އިމްނާ
އެދުވަހު ހެނދުނު އޭނާއަށްވަނީ މުޅި ދުނިޔެ ހިތަކަށް ލިބިފައެވެ. އަތިރިމަތިން ހިނގާފައި ދިޔައިރު އެއްވެސް މީހެއް ފެންނާކަށް ނެތެވެ. މުޅިތަނަށްވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ކުއްލިއަކަށް އޭނާ ހުއްޓުންއެރީ ކުރިމަށްޗަށް އައިސް ހުއްޓުނު މީހެއްގެ ސަބަބުންނެވެ. އެއީ އެމީހަކު ދުށުމަށްޓަކައި އިމްނާގެ ހިތުން ގޮވަމުންދިޔަ ޒުވާނާއެވެ. ނަބީލް ފެނުމާއެކު އިމްނާގެ ހިތަށް ބަޔާންކުރަންދަތި އިޙްސާސްތަކެއް ކުރެވުނެވެ. ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. މިއީ ބިލާހެއްބާވައޭ އިމްނާގެ ހިތަށް އެތައްފަހަރަކު އެރިއެވެ.
އުފާވާންވީކަމެއް ނުވަތަ ދެރަވާންވީކަމެއް ނޭނގިފައި އިމްނާއަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އިމްނާގެ މި ހަމަހިމޭންކަން ފޫދުއްވާލީ ނަބީލެވެ. އިމްނާގެ ކޮނޑުގައިހިފައި އޭނާ ތަޅުވައިލިއެވެ. ހަމަ އެސިކުންތުގައި އިމްނާގެ ލޮލުގައި ފުރިފައިހުރި ކަރުނައިގެ ކޯރު ބަންޑުންވިއެވެ. އަދި އިމްނާގެ މާޒީގެ ޞަޕްޙާތައް އޭނާގެ ކުރިމަތީގައި ކުލަ މަންޒަރުތަކެއް ފަދައިން ސިފަވާން ފެށިއެވެ
އެއީ ގާތްގަނޑަކަށް މީގެ 3 އަހަރެއްހާ ދުވަސް ކުރިއެވެ. އިމްނާއަކީ އޭނާގެ މަންމައާއި ބައްޕަގެހުރި ހަމައެކަނި ދަރިފުޅެވެ. އެދެމީހުންގެ ލޯބީގެ ނިޝާނެވެ. އެހެންކަމުން އެދެމަފިރިން އިމްނާ ބަލަމުންއައީ ލޮލުގެ ކޮއި ފަދައިންނެވެ. ހިތުގެ ފަނާރު ފަދައިންނެވެ. އިމްނާގެ ހާޖަތަތައް ފުއަދައިދިނުމަށް ކޮންމެ ދުވަހަކު މުލުހާލުތުބަށް ނުކުމެ މީހުންނަށް ގުލާނުކޮށްދެއެވެ. އިމްނާގެ ދިރިއުޅުމެ ތަރަޙަ އެންމެ އެދެވޭ ގޮތުގައި ބިނާކުރުމަށް ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވައެވެ. އިމްނާއަކީ އާރުލާ ދަރިއަކަށް ހެދުމަށް ތެޔޮނާޅާ އެންމެ ބައްތިއެއްވެސް ނުބަހައްޓައެވެ. އަހަރެމެން އުޅެން އަންގަވައިފައިވާ ގިއުގަނޑުން ބޭރަށް އެންމެ ފިޔަވަޅެއްވެސް އެޅިއަނުދީ އެދެމަފިރިން އިމްނާ ބަލަމުންއައީ ނުހަނު ލޯބިންނެވެ.
ނަތީޖާއެއްގެގޮތުން އިމްނާވެސް ވެގެންދިޔައީ ރަށުގައި ހުނިޖަހައިލެވޭފަދަ ކުއްޖަކަށެވެ. މިޒަމާނުގައި މީހަކަށް ނުލިބޭނެފަދަ އަގުމާތް ޖައުހަރަކަށެވެ. އަޚްލާޤީ ގޮތުންވެސް އޭނާއަކީ އެއްވަނައެވެ. އިމްނާއަކީ ފޯދެމުންއައި ފަސްމީރު ކުރި ރުކެކެވެ. ލާމަސީލު މިސާލެކެވެ. މުޅި ރަށުގައިވެސް އޭނާއާއި އަރާ އަރަފޯދޭނެ އެއްވެސް ކުއްޖަކުނެތެވެ. އިމްނާއަކީ ދުރޫސުލް އަޚްލާޤުގެ މާތް ސިފަތަކުން ޒީނަތްތެރި ވެފައިވާ ފުށްގަހު ގުރައެކެވެ.
ރަށުން ކިޔެވެންއޮތް އެންމެ މައްޗަކަށް ކިޔެވުމަށްފަހު އިމްނާ އިތުރަށް ކިޔަވަން ބޭނުންވިއެވެ. ނަމަވެސް މެކުނު ފުމުނަސް ގާހަކަޔަށް ނުފުމެވޭނެކަން އިމްނާ ދަނެއެވެ. އެހެންކަމުން އިމްނާ ގަސްތުކުރީ ޒަވާޖީ ޙަޔާތެއް ފެށުމަށެވެ.
އިމްނާގެ ރީތި ސިފަަކުގެ ސަބަބުން އޭނާއަށް ތަފާތު ފެންވަރުގެ ތަފާތު ގިންތީގެ މީހުންގެ ހުށަހެޅުންތައް ލިބެމުންދިޔައެވެ. މިއެންމެންގެ ތެރެއިންވެސް އިމްނާ ހޮވާލީ ނަބީލެވެ. ލޯ ލާރިތަކެއްގެ ތެރެެއިން ރަން ފަށްޓަރުބައެއް ހޮވާފަދަ ގޮތަކަށެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައެވެ. އިމްނާއާއި ނަބީލުގެ ލޯބީގެ ޗަމަން ތަފާތު ކުލަކުލައިގެ މަތަކުން ޖަރީކުރަމުންނެވެ. ވަޢުދާއި އަހުދުތައް ވަމުންނެވެ. އިމްނާއާއި ނަބީލް ބިނާކުރަމުންދިޔަ ލޯބީގެ ގަނޑުވަރު ބިމާހަމަވާނެއޭ ބުނާނެ އެކަކުވެސް އޭރަކު ނުހުންނާނެކަން ގައިމެވެ.
ކަންތައްތައް ވެގެންދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އިމްނާއާއި ނަބީލްގެ ގުޅުން އިމްނާގެ މައިންބަފައިންނަށް އެންގުމުން، އެމީހުން މިގުޅުމަށް ހަތަރެސްފައިން “ޓާޓާ” ކިޔެވެ. ނަބިލަކީ އިމްނާގެ ދިރިއުޅުމުގެ ބައިވެރިއަކަށް ވުމަށް ކުފޫހަމަވާ މީހެއްނޫނޭ ބުނަމުންނެވެ. އަދި އިމްނާގެ ކައިވެންޏަށް މީހަކު ހަމަޖައްސައިފައިވާ ކަމަށް ބުނަމުންނެވެ.
ލޭފަވެތި މައިންބަފައިންގެ އެދުމަށް ދުވަހަކުވެސް ދެކޮޅުހަދާފައިނުވާ އިމްނާއަށް މިކަމާވެސް ދެކޮޅުހަދާކަށް ނުކެރުނެވެ. އިމްނާ، ނާއިޝާއި ކައިވެނިކުރީ ލޯތްބަކުން ނޫނެވެ. އޭނާގެ އަހުރަވެތި މައިންބަފައިންގެ ހިތުގައި ނުޖެއްސުމަށެވެ. އެހަންހާރަވެތި މައިންބަފައިންގެ އެދުން ބޮލާލާ ނުޖެހުމަށެވެ.
ނާއިޝާއި ކައިވެނި ކުރުމަށްފަހު އިމްނާގެ ދިރިއުޅުން ނާއިޝްގެ ރަށަށް ބަދަލުކުރިއެވެ. ނާއިޝް ވަރަށް ރަނގަޅެވެ. އިމްނާގެ ކޮންމެ ކަމެއްގައި މަގުދައްކައިދޭ އާރުކާޓީއަކަށް އޭނާ ވިއެވެ. ނަތީޖާއެއްގެ ގޮތުން ފިރިމީހާގެ ގެއަކީ އިމްނާއަށް ސުވަރުގެއަކަށް ވެއްޖެއެވެ.
ދުނިޔެ ހިނގަނީ ތޮށަލިދުޅައަށޭ ބުނާ ބީދައިން އިމްނާގެ ދިރިއުޅުމުން ކަޅު ވިލާގަނޑެއްގެ އަސަރުތަށް ފެންނަންފެށީ އޭނާ ބަލިވެއިނުމުންނެވެ. އޭނާގެ ދިރިއުޅުމަށް އައި ރަބީޢު މޫސުމުގެ އަސަރުތައް ފިލައި ޚަރީފު މޫސުމަށް މަރުޙަބާ ކިޔަންވީ ކަމުގެ ކުލަވަރުތައް ފެންނަން ފެށިއެވެ. ނާއިޝްގެ އުޅުމަށް ބޮޑެތި ބަދަލުތަކެއްއައެވެ. ކުރިން ކޮންމެ ހިނދުކޮޅެއް އިމްނާއާއިއެކު ހޭދަކުރަމުންއައި ނާއިޝަށް މިހާރު އިމްނާއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލެވެނީ ޙާލަކުން ފަހަރަކުއެވެ. ކުދިކުދި ކަންކަމާ ރުޅިއައިސް އަތް އިސްކުރުމަކީ ނާއިޝްގެ އާދައަކަށް ވެއްޖެއެވެ. ކުރީގެ ނާއިޝް މުޅިން ފިރާލާ ދިޔައީއެވެ.
މިގޮތަށް ކަންތައްތައް ނުކުރުމަށް އެދި އިމްނާ، ނާއިޝަށް އެތައް ނަޞޭހަތެއްދިނެވެ. ނަމަވެސް މި ހުރިހައި ނަޞޭޙަތެއްވީ ކަނޑުގައި އަޅާ ރޮނގު ތަކަކަށެވެ. ނާއިޝް ކަހާތަން ހިރުވާނުލިތާގަައި ތަށަށް ކިޔަނީ މަރިނޔަބު ހޭވެސް އަހާނުލިއެވެ.
އިމްނާގެ ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ނާއިޝް އިޞްލާޙު ނުވުމުން އިމްނާއަށް ކުރެވުނުހާވެސް ކަމަކީ ފައިގެ ބޮޑުވާއިނގިލިން ފަސްކޮނެލަ ކޮނެލާ ހުރުމެވެ. ތިމާގެ ފިރިމީހާއަކީ މަސްތުވާތަކެތީގެ އަޅެއްކަމާއި ރާއްޖެއަށް މަސްތުވަތަކެތި އެތެރެކުރާ އެކަމުގެ މާހިރެއްކަން އެނގިހުރެ އިމްނާ އެކަން ސިއްރުކުރިއެވެ. ހަމައެކަނި އޭނާގެ ދަރިފުޅަށްޓަކައެވެ. އެދަރިފުޅުގެ ޙައްޤުގައި ކޮންމެފަދަ ވޭނެއްވިޔަސް އަދި ކޮންމެފަދަ އަނިޔާއެއްވިޔަސް ބަރުދާސްތުކުރަން އޭނާހުރީ ތައްޔާރަށެވެ.
ނަމަވެސް ކާކުގެ ނަޞީބެއްކަމެއް ނޭނގެއެވެ. އިމްނާ ވިހައިރު ދަރިފުޅު އޮތީ މަރުވެފައެވެ. މާބަނޑު ދުވަސްވަރު މާ ބޮޑަށް ރޮއި ހިތާމަކުރުމުގެ ސަބަބުންނެވެ. މިހެން ކަންތައްތައް ދިމާވުމުން އިމްނާ ބޭނުންވީ އިންސާނެއްގެ ސިފައިގައި ހުރި އެ ޖަނަވާރުގެ ކިބައިން ސަލާމަތްވާށެވެ.
މިއަދު އިމްނާ އެހުރީ އެ ކެހިވެރި ދަލުން ސަލާމަތްވެފައެވެ. އޭނާ މިހާރު ބޭނުމީ ދިރިއުޅުން އާ ފެށުމަކުން ފަށައިގަންނާށެވެ. އޭނާގެ ހިތުގައި އެނަމެއް ރަން އަކުރުން ފެވިފައިވާ ނަބީލާ އެކުގައެވެ.
އިމްނާގެ ޚިޔާލުގެ ވާފަށް މިފަހަރުވެސް ކަނޑާލީ ނަބީލެވެ. އިމްނާ، ނަބީލްގެ ގައިގައި އޮޅުލައިގަތެވެ. އެދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭހާ ބާރަށެވެ. އަދި ދުވަހަކުވެސް ދެން ވަކިނުވާނަމޭ ބުނާފަދަ ގޮތަކަށެވެ.
(ނިމުނީ)
16 Comments!
Comments are closed.



V. Reethi ?
Thankxx shyn ❤❤?
Wooow varah reethi mi vaahaka
Thankxx dear ❤??
reethi.Ekam haadha heeveyey kurin kiyaafa oii vaahaka eh hen
Might be as I have written similar kind of stories before … or maybe someone else have and it’s merely a coincidence ?? anyways thankxx for the lovely comment dear ❤??
Vvvvv.reethi mi vaahaka and name thah hovaafa hury meehun he hithuga fevey gothah hen heevany bcox I love the names and the story
vara reethi mi story
hope you will write long story too
Wow… Such a beautiful Story
Ur idea is very creative?..ma sha allah..I hope i can see more n more storys from u as like this❤..keep going <3
thankxx everyone fore the lovely comments :)))
wow
Vv reethi. Ekam haadha hiivey ehen saitakun kiyun vaahakaeh hen. Hama ekani nanthah hen hiivany badhal vefa hury
What me and my ex…asslu naaish eh nun use kuranyy nabyl…btw story Hama habeys alhugaduge nan jahaafa huryma kiyaaly… v rythi higey??
Masha Allah vvv.reethi
??????????????????????
What meee
aslu v reethi
?????????