މާލޭގެ މަގުތައް އާދަޔާ ޚިލާފަށް ހަލަބޮލިވެފައިވި ވަގުތެކެވެ. ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑު ގަދަވެފައިވިއެވެ. ގޭގެ ދޮރާށި ކައިރިއަށް ނުކުމެ ހުރި އިވްޔާގެ ދެފައި އެއްތާކު ނުޖެހެއެވެ. ހާސްވެފައި ހުރެ އޭނަ ބަލަމުން ދިޔައީ އަތުކުރީގައި އަޅާފައިވާ ގަޑިއަށެވެ. ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ހެޔޮވަރުކޮށްލާފައި ދެފަހަރަކު ގަޑިއަށް ބަލާލައިފިއެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖެހީއެވެ. އިންތިޒާރު ކުރަމުންދިޔަ ފަރާތް އަދިވެސް ގެއަކަށް ނާދެއެވެ. އެއީ އެހާ ލަސްވަންދެން ބޭރުގައި އުޅޭ މީހެއް ނޫނެވެ.
އިވްޔާ އޭނާގެ ފޯނު ނަގައި ނަންބަރަކަށް ގުޅިއެވެ. އޭރުވެސް އޭނަގެ ކަޅި ހުއްޓެމުން ދިޔައީ މަގުމަތިން ދަތުރުކުރަމުންދިޔަ ދުއްވާ އެއްޗެއްސަށެވެ. ދެތިން ފަހަރު ގުޅިއިރުވެސް ފޯނު އޮތީ ނިއްވާލާފައެވެ. މާޔޫސްވީވަރުން އިވްޔާ އެނބުރި ގޭތެރެއަށް ވަނެވެ. ތަނަވަސް ސިޓިންގްރޫމުގައި ދެކޮޅަށް ހިނގަހިނގައި ހުރި ރައިންއަށް އިވްޔާ ފެނުމާއިއެކު އެދިމާއަށް ދިޔައެވެ. ދެއަތުގައި ހިފައިލާފައި އިވްޔާގެ ނުތަނަވަސްވެފައިވާ މޫނަށް ނަޒަރު ހުއްޓައިލިއެވެ.
“އަދިވެސް ޚަބަރެއް ނުވޭ… ފޯނުވެސް ނިވާލާފަ…” އިވްޔާގެ އަޑު ކުރެހުނެވެ.
ރައިންގެ މޭގައި އިވްޔާ ލައްވެލިއެވެ. ހާސްވާ ކޮންމެ ފަހަރަކު އެ ހިތަށް ހަމަޖެހުމެއް ލިބެނީ ރައިންގެ ގާތް ކަމުންނެވެ. އޯގާތެރި ފިރުމުންތަކުންނެވެ. ކައިވެންޏަށް އެތައް އަހަރެއް ވީއިރުވެސް ދެމީހުންގެ ދެމެދުގައިވި ލޯތްބަކަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. ދެމީހުން އެކުގައި އަނެއްކާވެސް ނުކުތީ ބޭރަށެވެ. އޭރު ފުލުހުންގެ ވެހިކަލް އައިސް ދޮރުމަތީގައި މަޑުކޮށްލައިފިއެވެ.
ފުލުހުން ދެއްކީ ކޯޓު އަމުރެކެވެ. މުޅި ގެ ބަލައި ފާސްކުރުމުގެ އިޚްތިޔާރު އެ އަމުރުގެ ދަށުން ފުލުހުންނަށް ލިއްބައިދީފައި އޮތެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރި އިވްޔާގެ ދެފައިން ވަރު ދޫވިއެވެ. އެފަދަ ދުވަހެއް ފެންނާނޭ ކަމަކަށް އޭނަ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. ހިތް އެކި ވަސްވާސްތަކުން ފުރެމުން ދިޔަ ނަމަވެސް ފުލުހުންގެ ބަހަކަށް އޭނަ އިންތިޒާރު ކުރިއެވެ.
ފުލުހުން ފުރަތަމަވެސް ވަނީ ކައިލަންގެ ކޮޓަރިއަށެވެ. ކައިލަންއަކީ ކައިވެނީގެ ބޭރުން އިވްޔާއަށް ލިބިފައިވާ ކުއްޖެކެވެ. ބައެއްގެ ނުރައްކާތެރި ރޭވުމެއްގެ ޝިކާރައަކަށްވެ، ލިބިފައިވާ ކުށެއްނެތް މަޢުޞޫމް ފުރާނައެކެވެ. މިހާރު އެއީ އުމުރުން ނަވާރަ އަހަރު ވެފައިވާ ޒުވާނެކެވެ. އައިޓީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރަމުން ދިޔައީ އަމިއްލަ ކޮލެޖެއްގައެވެ. ކައިލަންގެ އިތުރުން އިވްޔާގެ އިތުރު ކުއްޖަކު ހުރެއެވެ. އިޔާނީ އަކީ ރައިންގެ ދަރިއެކެވެ. އުމުރުން ދިހަ އަހަރުގެ އިޔާނީ އަކީ ތޫނުފިލި ކުއްޖެކެވެ. ކަންކަން ނަގައިގަންނަނީ ދާދި ފަސޭހައިންނެވެ. ކައިލަން އާއި ޚިލާފަށް އިޔާނީ އަކީ މީހުންނާއި ގުޅޭ މަޖާ މިޒާޖެއްގެ ކުއްޖެކެވެ.
ކައިލަންގެ ކޮޓަރި އެފުށްމިފުށަށްޖަހައި، ބައެއް ސާމާނުތައް ހިފައިގެން ފުލުހުން ނުކުތެވެ. ކިޔަވަން ގެންގުޅޭ ބައެއް ފޮތްތަކާއި އައިޕެޑްގެ އިތުރުން، ކައިލަންއަށް އަށާރަ އަހަރު ފުރުނު ދުވަހު އިވްޔާ ގަނެދިން ލެޕްޓޮޕްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
މޭގައި އަތް ޖައްސާލައިގެން ހުރި އިވްޔާގެ ލޮލުން އޮހެމުންދިޔަ ކަރުނަތަކަށް ނިމުމެއް ނެތެވެ. ލޯބިން ބަލާބޮޑުކުރި ދަރިފުޅުގެ ޙާލެއް ނޭނގޭތީވެސް އެހިތް ކުދިކުދިވަނީއެވެ. މައިލަގޮނޑި ފަޅައިގެން ދިޔުމާއި ގާތްވެއްޖެއެވެ. ފުލުހުންގެ ފަރާތުން ބަހެއް ލިބޭނޭކަމަށް އުއްމީދު ކުރިޔަސް އެ ވަގުތެއް ނައެވެ. ކެތްތެރިވެވޭނޭ އެންމެ މައްޗަކަށް އިވްޔާ ކެތްކުރިއެވެ. ކައިލަންގެ ބައެއް ސާމާނުތައް އަޅާފައިވާ ކޮތަޅެއް ހިފައިގެން ގެއިން ނުކުންނަށްދިޔަ ފުލުސްމީހާގެ ކައިރިއަށް އިވްޔާ ދިޔައެވެ.
“ކައިލަންއަކީ އަޅުގަނޑުގެ ދަރިއެއް… ވެގެން އުޅޭގޮތެއް އެނގެން އަޅުގަނޑު ބޭނުން…” އިވްޔާގެ އަޑުގައި މަޑު ތުރުތުރެއް އުފެދުނެވެ.
ފުލުސްމީހާ ދޫކޮށްލީ ފުން ނޭވާއެކެވެ. އޭނަ ބަލައިލީ ކައިރީގައި އައިސް ހުއްޓުނު ރައިންއަށެވެ. އަނެއްކާވެސް އެނަޒަރު އިވްޔާއަށް ހުއްޓައިލިއެވެ.
“ކައިލަން ހުރީ އަޅުގަނޑުމެންގެ ބެލުމުގެ ދަށު…” ފުލުސްމީހާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭގެ ކުރިން އިވްޔާ ވާހަކަ ދައްކަން ފެށުމުން އޭނަ ހުއްޓައިލީއެވެ.
“ކިހިނެތްވީ؟… ކައިކްއަށް ކަމެއްވީތަ؟…” އިވްޔާ ހާސްވިއެވެ.
“އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައަކާއި ގުޅިގެން ހައްޔަރުކުރެވުނީ… ތަޙުޤީގު މަރުހަލާ ކުރިޔަށްދާތީ މިއަށްވުރެ އިތުރު ތަފްޞީލެއް މިވަގުތަކު ދެވޭކަށް ނެތް…” ރައިން އަށާއި އިވްޔާއަށް ބަލަމުން ފުލުސްމީހާ ވާހަކަ ދެއްކިއެވެ.
އިވްޔާގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. ހުއްޓުން އަރާފައި އިރުކޮޅަކު ހުއްޓެވެ. ރައިންއަށްވެސްވީ އެކަހަލަ ގޮތެކެވެ. ލިބުނު ޝޮކް ފިލައިގެން ދިޔައީ އިވްޔާ އޭނަގެ ގައިގައި ހިފަހައްޓައިލުމުންނެވެ. އޭރު ފުލުސްމީހާ އެތަނުން ދިޔުމަށް ހިނގައިގަނެފިއެވެ.
“ކައިލަންއަކީ އެވަރުގެ ވިޔާނުދާ ކަމެއް ކުރާނެ ކުއްޖެއް ނޫން… އެއީ އަޅުގަނޑުގެ ލޭ… އަޅުގަނޑުގެ ތަރުބިއްޔަތުގައި އެފަދަ އުނިކަމެއް ނުވާނެ… ތިއީ އޮޅުމެއް… އަޅުގަނޑުގެ ދަރިފުޅު ދޫކޮށްލާ…” އިވްޔާ ހުރިތަނަށް ތިރިވިއެވެ.
ރައިން އާއި ދިމާއަށް ފާޑަކަށް ބަލައިލާފައި ފުލުސްމީހާ ނުކުމެގެން ދިޔައީއެވެ. އިވްޔާގެ ހިތަށް އެތައް ހާސް ހަންޖަރެއް ހެރުމުން ކުރެވޭ ކަހަލަ އިޚްސާސްއެއް ކުރެވެމުން ދިޔައެވެ. ކައިލަންއަށްޓަކައި އޭނަ ކުރި ފޮނި އުއްމީދުތައް ވިއްސި ވިހާލިވީ ހެއްޔެވެ؟ އެ ހުވަފެންތަކުގައި ކުލަޖެހުމެއްނެތި ނިމުމަކަށް އައީ ހެއްޔެވެ؟ ކައިލަންއަކީ ކުރިން ދުވަހަކުވެސް އެފަދަ ގޮތަކަށް އުޅުނު ކުއްޖެއް ނޫނެވެ. ވީއިރު، އެފަދަ މަގަކުން ދާންޖެހޭނެ އެއްވެސް ސަބަބެއް އިވްޔާ އަކަށް ނުވިސްނުނެވެ. ކުޑައިރު ހަލަނިކޮށް އުޅުނަސް، ބޮޑުވަމުން ދިޔައިރު އެހުންނަ މަޑުމައިތިރި މިޒާޖާއި ދީނީ ކަންކަމަށް ބަހައްޓާ ސަމާލުކަމުން އެކަނިވެސް ކައިލަން އެފަދަ ދަށު ދަރަޖައަކަށް ނުވެއްޓޭނޭކަން އިވްޔާއަށް ޔަޤީން ކުރެވުނެވެ.
“އަހަރެންގެ ހިތެއް ނުބުނޭ ކައިކް އެފަދަ ކަމެއް ކޮށްފާނެއޭ…” އިވްޔާގެ ގިސްލުމުގެ އަޑު ގަދަވިއެވެ.
“އިވީ… ކައިކްގެ ކުށެއް ނެތިއްޔާ ދޫކޮށްލާނެ… ހުއްޓާލާ… އިޔާނީ ހޭލައިފިއްޔާ ވަރަށް ސުވާލު ގިނަވާނެ… މަ ގުޅާނަން ބައްޕައަށް… ވަކީލަކު ހަމަޖައްސާނަން…” އިވްޔާ ނަގަމުން ރައިން ވާހަކަ ދެއްކީ ވިސްނައިދޭ ކަހަލަ ރާގެއްގައެވެ.
ގިނަ ފަހަރަށް ދަރިން ހަލާކުގެ ތެރެއަށް ވެއްޓިގެންދަނީ މައިންބަފައިން އެކުދިން ދެކެވާ ކަނު ލޯތްބެއްގެ ސަބަބުންނެވެ. އެކުދިން ކުރާ ކުދިކުދި ކުށްތައް ކަމަކަށް ނުހަދައި ދޫކޮށްލެވޭތީއެވެ. އެފަދަ ކުށްތައް ބޮޑެތި ކުށްތަކަށް ބަދަލުވެ، ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހި ކުރުވައެވެ. އޭރު އޮންނަނީ މައިންބަފައިންގެ ބަސް ނުވިކިފައެވެ. ދެވުނު ތަރުބިއްޔަތުގެ އެއްވެސް ބޭނުމެއްވެސް އޭރުން ނުހިފެއެވެ. ކައިލަންދެކެ އިވްޔާ ކިތަންމެ ލޯބިވިޔަސް، އަދި ދަރިފުޅު ކިތަންމެ ބޮޑު ވިޔަސްވެސް، ބޭރުތެރޭގައި އުޅޭނޫޅޭގޮތް ބަލައެވެ. ރަނގަޅުގޮތް ބުނެދީ ހަދައެވެ. ދީނީ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުވައެވެ. އެކަންކަމުގެ ސަބަބުން އަމިއްލަ ނަފުޞަށް ކުރާ އިތުބާރު އޭނަ ކައިލަންއަށްވެސް ކުރެއެވެ.
********
ކުޑަގޮޅީގެ ކަނެއްގައި އިން ކައިލަންގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމެވެ. ނިތްކުރިމަތިން ހިއްލާލާފައިވާ ދާތިކިތައް މޫނުގެ ދެފަރާތުން ފައިބަމުން ދިޔައެވެ. ލައިގެން އިން ހުދުކުލައިގެ ގަމީހާއި ޖީންސްގައި ލޭގެ އަޞަރު ހުއްޓެވެ. ދެއަތާއި މޫނުގައިވާ ލޭތިކިތައް ވަނީ ހިކިފައެވެ. ގިނައިރުވުމުގެ ސަބަބުން، ކޮންމެވެސް ވަރެއްގެ ކަޅުކުލައެއް އަރާފައިވިޔަސް، އެއީ ލޭ ކަން އެނގޭ ވަރުވެއެވެ.
ފުން ވިސްނުމެއްގެ ތެރެއަށް ގޮސް ހުސްވެފައި އިން ކައިލަން ފާރުގައި ބޯ ޖައްސައިލިއެވެ. ދެލޯ މަރާލުމާއިއެކު އެހިތަށް ސިފަވެގެން ދިޔައީ އުފާވެރި މަންޒަރު ތަކެއްކަން ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމުން އެކަނިވެސް އެނގޭހައިވެއެވެ.
8 މަސް ކުރި
ކޮލެޖަށް ދިޔުމަށް ކައިލަން ގެއިން ނުކުތީ ރައިން އާއިއެކު ކާރުގައެވެ. އާދައިގެ މަތިން ކޮލެޖަށް ދެވެންދެންވެސް ކައިލަން އިނީ މަޑުންނެވެ. ރައިން ކޮށްލާ ސުވާލަކަށް ނޫނީ އެއްޗެއް ނުބުނެއެވެ. ކޮލެޖުގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއިއެކު ކައިލަން ފޭބިއެވެ. ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. އެވަގުތު އޭނަ ލައިގަތީ މީހެއްގެ ގައިގައެވެ. އެމީހެއްގެ ބޯ އައިސް ޖެހުނީ އޭނަގެ ނިތްކުރީގައެވެ.
ކުރިމަތީގައި ހުރީ އަންހެން ކުއްޖެކެވެ. އެކުއްޖާ ހުރީ ގަޔަށް ދޫކޮށް ހުރި ގަދަ ނޫކުލައިގެ ހެދުމެއްގައެވެ. އަޅައިގެން ހުރި ކަޅު ޝޯލްގެ ތެރެއިން އެ ދޮން މޫނު ދިއްލިލާފައިވާ ގޮތުން ކައިލަންގެ ހިތުގައި އެ ސޫރަ ކުރެހިގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
74 Comments!
Comments are closed.





Salaam.. Here is my new story kafun vevifaa.. story ge main characters akee Eysh ge “Fevifaa thi nanvey mihithugaa” ge main characters..
Story kamudhaane kamah unmeedhukuran ??
Woooooww varah salhi story ? ? ? ? ? ? ? ? love you eysh
Thank u soo much Shahu ? ly2 ?? v ufaavehje story kamudhiyaeema ??
Hey.. Mee adafi ga eysh sis liyunu story ge season two thr??. Mihaaru name bahdhalu kohgen dhw thi liyanee?? Aslu keehve name change kury?.?alhey Anehka kailan kuhjaku rape kureetha??? Ekm aslu kailan vaan jeheyny Varah rangalhu kuhjakah…. eii ivya aky vec nulaahiku rangalhu meehehnu… Plx eii kailan kuri kamakah nuhadhahchey…. Next part avahah up kohdheebaaa… Waiting… Waiting… Hama kehmadhu vefa Mihiry…. Eysh sis liyaa vaahaka thah Hama reethy Ey… Adafi ga eysh sis liyefa huri vaahaka thah vec Varah reethi… Hama habbu….
?MY FAV WRITER ?
❤️❤️LOABI LOABI EYSH SIS❤️❤️
Mi story ga ulheynee “Fevifaa thinanvey mihithugaa” story ge main characters.. meega aslu bodah kailan ge life aa gulhey kameh veema vakin name chose kuree.. hingaa dho balamaa.. Insaanunveema kuh kurevumakee ves ekasheegenvaa kameh. Baeh faharu amilla ikhthiyaaruga. Noonee ikhthiyaarun beyruga.. kailan ge hageegatheh ves hingaa dho balamaa.. In Sha Allaah next part avahah genesdheynan..
Awww so sweeeet ?? varah varah ufaavehje cmnt kiyaalaafa.. Thank u so much dear.. means a lot ??❤? unmeedhukuran kuriyah huri baithah ves kamudhaane kamah ?❤
Masha Allah wow suprise big big ????? waiting for next part thanks Eysh ???
Suprise kamudhiyaeema varah varah ufaavehje ?? Thank u sooo much dear ? keep waiting for the next part ????
story varah reethi ??? eysh ivyaaɡe tharubiyyath fenah viya nudhaythi iv maayoose nuvay kai dheranuvay adhi salaamaiyy veɡen mom kairiah dhevayne
Thank u soo much Leash ?? varah varah ufaavehje story kamudhiyaeema ?? Hingaa dho balamaa vaagotheh ? keep waiting for the next part ?
Feshun v reethi. Vahaka reethivaane kan yageeen.thanx eysh?????
Thank u soo much Inaa ?? varah varah ufaavehje story kamudhiyaeema ?? In Sha Allaah masakkaiy kuraanan interest vaa gothah genesdheveytho ? yageen kureema varah bodah ufaavehje ??keep waiting for the next part ?
story varah reethi
Thank u soo much dear ?? varah ufaavehje story kamudhiyaeema ???
އޯ. ހާދަވާ ސަޅި ވާހަކައެއް. ވަރަށް ސަޅި ސަޕްރައިޒެއް އޭސް ދިޔަ ދެއްވީ. ވަރަށް ބޮޑަށް ޝުކުރިއްޔާ!
Thank u soo much Sadhoo ?? vaahaka kamudhiyaeethee varah ufaavehje ?? means a lot ❤?
Alhamduliaahi vara furihama ??
Thank u so much dear ?? varah ufaavehje story kamudhiyaeema ???
hey Eysh.. Varah varah varah reethi ingey. Ma Sha Allah.. Keep it up.. When next part???
Hi Rifu..? Thank u so much dear ?? varah varah ufaavehje story kamudhiyaeema ??? next part In Sha Allaah varah avahah upkohladheynan ingey ? keep waiting ❤
Varah reethi vaahaka eh…. Kuri ah oiy bai vx varah interesting vaane kamah unmeedhu kuran…. Keep it up eysh sis ??u r the best writer ??
Aww so sweeet.. varah varah ufaa vehje cmnt kiyaakaafa ?? Thank u so much dear ❤? means a lot ?? In Sha Allaah kuriyah huri baithah shauguveri vaa gothah genesdheveytho masakkaiy kuraanan
Sissy again came back??
Yeyy
Yes dear.. ?? unmeedhu kuran story kamudhaane kamah ??
Hey adafi in mi vaahka 1st season kiyanlibeyni kiheneh
I just installed adafi
Anybody who can help me??
Fenvaru.com site balaabe e vaahaka fennaane
Unmeedhukuran story kamudhaane kamah ??
Wow aysh….varah reeethi mi part……♥
Thank u soo much Malko ?? varah varah ufaavehje story ge mi part kamudhiyaeema ?? means a lot ??❤
Masha allah❤❤
Eysh ge mi story ves v v v reethi . Keep it up. May allah bless ur work❤❤❤
Thank u so much Nynn ??❤ varah varah ufaavehje story kamudhiyaeema ?? means a lot ?? In Sha Allaah story ge kuriyah huri baithah ves kamudhaane kahala gothakah genesdheyn masakkaiy kuraanan ??
V.reethi when next part ?????? curiously waiting for your next amazing part story Hama Obi ingey
Thank u so much Eekko 11 ??❤ varah varah ufaavehje story kamudhiyaeema ?? In Sha Allaah next part varah avahah genesdheynan ?? keep waiting ??
Wow…. Varah salhi Mi part… When is next part
Thank u soo much Kaily ?? varah varah ufaavehje mi part kamudhiyaeema ?? next part In Sha Allaah varah avahah genesdheynan.. keep waiting ???
Wow… Amazing…
Thank u soo much Kaily ?? varah ufaavehje story kamudhiyaeema ??
Ohhhhhhhhhh??????????????????? SPEECHLESS.. Hama. Asluves vvvvv bofu suprise eh. Heeeves nukuran mi concept ah kameh vaahaka innaanee.. Maasha allaah vvvvvv reethi vvvv furihama. ❤️???♥️???♥️??♥️???♥️???♥️???♥️???♥️???♥️?? FEVIFAA THINAN VEY MIHITHUGAA aa gulhuvaalaafa inee ma v special vefa v salhivi. Wiw kailan ves boduvee ey dhw. Yes ivy ebunee rangalhah.. Ivy kahala rangalhu kujjakuge tharubiyyathah shakkeh kuraane jaaga eh noannaane. ???????????????????????????????? Vaahakaige idea hama superb. Vaahakaige ibaaraaiy kurumaa baskoshaaru hama 1 vana. ?????????????????????????????????????????????????????????????????????????????? Vaahakaige thereah dhamauganefa invarun nimunu iruvea neyngunu. Ehaa interesting. Hama eysh ge molhu sifakohdhinun ebain mi vaahakaigaves hama ehaa aslaa ehgothah. Eysh vareh hama neiy. Komme kahala vaahaka eh liyanves thee hama NUMBER ONE.KEEP IT UP. WAITING. LYSM. ????????????????????????????????????????????????????????????????
Awww thank u sooo much sheen ?❤?? varah varah ufaa vehje cmnt kiyaalaafa ?? so sweeet of u.. means a lot ??? ly2 ??
Abadhuves varah wait kurevey sheen ge cmnt akah.. very special.. kuriyah dhaan v faseyhavey cmnt kiyaalaafa.. v bodu hihvareh libey… really appreciate it ?❤❤ thank u sooo much dear ??
Keen v mibai kurin liyunu site ga nuliyuny?? V salhi vaahaka eh mi e’e .. I love tha story ..
Thank u soo much dear ?? varah varah ufaavehje story kamudhiyaeema ??? E site ga mihaaruves story eh genesdheythee..
very interesting.. please upload part 2 soon. and yeah, the previous story of yours was very nice Maasha Allaah. keep it up. Thanks for bringing this one too
Thank u sooo much dear ?? varah varah ufaavehje kamudhiyaeema ??? Part 2 In Sha Allaah tmrw.. keep waiting ??
very interesting.. please upload part 2 soon. and yeah, the previous story of yours was very nice Maasha Allaah. keep it up. Thanks for bringing this one too
Thank u sooo much dear ?? varah varah ufaavehje kamudhiyaeema ??? Part 2 In Sha Allaah tmrw.. keep waiting ??
part 2 when?
Part 2 In Sha Allaah tmrw.. keep waiting ??
avahah upkohdhehchey plxx
Part 2 In Sha Allaah tmrw.. keep waiting ??
Story varah varah varah reethi
Varah happy vejje sissy alun story liyan feshyma??
Thank u soo much Unique ??? varah varah ufaavehje story kamudhiyaeema ?? mi site ga nuliyunas, story liyun huttaeh nulan midhiya dhuvasthakugaves.. ?? happy to see a cmnt from u after a long time ??
Awwwwwwwn???❤❤❤…eysh vec v molhu ingey…u made me curious to read next…hehe…hama surprise v eysh ge story eh fehnan inyma????????????????.. Assu feshumuge kurin vec ingijje eysh ge story eh vehjehyaa hama habbu vaane kan..hehe..Nd ur idea is very creative??????????????????..hama superb..Kon irakun next upkohlaanyy??? ..Waiting ingey..Lysm
Awww so sweet ??? jiji ur cmnts r v sweet.. varah varah ufaavey cmnts kiyaalaafa.. hurihaa story akah ves cmnt kohlaathee varah ufaavey ? thank u so much dear.. u r very sweeet ??? next part In Sha Allaah tmrw
. Keep waiting.. ly2 ??
waiting for next part.. story is perfect. love it!
Thank u soo much dear ??? varah varah ufaavehje story kamudhiyaeema ?? next part In Sha Allaah tmrw.
Keep waiting ?
PERFECT
Thank u soo much Isha ??? varah varah ufaavehje story kamudhiyaeema ?❤
Maasha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Haadha furihama eve. Visnun haadha creative eve. Hiyaalu haadha muhsanjeve. ???♥️???♥️???♥️???❤️???♥️???❤️???♥️???❤️???♥️??♥️? Eysh eve. Thee hunarun furifaivaa mu fanna inthihaa ah gaabilu kulhadhaana. Liyuntheriekeve. Alhamdhulillaahi.. Asluves vvvv hunaruverieve. Vaahakaige hurihaa kamehves hama vvv perfect eve. Manzaru lolah fenna fadhaeve. Sufakoh dhinun hama ehaa molheve. Kuriah oiy bayah inthizaaru kuramun mi vaguthah vakivelameve. ???????????????????????????????????
Awww so sweeet.. ?? thank u soo much dear ?❤? varah ufaavehje cmnt kiyaalaafa and story kamudhiyaeema ??❤❤ means a lot.. ???❤?keep waiting for the next part dear ??❤?
Masha Allah ??? Anehkaa vx eysh dhoonee ge loabi loabi new story eh ❤????? kuryge story aa gulhuvaalaagen gendhaa thyve ithurah furihama hen maa bodah vx hyvey ??????I really appreciate it n keep up the good work dear ❄☀⭐?⚡ lysm my favourite writer eysh dhoonee ????????❤???????????????☀⭐❄
Awww so sweeet of u dear.. ?? thank u soo much ?❤? varah ufaavehje cmnt kiyaalaafa and story kamudhiyaeema ??❤❤ means a lot.. ???? keep waiting for the next part dear ??❤? ly2 ??
Mashallah vrh vrh furihama ??? Sifa kurun thakaa ibaarai thah Hama obii ??Ummeedhu kuran Dhn huri part thah vx mihaa Reethi vaane kamah…. BTW Whn nxt prt??
Thank u sooo much dear ??❤? varah varah ufaavehje story kamudhiyaeema ?? On sha Allaah dhen huri baithah ves shauguveri vaagothah genesdheveytho masakkaiy kuraanan ?❤? Next part In Sha Allaah today.. keep waiting ??
Feshun Ok. Genesdhey dhuvastha bunela dheebala.
Thank u so much dear ??? varah v ufaavehje feshun kamudhiyaeema ?? next part In Sha Allaah Miadhu upkohlaanan ?
varah reeethi
Thank u so much dear ???? varah v ufaavehje story kamudhiyaeema ???❤
Eysh… Your back..
Yess dear ???❤
Eysh… I am a big fan of you… Happy to see you again
Awww ???? so sweeeet of u ???❤ thank u soooo much dear.. varah bodah ufaavehje ???❤?❤ means a lot dear ?????❤
How old are you??
Haadha ehen kahala suvaalekey dear ??
Thyga othy sitting room maayoos vi vaahaka