Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްވެސް ދިނީމޭ 4

Sshau Level 110 Stories
July 26, 2019 One Min Read
22 Comments

ޒިވާގެ ހާލަކީ ކޮބާތޯއެވެ؟ މިަދު އެއްގޮތަކަށްވެސް ނުފެނި ހުރެފައި ކުއްލިއަކަށް ކައިލް ފެނުމުން ޒިވާ އަށްވެސް ބަލަހަށްޓާއިގެން ހުރެވުނީއެވެ. ކަޅުރަތް ކުލައިގެ ގަމީހަކާ ގަދަނޫކުލައިގެ ޖިންސެއްގައި ކައިލް ފެންނަލެއް ނުހަނު ހިތްގައިމެވެ. ގަމީހުގެ އަތް އުޅަބޮށްޓާއި ހަމައަށް އިޅާފައި ވުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ދެޒުވާނުން އެކަކު އަނެއްކަކުގެ ލޮލަށް ގެއްލިފައި ތިއްބާ ޒިވާ ސިއްސައިގެން ދިޔައީ ކައިލް ކޮށްލި ކަމަކުންނެވެ.

********************************************

ކައިލް ޒިވާގެ އަތުގައި ހިފާލުމަށް ފަހު ކައިލް އާއި ދިމާއަށް ދަމާލުމުން ޒިވާ ސިއްސައިގެން ގޮސް ދިޔަ ބާރު މިނުގައި ޖެހުނީ ކައިލްގެ މޭމަތީގައެވެ. ކައިލްގެ ގައިން ދުވި މީރު ވަހުން ޒިވާގެ ނޭވާ އެތެރެއަށް ދަމާ ލެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ޒިވާ އަށް ކައިލްގެ މޫނު އެހާ ކައިރިން ފެނުމުން އޭނާގެ ހަށިގަނޑުގައިވި ހުރިހާ ލޯލި ތަކެއް ކޮޅަށް ޖެހުނެވެ. ކައިލްގެ އަތް ޒިވާގެ އުނަގަނޑުގައި އެޅިފައި ވުމުން އެއަތުގެ ބީހިލުން ޒިވާގެ ހަށިގަނޑުގެ އެންމެ ހިމަ ނާރާ ހަމައަށްވެސް ފޯރި ކަހަލައެވެ. ކައިލް ޒިވާގެ މޫނަށް ބަލާލުމާއެކު ދެޒުވާނުންގެ ކަޅި ބައްދަލުވި އިރު ޒިވާގެ މޫނުމަތިން ފެންނަމުން ދިޔައީ ލަދުވެތި ކަމެވެ. ލަދުން އިސް ޖަހާލީ ކައިލްގެ މޫނަށް ބަލަހަށްޓައިގެން ނުހުރެވޭނެކަން އޭނާ އަށް އެނގުމުންނެވެ. ކައިލް ހުރި ގޮތް ރޭކާލުމުން ޒިވާ މަޑުމަޑުން ދުރު ވެލިއެވެ. ކައިލް އަށް ވެސް ދެމީހުންނަށް ތިބެވުނު ގޮތް އިހްސާސްވީ އަދި ކިރިޔާއެވެ. ދެފަރާތް ބަލާލީ އިތުރު މީހަކަށް އެމަންޒަރު ފެނުނުތޯ ޔަގީން ކުރުމަށެވެ. ފެންނަ ހިސާބުގައި މީހަކު ނެތުމުން ކައިލް އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ކައިލް އަށް އަވަސް ނަޒަރެއް ދިނުމަށްފަހު ޒިވާ މިސްރާބު ޖެހީ ގޭތެރެއަށް ވަދުމަށެވެ. އެއިރު މަރީނާ އަވަދި ނެތި އުޅުނީ މޭޒުމަތި ތައްޔާރު ކުރުމުގައެވެ. މަރީނާ އާއިއެކު އިތުރު އަންހެނަކު ހަރަކާތް ތެރިވަމުން ދިޔަތަން ޒިވާ އަށް ފެނުނެވެ. ކުރިން ޒިވާ އަށް ފެނިފައި ނުވާ މީހެއްކަމުން ޒިވާ އަށް އިރުކޮޅަކު އެއަންހެން މީހާ އާއި ދިމާއަށް ބަލަހަށްޓައިގރން ހުރެވުނެވެ.

އެއްލި ކަޅިއަކުން ދޮރުމަތީގައި ހުރި ޒިވާ ފެނުމުން މަރީނާ ޒިވާ އަށް އެތަނަށް އައުމަށް އިޝާރާތް ކޮށްލިއެވެ. އެވަގުތު އެ އަންހެން މީހާވެސް ޒިވާ އާއި ދިމާއަށް ބަލާލިއެވެ. ޒިވާ އަށް އެއަންހެން މީހާ އާއި ހަތަރު ކަޅި ހަމަވި ވަގުތު ހިނިތުން ވެވުނެވެ. ބަދަލުގައި އެއަންހެންމީހާ ވެސް ހަދިޔާ ކުރީ ލުއި ހިނިިތުންވުމެކެވެ. ޒިވާ އޭނާ ގެނައި ތަށިތައް މަރީނާ ހުށްޓިހުރި މޭޒު ކައިރި އަށް ގެންގޮސް ފަހަރަކު ތައްޓެއްގެ މަތި ނެގިއެވެ. އެވަގުތު ހެދިކާގެ މީރުވަސް މުޅި ބަދިގެ ތެރެ އެކީހެން އެއްވަސް ކޮށްލިއެވެ.

” ކޮބާ ހީވޭ ކަމެއްހެން ކަމްލާ؟ މަ ބުނީމޭނުން މިމަންޖެ ހަދާ ހެދިކާ ނުލާހިކު މީރުވާނޭ” ކަމްލާ އަށް ހިނިތުންވެލަމުން މަރީނާ ބުންލިއެވެ. ” އާން ވަސްގަނޑު ކިތަންމެހާވެސް ރަނގަޅު….މީރު ކަމެއް އިނގޭނީ ކެއީމަތާ ދޯ” ކަމްލާ ވެސް މަރީނާ އެކޭ އެއްފަދައިން ޒިވާ އަށް ތަޢުރީފު ކޮށްލިއެވެ. ޒިވާ ހުރީ އިސްޖަހާލައިގެންނެވެ. ” ދެން ހިނގާ އެންމެނަށް ސައިބޯން ގޮވަން. މިހުރީ ތައްޔާރު ވެފައޭނުން.” މޭޒުމަށްޗައް ބަލާލަމުން މަރީނާ ބުނެލިއެވެ. ކަމްލާ ކައިލް އަށް ގޮވާލަން ހުޅުވާލި އަނގަ ލައްޕަން ޖެހުީ ބަދިގެ ތެރެއަށް ވަދެގެން އައި ކައިލް އާއި ކައިރާ ފެނުމުންނެވެ. ދެކުދިން ހެމުން ހެމުން އަތަން ބަލަން ހުރި ކަމްލާގެ އިތުރުން މަރީނަގެ މޫނު މަތީގައިވެސް ވަނީ ހިނިތުންވުމެވެ. ޒިވާ އަށް ކައިލް ފެނުމުން ލަދުރަކި ހިނުތުންވުމެއް ތުންފަތް މަށްޗަށް ވެރިވިއެވެ. ދެވަނަ ސިކުންތުގައި އެހިނިތުންވުން ފަނޑުވީ ކައިލް އާއި އެއްކޮށް ވަދެގެން އައި އަންހެން ކުއްޖާ ފެނިފައެވެ. ބަލާބެލުމަށް ވައްތަރީ ކައިލް އާއި އެއްފުރާ ކުއްޖަކާއެވެ. ކައިލް އާއި އެކީ ހެމުން ހިނގާފައި އައިރު ޒިވާގެ ހިތަށް އެހެން ކަހަލަ ގޮތެއްވިއެވެ.

ކައިލް ޒިވާ އާއި ދިމާއަށް ބަލާލުމުން ޒިވާ އެހެން ދިމާލަކަށް ބަލަން ފެށިއެވެ. ޒިވާގެ އެއަމަލުން ކައިލްގެ ހިތުގައި އެތަކެއް ސުވާލު ތަކެއް އުފެދުނެވެ. އެބެލުމުން ކައިލް އަށް އިހްސާްވީ ދުރުކަމެވެ. މިއީ ހާދަ އާދަޔާ ޚިލާފު ކުއްޖެކޭ ކައިލް ހިތަށް އެރިއެވެ. އެއްފަހަރު ހީލާފިއްޔާ އަނެއް ދެފަހަރު ހުންނާނީ ރުޅި އައިއްސައެވެ. ޒިވާގެ އެމިޒާޖުގެ ސަބަބުން ކައިލްގެ ހިތުގައި ޒިވާ އާއި ދޭތެރޭ އޮތް ޝައުގުވެރިކަން އިތުރުވިއެވެ. ކައިލް މޭޒު ކައިރިއަށް އައިސް ހުއްޓުނު އިރު އޭނާ ހުރީ ޒިވާ އާއި ދާދި ކައިރީގައެވެ.

” ދެކުދިން ދެން ކޮޅަށް ނުތިބެ އިށީނދެގެން އަވަހަށް ސައިބޯން ފަށާބަލަ. ދައްތަ އަންނާނަން މައިހާ އަށް ގޮވާލާފ.” މަރީނާ އެހެން ބުނެލުމަށް ފަހު ދިޔައީ މައިހާ އަށް ގޮވުމަށެވެ. މަރީނާގެ ބަހަށް ކައިލް އާއި ކިޔާރާ ގޮނޑީގައި އިށީނެވެ. އަދި ސައިބޫން ފެށިއެވެ. އިރުކޮޅެއް ނުވެ މައިހާވެސް އެތަނަށް އައެވެ.

” ޒިވާވެސް އިށީނދޭ ސައިބޯން” މަރީނާ އެހެން ބުނުމުން ސައިތަށި ތުނބުގައި ޖަހާލައިގެން އިން ކިޔާރާ ވަގުތުން ކޮށިއެރިއެވެ. ކިޔާރާ އަށް ވީގޮތް ފެނުމުން ކައިލް ހޭންފެށިއެވެ. އަދި މަޑު މަޑުން ކިޔާރާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ޒިވާއަށް ކައިލް ކިޔާރާ އަށް ބަހައްޓާ ގާތްކަމުން އުނދަގޫވިއެވެ. އެއީ ކައިލްގެ އަންހެނުން ބާއޭ ހިތަށް އެރީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ.

ކިޔާރާ އަށް ކުރިމަތީގައި މިއިނީ އިޔާޝް ކުރިންދުވަހު ކީ ޒިވާކަން އޭނާ އަށް އިނގުމުން އޭނާ އިނީ ޤަބޫލު ނުކުރެވިފައެވެ. އޭނާގެ ކޮއްކޮ އަށް ލޯބިވެވިގެން މިއުޅެނީ ރީތިގޭ ރާނީ އަކާ އޭ ކިޔާރާ ހިތައް އެރިއެވެ. އެހާވެސް ކިޔާރާ އަށް ޒިވާ ރީތި ވިއެވެ. ހަމަ އެކަނި ރީތީކީ އެއް ނޫނެވެ. ޒިވާގެ އަމަލް ތަކުގައި ހުންނަ މަޑުމައިތިރިކަން ކިޔާރާ އަށް ފާހަގަ ވިއެވެ. އެތަކެއް ދުވަސް ތަކަކަށްފަހު ދެވަނަ ފަހަރަށް އޭނާގެ ކޮއްކޮގެ ހިތް އަތުލި މީހަކަށް ޒިވާ  ވެއްޖެއެވެ. ކިޔާރާ ޒިވާ އާއި ދިމާއަށް ބަލާލުމަށް ފަހު ހިނިތުން ވެލިއެވެ. ބަދަލުގައި ކިޔާރާވެސް ހިނިތުން ވެލީއެވެ. ނަމަވެސް ޒިވާ އާއި ދިމާއަށް ބަލަހަށްޓައިގެން އިން ކައިލް އާއި ދިމާއަކަށް ޒިވާ ނުބަލައެވެ. ޒިވާ އަށް ކޮންމެސް ކަމެއް ވެއްޖެކަން ކައިލް އަށް އެނގުނެވެ.

ހަވީރުގެ ސަޔަށް ފަހު ކަމްލާގެ އެދުމުގެ މަތިން ޒިވާ އާއި މައިހާ ދިޔައީ ކައިލް އާއި ކިޔާރާ ގޮވައިގެން ރަށުތެރޭ ހިނގާލުމަށެވެ. ޒިވާ ކިތަންމެ ދާން ބޭނުން ނުވިޔަސް މަރީނާ އެހެން ބުނުމުން ދެކޮޅު ހަދާކަށް ނުކެރުނެވެ.

މަގުގައި ހިނގާފައި ދިޔައިރު ޒިވާ ހުރީ ކައިލް އާއި އެއްހަމަ އެއްގައެވެ. ކިޔާރާ އާއި މައިހާ ކުރީގައި ތިބެގެން ވާޙަކަ ދައްކަމުން ދިޔައިރު ދޭތެރެއަކުން ޒިވާ ވެސް އެއްޗެކޭ ބުނެލައެެވ. ނަމަވެސް އެންމެ ފަހަރަކުވެސް ކައިލް އާއި ދިމާއަކަށް ނުބަލައެވެ.ޒިވާގެ ބަދަލު ވެފާވާ މިޒާޖުގެ ސަބަބުން ކައިލްގެ މޫޑު ސަކަރާތް ވިއެވެ.

ވަކި ހިސާބަކަށް ދެވުނު ތަނާ ކިޔާރާގެ އެދުމުގެ މަތިން މަގުމަތީގައި ހުރި ފިހާރައަކަށް މައިހާ ވަނީ ކިޔާރާ ފައިވާނެއް ގަންނަން ބޭނުންވާ ވަަާހަކަ ބުނުމުންނެވެ. އޭނާ މާލެއިން އަންނަމުން ފައިވާނެއް ނުގެންނާތީ މައިހާ ކައިރީގައި ފިހާރައަށް ވަންނަން ބުނީ އެހެންވެއެވެ. ކިޔާރާ އާއި މައިހާގެ ފަހަތުން ޒިވާ އާއި ކައިލްވެސް ވަދެގެން ދިޔައެވެ. ކިޔާރާ އާއި މައިހާ ފައިވާން ހަރުގަނޑާ ދިމާއަށް މިސްރާބު ޖެހުމުން ޒިވާ ދިޔައީ އަންހެނުންގެ ހެދުންތައް އަޅުވާފަ ހުރި ތަނާދިމާއަށެވެ.. ފަހަރަކު ހެދުމެއް ނެގުމަށް ފަހު ގައިގައި ޖައްސަމުން ދިޔައިރު އެހުރިހާ މަންޒަރެއް ބަލަން ދުރުގައި ކައިލް ހުރީ ހައިރާން ވެފައެވެ. ޒިވާ ހަމަ ރަނގަޅަށްވެސް ކައިލް މޮޔަ ކޮށްލާފިއެވެ. ޒިވާގެ ކޮންމެ ހަރަކާތަކަށް ކައިލް ބަލަމުން ދިޔައީ ޝައުގުވެރި ކަމާއެކުގައެވެ.

ޒިވާ އޭނާއަށް ރީތިވީ ގަމީސްކޮޅު ގައިގައި ޖައަށަލައިގެން ހެޔޮ ވަރު ކުރަމް ހުރެފައި ކިޔާރާމެން ކޮބައިތޯ ފަހަތް ބަލާލަން އެނބުރުނު ތަނާ އޭޏާ އާއި ދާދި ކައިރީގައި ހުއްޓި ހުރި ކައިލް ފެނުމުން ސިހިފައި ޒިވާ އަށް ފަހަތައް ޖެހިލެވުނެވެ. ކައިލް ޒިވާ އަށް ބަލަހަށްޓައިގެން ހުރުމުން ޒިވާ ލަދުގަތެވެ. މިއޮށް އޮތްހާއިރު ކައިލް ހުރީ އޭނާ އަށް ބަލަހަށްޓައުގެން ބާއޭ ޒިވާ ހިތަށް އެރިއެވެ. ކައިލްގެ ލޮލަށަ ބަލަން ނުކެރުމުން ޒިވާ އިސްޖަހާލައިގެން ހުރީ އަތުގައި އޮތް ގަމީސހުގެ ގޮށްތަކާ ކުޅެންށެވެ.

” ދޮންތިމެން އެއޮށް ލާރި ދައްކާފަ ނިކުންނަނީ މިހާރު. ހިނގާ ދާން ” ކައިލް ޒިވާ އާއި ދިމާއަށް ބަލާލުމަށް ފަހު ބުނެލެވެ. ޒިވާ އަށް ކައިލް ބުނި އެއްޗަކުން އޭނާގެ މޫނަށް ބަލާލިއެވެ. ކިޔާރާ އަކީ ކައިލްގެ ދޮންތަ ކަން ޒިވާ އަށް އިނގުނީ އަދި ކިރިޔާއެވެ. ކައިލް އާއި ދޭތެރޭ ގޯސްކޮށް ވިސްނުނީތީ ޒިވާ ދެރަވިއެވެ. ކައިލް އެހެން ބުނުމުން ޒިވާ ކައުންޓަރާ ދިމާއަށް ބަލާލިއެވެ. ތެދެކެވެ. ކިޔާރާ އާއި މައިހާ ހުރީ ލާރި ދައްކަން ގޮއްސައެެވެ. ޒިވާ އޭނާ އަތުގައި އޮތް ގަމީސް ހަރުގައި އަޅުވާލުމަށްފަހު މިސްރާބު ޖެހީ މައިހާމެން ތިބި ދިމާއަށެވެ. ކައިލްވެސް ޒިވާގެ ފަހަތުން ހިނގާގަތެވެ.

” ހިނގާ ދެން ގެއަށް ދާން. އިރު އޮއްސެން ކައިރިވަނީ އެއޮށް ” ފިހާރައިން ނިކުންނަމުން މައިހާ ބުނެލިއެވެ. އެކަމަށް ކައިލް އާއި ކިޔާރާ އަދި ޒިވާ ވެސް އެއްބަސް ވުމަށްފަހު ގެއަށް ދާން ހިނގާގަތެވެ. އައިރު ޒިވާ ދިޔައީ ކައިލް އަށް ސިއްރި ސިއްރުން ބަލަމުންނެވެ. ކައިލްގެ ހާލަކީވެސް އެއީއެވެ. ދެމީހުން ހަތަރު ކަޅި ަމަވާ ކޮންމެ ފަހަރަކު ޒިވާ ލަދުން އިސްޖަހާލާ ގޮތް ކައިލް އަށް ވަރަށް ކަމުދިޔައެވެ. ޒިވާގެ ކޮންމެ ހަރަކާތެއް ދިޔައީ ކައިލްގެ ހިތުގައި ބިންވަޅު ނެގެމުންނެވެ.

ޒިވާގެ ހާލަކީ ކޮބާތޯއެވެ؟ ކައިލް އާއި އެއްހަމަ އެއްގައި ހިނގަމުން ދިޔައިރު އޭނާގެ ހަތަރެސްފައި ވަނީ ފިނިވެފައެވެ. ކައިލް ބަލާލާ ކޮންމެ ފަހަރަކު ހަށިގަނޑުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރާ ކަހަލައެވެ. ކިޔާރާ އާއި މައިހާ އާއި ވާހަކަ ދައްކަމުން ހިނިތުންވެލާ ކޮންމެ ފަހަރަކު ކައިލްގެ ރީތިކަން ދެގުނައަށް އިތުރުވާހެން ޒިވާ އަށް ހީވިއެވެ.

ގެއާއި އަރާ ހަމަވުމުން ކިޔާރާ އަވަހަށް ގެތެރެއަށް ވަދެގެން ދިޔައީ އޭނާގެ ފޯނު ކޮޓަރީގައި ބާއްވާފައި އޮތުމުންނެވެ. މައިހާވެސް ކިޔާރާގެ ފަހަތުން ވަދެގެން ދިޔައިރު އޭނާ ދަމުން ދިޔައީ ޒިވާ އާއި ދިމާއަށް ބަލާލުމަށްފަހު ލާނެތް ފާޑަކަށް ހިނިތުން ވެލާފައެވެ. ޒިވާ ވެސް ގެއަށް ދާން މިސްރާބު ޖެހީ ބަންގި ގޮވަން ކައިރިވެފައި ވާތީއެވެ. ކައިލް އާއި ދިމާއަށް ބަލާލުމަށްފަހު ހިނިތުންވެލަމުން ޒިވާ ހިނގާގަތީ ގެއަށް ދިޔުމަށެވެ.

ކައިލް ޒިވާ އަށް ފަސްދިނުމަށް ފަހު އެނުބުރުނު ތަނާ ކުއްލި އަކަށް އިވުނީ ކޮންމެސް މީހެއްގެ ހަޅޭކުގެ އަޑެވެ. ސިއްސައިގެން ގޮސް ކައިލް ފަހަތް ބަލާލި އިރު ފެނުނު މަންޒަރުން ކައިލް އަށް ހީވީ ދުނިޔެ އެނބުރު ހެންނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sshau

Level 110 Stories

Other Articles

Previous

ހުވަފެނަކީ ބިލާހެއް – 1

Next

މާޒީ

Next
July 26, 2019

މާޒީ

Previews
July 26, 2019

ހުވަފެނަކީ ބިލާހެއް – 1

22 Comments!

  1. Sshau says:
    July 26, 2019 at 9:29 am

    Minivan dhuvahuge heyo edhumaa thahuniyya hurihaa readers ah ariskuran??❣️❤️ Here is the 4th part of the story ☺️ ☺️ ❤️ Hope you will like it??❤️ Mistakes huriyya bunela dhehchey & Feel free to comment ☺️?☺️☺️

  2. jiji says:
    July 26, 2019 at 10:33 am

    First dhw..yey..kiyaafa comment eh kohlaanan ingey shauu??

    1. Sshau says:
      July 26, 2019 at 11:24 am

      hehe hmm ❤️?☺️☺️

  3. Sweet says:
    July 26, 2019 at 11:45 am

    When next part…

    1. Sshau says:
      July 26, 2019 at 3:10 pm

      next part insha allah tomorrow nyt ga up kohdheveythw balaanan ☺️☺️☺️

  4. Idiot u know me says:
    July 26, 2019 at 12:01 pm

    Story v reethi Sshau❤❤ next part kon dhuvahakun up kohaalny

    1. Sshau says:
      July 26, 2019 at 3:11 pm

      thx idiot u know me ❤️❤️❤️❤️ Insha Allah tomorrow nyt ga up kohdheveythw balaanan ☺️ ☺️ Happy independence day ? ❤️ ? ❤️ ? ❤️

  5. idiot says:
    July 26, 2019 at 12:39 pm

    vaahaka vv rythi Sshau ❤❤
    nxt part kon irakun baa up vaany waiting avaha up kohdhehchey higey Sshauk

    1. Sshau says:
      July 26, 2019 at 2:33 pm

      Thx idiot…. by the way why do i feel ik u ???☺️☺️

  6. azker says:
    July 26, 2019 at 12:53 pm

    Gina dhuvasthakakkah fahu up vinamaves story v. Furihama….happy independence day????????

    1. Sshau says:
      July 26, 2019 at 2:34 pm

      thx azker ☺️☺️ Happy independence day ?❤️?❤️?❤️?

  7. jiji says:
    July 26, 2019 at 2:39 pm

    Zivaa accident v baa???…Im so so so curious❤❤❤..kon irakunn dhn oii baa upkohlaanyy???..Waiting???..nd also hurihaa kudhinnah HAPPY INDEPENDENCE DAY ingey???

    1. Sshau says:
      July 26, 2019 at 2:57 pm

      next part tomorrow nyt ga insha allah up kureveythw balaanan ☺️☺️☺️☺️ Happy independence day ? ❤️ ? ❤️ ? ❤️ ? ❤️

  8. Makku says:
    July 26, 2019 at 11:47 pm

    Story varah reethi but typing mistake huryma varah undhangoo kiyan next time be careful with that… ❤❤❤❤

    1. Sshau says:
      July 27, 2019 at 12:04 am

      Thx Makku..yh Ik typing mistakes hurikn…..submit kurifahun inguny….sry about that & next part rangalhu kohllanan insha allah

  9. Mimmi7 says:
    July 27, 2019 at 1:08 am

    Woww mi part vx Hama habeys??? Zaaya ah kihineh veebaa ??? i am so curious to knw it…. Mimmi ah nuvx nidheyne Kanyge veegoii neygenees ??❤️???BTW happy independence day to u n all others who read this fantastic stry

    1. Sshau says:
      July 27, 2019 at 9:26 pm

      thx lets see what happens

  10. pichy says:
    July 27, 2019 at 8:12 pm

    Ey Mimmi7 kobaatha Vaahaka.(edhuvasthah aburaa libidhaanebaa)???

    1. Mimmi7 says:
      July 28, 2019 at 11:16 am

      Mihaaru 5th part up vefa innanee u can read it know??

  11. Makku says:
    July 28, 2019 at 11:02 pm

    Sshau next part konirakun

    1. Sshau says:
      July 29, 2019 at 12:53 pm

      Dear next up kohffin…. but its Pending ?? Insha allah vrh avahah publish vaane…. Keep Waiting ☺️☺️

  12. Sparkle girl says:
    August 3, 2019 at 6:58 pm

    Nice

Comments are closed.

Next Episodeހިތްވެސް ދިނީމޭ 5←


All Right Reserved!