Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 24

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 19, 2019 9 Mins Read
48 Comments

“ދެން އެހެން ކޮން ކަމެއް ވެގެންތަ ނަދާ ނުނިކުންނަން ވީ؟ އަޔާ ނުޖަހާ ނަމަ ބުނާނެއެއްނު ނުޖަހަމޭ؟ ރުޅި އަޔަސް އެހެން ގޮތް ގޮތަށްވެސް ކަންތައް ކުރެވޭނެ ދޯ؟ އެކަމަކު މި މީހުންނަށް ހީވަނީ ތަޅައިގަތީމަ ތިމާގެ ބާރު ދައްކާލެވުނީއޭ. ނަދާވެސް ސިއްރުތަ ކުރަންވީ؟” ރުޅި އައިސްފައި ހުރި ހުދާ ވާހަކަ ދައްކަމުން ދިޔައީ ވަކި މީހަކާ ނޫނެވެ.

އިރު އޮއްސުނު އިރުވެސް ނަދާ ނުނިކުތެވެ. އެންމެ ފަހުން ހަތެއް ޖެހުމުން ހުދާމެން ދިޔައީއެވެ.

“ނަދާ، އެ މީހުން ހިނގައްޖެ” އަޔާޒް ދޮރުގައި ޖަހާލަމުން ގޮވާލިއެވެ.

“ދޮންތަ ވަރަށް ދެރަވެފަ ދޯ ހުރީ؟” ދޮރު ހުޅުވާފައި ގޮސް އެނދުގައި އިށީނދެފައި ނަދާ ބުންޏެވެ.

އަޔާޒް ވަކި އެއްޗެއް ނުބުނެއެވެ.

އެ ހާދިސާއަށް ފަހު ހަފްތާއެއްގެ ޗުއްޓީގައި ހުރި އަޔާޒް، އެ ހަފްތާގެ ކޮންމެ ދުވަހެއްގެ ގިނަ ވަގުތު ހޭދަ ކުރަނީ ނަދާގެ އެކިއެކި ހަރަކާތްތައް ބެލުމުގައެވެ. ނޫން ނަމަ ނަދާއާ މެދު ވިސްނުމުގައެވެ.

ފުރަތަމަ ބޭސް ކާން ދެކޮޅޫ ހެދި ނަމަވެސް ފަހުން ދެކޮޅެއް ނުހަދައެވެ. ގިނަ ފަހަރު ކާ އެއްޗެހި ބޭރުން ގެނައި ނަމަވެސް ބައެއް ފަހަރު އަޔާޒް އަމިއްލައަށް ކޮންމެވެސް އެއްޗެއް ތައްޔާރު ކޮށްލައެވެ. ކޮންމެ އިރަކަށް ކާން ހަދާފައި ނަދާއަށް ގޮވަނީ އަޔާޒްއެވެ. ބަނޑުހައި ވެފައި ހުރި ނަމަ ނަދާ ކޮންމެވެސް ވަރަކަށް ކައެވެ. ނޫން ނަމަ ބަނޑުހައި ނުވާ ކަމަށް ބުނެ ނުކައި ހުންނަނީއެވެ. އަޔާޒްވެސް ނަދާއަށް މަޖުބޫރެއް ނުކުރެއެވެ.

އާތިފް ރަށުން ބޭރުގައި ދެ ހަފްތާ ހުރެފައި އައީ ބުދަ ދުވަހުއެވެ. ޖެހިގެން އަންނަ ހުކުރު ދުވަހު މެންދުރު އެ ގެޔަށް ދާނެ ވާހަކަ އާތިފް ބުނުމުން، މަނާ ކުރަން ބޭނުން ވި ނަމަވެސް އަޔާޒްއަކަށް ނުކެރުނެވެ. ހުކުރު ދުވަހު ހެނދުނު ނަދާ ކައިރީ އެ ވާހަކަ ބުނުމުން ނަދާ ބޭނުން ވީ މެންދުރަށް ރަނގަޅު ކެއުމެއް ތައްޔާރު ކުރާށެވެ. އޭރު އެ ހާދިސާއަށް އެގާރަ ދުވަސް ވެއްޖެއެވެ.

“ނަދާ އަމިއްލައަށް ނުކައްކާ، ކާ އެއްޗެހި ބޭރުން ގެންނަން ވީނު؟” އަޔާޒް ބުންޏެވެ.

“ނޫން، ވަރަށް ފޫހިވޭ މިހެން ހުހަށް އަބަދު ހުންނަން ވީމަ. މިއަދު އަހަރެން ކައްކާނީ” ނަދާ ބުންޏެވެ.

ނަދާ ލިސްޓް ދިނުމުން އެއްޗެހި ގަތީ އަޔާޒްއެވެ. ހުކުރުން ފައިބައިގެން އަޔާޒްއާ އާތިފް އައި އިރު ގޭތެރޭގައި ހިފާލާފައި ހުރީ ކާއެއްޗެހީގެ މީރު ވަހެވެ.

“މާ ގިނަ ދުވަސް ވެއްޖެ މިހާރު ނަދާ އަތުން ކާ ނުލާތާ، ހާދަ މީރު ވަސް ދުވައޭ، ކޯޗެއް ތި ހަދާލީ؟” އާތިފް އެހިއެވެ.

“ކުކުޅު ރިހާޔާ ބަތާ” ހިނިތުން ވެލަމުން ނަދާ ޖަވާބު ދީފައި ތަށިތައް ކާ މޭޒު މައްޗަށް ނަގަން ފެށިއެވެ.

“ދަރިފުޅާ، ބަލިވެތަ ތި އުޅެނީ؟ ކިހިނެއް ވެފަ ތިހިރީ؟” އާތިފްގެ ކުރިމައްޗަށް ނަދާ އައުމުން ހައިރާން ވެފައި އާތިފް ނަދާގެ ބޮލުން ފެށިގެން ފަޔަށް ބަލާލިއެވެ.

ނަދާ ޖަވާބެއް ނުދީ އަޔާޒްއަށް ބަލާލިއެވެ.

“ނަދާ ވަރަށް ބަލިވެ އުޅެފަ އަދި ކިރިޔާ ރަނގަޅު ވެލީ” ޖަވާބު ދިނީ އަޔާޒްއެވެ.

“އެކަމަކު ހާދަ ވަރަކަށޭ ހިކިފަ ތި ހިރީ. އަޔާޒްވެސް ނުވެސް ބުނޭ ނަދާ ބަލި ވާހަކައެއް. އެހާ ބަލި އިރުވެސް އެކަނިތަ ގޭގަ ހުރީ؟ ދުވަސްކޮޅަކަށް ހުދާމެން ކައިރިއަށް ފޮނުވި ނަމައެއްނު؟” އާތިފް ނަދާއާ މެދު ކަންބޮޑުވުން ފާޅު ކުރިއެވެ.

“ބޭބޭ، އަޔާ ހުރީ ޗުއްޓި ނަގައިގެން ގޭގައޭ، އަހަރެން އެކަންޏެއް ނުވޭ، ދެން ކަމެއް ވާ އިރަށް ދޮންތަ މެންނަށް އުނދަގޫ ކުރާކަށް ނުވާނެއެއްނު؟” ނަދާ ބުންޏެވެ.

ކައިގެން އެކި ވާހަކައިގައި ތިބެފައި އަޔާޒްއާ އާތިފް އެކީގައި ނިކުތީ އަޞުރު ވުމުން މިސްކިތަށް ދާށެވެ. ނަދާވެސް ކޮޓަރިއަށް ވަނީ ނަމާދު ކޮށްލާށެވެ.

އަޔާޒް ގެޔަށް އައިސް މާ ގިނަ އިރު ނުވަނީސް ހުދާ ގުޅިއެވެ.

“ނަދާގެ ފޯނު ކޮބާތަ؟ ކީއްވެތަ އަބަދު ނިއްވާލާފަ އޮންނަނީ؟” އަޔާޒް ފޯން ނެގުމުން ހުދާ އެހިއެވެ.

“އެބަ ދެން ނަދާއަށް” ހުދާގެ ސުވާލުތަކަށް ޖަވާބެއް ނުދީ އެހެން ވުނެފައި އަޔާޒް ނަދާ އަތަށް ފޯން ދިނެވެ.

“ދޮންތާ” ނަދާ ގޮވާލިއެވެ.

“މިހާރު ފައިޓްކޮށް ނިމުނީތަ؟ ތަޅާ ފޮޅާ ނިމުނީތަ؟” ހުދާ އަހާލިއެވެ.

“ތިބުނީ…؟” ހުދާ ބުނި އެއްޗެއް ނަދާއަކަށް ނުވިސްނުނެވެ.

“އެ ދުވަހު ނަދާ ކޮޓަރިން ނުނިކުތީ އަޔާ ޖަހައިގެން އެކަން އަހަރުމެންނަށް ސިއްރު ކުރާކަށްނު؟” ހުދާ ބުންޏެވެ.

“ކާކު ބުނީ؟” އަޔާޒްއަށް ބަލާލަމުން ނަދާ އަހާލިއެވެ.

“ނުބުންނަކަސް އެނގެޔޭ. އަހަރެން އެހެން އެހީމަ އަޔާ ނުބުނި އަނގައިންވެސް” ހުދާ ބުންޏެވެ.

“ނޫން ދޮންތާ. އަޔާ ނުހަޖާ އަހަރެން ގަޔަކު. ދުވަހަކުވެސް އަޔާ އަހަރެން ގަޔަކު ނުޖަހާ” ނަދާ ބުންޏެވެ.

“ދެން އެ ދުވަހު ފިލާ އޮތީ ކީއްވެ؟” ހުދާއަށް ގަބޫލު ކުރަން އުނދަގޫ ވިއެވެ.

“އެ ދުވަހު އަހަންނާ އަޔާ ކުޑަކޮށް ޒުވާބު ކޮށްލީ، އެހެންވެ އެއްގޮތަކަށްވެސް އުފަން ދުވަސް ފާހަގަ ކުރަން ބޭނުން ނުވެގެން ދޮންތަމެން އައިމަ ނުނިކުތީ. އަޔާ ދެކެ އައިސްފަ ހުރި ރުޅިން. އަޔާ ޖަހައިގެން އެކަން ސިއްރު ކުރާކަށް ނޫން” ނަދާ ވާހަކައެއް ހަދާލިއެވެ.

“އަސްލުވެސްތަ؟” ހުދާ އެހިއެވެ.

“އާނއެކޭ، ގަބޫލު ކޮށްބަލަ” ނަދާ އެދުނެވެ.

“އޯކޭ، ގަބޫލު ކޮށްފިން. އަދިވެސް ރުޅި އައިސްގެންތަ ތި އުޅެނީ؟ ނޫނީ މިހާރު އެ ކަންތައް ނިމުނީތަ؟” ހުދާގެ އަޑުގައި ހުރީ  ސަމާސާ ގޮތެކެވެ.

“މިހާރު އޯކޭ. ދެން ބުނެބަލަ، ކަމަކުތަ ތި ގުޅީ؟” ހުދާ ފޯން ކުރީ ކީއްކުރަން ތޯ ބަލަން ނަދާ ބޭނުން ވިއެވެ.

“ބުނަން ވެފަ އޮތް ވާހަކައެއް އޮތީމަ ގުޅީ، އެކަމަކު މިހާރު ނެތް ބުނާ ހިތެއް، އަދި އަމްދުން ފޯނުން” ހުދާ ބުނެލިއެވެ.

“ދެން ދޮންތާ! މިއަދު އަންނަން ވީނު؟” ހުދާ ބުނަން އުޅޭ ވާހަކައެއް އަޑު އަހާ ހިތުން ނަދާ ބުންޏެވެ.

“މިއަދު…؟” ހުދާ ގަސްތުގައި ނަދާ ތަޅުވާލިއެވެ.

“އާނ، މިއަދު އާދެބަލަ، އަޒްއާ ރިދާވެސް ގޮވައިގެން އާދޭ. އަހަރެން ސައިބޯ އެއްޗެއްވެސް ހަދާނަން، އަންނާނަން ދޯ؟” ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެ ދުވަހު އެ ގެޔަށް ހުދާމެން ގެންނަން ނަދާ ބޭނުން ވިއެވެ.

“ދެން ތި ވަރު ކުރީމަ އާނއެކޭ ނުބުނެ ނުވާނެ ދޯ؟” ހުދާ އެންމެ ފަހުން އެއްބަސް ވިއެވެ.

“އަވަހަށް އަންނައްޗޭ، މިހާރު މި ދަނީ އެއްޗެއް ރެޑީ ކޮށްލަން” ނަދާ ފޯން ކަނޑާލާފައި ބަދިގެއަށް ދިޔައެވެ.

ކުއްލިއަކަށް އެއްޗެއް ހަދަން ވުމުން އުނދަގޫ ވި ނަމަވެސް ގޭގައި ހުރި އެއްޗެހި ބަލާލާފައި ނަދާ ރިހަފޮޅި ހަދަން ތައްޔާރު ކޮށްލިއެވެ. އަޒްކާއަށް ފޮނި އެއްޗހި މީރު ވާނެ ކަން އެނގޭތީ ރޯސްޕާންވެސް ހެދިއެވެ.

ހުދާމެންނަށް އާދެވުނު އިރު ނަދާ އުޅުނީ ހަޑި ވެފައި ހުރި ތަށިތައް ދޮންނާށެވެ. ސައި ހަދާފައި ސައި ބޯން އައުމަށް ބުނުމުން ހުދާ އެދުނީ އަދި އިރުކޮޅަކު މަޑުކޮށްލުމަށެވެ.

“އެހެން ވިއްޔާ އޭރު ބުނަން އުޅުނު ވާހަކަ ބުނެބަލަ އިހަށް” ހުދާ ކައިރީ އިށީނދެފައި ނަދާ ބުންޏެވެ.

“ދެން އަދި އިރުކޮޅަކު މަޑުކޮށްބަލަ” ހުދާ ފޯނުން ނަގަމުން ބުންޏެވެ.

ހުދާއާ ދިމާއަށް ލޯ އަޅާލާފައި ނަދާ އަޒްކާ އުރާލައިގެން ގޮސް ކުރީ ދުވަހު އަޔާޒް ގެނައި ޗޮކްލެޓްތައް އަޒްކާއަށް ދިނެވެ. އެއާއެކު ރިދާ ބޮޑަ ހާކަން ފެށިއެވެ.

“ތުއްތާ، އަހަންނަކަށް ނެތްތަ؟ އެ ހުރިހާ އެއްޗެއް އެއީ އަޒްއަށް އެކަނިތަ؟ މި ތުއްތަ ކަމަކު ނުދޭ، ތުއްތަބޭ މާ ރަނގަޅު” ރިދާ ޝަކުވާ ކޮށްލިއެވެ.

“ސާބަސް ޗޮކްލެޓް ދައިތާ، މި ހުރިހާ އެއްޗެއް އަޒްއަށް އެކަނި ކެވޭނެތަ؟ މީގެން ދޭތި މީ އަޒްއަށް، އަނެއް ދޭތި ރިދާއަށް” ރިދާގެ ބޮލުގައި ޖަހާލަމުން ނަދާ ބުންޏެވެ.

“ކާކަށްތަ ތި ގުޅަނީ؟” ހުދާ ފޯން ބޭއްވުމުން ނަދާ އެހިއެވެ.

އެ ވަގުތު ބެލް ޖެހި އަޑު އިވުމުން ނަދާ ދޮރު ހުޅުވާލިއެވެ.

“ދޮންތަބޭ! ދެންމެ ދޮންތަ ގުޅި ދޮންތަބޭއަށްތަ؟” ނިހާލް އެތެރެއަށް ވަނުމުން ދޮރު ލައްޕާފައި ނަދާ އެހިއެވެ.

“ދެ މީހުން ބުނަން އޮތް ވާހަކައެއް ވީމަ ނިހާލްވެސް އައިސްގެނެއްނު ބުނެވޭނީ” ހުދާ ބުންޏެވެ.

“ކޮބާ އަޔާ؟” ނިހާލް އެހިއެވެ.

“ތުއްތަބޭ، ދެން ފިލާ ނޯވެ ނިކުމެބަލަ” ރިދާ ބާރަށް ގޮވާލިއެވެ.

އަޔާޒް ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޯ ދިއްކޮށްލިއެވެ.

“ހުދާމެންތަ؟ ރިދާތަ މާ ބާރަށް ހަޅޭ ލަވަނީ؟” އެންމެންނާ ބައިވެރިވެ ސޯފާގައި އިށިނދެފައި އަޔާޒް އެހިއެވެ.

“ކޮޓަރި ތެރޭ ފިލައިގެން އޮންނަންޏާ ދެން ޖެހޭނީ ހަޅޭ ލަވާކަށްނު؟” ރިދާ ބުންޏެވެ.

“ރިދާމެން އަންނަ ވާހަކައެއް ނަދާ ނުބުނޭ ވިއްޔަ، ދެން ނިކުންނާކަށް ނޭނގޭނެއެއްނު؟” އަޔާޒް ނަދާއަށް ބަލާލިއެވެ.

“އަދިވެސް ރުޅިގަނޑު މުޅިން ނުފިލަނީތަ؟ އަޔާވެސް ރަނގަޅު! އަހަރެން އެ ވަރަށް އެއްޗެހި ކީ އިރުވެސް އެއް ފަހަރުވެސް ނުބުނޭ އެހެންނެއް ނޫނޭ ވީކީ. ސޮރީ އިނގޭ! މި ނަދާވެސް މީ މިހާ ރުޅި ގަދަ މީހެއް ކަމެއް އަހަންނަކަށް ކުރިޔަކުން ނޭނގޭ. އަޔާއާ އިން ފަހުން ވީ ގޮތެއް ދޯ އެއީ؟” ނަދާގެ ކޮނޑުގައި ހިފާ ގަޔާ ކައިރި ކޮށްލަމުން ހުދާ ބުނެލީ ލޯބިން ކޮއްކޮއާ ދިމާއަށް ބަލާލަމުންނެވެ.

“ދެން ދޮންތާ! ތި ބުނަން އުޅޭ ވާހަކައެއް ބުނަން ވެއްޖެއެއްނު މިހާރު؟” ހުދާގެ އަތުގައި ވިކާލާފައި ނަދާ ބުންޏެވެ.

“އައޫ… ނިހާލް ބުނެބަލަ” ނަދާ ވިކާލި ތަނުގައި ފިރުމާލަމުން ހުދާ ބުންޏެވެ.

“އެއީ… މެރީ ކުރަން މި އުޅެނީ. މިއަދުން ފެށިގެން ބަރާބަރު އެއް މަސް ފަހުން” ހުދާގެ އަތްތިލައިގައި ހިފާލަމުން ނިހާލް ބުންޏެވެ.

“އަސްލުވެސްތަ؟ ވަރަށް އުފާ ވެއްޖެ. ކޮންގްރެޓްސް ދެ މީހުންނަށްވެސް” ހުދާ ގައިގައި ބައްދާލަމުން ނަދާ ބުންނެވެ.

“ކޮންގްރެޗުލޭޝަންސް!” އަޔާޒްވެސް ހުދާއާ ނިހާލްއަށް މަރުހަބާ ކިޔެވެ.

“ދެން ހިނގާ އަވަހަށް ސައި ބޯން” ނަދާ ތެދުވެގެން ގޮސް މަގުތަކަށް ސައި އަޅަން ފެށިއެވެ.

ސައި ބޯން ތިބި އިރު ނަދާއާ އަޔާޒްގެ މެދުގައި ކަންތައްތަކެއް ބަދަލު ވެފައި ވާ ކަން ހުދާއަށް ފާހަގަ ކުރެވުނެވެ. ކުރިންވެސް އެ ދެ މީހުން އުޅުނީ ކައިވެނި ކޮށްގެން އުޅޭ އެހެން މީހުންނާ ތަފާތު ކޮށެވެ. އެހެން ނަމަވެސް މިއަދު އެ ދެމެދުގައި އެހެން ކަމެއް ވާ ކަން ހުދާއަށް ފާހަގަ ކުރެވުނީ ދެ މީހުންވެސް އުޅުނު ގޮތުންނެވެ. އަޔާޒް އިންނަނީ ނަދާއަށް ނޭނގޭނެ ހެން ނަދާއަށް ބަލާލަ ބަލާލައެވެ. ނަދާ ބެލީ އެއް ފަހަރުވެސް އަޔާޒްއާ ދިމާއަށް ނުބަލާ ވޭތޯއެވެ.

އެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަ އަދިވެސް ހައްލު ނުވަނީއޭ ހުދާގެ ހިތަށް އެރިއެވެ. އެހެން މީހުން ކުރިމަތީ ހުރިހާ ކަމެއް ރަނގަޅު ކަމަށް ދައްކައިގެން އުޅެނީއެވެ.

އެކި ވާހަކައިގައި އެންމެން ތިބި އިރު ހުދާއާ ނިހާލް އިރުއިރުކޮޅާ އެކަކު އަނެކަކުގެ އަތުގައި ހިފާލައެވެ. އެ ދެމެދުގައި ސިއްރު ހިނިތުންވުން ބަދަލު ކުރަމުން ދިޔައެވެ. ނުބަލަން އިން ނަމަވެސް އެ މަންޒަރު ނަދާއަށް ފެނެއެވެ. އިރު ކޮޅަކާ ހުދާއާ ނިހާލްއަށް ބަލާލެވެނީ އިޚްތިޔާރަކާ ނުލައެވެ. އެ ފަދަ ކޮންމެ ފަހަރަކު ނަދާގެ ހިތަށް ތަދު ވެލައެވެ. އެއްބަނޑު އެއްބަފާ ދައްތަގެ އުފަލަށް ހިތުގެ ފުން މިނުން އެދެމުން އެ ދައްތަ ކުރިމަތި ލާފައިވާ ހިތާމަތައް ހިތުން އެކީ ފިލާ ވަރަށް ނިހާލްގެ ފަރާތުން ލޯތްބާ އަޅާލުން ދެއްވާތޯ ދުޢާ ކުރި ނަމަވެސް އަމިއްލަ ދިރިއުޅުމުގައި އެ ލޯތްބާ އުފާވެރިކަން ނެތީތީ ހިތާހިތުން ޝަކުވާ ކުރެވެނީއެވެ.

ނަދާއާ ދިމާއަށް ބަލަން އިން އަޔާޒްއަށް، ނަދާ އިރުއިރުކޮޅާ ހުދާމެންނާ ދިމާއަށް ބަލާލާ ތަން ފެނުމުން، އެ ހިތުގައި ވާ އެއްޗެއް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ކޮންމެ އަންހެން ކުއްޖެއްގެވެސް އުންމީދަކަށް ވާނީ ކައިވެންޏަށް ފަހުން އުފާވެރި ދިރިއުޅުމެއް އުޅުމެވެ. އެހެން ނަމަވެސް ނަދާއަށް ދިމާވީ އެހެންނެއް ނޫނެވެ.

އެ ދުވަހުގެ ހާދިސާ ހަނދާން ވުމާއެކު އަޔާޒް އެކަން ހިތުން ނެރެލަން މަސައްކަތް ކުރަމުން މަޑުމަޑުން ދެ ފަރާތަށް ބޯ ހަލުވާލިއެވެ. ނަދާ އުފާ ވާނެ ކަމެއް ކޮށްދޭން އަޔާޒް ބޭނުން ވިއެވެ. އެންމެންގެ މޫނަށް ބަލާލާފައި އަޔާޒް ގޮތެއް ނިންމިއެވެ. ނަމަވެސް އެ ވަގުތު އެއްޗެއް ނުބުނެއެވެ.

ގިނަ އިރެއް ނުވެ މަޣްރިބް ނަމާދު ވަގުތު ވުމުން އަޔާޒްއާ ނިހާލް ދިޔައީ މިސްކިތަށެވެ. ހުދާއާ ރިދާ، ނަދާއާ އެކު ގޭގައި ނަމާދު ކުރިއެވެ. އަޔާޒްއމެން އައި އިރު ތިން އަންހެން ކުދިން ތިބީ ހުދާއަށް ނިހާލްގެ ކައިވެނީގެ ވާހަކަ ދައްކާށެވެ. އެ މީހުން ކައިރީ ކުޅެން އަޒްކާ އިނެވެ.

“ރިދާ، ދެން ހިނގާ ދޯ ދާން” ހުދާ ބުންޏެވެ.

“އަޅެ، ހާދަ އަވަހަކަށް؟” ނަދާއަށް ބުނެވުނީ އެ މީހުން ދާން އަދި ނަދާ ބޭނުން ނުވާތީއެވެ.

“މިރޭ އެންމެން މި ގޭގަ މަޑު ކުރަން ވީނު؟ މާދަމާ ދާނީ” އެ ވަގުތު އަޔާޒް ވިސްނާފައި ވާ ގޮތް ހާމަ ކޮށްލިއެވެ.

“އަސްލުވެސްތަ؟ ދޮންތާ ޕްލީޒް ޕްލީޒް ހިންގާ މަޑު ކުރަން” ރިދާ ހަޅޭ ލަވައިގެންފައި ހުދާ ގާތު އާދޭސް ކުރަން ފެށިއެވެ.

ނަދާ ހައިރާން ވެފައި އަޔާޒްއާ ދިމާއަށް ބަލަން ހުއްޓެވެ. ހިނިތުންވެލަމުން އަޔާޒް ބޯޖަހާލިއެވެ.

“އުނދަގުލެއް ނުވާނެތަ؟” ހުދާ އަހާލީ އަޔާޒްއާ ދިމާއަށް ބަލާލަމުންނެވެ.

“ނުވާނެ، ނިހާލްވެސް މަޑު ކުރަންވީނު؟” އަޔާޒް ނިހާލްއަށްވެސް ދައުވަތު ދިނެވެ.

“މާދަން އޮފީހަށްވެސް ދާން ޖެހޭނެއެއްނު؟” ނިހާލް ބުންޏެވެ.

“އަހަރެން މާދަން ސަލާން!” ދެ އަތް މައްޗަށް ނަގާލަމުން އަޔާޒް ބުންޏެވެ.

“ދޮންތާ، ދެން އާނއެކޭ ބުނެބަލަ!” ހުދާގެ އަތުގައި ހިފާ އެލިގަންނަމުން ރިދާ ބުންޏެވެ.

“އޯކޭ އޯކޭ، އެކަމަކު މަޑު ކުރަންޏާ ގެޔަށް ގޮސްލަން ޖެހޭނެ އަޒްގެ އެއްޗެހި ބަލާ. ނިހާލް، ކިހިނެއް ހަދަނީ؟” ހުދާ އެއްބަސް ވެފައި ނިހާލް ހަދާ ގޮތެއް އަހާލިއެވެ.

“އަހަރެންވެސް މާދަން ބަލި” ނިހާލްވެސް ބުނެލިއެވެ.

“ޔެސް!” ފުންމައިގެންފައި ރިދާ ގޮސް އަޔާޒްގެ އަތާ އަތް ޖައްހާލިއެވެ.

ނަދާ އަދިވެސް އެއްޗެއް ނުބުނެ ހުރީއެވެ.

“ތުއްތަ ކިހިނެއް ވެފަ ތިހިރީ؟ ޕްރައިވެސީ ގެއްލޭތީ ހިތްހަމަ ނުޖެހިފަ ދޯ؟ އެކަމަކުވެސް ހެޔޮ، މިރޭ އަހަރުމެން ތިބޭނީ މި ގޭގަ” ރިދާ އައިސް ނަދާ ގައިގައި ބައްދާލަމުން ދިމާ ކޮށްލިއެވެ.

“ނިހާލް، ހިނގާ ގެޔަށް ގޮސްލާފަ އަންނަން. ރިދާ، ގުޅާފަ މަންމަ ކައިރީ އަހާ، އެހެން ނޫނީ ބޮމެއް އަޅާފާނެ” ހުދާ ބުންޏެވެ.

ރިދާ ގުޅާފައި އެހުމުން ސާޖިދާ ހުއްދަ ދިނެވެ. ހުދާ ނިހާލްއާ އެކު ގެޔަށް ގޮސް އަޒްކާއާ ރިދާ އަދި ހުދާއަށްވެސް ބޭނުން ވާނެ އެއްޗެހި ހިފައިގެން އައެވެ.

ނުވައެއް ޖެހުމުން އަޒްކާއަށް ކާން ދީފައި ނިންދަވަން ތައްޔާރު ކޮށްގެން ހުދާ ނިކުތީ ސިޓިންގރޫމަށެވެ.

“އަޒް ބާއްވާ ކޮޓަރީގަ، ހުދާއާ ރިދާ ނަދާއާ އެކީ ކޮޓަރީގަ ނިދާނީ، ދޯ ނަދާ؟” އަޔާޒް އެ ވަގުތު ބުންޏެވެ.

ނަދާ އެއްބަސް ވެފައި ހުދާ ކައިރީ ހުރި އަޒްކާ އުރާލިއެވެ.

“އަޒް މިރޭ ނިދާނީ ތުއްތައާ އެކީ، ދޯ ދޫނީ؟” އަޒްކާ ގޮވައިގެން ކޮޓަރިއަށް ދަމުން ނަދާ ބުންޏެވެ.

“ދެން އަޔާ ނިދަނީ ކޮންތާކު؟” ހުދާ އެހިއެވެ.

“އަހަންނާ ނިހާލްއަށް މިތަން އޯކޭ ވާނެ، ދޯ ނިހާލް؟” އަޔާޒް ބުންޏެވެ.

“އާނ، ހަމަ ރަނގަޅު” ނިހާލް ޖަވާބު ދިނެވެ.

އަޒްކާ ނިންދަވާފައި ނަދާ ނިކުތް އިރު ހުދާއާ ރިދާ އުޅެނީ ފަރާޓާ ގަނެގެން އައިސް އެ ފިހާށެވެ.

“ނަދާ ހަދާފަ ހުރި ޗިލީ ޗިކަން މީރު ކަމުން އެ ކާން ވެގެން މިރޭ ނޫޑްލްސް ކައްކާ ހިތް ނުވީ، އެހެންވެ ފަރާޓާ ގަތީ” ހުދާ ބުންޏެވެ.

ކައި ނިމިގެން އެކަކުވެސް ނިދަން ދާކަށް ބޭނުމެއް ނުވިއެވެ. އެކި އެކި މަޖާ ވާހަކަ ދެއްކުމާ، އެކަކު އަނެކަކާ ދިމާ ކުރުމުގައި އެންމެން ވަގުތު ހޭދަ ކުރަމުން ދިޔައެވެ. އެންމެ ގިނައިން ދެކެވުނީ ހުދާއާ ނިހާލްގެ ކައިވެނީގެ ވާހަކައެވެ.

“ދޮންތާ، ކޮން ކުލައެއް—” ނަދާ އަހާލަން އުޅުނު ނަމަވެސް ސުވާލު ފުރިހަމަ ނުވަނީސް ރިދާ ޖަވާބު ދިނެވެ.

“ގްރޭ! މަންމަ ރުޅީ އައިސްގެން ހަލާކު ވާނެ އެކަން އެނގޭ އިރަށް. ޔަގީނޭ މި ދޮންތަ ހަމަ މަންމަ ރުޅި އަރުވަން ވެގެން ކަން މަންމައަށް އެންމެ ހަޑި ކުލަ އެ ނެގީ” ރިދާ ބުންޏެވެ.

“މަންމައަށް ހަޑިއަކަސް އަހަންނަށް ވަރަށްރީތި ކުލައެއް އެއީ، ނިހާލްއަށްވެސް ހަޑިއެއް ނޫން. ދެން އެހެން ނޫނަސް އަހަރެންގެ ކައިވެނީގެ ކަންތައް ކުރާނީ އަހަރެން ބޭނުން ވާ ގޮތަކަށްނު؟ މަންމަމެން ބޭނުން ވީހާ ގޮތަކަށް ކުރީ ފަހަރު ހުރިހާ ކަމެއް ކުރީ، އަހަރެން ނުބުނަން އެއްވެސް އެއްޗެއް، އެކަމަކު މި ފަހަރު އެއްވެސް ކަމެއް ނުކުރާނަން އަހަރެން ބޭނުން ވާ ގޮތަކަށް ނޫނީ” ހުދާ ބުންޏެވެ.

“އާނ، ހުރިހާ ކަމެއްވެސް ކުރާނީ ހުދާ ބޭނުން ވާ ގޮތަށް” ހުދާގެ އަތްތިލައިގައި ހިފާ، ނިހާލްގެ އިނގިލި ތަކާ އެކު ހުދާގެ އިނގިލިތައް މަހާލަމުން ނިހާލް ބުންޏެވެ. ހުދާވެސް ނިހާލްއާ ކައިރިއަށް ޖެހިލަމުން ނިހާލްގެ ގައިގައި ލެނގިލިއެވެ.

“ކޮބާ މިހާރު ޝާމިލް؟” އަޔާޒް އެހިއެވެ.

“އެބައުޅޭ، އަދިވެސް ރަނގަޅު ވާން އުޅޭ ހެނެއް ހިއެއް ނުވޭ” ނިހާލް ބުންޏެވެ.

ބާރަ ގަޑި ބައި ވީ ތަނާ ނަދާ ތެދުވީ އެންމެންނަށް އައިސް ކޮފީ ހަދަން ދަނީއޭ ކިޔާފައެވެ. ކޮފީ ގިރާފައި ތިން ޕެކެޓް ޗިޕްސްވެސް ބޮޑު ތައްތަކަށް  އަޅާފައި އެއްޗެހި ތަބަކުގައި އަތުރާލައިގެން ނަދާ ނިކުތް ރިދާ ވީ ކޮޓަރީގައެވެ. ހުދާއާ ނިހާލް ތިބީ ބެލްކަނީގައެވެ.

ބެލްކަނީގެ ބިއްލޫރި ދޮރުފަތުގައި ބުރަކަށި ޖައްސައިގެން ނިހާލް ހުރި އިރު ހުދާ ކުރީ ނިހާލް ގައިގައި ލެނގިލައިގެންނެވެ. ތަބައް މޭޒުމަތީ ބަހައްޓާފައި އެ މީހުންނަށް ގޮވަން ވެގެން އެނބުރުނު ނަދާ، ދެ މީހުން ތިބި ގޮތް ފެނުމުން އުނދަގޫ ނުކުރަން ވެގެން ކޮޓަރިއަށް ވަނީ ރިދާ ކޮބާތޯ ބަލާލަން ވެގެންނެވެ.

ރިދާ ގޮވައިގެން ނަދާ ނިކުތް އިރުވެސް ހުދާމެން ތިބީ އެ ގޮތަށެވެ. އެ ދެ މީހުންނަށް ބަލާލާފައި ނަދާ ވިސްނާލިއެވެ.

އެފަދަ އުފަލެއް، ހިތްހަމަ ޖެހުމެއް ނަދާއަށް ދުވަހަކުވެސް އިހުސާސް ކުރެވިދާނެ ހެއްޔެވެ؟ ނަދާ ދެކެ އެހާ ލޯބި ވާނެ މީހަކު ހުރެދާނެ ހެއްޔެވެ؟ ނިހާލް ހުދާއާ މެދު ވިސްނާ ހެން ނަދާއާ މެދު ވިސްނާނެ މީހަކު ހުރެދާނެ ހެއްޔެވެ؟

އެ ޚިޔާލުތަކާ އެކު ނަދާގެ ހިތަށް އުނދަގޫވެލިއެވެ. ދެ ފަރާތަށް ބޯ ހަލުވާލީ އެ ޚިޔާލުތަކުން ދުރުވެލާށެވެ.

“ދެން ހުރި ތަރިތައް އުޑުމަތީ ބަހައްޓާފަ އަންނަން ވީނު؟ އެހެން މީހުން ބާލަންވެސް ބައެއް ތަރި ބަހައްޓަން ވާނެ” ހުދާއަށް ގޮވާލަމުން ނަދާ އެ މީހުންނާ ދިމާ ކޮށްލިއެވެ.

“މިތާ އަހަރުމެން އެންމެ ރެއަކު ތިބީމަ ހާދަ ވަރަކަށް ޖޭ ވެގެން ތި އުޅެނީ؟ ނޭނގެ ކިތައް ރޭ ކަމެއް އަޔާއާ ނަދާ މިތާ ތިބެ ތަރިއާ ހަނދާ އިރާ ބޭލީ. އެ ދުވަހުގެ ރުޅިގަނޑު ނުފިލާތީ މިރޭ ދެ މީހުން އެއް ދިމާއަކަށް ބަލާވެސް ނުލާން ތިއްބަސް އެނގެޔޭ ތީވެސް އަބަދު ތިހެން ދުރުގަ ތިބޭ ދެ މީހުން ނޫން ކަން” ހުދާވެސް ނަދާއަށް ދޫ ނުކުރަން ވެގެން ބުނެލިއެވެ.

ހުދާ އެހެން ބުނުމުން ނަދާއަށް އަޔާޒްއާ ދިމާއަށް ބަލާލެވުނެވެ. އަޔާޒްވެސް އެވަގުތު ނަދާއަށް ބަލާލިއެވެ. އެ ބެލްކަނީގައި އަދި އެހެން ތަނެއްގައިވެސް އެފަދަ ކަމެއް އަޔާޒް ކުރި ނަމަ ކުރާނީ މައިހާއާ އެކީއޭ ނަދާ ހިތަށް އެރިއެވެ.

އެއްޗެއް ނުބުނެ ނަދާ ބަދިގެއާ ދިމާއަށް ދާން ފެށުމުން ހުދާ ނަދާއަށް ގޮވާލިއެވެ.

“އޭއި، ހިތް ހަމަ ނުޖެހުނީތަ؟” ނަދާ ކައިރިއަށް އައިސް ހުދާ އެހިއެވެ.

“ނޫން، ފެން ބަލާ މި ދަނީ” ނަދާ ބުންޏެވެ.

“އިހަށް އާދެބަލަ، ފެން ގެނެވިދާނެ ފަހުންވެސް” ނަދާގެ އަތުގައި ހިފައިގެން އައިސް ހުދާ އިށީނެވެ.

“އަޔާ ކީއްކޮށްގެންތަ ނަދާ އެހާ ވަރަށް ރުޅި އައިސްގެން އެ އުޅެނީ؟ އަދިވެސް އޯކޭ ނުވޭ ދޯ؟ ކިހިނެއްތަ އަސްލު ވީ؟” ނަދާއާ ދިމާއަށް އަޔާޒް ބަލަން އިން ގޮތް ފާހަގަ ކުރެވުމުން، ނިހާލް އައިސް އަޔާޒް ކައިރީ އިށިނދެފައި އެހިއެވެ.

“މިރޭ ތި ވާހަކަ ނުދައްކާ ނިހާލް” އަޔާޒް އިސް ޖަހާލަމުން ބުންޏެވެ.

“ވަރަށް ސުވާލު އުފެދޭ ނަދާއާ އަޔާ ފެންނަ ކޮންމެ ދުވަހަކުވެސް… ތި ދެ މީހުންގެ ޕަރޒަނަލް ކަމެއްގެ ތެރެއަށް ނުވަންނަން ވެގެން ނާހަނީ… އެކަމަކު މިރޭ ވަރަށް އުނދަގޫ ވޭ އެބަ. އާނއެކޭ ނޫނީ ނޫނެކޭ ބުނެލިޔަސް އޯކޭ، ޖަވާބެއް ވަރަށް ބޭނުން. ބޮޑު ކަމެއް ދިމާވީތަ އަޔާ؟” ނިހާލް އަހާލީ ނަދާއާ މެދު ހިތުގައި ކަންބޮޑުވުމެއް ވީތީއެވެ.

އަޔާޒް އެއްޗެއް ނުބުނެ ދެ އަތުން މޫނު ފޮރުވާލިއެވެ. އެހެން އިނދެފައި އަޔާޒް އަތް ނެގީ ނިހާލް އަޔާޒްގެ ނަމުން ގޮވާލުމުންނެވެ.

“ކަމެއް ވެއްޖެ… ބޮޑު ކަމެއް… އެކަމަކު އަހަރެން މި ބަލަނީ އެކަން ހައްލު ވޭތޯ… ނިހާލް، އަހަންނާ ނަދާއާ ކައިވެނި ކުރަން ޖެހުނީ ވަރަށް ތަފާތު ގޮތަކަށް… އޭރަކު އަހަންނަކަށް މި ކައިވެންޏެއް އެހާ މުހިންމެއް ނޫން، އެކަމަކު މިހާރު އަހަރެން ބޭނުން ކޮންމެ ގޮތެއް ހަދާފަވެސް މި ކައިވެނި ދަމަހައްޓަން. ނަދާއާ އެކީ އުޅެން އަހަރެން ބޭނުން… އެހެން ވިޔަސް ނަދާ އެ ގޮތް ބޭނުން ވަންޏާ އެހެން ވާނީ” އަޔާޒް ބުންޏެވެ.

“ނަދާ އަޔާއާ އެކީ އުޅެން ބޭނުން ނުވެދާނެތަ؟ އަޔާއަށް ގޯހެއް ހެދުނީތަ؟” ނިހާލް އެހިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ބުނެދޭށޭ ރުހެމޭ 70

Next

ކަފުން ވެވިފާ…01

Next
August 20, 2019

ކަފުން ވެވިފާ…01

Previews
August 18, 2019

ބުނެދޭށޭ ރުހެމޭ 70

48 Comments!

  1. Mar Sha Marsha says:
    August 19, 2019 at 11:11 am

    Salaam, here’s part 24, kiyaalaafa comment kollahchey, 25 on Thursday.

  2. Marie?? says:
    August 19, 2019 at 11:15 am

    Yey me first £??? kiyalafa cmnt khlaanan ok

  3. Zar@ says:
    August 19, 2019 at 11:25 am

    Wow…

    1. Mar Sha Marsha says:
      August 20, 2019 at 7:15 pm

      Thank u Zar@

  4. Marie?? says:
    August 19, 2019 at 11:35 am

    Vr salhi mi baivx . Ilove the story.. waiting for next part

    1. Mar Sha Marsha says:
      August 20, 2019 at 7:16 pm

      Thank u Marie

  5. winkel angie says:
    August 19, 2019 at 11:40 am

    mee first dhw

    1. Mar Sha Marsha says:
      August 20, 2019 at 7:16 pm

      Nooney, u r 3rd ?

  6. Juwai Ner says:
    August 19, 2019 at 11:43 am

    Shixoo Izkaan Afeef

    1. Mar Sha Marsha says:
      August 20, 2019 at 7:17 pm

      Thank u Juwai Ner

  7. Umny ??? says:
    August 19, 2019 at 12:02 pm

    Wow❤️?❤️?

    1. Mar Sha Marsha says:
      August 20, 2019 at 7:18 pm

      Thank u Umny

  8. Shahu says:
    August 19, 2019 at 12:25 pm

    Woooooww i love this part ? ? ? ? ? ? ? ? love you. Marsha sis ❤️ ❤️ ❤️

    1. Mar Sha Marsha says:
      August 20, 2019 at 7:18 pm

      Thank u Shahu

  9. Meekkomee says:
    August 19, 2019 at 1:01 pm

    sisss mi part ves varah reethi…….Luv ur story so much……..cant wait for thursday

    1. Mar Sha Marsha says:
      August 20, 2019 at 7:19 pm

      Thank u Meekko

  10. Imkko says:
    August 19, 2019 at 1:42 pm

    Wow maashallah …. Hama habeys as alwys …. N v happy vey eba ayaaz a visnigen emeehungge relationship Rangalhu Kuran ulheynthee …. Curiously gonna wait for the next part ????? keep it up ??????

    1. Mar Sha Marsha says:
      August 20, 2019 at 7:19 pm

      Thank u Imkko

  11. Mary says:
    August 19, 2019 at 2:00 pm

    Mi part ves v salhi ? ? ❤️.. Wait for nxt part ????❤️????❣️?

    1. Mar Sha Marsha says:
      August 20, 2019 at 7:20 pm

      Thank u Mary

  12. mulla says:
    August 19, 2019 at 2:37 pm

    V salhi vaahaka.. but v kurukoh gennanii.. next part thankolheh dhigukoh genesh dhyba… n vaahaka thankolhen kuring up kohdhyba ?????

    1. Mar Sha Marsha says:
      August 20, 2019 at 7:21 pm

      Thank u mulla, balaanan ingey

  13. Noora says:
    August 19, 2019 at 2:48 pm

    Vaahaka kithanme haaves reethi..
    Ekm hafthage 2 days genes fhey iru ehaa kuru koh parts thah genrs dheny..haftha aku atleast 3 days genes dhybala vaahaka

    1. Mar Sha Marsha says:
      August 20, 2019 at 7:22 pm

      Thank u Noora, pi bai 1 page dhigu koh genesdhiny, vaguthu vaa varakun mi upload kurany, adhi miulheny 25 ge enme word ehves type nukurevigen, but will try inge

  14. YoonnaL says:
    August 19, 2019 at 3:10 pm

    Haadha reehchey mi vaahaka marshaaaa????

    1. Mar Sha Marsha says:
      August 20, 2019 at 7:27 pm

      Oww, thank u so much YoonnaL,

  15. Ibsha says:
    August 19, 2019 at 8:22 pm

    Mi vaahaka hama varah varah reethi…
    Bunaane ehcheh neiy

    1. Mar Sha Marsha says:
      August 20, 2019 at 7:28 pm

      Thank u Ibsha

  16. Ziyaa says:
    August 19, 2019 at 10:04 pm

    Mevaahaka v reethi up kuraaleh thankolhe lahee avass kohlwvidhaanetha? Dhivehi vaahakehge hurihaa sifa eh ebahuri v furihama alhugadakey efiyaage v ginavaahaka kiya kiuntherieh

    1. Mar Sha Marsha says:
      August 20, 2019 at 7:29 pm

      Thank u so much Ziyaa

  17. Hudhoo says:
    August 19, 2019 at 10:04 pm

    Mashaa allah varah reeti mi part digu kolah dinee tee thankyou marsha?

    1. Mar Sha Marsha says:
      August 20, 2019 at 7:29 pm

      Thank u Hudhoo

  18. mal says:
    August 20, 2019 at 12:00 am

    awesome

  19. Rau says:
    August 20, 2019 at 12:59 pm

    Nun Thursday maa Las mihaaru v kehmadhu plx avas kohladhybr aneh part

    1. Mar Sha Marsha says:
      August 20, 2019 at 7:30 pm

      Thank u Rau, will try inge

  20. winkel angie says:
    August 20, 2019 at 5:07 pm

    hey thi cover badhal kohla dhyba ayaaz vex fennna gothah

    1. Mar Sha Marsha says:
      August 20, 2019 at 7:31 pm

      Ayaaz eh hoadhaafa pic eh laan v dho! ?

    2. winkel angie says:
      August 20, 2019 at 8:57 pm

      Yah Hama rangalhu vaane ???

    3. winkel angie says:
      August 22, 2019 at 10:39 am

      mi comment ah reply kohffa ein winkel angie aky alhu gadeh noon …..how ever did this please ur own identification

    4. winkel angie says:
      August 22, 2019 at 1:40 pm

      who**

  21. Ibsha says:
    August 22, 2019 at 10:10 am

    25 vana part kiyaalan keiy madhuvefa

  22. Fathun says:
    August 22, 2019 at 10:14 am

    Can’t wait to read next part ?♥️♥️

  23. malu says:
    August 22, 2019 at 12:28 pm

    maasha plx stry up kohdheeba cant wait mihaaru kiyaa hithun .i checked miadhu up vefa in tho.but neh.plx up kohdheeba.

  24. Ibsha says:
    August 22, 2019 at 1:03 pm

    Kihaairakun up vaany keiy madhuvefa

  25. Aish says:
    August 22, 2019 at 1:22 pm

    Kyve miadhu story up nukuranee

  26. nash says:
    August 22, 2019 at 1:57 pm

    Marsha kon iraku 25 up kuranee plx can’t wait

  27. Smiley says:
    August 22, 2019 at 2:04 pm

    Alhe dhen story up kohdheeba, mihaaru Check Koh Koh Bali vejje ????

  28. Mar Sha Marsha says:
    August 22, 2019 at 4:00 pm

    V sorry dears, now uploaded.

Comments are closed.

Next Episodeކުށަކާ ނުލާ 25←


All Right Reserved!