Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާނަން އުމުރަށް – 19 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
August 20, 2019 3 Mins Read
30 Comments

“މަންމަ ބުނީ ޝޭން……….ޝޭން މިހާރު މަސްދުވަސް ވެއްޖެއޯ ކޯމާއެއްގަ އޮންނަތާ……..” ލޮލަށް ބޮނޑިވެފައިވާ ކަރުނަތަށް އޮހިގަތްއިރު އިއްބާން ބުނެލީ މަރުވެފައިވާ އަޑަކުންނެވެ. ޒިލްވާއަށް އެއަޑު އިވުނީ ހޮނުގުގުރިއެއްގެ އަޑަށް ވުރެވެސް ބިރުވެރިކޮށެވެ.

********************

އިއްބާން އިނީ އައިލީންގެ ފައިލް ބަލާންށެވެ. އިއްބާން އައިލީންއާ މެދު ހިތްހަމަޖެހުނެވެ. އިއްބާންއަށް ހުރިހާވެސް މައްސަލައަކީ އެއީ “އައިލީން”އަށް ވީމައެވެ. އައިލީންގެ ސިފައާ ލޫންގެ ސިފަ ވައްތަރުވުމުންނެވެ. އައިލީންގެ ފައިލް ބަލަން އިންދާ އިރުކޮޅެއް ނުވަނީސް ފޯން ރިންގް ވާންފެށުމުން އިއްބާން ހަލޯއޭ ބުނެލީ އެއީ ކާކުތޯވެސް ބަލާލުމެއް ނެތިއެވެ. އެކޮޅުން އިވުނީ އިއްބާން މަންމަ އައިރީންގެ އަޑެވެ. ދެން އިއްބާން ކައިރީގައި އައިރީން ރޮމުން ކިޔައިދިން ވާހަކަ ތަކަކުން އިއްބާންއަށް ޝޮކެއް ލިބުނުފަދައެވެ. ވީ ދެރައިންނާ ލިބުނު ޝޮކުން އިނީ ދެލޯ ބޮޑުކޮއްލައިގެން ހުއްޓުންއަރާފައެވެ. އައިރީން ގޮވަގޮވަ ހުއްޓާ އިއްބާން ފޯނު އަތުގެ ކޮޅަށް ހޫރާލިއެވެ. އެ ހުރިހާ އިހްސާސް ތަކަށް އިއްބާންއަށް އިސްކުރެވުނީ ރުޅިވެރިކަމެވެ. ޓޭބަލް މަތީއިން ވާސް ވެސް އަތުންޖަހާ ވިއްސާލާފައި ހަޅޭއްލަވައިގަތެވެ. އެވަގުތު އައިލީން ވަނުމުން އިއްބާންއަށް ކަންތަށް ކުރެވުނު ގޮތްވެސް އައްބާން ޒިލްވާއަށް ކިޔާދިނެވެ.

“ބެން……ދޮންތައަށް އެނގޭ ބެންއަށް ކުރާނެ އަސަރު….ބަޓް…..އައިލީންއަށް ރުޅިބޭލުމަކީ ރަނގަޅުކަމެއް ނޫނެއްނުން…އޭނާ ގާތުން މާފަށް އެދެންވާނެ އިންގެ…..” ޒިލްވާ އިއްބާންގެ ބުރަކަށީގައި އަތްޖައްސާލަމުން ބުނި ޖުމްއަލަށް އިއްބާން އެކެއްޗެއްވެސް ނުބުނެއެވެ. ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ ސިކުނޑިއަށް ނުއުފުލޭވަރުގެ ހަބަރެއްލިބުނީ ވިއްޔާއެވެ. އެހެން އެއް ދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިއްބާން ވިސްނަން ހުރީ ކޯޗެއް ކަމެއް ނޭނގެއެވެ. އެހެން ހުރެފައި ކޮޓަރިއާ ދިމާލަށް ދާން ހިނގައިގަތެވެ. ޒިލްވާ އިއްބާންއާ ދިޔަދިމާލަށް ބަލަން ހުރުމަށްފަހު ކޮޓަރިއަަށް ވަންނަން ހިންގައިގަތީ ލޮލުގެ ހިމަކޮޅުން ތުރުތުރު ލާފައި ފޭބި ކަރުނަ ތިކި އަތުގެ ނުފުށުން ފޮހެލަމުންނެވެ.

****************************

“ބެ….ބެން….” ޒިލްވާއަށް ހައިރާންވެހުރެ ބުނެލެވުނީ ކަޅުކުލައިގެ އެއްޗެހީގައި ކޮނޑުގައި ބެގްޕެކްއެއް އަޅުވައިގެން ޖީބަށް އެއްއަތް ޖަހާލައިގެން އިސްޖަހާލައިގެންހުރި އިއްބާން ފެނިފައެވެ. ޒިލްވާ ގަވާލުމާއެކު އިއްބާން ޒިލްވާއަށް ބަލާލިއެވެ.

“ދޮންތާ…އަހަރެން މިދަނީ….ބައްޕަ ގާތު ބުނުއްވާތި އަހަރެން ދާވަހަކަ…..އަދި އަހަރެން ވަޒީފާއަށް ނުކުންނަން ފަށާނީ ޝޭން ރަނގަޅުވީމަ…..ޝޭން ގޮވައިގެން އަންނާނީވެސް…” އިއްބާން ޒިލްވާއާ ދިމާލަށް ބަލަން ހުރެ ބުބެލީ ޔަގީންކަން ދިންފަދަ ގޮތަކަށެވެ. ޒިލްވާއަށް ބުނާނެ އެއްޗެއް ނޭގުނެވެ. އިއްބާންއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ދެން އަހަރެން ދަނީ…..” ޒިލްވާ އެއްޗެކޭ ނުބުނުމުން އިއްބާން އެނބުރިލާފައި ދާން ހިނގައިގަތެވެ. ކުރިއަށް އެއްފިޔަވަޅު އަޅާލުމާއެކު ހުއްޓުންއެރީ ކުރިމަތީ ނާހިދު ހުރުމުންނެވެ. އިއްބާން ނާހިދުއާ ހަތަރުކަޅި ހަމަކޮއްލަމުން އިރުކޮޅަކު އެކޮތުގައި ހުއްޓެވެ. ދެން އިސްޖަހާލަމުން ސިޑިއާ ދިމާލަށް ހިނަގއިގަތެވެ.

“ދަރިފުޅާ…” ނާހިދު އަސަރާއެކު ގޮވާލަމުން އިއްބާން އެހުރި ފިޔަވަޅުމަތީ މަޑުކޮއްލިއެވެ. ނާހިދު އާ އިއްބާންގެ ހަތަރުކަޅި ހަމަވި ވަގުތު ނާހިދުއަށް އެތައް ޝަކުވާއެއް އިއްބާންގެ ލޮލުން ފެނިލިއެވެ.

“ދަރިފުޅާ….ބައްޕަ އެކަން ސިއްރުކުރީ ބެންއަށް ކުރާނެ އަސަރު އެނގޭތީއޭ…..ބައްޕަގެ މައްސަލައެއް ނެތް ދަރިފުޅު ދިޔަސް…..އެހުރިހާ ކަމެއް މަންމަ ސިއްރުކުރީ ބައްޕަ ބުނެގެން…ބައްޕައަށް މައާފް….” ނާހިދު ބުނަން އުޅުނު ޖުމުލަ ހުއްޓުނީ އިއްބާން ނާހިދުއާ ދިމާލަށް އެނބުރެމުން ނޫނެކޭ ބުނެލުމުންމެވެ.

“ބައްޕާ…ބައްޕަ އަދި އަޅުގަނޑު ގާތުގައި މާފަށް އެދިލައްވާވަރުގެ ކަމެއް ނުކުރަށްވާ…..އަޅުގަނޑު ބޭނުން ޝޭން ކައިރިއަށް ދާން….އަދި އަޅުގަނޑު މިކޮޅަށް އަންނާނީ ޝޭން ރަނގަޅުވީމަ ޝޭން ގޮވައިގެން…..ދެން އަޅުގަނޑު ދަނީ…” އިއްބާން ނާހިދު ގައިގާ ބައްދާލަމުން ހިނިތުންވެލިއެވެ. އަދި ފަސްއެނބުރި ހިނގައިގަތީ އޭނާގެ މަންޒިލާ ހަމައަށް ދިއުމަށެވެ.

*******************

– 3 ދުވަސް ފަސް –

ބްރޭކް ގަޑިކަމުން އައިލީން ކޭންޓީންގައި އިނީ މިވީ ދުވަސްކޮޅު ތެރޭގައި މި އޮފީހުން ރައްޓެހިވި ދެ އަންހެން ކުދިންކަމަށްވާ ފަނާއާ މިޝާ އާއެކުއެވެ.

“އައިލީންއާށް އެނގޭތަ އިއްބާން އޮފީހަށް ނާންނަނީ ކީއްވެކަން؟” ކާން އިން މިޝާ އައިލީންއާ ދިމާލަށް ފުންނަޒަރަކުން ބަލާލަމުން ބުނެލިއެވެ. އެނަޒަރުން އެކަނިވެސް މިޝާ އައިލީންއާ މެދު ދެކެނީ ރަނގަޅަކަށް ނޫންކަން އެނގޭނެއެވެ. މިޝާގެ މުޅި މޫނު ފުރާ ފައުންޑޭޝަންއާ މޭކަޕުން ފުރިފައިވާއިރު ލައިގެންހުރީ ކްރީމްކުލައިގެ ގަޔަށް ބާރު ހެނދުމެކެވެ. މިޝާއަށް ބެލެމުން ދިޔައީ އައިލީންގެ ރީތިކަމަށެވެ. އެ މޫނުގައި މޭކަޕް ސަރުވެސް ނެތެވެ. ނަމަވެސް އެ ތުންޕަށް ރަތްކަމުން ހީވަނީ ލޭފައިބާ ހެނެވެ. އެދިގު އެސްފިޔަ ތަކާވެސް މިޝާ ހަސަދަވެރިވިއެވެ. ފަނާގެ ހާލަކީވެސް މީއެވެ. މިޝަ އާ ފަނާވެސް އެންމެ ހައިރާންވީ އައިލީންގެ ލޮލުގެ ކަޅި އަޅިފެހިކުލައިގަ އިނުމުންނެވެ. އެދެމީހުން އައިލީންދެކެ އެންމެ ފޫހިވަނީ އައިލީންއަކީ އިއްބާންގެ ޕީ.އޭ އަށް ވީމައެވެ. ނަމަވެސް އައިލީންގެ ބިއްލޫރިކޮޅެއްފަދަ ހިތަށް ޝަކެއްގެ މިންވަރުވެސް ނުވެއެވެ.

“ނޫން…ނޭނގެ….” މިޝާ އިއްބާންއާ ބެހޭގޮތުން ސުވާލުކުރުމުން އައިލީންގެ ހިތް ތެޅިލީ މީގެ ތިން ދުވަސްކުރިން ހިނގި ހާދިސާ މަތިން ހަނދާންވެފައެވެ.

“ކޮބަ އެހެންވެއޭ ބުނަނީ…..މަށައް އެނގޭ އޭނާ ދިޔައީ ކޮންތާކަށްކަން…” މިޝާ ޗޮކެއް ކަނޑާލަމުން ބުނެލިއެވެ. ފަނާވެސް އައިލީންއާ ދިމާލަށް ބަލާލާފައި ހީލީ މަލަމާތުގެ ހިނިތުންވުމަކާއެކުއެވެ. އައިލީންވެސް ފަނާއާ ދިމާލަށްބަލާލަމުން އެ މައުސޫމް ހިނިތުންވުން ހަދިޔާ ކޮއްލިއެވެ.

“އޭނަ ދިޔައީ ލަންޑަންއަށް……ނޭންގެ ކީކުރަން ކަމެއް….ކޮބަ… .އަހަންނަށް އެނގޭވަރު އައިލީންއަށްވެސް ނޭނގޭ……އޭނާ ނުބުނަނީތަ އައިލީން ކައިރީ އެކެއްޗެކޭވެސް…..” މިޝާ ފޮނިވެލާފައި ބުނެލިއެވެ.

“ނޫން….އެހެނެއް ނޫނޭ މިޝް…..ސަރ އާ އަހަރެން ދިމާވީ އިހަކަށް ދުވަހު…..އަހަރެން މި އޮފީހަށް ޖޮއިންވި ދުވަހު ސަރ ޗުއްޓީ ނެގީ….” އައިލީން ހިނިތުންވެލަމުން ބުނެލި ނަމަވެސް ހިތުގައި ރިއްސާލިއެވެ. އައިލީން “ސަރ” އެބަސް ބޭނުން ކޮއްގެން ވާހަކަ ދެއްކުމުން ފަނާއާ މިޝާ ތިބީ ފާޑަކަށް އައިލީންއަށް ބަލާންށެވެ. ނަމަވެސް އައިލީން އިސްއުފުލާ އެދެމީހުންނާ ދިމާލަށް ބަލާލުމާއެކު މިޝާ އާ ފަނާ ދެއްކުންތެރި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކޮއްލިއެވެ.

“ދެން ދަނީއޭ….” ފޯނުން ގަޑި ބަލާލަމުން އައިލީން ބުނެލިއެވެ. އަދި ކޭންޓީނުން ނުކުންނަން ހިނގައިގަތެވެ. އައިލީން ދިއުމުން ފަނާއާ މިޝާ އެ މީހުންގެ ވާހަކައިގަ ޖެހުނެވެ.

“އޭ ފަނާ….ހުވާ މިބުނީ އެ އައިލީންއެއް އެހާ ފޮނިވެގެން އެ އުޅެނީ ކިއްވެތަ؟….” ދެބުމަ ގޮއްޖަހައިގެންހުރެ މިޝާ ބުނެލިއެވެ.

“ނޭނގެ މަށަކަށް….މާރީތި ސިފަތަކެއް ލިބިގެން އަދި ތުއިވާ ވަރެއް ނުވެއެންނުން….އިއްބާން ގެ ޕީ.އޭ އަށް ވެވުނީމަ އެއުޅެނީ ދެން މާ މަތިވެގެން…..” ފަނާ އައިލީން ދިޔަ ދިމާލަށް ބަލާލަމުން ބުބެލީ ރުރިވެރި ކަމާއެކުއެވެ. ފަނާގެ ދެލޮލުން މީހަކު އަންދާލައި އަޅިއަށް ހަދާލެވޭނަމަ އޭނާ އެންމެ ފުރަތަމަވެސް އަންދާލައި އަޅިއަށް ހަދާލާނީ އައިލީންއެވެ. އަދި އޭނާއަށް ވެވޭނަމަ އިއްބާންގެ ޕީ.އޭ އެއްގެ ގޮތުގައިވެސް ހުންނާނީ އޭނައެވެ.

“މާރީތި ލޮލެއް ލިބިގެން ވިއްޔާ އެއުޅެނީ….ހީވަނީ ބުޅަލުގެ ދެލޯހެން…….” މިޝާ ބުނެލިއެވެ. އަދި ދެމީހުން އެކީގައިހެން ހިނިގަނޑެއްޖަހާލިއެވެ.

*************************

އިއްބާން ހުރީ ބޮޑުކޮޓަރިއެއްގެ ތެރޭގައި ހުރި ކިންގަސައިސް އެންދެއްގެ ކައިރީގައެވެ. މުޅި ކޮޓަރިއަށް މަރުފަދަ ހަމަހިމޭންކަމެއް ވެރިވެފައިވާއިރު އިވެނީ އެކޮޓަރީގައި ހުރި މެޝިންތަކުގެ އަޑު އެކަންޏެވެ. އިއްބާން ހުރީ އެނދުކައިރީ ކޮޅަށެވެ. އިއްބާން އެންދުމަތީގައި އޮތް މީހާއަށް ބަލާލިއެވެ. އިއްބާން ގެ ސޫރައާ އެނދުމަތީގައި މެޝިންތަކާ ގުޅުވާފައި އޮތްމީހާގެ ސޫރައާ ތަފާތެއްނެތެވެ.

“އައިޝަމް…” އިއްބާންގެ ފަހަތުންކަހަލަ ގޮތަކަށް އައިރީން ބުނެލި އަޑުއިވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ރޫޙާނީ ބިރު – 4 –

Next

ސޫރަތިޔޭ 3

Next
August 20, 2019

ސޫރަތިޔޭ 3

Previews
August 20, 2019

ރޫޙާނީ ބިރު – 4 –

30 Comments!

  1. malsamalkkomal says:
    August 20, 2019 at 11:02 pm

    Hello guys…. Ummeedhu kuran hurihaa kiyuntherinnanh mi part kamudhaane kamah……
    Next part Insha Allah varah avahah……
    Love you all my readers….thanku for supporting me….kiyaalaafa comment eh koalahcy….
    Nyts….?♥❤

  2. ❤Meh❤ says:
    August 20, 2019 at 11:06 pm

    Maashaa allah vrh reethi vhk eh.. confused about this sheyn n aishamm… waitin 4 next part.. when next…..

    1. Malsa Moosa says:
      August 21, 2019 at 3:55 pm

      Thanksss
      ❤Meh❤….Aisham akee shyn…eii nikname ….lets see what happen next..dhw…
      Next part Insha Allah varah avahah….ly..♥

  3. Shahu says:
    August 21, 2019 at 12:09 am

    Woooooww varah salhi mi part ves ? ? ? ? ? love you malkko ❤️ ? ? ?

    1. Malsa Moosa says:
      August 21, 2019 at 4:04 pm

      Thank you soooo much shahu…lve u to…?

  4. Luc!f3r says:
    August 21, 2019 at 7:32 am

    Oooh.. A twin.. Sheyn aky Aisham ge nickname dhw.. Adhives ithuru kujjeh hurey baa egeyga.. Now this entry of his twin is making me curious abt a lot of things

    1. Malsa Moosa says:
      August 21, 2019 at 4:06 pm

      Thanku lucifer..yeah twins eyy…yes…eii nikname…yeah…
      Malves varah curious vefa mi hunnanee dhen vaane gothakaamedhu….let’s see dhw what happen next…??..

  5. Rainbowdazzle says:
    August 21, 2019 at 12:30 pm

    so there are twins?? wow! loved this part

    1. Malsa Moosa says:
      August 22, 2019 at 1:46 pm

      Rhank u Rain….yeah they are twins….?..

    2. Malsa Moosa says:
      August 22, 2019 at 1:47 pm

      Thank*

  6. Meekkomee says:
    August 21, 2019 at 12:31 pm

    varah reethi ingyy mi part ves 🙂

    1. Malsa Moosa says:
      August 21, 2019 at 4:07 pm

      Thanku Meekko…ly?

  7. Vikovikko says:
    August 21, 2019 at 12:38 pm

    Nice work mal☺️☺️☺️

    1. Malsa Moosa says:
      August 21, 2019 at 4:07 pm

      Thanku vikko….♥

  8. akko says:
    August 21, 2019 at 1:58 pm

    mashahves varah salhi mi vaahaka

  9. malsamalkkomal says:
    August 21, 2019 at 4:08 pm

    Thank soo much akko…lysm♥

  10. jiji says:
    August 21, 2019 at 4:20 pm

    Ibban n aisham aky twins eh kahneyge..nd also aisham ge nickname aky sheyn hen hyvanyy..Mal whn next..v curious vefa mihuryy??????????????

    1. malsamalkkomal says:
      August 21, 2019 at 4:45 pm

      yeah they are twins…..Next part Inshaa Allah varah avahah…♥♥

    2. malsamalkkomal says:
      August 21, 2019 at 4:46 pm

      thank u Vernon….yeah…keep waitting….?☺…

  11. Vernon says:
    August 21, 2019 at 4:22 pm

    Wow. This part is great. Love it . Good luck fo next. Waiting.

  12. Cuty says:
    August 21, 2019 at 5:49 pm

    Wow.. V Reethi Mi part… Can’t wait for the next part..

  13. malsamalkkomal says:
    August 21, 2019 at 6:17 pm

    Thank u sooooo much cuty…
    ly?❤♥..

  14. maanee says:
    August 22, 2019 at 11:52 am

    mallu mi part vessa hama vrh furihama…maanee ah adhikiriyaa ey mi ol vevuny….dhn inna part vessa mihaa furihama vaane kmh ummeedukuran….ly

  15. malsamalkkomal says:
    August 22, 2019 at 1:49 pm

    Than u soooo much maanee…yeah will try mihaa furihamakoa liyevetoa…thanks for supporting mee….lve u to?♥…

  16. Makku says:
    August 22, 2019 at 3:14 pm

    varah rythi lysm

  17. malsamalkkomal says:
    August 22, 2019 at 7:32 pm

    Thanks Makku…☺..

  18. Emm says:
    August 22, 2019 at 10:27 pm

    mal… wow! its outta world… ma sha allah… u r so so talented… kurin vx cmnt eh kurin… but eyeh vx nudhey… whn next??? waitingg

    1. Malsa Moosa says:
      August 23, 2019 at 1:00 pm

      Ehehe….Thanks Emmoo..kurin in comment pending ga indefa neyge veegotheh..but mi commen meeneethaa dhw….Next part Next Week ge wed ga Noony thursday ga….yeah…keep waitting…lysm?♥❤♥……

  19. IsHa says:
    August 22, 2019 at 10:33 pm

    Mall sisooo vv reethi

  20. malsamalkkomal says:
    August 23, 2019 at 1:01 pm

    Thank u soooo much Isha….lysm.?♥❤♥…

Comments are closed.

Next Episodeވާނަން އުމުރަށް – 20 –←


All Right Reserved!