ނާއިންސާފް 31
“ޝާންއޭ؟ ޝާން އަނެއްކާ ކީތް ކުރީ.” އަހަރެން ވަރަށް ހަމަ ޖެހިލައގެން އެނދުގައި ދެމިލީމެވެ. ބޭނުންވަނީ އަދިވެސް ނިދާށެވެ.
“ޝަޔާން ކަމެއް ކުރިޔެކޭ ނުބުނަމެއްނު.. ގެއްލިގެން ރިޕޯރޓް ކޮށްފަ އެބެތް..” އަޔާޒް ބުނެލިި އެއްޗަކުން އަހަރެންގެ ސިކުނޑީގެ ހަމަޖެހުން ގެއްލުނެވެ. ޝަޔާން ގެއްލެންވީ ސަަބެއް އެބެތްހެއްޔެވެ؟
“އެއީ ކިހިނެއް ކޮން އިރަކު؟” އަތުޖެހުނު ފުރަތަމަ ޓީޝާޓު ގަޔަށް މަހަމުން އަހާލީމެވެ. ލެވުނު ޓީޝާުޓު ފެނުނީ ލެވުނު ފަހުންނެވެ. ފެނުނު ކަމެއް ނޭންގި އެ ބާލާ ހޫރާލީމެވެ. ކާކު އަހަރެންގެ ކޮޓަރީގައި ބޭއްވި މާޖެހި ޓޝާޓެއްހެވެ.
“ވީތަނެއް ނޭންގި ދެދުވަސް ވެގެން ރިޕޯޓުކުރީ، ހަމަ ދެންމެއަކު”
“ކައެ ކޮންތާކު..” އަތް ކުރު ކަޅު ޓީޝާޓެއް ލަމުން އަހަރެން އެހީމެވެ.
“މ އާދެވުނީ.” އަޔާޒްގެ ޖަވާބާއި އެކު އަހަރެން ފޯނު ކަނޑާލީމެވެ. އަދި، މަޑުކުރުމެއް ނެތި، ބޭރަށް ނިކުތީމެވެ.
…………….
“ކީއްވެ އެމްއެސްއޭއަށް؟” އަހަރެން ސުވާލު އުފެދުނީ ސަފާރީއަކަށް ދިޔުމުގެ ބަދަލުގައި ސީދާ އެމްއެސްއޭގެ މައި އިދާރާއަށް ދާން ޖެހުމުންނެވެ.
“އެކޮޅުން ހުއްދަ ހޯދައިގެން އަހަރެމެންނަށް މި ކޭސްއާ ކުޅެވޭނީ…” ހެލިކޮޕްޓަރު ހުންގާނުގައި އިނދެ، އަޔާޒް ޖަވާބު ދިނެވެ.
ވަގުތުގޮތުންނާއި އެކު، މުޅި ބޯޓު ތެރެ ފުދޭ ވަރަކަށް ހަމަ ހިމޭނެވެ. އެތެރެއަށް ވަން ތަނާހެން ރިފާޝާ އައިސް އަހަރެމެންނާއި ގުޅުނެވެ.
އަޔާޒްމެންގެ ފަހަތުން އަހަރެން ދިޔައީ ވަރަށް މަތީ ފްލޯއެއްގައި ހުރި ކޮޓަރިއަކަށެވެ. އެތަނަށް ވަނުމަށް، ފަސް ހަ ހުރަސް ގިރާ ކުރަން ޖެހުނެވެ. އެންމެ މީހެއްގެ ކާޑުން އެމީހުން ފުއްދާވެސް ނުލިއެވެ. ކޮންމެ މީަކުމެ ކާޑު ދައްކަން ޖެހުނެވެ.
އެތަނަށް ދެވުމުން ސަބަބުވެސް ސާފުވިއެވެ. އެއީ އެމްއެސްއޭގެ ހުރިހާ މައުލޫމާތުތައް ހުންނަ އޮފީސްގަނޑެވެ. އެ ބޮޑު ފާރު އެއްކޮށް ކަވަރ ވާވަރުގެ ސްކްރީނުން، ތަހުޤީގު ހިނަގމުން ދާހުރިހާ ކަންކަމެއް ފެންނަން ހުއްޓެވެ. ކޮންމެ ދުވަހެއްގެ މަސައްކަތުގައި، ބަރާބަރަށް ތަފްސީލީ މައުލޫމާތު ފޮނުވަން ޖެހެނީ މިކަމަށްތާއެވެ.
“ސަރ، އަޅުގަނޑުމނެ ބޭނުން މި ކޭސް.” ޝަޔާންގެ ފޮޓޯ ލައިފައި އިން ގޮޅިއަށް އިޝާރާތްކޮށް ރިފާޝާ ބުނެލިއެވެ.
ރިފާޝާ، ސަރ އާއި ވާހަކަ ދައްކައިގެން އެ ކޭސް ހޯދިއެވެ. އެތަނުން ދިން މައުލޫމާތުތައް ހުރި ޕެންޑްރައިް ހިފައިގެން އަޔާޒް އަހަރެމެންގެ ކޮޓަރިއަށް ދިޔުމުން، ރިފާޝާއާއި އަހަރެން، މިސްރާބުޖެހީ، ދަތުރުު ފަތުރު ހަމަޖައްސާ ކޮޓަރިއަށެވެ. އެ ތަނުގައި، އަހަރެމެންނަށް ބޭނުން ކުރެވޭނެ ސަފާރީތަކާއި ލޯންޗުތަކާއި އޭގައި ތިބޭނެ ފަޅުވެރިން އަދި ލިބޭނެ ތަންތަން ޓަޗް ސްކްރީނުން ފެންނަން ހުއްޓެވެ.
ރިފާޝާ ސަފާރީ ބުކް ކުރާ ތަނާ ދިމާއަށް ދިޔުމުން އަހަރެން ދިޔައީ ލޯންޗެއް ހޯދާށެވެ. އަހަރެންގެ ނަސީބު ކަންނޭންގެއެވެ. އެވެއިލެބްލް ލޯންޗްތަކުގެ ލިސްޓުތެރޭ، މާހިލްގެ ލޯންޗުއޮތެވެ. ރިފާޝާއާ މާހިލް ކޯޅޭވަރު ހިތަށް އެރުމާއިއެކު، އަވަހަށް އެ ލޯންޗު ބުކް ކޮށްލީމެވެ. އަދި ރިފާޝާ އައުމުގެ ކުރިން އިތުރު ދެ ލޯންޗެއްވެސް ހޯދާ، އަވަހަށް އެތަނުން ނިކުތީމެވެ.
ޝަޔާންއާއި އެކު އުޅޭ ގިނަބައެއް، ވަކިން ޙާއްސަކޮށް ބޭންޑު ގްރޫޕްގެ މައުލޫމާތުތައް އެއްތަންކޮށްފައި، ގެއަށް ދެވުނު އިރު އިރުއޮއްސެނީއެވެ. ރަނގަޅަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ފޯނު ރިންގުވާން ފެށިއެވެ.
ނަންބަރު ފެނުމާއިއެކު އަހަރެންނަށް ހިނިތުންވެލެވުނެވެ. އަހަރެންގެ އީން އަހަރެން މަތިން ހަނދާންވަނީ ހެއްޔެވެ؟
“ހޭ ޒިން.”
“ކީކޭ އީން؟” އެލީނާއަށްވުރެ ތުއިކޮށް އަހަރެން އަހާލީމެވެ. ހަމައެކަނި ބޭނުމަކީ އެލީނާ ހެއްވާލުމެވެ.
“ކާކާ ތި ވާހަކަ ދައްކަނީ؟” ދޮރުހުޅުވާލައިފައި ވަތް މީހެއް އެލީނާ ކައިރީ އަހާލި އަޑު އިވުނެވެ. ބޮޑު ފިރިހެނެއްގެ ބަރު އަޑެވެ.
“ކާކު؟” އަހަރެން އަހާލީމެވެ. ކުރީ ދުވަހުގެ ހާދިސާއަށް ފަހު، އީންއަށް ކަމެއްވެދާނެތީ، އަހަރެންގެ ހިތް ބިރުގަންނަނީ ވަރެއްވަރެއް ބަލާފައެއް ނޫނެވެ.
“ހުހް.. ކާކު ހެއްޔޯ؟ ލޮލް.” ދެން ޖަވާބު ދިނީ އެމީހެކެވެ. ދެވަނަ ވސްނުމަކާ ނުލައި އަހަރެންނަށް އެއީ ކާކުކަން އިނގުނެވެ. އަހަރެންގެ އަމިއްލަ ނަފްސު އޮޅުނަސް، އެ ނުބައި މީހާގަނޑު އަހަރެންނަށް އޮޅުވައެއް ނުލެވޭނެއެވެ.
“އޭ ލުވެއިޒް.. ކައެ ކޮބާ.. ފިލައިގެން ގޮސް، ފިލައިގެން އައިސް، އަންގާވެސް ނުލައޭ ދޯ.” އަހަރެން ގޮސް ބެލްކަނީގައި ހުއްޓިލީމެވެ. ލުވެއިޒްވެސް ހޯދާފަ އެހުރި ނުލަފާ ކަމަކުން ބޮލަށް ތުރަލެވެ.
“އޭ ކޮންމެސް އިރަކުން އާދެބަލަ……. ކޮންމެސް އިރަކުންނެއް ނޫން ހަމަ މިހާރު..” އަހަރެން އަމުރުކޮށްލީމެވެ. ލުވެއިޒްވެސް ހަމަ ހުރެފަ ފިލަން ޖެހޭހެއްޔެވެ. އެކަހަލަ ކަމެއް ކުރަންޏާ ކުރަންވާނީ އަހަރެންވެސް ގޮވައިގެން ނޫންހެވެ. ހަމަ އަހަރެން ކުޑަވީމަ އަހަރެން ބާކީ ކުރަނީއެވެ.
“ކައެ މައެ ކޮއްކޮ ގޮވައިގެން އުޅޭ އިރުވެސް މިގެޔަށް އާދެވޭ ކަމަކަށް ނުވޭ… މަށެއް ނުދާނަން. މާޒިން އާދޭ..” ލުވެއިޒް ދެކޮޅު ހެދިއެވެ. އަބަދެކޭވެސް އެއްގޮތަށެވެ. ބިސްނަސް ކަމެއްގައި ނޫނީ ގެއިން ބޭރަށް ނިކުތިއްޔާ ލުވެއިޒްގެ އަތެއް ފަޔެއް ބިނދެނީ ކަންނޭންގެއެވެ.
އެންމެފަހުން އަހަރެންނަށް ޖެހުނީ ދާށެވެ. ލުވެއިޒް ގޮތް ދޫނުކުރުމުން ދެން އަހަރެން ކުރާނީ ކީތްހެވެ.
…..
“އޮހް.. މާޒިން…” ދޮރުހުޅުވީ އެލީޒާއެެވެ. އާދަޔާ ޚިލާފު ކަމެކެވެ. މީ އެލީޒާ އެހެންޏާ ގޭގައި އުޅޭ ވަގުތެއްވެސް ނޫނެވެ. އަމުދުން ދޮރު ހުޅުވުމަކީ އެލީޒާއަށް އަނެއް ބޮޑު ކަންތަކެވެ. އެހެންވީމަ އެ ހަދާ ވަރުގަދަ ސިހުރެއް ހަދަނީ ހަމައެކަނި އެލީނާއެއް ނޫންތާއެވެ. އަޔާޒްގެ ސިހުރުގެ ބާރުގައި އެއޮތް ފަދަ އެލީޒާވެސް އެހުރީ ޖެހިފައެވެ.
“މާޒިން ގަނޑާ.” އައިގޮތަށް އައިސް ލުވެއިޒް އަހަރެންގެ ކޮނޑަށް އަތް ވައްޓާލިއެވެ. އެ ފަަލަ ބޮޑު މީހާގެ ހުރިހާ ބަރެއް، އަހަރެންގެ ނިކަމެތި ކޮނޑަށެވެ. މީނަޔާ އެއްކޮށް އުޅެންވެއްޖިއްޔާ އަހަރެން ދުވަސްކޮޅަކުން ފަނާވެދާނެއެވެ.
ދާންވީ ތަނެއް ނުވެސް ބުނެ، ލުވެއިޒް އަހަރެން ދަމާފައި ގެންދިޔައެވެ. މައްޗަށެވެ. އަހަރެންނަށް ސިޑިން އަރަން ޖެހުނީވެސް ލުވެއިޒްގެ ބަރު ކޮނޑުއަޅައިގެންނެވެ. ގެންދަން އެއުޅޭތަން އެނގުމުން، އަހަރެން ނުދާން ގަދަ ހެދީމެވެ. ލުވެއިޒް ކުރިމަތީ، އެލީނާއާއި ދިމާއަށް ބަލައިލިޔަސް އުމުރުދުވަހު އެވާހަކަ ދައްކާނެއެވެ. އަހަރެން ނޫނެކޭ ކިޔަކިޔާ ހުއްޓާ، ކޮއްޕަމުން ކޮއްޕަމުން، ލުވެއިޒް، އަހަރެން އެލީނާގެ ކޮޓަރިއަށް ވެއްދިއެވެ. މޮޔަވެެގެން އުޅޭ މީހެކެވެ.
“ޒިން!” ފުނާ ހިފައިގެން، ރީތިވާ މޭޒު ދޮށުގައި އިނދެފައި، އެލީނާ ވުގުތުން ތެދިވިއެވެ. ލުވެއިޒް ބޭނުންވި ކަންތައް ކިތަންމެހާ ވެސް މޮޅަށް ވެއްޖެއެވެ. ހޭން ފެށި ގޮތަށް ނުވެސް ހުއްޓިއެވެ.
“އޭތް.. ކައެ ކީތްކުރަން، ކޮންތާކަށް، ކީއްވެކަން ދިޔަތަނަކަށް ދިޔައީ ކިޔާބަ..” އަހަރެން އެލީނާ ގޮވައިގެން ސޯފާއަށް ވެޑުވެލީމެވެ. ދުރުގަ ތިއްބަސް ކައިރީގަ ތިއްބަސް ލުވެއިޒް ހޭނެއެވެ. ދެން ކޮންމެހެން ދެރާއްޖޭގައި ތިބޭނެކަމެއް ނެތް ނޫންހެވެ.
“އެވާހަކަ ދޯ… އެއްކަލަ އަންހެނާ.. ޝާނާ. އޭނަ މަރުވި ހިތާމަ ކުރަންށޯ… ލޮލް.” ލުވެއިޒްގެ މިޒާޖަށް އައިސްފައި ހުރި ބަދަލު އަހަރެންނަށް ފާހަގަވީ އެހިސާބުންނެވެ.
“ލުވެއިޒް.!” އަހަރެން ގޮވާލިމެވެ. ލުވެއިޒް ދުވަހަކުވެސް މިހެނެއް ނޫޅޭއެވެ. ދުވަހެއްގެ ކޮޅުންވެސް ޝާނާއާ ދިމާއަށް ދެރަ އެއްޗެކޭ ނުބުނާނެއެވެ. ލޯބީގައި މުޅިން ފަނާވެގެން އުޅުނު މީހެކެވެ. ރިސޯޓަކަށް ދެވިގެން މިވަރަށް ބަދަލުވާން، ވީ ކީތްހެވެ.
“ހޫނ.” ކުރިން ހުންނަ ރަސްމީ ގޮތްގަނޑުވެސް މުޅިން ގެއްލިފައެވެ. މުޅި މީހާ އެހުރީ ފޯރމެޓް ކޮށްލާފައި ކަންނޭންގެއެވެ.
“ކައެއަށް ކިހިނެއް ވެފަ ތިހުރީ..” އަހަރެން އެހީމެވެ.
“މަށަށް ކަމެއް ވެއްޖެތަ؟” ލުވެއިޒް ރުންކުރު ޖަވާބެއް ދިނެވެ. އެއީވެސް މީގެ ކުރިން، ލުވެއިޒްގެ ކިބައިން ނުފެންނަ ސިފައެކެވެ. ރަނގަޅަށް ވިއްޔާ މިއީ ލުވެއިޒް ސިފަ ޖެހިގެން ހުރި ޖިންނިއެކެވެ.
“ޒިން.” އިތުރު އެއްޗެއް ބުނަން އަނގަހުޅުވާލުމާއިއެކު އެލީނާ ދެފަރާތަށް ބޯހޫރާލިއެވެ. އެ ބުނީ އެ ވާހަކަ އިތުރަށް ކުރިއަށް ނުގެންދާށޭ ކަން އަހަރެންނަށް އިނގުނެވެ. އެކަަމަކު، އަހަރެން އަހަރެންގެ އެކުވެރިޔާ ބޭނެވެ. ލުވެއިޒްއަކީ، ޝާނާ އަވައިގައި ޖެހި އެހާ ވަރުވާނެ މީހެއް ނޫނެވެ.
ލުވެއިޒްއާއި ވަކިން ވާހަކަ ދައްކާލަން ވަގުތުކޮޅެއް ދޭން ބުނުމުން، އެލީނާ، ދެކޮޅު ހެދުމެއް ނެތި އެއްބަސްވެ، ބޭރަށް ނިކުތެވެ. އަހަރެން ގޮސް، އެލީނާގެ އެނދުގައި ލުވެއިޒް ކައިރީ އިށީނީމެވެ.
“ލުވޭ. ދެރަވިޔަސް ޔޫ ކާންޓް ކިލް ޔުއަރ ސެލްފް..” އަހަރެން ކިރިޔާ އަޑު އިވޭނެ ވަރަށް ބުނެލީމެވެ.
“ޒިން… ޝީ އިސް ޑެޑް… މައި ޝާ އިސް ޑެޑް.” ލުވެއިޒްގެ އަޑާއި ރާގު އަސްލު ހާލަތަށް ރުޖޫޢަ ވިއެވެ.
“އެކަމަކުވެސް.. ދެން ޝާ އަކީ ކާކުތަ؟” ލުވެއިޒްއަށް މުހިންމީ ހަމައެކަނި ޝާ ތަ؟ ދެން މަށޯ؟ އަޅެ ހިތަށް ތަދު ވެއްޖެ؟ ހިތް ކުދި ކުދި ވެއްޖެ…” އަހަރެން ޑްރާމަ ގަނޑުފެށީމެވެ.
“އޭ ޒިން ދެން.. ދެން ހެވޭ… ޒިންވެސް ހަމަ މުހިންމޭ.. ދުވަސްކޮޅަކުން އެ އޯކޭ ވާނެ..” ލުވެއިޒް، ޙަޤީގީ ހިނިތުންވުމެއް ދިނެވެ. ހަމަ އަމިއްލައަށްވެސް ރަނގަޅު ނުބައި އިނގެއެވެ. އެކަމަކު އެގޮތަށް ނޫޅެނީއެވެ.
“އަދިވެސް ނުބުނަމެއްނު ޝާ މައްސަލަ ނިމުނު ގޮތެއް.” ހަނދާންވެގެން އަހަރެން އަހާލީމެވެ.
“ދެން އިނގއެއްނު. ޝާ އަމިއްލައަށް ކުރި ކަމެއް ކަމަށް ނިމުނީ.. ކަޒް ދެޓްސް ދަ ޓްރުތް” އެކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަން ޖެހުމުން، ލުވެއިޒް އިސްޖަހާލިއެވެ.
…………………
އިރުކޮޅަކު އެކި އެކި ވާހަކައިގައި ތިބެފައި، އަހަރެމެން ނިކުތް އިރު އެލީނާއާއި އެލީޒާ ބޮޑު ވާހަކައެއްގައި ތިއްބެވެ. އެވެސް އާދަޔާ ޚިލާފު ކަމެކެވެ. އަބަދު ތަޅާފޮޅާ ދެމީހުން، އެއްތާކު ބޮޑުތަކުރުފާނު ވާހަކައިގައި ޖެހިފައެވެ. އަހަރެމެން ދެމީހުން ގޮސް ސޯފައިގައި އިށީނުމުންވެސް އެމީހުން އެ ވާހަކައެއް ހުއްޓާކަށް ނޫޅުނެވެ.
“ކީކޭތަ ތި ކިޔަނީ..” އިރުކޮޅަކު މަޑު ހުރެފައި ލުވެއިޒް އަހާލިއެވެ.
“ރައު ހުޅުމާލެއަށް ދިޔަ ގޮތަށް ނުއެއް އާދެޔޯ. މިކިޔަނީ މިހާރު ދިވެހި ރާއްޖެއަކީވެސް އުޅެވޭ ވަރު ތަނެއް ނޫނޭ.” އެލީޒާ ބުންޏެވެ.
“ރައު؟ ތިބުނީ ރައުހާ؟” ހިތް އަވަސް ކަމާއި އެކު ފޯނު ނަގަމުން އަހަރެން އެހީމެވެ. ކަމެއް ވިކަން އަހަރެންނަށް ނޭންގެންވީ ކީތްވެހެވެ. ޝާން ގެއްލުނު ކަންވެސް ރިޕޯރޓް ކުރާއިރަށް އަހަރެންނަށް އެނގިއްޖެއެވެ.
“ހްމް ރައުހާ.” ދެންވެސް ޖަވާބު ދިނީ އެލީޒާއެވެ. އަހަރެން އިނީމާ އެލީނާ ލަދު ގަންނަނީ ކަމަށްވެސް ވެދާނެއެވެ. ދެރަ ކަމެކެވެ.
މެސެޖުތައް ހުޅުބަވާލިއިރު، އަޔާޒްގެ މެސެޖުތައް ފުނި ޖެހިފައެވެ. ކޯލްްތައްވެސް މަދެއް ނޫނެވެ. ފޯނު ނުނަގައިގެން އެ ސޮރު ނުކުރާކަށް ޝަކުވަލެއް ނެތެވެ. ދެން ބައެއް ވަގުތު ސައިލެންޓުގައިވެސް އޮންނާނެ ނޫންހެވެ.
“ތި ވާނީ އެދެމީހުން، ޕްލޭން ކޮށްގެން ފިލީ ކަމަށް..” ވިސްނުމެއްގައި ހުރެފައި އަހަރެން ބުނެލީމެވެ. ޝަޔާން އާއި އެކު ރައުހާ ގެއްލުމުން ދެން ބުނެވޭނީވެސް އެހެން ނޫންހެވެ.
“ޝާން މެން ދެމީހުން؟ ނޯ… އެމީހުން ހަފްތާއެއްހާ ދުވަސްކުރިން ބްރޭކްއަޕް ވީ..” އެލީޒާ އަހަރެންގެ ޚިޔާލަށް އިންކާރު ކޮށްލިއެވެ.
“އެހާ ޒަމާނު އެއްކޮށް އުޅެފަ ބްރޭކްއަޕް ވީ؟ ލޮލް. ތީ އެންމެންނަށްވެސް ވާވަރު.. އަދިވެސް ފާޑެއްގެ ލަވް ގޭމު ގަނޑެއް ކުޅެން ވާނެ.” ބުނެވުން އެއްޗަކަށް އަހަރެން މާ ބޮޑަކަށް ނުވިސްނަމެވެ. އަބަދުވެސް އަހަރެން ބުނާ ޒާތުގެ ޖުމުލައެއް ވީމައެވެ ކަމެއް ވެއްޖެކަން ނޭންގުނީވެސް ނުވިސްނޭ ވަރުންނެވެ.
“އުހުމްއުހުމް…” އެއް ފަހަރު އަހަރެންނަށް އަނެއްފަހަރު އެލީނާ އަށް ބަލައިލަމުން، ލުވެއިޒް ކަރުކެހެން ފެށިއެވެ. އެލީޒާވެސް ނިތް އަރުވައިގެން އިނދެ ގޮތަކަށް ހެމުން ދިޔައެވެ.
އެދެމީހުންނަށް ބަލަން އިނުމަްފަހު، ދެން އަހަރެން އެލީނާއަށް ބަލައިލީމެވެ. ހައިރާންވެ، ދެރަވެފަ، ރުޅިއައިސް އިން އެލީނާއެކެވެ. ވީ ކީތްކަން އަހަރެންނަށް ރެޔަކާލީ އެލީނާ ބަލަން އިން ގޮތުންނެވެ.
“އޯހ ބްރޯ.. ކައެ ތީ ތިހެން ކިޔަން ވަކި ތާހިރު މީހެކޭ.. މަށެއްނު މިހާރު ސިންގަލްއީ” ލުވެއިޒް އަހަރެންގެ ބުރަކަށީގައި ޖަހާލިއެވެ. އަހަެންނަށް ހީވީ ހަތަރު އުދަރެސް ފެނާ ޖެހުނު ހެންނެވެ. އެލީނާ އެއަންނަ ރުޅީގައި އުމުރު ދުވަހުވެސް ފުއްޕާފައި ހުރެދާނެއެވެ.
“އޯހ ނޯ.. ސޮރީ ސޮރީ، ބޮޑު ސޮރީ.. އެއީ އެހެން ބުނި އެއްޗެއް ނޫނޭ… އެއީ އެއީ… ދެން ކުރީގަ އަބަދުަ ލަވް ލަވް ވެގެން އުޅޭ މީހުންނާ ދިމާ ކުރާތީ.. އެހެ ސޮރީ” ކަޑަ ވި ވަރުން އަހަރެން ދާވެސް ހިތްލައިލިއެވެ. އެލީނާ ރުޅި ހަދައިފިއްޔާ އަހަރެންނަށް ނޭވާވެސް ނުލެވޭނެއެވެ. މޮޅު ކަމަކީ އެ ހުރިހާ މަންޟަރެއް ބަލަން ފަހަތުގައި މީހަކު ހުރިކަން، އަހަރެންނަށް ނޭންގުނު ކަމެވެ.
“ސޮރީ އަކުން ނުފުދޭނެ…” އެލީނާ ކޯ ފުއްޕާލާފައި ލޯ އަޅާލިއެވެ.
“ޗޮކްލެޓްވެސް ގަނެދީފާނަމޭ ނޫނީ އައިސްކްރީމް..” އެވަރުންވެސް އެލީނާ އެއިންގޮތަށް އިނދެ ބޯހޫރުވާލީއެވެ. މީނައަށް ފުދޭނީ ކީތްކޮށްދީގެން ހެއްޔެވެ؟ މާސް އަށް ދާން ޓިކެޓު ނަގައިދިނަސް ނުފުދޭނެއެވެ.
“ދެން ކީތް ކޮށްދެންވީ؟ ކިސްއެއްތަ؟ ނޫނީ، ވަނަ ގެޓް މެރިޑް…؟” ލާނެއް ހިނިތުންވުމަކާއި އެކު އަހަރެން ސީދާ އެލީނާގެ މޫނަށް ބަލައިލީމެވެ. ރުޅި އައިސް ހުރެވެސް، ލަދުން އެ މޫނު ރަތް ވިއެވެ. އެއާއި އެކު، ނުހިފެއްޓިގެން އެލީނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“މާޒިން.؟!” ފަޔާޒްބެގެ އަޑާއި އެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. މޫނުމަތީ ކުޅެލަކުޅެލާ ހުރި ހިނިތުންވުމުން ދެންމެ އަހަރެން ކީހާ އެއްޗެއް އަޑު އިވުނު ކަން ޔަގީނެވެ. އަނެއްކާ އަނެއް ކަންތަކެވެ. އެ ބަސްުވީއެވެ. އެލީނާ އަހަރެން މަރާ އަންދާނެއެވެ.
ހިފަހައްޓަން މަސަތްކަތް ކުރަނިކޮށް އެލީޒާއާއި ލުވެއިޒްގެ ހިނިގަނޑުވެސް ފަޅައިގެން ދިޔައެވެ. ސޯފާގަނޑަށް ވެއްޓިގަނެ، ދެމީހުން ހީ ނަގަނީއެވެ. އެއިރު އެލީނާ މައިތިރިވެއްޖެއެވެ. ފަޔާޒްބެ ބުނާނެ އެއްޗެއް ނޭންގޭތީ އަހަރެން ހުރީ ހިތް އަވަސްވެފައެވެ.
“ކޮއްކޮ މަށަށް ރަނގަޅު ބްރޯ އިންލޯއެއް ދޯ އެއުޅެނީ ހޯދައިދޭން.” ހޭނެ ވަރަަކަށް ހީފައިވެސް، ލުވެއިޒް އުޅުނި އަހަރެމެން ކަޑަ ކުރާށެވެ. ފޫގަނޑެކެވެ.
“އާނ ދެން ތެދު ވާހަކައެއް.. އެކަމަކު އަދި އިންނަ އުމުރަކަށް ނުދޭ އިނގޭ..” އަހަރެންނަށާއި އީންއަށް ފުން ނަޒަރެއް ދެމުން ފަޔާޒްބެ ބުނެލިއެވެ. އޭރު ފަޔާޒްބެއަށްވެސް ދިޔައީ ހެވެމުންނެވެ.
ރިފާޝާގެ ފޯނު ކޯލެއް އައީ އެ ވަގުތެވެ. ރިފާޝާ އަަހަރެންނަށް ގުޅާނީ ކަމެއް ސީރިޔަސް ވާނެ ވަރަކަށް ވުމުންނެވެ. އެހެންކަމުން ހާލަތަށް ނުބަލާ އަހަރެން ފޯނު ނެގީމެވެ.
…..
އިވުނު ޚަބަރުން އަހަރެންނަށް ލިބުނީ ޝޮކެކެވެ. އެކޮޅުން ފޯނު ކަނޑާލުމާއި އެކު ފޯނު އުނގުމަތީ ބޭއްވުނު އިރު، އަހަެންގެ މޫޑު ހުރީ މުޅިން ޚަރާބު ވެފައެވެ.
“ޒިން.. ކިހިނެތްް ވީ؟” އެންމެ ފަހުން ސުވާލު ކުރީ ލުވެއިޒްއެވެ.
“ރއުހާ… ފަޅު ރަށެއްގަ، ދަން ޖައްސާފަ..” އަހަރެން މަޑުމަޑުން ބުނެލީމެވެ. އެންމެނަށްވެސް ލިބުނީ އަހަރެންނަށްވެސް ލިބުނު ޝޮކެވެ. ފަޔާޒްބެވެސް އައިް ސޯފާގައި އިށީނެވެ. މިކަހަލަ ގޮތް ގޮތަށް އަހަރެމެން ދަންނަ މީހުން މަރުވަނީ ކީތްވެ ހެއްޔެވެ.
ސައިކަލު ބަރު ގޮނު އަޅާލި އަޑާއިއެކު، އަހަރެން ބޭރަށް ނިކުތީމެވެ. ފަހަތަށް އަރާ އިށީނުމާއި އެކު އަޔާޒް ސައިކަލު ދުއްވާލިއެވެ.
އަހަރެމެން ދިޔައީ ސީދާ އެމްއެސްއޭ ކްރޫސްއަށެވެ. ދާން ޖެހޭ ތަނަށް ދިޔުމާއި އެކު، ކަޅުހުޑީއެއް ދިނެވެ. އަވަސް އަރުވާލައިގެން، އެ ހުޑީ ގަޔަށް ކޮއްޕައިގެން ނިކުތް އިރު ހަމަ އެކަހަލަ ހުޑީ ލައިގެން ތިބި އިތުރު ބަޔަކުވެސް ތިއްބެވެ. އެމީހުން ކައިރިއަށް ދިޔުމާއި އެކު، ނޭފަތުން ތިރި، ފޮރުވާލެވޭނެ ފޮތި ގަނޑެއް ދިނެވެ.
އެންމެން ތައްރުޔާު ވެގެން އަހަރެމެން، އަށް މީހުންގެ ޓީމު އެރީ ހެލިކޮޕްޓަރަށެވެ. ނަސީބަކުން، ލޯންޗަށް ބަދަލު ވާކަށް ނުޖެހުނެވެ. އަނެއްކޮޅުން، މަޖަލަކަށް ކޮށްފައިވާ ކަމެއް ކަމުން، ޕެރެޝޫޓް އަޅައިގެން ފުންމާލުން އަހަރެންނަށް މައްސަލައަކަށް ނުވިއެވެ. ސުވާލު އުފެދުނީ، މިކަން މިހާ ސީރިޔަސް ވީ ސަބަބާއި މެދުއެވެ.
ރައުހާ ދަން ޖައްސާފައި ހުރި ހިސާބަށް ދެެވުނު އިރު، އެ ހިސާބުގައި ފުލުހުންވެސް ހަރަކާތްތެރިވަމުން ދިޔައެވެ. އަހަރެމެންގެ އިސް މީހަކަށް ހުރި ޖީތްރީ ޒީރޯ ނައިން ގޮސް، އެމީހުންނާ ކޮންމެސް ވާހަކަ ތަކެއް ދެއްކިއެވެ. މި ބުނި ޖީ ތްރީ ޒީރޯ ނައިންގެ އަސްލު ނަންވެސް އަހަރެންނަށް ނޭންގެނީއެވެ. އިނގޭނީވެސް މިމީހުން ކިޔާ ނަމެއްތާއެވެ.
އެދެއްކި ވާހަކައެއްގެ ސަބަބުން، އަހަރެމެންނަށް އެތާ، މިނިވަން ކަމާއި އެކު އުޅެވޭ ގޮތްވިއެވެ. އަޔާޒް ކައިރީ އެހުމުން އަޔާޒް ބުނީ، އަހަރެމެންނަކީ އިންޓަނޭޝަނަލް ބައެއް ކަމުން، އިންޓަނޭޝަނަލް ސްޕައި ކާޑު ދެއްކުމުން، އަހަރެމެންނަށް މި ފުުސަތު ދޭން އެމީހުންނަށް މަޖުބޫރުވާނެ ކަމަށެވެ.
ޕްލޭންއާއި އެއްގޮތަށް އަހަރެން އުތުރަށް ހިނގައިގަތީ އަޔާޒްއާއި އެކުއެވެ. ޔަގީނުންވެސް ރަށަށް ފަސް މީހުން އަރާފައި ނުފައިބާތީ އެމީހުން ހޯދުމަށެވެ. ފިންގަރޕްރިންޓުގެ އެހީގައި، ރައުހާ ދަންޖެހުނީވެސް، އަމިއްލައަށް ނޫންކަން އިނގެއެވެ.
ހިނގަމުންގޮސް އަހަރެމެން ހުއްޓުނީ ހުސްކޮށް އޮތް، ތަންކޮޅަކަށެވެ. އެއިރު އެތަނުގައި ތިން ފުލުސް އޮފިސަރުންވެސް ތިއްބެވެ. އެމީހުންނަށް ސަމާލުކަން ދިނުމެއް ނެތި އަހަރެމެން ހިނގައި ގަތީ ކުއަށެވެ.
މާ ދުު ނޫން ހިސާބެއްގައި އޮތް، ކަށިގަސް ފީންޏެއްގެ ތެރެއިން މީހަކު ނުކުތީ ހަމަ އެވަގުތެވެ. ބިރުންގޮސް، އަޔާޒް ކޮނޑަށް ނޭރުނު ކަން ހަމަ ނަސީބެވެ. މިހެން ބުންޏަސް، އަހަރެން މީ އެހާ ބިރު ގަންނަ މީހެއް ނޫނެވެ.
އެ ނިކުތް މީހެއް ހުރީ ލެއިން ތަތްތެޅިފައެވެ. ވާނީވެސް އެހެން ނޫންހެވެ. އެ ނިކުތީ ބޮޑު ކަށި ގަސްތަކެއްގެ ތެރެއިންނެވެ. ކާކު ކަން އެނގުމާއި އެކު އަހަރެންނަށް ގޮތެއްވެސް ވިޔެވެ.
“ޝާން..”
“ކޮބާ ރައު؟ އެ މީހުން..” މާ ނޭވާ ލަމުން، ވާހަކަ ދައްކަން މަސައްކަތް ކުރަމުން ޝަޔާން އަހަރެމެންނާއި ދިމާއަށް އަންނަމުން ދިޔައެވެ. ޝަޔާން ފަކީރު މިހާލުގައި ޖެހުނީ ކިހިނެތް ހެއްޔެވެ.
އެއިރު، ފުލުހުންވެސް، އަހަރެމެންނާއި ހިސާބަށް ފޯރައިފިއެވެ.
“ޝަޔާން އަޒީމް.. ކީއްވެ ތިހެން ތިހުރީ.. ކޮންތާކު މިއޮތް ހާ ދުވަހު އުޅުނީ..” ތަންކޮޅެއް ޒުވާންކޮށް ހުރި ފުލުސް މީހާ ސުވާލުކުރިއެވެ. އަހަރެންގެ ހިތުގައި އޮތް ސުވާލެވެ. އެމީހާގަނޑު ހަމަ އަހަރެންގެ ސުވާލު ވައްކަން ކުރީއެވެ.
“މަ.. މަ.. އަޔާން މެންނާ ޖެހުނު މަައްސަލައެއްގަ ފިލީ.. ރައުއާވެސް މައްސަލަ ޖެހިފައޮތީަ.. ފިލި ފަހުން އެނގުނީ ރައުއަށް ކަމެއް ވެއްޖެ ކަން.. މިމީހުން މެސެޖު ކުރީ ރައު ބަލައި އަންނާށޭ.. އެހެންމަ އައީ..” ޝަޔާން، ފިރުކެމުން ކަހަލަ ގޮތަކަށް އަހަރެމެންނާއި ދިމާއަށް އަންނަމުން ދިޔައެވެ. ހަކަތަ ނެތް ހާސިގަނޑުން، ބައިވަރު ލޭމަދުކަން އިނގެއެވެ. ފޫޅު ދިގު ހަންޑިވެސް އެއަށް ވުރެ ރީތިކޮށް ހިނގާނެއެވެ.
ފިލްމުތަކުގަހެން އެންމެންނަށްވެސް ބެލެމުން ދިޔައީ ޝަޔާންއަށެވެ. ވަށައިގެން ހިނގާ ކަންކަމަށް ދޭންވާ ސަމާލުކަމެއް ނުދެވުނެވެ. އަހަރެންނަށާއި އަޔާޒްއަށް ވެސް ވީ އެވަރެވެ. އެހެން ފަހަރު ތެކާއި ޚިލާފަށް އަޔާޒް އުޅުނީ އަހަރެންނަށްވުރެވެސް ފަހަތުގައެވެ.
އެހެން މީހުން ތިބީ ޝަޔާން ހަމަލާއެއް ދީފާނެތީ އެކަމަށް ތައްޔާރުވެގެން ކަންނޭންގެއެވެ. ޖަހާ ވައްތަރުން ދެން ވާނީވެސް އެހެނެވެ. އަނެއްކޮޅުން އެކުވެރިންނަށް ވެސް ގެންގުޅެނީ ތާހިރު މީހުންނެވެ. އަހަރެންގެ ހިތުގައި އެބިރު ނެތީތީ، ޝަޔާންގެ ފަހަތުގައި ހިނގަމުން ދިޔަ މަންޟަރު ފެނުނީއެވެ.
އެ ކަށި ގަސްތަކުގެ ތެރެއިން ނިކުތް ދެވަނަ މީހާ، އަތަށް ފިސްތޯލު ހެޔޮވަރު ކޮށްލިއެވެ. ހަމަ ރިވަރޑޭލް ބްލެކްހުޑް ހެންނެވެ. އެކަމަކު ފިލްމެއްގެ ޝޫޓިންއެއް ނޫނެވެ. ލޯ ކުރިމަތީ ހިނގާ ހާދިސާއެވެ.
ވަޒަން އޭގެ މަޤާމް ދޫކޮށް،، ވައިގެ ތެރޭގައި އުދުހިގަތެވެ. ބާރު އަޑާއި އެކު، ގަސްގަހުން، ދިރޭ ސޫފިތައްވެސް ތެޅިގަތެވެ. ހުރި އެންމެ ބާރު އަޑުން އަހަރެންނަށްވެސް ހަޅޭއްލަވައިގަނެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.




Woooooww varah salhi mi part ves ? ? ? ? Curiously waiting for next part ? ? ? ? love you monsta
Thank you Shahu,…. sorry lasveema.. Insha Allah dhn maa lasnuve libeyne.. Thankss once again
Wooow. Dhen kihineh baa vanii.. when next part
owh thanks… lets see dhw… mihaaru submmited.. Insha Allahn vaarah avahah kiyaalan libeyne… Thank again Girl…
woww ……mi part ves varah reeethi….whn is next part:)
Thnak youuuu… exacty bunaakah neynge, bt varah avahah next ep kiyaaan libeyne Insha Allah..
Wow. Mi part vx hama vrh obi. Alhey dhn kihinei baa vaanee. Busy kamun comment vx nukurevun hendhunaku. Test v ma. Best of luck in ur exams. Waiting 4 next…
oh thatss fine.. onsta ves busy las vy reply.. sorry for that… Test thakaa hedhi.. hehe.. Thankss again flora.. Florage test thakahves best of lck… 🙂
Omg.. v salhi.. nimunu iru ves neyngunu dhen vaane goi guess kohllan ves.. btw next part kon irakun
Thankss Danger… hehe lets see dhw vaane gothehh.. Insha Allah dhn vaarah avahah libidhaane.. Thank againn..
Mi part vec v rythi..But baeh akuru thah eba huri ingey madhuvefa..Ekan rangalhu kohlahchey monstaa..Whn next..waiting curiouslyyy :)?❤
Thank you jiji.. owh.. test thakaa hedhi gayah hini araigen ulheyhen ulheythy kuhthah rangalhu nukurevunyy… sorryy… u kuran laifa oii part varah rangalhah kiyaafa kuhthah rangalhu kofa hunnaany fenunu varakun.. Insha Allahh vaah avahah next ep libeyne..n lasveethy sorry
vrh vrh vrh salhi… i love it… when’s next part?
vrh vrh bodah thankss Shaaa… pending noww… Insha Allah dhn ehaa gina ir keii kuraakah nujeheyne.. 🙂
Vvvvv salhi hama asluves mee best stry ???
Alhey Thanksss… thihe bunyma ufalun hama rovijje.. hehe.. Thanksss again Shina
Not bad
owh Thankss
Vvvvvvvvv salhi. Luv ur stories monsta ❤❤❤❤❤❤❤❤???????????
Thankss Xxx…. First episode ahh ves comment kurin dhww. Adhi kiriyaa mi fenunyy.. hehe.. Thakss again
ސުބުޙާނައްﷲ! މޮންސްޓާ އެއް ކަމަކު މިކަހަލަ ކަންތައް ކުރާ ކަށް ނުވާނެ! އަޅުގަނޑުގެ ހިތް ހަމަ ނުހުއްޓުނީކިރިޔާ! އަސްލު ބުނަންޏާ މި ބައި ވެސް ހަމަ ބަރާބަރު! ކޮން އިރަކު 32 ވަނަ ބައި ނެރޭނީ ??ކިޔާހިތުން މިހާރު 2 ފައި އެއްތާ ހަރުނުލަ just wanted to comment thafaathu gothakah hehe! Don’t mind ingey ??
alhey Nishhh… ufalun kiriyaaehnu heart attack ehh nujehuny… Hehe… mihaaru peding ingeyy… Udhuhi nugannahcheyy.. just waitt.. hehe. Alhe mind kuraanetha? varah ufaa vejje mi comment kiyaafa.. Thankss againn
Alhugandu mihaaru busy kamun comment eh kollaane vagutheh ves nuvey ?? aslubunan comment nukurevey parts ves varah reethi! Ekam suvaaleh kohlantha? Keevve een ge neyfathun kury episode ga ley a e e???? ??
hehe.. Test dhuvaskolhu emmenves busy vaane ehhnu… Monsta ahh reply kohlevey varuves mi vy adhi kiriyaa… hehe… Oh ley aii dhww… When you think too much.. like beyond the limits.. Such things happen… Especially when its about weak ppl like Ee.. hehe.. Thankss btw… BOL exams ahhh