ލީންއަށް ހަމަހޭ ވެރިކަމެއް ވީ އޭނަ މޫނު ކުރިމަތިން މީހަކު ފުށްޓަތްކެއްޖެހުމުންނެވެ. އެވަގުތު ދެލޯ ބޮޑު ކޮއްލަމުން ކުރިމަތީ ހުރި މީހާއަށް ލީން ބަލާލިއެވެ. އަދި އެއަށް ފަހު އިސްޖަހާލިއެވެ. އެވަގުުތު އޭނަ ހަނދާންވީ މިއަދު ހިނގި ހާދިސާ މަތިންނެވެ. އަނެއްކާ އިސް އުފުލާ ބަލާލި އިރު އެ ޑޮކްޓަރ އާކިލް ގޮސް އޭނައަށް ހާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނެވެ. އެހެންކަމުން އަނެއްކާ ވެސް ލީން އިސް ޖަހާލުމަށް ފަހު ތިރިޔަށް ވެއްޓިފައި އޮތް ފައިލް ނަގައިގެން ގެންގޮސް ޑޮކްޓާރ އާކިލްގެ ޓޭބަލް މަތީ ބާއްވައި ލުމައްފަހު އެ ފައިލް ގައި ހުރީ ޑޮކްޓާރ އާކިލް ގެ ޕޭޝަޓްސްގެ ލިސްޓް ކަމަށް ބުނެލިއެވެ. އެވަގުތު ޑޮކްޓާރ އާކިލް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ކެބިން ދޮރުގައި މީހަކު ޓަކި ދިނެވެ. އެހެންކަމުން އާކިލްގެ ކެބިންއަށް އަށް ވަނުމަށް ހުއްދަ ދިނެވެ. އެވަގުތު ކެބިން ތެރެއަށް ހިނިތުންވެލައިގެން ވަދެގެން އައީ ޒާލިފްއެވެ. ކޮބާ ލީން ޕުޓީ ފައިލް ޑޮކްޓާރ އާކިލް އާ ހަވާލު ކޮއްފިންތަ؟ ސަމާސާ ރާގަކަށް ފާޑަކަށް ލީން އާ ދިމާލަށް ހީލަމުން ޒާލިފް ބުނެލިއެވެ. އާން ހަވާލު ކޮއްފިން! ލީން ޒާލިފްއާ ދިމާލަށް ދެލޯ އަޅާލަމުން ބުނެލިއެވެ. އަދި އެއަށް ފަހު އާކިލްގެ ފަރާތުން ހުއްދަ ހޯދުމަށް ފަހު ކެބިންއިން ނިކުމެގެން ދިޔައެވެ. ލީން ނިކުމެގެން ދިޔަތަން ބަލަން ޒާލިފް ހުރީ ހެވިފައެވެ.”ހޭއި ބްރޯ ކިހިނެތްތަ” ލީން ނިކުމެގެން ދިޔުމުން ހެވިދިލިފައި ޒާލިފް އައިސް އާކިލް ކައިރީގައި ހުއްޓިލިއެވެ. ޢާކިލް އިށީނދެގެން އިން ގޮނޑިން ތެދުވުމަށް ފަހު ހިނިތުންވުމެއް ހަދިޔާ ކޮއްލުމަށްފަހު ރަނގަޅުކަމަށް ބުނުމަށް ފަހު ސަލާމް ކޮއްލުމަށްފަހު ބައްދާލިއެވެ. ޢާކިލް އާއި ޒާލިފް އަކީ ގުރޭޑު 8 ކުން ފެށިގެން ދެ ރަހުމަތްތެރިންނެވެ. ގުރޭޑު 10 ނިންމުމަށްފަހު އާކިލް މެލޭޝިޔާ އަށް އިތުރަށް ކިޔަވަން ދިޔައެވެ. ނަމަވެސް 3 އަހަރު ފަހުންވެސް ދެމީހުންގެ މެދުގައި އޮތް ރަހުމަތްތެރިކަމަކަށް ބަދަލެއް ނާދެއެވެ. […]
ލީންޕުޓީ މި ފައިލް ޑޮކްޓާރ އާކިލްގެ ކެބިންއަށް ގެންގޮސްދީބަ. ރިސެޕްޝަންއަށް އަރާ ހަމަވުުމުން ލީންއަށް ފައިލް ދިއްކޮއްލަމުން ޒާލިފް ބުނެލިއެވެ. ޒާލިފް އަކީ ލީންގެ ރައްޓެއްސެކެވެ. ޒާލިފްއަކީ ހުރިހާ އެންމެންނާ ގުޅޭ މަޖާ މިޒާޖެއްގެ އަނގަގަދަ މީހެކެވެ. ޒާލިފް އަބަދުވެސް ލީން ރުޅިއެރުވުމަށް ލީންއާ ދިމާލަށް ގޮވަނީ ލީންޕުޓީއޭ ކިޔާފައެވެ. އެއީ މި މިއަދު މި ހޮސްޕިޓަލްއަށް އަލަށް ޖޮއިން ކުރި ޑޮކްޓާރ ދޯ؟ ލީން ތުން ދަމައިގެން ހުރެެ ފައިލްގައި ހިފަމުން ސުވާލު ކޮއްލިއެވެ. އާން. ދެން އަވަހައް ތި ފައިލް ޑޮކްޓާރ އާކިލްގެ ކެބިން އަށް ގެންގޮސްދީ ޒާލިފް ލީން އަށް ޖަވާބު ދެމުން ބުނެލިއެވެ. ހޫމް މިދަނީ މިހާރު މި ފައިލް ޑޮކްޓާރ އާކިލްގެ ކެބިން އަށް ގެންގޮސްދޭން. މިހެން ބުނުމައްފަހު އަތުގައި އޮތް ފައިލް ހިފައިގެން ޑޮކްޓާރ އާކިލްގެ ކެބިންއާ ދިމާލަށް ލީން މިސްރާބު ޖެހިއެވެ. ކެބިންއަށް ވަންނަން އިން ދޮރުގައި ޑރ.އާކިލްގެ ނޭމް ޕްލޭޓް ޖަހާފައި އިނުމުން އެއީ ޑޮކްޓަރ އާކިލްގެ ކެބިންކަން ލީންއަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ލީން ގޮސް ކެބިން ދޮރުމަތީ ހުރެފައި ދޮރުގައި ޓަކި ދިނެވެ . އެވަގުތު އެތެރެއިން ވަނުމަށް ބުނުމުން ކެބިން ދޮރު ހުޅުވާލާފައި ވަނެވެ. ކެބިން ދޮރު ހުޅުވާލާފައި ވަތް ލީން ހުއްޓުންއެރީ ކުރިމަތިން ފެނުނު ސޫރަ އަކުންނެވެ. އެވަގުތު އޭނަ އަތުގައި އޮތް ފައިލްވެސް އަތުން ދޫވެގެން ވެއްޓުނެވެ. ކެބިންއަށް ވަދެގެން އައި އާކިލްގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އަތުގައި އޮތް ފޯނު މޭޒުމަތީ ބޭއްވުމައްފަހު […]
ފޯނަށް ބަލަހައްޓައިގެން ހުރެ ހޮސްޕިޓަލަށް ވަންނަން އައި އާކިލް ސިހުނީ މީހަކު އޭނަ ގައިގައި ޖެހިފައި ވެއްޓެން ދިޔަތަން ފެނުމުންނެވެ. އާކިލް ހުޝިޔާރުކަމާއެކީ ވެއްޓެން ދިޔަ މީހާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އެވަގުތު އާކިލް އަތުގައި އޮތް ފޯނުވެސް ވެއްޓުނެވެ. އާކިލް ވެއްޓުނަ ނުދީ ހިފަހައްޓައިގެން ހުރި މީހާއާ ދިމާލަށް ބަލާލިއެވެ. އެވަގުތު އޭނައަށް ހުރެވުނީ ކަޅިޖަހާލަންވެސް ނޭނގިފައެވެ. ހަމުގެ ކުލަ އަލި ކަޅުކަންގަދަ ފަން އިސްތށިގަނޑެއް ލިބިފައިވާ އެ އަންހެން ކުއްޖާ އާ ދިމާލަށް އާކިލް […]
ދޮރުގައި މީހަކު ޓަކިދޭ އަޑަށް ލީންއަށް ހޭލެވުނެވެ. ހޭލެވުމާއެކު އަވަހަށް ކައިރީގައި އޮތް ފޯނު ނަގައި ބަލާލުމާއެކު ފުންމައިގެން ތެދުވިއެވެ. “އަނެއްކާ މިއަދުވެސް ގަޑި ޖެހުނީ ޝިޓް” އަނެއްކާވެސް މީހަކު ދޮރުގައި ޓަކި ދިނެވެ. “ދަރިފުޅާ ލީން އަދިވެސް ނިދަނީތަ މިހާރު އެއޮށް ގަޑިޖެހެން ތިރީސް މިނިޓަށްވީ “ނޫން މަންމާ އަޅުގަނޑު ހޭލައިފިން” މިހެން ބުނުމައްފަހު އަތުގައި އޮތް ފޯނު އެނދުމައްޗައް އެއްލާލުމަށްފަހު ތުވާލި ނަގައިގެން ދުވެފައި ގޮސް ފާހަނައަށް ވަނެވެ. ލީން އިކީ މެދުފަންތީގެ އާއިލާއަކަށް […]
ދޮރުގައި މީހަކު ޓަކިދޭ އަޑަށް ލީން އަށް ހޭލެވުނެވެ. ހޭލެވުމާއެކު އަވަހަށް ކައިރީގައި އޮތް ފޯނު ނަގައި ބަލާލުމާއެކު ފުންމައިގެން ތެދުވި އެވެ. ” އަނެއްކާ މިއަދުވެސް ގަޑި ޖެހުނީ ޝިޓް” އަނެއްކާވެސް މީހަކު ދޮރުގައި ޓަކިދިނެވެ. ” ދަރިފުޅާ ލީން އަދިވެސް ނިދަނީތަ މިހާރު އެއޮއް ގަޑިޖެހެން 30 މިނެޓަށްވީ” ” ނޫން މަންމާ އަޅުގަނޑު ހޭލައިފިން ” މިހެން ބުނުމައް ފަހު އަތުގައި އޮތް ފޯނު އެނދުމައްޗަށް އެއްލާލުމައްފަހު ތުވާލި ނަގައިގެން ދުވެފައި ގޮސް ފާހަނަ އަށް ވަނެވެ. ********************************************* ލޯގަނޑު ކުރިމަތީ ހުރި އާކިލް ރީތި ގޮތަކަށް އިސްތަށިގަނޑު ސްޓައިލް ކޮއްލުމައް ފަހު ސެންޓުކޮޅެއް ޖަހައިލިއެވެ. އަދި ޑްރެސިން ޓޭބަލް މަތީ އޮތް ގަޑި އަތުގައި އަޅާލިއެވެ. އެ ވަގުތު ކޮޓަރި ދޮރު ހުޅުވާލާފައި ވަދެގެން އައި އާކިލް ގެ ކޮއްކޮ އާލިޔާއެވެ. ” ވާއު މައި ދޮންބެ އިޒް ލުކިންގް ސޯ ހޭންޑްސަމް ޓުޑޭ” އާކިލް ފެނުމާއެކު އާލިޔާ ބުނެލި އެވެ. ހަމަ އެކަނި ހިނިތުން ވުމަކުން އާކިލް ފުއްދާލިއެވެ. އެއީ އާކިލް ގެ ގޮތެވެ. “އެނީވޭސް ދޮންބޭ މަންމަ އާ ބައްޕަ އެބަތިބި ދޮންބެ ނައިސްގެން ހިނގާ ތިރިޔައް ” ދެކުދިން އެއްކޮއް ތިރިޔައް ފޭބިއެވެ. ********************************************* މިއީ އަޅުގަނޑު ސައިޓަކަށް ވާހަކަ ލިޔާ ފުރަތަމަ ފަހަރެވެ. އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑުގެ ވާހަކަ ތި އެންމެހާ ކިޔުން ތެރިންނަށް ކަމުދާނެ ކަމަށެވެ. އަދި މި ވާހަކައިގެ ފުރަތަމަ ބައި ވަރަށް އަވަހަށް އަޕް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.