Skip to content
އެސްފިޔަ

ލޯތްބަކީ؟

ލޯތްބަކީ ކޯއްޗެއް ހެއްޔެވެ؟ ލޯތްބަކީ ވެވޭ އެއްޗެއް ހެއްޔެވެ؟ ލޯތްބަކީ ވާ އެއްޗެއް ހެއްޔެވެ؟ ވަރަށް އާންމު އެހެނަސް ޖަވާބު ދިނުމުގައި ގިނަ ބަޔަކު ނުކުޅެދިފައިވާ ސުވާލުތަކެކެވެ. ނޫންތޯއެވެ؟ ޖަވާބު ދެވުނަސް އެކި މީހުންނަށް ދެވެނީ އެކި ޖަވާބެވެ.

މި ލިޔުމުގައި މި އަލި އަޅުވާލަނީ އަހަންނަށް ލޯބި މާނަކުރެވޭ ގޮތަށެވެ. ގިނަ މީހުން ބުނާ ގޮތުގައި، ލޯތްބަކީ އިޚުތިޔާރެއް ނެތި ވެވި ދާ އެއްޗެކެވެ. އެހެނަސް އަހަރެންގެ ޒަމީރު އެކަން ދޮގުކުރެއެވެ. އަހަރެންގެ ސިކުނޑި ބުރަވަނީ، ލޯތްބަކީ ވާ އެއްޗެއް ކަމަށެވެ. ތިމާގެ އަމިއްލަ އިޚުތިޔާރާ އެކުގައެވެ.

ލޯތްބަކީ ގޮތް ނޭނގޭ އިހުސާސެކެވެ. އެއީ ބުނެދޭން ނޭނގޭ އިހުސާސެކެވެ. އެ އިހުސާސަކީ އަނެކާއަށް އެދެވޭ ހިނދު އެކުރެވޭ އިހުސާސް އެވެ. ތިމާ އަށް، ތިމާ އަށް ވާ ގޮތެއް ނޭނގި، ވާނުވާ އެއް ބުނެދޭން ނޭނގި، ހިތުގައި “ލޯބި”ގެ ނަން ދެވިފައިވާ އިހުސާސް އުފެދިފާނެ ކަމަކަށް އަހަރެން އެއްވެސް ހާލެއްގަައި ގަބޫލެއް ނުކުރަމެވެ. އެއީ ލޯތްބެއް ނޫނެވެ. އެއީ އަނެކާ އަށް ގަޔާވުމެވެ. ލޯބިވުމެއް ނޫނެވެ.

ލޯބިވުމަކީ އަނެކާ އެނގި ދަސްވުމެވެ. ހަގީގީ ލޯބި ވެވޭނީ ކައިވެންޏަށް ފަހު ކަމަށް ބުނާ ބުނުމަކީ ހަގީގަތެކެވެ. ބައިވެރިޔާ ރަނގަޅަށް ދަސްވާނީ ކައިވެނީގެ ގޮށް ޖަހާލައި އެކުގައި ދުވަސްތައް ހޭދަކުރަން ފެށުނީމައެވެ. ދެން އޭނަގެ ހުންނަ ގަޔާވާ ސިފަތަކަށް ތިބާ ތިމާގެ ހިތް ދޭނެއެވެ. އެ ސިފަތަކުގެ މައްޗަށް ހިތް ދޭދިނުމަކީ ލޯބި ދިނުމެވެ. ލޯބި ވުމެވެ. އެކަމަކު އެއީ ތިމާ ބޭނުން ވީމައެވެ.

ސައިންސްވެރިން ބުނަނީ ލޯތްބަކީ ފޮނި އެއްޗަކަށް ވާ ފަދައިން ގެއްލިއްޖެ ނަމަ ހަބަރަށްވުރެވެސް ހިތި އެއްޗެއް ކަމަށެވެ. ހަގީގީ ލޯބި ވާނީ އެންމެ މީހަކު ދެކެ ކަމަށެވެ. އެކަމަކު އެތައް ބަޔަކު ދެކެ އިންތިހާ އަށް “ލޯބިވާ” ކަމަށް ބުނާ  އަދި އެކަން ދެއްކުމަށް މަސައްކަތްކުރާ މީހުންވެސް ފެނެ އެވެ. އިސްވެ ދެންނެވުނު ފަދައިން ވިސްނާ ނަމަ، އެއީ ލޯތްބެއް ނޫނެވެ. ހަމަ ގަޔާވާ ގަޔާވުމެކެވެ. ލޯބި ކަމަށް ހީކުރެވެނީއެވެ. އެއީ ތިިމާގެ މޮޔަ ކަމެވެ.

Comments (18)

  1. Dhonthy

    V reethi ingey mi liyunkolu??you are a great writer..

    1. Dhonthy
      Dhonthy

      And HAPPY INDEPENDENCE DAY

    2. Z I D H A N (Liyaa Kujjaa)
      Dhonthy

      Thanks and same goes to u.

  2. Shaa

    V reethi liyunkolheh

    1. Z I D H A N (Liyaa Kujjaa)
      Shaa

      Thanks and wish you a very happy independence day.

  3. juma

    nice stry

    1. Z I D H A N (Liyaa Kujjaa)
      juma

      Thanks and wish you a very happy independence day

  4. Aho0

    Kiyan furathama feshi iru heekuree amihla style akah loaiba gulhuvaigen genevifai vaa vaahaka eh kamah.. ?fahun engihjje mi ee free style liyumeh kann..?
    Nice tought ?
    ?? HAPPY INDEPENDENCE DAY!!

    1. Z I D H A N (Liyaa Kujjaa)
      Aho0

      Thanks and wish you a very happy independence day

  5. jiji

    Salhi liyunkolheh???..keep it uo brw..nd yeah HAPPY INDEPENDENCE DAY ingey??…Good night??

    1. Z I D H A N (Liyaa Kujjaa)
      jiji

      Thanks and wish you a very happy independence day

  6. Sham

    Nice❤? ZIDHAN! You are a grt story writer… my favourite❤❤??☺

    1. Z I D H A N (Liyaa Kujjaa)
      Sham

      Thanks and wish you a very happy independence day

  7. Flora?

    Wow. Vrh nyc. Hama thedhu vaahaka eh liyefa miothyy…

    1. Z I D H A N (Liyaa Kujjaa)
      Flora?

      Thanks

  8. Ryn

    V. Salhi ingey thi baskolhu… Good luck ❤️❤️

  9. Azoo

    Wow

  10. Shyn

    V. Salhi ❤️❤️

Comments are closed.