރެއްގައި… ބްލޫސްއިން ރިސައިންވާން މިއުޅެނީ.. ސިސް ސޮރީ.. ސިސްއަށް ކަމެއްކޮށްދޭންވީމަ ބުރަވެގެންނޭ ހިތަށް ނާރުވައްޗޭ… އައި ހޭވް މައި އޯން ރީޒަންސް.. ބޭނުމީ ގިނަވަގުތު ގޭގައި އުޅެވޭގޮތަށް ޕާރޓްޓައިމް ޖޮބަކަށް ދާން…” އަތުގެ އިނގިލިތަކާއިއެކު ކުޅެލަމުން ނައިނާ ވާހަކަދެއްކީ އިސްއުފުލާލުމެއްނެތިއެވެ. އޭނަ އެގޮތަށް ނިންމަންޖެހުނު ސަބަބު ލޯކުރިމަތީ އިންއިރު އެހެން ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ބްލޫސްއަކީ އޭނަގެ ދިރިއުޅުން ބަދަލުވެގެންދިޔުމުގައި އެންމެ ބޮޑު ރޯލްއެއް އަދާކުރި ތަނެވެ. ފުރަތަމަ ފަހަރަށް ހިތުގައި ލޯބި އުފެދި އެ ލޯބި ކާމިޔާބުކުރަން ކުރި މަސައްކަތުން ލޯބި ކާމިޔާބުވުމަށްފަހު އެ ލޯބި އޭނައަށް ފުރަގަސްދީ ދިޔައީ އެތަނުގައެވެ. އެއީ އޭނައާއި ހައިޒަލްގެ ލޯބީގެ ފެށުމާއި ނިމުން އައި ތަނެވެ.

“ސިސް އެހެން ހިތަށްއަރާނޭއޭ ހީނުކުރައްޗޭ… ނައިގެ ކޮންމެ ނިންމުމެއް ސިސް ގަބޫލުކުރާނަން… އެކަމަކު ނައި ބޭނުންނުވާކަމެއްގައި އަމިއްލަ ހިތަށް މަޖުބޫރުކޮށްގެން ދުރަށްދާން މަަސައްކަތްނުކުރައްޗޭ… ހިތްވަރުކޮށްފިއްޔާ ކޮންމެކަމެއްވެސް ކާމިޔާބުވާނެ…” ޝަލީން ނައިނާގެ އަތުގައި ހިފަހައްޓައިލައިގެން އިނދެ ވާހަކަދެއްކިއިރު ނައިނާގެ ލޯތެމުނީ އެވާހަކައިގެ ތެދުކަމާއިއެކުވެސް އޭނައަށް ކާމިޔާބުވުމަކީ ނުވާނެކަމަށް ވިސްނިފައެވެ. އެ ލޯބީގައި ކާމިޔާބުވުން އޮތްކަމަކަށް ނައިނާ ގަބޫލެއްނުކުރެއެވެ.

ނައިނާ ސިއްރުކުރަން އުޅުނަސް ޝަލީންއަށް ނައިނާ ބްލޫސްއާއި ދުރަށްދާން އުޅޭ ސަބަބު ނަގައިގަތުމަކީ ދަތިކަމަކަށްނުވިއެވެ. އޭނައަށްޓަކައި ނައިނާ ލޯތްބާއި އަލްވަދާއުކިޔުމަކީ ޝަލީން ބޭނުންވާކަމެއްނޫނެވެ. އޭނައާއި ހައިޒަލްއަކީ ދެބައިވެރިންނަށްވިޔަސް ދެމީހުންގެ ހިތްއެދޭ މަންޒިލް ތަފާތެވެ. ދެމީހުންގެ ހިތުގައިވެސް ވިންދުޖަހަނީ އެހެން ދެމީހަކަށްޓަކައެވެ.

ހައިޒަލް ބަހެއްބުނުމެއްނެތި އިސްޖަހާލައިގެން އިންއިރު ޝަކުވާތަކުން ހިތްފުރި ބަންޑުންވިއެވެ. އޭނަގެ ކުރިމަތީ އުޅުމަކީ ނައިނާއަށް ކިހާ އުނދަގޫކަމަކަށްވާނޭކަން އިނގޭއިރުވެސް ނައިނާ އޭނައަށް ނުފެނި ހުންނާކަށް ހިތެއް ނޭދެއެވެ. ނައިނާ ބްލޫސްއިން ވަކިވެއްޖެނަމަ އެދެމެދުގައި އޮތް ހުރިހާ ގުޅުމެއް ކެނޑިގެންދިޔައީއެވެ. ނައިނާގެ ރީތި މޫނު ދުށުމުގެ އުފަލުންވެސް އޭނަ މަހުރޫމްވެގެންދާނީއެވެ. ނައިނާއަކީ އޭނަގެ ބަނަދުވަސްތައް ކުޑަކޮށް ނަމަވެސް އަލިކޮށްދޭ ފަރާތެވެ. އެ ސޫރަ ނުފެނި އޭނަގެ ހިތަށް ތަސައްލީއެއް ނުލިބޭނެއެވެ. އޭނަ ލޯބިވާކަމަށް އެއްބަސްވުމާއިއެކު ނައިނާ އޭނައަށް ފިލަން މަސައްކަތްކުރަންފެށީއެވެ.

ދެޒުވާނުންގެ މޫނުމަތީގެ ކުލަވަރު ތަރުޖަމާކުރެވިގެން ދެޒުވާނުންނަށް ވަގުތުދޭންވެގެން ޝަލީން ފޯނެއް ކުރުމުގެ ބަހަނާގައި ބޭރަށް ނިކުތުމާއިއެކު ހައިޒަލްއާއި ނައިނާގެ ނަޒަރު އެކަކުއަނެކަކުގެ މޫނަށް ހުއްޓުނެވެ. ކިޔަންވީ އެއްޗެހިން ހިތް ފުރި ބަންޑުންވިޔަސް ދުލުގެ ކުރިއަށް ގެންނާނޭފަދަ ހިތްވަރެއް އެކަކަށްވެސް ނުކުރެވުނެވެ. ހިމޭންކަން އެދެމެދުގައި އެތައް ވާހަކަތަކެއް ބަދަލުކޮށްދިނެވެ.

“ކީއްވެ؟” އެއީ ހައިޒަލް ނައިނާއާއި ކުރަން ބޭނުންވީ ސުވާލެއްނޫނެވެ. ހިތްތަކުރާރުކޮށް އެ ސުވާލުކުރަމުންދިޔައިރު ދުލުން އެ ތިން އަކުރުގެ ލަފްޒު ބޭރުވީ ނޭނގިހުއްޓައެވެ.

“ސަބަބު ތިއަށްވުރެ ރަނގަޅެއް އިނގޭނެ މީހަކު ނުހުންނާނެ… އިތުރަށް ކިޔައިދިނުމުގެ ބޭނުމަކީ ކޮބާ؟” ނައިނާ ހައިޒަލްއާއި ދިމާލަށް ބަލާލިއިރު އެ މޫނުމަތީގެ ކުލަވަރު ތަފާތުވެފައިވެއެވެ. އޭނަ ބޭނުންވަނީ ހައިޒަލްގެ ސޫރަ ނުފެންނަ ހިސާބަކަށް ދާށެވެ. ހައިޒަލް އޭނަގެ ކުރިމަތީގައި އުޅޭހާ ހިނދަކު އޭނައަށް ހައިޒަލްމަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ.

ލޯބިވާކަމަށް އެއްބަސްވެގެން ހައިޒަލް އޭނައަށް ދުރަށްދާން އިތުރަށް އުނދަގޫކޮށްފިއެވެ.

“ހައި އަހަންނަށް ކަމެއްކޮށްދެންޏާ ސިސްގެ ހިތަށް އަނިޔާއެއް ނުދެއްޗޭ… ޝީޒް ޔޯރ ވައިފް… ކިހާ ނާޒުކްހާލަތެއްގައި ސިސް މިހާރު އެއިނީ…” އެ ޖުމްލަތަކުންވެސް ނައިނާގެ ލޮލަށް ކަރުނަ ގިނަކުރުވިއެވެ. އެ ޖުމްލަތަކުން ހައިޒަލްގެ ހަށިގަނޑުގައި ފިނިކަމެއްދުވެލިއެވެ. އެވާހަކަތައް އަޑުއަހަން ހުރި ޝަލީން ތުންފަތުގައި ދަތްއަޅާލިއެވެ. އެވަގުތު ހައިޒަލްއާއި ދިމާލަށް ބަލަހައްޓައިގެން އިނދެފައި ނައިނާ އަވަސްއަވަހަށް ދުރުބަލާލީ އެލޮލަށް ގިނަވިކަރުނަތައް ފޮރުވަން ބޭނުންވެގެންނެއްނޫނެވެ. ހައިޒަލްގެ ގަމީހުން ފަނޑުގޮތަކަށް ފާޅުވަމުންދިޔަ ނިޝާން ފެނިފައެވެ.

“ނައިނާ… ޕްލީޒް… އަމިއްލަ ހިތްހަލާކުކޮށްލާފައި އެހެންމީހުންގެ ހިތް އުފާކޮށްދޭން ނޭނދޭ.. އަހަރެން އަދިވެސް ލޯބިވާ ފަރާތަކީ ތިއީ…” އެ ޖުމްލަތައްވީ ހައިޒަލްގެ ހިތުގައެވެ. ކިތަންމެ ބުނެދޭން ބޭނުންވިޔަސް ހައިޒަލްއަށް އެ ލަފްޒުތައް ދުލުން ބޭރެއްނުކުރެވުނެވެ.

*** *** *** *** *** ***

ދަންވަރުގެ ހަމަހިމޭންކަމުގައި މުޅި ދުނިޔެވެސް ނިދާފައިވާ ވަގުތެވެ. އެހިމޭންކަމުން ވަރުބަލިވެފައިވާ ހަށިތައް އަރާމުހޯދަމުން ނިދީގެތެރޭ ފީނަމުން ދިޔަ ވަގުތު ސޯފާގައި ދިގުދެމިލައިގެން ނިދާލައިފައި އޮތް ހައިޒަލް ނިދީގައި އޮވެ ތެޅިފޮޅެމުންދިޔައެވެ. ލޯމަރާބާރުކޮށްލައިގެން އޮވެ ހަށިގަނޑަށްބާރު އަރުވަމުންދިޔައިރު ކަރާއި އަތުގެ ނާރުތައް ފުއްޕަމުންދިޔައެވެ. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭ މުށިހަށިގަނޑު އެކީހެން ދަލުން ފޯވެގެންދިޔައިރު ކޮލުކަށިގަނޑަށް ވާންކަން އަރާފައިވެއެވެ. މުށްކަވާލެވިފައިވާ އަތް ބާރުވަމުން އައިސް އަތުގެ ހުދު ހަމުގެ ތެރެއަށް ނިޔަފަތިތައް ވަދެގެން ގޮސްފައިވާއިރު މުށުގެ ތެރެއިން ލޭފާއްދަމުންދިޔައެވެ. އޭރު މަރާލެވިފައިވާ ލޮލުގެ ހިމަކޮޅުން ލާފައި ދެމެމުންދިޔަ ހިމަ ކަރުނައިގެ ރޮނގުން ކަންފަތުގެ ވޮށީގެ ތެރެއަށް ކަރުނަތައް ތިކިޖަހަމުންދިޔައެވެ. ލޯމަތީ ފްލޭޝްވަމުންދިޔަ މަންޒަރާއިއެކު އުނދަގޫގޮތަކަށް ހައިޒަލް ކެއްސަމުންދިޔައެވެ.

*** *** *** *** *** ***

ގުދަނެއްފަދަ އެތަނުގެ ތެރޭ ވަކިހިއްޕަމުންދާ ހޫނުކަމާއިއެކު ތަނުގެ ތެރެއަށް އަރަމުންދާ ގޭހުގެ ގަދަވަހުން ނޭވާލާން ދަތިވެގެން ހަރުގަނޑަށް ލެގިލައިގެން އިން ކުއްޖާ ކޮށިގޮތަކަށް ކެއްސަމުންދިޔައެވެ. ނޭފަތާއި އަނގަޔާއި އެއްކޮށް ބޮޑު ރުމާލަކުން ބަންދުކޮށްލައިފައިވާއިރު އެ ކުއްޖާގެ ބޮޑުދެލޯ ކަރުނުން ފުރި ބަންޑުންވަމުންދިޔައެވެ. އަލިފާނުގެ އާވިގަނޑު ލޮލަށް އަރަމުންދާއިރު ނަގައިގަންނަ ޒަވި ދިލައިން ލޮލުގެ ތެރެއަށް އެއްފަހަރާ އެތައް ތޫނު ކަށިތަކެއް ހަރާލާފަދައެވެ. ތުނިފޮތިގަނޑު ފުރާނާލައިފައި އެ ވިހަ ދުންތައް ނޯށަށް އެތެރެވަމުންދާއިރު އެެތެރެހަށީގައި އުފެދޭ ދިލަ ރިހުމުން އެތެރެހަށީގެ ހުރިހާ ގުނަވަނެއް ހަންޖަރަކުން ކުދިކުރަމުންދާފަދައެވެ.

ފާރުގެ މަތީގައި ކަޑާފައިވާ ފެންލައިޓްގެ ބިއްލޫރިގަނޑު ކުދިކުދިވެގެން ފައިބަގަތް އަޑާއިއެކު ރޮއެރޮއެ އިނދެފައި އެކުއްޖާ ބަލާލީ ސިހިފައެވެ. އޭރު އެއަންހެންމީހާ ހުރީ ކުދިކުދިވެގެން ބިމަށް ފައިބައިފައިވާ ބިއްލޫރިތަކަށް ނަޒަރު ހުއްޓާލިގޮތަށް ގަނޑުވެފައެވެ. ހިނދުކޮޅަކަށް ހަރަކާތެއް ނެތި ހުރުމަށްފަހު އެންމެފަހުން ގަނޑުވެފައިވާ ދެފައި ގަދަކަމުން ބިމުން ހިއްލަމުން ކަހަލަގޮތަކަށް އައިސް އެކުއްޖާއާއި ކައިރިވުމަށްފަހު އެކުއްޖާ ނަގާ މެޔާލައި ބޮޑިކޮށްލިއެވެ. މަޑުމަޑުން އެ ވަށްކޯތާފަތުގައި ތުންފަތް ޖައްސާލިއިރު އެއަންމިހާއަށް ގިސްލެވެމުންދިޔައެވެ.

އުސްކޮށް ހަދާފައިވާ ކުޑަދޮރާއި ހަމަޔަށް އެއަންމީހާ ވާސިލްވީ ފީފާ ބުރިއެއްގެ އެހީގައެވެ. އެއަންހެން މީހާގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް ތުއްތު ހަށިގަނޑ އަތުތެރޭ ބޮޑިކޮށްލަމުން އެ އަންހެންމީހާ އަދިވެސް އެއްފަހަރު ފަސްއެނބުރި ބަލާލިއެވެ. އޭރު އެކުއްޖާވެސް މަޑުމަޑުން ގިސްޖެހެމުންދިޔައެވެ. އެއަންހެންމީހާ ހިތްދަތިގޮތަކަށް ލޯމަރާލުމަށްފަހު އެ ތުއްތު ހަށިގަނޑުގައި އެއްއަތުން ހިފަހައްޓާލަމުން އަނެއް އަތް ދާރާގައި އަޅާ ބާރުކޮށްލުމަށްފަހު ބޭރަށް ފުންމާލިއެވެ. އެވަގުތު މަންމާއޭ ކިޔާ އެކުއްޖާ ވަރަށް ބާރަށް ރޮއެގަތެވެ. ހީވީ ތަނެއްގައި އަލިފާންޖެހިގެން ރޮއެގަތްހެންނެވެ. އެކުއްޖާގެ އަތުން ފައިބައިިގަތް ލޭތަކުން އެއަންހެންމީހާގެ ހެދުންކަޅިވިއެވެ.

ބަރިއަކަށް ޖަހާލެވިފައިވާ ފީފާތަކެއް ކައިރީ އެކުއްޖާ ބައިންދާލުމަށްފަހު އެ އަންހެންމީހާގެ އަނގަމަތީ ބަނދެފައިވާ ފޮތިގަނޑު ނައްޓުވާލާ އެކުއްޖާ އަތުގައި އޮޅާލިއެވެ. އެއާއިއެކު އެކުއްޖާއާއި އެއްހަމަޔަކަށް ތިރިވެ އެކުއްޖާގެ ކޮލުގައި ހިފަހައްޓާލިއެވެ.

“ޒެލް… ލިސެން ޓު މަންމީ.. ދަރިފުޅު އެއްވެސް ތާކަށް ނުގޮސް މިތާ މަޑުކުރައްޗޭ… މަންމީ ވިލް ބީ ބެކް…” އެެއަންހެންމީހާ އެކުއްޖާގެ މޫނުގައި ހިފަހައްޓާލައިގެން އިނދެ އެ މޫނަށް ބޮސްދިނެވެ. އެއާއިއެކު ކޮއްޅަށް ތެދުވުމާއިއެކު އެ ކުއްޖާ ދެފަރާތަށް ބޯހޫރާލަމުން އެމީހާގެ ހެނދުމުގައި އެލިގަތެވެ .

“ނޯ.. މަންމީ ޑޯންޓް ގޯ.. ޒެލް އިޒް ސްކެއަރޑް…” އެ ކުއްޖާ ދެކޮޅުހަދާލަމުން ރޮއެގަތްއިރު ޑަންޑަންލާފައި އެކުޑަ ހިތްތެޅެމުންދިޔައެވެ. އެބޮޑު ދެލޯ ފުރާލައިފައިވަނީ ސިހުމުގެ ކުލައިންނެވެ.

“ޒެލް… ދަރިފުޅު ތިއީ މަންމިގެ ބަސްއަހާކުއްޖެއްނު…” އެއަންހެންމީހާގެ އެކުއްޖާ ހެނދުމާއި ވަކިކޮށްލަމުން ކޮނޑުގައި ހިފާލިއެވެ. އެއާއިއެކު އެކުއްޖާ ދުރުކޮށްލަމުން ކުރިއަށް އަޅާލި ފިޔަވަޅާއިއެކު އެކުއްޖާ އެމީހާގެ ދެފައިގައި ހިފަހައްޓާ ހުރަސްއެޅިއެވެ. އިރުކޮޅެއްވާންދެން ހުއްޓުންއަރާފައިހުރުމަށްފަހު އެކުއްޖާގެ އަތްވަކިކޮށް ދުރަށް ކޮއްޕާލުމަށްފަހު އެ އަންހެންމީހާ ދުރަށް ދުއްވައިގަތެވެ.

އޭރު ގާތައް މަތީ ދުއްވާލައިފައިވާ ފެޓްރޯލްގެ ރޮނގުމަތިން ސީދާލަށް އައި އަލިފާންގަނޑު މުޅި އިމާރާތުގެ ގޯތިތެރެއަށް ފެތުރިގަތީއެވެ. ކަޅު ދުންތަކުން މުޅި ފަޒާ ފުސްވެގެންދިޔައިރު އެ ކުއްޖާއަށް އިމާރާތާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައިހުރެވުނީ ހަރަކާތެއްކޮށްލަންވެސް ނޭނގިފައެވެ. އަލިފާންގަނޑުން އަރަމުންދިޔަ ހޫނުން އެ މޫނުން ފާއްދަމުންދިޔަ ދާތިކިތަކާއިއެކު ކޯތާފަތުގައި ކަރުނަ ތިކިތައް ދެމެމުންދިޔައެވެ. އަލިފާނުގެ ހުޅުކޮޅު އެލޮލުގައި ވިދަމުންދިޔައިރު އެ މޫނުމަތިން ފެންނަން މައުސޫމްކަމާއިއެކު އެ ލޮލުގައިވަނީ ސިހުމެވެ.

ދުރުވަމުންގޮސް ދުންތަކުގެ ތެރެއަށް ގެއްލިގެންދިޔަ އަންހެންމީހާއަށް ބަލަހައްޓައިގެން އިނދެ އެ ކުއްޖާ ރޮއެގަތެވެ.

“މަންމީ… ޕްލީޒް… ޑޯންޓް ލީވް މީ އެލޯން… އައިމް ސްކެއަރޑް…” ކަރުގެ އަޑިން އެ ކުއްޖާ ރޮއެގަތީ އެ މީހަކަށްވެސް އަޑުއިވޭހާ ބާރަށެވެ. އޭރު އަލިފާންގަނޑު އޭގެ ހަލުވިމިނުގައި އެކުއްޖާއާއި އަރާހަމަވީއިރު އެ ކުއްޖާގެ މޫނުން ފެނިލި ޖެހިލުންވުމުގެ ކުލަވަރާއިއެކު ދުރަށް ދުއްވައިގަތެވެ. އޭރު ހަށިގަނޑުން ފައިބަމުންދިޔަ ދަލާއިއެކުވެގެން ތާޒާ ލޭތިކިތައް ބިމަށް ތަޅަމުންދިޔައެވެ.

“މަންމީ… މަންމީ….” ކަރުބުޑުން އަޑުނެރެ އެކުއްޖާ ރޮއެގަތެވެ.

*** *** *** *** *** ***

“މަންމާ… މަންމާ…” ނިދީގައި އޮވެ ދެފަރާތަކަށް ބޯހޫރަމުންދިޔައިރު ހައިޒަލްގެ އަޑުން އެ ލަފްޒުތައް ބޭރުވީ މަޑު ގިސްލުމަކާއިއެކުގައެވެ. ކުއްލިއަކަށް ހައިޒަލްގެ ދެލޯހުޅުވި ހަށިގަނޑަށް ބާރުގަނޑެއް އަރައިގެންދިޔައިރު ނޭވާނުލެވިގެން އުޅޭ ފަދައިން ހައިޒަލް ތެޅެންފެށިއެވެ. އެއާއިއެކު ސޯފާއިން ނެއްޓިގެން ހައިޒަލްގެ ހަށިގަނޑު ބިންމައްޗަށް ޖެހުނުއިރު އެއަޑު ކޮޓަރީގެ ހިމޭންކަން ފޫދުއްވާލިއެވެ.

އަރާމް ނިންޖަކުން ނިދާލައިފައި އޮތް ޝަލީންގެ ނިންޖަށް ހުރަސްއެޅީ ކޮޓަރީގެ ހިމޭންކަން ނަގާލި އަޑުންނެވެ. ސިހިގެންދިޔަވަރުން ޝަލީންގެ ހަށިގަނޑު ތެދުވެގެންދިޔައިރު އެނދުގެ ސައިޑްކަބަޑަށް އަތްފޯރުވާލަމުން ކޮޓަރީގެ ލޭމްޕްގެ އަލިގަދަކޮށްލަމުން ކޮޓަރިތެރޭ ރަސްކަންކުރަމުންދިޔަ ފަޑުއަލިކަމަށް ނިމުމެއް ގެނައެވެ. ނިދިބަރުވެފައިވާ އެސްފިޔަތައް ދުރުކޮށްލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނީ އެއަށްފަހުއެވެ. ސޯފާ ކައިރިއަށް ވެއްޓިފައި އޮތް ހައިޒަލް ފެނުމާއިއެކު ޝަލީންއަށް ވަގުތުން އެނދުން ފޭބުނުއިރު ހައިޒަލްއާއި ދިމާލަށް ދެވުނީ ނުހަނު ހަލުވިކޮށެވެ.

“ހައިޒަލް…” ބަނޑުގައި ހިފަހައްޓާލަމުން އުނދަގުލާއިއެކު ހައިޒަލްއާއި އެއްހަމައަކަށް ތިރިވަމުން ޝަލީން ހައިޒަލްގެ ނަމުން ގޮވާލަމުން މޫނުގައި ޖަހާލިއެވެ.

“މަންމާ… ބައްޕާ…” އަލްހާންއާއި ރިހާނާއަށް ގޮވަމުން ސޯފާގައި އަތްގަނޑުގައި އަތްއަޅާ ބާރުކޮށްލަމުން ޝަލީން ތެދުވަންއުޅުމާއިއެކު ހައިޒަލް ޝަލީންގެ އަތުގައި ހިފެހެއްޓިއެވެ.

“ނުގޮވާތީ… އެއްވެސް މީހަކަށް ނުގޮވާތި…” ހައިޒަލް އަޑުކުރެހިފައިވާ ވިޔަސް އެއަޑުން ފާހަގަވި ހަރުކަށިކަމުން އިތުރަށް ހަރަކާތެއްކޮށްލަންވެސް ޝަލީންއަކަށް ނުކެރުނެވެ. ކާރޕެޓްމަތީ އަތްވިއްދާލަމުން މަޑުމަޑުން ތެދުވެލިގޮތަށް ހައިޒަލް ސޯފާއަށް ލެގިލިއެވެ. އެއާއިއެކު ދެއަތުން މޫނު ފޮރުވާލިއިރު އެ ތުންފަތްފޫއަޅުވާލައިފައި ބޭރުވި ގިސްލުމާއިއެކު ޝަލީންވެސް ހިނދުކޮޅަކަށް ގަނޑުވިއެވެ. ހައިޒަލްގެ  އިނގިލިތަކުގެ ދޭތެރެތަކުން ކަރުނަތައް ދެމުނުއިރު ބަލަހައްޓައިގެން އިނދެވުނީއެވެ. ސައިކޮލޮޖިސްޓަކަށް ވިޔަސް ހައިޒަލްއަށް އެހީވާނޭގޮތެއް ޝަލީންއަކަށް ނޭނގުނެވެ. ހައިޒަލް ސިއްރު އެހާ ބޮޑަށް ދެނެގަންނަން ބޭނުންވީ ވަގުތުކޮޅެއް ނާނދެއެވެ.

އަަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ތެދުވިގޮތަށް ހައިޒަލް ނޭފަތް އެތެރެއަށް ދަމާލިއެވެ. އެކަހެރިވެ ކަރުނަ އޮހޮރާލަން ބޭނުންވެފައި ހުރެ ހައިޒަލްގެ ފިޔަވަޅުތައް ބެހެއްޓީ ބާރތްރޫމްއާއި ދިމާލަށެވެ. ބާރތްރޫމްއާއި ހަމަޔަށްވެސް ހައިޒަލްއަށް ދެވުނީ އެއްލެމުން ކަހަލަގޮތަކަށެވެ. ދެތިންފަހަރަކު ފާރުގައި އަތްވިއްދާލެވުނީ އޭނަގެ ހަށިގަނޑުގެ ބާރުދޫވެދާނެހެން ހީވުމުންނެވެ.

“ދޭ ނިދަން…” ފާރުގައި އަތްވިއްދާލައިގެން ހުރެ ޝަލީންއާއި ދިމާލަށް ބަލާލަމުން ހައިޒަލް ބުނެލިއިރު އެއަޑު އެއްވަރެއްގައި ހިފަހައްޓަން ކުރި މަސައްކަތް ބޭކާރުވިއެވެ. ޝަލީން ދޭނޭ ޖަވާބެއް ނޭނގިފައި ހުއްޓާ ހައިޒަލް ފާހަނައަށް ދެމިގަތްގޮތަށް ދޮރުޖަހާލިއެވެ. މޫނުދޮންނަތަށީގެ އިސްކުރުދޫކޮށްލިގޮތަށް ހައިޒަލް ފާރަށް ލެގިލިއެވެ. އެއާއިއެކު އޭނަ ހިފަހައްޓަމުން އައި ކަަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ. އެ ކަރުނަތައް ހުއްޓުވަން ބޭނުންވެފައި ހުރެ މޫނަށް އެތަށް ފަހަރަކު ފެން ޖެހިޔަސް ލޮލުގައި ރިއްސަންދެން ލޮލުން ކަރުނައައެވެ. ކިތަންމެ ބޭނުންވިޔަސް އެ ކަރުނަތަކަށް ހުއްޓުމެއް ނާންނާނެއެވެ. ލޯމައްޗަށް ފުސްކޮށް ސޫރަވަމުންދާ މަންޒަރުތައް ސިކުނޑިން ފުހެލަން އޭނަ ބޭނުމެވެ. އޭނަގެ އެންމެބޮޑު ހަގީގަތް ހާމަވެގެންދިޔައީ ދުވަހަކު ނުފިލާނޭފަދަ ސިހުމެއް ހިތަށް ގެނުވާފައެވެ. އެއީ ހަމަ އޭނަގެ މަންމަހެއްޔެވެ؟ މިހުރިހާ ދުވަހަކު އޭނައަށް މަންމަގެ ލޯތްބަށް އެދި ސަލާމްޖެހި މީހާ މިވީ އޭނާއާއި އެއްވެސް ގުޅުމެއްނެތް ފަރާތަކަށެވެ. އޭނަގެ މަންމައަކީ އެހެން މީހެކެވެ.

*** *** *** *** *** ***

އެހުވަފެނުން ދުވަހަކު އިހުސާސްނުކުރާހާ ގަދަ ވޭނެއް ހިތުގައި އެޅިއިރު ހައިޒަލް އެއްވެސް އަސަރެއްދައްކާނުލާ ކެތްތެރިވިއެވެ. 21 އަހަރުފަހުން ހަޤީގަތް ގަބޫލުކުރުމަކީ ފަސޭހަކަމަކަށް ނުވިއެވެ. ނަމަވެސް އޭނަގެ ހިތް އެނޫންގޮތަކަށް ވިސްނަން ފުރުސަތެއް ނުދެއެވެ. އިރުކޮޅުކޮޅާއި އެ ހަނދާންތައް އޭނަގެ ސިކުނޑީގައި ޖެހިގަންނައިރު އެހެން ފަހަރުތަކޭ އެއްގޮތަށް ސިކުނޑި އެކަން ހަނދާން ނައްތާލުމުގައި އެހީއެއްނުވިއެވެ. ހައިޒަލް ބޭނުންވިޔަސް ހިތްވެސް އެގޮތަށް ގަބޫލުކުރިކަން އަމަލްތަކުން ފެންނަން ފެށިއެވެ. ރިހާނާ ފެނުމުން ދުރުކަމެއް އިހުސާސްވާންފެށިއެވެ. ބަލަހައްޓައިގެން ހުރެވެނީ ދުރުމީހަކަށް ބަލާފަަދަ ނަޒަރަކުންނެވެ. ރިހާނާއާއިމެދު މިހުރިހާ ދުވަހަކު އެހާ ގާތްކަމެއް އިހުސާސްނުވީ ރިހާނާ ބަހައްޓަމުންދާ ދުރުކަމުންކަމަށް ހައިޒަލް ހީކުރިއެވެ. ނަމަވެސް ލޭގެ ގުޅުމެއް ހުރިނަމަ އެދެމެދުގައި ކޮންމެވެސް ވަރެއްގެ ކުލުނެއް އޮތީހެވެ. ހަގީގަތުގައި އޭނައަކީ ބައްޕައާއި އެހެން އަންހެނެއް ކުރި އަމަލެއްގެ ނަތީޖާއެވެ.

އެރޭ ރޭގަނޑުގެ ކެއުމުގެ ވަގުތުގައި ހައިޒަލްކޮށްލި ސުވާލުން ތަނުގައި ބޮމެއްގޮއްވާލެވުނުފަދައެވެ. އަލްހާންވެސް ސިހިލެއްވިވަރުން ކޭންބައްލަވަން އިންނަވާފައި އުލާއި ސަމްސާ ތަށިތެރެއަށް ދޫވެގެންދިޔައިރު ރިހާނާގެ ދެލޯބޮޑުވެގެންދިޔަގޮތުން ކަޅިވެސް ބޭރަށް ފުންމާލަފާނެހެން ހީވިއެވެ.

“އަހަރެންގެ މަންމައަކީ ކާކު؟” އަލްހާންްއާއި ރިހާނާގެ މޫނަށް ފަރުވާތެރިކަމުގެ ނަޒަރެއްދެމުން ހައިޒަލް އޭނަ ކުރި ސުވާލު ތަކުރާރުކޮށްލިއެވެ.

“ހައިޒަލްގެ މަންމައަކީ ރިހާނާކަމަށް ގަބޫލުކުރަން ހެއްކެތް ބޭނުންވަނީތަ؟” ހައިޒަލްގެ ސުވާލުން އަލްހާންގެ ހިތަށް އެރުއްވި ގުޑުން ކިތަންމެ ބޮޑުނަމަވެސް އޭނާ އަމަލުތައް ބެހެއްޓެވީ އެކަން ފާހަގަނުވާނޭ ބީދައަކުންނެވެ.

“އެއީ އަހަރެންގެ މަންމައެއް ނޫން… ބައްޕަ ބުނުއްވާ އަޅުގަނޑުގެ މަންމައަކީ ކޮބައިކަން…” ހައިޒަލް ކެތްތެރިކަން ކުޑަވަމުންދިޔައިރު އެމޫނުން ފާޅުވީ ހަޤީޤަތް އިނގެން ބޭނުންވެފައިވީކަމުގެ ލިޝާންތަކެވެ. އޭރު ރިިިހާނާއަށް އިނދެވުނީ ނޭވާވެސް ނުލައެވެ. ހިތުގައި ގަދަވެގަތް ވަސްވާސްތަކާއިއެކު ހަށިގަނޑު ފިނި ދަލެއް ހިއްލަމުންދިޔައެވެ.

“27 އަހަރުވާންދެން ހައިޒަލް މަންމަ ކިއީ ރިހާނާއަށް… މިވީ ހުރިހާ ދުވަސްތަކެއްގައި ހައިޒަލްގެ މަންމައަކީ ރިހާނާ… ދެން މިއަދު ކުއްލިއަކަށް ކީއްވެ އެހެން މީހަކު މަންމައަށްވާންވީ… ހައިޒަލްއަށް އަހަންނަކީ ބައްޕަކަމުގައި ވަންޏާ ރިހާނާ އެއީ މަންމަ…” އަލްހާން ހަރުކަށިކަމާއިއެކު އިއްވާލަމުން ގޮނޑިން ތެދުވެލެއްވިއެވެ.

“ތިއީ ބައްޕައަށްވިޔަސް އެއީ މަންމައަކަށް ނުވާނެ… ބައްޕަ އޮޅުވާލަން މަސައްކަތްކުރެއްވިޔަސް ހަޤީޤަތް ނޭނގޭހާ ކުޑަކުއްޖެއްނޫނޭ އަޅުގަނޑަކީ… އަޅުގަނޑަކީ ބައްޕައާއި އެހެން އަންހެނަކާއި ކުރި އަމަލެއްގެ ނަތީޖާއެއްނު…” ހައިޒަލްގެ ޖުމްލައާއިއެކު އަލްހާންއަށް މޭޒުގައި ހިފަހައްޓާލެވުނުގޮތަށް އަތަށް ބާރުކޮށްލެވުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ފަސްއެނބުރި ބަލާލެއްވުނުއިރު ރިހާނާ ހައިޒަލްގެ ކޯތާފަތްމައްޗަށް އެތިފަހަރެއް އަރުވާލީއެވެ.

“ލަދެއްނުގަނޭތަ ތިގޮތަށް ވާހަކަދައްކާކަށް… އާނ އަހަރެންނަކީ ހައިޒަލްގެ މަންމައެއްނޫން… ދެން ބަނޑުއަޅައި ވިހޭ މައިމީހާ ގާތަށްދާނީތަ.. އޭނ…” ރުޅިންގޮސް ފޯވެފައިހުރި ރިހާނާ ހައިޒަލްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. އެއާއިއެކު އަލްހާން ބާރުއަޑު ޑައިނިންރޫމްތެރޭ ގުގުމާލުމާއިއެކު ރިހާނާއަށް ހަމަބިމަށް ފޭބުނުފަދައެވެ. އޭރު ހައިޒަލް ބުދެއްފަދައިން ހުއްޓުންއަރާފައި ހުރިއިރު އެ މޫނުގައިވީ ސިހުމާއި ރުޅިވެރިކަމެވެ.

“ކީއްވެ… ކީއްވެހޭ… މިހުރިހާ ދުވަހު އެކަން އަހަންނަށް ނޭނގި އޮތީ ކީއްވެ؟ މަންމައެއްގެ ލޯބި ނުލިބިގެން އަހަރެން ތެޅިފޮޅުނުވަރު ބައްޕައަށް ވުރެ ރަނގަޅަށް އިނގޭނޭ ފަރާތެއް ހުންނާނެތަ؟ އެވަރުންވެސް ބައްޕަގެ ހަރުހިތަށް އަސަރެއްނުކުރީ… ސިއްރު ހިފެހެއްޓުން މުހިންމުވީ… ކީއްވެ… އަހަންނަށް އެކަން އިނގުމުގެ ހައްޤު ނެތީ… އަދި ކިތައް ސިއްރު އަހަންނަށް ފޮރުވިފައި އޮންނާނެ…” ހައިޒަލްގެ އަޑުުބާރުވަމުންދިޔައިރު އަތުން ޖަހާ މޭޒުމަތީގައިވާހާ ސާމާނެއް ފާރާއި ދިމާލަށް ހޫރާލިއެވެ. ބާރު އަޑުފަށްގަނޑަކާއިއެކު ތަށިތައް ކުދިކުދިވެ އެކިދިމާލަށް ބުރައިގެންދިޔައިރު ރިހާނާ ހާސްވެފައި ސިޑިބަރިއާއި ދިމާލަށް ބަލާލިއެވެ. ހައިޒަލްގެ ރުޅިވެރިކަމަށްވުރެ ޝަލީންއަށް އެތަނުގައި ހިނގަމުންދާ ހޫނު ހަނގުރާމަ އިނގިދާނެއަތީ ރިހާނާގެ ހިތުގައި ވަކިހިއްޕާލި ބިރު އެހެންކަމަކަށްވުރެ ބޮޑެވެ.

“މިހުރިހާ ދުވަހުވެސް އަހަރެންގެ ދިރިއުޅުމަކީ ބައްޕަ ބޭނުންގޮތަކަށް ބައްޓަން ކުރަން އޮތް ކުޅޭ އެއްޗެއް.. އަހަރެންގެ އަމާން އޮމާން ދިރިއުޅުން ކަށިކުނބުރު ހާއްޔަކަށް ހަދާލީ ލޯބިވާގެ މީހުންގެ އަތުން… އެންމެ ފުރަތަމަ މަންމައާއި ވަކިކުރީ… ދެން ނައިނާ… އެހުރިހާކަމަކަށްވެސް ދެލޯމަރާލައިގެން އަހަރެން ކެތްކުރީން… ބައްޕައަކަށް ދަރިންގެ އުފަލަށްވުރެ މުހިންމުކަމެއް ނުވާނޭއޭ ބުނާއިރު ބައްޕައަށް މުހިންމުވީ ވިޔަފާރި… އަހަރެންގެ ދިރިއުޅުމުންވެސް ބައްޕަ ކުރީ ވިޔަފާރި… އެކަމަކު ދެނެއް ނުވާނެ… އަހަރެންގެ މަންމައަކީ ކާކުކަން ކިޔައިދެއްވަން ބައްޕަ ހަދާނޭކަމެއްނެތް… އެކަން އަމިއްލައަށް އަހަރެން ހޯދަފާނަން… ދެންވެސް ބައްޕަގެ ދުލުން ތެދެއް ބޭރެއްނުވާނެ…” ހައިޒަލް ހަށިގަނޑުގެ ކޮންމެ ސެލްއެއް ރުޅިވެރިކަމުން ފިހިގެންދިޔައިރު ދުވަހަކު އޭނަގެ ދުލުން ބޭރުނުކުރަން ނިންމައިގެން ހުރި ޝިކާޔަތުތައް އަލްހާންގެ ކުރިމަތީ ހާމަކުރެވުނެވެ. މިއަދު އެއްވެސް އެއްޗަކަށް އަދި ކަމަކަށްވެސް އޭނަ ނުހުއްޓުވުނެވެ. އެންމެންގެ މަކަރުވެރިކަން ފާޅުވެގެންދިޔައިރު ހިތުގައި އަނދައިގަތީ ދުވަހަކު ނިވިގެންނުދާހާ ބާރުގަދަ ހުޅުގަނޑެކެވެ. ދުނިޔޭގެ ހުރިހާ ފިއްތުމަކާއި އޭނަ ކުރިމަތި ލައިފާނެއެވެ. ބައްޕައަށްވީތީ ކޮންމެ ކަމަކަށްވެސް މައާފުކޮށްފާނެއެވެ. ނަމަވެސް ނުހައްޤުން ޢޭނަ މަންމައާއި ވަކިކުރުވީތީ ބައްޕައަށް ދުވަހަކު މައާފެއްނުކުރާނެއެވެ.

ހައިޒަލްގެ ކޮންމެ ޖުމްލައެއްވީ އަލްހާންގެ ހިތުގައި ޒަމާނުއްސުރެ ފިލާއޮތް ބިރުވެރިކަން ތެދަކަށް ހަދައިދިން ލަފްޒުތަކަށެވެ. ހައިޒަލްއަށް އޭނަގެ ކަޅު ސިއްރުން މިންވަރެއް އިނގުނަސް އޭނާއި މެދު ދެކެމުންދާ ގޮތް ބަދަލުވެގެންދާނޭކަން އަލްހާންއަށް އިނގެއެވެ. ހައިޒަލް އޭނައާއި ދެކޮޅުވެރިވުން ވެގެންދާނީ އޭނަގެ 21 އަހަރުގެ ހުވަފެނާއި ވަކިވެ އަމިއްލަ ހަލާކުގެ ފެށުމަށެވެ. ނަމަވެސް އަމިއްލަ ދެއަތުން ހައިޒަލްއަށް އެކަންކުރުމަށް އޭނަ މަގުކޮށައެއްނުދޭނެއެވެ. ރިހާނާ ނުރުހުމާއިއެކުވެސް އޭނަ ހައިޒަލް ބަލާބޮޑުކުރީ ލޯތްބަށްވުރެ އެހިތުގައި އޮތް ދަހިވެތިކަމުގެ ބޮޑުކަމުންނެވެ.

“ހައިލާއަކީ ކިހާވަރެއްގެ މީހެއްކަން އިނގުނީމަވެސް ހައިޒަލް ހަމަ ތިވަރުވާނޭތަ؟ ރިހާނާ ވެއްޖެއްޔާ ހައިޒަލް ބެލި… އެކަމު އޭނައަށް އިނގުނީ ދަރިއެއްލާލައިފައި ފިލަން… އަލިފާންގަނޑުގެ ތެރެއަށް ދަރިއެއްލާލައިފައި އަމިއްލަ ފުރާނައާއިގެން ފިލާ ރައްކާވީ ލޯބިވާވަރު ބޮޑުކަމުންތަ؟ ދަރިކުލުނު ބޮޑުކަމުން މިވީހާ ދުވަހުވެސް ދުނިޔޭގައި ހުރިތޯވެސް ބަލާނުލީ… ދެންވެސް އުޅޭތި މަންމަ ވަރެއް ނެތިގެން…”

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ތިޔަ ލޯތްބާ ދުރަށް 4

Next

ލޯތްބަކީ؟

Next
July 26, 2019

ލޯތްބަކީ؟

Previews
July 25, 2019

ތިޔަ ލޯތްބާ ދުރަށް 4

55 Comments!

  1. dhiraa wish says:
    July 25, 2019 at 8:18 pm

    hurihaa kiyuntherinah minivan dhuvahuge thahuniyaa aris kuran.. miothy 59 upkurevifa… mi bai hurihaa kiyuntherinah kamudhaane kamah ummedhu kuran.. kiyaalaafa comment kohlahjey.. 60 vana bayaa eku honihiru dhuvahuge rey badhalukohlaanan.. baahjaveri ufaaveri reakah edhen

    1. My says:
      July 26, 2019 at 1:26 pm

      Nehtha surprise eh.
      Nice story eh.
      Happy independence Day to all readers n writters

    2. Dream says:
      July 26, 2019 at 4:04 pm

      And a happy independence day to you dhiraa.

    3. dhiraa wish says:
      July 26, 2019 at 10:38 pm

      happy inderpandence day both

  2. Sidu says:
    July 25, 2019 at 8:22 pm

    Varah reethi

    1. dhiraa wish says:
      July 26, 2019 at 10:38 pm

      thnks

  3. AMAAN says:
    July 25, 2019 at 8:34 pm

    mi part ves v reethi ….. cant wait to read next part…… kn irakun next part kiyaalan libeyny vaany

    1. dhiraa wish says:
      July 26, 2019 at 10:49 pm

      thnks insha allah soon

  4. Clock says:
    July 25, 2019 at 8:49 pm

    Mi vaahaka kiyamun dhiyairu beauty and the beast cartoon mathin ves handhaanvi. Beauty Forbidden west wing there ah vadhe Rose ge matheega oi fothigandu negi than handhaan vee. Dhen rihaana beast gotha ais halheylevee. Vaahaka rythi varah. Konme dhuvahakuves genesdheveynenama ey hitha araa

    1. dhiraa wish says:
      July 26, 2019 at 10:50 pm

      hehehe thnks dear

  5. Hush says:
    July 25, 2019 at 8:54 pm

    Surpriseh namaves mifahakah ais naadhey, kurin surprise koh twice up kohdheefa ebahuri. Eyraa mihaaraa haadha change vejjey dho. Dhiraa keeve Mihaaru change vee.

    1. dhiraa wish says:
      July 26, 2019 at 11:03 pm

      not dear.. dhiraa chnge eh nuvan.. exam ah 2 mnths ah veema ehaa time spnd nukureveythee ehnve suprise eh nudveigen miulhenee
      sry for it

  6. Poetry says:
    July 25, 2019 at 9:01 pm

    It’s like you are giving a little bread piece to a starving man just to sniff. Don’t u know starving man’s hunger won’t be fulfilled just by sniffing. Feed him till his stomach is full. Likewise readers are getting starved every time, wanting more and more of this yummy story. Don’t starve them. Give them more. ❤️?❤️?❤️?

    1. dhiraa wish says:
      July 26, 2019 at 11:07 pm

      owk dear

  7. Storikiyaamyhaa says:
    July 25, 2019 at 9:08 pm

    Vaahaka dot com ga genesdhin ” badi” vaahakaige liyuntheriyaa gothah mi vaahaka nunimaa dhhoonukurun edhen. Story is very nice?

    1. dhiraa wish says:
      July 26, 2019 at 11:07 pm

      thnku

  8. Sanjeedhaa says:
    July 25, 2019 at 9:13 pm

    Waaaaaaau so nice

    1. dhiraa wish says:
      July 26, 2019 at 11:08 pm

      thnku

  9. Ziyaa says:
    July 25, 2019 at 9:23 pm

    ???????V reethi

    1. dhiraa wish says:
      July 26, 2019 at 11:08 pm

      thnks

  10. Dhiraa ge fan says:
    July 25, 2019 at 9:25 pm

    Alhey mirey adhi surprise part eh genesdhy baaaaa please

    1. dhiraa wish says:
      July 26, 2019 at 11:09 pm

      insha allah

  11. jiji says:
    July 25, 2019 at 9:29 pm

    Sissyy..mi part vec v v furihama??????..I m so curious to knw wats gonna be happen next❤❤❤..Lav ya loadss

    1. dhiraa wish says:
      July 26, 2019 at 11:11 pm

      thnks

  12. Xyz says:
    July 25, 2019 at 9:36 pm

    Mi part varah ves reethi. Dhiraage thi kuraa massakatha buneveyni hama Saabahey. Keep doing what you do. Cant wait for next part. Wish you a Very Happy Independence Day..

    1. dhiraa wish says:
      July 26, 2019 at 11:12 pm

      thnks dear

  13. azker says:
    July 25, 2019 at 9:39 pm

    This is the best story ever…if this story ever becomes a film definitely it’ll get Oscar award….dhiraa ur the best writer ever ?????

    1. dhiraa wish says:
      July 26, 2019 at 11:12 pm

      thns dear

  14. Maikko says:
    July 25, 2019 at 9:54 pm

    Mashaa allah….your are grat gray writer…alhe suprise eh dheyn ves minivan dhuvahuga epsiod eh genesdhechehy…special ep eh..???
    Mi story vvvvvvv loabi..obiness to the max ???????????

    1. dhiraa wish says:
      July 26, 2019 at 11:13 pm

      thnks

  15. Aisha says:
    July 25, 2019 at 10:04 pm

    Kitha Partun vaahaka nimaynee

    1. dhiraa wish says:
      July 26, 2019 at 11:14 pm

      kithah part in kameh bunaakah neinge… cx adi liyamun daa stry eh veema.. mihaaru nimumakaa dimaalah midanee

  16. Dream says:
    July 25, 2019 at 10:11 pm

    Love your story.v salhi Hama habeys. You are killing me.good luck for next. Waiting to read. Sorry for getting late. Cause Hama dhenme mi ai Quran competition in. Love yeah. Good night.??????????????❤️❤️????????♥️♥️♥️????????

    1. dhiraa wish says:
      July 26, 2019 at 11:15 pm

      thnks…

  17. Sau says:
    July 25, 2019 at 10:58 pm

    V reeethi. Kiyaaa hithun hutaaa nimijje. Avaha suprise eh gotha up kolla dybala readers ah

    1. dhiraa wish says:
      July 26, 2019 at 11:15 pm

      thnks

  18. Pari says:
    July 25, 2019 at 11:09 pm

    Dhira noonee mihaa dhigukoh keitheri kamaa eku liyaa kujje neii,v reethi thsnkyou

    1. dhiraa wish says:
      July 26, 2019 at 11:15 pm

      thnks dear

  19. Dhonthy says:
    July 26, 2019 at 12:00 am

    Thanks long part eiy genesdhineethee… And vvvv reethi mi part?? Alhe v curious vefa mi hunnanee… V kamudhey mi part… Saturday night ga up kodhdhechchey ingey… LOVE YOU SO MUCH MY LOVELY Dhiraa… AND HAPPY INDEPENDENCE DAY??

    1. dhiraa wish says:
      July 26, 2019 at 11:16 pm

      thnks dear.. same to u

  20. Anonymous says:
    July 26, 2019 at 12:05 am

    Tiya writer ah hama100%100 alhugad deefin. Kiyaala konme jumlaey loakurimatee sifavegendey&HAI&nainaage baitha. Hamaragalhaves rohvaalaafa.kome paartves. Hama habeys egy.

    1. dhiraa wish says:
      July 26, 2019 at 11:16 pm

      thnks dear

  21. Lovely girl says:
    July 26, 2019 at 12:45 am

    I like this story very nice

    1. dhiraa wish says:
      July 26, 2019 at 11:17 pm

      thnks

  22. Faathun says:
    July 26, 2019 at 12:56 am

    Vv reethi .mi vaahakayah v intixaaru kureyvey

    1. dhiraa wish says:
      July 26, 2019 at 11:17 pm

      thnks

  23. Rai says:
    July 26, 2019 at 9:18 am

    Varah reethi

    1. dhiraa wish says:
      July 26, 2019 at 11:18 pm

      thnks

  24. @phro grl says:
    July 26, 2019 at 11:18 am

    Mi vaahaka kiyanfeshy vaahakaige nan reethi vegen. @phro kurin ves minan kiya vaahaka eh kiyaafa inyma ehaa gayaavy aslu. A E laara ge “bunedheyshey ruhemey”. Mi vaahakaige furathama episode kiyalumun ves engijje mives vaany hama ehaa reethi vaahakayakah kan.. Adhi mihaathanah ai iru evves foohikameh nethi v hiyhama jehigen indhe kiyaalevey vaahaka eh mee..???? Thank you dhiraa.

    1. Shif says:
      July 26, 2019 at 1:02 pm

      Me too. Alhugadu ves kiyan feshee nan reethi vegen. Laarage bunedheyshey ruhemey kiyaafa. Aslu ves varah reethi vaahaka eh miee ves.

    2. dhiraa wish says:
      July 26, 2019 at 11:19 pm

      thnks both

  25. Ghhdf says:
    July 26, 2019 at 1:05 pm

    Y

    1. Tia says:
      July 26, 2019 at 1:06 pm

      Yep. Very

  26. hai nai says:
    July 28, 2019 at 4:21 pm

    this story is amazing n dhiraa i really appreciate your hard work,every part of this story is just breath taking

    1. dhiraa wish says:
      July 28, 2019 at 9:10 pm

      thankss dear.. im really happy that you like it so much.. and thats for appreciating the work.. im so happy to hear

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 60←


All Right Reserved!